އަދި ބައެއްފަހަރު އެންމެ ބޮޑެތި އުފާތައް ލިބިގެންދާނީ ހިތްދަތި އިމްތިޙާންތަކެއްގެ ތެރެއިންކަން ނޭނގިއެވެ. ޝަރަފަށް ރިސޯޓާއި ހަމައަށް ދެވުނީ އެދުވަހުގެ ހަވީރުގެ ވަގުތުގައެވެ. އޭނަ ދިޔައިރު ރިސޯޓުގެ މުޅިން ނިމިފައިހުރި ލޯންޖެއްގައި ނަބީހް އިނީ ޠޮލާލާއި އޭނަގެ ފިރިހެން ކޮއްކޮއާއި އެކީގައި ބައްދަލުވުމެއްގައެވެ. ތިން މީހުންވެސް ހިނިތުންވުމެއްގައި ތިބިތަން ފެނިފައާއި، އޭނަ ދިޔައިރު ނުނިމި ހުރި ލޯންޖް އެހާ ފުރިހަމައަށް ނިމިފައި ހުރިތަން ފެނިފައި ޝަރަފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެތާ ވަށައިގެން ބަލަމުން ބަލަމުން […]
“ސިހުރެއް ނެހެދިޔަސް އެމީހުން ވަކިވާނެ! އެމީހުން ވަކިކުރުމަކީ މަގޭ އަޒުމެއް. މަގޭ އަޒުމެއް ޙާޞިލުނުކޮށް މަ ފަހަތަކަށް ނުޖެހޭނަން. އެދެމީހުން ވަކި ކުރާނީ އެދެމީހުން ހީވެސް ނުކޮށް ތިބޭނެ ފަދަ ގޮތަކަށް. އެ ވެސް ގިނަވެގެން 10 ވަރަކަށް ދުވަސްތެރޭގަ. އަހަރެން ކޮންމެހެން ވެސް 10 ދުވަހުގެ ތެރޭގަ އެދެމީހުންނަކީ ވެސް ވަކި ދެ ބަޔަކަށް ހަދައި އެމީހުން ބަލިކަށި ކުރުވާނަން. ޠޮލް މިހާރުދަނީ މަޑުމަޑުން އެ ޝަރަފް ކުރި ކަންތައް ނިއުޅަމުން. މަ ބޭނުން އޭނައަށް […]
“އެއީ އަސްލު އެއްޗެއް، އަފާފް.” ނެތް ހިތްވަރެއް ހޯދައިގެން ޝަރަފް ސާބިތު އަޑަކުން ބުނެލިއެވެ. އެއާއެކު މުޅި ތަނަށް ވެރިވެގެން ދިޔައީ މަރު ހިމޭންކަމެކެވެ. އެމީހުން އުއްމީދު ކޮށްގެން ތިބިފަދަ ބަސްތަކެއް ނޫންފަދަ ބަސްތަކެއް އިވިގެން ދިޔުމުން ޝާދިޔާއާއި ހުސެއިނަށް ވެސް ބުނާނެ އެއްޗެއް ނޭނގުނުއިރު، އަފާފަށް ހުރެވުނީ ގަނޑުވެފައެވެ. އޭނަގެ ހިތަށް އެތައް ސުވާލަކާއި އެތައް ޖަޒުބާތެއް އެއްފަހަރާ ވެރިވާން ފެށުމުން އޭނައަށް ބުނާނެ ބަހެއް ކުރާނެ ޙަރަކާތެއް ނޭނގުނެވެ. އަފާފްގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި […]
އޭނައަށް ހީވެފައި އޮތްހެން ޝަބާގެ ފަރާތުން އެއްވެސް ކޮޅަކަށް ނުޖެހޭފަދަ ޖަވާބެއް ނުލިބުނަސް ޝަބާ މި ޙާލަތުގައި އޭނައަށް އެހީވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ. އަފާފަށް ނޭނގުނު ކަމަކީ ޝަބާ އޭނަ ކައިރިއަށް އައީ ވެސް ޝަރަފްގެ ފަރާތުން އެފަދަ ޚަބަރެއް ލިބިގެން ކަމެވެ. އަދި އޭނަ އައީ ހުރިހާ ކަމެއް ސާފުކޮށް އަފާފަށާއި ޝަރަފަށް ވެސް އެހީވުމުގެ ނިޔަތުގައި ކަމެވެ. ޝަބާ ގޮސް އަފާފްގެ ކައިރީގައި އިށީންކަން އެނގުމުން އަފާފަށް ދައްކާލެވުނީ ފަނޑު ހިނިތުންވުމެކެވެ. މީގެ […]
އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ. “އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް […]
އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ. “އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް […]
5 ވަރަކަށް ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ. ޝަރަފްގެ އަޑު އިވޭނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނީ ދެލޯ މަރާލަމުންނެވެ. އެހެނަސް އެކޮޅުން، ޝަރަފް ނޫން އެހެން ފިރިހެނެއްގެ އަޑު އިވުމުން އަފާފްގެ ދެލޯ ހުޅުވި، އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. “ހެލޯ؟ ޝަރަފް ހުރީ މި ވަގުތު ވަރަށް ބިޒީކޮށް. ފޯނު ނެގޭ ޙާލަތެއްގައެއްނޫން ހުރީ. ފްރީވީމަ ބުނެލާނަން ގުޅި ވާހަކަ.” އެކޮޅުން އެ ފޯނަށް ޖަވާބުދާރީވީ ނަބީހެވެ. […]
އެހެނަސް އޭނަ ހަނާގެ އެ ‘ހެކި’ ވެސް ބަލަން ބޭނުންވެފައިވި މިންވަރުން އެއްޗެކޭ ބުނަން އޭނަ ނުކުޅެދުނެވެ. އެ ހެކި ބަލާފައި ވެސް އޭނަ ހަނާގެ އިލްޒާމްތަކާއި ދެކޮޅަށް ޝަރަފް ދިފާޢުކުރަން ބޭނުންވި މިންވަރުން އޭނައަށް ހިނގާށޭ ބުނެލެވުނެވެ. އެ ހިނދު އޭނަ ޝަރަފްގެ ބަސްތަކުގެ މަތިން މުޅިން ހަނދާން ނެތުނެވެ. ހަނާ އަފާފް ގޮވައިގެން ކޮޓަރިއަށް ދާން ފެށި ވަގުތު މަންޒަރު ބަލަން ހުރި ޝާދިޔާވެސް ހުރީ މި ވާ އެއްޗެއް ދެނެގަންނަން ނުހަނު […]
“ޔަޤީން!” ހަނާ އެހެން ބުނެލީ ސާބިތުކަމާއިއެކީގައެވެ. ** އެރޭ އަފާފްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ޝަރަފާއި ދެކެވުނު ވާހަކަތަކަށްފަހު އޭނަ ޝަރަފްގެ ބަސް އަހަން ނިންމިއެއްކަމަކު ދެންވެސް އޭނަގެ ސިކުނޑި ހާސްވެފައިވިއެވެ. އިތުބާރު ކުރަންވީ ޝަރަފަށްކަމެއް ނޫނީ ހަނާއަށް ކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. އެރޭ ގުޅާނަމޭ ބުނެފައި ޝަރަފް ގުޅިއެއްކަމަކު އޭނަ ‘ހަނާ’ އާ ގުޅޭ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. ކުޑަ އިރުކޮޅަކަށް ގުޅާފައި މިއުޅެނީ ކަމެއް ދިމާވެގެން ކަމަށްބުނެ ފޯނު […]