Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ފަންސާސްއެއްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
March 19, 2018 5 Mins Read
12 Comments

އަދި ބައެއްފަހަރު އެންމެ ބޮޑެތި އުފާތައް ލިބިގެންދާނީ ހިތްދަތި އިމްތިޙާންތަކެއްގެ ތެރެއިންކަން ނޭނގިއެވެ.

 

ޝަރަފަށް ރިސޯޓާއި ހަމައަށް ދެވުނީ އެދުވަހުގެ ހަވީރުގެ ވަގުތުގައެވެ. އޭނަ ދިޔައިރު ރިސޯޓުގެ މުޅިން ނިމިފައިހުރި ލޯންޖެއްގައި ނަބީހް އިނީ ޠޮލާލާއި އޭނަގެ ފިރިހެން ކޮއްކޮއާއި އެކީގައި ބައްދަލުވުމެއްގައެވެ. ތިން މީހުންވެސް ހިނިތުންވުމެއްގައި ތިބިތަން ފެނިފައާއި، އޭނަ ދިޔައިރު ނުނިމި ހުރި ލޯންޖް އެހާ ފުރިހަމައަށް ނިމިފައި ހުރިތަން ފެނިފައި ޝަރަފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެތާ ވަށައިގެން ބަލަމުން ބަލަމުން ޝަރަފް ގޮސް އެމީހުން ތިބި ގޮނޑިތަކާއި ހަމަކުރިއެވެ.

 

“އަޅެ ޝަރަފް ނިކަން ބަލައިގެން ހިނގައްޗޭ. ތަނެއްގަ މުޑިއަރާފަ ވެއްޓިދާނެ.” ޝަރަފް އެމީހުންނާއި ކައިރިވީވީހެން ޠޮލާލް ސަމާސާ ރާގަކަށް ބުނެލިއެވެ. އެއާއެކު ތިން މީހުންނަށް ހީލެވުނީ އެކުއެކީގައެވެ.

 

“ހެހެ….ލޯންޖް އެހާ ރީތިވީމަ ވާނީވެސް އެކަހަލަ ގޮތެއްތާދޯ؟ އަސްލުވެސް ވަރަށް ސަޅި! ދޯ ޝަރަފް؟” ޝަރަފް ގޮސް ނަބީހްގެ ކައިރީގައި ހުސްކޮށް ހުރި ވަކަރު ގޮނޑީގައި އިށީން ހިނދު ނަބީހް ދޯ ދިނެވެ. ޝަރަފް ދެންވެސް އެތާ ވަށައިގެން ނަޒަރެއް ހިންގާލަމުން ބޯޖަހާލީ ނަބީހާއި އެއްބަސްވުމަށެވެ. މުޅި އެ ލޯންޖް ފުރިފައިވީ މަޑު ކުށަން ލެއްވިފައިވި ދެތިން ވަކަރު ސޯފާގެ ވަށްބުރުތަކާއި ހަމަ އެފަދަ ގޮތަކަށް ހުރި ސޯފާ ބެޑްތައް ވެސް އެކުލެވިގެންވި އެ ހާމަ މަޙައުލު ވަރަށް ވެސް ހިތްގައިމެވެ. ލޯންޖްގެ ކުރިމައްޗަށް ވާގޮތަށް ބޮޑު ސްވިމިންގް ޕޫލުން އެ ހިތްގައިމުކަން އިތުރު ކޮށްދެއެވެ.

 

ޝަރަފް ލޯންޖްގެ އެކި ދިމަދިމާލަށް ބަލަން އިންދާ އެމީހުންނާ ދިމާލަށް ވަންނަމުން އައި ވަފާ އޭނަގެ ލޮލުގައި އެޅިއެވެ. ވަފާ ހުރީ އާދައިގެ މަތިން ބާރު ހެދުމަކާއި ޖިންސެއް ލައިގެންނެވެ. އޭނަ ފެނިފައިވެސް އާދައިގެ މަތިން ޝަރަފްވީ ފޫއްސާއެކީ ދުރު ބަލާލެވެން އުޅުނެވެ. އެހެނަސް އެވަގުތު ވަފާގެ އަތުގައި ހުރި އެއްޗެއް ފެނިފައި ޝަރަފް ހުއްޓުން އަރާ ގޮތްވިއެވެ. އެއީ އޭނަ ދަންނަ ޒާތެއްގެ ފެހި ކުލައިގެ ފުޅިއެކެވެ. ވަފާ އެމީހުން ކައިރިއަށް އަންނަންދެންވެސް ޝަރަފަށް އެއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ.

 

“ހާއި ގާއިސް. ޑްރިންކެއް ބޭނުންތަ އެންމެން؟” ވަފާ ހިނިތުންވުމަކާއެކީ އަހާލިއެވެ. އެ ހިނދު ޙައިރާންކަމެއް ފެނިގެން ދިޔައީ ނަބީހާއި ޝަރަފްގެ މޫނުމަތިން އެކަންޏެވެ.

 

“އާނއެކޭ ސްވީޓްހާޓް. ވަރަށް ކަރު ހިއްކައިގެން މިއުޅެނީ އެހެންނޫނަސް.” ޠޮލާލް ބުންޏެވެ. ވަފާ ތުއިގޮތަކަށް ހީލަމުން ތިމަންނަ އަޅައިދޭނަމޭ ކިޔައި އެތާ މޭޒުމަތީގައި ހުރި ތަށްޓެއް ނެގިއެވެ. އެހިނދު ޝަރަފަށް ވާހަކަ ދެކެވުނީ ކުއްލިއަކަށެވެ.

 

“ތީ ކޯޗެއް؟” އޭނައަށް އަހާލެވުނެވެ. އެ ހިނދު ވަފާއާއި ޠޮލާލާއި އެމީހުންގެ ކޮއްކޮއަށް ވެސް ޝަރަފަށް ބަލާލެވުނީ ސިހުމަކާއި އެކީގައެވެ. އެހެނަސް ހިނދުކޮޅަކަށްފަހު ވަފާ އަނެއްކާވެސް ހީލިއެވެ.

 

“ހެހެ….ބަލާބަލަ ދޮންބެ، ޝަރަފަށް ހީވަނީ މިއީ އެހެން ކަހަލަ ބުއިމެއްހެން. ބަލަ ޝަރަފްއަށް ނޭނގެނީތަ މިކަހަލަ ފުޅީގަ އެހެން ކަހަލަ ބުއިންތައް ވެސް ހުންނަކަން؟ މިއީ އެޕްލް ވައްތަރެއްގެ ޖޫހެކޭ!” ވަފާ ބުންޏެވެ. އެ ހިނދު ޝަރަފަށް ދެބުމަ ކައިރިކޮށްލެވުނެވެ. ޠޮލާލްވެސް އެ ވާހަކަ ލުއި ކަމެއްގެ ގޮތުގައި ނަގައި އެއީ ތެދެކޭ ބުނެލިއެވެ. އެހެނަސް ޝަރަފް ހިތްހަމައެއްނުޖެހުނެވެ.

 

“ކޮންމެ ކަހަލަ ބުއިމެއްވިޔަސް ނުޖެހޭދޯ ތިގޮތަށް ހުންނަ ފުޅިއެއް މިތާ ތެރެއަށް ގެންނާކަށް. މިތަން ހަދަން މިއުޅެނީ ވެސް ވަކި މަޤްޞަދަކަށްޓަކައި. އެކަން ޠޮލާލަށް ވެސް ކިޔައިދެވިފަ ކަންނޭނގެ އޮންނާނީ. ބޭނުމެއްނޫން އެއްގޮތަކަށް ވެސް ތި ޒާތަށް ހުންނަ އެއްޗެއް މިތާ ތެރެއިން ފެންނާކަށް.” ޝަރަފަށް އެހެން ބުނެލެވުނީ ހަރުކަށި ގޮތަކަށެވެ. އޭނަގެ ރާގު ހުރީ އެގޮތަށްކަން އެނގުންވުމުން އޭނައަށް ހިތާމަވެސް ކުރެވުނެވެ. އޭނަގެ ހަނދާނަށް އައީ މީހަކަށް ނަޞޭޙަތް ދޭއިރު ދޭންވާނީ އެމީހަކާމެދު އަޅާލާ ފަދައަކުން ކަމަށް އަފާފް އޭނަ ގާތު ބުނި ބުނުމެވެ. އެހެނަސް މިއަދު އޭނައަށް އޭނަގެ ރުޅިވެރިކަމުގެ މައްޗަށް ބާރު ނުފޯރުވެނީވެސް އަފާފް އޭނައާއި ދުރުވެފައިވި މިންވަރުންކަން އޭނައަށް އެނގުންވުމުން އޭނަ އެ ހިނދުކޮޅުގައިވެސް ދެރަވާ ގޮތްވިއެވެ. އޭނައަށް ހަމަހޭވެރިކަމެއްވީ ޠޮލާލް ވާހަކަ ދެއްކުމުންނެވެ.

 

“ދެން ތީ ތަންކޮޅެއް އެކްސްޓްރީމް ކަންނޭނގެ ދޯ ޝަރަފް؟ އަހަރެންވެސް ސަޕޯޓް ކުރަން ޝަރަފްގެ އައިޑިއާއަށް. އެކަމަކު މިއީ ހަމަ އަހަރުމެންނަށް މީރު އެއްޗަކަށްވީމަ ގެނެއްސަ ހުރީ.” ޠޮލާލް ހިސާބަކަށް ދެރަވެ، ނުރުހުންވެފައިވި ރާގަކަށް ބުންޏެވެ. އެ ހިނދު ޝަރަފަށް ޖަވާބެއް ދެވުމުގެ ކުރިން ނަބީހް ޝަރަފްގެ ނަމުން ގޮވާލިއެވެ. ޝަރަފް އޭނައަށް ބަލާލުމުން ނަބީހް ދެލޯ މަރާލަމުން ކުޑަކޮށް ބޯހޫރުވާލީ ދެން އެންމެ ރަނގަޅުވާނީ ވާހަކަ ނުދެއްކުމުންނޭ ބުނާ ފަދައަކުންނެވެ. ޝަރަފް އެ ޢިޝާރާތް ދަނެގަނެ ދެން އިތުރު ވާހަކައެއް ނުދެއްކިއެވެ. ޝަރަފް ޖެހިލުންވުމަކާއެކީ އެ ބުއިން ބޯންވެސް ބުއެވެ. އެ ވެގެން ދިޔައީ ވަފާ ބުނިހެން ޒާތެއްގެ ޖޫހަކަށެވެ. އެކަން އެނގުންވުމުން އެމީހުންނާއިމެދު ނުބައިކޮށް ވިސްނުނީތީ ޝަރަފަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

 

އެ ވަގުތުކޮޅަށްފަހު އެރޭ ވަންދެން ޝަރަފް ގިނައިރު ހޭދަކުރީ ހިމޭންކަމާއެކީ މަސައްކަތް ކުރުމުގައެވެ. އެއްވެސް މީހަކާ ވާހަކަ ދައްކަން އޭނަ ބޭނުމެއްނުވީ، އޭނަ ނަފްސާނީ ޙާލަތު އެކަން ދުޅަހެޔޮ ގޮތެއްގައި ކުރެވޭނެފަދަ މަގެއް ފަހިކޮށްނުދޭނެހެން ހީވުމުންނެވެ. ނަބީހް އޭނަގެ ވާހަކަ މަދުވުމުން ސުވާލުކުރިއެއްކަމަކު އޭނަ ކަމެއްނުވާ ކަމަށްބުނެ ކުރު ޖަވާބު ދެމުން ދިޔައެވެ. ދުވަހުގެ މަސައްކަތް ނިންމާފައި އެންމެން ދިޔައިރު ވެސް ޝަރަފް މަސައްކަތުގައި ހުއްޓެވެ. އެރެއަށް ކުރަން ނިންމާފައި ހުރި ހުރިހާ މަސައްކަތެއް ނިމުމުން އޭނަ ރިސޯޓުގެ ޞަރަޙައްދުން ނިކުމެ، ގެއަށް ދާން މިޞްރާބުޖެހީ ފައިމަގުގައެވެ. ޖިންސްގެ ޖީބަށް ދެއަތް ޖަހަލައިގެން މާޔޫސީ މޫނަކާއެކީ ހިނގާފައި ދިޔައިރު އާދައިގެ މަތިން ބުރަކޮށް މަސައްކަތް ކުރުމުން އޭނަގެ ބުރަކަށީގައި ރިހުމެއް އުފެދިފައިވިއެވެ. އެ ރިހުމުގެ ތެރެއިން ވެސް އޭނައަށް އަފާފްގެ ހަނދާނެއް އާވާން ފެށި ވަގުތު އޭނައަށް ދުރުން ކޮންމެވެސް އަންހެނެއްގެ އަޑު އިވުނެވެ.

 

“ބޮލުގަ ރިއްސާ ވާހަކަ ދައްކާނެ ކަމެއްނެތް. ތި އޯވާރޓައިމެއް ބޯވަޓައިމެއް ނަހަދާށޭ ބުނީމަވެސް އެބަހަދައޭ. އަމިއްލަ މީހާ ހުރެގެނެއްނު މަސައްކަތެއް ކުރެވޭނީވެސް؟” އެ ވާހަކަ ދެއްކީ އެތާހުރި ގެއެއްގެ ތެރެއިން އޭނަގެ ފިރިމީހާ ގެއަށް ވެއްދުމަށްޓަކައި ދޮރު ހުޅުވާލި ބަނޑުބޮޑު އަންހެނެކެވެ. އެދެމީހުންނަކީ ޝަރަފްމެން އުޅޭ ގެއާއި ޖެހިގެން އުޅޭ ޒުވާން ދެމަފިރިން ކަމުން ޝަރަފަށް އެދެމީހުން ރަނގަޅަށް އެނގެއެވެ.

 

“ލޯބި ރުޅި ނާދެބަލަ…” އެ ފިރިހެންމީހާ ބުންޏެވެ.

 

“މަ ރުޅި އަންނަގޮތް ދެރައީއެއްނު؟ ކުރީ ދުވަހު ވެސް ޑޮކްޓަރު ބުނީ އެހާ ގިނައިރުވަންދެން މަސައްކަތް ނުކުރާށޭ. ބުނީމަވެސް އެބައުޅޭ ދަންޑެހެލު ކަމަށް ހެދިގެން!” އަންހެން މީހާގެ އަޑުގައި ނުރުހުންތެރިކަމެއް ވިޔަސް އޭނަ އޭނަގެ ފިރިމީހާދެކެ އަޅާލާކަން އެނގުންވި ގޮތުން ޝަރަފްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

 

“ދަންޑެހެލުގެ ފިރިހެނުންވެސް ވާންވާނީ ދަންޑެހަލަކަށްނު؟” ފިރިހެން މީހާ ސީރިއަސް ރާގެއްގައި ބުންޏެވެ. އެއާއެކު އަންހެން މީހާ ހުނ ކިޔައި އެތެރެއަށް ހިނގައިގަތް ގޮތުން ޝަރަފަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެ ފިރިހެން މީހާވެސް ހީލަމުން އެތެރެއަށް ހިނގައިގަތީ ތިހާ ރުޅިގަދަވަންޏާ ބޭބީވެސް ރުޅިގަދަވެދާނެއޭ ބުނަމުންނެވެ. އެ ދެމީހުން ވެސް ލޯމައްޗަށް ގެއްލުމުން ޝަރަފަށް އިހުނަށްވުރެ ސާފުކޮށް އޭނައާއި އަފާފްގެ ޚިޔާލުތައް ސިފަކުރެވެން ފެށިއެވެ. އޭނަ ބުރަކޮށް އުޅެފައި ގެއަށް އައުމުން އަފާފް އޭނަ ގާތު ބުނާ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަން ފެށިއެވެ.

 

“ބަލާތި އަހަންނަށް ފެންނަން ފެށި ދުވަހަކުން ތި ރިސޯޓެއް އަޅަން ދާނީ އަހަރެން އިން ޝާ ﷲ. އޭރުން ތި ބުރަކަށްޓެއްގަ ރިއްސައިގެން އުޅޭކަށް ނުޖެހޭނެއެއްނު؟ ސީރިއަސްލީ ޝަރަފް! މިކަހަލަ ކަންތައް ކުޑަކަމެއްގެ ގޮތުގަ ދެކިގެން ނުވާނެއޭ!” އެއްދުވަހު އަފާފް އޭނަ ގެއަށް އައުމުން ބުންޏެވެ. އޭނަ ހުންނަނީ އޭނަ ބަލިވިޔަސް އަފާފްގާތު ނުބުނާށެވެ. އަފާފް އޭނައާމެދު ކަންބޮޑުވާ މިންވަރުންނެވެ. އެހެނަސް އޭނަ ނުބުންޏަސް ގިނަފަހަރު އޭނައަށް ހުންއައުން ފަދަ ކަންތައް ފޮރުވޭ ގޮތެއްނުވެއެވެ. އަފާފަށް އެފަދަ ކަމެއް އެނގޭއިރަށް އޭނަ އަމިއްލައަށް ހޯދަން އުނދަގޫވިޔަސް އެކި ވަތްގަނޑުތައް ހުޅުވައި ބޭސްގުޅައިގެ ބަށްޓަން ދެނެގަނެ މިއީ މިވެނި އެއްޗެއްތޯ އަހައި ޝަރަފާއި ހަމައަށް އޭތި ގެނެސްދެއެވެ. ބޭސްލައިދޭންޖެހޭ ވަގުތުގައި އުނދަގުލާއި އެކީގައިވެސް ބޭސްލައިދެއެވެ. އަނދިރިވީފަހުން ބަދިގެ ތެރޭގައި އުޅެން އަފާފް އާދަވެފައި ނުވިޔަސް ގޭގައި ދެވޭނެ އެކިއެކި ފަރުވާތައް ހަދައެވެ. އެއީ ބައެއް ތަށިތައް އޭނަ އަތުން ވެއްޓި ތެޅުނު ކަމުގައިވިޔަސްމެއެވެ. އަދި އޭނަގެ މަންމައާއި ބައްޕަ އެކަމާމެދު އެތަކެއްޗެއް ގޮވި ކަމުގައި ވިޔަސްމެއެވެ. އަފާފް ހުއްޓާނީ އޭނައަށްޓަކައި ހަދަން ފެށި އެއްޗެއް ހަދައި އޭނައާއި ހަމައަށް ފޯރުކޮށްދީފައެވެ. އަފާފަށް ނުފެނުމުގެ ސަބަބުން އޭނަ ހަދާ އެއްޗެހި އެހާ މީރެއް ނުވިއެއްކަމަކު ޝަރަފް އެއީ ނުވާކަމަކަށް ހަދައި ތަޢުރީފުކުރެއެވެ. އެހެނަސް އަފާފް އަބަދުވެސް ނުބައިކަން އެނގޭކަމަށްބުނެ މާޔޫސްވެގެންދެއެވެ. އެހެންވެގެންދާ ކޮންމެ ފަހަރަކު ޝަރަފަށް ހިތާހިތުން ހަޅޭއްލަވައިގަނެވެއެވެ. އަފާފް އޭނައަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ ވެސް އޭނައަށް ކިހާ އަގުހުރި އެއްޗެއްކަން އަފާފަށް އިޙްޞާޞް ކުރެވޭނެ ނަމައޭ އޭނަގެ ހިތަށްއަރައެވެ. އަފާފްގެ އެންމެ ބީހުމަކުން ވެސް އޭނަގެ ޙާލަތު ރަނގަޅުވެގެންދާކަން އަފާފަށް އެނގޭނެނަމައެވެ. އަފާފް ލޯބިން ބުނެލާ އެންމެ ބަހަކުން ވެސް އޭނަގެ މުޅި ދުވަސް އުފާވެރިވެގެންދާކަން އަފާފަށް އެނގޭނެނަމައެވެ.

 

ގެއަށް ދިޔަ މަގުމަތީގައި ޝަރަފްގެ ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއިމެދު އޭނައަށް ވިސްނުނެވެ. އަފާފް އޭނައާއި މިއަދު ދުރުވެފައިވަނީ އެކަންތައް ނޭނގޭތީވެބާއޭ ހިތަށްއަރަން ފެށުމުން ފަނޑުކޮށް އަލިކުރެވިފައިވި ސިޓިންގް ރޫމުގެ ސޯފާގައި އިނދެ އޭނަގެ ފޯނަށް ބަލާލެވުނެވެ. އެދުވަހު އަފާފްގެ އެއްވެސް ކޯލެއް ނާންނަކަން އެނގުންވުމުން އޭނަގެ ހިތް މާޔޫސްވިއެވެ. އޭނަ ޖެހިލުންވުމަކާއެކީ އަފާފްގެ ނަންބަރު ޖަހާލަމުން އެ ނަންބަރަށް ގުޅާލީ އެކޮޅުން ފޯނު ނަގާނެކަމުގެ އުއްމީދެއްނެތިއެވެ. އެހެނަސް ކުއްލިއަކަށް ފޯނުގެ ސްކްރީނަށް ފެހި ކުލަ އަރައިގެން ދިޔުމުން ޝަރަފްގެ ހިތަށް ލިބުނު ކުއްލި އުފާވެރިކަމާއެކީ އޭނައަށް ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.

 

“ހެލޯ އަފޫ! އަފޫ ކިހިނެއްތަ؟ ކީއްވެ އަހަންނަށް ނުގުޅީ މިއަދު؟ ކައިފިންތަ މިރޭ؟” އަފާފް ވާހަކަ ދައްކާނެ ކަމުގެ އުއްމީދުގައި ޝަރަފަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ. އެހެނަސް އިރުކޮޅެއްވީއިރުވެސް ޖަވާބެއް ނުލިބުމުން ޝަރަފްގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އަފާފް ފޯނު ކަންފަތުގައި ޖައްސައިގެން އިންގޮތަށް އިންނާނެ ގޮތް ސިފަކުރެވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަފޫ ޕްލީޒް ޑޯންޓް ޑޫ ދިސް. އަހަރެން ދެރަވެއޭ އަހަރުމެންނަށް މިހެންވާތީ. އަފޫ ދެރައެއްނުވޭތަ؟ އަފޫ ލޯތްބެއް ނުވޭތަ އަހަރެންދެކެ؟” ޝަރަފް އެހިއެވެ. އެ ހިނދު ކުއްލިއަކަށް އެކޮޅުން ފޯނު ކެނޑިގެން ދިޔައެވެ. ލިބުނު ސިހުމާއެކީ ޝަރަފަށް ހެލޯއޭ ކިޔަމުން އަނެއްކާވެސް ފޯނުގެ ސްކްރީނަށް ބަލާލެވުނެވެ. އެ ހިނދު ހަމަ އެކޮޅުން ފޯނު ކަނޑާލީކަން އޭނައަށް އެނގުންވިއެވެ. އެކަމާމެދު ޝަރަފަށް އިތުރަށް ނުވިސްނެނީސް ކޮންމެވެސް އަންހެނަކު ނުހަނު ކައިރިން ޗޮއްކަނޑަން ފެށި އަޑު އޭނައަށް އިވުނެވެ. އޭނައަށް ހުރެވުނު ތަން ނަގައިގަނެވުމުން ޝަރަފަށް ކޮޅަށް ތެދުވެ ފަސްއެނބުރި ބަލާލެވުނީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެ އޭނަގެ ދެބުމަ ކައިރިވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ 01

Next

ލޯބިވަން……(ފަހުބައި)

Next
March 19, 2018

ލޯބިވަން……(ފަހުބައި)

Previews
March 18, 2018

ލޯބިނުވިޔަސް ފިރުމާލަދީ 01

12 Comments!

  1. Yaax says:
    March 19, 2018 at 12:18 am

    1st

  2. Naik says:
    March 19, 2018 at 1:02 am

    Very sorry to say this story is getting boring day by day…. ? N janaaa…!! Its kinda same problems occuring again again…N these parts are toooooooooo short…… ? but thank you for updating.. I love your stories… ? good nyttt….. Cya all

  3. Xaaaan says:
    March 19, 2018 at 9:12 am

    Abadhu sharaf n afaafah dheragoi vaathy foohi

  4. beauty says:
    March 19, 2018 at 10:47 am

    Mihaaru aslah bunanyaa mivaahaka kiyaahitheh nuvey.nubai kanthah kuraa meehunnah abadhu kuri libeythan mi fennanee

    1. Beauty says:
      March 21, 2018 at 6:57 pm

      Why u copied my name

  5. ?? says:
    March 19, 2018 at 1:02 pm

    Yeah getting boring day by day

  6. Rifaa says:
    March 19, 2018 at 1:56 pm

    Nice… but too short

  7. Dhaya says:
    March 19, 2018 at 2:48 pm

    Vaahaka v hadi mihaaru … week akukurin liyaaa gothah nuliyaa iru vex nukerey viyyaa dhigu kohlaafa day time ga nereykah…sorry jannaa , hope u will improve in comming days

  8. Pinky shifoo says:
    March 19, 2018 at 4:17 pm

    Mi part vx v reethi Maasha Allah ❤️❤️❤️… Kihineh baa evee??? ???… Sharaf ah kaakubaa e fenuny??? ???… Maybe hanaa or vafaa… Heheheh… Waiting for next part ???

  9. Jana says:
    March 19, 2018 at 6:12 pm

    Assalaam’alaikum. kiyuntheringe ihsaasthah jana ah varah rangalhah understand ebavey. ey mi part up kuri iru khudhu jana ves ehaa hiyhama nujehi hunnaathy. miyavvure bodah shauquveri kuran jeheykan jana ahves qabool kurevey. aslu fahakah ais vaahaka ah dhevey samaalukan kudavany. ey eggothakavves vaguthu beykaaru kuraatheeve eh noon. sacrifice nukureveyne gina kanthah effaharaa kurimathiveema emme bodu gellumeh mi libeny vaahaka ah. ey ehen kankamaa ekyga vaahaka ah dhevey vaguthu madhuveema. ekamaamedhu jana ves vv dhera ebavey. ekamaku In Sha Allah next week ga fudheyvarakah free vaane. ehenveema dhen oiy part genesdheyny hukuru dhuvahu. eaffahu e week ga miavvure ginain ves baithah genesdheveyne In Sha Allah. dhen oiy bain thiya kiyuntheringe shauquverikan anburaa genesdheveytho eba balan In Sha Allah. mi bayaai hama ah ai iru mihen othas, shauquverikan gellunu kiyuntherinves ebai kiyaalumaky jana ge varah bodu edhumeh.

    thiya kiyuntherin thiya dhin khiyaaluthakun aslu jana ah varah bodu faidhaa eh koffi. shauquverikuranvy kon misraabakun kanves engijje Alhamdhulillah! Jazaakumullah Khairan! 😀

  10. Raasiu says:
    March 20, 2018 at 12:56 am

    Mihaaru mivaahaka varah kada

  11. ur Fangirl says:
    March 20, 2018 at 5:13 am

    baarakallah feeki janaa. Love ur stories. Mee vx myhunah hidhaayaih libumuge mageh kamuga lavvaashi Ameen. Maasha allah janaa Varah molhu vaahakabliyuntheri eh thy. keep it up.

Comments are closed.

Next Episodeނޫރު (ފަންސާސްދެވަނަ ބައި)←


All Right Reserved!