“ޝަރަފްގެ ވިސްނުން ތިހިރީ ވަރަށް ރަނގަޅު މިޞްރާބަކަށް. ޙަޤީޤަތުގަ ފަޤީރުންނަށް އެހީވެގެން ނޫނީ މުޅި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކުރާނެ. އެކަމަކު އެކަން ވިސްނެނީ ވަރަށް މަދުބަޔަކަށް. ޝަރަފަކީ އޭގެ ތެރެއިން އެކަކު. އަހަންނަށް ޝަރަފް ވަރަށް ކަމުގޮސްފި. ބޭނުންވަނީ ޝަރަފްގެ ބެލުމުގެ ދަށުން މި ކުންފުނީގެ ގޮތްޕެއް ރާއްޖޭގަ ހުޅުވަން. ޝަރަފްގެ ރިސޯޓުގެ އިތުރުން އެއީ ވެސް ޝަރަފް ބަލަން ޖެހޭނެ ތަނެއް. އެތަނުން ލިބޭ […]
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު އަފާފް ނުނިދައެވެ. ބަލިވެއިން ފަހުން ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެދުވަހުވެސް ހަށިގަނޑުގައި ވަރުބަލިކަމެއް އެކުލެވިއެއްކަމަކު އެދުވަހު އޮފީހަށްދާން އަފާފް ނިންމިއެވެ. އޮފީހުން ޝަބާއާއި ދިމާކޮށްލުމުގެ ނިޔަތުގައާއި، ޝަރަފްގެ ނަމާއި އަޅުވައިގެން އެ ކިޔޭ ހަނާވެސް ދެކިލުމުގެ ބޭނުމުގައެވެ. އޮފީހަށް ދިޔުމަށްޓަކައި ޝޯލް އަޅަމުން ދިޔަ ވަގުތު އިތުރު ޕިނެއް ބޭނުންވެގެން އަފާފް ޝޯލްގެ އެއްފަރާތުގައި ހިފަހައްޓައިގެން ހުރެ ރީތިވާ މޭޒުގެ އެކި ވަތްގަނޑުތައް ހުޅުވަން ފެށިއެވެ. އޭނަ ޢާއްމުގޮތެއްގައި ޕިން ބަހައްޓާފައި […]
“ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ…..” ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން […]
އަފާފްގެ އެ ކެތްތެރިކަން ކޮޅުންލާން އުޅުނު ވަގުތު ޑޮކްޓަރު އޭނަގެ ލޯމަތީގައި ހުރި ބެންޑޭޖް ނަގަން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ބެންޑޭޖް އަފާފްގެ ލޯމަތިން ނެގުނެވެ. އަފާފް ލަސްލަހުން އޭނަގެ ލޯ ހުޅުވައި ބަލާލިއެވެ. އެއާއެކު އޭނަގެ އަނގައިން ނިކުތް ކުރު ނޭވައެއްގެ އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކީ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ލޯ ކުރިމަތިން ނުހަނު ސާފުކޮށް އެ ކޮޓަރީގެ ވަށައިގެން ފެންނަމުން […]
ސާޖަރީއަށްޓަކައި ތައްޔާރު ކުރެވިފައި އޮތް ބަލިމީހެއްގެ ނަތީޖާ ނިކުންނަން ޖެހޭނީ އެގޮތަށް ކަމަށްނުވާތީވެއެވެ. ޒޯ އަފާފަށް ޖަވާބެއްނުދީ ހުރިގޮތަށް ހުއްޓާ ކުއްލިއަކަށް އެ ރޫމުގެ ދޮރު ހުޅުވިގެން ދިޔައީ ސާޖަރީއަށްޓަކައި އަފާފް ގެންދިޔުމަށް އައި ނަރުހުންގެ ސަބަބުންނެވެ. ހަމަ އެއާއެކު ޒޯގެ ހިތް އަވަސްވިއެވެ. އޭނައަށް ވަގުތުން ވާހަކަ ދެކެވުނެވެ. “ނޫން! މަޑުކޮށްލާ!!!” ޒޯ ނުހަނު ހަރު އަޑުން އިއްވާލުމުން އެ ނަރުހުންގެ ޙަރަކާތްތައް މަޑުވި ވަގުތު އަފާފަށް ވެސް އޭނަގެ ހުރިހާ ސަމާލުކަމެއް އެ […]
ސްޓޭޕްލް ކުރެވިފައިވި އެ ރިޕޯޓްތަކުގެ ތެރެއިން ދެގަނޑު ހިއްލާލެވުމާއެކުހެން އޭނަ ހުއްޓުންއެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ އަނގައިން ނިކުތް ލުއި އާހެއްގެ އަޑާއެކީ އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނައަށް ފެންނަމުން ދިޔަ އެއްޗެއް އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ދެންވެސް އުޖާލާވި ހިނިތުންވުމަކާއެކީ އެ ގަނޑަށް ބަލަހައްޓައިގެން އިނދެފައި މިއީ ހަމަ ތެދެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެ ސުވާލު އެހެން މީހަކު ކައިރިން އަހައިގެން ޔަޤީންކުރަން ބޭނުންވި މިންވަރުން އޭނައަށް ކޮޅަށް ތެދުވެވުނެވެ. […]
“ޢިއްދަ ހަމަވާއިރަށް އަފާފް އިންނާނެ މީހަކު ހަމަޖައްސާފަ ބަހައްޓާ ހުސެއިން. އެ ކައިވެނީގަ އަފާފަށް ދަރިއަކު ނުލިބި ހުރިކަން އެއީ އަހަރުމެންގެ ނަސީބު.” ޝާދިޔާ އެހެން ބުނެލުމާއެކުހެން އަފާފް އޯކަތް ދަމަން ފެށިއެވެ. އެއާއެކު ޝާދިޔާއާއި ހުސެއިންގެ ނަޒަރު އަފާފަށް ހުއްޓިގެން ދިޔައީ ކުއްލިއަކަށެވެ. އެ ހިނދު އަފާފަށް ވެސް އިނދެވުނީ ހުއްޓުން އަރާފައެވެ. އޭނައަށް އެ ވީ ގޮތާއި މަންމަ ބުނި އެއްޗަކާއި ގުޅުވާލެވުނު ހިނދު އޭނަގެ ހިތުތެރޭގައި އުފާވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. އެ ހިނދުކޮޅުގައި […]
“މިއީ އަސްލު އެއްޗެއްތަ؟” ޝަބާ ރަތްވެފައިވާ ދެލޮލާއެކީ އަހާލިއެވެ. އެ ސުވާލު އިވުމުން ޝަރަފްގެ އަޑު ކަރުގައި ތާށިވީހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނައަށް އެންމެ ފަހުން ޖަވާބުދެވުނެވެ. “އާނ.” ޝަރަފް އެހެން ބުނެލުމާއެކުހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. އެ އަޑު އިވިގެން ދިޔަތަނާހެން ދުރުގައި ހުރި އަފާފަށް ކޮޅަށް ތެދުވެވުނެވެ. ފުރަތަމަ ސިކުންތުގައި އޭނައަށް ނުރުހުންވެވުނީ ޝަބާއަށެވެ. އެ ނުރުހުންތެރިކަމުގައި އޭނައަށް އެއްޗެކޭ ބުނެވެން ވެސް އުޅުނެވެ. އެހެނަސް ޝަބާގެ އެ […]
އެކަމާމެދު ޝަރަފަށް އިތުރަށް ނުވިސްނެނީސް ކޮންމެވެސް އަންހެނަކު ނުހަނު ކައިރިން ޗޮއްކަނޑަން ފެށި އަޑު އޭނައަށް އިވުނެވެ. އޭނައަށް ހުރެވުނު ތަން ނަގައިގަނެވުމުން ޝަރަފަށް ކޮޅަށް ތެދުވެ ފަސްއެނބުރި ބަލާލެވުނީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެ އޭނަގެ ދެބުމަ ކައިރިވިއެވެ. ހަދާފައިވި ބުމައާއި މޭކަޕް ކުރެވިފައިވި ދިގު މޫނުގެ ވެރި އެ އަންހެން ކުއްޖަކީ ކާކުކަން ނަގައިގަންނަން ޝަރަފަށް ހިނދުކޮޅެއް ނެގިއެވެ. އެއީ ކާކުކަން އެނގުމާއެކު އޭނަގެ ދަތްކުނޑި ވިކުނެވެ. “ހަނާ.” […]