“….އަދި އޭގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވާންޖެހެއެވެ. އެއީ އެމީހުން އެއްކުރާ ހުރިހާ ތަކެއްޗަށްވުރެ ހެޔޮ އެއްޗެކެވެ.” މާނައިގެ ފަހަތުގައި ޔޫނުސް ސޫރަތޭ ލިޔެވިފައިވިވުމުން އެއީ އެ ސޫރަތުގެ އާޔަތެއްކަން މާޝާއަށް އެނގުނެވެ. ނޭނގުނީ އެ އާޔަތުން ދޭހަވާ އެއްޗެކެވެ. އޭނަ އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުގައިހެއްޔެވެ؟ ދަޢުވަތުގެ ފަހަތުގައި ވެސް ލިޔެފައިވީ އެ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ދާންވީ ތަނާއި ތާރީޚު ލިޔެވިފައިވިއެވެ. އެއީ ގެ ކައިރީގައި ހުންނަ މިސްކިތެއްކަމާއި ސުވާލުގެ ޖަވާބު […]
“އައްޒާމް…” މާޝާއަށް ވައި އަޑުން އެ ނަން ކިޔާލެވުނުތަނާހެން އޭނަގެ ހިނިތުންވުން ފުންވިއެވެ. އެ ހިނދު އޭނަގެ ބައްޕަ ސޫޓްކޭސް ޑިކީއަށްލުމަށްފަހު ކާރަށް އެރުމަށް އެންގިއެވެ. ** “ކާފާ މިހާރު ފައި ކިހިނެއްތަ؟ އެއްވެސް ވަރަކަށް ރަނގަޅު އެބަވޭތަ؟” އައްޒާމް ކާރުގެ ފަހަތު ސީޓުގައި އޭނަގެ ކާފަ ހާޝިމްގެ ކައިރީގައި އިނދެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. “އަދިވެސް އެބަ ރިއްސާ. މުސްކުޅިވީމަ ދެން މިކަހަލަ ކަންތައް ވެސް ދިމާވާނެދޯ؟ އެއީ އަދި ކޮންމެވެސް ތަނަކަށް […]
“މުޙްސިން.” ކަރުނައެއް އޭނަގެ ލޮލުން ފައިބައިގެން އައި ވަގުތު ވައި އަޑުން އޭނަގެ އަނގައިން ނިކުތް ނަމަކީ އެއީއެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާން އެ ޓީޝާޓް މެއާއި ލައި ބޮނޑި ކޮށްލުމާއެކު އޭނަގެ ގިސްލުމުގެ އަޑު އެކޮޓަރީގައި ހަރުލިއެވެ. ** ޑިޕާރޗާރގެ ގޮނޑިއެއްގައި ފޯނާއި ކުޅެން އިން މާޝާގެ މޫނުމަތިން އަދިވެސް ފެންނަމުން ދިޔައީ ބަނަކަމެވެ. ދޮންބެ ދެއްކި ވާހަކައިން އަދިވެސް އޭނަގެ މޫޑު ޚަރާބުވެފައިވިއެވެ. އޭގެ ސަބަބުން ފޯނުން އޭނައަށް މެސެޖު […]
“ކޮބާ ހުރިހާ ކުދިން ތި ކުދިން ތިބެންވާ ތަނަށް ދާންވީ އިނގޭ. ލީޝާ ހުންނާނީ މިތާ ދުރުގަ ނެރޭޝަން ކިޔައިދޭން. ޝައްމު އިންނާނީ މި އުނދޯލި ހެއްލަން ޕާކްގަ. ޢަލީއާ އަހުމަދާ ސާއިމް ފެށޭއިރު މިތާ ބޭރުން ހިނގާފަ ދާނީ. އިއްޔެގަ ޕްރެކްޓިސް ކުރިގޮތައް. ހުރިހާ ކުދިންނަށް ސާފުވެއްޖެތަ؟” މިރްޒާން އޭނަގެ ކުރިމަތީގައި ތިބި 7 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިން ގާތު ސުވާލު ކުރިއެވެ. އެއާއެކު ސްޓޫޑިއޯގައި ތިބި ހުރިހާ ކުދިން އެކުއެކީގައިހެން ‘ލައްބަ’އޭ […]
ވިޔާމަށް އޭނަގެ ފިޔަވަޅުތަކުގެ މައްޗަށް ވެސް ބާރު ނުހިންގެވުމުގެ ސަބަބުން އޭނަ ބަންޑުން ގޮސް ޢިމާރާތުން ވެއްޓެން އުޅުނެވެ. އެހެނަސް ވެއްޓެން ދިޔައިރު މީހަކު އޭނަގެ އެއްއަތުގައި ހިފަހައްޓާލުމުން އޭނަ މުޅިން ނުވެއްޓި އެ އަތާއި އެލުވުނެވެ. ދިމާވާން އުޅުނު ވޭންތަކެއްގެ ސަބަބުން ވިޔާމް ދެލޯ މަރައި ތަގުޅިކޮށްގެން ހުރެފައި ދެލޯ ހުޅުވާލިއެވެ. އެ ހިނދު އޭނަގެ ތިރިން ފައުންޑޭޝަންގައި ހަރުކުރެވިފައިވި ދަގަނޑުތައް ފެނިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ މައްޗަށް ބަލާލީ އޭނައަށް ހުރެވުނީ […]
“ކޮންމެ މީހަކު ދިނަސް ތީތި ކަނޑާބަލަ ކާ އެއްޗެއް ހުރިތޯ ބަލަން.” ޒޯ ސަމާސާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައަށް އަފާފް ކުޑަކޮށް ހީލަމުން އެ ކޮތަޅުގެ ތެރޭގައި އޮތް ޕާރުސަލް ނަގައި ކަނޑަން ފެށިއެވެ. އޭގެ ބޭރުގައިވި ގަނޑު ނައްޓާލުމަށްފަހު އެ ފޮށި ހުޅުވާލުމާއެކުހެން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ. ފޮށީގެ ތެރެއިން ފެނުނީ އަންހެނަކާއި ފިރިހެނަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ހެވިފައި ތިބި މަންޒަރުގެ ފޮޓޯއެއް ބޭރުގައި ޖަހާފައިވި އަލްބަމެކެވެ. އާދައިގެ މަތިން އަފާފަށް […]
“މަ ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ…..ޖެހޭނީ….އެއްބަސް…ވާން!” ވިޔާމް ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ. އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ. ** […]
“ޝަރަފް ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ! އެނގޭ އަހަންނަށް ވަރަށް ގޯސްކޮށްކަން ޝަރަފްއާ ދޭތެރޭ ކަންތައް ކުރެވިފަ ހުރީ. ޙަޤީޤަތުގަ އަހަންނަށް މަޢާފެއް ޙައްޤެއްނޫން. އަހަންނަށް ކުރެވުނު ޝައްކުތަކެއްގެ ސަބަބުން ޝަރަފް މުޅި ޢުމުރަށް އަހަންނާ ދުރުގަ ހުންނަން ބޭނުންވިޔަސް އަހަރެން އެކަމާ ޤަބޫލުވާނަން. ޙަޤީޤަތުގަ ވެސް އަހަންނާ ހެދި ކުދި ވޭންތަކެއް ނޫން ޝަރަފް ތަޙައްމަލް ކުރަން ޖެހުނީ. އެކަމަކު އަހަރެން އަބަދުވެސް ޝަރަފް ދެކެ ލޯބިވާކަން ޝަރަފް ހަނދާން ބަހައްޓައްޗޭ. އަހަރެންވެސް އަދި…..ދަރިފުޅުވެސް ވަރަށް […]
“އަފާފް….އަހަރެން މިގެއަށް މިއައީ މިގޭގަ ހުންނާކަށްނޫން. އަފާފްގެ ފަރާތުން ހެޔޮ ނަޞޭޙަތެއް ލިބޭތޯ މިއައީ. އަދި އަހަރެންގެ ފާފަތައް ފޮހެވޭތޯ ބަލަން އަފާފަށް ވަރަށް ބޮޑު ޙަޤީޤަތެއްވެސް ހާމަކުރަންވެގެން.” ފައިހާ އެނދުމަތީގައި އޭނަގެ ކައިރީގައި އިނދެ ބުނެލި ފަހު ޖުމްލައިން އަފާފްގެ ހިތް ތެޅިލިއެވެ. “ކޮން ޙަޤީޤަތެއް؟” އޭނައަށް އަވަސްއަވަހަށް އަހާލެވުނެވެ. އެއާއެކު ދެންވެސް ފައިހާ ގިސްލާފައި ވާހަކަ ދެއްކިއެވެ. “އަފާފްގެ ޒަވާޖީ ޙަޔާތުގަ ހިނގި އެއްވެސް ކަމެއްގަ ޝަރަފްގެ އެއްވެސް ކުށެއްނެތް.” ފައިހާ […]