“އެއީ ސަނީ ސައިޑް ރިސޯޓްސް އެންޑް ސްޕާ ގެ ވެރިޔާ، ވިޔާމް އަހްމަދު.” ނަބީހް ކިޔާލި ނަމަކުން ޝަރަފްގެ ގޮށްމުއްކެވިގެން ދިޔައެވެ. އެ ނަން ގަނެވުނު މީހެއްގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔަދިޔަހެން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. އެ ސޫރައިގެ ވެރިޔާ އޭނައާއިމެދު ކަންތައް ކުރިގޮތް ހަނދާނަށް އައިސް މިއަދު އޭނަ އަނިޔާއެއް ދޭން އުޅެނީ ކާކަށްކަން އެނގުންވީ ހިނދު ޝަރަފްގެ ދަތްކުނޑި ވިކުނެވެ. “ހެލޯ ޝަރަފް؟ ޔޫ ދެއާރ؟” ޝަރަފްގެ ފަރާތުން ޖަވާބެއް […]
“އެއީ ހަމައެކަނި ޝަރަފްގެ ވައިފްގެ ގޮތުގަ ދުނިޔެއަށް އެނގޭ ކުއްޖެއްނޫން ޝަރަފް. އެއީ އެތައް ބަޔަކު ދުޝްމިނެއްގެ ގޮތުގައި ދެކޭ ކުއްޖެއް.” ނަބީހް ބުނެލި ވާހަކައިން ޝަރަފްގެ ދެބުމަ ކައިރިވީ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ނަބީހްއާއި އޭނަ ގާތްވެގެން އުޅޭ މައިގަނޑު އެއްސަބަބުގެ މަތިން ކުއްލިއަކަށް ހަނދާންވެގެން ދިޔުމުން ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އޭނައަށް އެންމެ ބަހެއްވެސް ބުނެ ނުލެވެނީސް ނަބީހް ވާހަކަ ދައްކަން ފެށިއެވެ. […]
އެ ރޮނގުގައި އެންމެ ދެމީހުން ބާކީ ތިއްބާ ކަކުލުން މައްޗަށް އޮތް ކުރު ހެދުމެއްގައި ހުރި ޒުވާން އަންހެން ކުއްޖަކު އޭނަގެ އުސް ފައިވާނުގެ އަޑު އިއްވަމުން ޑިޕާރޗާއަށް ވަދެ އެ ރޮނގާއި ދިމާލަށް ދިޔައެވެ. އެ ކުއްޖާ ބޯޑިން ޕާސް ދެއްކި ވަގުތު އޭގައި އޮތް އޭނަގެ ނަން ފެނުނެވެ. ދަތުރުވެރިޔާގެ ނަމަކަށް އޮތީ “މަރިޔަމް ހަނާ” އެވެ. ** އޭގެ އަނެއްދުވަހު ހެނދުނު ޝަރަފާއި އަފާފް ހޮސްޕިޓަލަށްދާން ތައްޔާރުވަމުން ދިޔައެވެ. ޝަރަފް އެދުވަހު […]
ރުއިމުގެ ތެރެއިން މަންމަ އުނދަގުލާއެކީ އެއްޗެކޭ ކިޔުނެއްކަމަކު އަނގަ ރަނގަޅަށް ޙަރަކާތް ނުކުރެވުނީތީ އެ ކިޔުނު އެއްޗެއް ފުރަތަމަ ފަހަރު ޝަރަފަކަށް ނޭނގުނެވެ. އެހެނަސް ދެވަނަ ފަހަރަށް އިހުނަށްވުރެ ގަދައަށް ރޮއިގަންނަމުން އޭނައާއި ދިމާލަށް ދެއަތް ދިއްކޮށް މަންމަ ކިޔާލީ އޭނަގެ ނަންކަން އެނގުންވީ ހިނދު ޝަރަފަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ މި ވާގޮތެއް ދެނެގަންނަން ބޭނުންވެގެން އެއްޗެކޭ ބުނަން އުޅުނުތަނާހެން ކުއްލިއަކަށް މަންމަގެ ކަޅި މައްޗަށް އަރަން ފެށިތަން ފެނުނެވެ. ޝަރަފްގެ […]
އެހެނަސް އަފާފަށް އަނިޔާއެއް ދިން މީހަކީ އެ މަންމަކަން އެނގުންވީ ހިނދު ޝަރަފްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އަދި ޝާދިޔާ ބުނިހެން މަންމައަކީ ފައިސާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެހެން ހީވާފަދަ މަންމަގެ ހުރިހާ ސިފައެއް ހަނދާނަށް އަންނަމުން ދިޔަދިޔަހެން އޭނަގެ ބުމަގޮށްޖެހި އޭނަގެ ގޮށްމުއްކެވުނެވެ. މަންމަ ހޯދުމުގެ މަސައްކަތް ޝަރަފް އެރެއިން އެރެއަށް ވެސް ފެށިއެވެ. އެރޭގެ ވަގުތެއްގައި އަފާފް ގެއަށް ގެނެވިގެން ދިޔުމުން މާ ގިނައިރެއްނުވެ އަފާފަށް ނިދުނެވެ. އާދައިގެ މަތިން ޝަރަފް […]
އެ ހިނދު އަންހެނެއްގެ އަނގައިން ނިކުތް އަޑު އިވިގެން ދިޔުމުން އެއީ އަންހެނެއްކަން އެނގުންވީ ވަގުތު އަފާފް ކައްސާލާފައި ވެއްޓެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަފާފް ގޮސް ބިންމަތީގައި އަރިއަކަށް ގޮސް ޖެހުނެވެ. ގައިގެ ދަށުގައިވި އަތަށްވީ ތަދާއެކީ އަފާފްގެ އަނގައިން ވޭނީ އަޑެއް ނިކުތެވެ. ދެލޯ ތަގުޅިކޮށްފައި ހުޅުވާލި ވަގުތު އެފަދަ ޙާލަތެއްގައި ވެސް އެއްވެސް އެއްޗެއް ނުފެނުމުން އަފާފްގެ ލޮލުން ކަރުނަ ހިލުނެވެ. މި ޙާލަތުގައި އޭނަވަނީ އެކަނިހެން ހީވި ވަގުތު ބައްޕަ ހަޅޭއްލަވައިގަތް އަޑު […]
“ހާދަ ގަޓެއްނެތޭ ދޯ އާހިލް؟” ޝަރަފް އެ ސުވާލުކުރިތާ މާ ގިނައިރެއްނުވެ އާހިލް އައިސް އެ ދޮރު ހުޅުވާލިއެވެ. އެ ހިނދު ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލާއި މިލާފައިވި އާހިލްގެ މޫނު އެންމެނނަށް ވެސް ފެނިގެން ދިޔައެވެ. އާހިލް ފެނުމާއެކު ޝަބާ ވާހަކަ ދައްކަން ފެށިއެއްކަމަކު ޝަރަފް އަތުގެ ޢިޝާރާތުން ޝަބާ ހުއްޓުވާލީ އޭނަ ވަކިން އާހިލް އާ ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުނުމަށެވެ. ޝަބާ އެއަށްފަހު ފަސްއެނބުރިގެން ގޮސް އަނެއްކޮޓަރިއަށް ދިޔައީ ހިތާއި ދެކޮޅަށެވެ. […]
މި ހުރިހާ ކަމެއްގެ ސަބަބުން އޭނައަށް ރުޅިވެރި ނަޒަރުތައް އަމާޒުކުރާ މީހުންގެ ހިތުގައިވި ރުޅިވެރިކަން އިންތިހާއަށް ދިޔަކަން އަފާފަށް ރޭކާވެސް ނުލައެވެ. އަދި މިފަހަރު އެމީހުންގެ ރޭވުންތައް އަންނާނީ އޭނަ އެންމެ ހިތްދަތިވާ ފަދައަކުންކަން އޭނައަކަށް ނޭނގެއެވެ. ކައިވެންޏަށްޓަކައި ޗުއްޓީ ނެގިތާ ހަފްތާތަކެއްފަހުން ޝަރަފް އަނެއްކާވެސް އޮފީހަށްދާން ފެށިއެވެ. އޮފީހަށްދާން އޮތް ފުރަތަމަ ދުވަހު ޝަރަފަށްވުރެ ކުރިން އަފާފް ތެދުވިއެވެ. އޭނަ ތެދުވުނުއިރު ވެސް ޝަރަފް ހޭލާ އޮތެއްކަމަކު އޭނަ އެންމެ ބަހެއްވެސް ބުނެލުމެއްނެތި އަފާފްގެ […]
މި ހުރިހާ ކަމެއްގެ ސަބަބުން އޭނައަށް ރުޅިވެރި ނަޒަރުތައް އަމާޒުކުރާ މީހުންގެ ހިތުގައިވި ރުޅިވެރިކަން އިންތިހާއަށް ދިޔަކަން އަފާފަށް ރޭކާވެސް ނުލައެވެ. އަދި މިފަހަރު އެމީހުންގެ ރޭވުންތައް އަންނާނީ އޭނަ އެންމެ ހިތްދަތިވާ ފަދައަކުންކަން އޭނައަކަށް ނޭނގެއެވެ. ކައިވެންޏަށްޓަކައި ޗުއްޓީ ނެގިތާ ހަފްތާތަކެއްފަހުން ޝަރަފް އަނެއްކާވެސް އޮފީހަށްދާން ފެށިއެވެ. އޮފީހަށްދާން އޮތް ފުރަތަމަ ދުވަހު ޝަރަފަށްވުރެ ކުރިން އަފާފް ތެދުވިއެވެ. އޭނަ ތެދުވުނުއިރު ވެސް ޝަރަފް ހޭލާ އޮތެއްކަމަކު އޭނަ އެންމެ ބަހެއްވެސް ބުނެލުމެއްނެތި އަފާފްގެ […]