ގޭތެރެއަށް ވަދެފައި ނަޞްރާއަށް ކުރާނެ ވަކި ކަމެއް ނުވިސްނުނެވެ. އަންނައުނު ފޮށިން ނަގާނީއޭ ހިތަށްއެރިއެއްކަމަކު އެކަން ކުރެވޭ ވަރަށްވުރެ ވަރު ބައްޔެވެ. ބައްޕައާއި އަފްރީން ނާންނަނީސް ނިދާކަށް ބޭނުމެއް ނުވިއެވެ. ނަޞްރާ ވަރުބަލި ގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ. ނިދަން ބޭނުން ނުވިއެއްކަމަކު ދެލޯ މަރާލިތާ މާގިނައިރެއްނުވެ ނަޞްރާއަށް ނިދުނެވެ. ނަޞްރާއަށް ހޭލެވުނީ އަފްރީންއާއެކީ ގެއަށް އައި ޝަރީފް އޭނައަށް ގޮވާލުމުންނެވެ. ނަޞްރާއަށް ލުއްކެއްޖަހައި ތެދުވެވުނީ އޭނައަށް ނިދުނުކަން ޤަބޫލުނުކުރެވިފައިވާ ޙާލުގައެވެ. ނަޞްރާއަށް ވީގޮތުން ޝަރީފާއި އަފްރީންވެސް […]
ކުލާސްތެރޭގައި ހުރި މުދައްރިސް އަތްމަތީގައި އޮތް ފޮތެއް ބަލައިގެން ބޯޑުގައި އެއްޗެއް ލިޔަމުން ގެންދިޔައެވެ. ކުލާހުގައި ތިބި ކުދިން އެ ލިޔެވޭ އެއްޗެއް ފޮތްތަކަށް ނަގަމުން ދިޔައިރު އެމީހުންގެ މެދުގައި އެކިއެކި ވާހަކަތައްވެސް ދެކެވެމުން ދިޔައެވެ. އެއްބަޔަކު މިއީ ހާދަ ފޫހި ގަޑިއެކޭ ބުނަމުން ދިޔައިރު އަނެއްބަޔަކު ކޮންމެވެސް ކަމަކާ ހޭން ތިއްބެވެ. ކުލާހުގެ އެންމެ ފަހަތު ބަރީގައި ތިބި އަންހެން ކުދިންތައް އޮލަ ވާހަކައެއްގައި ތިއްބެވެ. އެހެން ދުވަސްތަކަކާ ޚިލާފަށް މިއަދު އަފްރީން އިނީ އެ […]