“އައި ލަވް ޔޫ….އައި ލަވް ޔޫ ސޯ މަޗް.” އެ އިވިގެން ދިޔައީ ކާކުގެ އަޑެއްކަން ޔަޤީންވީ ހިނދު އަފާފް ގަނޑުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ނުބައި ޚިޔާލެއް އޭނަގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. އެހެނަސް ޖެހިގެން އައި ހިނދުކޮޅުގައި މިއީ ހީވި ހީވުމެއްކަމަށް އަފާފަށް ނިންމުނެވެ. “މީ ކޯޗެއް؟” އަފާފަށް އަހާލެވުނެވެ. މިއީ އައިޝާ އަޅުވާލި ނޭދެވޭ ފިލްމަކަށް ވެސް ވެދާނެއޭ އަފާފްގެ ހިތް ބުންޏެވެ. އެހެނަސް ވީޑިޔޯ ޕޯޒްކޮށްލަމުން އައިޝާ ދައްކަން ފެށި […]
“އައި ލަވް ޔޫ…..އައި ލަވް ޔޫ ސޯ މަޗް!” އެ ބަސްތައް އިވިގެން ދިޔައީ ޝަރަފްގެ އަޑުނޫން އެހެން އަޑަކުންނެއް ނޫނެވެ. އެ ބަސްތައް އިވިފައި ޓީވީ ބަލަން އިން އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ** ޝަރަފް އަފާފާއިއެކީގައި ހޭދަވި ހަފްތާ ވޭތުވެގެން ދިޔައީ އޮމާންކަމާއި އެކީގައެވެ. ދެމަފިރިން އެކީގައި ހޭދަކުރީ ލޯބިން ފުރިގެންވި ދުވަސްތަކެވެ. އެކީގައި ރެސްޓޯރެންޓްތަކަށާއި ޕާކްތަކަށް ޒިޔާރަތް ކުރަމުން ދިޔައިރު ނުލަފާ ނަޒަރުތަކެއް އެ ދެމީހުންނަށް […]
“އޭނަ އެހާ ހިސާބަށް ދިޔަ ނުދޭނަން މަށެއް! އޭނައާ އޭނަގެ އަންހެނުން އެކީގަ ތިބީމަ މިހުރިހާ މައްސަލައެއް ޖެހެނީ. އެކަކު އަނެކަކަށް ޗުކުޗުކު ތަޅުވާފަ ކަންތައް އެބަހިންގާ. ކޮންމެވެސް އެއްގޮތަކަށް އެދެމީހުން ވަކިކުރަންވީ!” ވިޔާމް ދަތްކުނޑި ވިކަމުން ބުނެލިއެވެ. ** އަފާފްގެ ޙާލަތު ރަނގަޅުވުމުން އޭނަ އޭގެ އަނެއްދުވަހުގެ ހެނދުނު ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އެއާއެކު ޝަރަފް އެންމެ ފުރިހަމައަށް އަފާފަށް އަޅާލައި ކަންތައް ކޮށްދޭން ފެށިއެވެ. އަފާފްގެ އެއްއަތުގައި މުޅިންހެން ބޭސްގަނޑު އެޅިފައިވުމުން އޭނައަށް […]
އެއަށްފަހު އޭނަ ސަލާމަތްތެރިކަމާއެކީ އަފާފް ގޮވައިގެން އެ ރޫމުގެ ތެރެއިން ނިކުތެވެ. އެހިނދު ޝަބާއާއެކީ އެތާ ބޭރުގައި ތިބި ގިނަ ބައެއްގެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. އެ އެންމެންގެ ފަހަތުގައި ހުރި އަންހެން ކުއްޖަކު ފިޔަވައެވެ. އެ އަންހެން ކުއްޖާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވީ ހިނދު އޭނަގެ ވައްޓާލެވިފައިވި ދެއަތް ގޮށްމުއްކެވުނެވެ. އަފާފް އުފުއްލައިގެން ހުރެ ހާސްކަމާއެކީ ޝަރަފް، ޝަބާގާތު އެމްބިއުލާންސަކަށް ގުޅާލުމަށް އެދުނު ވަގުތުވެސް އެ އަންހެން ކުއްޖާގެ ރުޅިވެރިކަމުގެ ނަޒަރު އެދެމަފިރިންނަށް އަމާޒުވެފައިވިއެވެ. […]
“ކާކު؟” އަފާފަށް އަހާލެވުނެވެ. ހަމަ އެ ހިނދު އެ އަންހެން ކުއްޖާ އެ ދަނޑިކޮޅު ދިމާ ކުރިމައްޗަށް ވައްޓާލިއެވެ. އެއާއެކު ބިންމަތީގައި ޖެހުނު އެ އަލިފާން ކޮޅު ބާރު މިނެއްގައި ސީދާ ރޮނގަކުން ދެފަރާތަށް ފެތުރެން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހުޅުގަނޑު އައިސް އަފާފް ހިފަހައްޓައިގެން ހުރި ހަރުގަނޑާއި ހަމަވީއިރުވެސް އަފާފަކަށް ރޭކާއެއް ނުލައެވެ. ހަރުގަނޑާއި ހަމަވުމުން ހުޅުގަނޑު އޭގައި ހިފައި މައްޗަށް އަރަން ފެށީ ބިމުގައި ހުރި ޕެޓްރޯލްމަތިން ދިޔަ ވަރަށްވުރެ ލަސްލަހުންނެވެ. އެ ރޫމުގެ […]
ޝަރަފަށް ނަބީހް އެދެއްކި ވާހަކަތަކާއިމެދު ވިސްނިގެން ދިޔަދިޔަހެން އޭނައަށް އޭނަގެ މުސްތަޤްބަލާއިމެދު ވިސްނެން ފެށިއެވެ. ޢާއިލާއެއް ފެށުމުގެ ޚިޔާލު އޭނަގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވުމުން އޭނަގެ ހިތަށް ވެރިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އަމިއްލަ ޚިޔާލުތަކެއްގައި އިންދާ އޭނަގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ތަނާހެން ނަބީހް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އެނީވޭސް…..އަހަރެން ދަނީ ނިދަން. ޝަރަފް މާލެއަށް އަނބުރާ ދާން އޮތީ 5 ދުވަސްފަހުން ދޯ؟ އަސްލު އޭގެ ކުރިން ދިޔަޔަސް އޯކޭ […]
“އަސްލުވެސްތަ؟ އަފާފްއަށް ހިއެއްނުވޭތަ އޭނައަކީ ވެސް މި ރޭވުމުގެ ބައިވެރިއެއްހެން؟” ވިޔާމް ކޮށްލި ސުވާލުން އަފާފް ހުއްޓުން އެރިއެވެ. ވިޔާމް އެ ބުނި އެއްޗަކާމެދު ހިނދުކޮޅަކަށް ނަމަވެސް ވިސްނުނެވެ. އެހެނަސް ވިޔާމަކީ ކާކުކަން އެނގުންވީ ހިނދު އޭނައަށް ވާހަކަ ދެކެވުނެވެ. “އަހަރެން އޮޅުވާލަން މަސައްކަތް ކުރުމަކީ ބޭކާރުކަމެއް. އަހަންނާ ދެކޮޅަށް ރޭވުމެއް ރާވަން ބޭނުންވާވަރަށްވުރެ ޝަރަފް އަހަރެން ދެކެ ލޯބިވާކަން އަހަންނަށް ޔަޤީން!” އަފާފް ސާބިތު އަޑަކާއެކީ ބުނެލިއެވެ. އެއާއެކު ވިޔާމްގެ ލުއި ހީލުމެއްގެ އަޑު […]
“ހާދަ ދެރައޭ…..އަހަރުމެންގެ އަފާފްވެސް އުޅެނީ މީހަކާ އިނދެގެން. އެ ނޫންނަމަ އަހަރުމެން އަފޫ ތިކަހަލަ ތަނަވަސް، ރަނގަޅު ކުއްޖަކާ ދެވީމުސް.” ހުސެއިން އެހެން ބުނެލި ވަގުތު ވިޔާމްގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވީ ހިނދު އަފާފް އައި ރުޅިން މުޅި މީހާ ރޫރޫ އަޅައިގެން ދިޔައެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ ޝަރަފް ދޫކޮށް އެހެން މީހަކާއި އިންނަން ނޭދޭނެކަމަށް ބުނެ އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެއާއެކު އޭނައަށް އަނެއްކާވެސް ކޮޅަށް ތެދުވެލެވުނެވެ. މި ފަހަރު އޭނަ […]
“ޝަރަފަކީ ތިހާ ހިތްދެރަ މީހެއްނޫން. ޔޫ އާރ ބެޓާރ ދޭން ދެޓް. ޝަރަފް ދެން އަނބުރާ އަންނާނީ ޝަރަފްގެ ތި ހުވަފެން ފުރިހަމަ ވާނެކަމުގެ ޔަޤީންކަމާއެކީ އިން ޝާ ﷲ.” އަފާފްގެ އެ ސާބިތު ބަސްތަކުން އަނެއްކާވެސް ޝަރަފަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އެއަށްފަހު އޭނަ މަޑުމަޑުން އަފާފާއި ދުރުވެ އޭނަގެ އަތަށް ބޮސްދިނެވެ. އަދި ތިމަންނަ ގުޅާނަން ކަމަށްބުނެ އެ އަތަށް ފިތާލަމުން މަޑުމަޑުން ދޫކޮށްލިއެވެ. އެއަށްފަހު އަފާފަށް އިވިގެންދިޔައީ ޝަރަފްގެ ހެދުން ދަބަސް […]