ޔުމާން ބުނެބަލަ… ތިހާ ސައިލެންޓްވީމަ، އަހަރެންގެ ހިތް ބިރުގަންނަން ފަށައިފި… ކޮންމެވެސް ކަމެއް ގޯސްވާހެން ހީވެއޭ އެބަ… އާދޭސްކޮށްފައި ބުނަން… އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު… ޔުމާންވެސް އެދަރިފުޅުދެކެ ލޯބިވަންޏާ އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ވާހަކައެއް ކިޔައިދީ…” އިވްޔާ ތެދުވިއިރު، ފެންކަޅިވެއްޖެއެވެ. އޭނައަށް ޔުމާންގެ އަތުގައި ހިފައިލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. “އައިމް ސޮރީ… އައިމް ސޯ ސޮރީ އިވީ… އަހަންނަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެދިފައި…” ޔުމާން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. […]
ހެންވޭރު މޫންލައިޓް ގެ ހުންނަ މަގަށް ވަދެވުމާއިއެކު، ރައިންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެއިން ހިސާބަކުވެސް މީހަކު ފެންނަން ނެތްއިރު، މަގުވެސް އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ސައިކަލު ޕާކިން ޒޯނުގައި ބެހެއްޓުމަށްފަހު، ފަހަރަކު ގެއެއްގެ ނަން ބޯޑަށް ބަލަމުން ރައިން ކުރިޔަށް ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނައި ފަހަތުން މީހެއްގެ ހިލަންވެގެން ފަސްއެނބުރި ބަލައިލައިފިއެވެ. ******** ކުއްލިއަކަށް ބޮލަށް އަރައިގެންދިޔަ ހަމަލާ އާއިއެކު މުޅި ތަން އެނބުރިގަތްހެން ރައިންއަށް ހީވިއެވެ. މަންޒަރު ފުސްވެގެންދިޔަ ވަގުތު ކުރިމަތިން ހިޔަންޏެއްހެން […]
މަގުމަތީގައި ފުދޭވަރަކަށް މީހުން ގިނަ ވަގުތެކެވެ. ކާރޫބާރޫ ބޮޑު މަގުތަކުން އިވެމުން ދިޔައީ ބަރުގޮނުގެ އަޑެވެ. ކައިލަންގެ ކޭސް އާއި ބެހޭގޮތުން ފުލުހުންގެ ތަޙުޤީގަށް ބޭނުންވާ ބައެއް މަޢުލޫމާތު ދީފައި، ރައިން ފުލުހުންގެ އިދާރާއިން ނުކުތެވެ. އިރު އޮއްސުމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. ރައިން ސައިކަލަށް އަރައި ދުއްވާލިތަނައި، ފޯނު ރިންގްވާން ފެށިއެވެ. މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލާފައި، ޖީބުގައި އޮތް ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖައްސައިލި ރައިން ދިޔައީ ސިއްސައިގެންނެވެ. ******** “ނާބިހް އަމިއްލައަށް […]
ނާބިހް އަކީ ދުވަހަކުވެސް ދޮރު ތަޅުލާފައި ބަހައްޓާ ކުއްޖެއް ނޫނެވެ. ކަމަކާއި ހިތްހަމަނުޖެހުނަސް، ކޮޓަރީގެ ދޮރު ތަޅެއް ނުލާނެއެވެ. ނަތާޝާ ހާސްވީ އެވަރަށް ގޮވި އިރުވެސް ނާބިހްގެ ޚަބަރެއް ނުވުމުންނެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އޭނަ އައެވެ. ތަޅުވަޅަށް ތަޅުދަނޑި ޖަހާފައި ހުޅުވައިލިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކު، މުޅި ގެއަށް ޒަލްޒަލާއެއް ގެނުވި ކަހަލައެވެ. ގޭތެރޭގައި ގުގުމާލީ އިވްޔާ އާއި ނަތާޝާގެ ހަޅޭކުގެ އަޑެވެ. ******** ނާބިހް އޮތީ ތަށިމުށިތަކުގެ މަތީގައެވެ. އުއްޑުންވާހެން އޮތްއިރު، ހަށިގަނޑުގައި އެއްވެސް […]
“އަހަންނަށް މަޢާފުކުރޭ… އަހަންނަށް މަޢާފުކުރޭ…” ރޮމުންދިޔަ ނާބިހްގެ ޖުމްލަތަކުން މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ******** ލިބުނު ކުއްލި ޝޮކްގައި އެންމެންވެސް ތިބީ ހުއްޓުން އަރާފައެވެ. ދޫތަކުގައި ތަޅެއް ލެވުނު ފަދައެވެ. ޙަދީޖާ ހުރިތަނަށް ތިރިވިއެވެ. ގަބުވެފައި ނަތާޝާ ހުރީ އަނގަމަތީގައި އަތް އެޅި ގޮތަށް ނަގަންވެސް ނޭނގިފައެވެ. ނާބިހްގެ ރުއިމުގެ އަޑާއި އެކުވެގެން އައީ ޙަދީޖާގެ ގިސްލުުމުގެ އަޑެވެ. މުށިތަކުގެ މަތީގައި ރޯން އިން ޙަދީޖާ ފެނުމާއިއެކު ނާބިހްއަށް އެެެދިމާއަށް ދެވުނެވެ. “ނާންނާތި… […]
“ކައިކް ޕްލީޒް… އަހަންނަށް ތިހެން ނުހަދާ… ހެޔޮނުވާނެ…” ނައިރާއަށް ރޮވުނެވެ. ******** “އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީ…” ނައިރާ އާދޭހާއިއެކު އެދުނެވެ. ކައިލަންގެ ގައިގައި އަތް ޖައްސައިލި ނައިރާ ސިހުނީ ކައިލަން އެ އަތް ފޮޅުވައިލުމުންނެވެ. ލިބުނު ސިހުމުގައި މެޔަށް ތޫނު ތަދެއް އެރިއެވެ. ނައިރާއަށް އޭނަގެ މޭގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު ކަރުނުން ދެލޯ ފުރެމުން ދިޔައެވެ. “އިތުރަށް ކޮން ވާހަކައެއް ދައްކަން؟… ތި ދައްކާ ވާހަކައަކުން ނައިރާ ކުރި ކަމެއް ނުކުރާ ކަމަކަށް ވޭތަ؟…” […]
ނަރުސް ކުއްޖާ ގޮސް ވަނީ އެމަޖެންސީގައި ގެނެވޭ މީހުން ބައިތިއްބާފައި ތިބޭ ވޯޑުތަކުގެ ތެރެއިން ވޯޑަކަށެވެ. ޕްރައިވެޓް އެ ވޯޑުގެ ތެރެއިން އިވެމުން ދިޔައީ އެކި މެޝިންތަކުގެ އަޑެވެ. އެނދުމަތީގައި އަންހެން ކުއްޖަކު އޮތެވެ. މުޅި ހަށިގަނޑަށް ވަނީ އެއްޗެހިތަކެއް ގުޅާފައެވެ. ދެލޯ މެރިފައި އޮތް އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ވިންދު ޖަހަމުން ދިޔައީ އެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އެހީގައެވެ. ނަރުސްކުއްޖާގެ ފަހަތުން ވޯޑަށް ވަތް މީހާ މަޑުމަޑުން ހިނގާލާފައި […]
ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ގަޔަށް ދޫކޮށް ހުރި ގަދަ ނޫކުލައިގެ ހެދުމެއްގައެވެ. އަޅައިގެން ހުރި ކަޅު ޝޯލްގެ ތެރެއިން އެ ދޮން މޫނު ދިއްލިލާފައިވާ ގޮތުން ކައިލަންގެ ހިތުގައި އެ ސޫރަ ކުރެހިގެން ދިޔައެވެ. ******** ހިނިތުންވެލަންވެސް ހަނދާންނެތިފައި ކައިލަންއަށް ހުރެވުނީ އެކުއްޖާގެ މޫނަށް ބަލާށެވެ. ކަޅިރަވަ ރީތި އެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން އޭނަ ބޭނުންވިއެވެ. “ސޮރީ…” ކައިލަންގެ އަޑު ނުކުތީ ކިރިޔާއެވެ. ކައިލަންގެ ހިތުގެ ހިމަ ނާރުތަކުގައި ދަތުރުކޮށްލި އޮއިވަރުގެ […]
މާލޭގެ މަގުތައް އާދަޔާ ޚިލާފަށް ހަލަބޮލިވެފައިވި ވަގުތެކެވެ. ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު ގަދަވެފައިވިއެވެ. ގޭގެ ދޮރާށި ކައިރިއަށް ނުކުމެ ހުރި އިވްޔާގެ ދެފައި އެއްތާކު ނުޖެހެއެވެ. ހާސްވެފައި ހުރެ އޭނަ ބަލަމުން ދިޔައީ އަތުކުރީގައި އަޅާފައިވާ ގަޑިއަށެވެ. ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ހެޔޮވަރުކޮށްލާފައި ދެފަހަރަކު ގަޑިއަށް ބަލާލައިފިއެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ. އިންތިޒާރު ކުރަމުންދިޔަ ފަރާތް އަދިވެސް ގެއަކަށް ނާދެއެވެ. އެއީ އެހާ ލަސްވަންދެން ބޭރުގައި އުޅޭ މީހެއް ނޫނެވެ. އިވްޔާ […]