އަހަރެން ފުރަތަމަވެސް ގޮސް ހުއްޓުނީ ކައުންޓަރުގެ ކައިރީގައެވެ. ކައުންޓަރުގައި އިން ކުއްޖާގެ ކައިރީގައި އެއްޗެކޭ ބުނުމަށް އަނގަ ހުޅުވައިލި ވަގުތު އިވުނު އަޑަކުން ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ކުއްލިއަކަށް ފަސް އެނބުރި ބަލައިލެވުނެވެ. “ޔޫ؟… އެގެއިން؟…” “ކަމް ޓު މައި ކެބިން… ނައު…” ******** އަހަރެންގެ ކުރިމަތީގައި އެހުރީ ޒެވިންއެވެ. ރަސްމީ ހެދުމުގައި ވަކީން ފިރެހެންވަންތައެވެ. ހީވަނީ ދެވަނަ ރަވާންއެއް ކުރިމަތީގައި ހުއްޓިލައިގެން ހުރި ހެންނެވެ. އެކަމަކު ޒެވިން އަހަރެންގެ އޮފީހުގައި އެކުރަނީ ކީއް ހެއްޔެވެ؟ އެހާ […]
އެއާޕޯޓަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދިޔައީމެވެ. ކުރީގެ ބުޅި އިސްތަށިގަނޑު ފަންކޮށް، ކަނދުރާ އާއި ހަމައަށް ކޮށައިލީމެވެ. ދެލޯ އަނދުނުން ފަވައިލީ، އެ ލޮލުން ފެންނަމުންދިޔަ ރިހުން އެހެން މީހުންނަށް ސިއްރުކުރުމަށެވެ. އުފުލަންޖެހޭ އެއްޗެހި ގިނަކަމުން އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެ ހުރިހާ އެއްޗެއް ޓެކްސީއަށް ނޭރުވުމުން ޖެހުނީ ބަހެއްގައި ދާށެވެ. ބަސް ހޯދުމަށް އެތައް ވަގުތެއް ހޭދަކުރަންޖެހުނެވެ. ގަޑި ނުޖެހި އެއާޕޯޓާއި ހަމައަށް ދެވޭނެކަމަށް އަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް […]
ޑްރައިވަރު ކާރު ދުއްވާލުމާއިއެކު، އަހަރެން ފަހު ފަހަރަށް މަންމަގެ މޫނަށް ބަލައިލީމެވެ. މަންމަ ހުރީ ފެންކަޅިވެފައެވެ. އެ ދެލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފެނި، އެ މަންޒަރު ބަލަން އަހަންނަކަށް ކުޅަދާނައެއް ނުވިއެވެ. އަވަސްއަވަހަށް އިސްޖަހައިލީމެވެ. އާދައިގެ ދުވެއްޔެއްގައި ދަތުރުކުރަމުންދިޔަ ކާރުގެ ދުވެލި، ވަކި ހިސާބަކުން ބާރުވިކަން ފާހަގަވިއެވެ. ކުއްލިއަކަށް އެންމެ ބާރުކޮށްލިގޮތުން އަހަންނަށް ރަވާންގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ރަވާން ކޮންމެވެސް އެއްޗެއް ބުނިކަންވެސް އެނގުނެވެ. ޑްރައިވަރު ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސައިލުމުން ވީނުވީއެއް ނޭނގުނެވެ. […]
މިއަދަކީ ދިރިއުޅުމަކަށްޓަކައި އަހަރެން ދެކެމުން އައި ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހޭ ދުވަހެވެ. އިސްކޮޅާއި އެއްވަރުގެ ދިގު ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓިލައިގެން ހުރީ ކައިވެނީގެ ހުދު ހެދުމުގައެވެ. އެހެދުމުގައި އަހަރެން ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން އަހަރެންގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވިއެވެ. އެ ރީތިކަން ހަދިޔާ ކުރަން ބޭނުންވާ ހަމައެކަނި ފަރާތަކީ އަހަރެންގެ ވާންއުޅޭ ފިރިމީހާ ރަވާންއެވެ. އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް […]
މިފްތާޙް އިޢުތިރާފުވީ ހަމައެކަނި ނާބިހް މަރާލި ކަމަކަށް ނޫނެވެ. ނާބިހްގެ އިތުރުން މުނީރުވެސް މެއެވެ. އޭގެ އިތުރުން ރައިން ރަހީނު ކުރި ކަމަށްވެސް އިޢުތިރާފް ވިއެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އެހެން މީހަކު ކަން އެނގުނީ ފުލުހުން ކުރި ތަޙުޤީގުތަކަށް ފަހުގައެވެ. އެ މީހަކު އެނގުމާއިއެކު އެންމެންނަށްވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ. ******** “ހަކީމްބެ؟… އެކަމަކު ކީއްވެ؟…” ނަތާޝާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. މިފްތާޙް އެ ހުރިހާ ކަމެއް ކުރީ ނާބިހްގެ ބައްޕަ […]
އިވްޔާ ފެށީ ހޭށެވެ. އޭނައަނެއްކާވެސް ގޮނޑީގައި އިށީދެފައި ހަމަޖެހިލިއެވެ. ގޮނޑި ވީހާވެސް ބޮޑަށް މޭޒާއި ކައިރިކޮށްލާފައި ދެބުމަ ގޮށްޖަހައިލަމުން މިފްތާޙަށާއި ސަލާހަށް ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ. “ތެދަށް ބުނޭ… ނާބިހް މަރާލީ ކީއްވެ؟…” މޭޒުމަތީގައި ބާރަށް ޖަހައިލަމުން އިވްޔާ ސުވާލުކުރިއެވެ. ******** އިވްޔާގެ ސުވާލާއިއެކު މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ނަތާޝާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނީ އިވްޔާ ފުންމައިގެން ތެދުވި ގޮތުންނެވެ. “ހަޤީގަތް މިއޮތީ އަހަރެމެން އެންމެން ކުރިމަތީ ހާމަވާން… ދެންވެސް […]
ކުއްލިއަކަށް އިވުނީ ފޯނު ރިންގްވާން ފެށި އަޑެވެ. ރައިންގެ ހަށިގަނޑަށް ލުއިވިހެން ހީވިއެވެ. ކަރުގައި ޖައްސާފައިވާ ވަޅި ދުރުކޮށްލާފައި، އެމީހަކު އޭނަ އާއި ދުރަށްޖެހުނުކަން ރައިންއަށް އިޚްސާސްވިއެވެ. އެވަރުންވެސް ލޯ ހުޅުވައިލަން ނުކެރިފައި އޭނަ އިނީއެވެ. ކުޑަ އިރުކޮޅަކު އެހެން އިނދެފައި، ރައިން އޭނާގެ ދެލޯ ހުޅުވައިލިއެވެ. އޭރު ތަން އޮތީ ހިމޭންވެފައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުނީރުގެ ފުރާނަ ނެތް ހަށިގަނޑުވެސް މެއެވެ. ******** އެނދުގެ އެއް އަރިމަތީގައި ނަޢީމު ހުރީ ނައިރާގެ ކަރުގައި […]
“އިވީ ޓްރަސްޓް މީ… އިންޝާﷲ ހަޤީގީ ކުށްވެރިޔާ ހޯދައި، އަހަރެމެންގެ ދަރިފުޅަށް އިންސާފު ހޯދައިދޭނަން… ކޮންމެ ގޮތަކަށް ކަންތައްވިޔަސް، އަމިއްލަ ފުރާނަ ޤުރުބާން ކުރަންޖެހުނަސް، ކައިކްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން…” ޔުމާންގެ ފަހު ޖުމްލަ އަޑު އިވިފައި އިވްޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ******** “ޔުމާން ދިޔަސް އެންމެ ރަނގަޅު…” އިވްޔާ ހުރީ އިސްޖަހާލައިގެންނެވެ. ޔުމާންގެ ޖުމްލަތަކުން ހިތަށް ކުރި ޢަޞަރުން އިވްޔާގެ ދެލޯ ކަރުނުން ފުރާލިއެވެ. އެ ވާހަކަތައް އަޑުއަހާނޭ ހިތްވަރު އޭނަގެ ގަޔަކު ނެތެވެ. […]
ގޭގެ ފަހަރަކު ކޮޓަރިއެއްގެ ދޮރުގައި ތަޅަމުން، ކައިލަން ދިޔައީ ނައިރާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަމުންނެވެ. މުޅި އެގޭގައިވެސް އިތުރު މީހަކު ނެތް ވަގުތެކެވެ. ކައިލަން އަނެއްކާވެސް ދުވެފައި އައީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. އެވަގުތު ނައިރާގެ ކޮޓަރިން ނުކުމެގެން ކޮންމެވެސް މީހަކު ދުވެފައި ދިޔަތަން އޭނައަށް ފެނުނެވެ. އެމީހެއްގެ ފަހަތުން ދާން އުޅެފައިވެސް، ކައިލަންގެ ޚިޔާލު ބަދަލުވިއެވެ. އެ ނަޒަރު ހުއްޓުނީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އެތެރެއިން ނައިރާގެ […]