Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަފުން ވެވިފާ…02

eysh Level 510 Stories100 Comments100 Login500 Comments
August 22, 2019 4 Mins Read
56 Comments

ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ގަޔަށް ދޫކޮށް ހުރި ގަދަ ނޫކުލައިގެ ހެދުމެއްގައެވެ. އަޅައިގެން ހުރި ކަޅު ޝޯލްގެ ތެރެއިން އެ ދޮން މޫނު ދިއްލިލާފައިވާ ގޮތުން ކައިލަންގެ ހިތުގައި އެ ސޫރަ ކުރެހިގެން ދިޔައެވެ.

********

ހިނިތުންވެލަންވެސް ހަނދާންނެތިފައި ކައިލަންއަށް ހުރެވުނީ އެކުއްޖާގެ މޫނަށް ބަލާށެވެ. ކަޅިރަވަ ރީތި އެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން އޭނަ ބޭނުންވިއެވެ.

“ސޮރީ…” ކައިލަންގެ އަޑު ނުކުތީ ކިރިޔާއެވެ.

ކައިލަންގެ ހިތުގެ ހިމަ ނާރުތަކުގައި ދަތުރުކޮށްލި އޮއިވަރުގެ އަޞަރުން ދުލުގައި ތަޅެއް ލެވުނު ފަދައެވެ. ޒުވާންކަމުގެ ޖޯޝު ހިނގަމުންދިޔަ އެ ހަށިގަނޑުގައި އުފެދިގެން އައި އިޚްސާސްތަކުން މުޅި މީހާ ފިނިވިއެވެ.

“އެއީ އެވަރުގެ ކަމެއް ނޫން…” ކައިލަންއަށް ބަލައިލުމެއްވެސްނެތި އެކުއްޖާ އެތެރެއަށް ވަދެގެން ދިޔައެވެ.

ފުރަތަމަ ބައްދަލުވުމުން ކައިލަންގެ ހިތް އެކީ އެކުއްޖާއަށް ހިބައިން ދެވުނެވެ. ކޮން ފެންވަރެއްގެ ކާކުތޯ ބެލުމުގެ ޝައުޤެއްވެސް އެ ހިތުގައި ނެތެވެ. ހިތަށް ލިބޭނީ ކިހާވަރެއްގެ ޒަޚަމެއް ކަމެއް ނޭނގޭ ޙާލު އެކުއްޖާގެ ފަހަތުން ކައިލަން ދިޔައީ މުގޯލި އަޅަމުންނެވެ. ފަސްފަހަތުން ފިޔަވަޅު ނަގަމުންނެވެ. ބެދެމުންދިޔަ ޖަންގަލީގެ ބޯކަން ކުރިން އެނގުނުނަމަވެސް ސަލާމަތް ނުވެވޭވަރުގެ ކަނު ލޯތްބެއް ކައިލަންއަށް އެކުއްޖާދެކެ ވެވުނެވެ.

މައުޞޫމްކަމާއި ސިއްރުވެރިކަމުން ފުރިގެންވީ އެ އަންހެން ކުއްޖާއަށް ކައިލަންގެ ހިތުގެ ޙާލު އެނގުނު ކަހަލައެވެ. ދުރުން އުޅެންފެށި ގޮތުން ކައިލަންގެ ހިތް މާޔޫސްކުރުވިއެވެ. އެ ދެލޮލުން ކޮންމެވެސް ބޮޑު ސިއްރެއް ބުނެދޭހެން ހީވެއެވެ. އުޅެނީ އެހެން މީހުންނާއި އެކަހެރި ކޮށެވެ. ދިރިއުޅުން ހަނަފަސްވެފައިވާ މީހަކު ފަދައިން މޫނުމަތި ހުންނަނީ މިލައިގެން ގޮސްފައެވެ. ހިނިތުންވުން އެއްގޮތަކަށްވެސް ނުފެނެއެވެ.

“ނައިރާ…” ކައިލަންގެ ހިތުގައި އެ ނަން ބިންވަޅު ނެގިގެން ދިޔައީ ދުވަހަކު ފޮހެވިގެން ނުދާނޭ މިންވަރަށެވެ.

ނަގަމުންދިޔަ ރާޅުތަކުގެ ބިޔަކަން ނޭނގޭ ޙާލު ނައިރާ ޙާޞިލް ކުރުމަށް ކައިލަން ދިޔައީ މަސައްކަތް ކުރަމުންނެވެ. ގެންގުޅޭ ފޮތްތަކުގައި އެ ނަން ފަވައިލިއެވެ. ފޯނާއި، އައިޕެޑްގެ ފޯލްޑަރތައް ފުރެމުން ދިޔައީ ނައިރާގެ ތަސްވީރުތަކުންނެވެ.

ކުލާސްކުދިންގެ ބުލީގެ ޝިކާރައަކަށް ނައިރާ ވިއެވެ. ނައިރާގެ މިޒާޖު ހުންނަ ގޮތުން އެކީގައި އުޅެން ބޭނުންވާ މީހަކު ނުހުރެއެވެ. މަޑުން އިންނާތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގަންފެށީ އެހެން މީހުންނެވެ. ކުދި ގޯނާތައް ބޮޑެތި ކަންކަމަށް ބަދަލުވާން ފެށިއެވެ. ބައެއް ދުވަސްދުވަހު ގޮނޑިން ވައްޓާލައެވެ. ފޮތްތައް ފޮރުވައެވެ. މޭޒުގައި ކުރަހާ ހަދައެވެ. ކައިލަންގެ ހިތަކަށް ކެތެއް ނުވިއެވެ. އެއިން ކޮންމެ ކަމެއްގައި ދިފާޢުގައި ނުކުންނަން ފެށިއެވެ. ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދުނީ އޭގެ ފަހުންނެވެ.

ނައިރާގެ މަޑުމައިތިރި މިޒާޖާއި، މޫނުމަތިން ފެންނަ ހިތާމައިގެ އަޞަރު އެނގެން ކައިލަން ބޭނުންވިއެވެ. އެ ހިތުގެ ފާރުގަނޑުތަކުގައި ބޭސްއަޅައިދީ، އެންމެ ކައިރީގައި ވާން ހިތް އެދެވުނެވެ. ގޮތްނޭނގޭ ބޮޑު ސިއްރެއް އެ ހިތުގައި ފޮރުވާފައި ވާކަން ނައިރާގެ ވާހަކަތަކުން ކައިލަންއަށް އެނގުނެވެ. އޭނަ އިންތިޒާރު ކުރަމުންދިޔައީ ނައިރާގެ ދުލުން އެ ހިތުގެ ޙާލު ބަންޑުންކޮށްލާނޭ ވަގުތަކަށެވެ.

ކައިލަން އާއިއެކު ވަގުތު ހޭދަކުރަން ފެށުމުން ނައިރާގެ ތުންފަތްމަތީން ހިނިތުންވުމުގެ އަޞަރު ފެންނަން ފެށިއެވެ. ކުރިންހެން އަބަދު ފެންކަޅިވެފައި ހުންނަ ދެލޮލުގެ ވިދުން ގަދަވިއެވެ. ދެމީހުންގެ މެދުގައި ކުރިން އޮތް ދުރުކަން ނެތުނެވެ. ކުރިމަތިވާން އުޅޭ ކަޅު އަނދިރި ދުވަސްތަކުގެ ޚިލަމެއް ނައިރާއަށް ކުޑަކޮށްވެސް ނުވެއެވެ. ކައިލަން ދިއްކޮށްލި ލޯބީގެ އަތުގައި އޭނަ ހިފީ އެ ޙަޔާތަށް ޒަޚަރު ލެވިގެން ހިނގައިދާނޭ ކަމުގެ ކުޑަވެސް ޚިލަމެއް ނުވާ ޙާލުގައެވެ. އޮހެމުންދިޔަ ލޯބީގެ ގުލްދަސްތާތަކާއި، ފަށުވި ބަސްތަކުން ނައިރާގެ ފުނޑުފުނޑުވެފައިވާ ހިތުގައި މަލަން އަޅައިދިނެވެ. މާޒީގެ ހިތްދަތި ދިރިއުޅުމުން އަރައިގަނެ، އުފާވެރި ޚަޔާތަކަށް އެދި ހުވަފެންތައް ދެކެމުން ދިޔައެވެ.

ނައިރާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ އޮޅުވާލުމެއްގެ ތެރެއިން ދާއިމީ ގުޅުމެއް ފަށައިގަތުމެވެ. ކައިލަން ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ހުރިހާ ހަޤީގަތެއް ކަފުންކޮށް ވަޅުލުމެވެ. އެކަމުން ފަހުން ނުކުންނާނީ ކިހާވަރެއްގެ ނަތީޖާއެއްކަން އެ ޅަ ސިކުނޑިއަށް ވިސްނައިނުލެވުނީއެވެ.

********

އިވްޔާ ހަމައަކަށް އަޅުވާފައި ކައިލަން އާއި ބައްދަލުކުރެވޭނޭގޮތް ހަމަޖެއްސުމަށް ރައިން އަވަސްވެގަތެވެ. ނަޝީދަށް ގުޅައިގެން ރަނގަޅު ވަކީލަކު ހޯދިއެވެ. ކައިލަން އާއި ބައްދަލުކުރެވޭގޮތްވީ އޭގެ ދެދުވަސް ފަހުންނެވެ. އިވްޔާ އެތައް ވާހަކައެއް ދައްކައިގެންވެސް ކައިލަންގެ އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުކުރެވުނެވެ. އެދުވަހުގެ ހާދިސާ އާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުންޏެވެ. ގަބުވެފައި އިން މީހަކު ފަދައިން އިސް ޖަހައިލިގޮތަށް އިނީއެވެ. ގަސްދުގައި އިސް އުފުލައި ނުލާން ވެގެންނެވެ. ނޫނީ ކުރެވުނު ކުށުގެ ބޮޑުކަމުން ހަތަރުކަޅި ހަމަކުރަންވެސް ނުކެރިފައެވެ.

“ދަރިފުޅާ… މީ ދަރިފުޅުގެ މަންމައޭ…” އިވްޔާ އޭނާގެ މޭގައި އަތުން ޖަހައިލިއެވެ.

“މިހިތަށް ހާދަ އަޞަރެއް ކުރެޔޭ… ދަރިފުޅު ތިހާލުގައި އިންނަތަން ދެކެން މިހިތަށް ކެތްވާނީ ކިހިނެތް؟…” އިވްޔާއަށް ރޮވުނެވެ.

ކަރުނަތައް ހިންދައިލެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލާފައި، ނޭފަތް ދަމައިލިއެވެ. ހިންދިރުވައިލީ އަރުތެރެ ބެދޭހެން ހީވުމުންނެވެ.

އިސްޖަހައިގެން އިން ކައިލަން ކަރުނަ ފޮހެލިތަން އިވްޔާއަށް ފެނުނެވެ. މަންމަގެ ހިތުގެ އަޑު އިވުމުން އެ ހިތް ރޮއްވާލީއެވެ. އެއްޗެއް ބުނާނޭ ހިތްވަރެއް ކައިލަންއަކަށް ނުލިބުނެވެ. ހަތަރުކަޅި ހަމަކުރަންވެސް އޭނަ އިނީ ލަދުންނެވެ. ދަތި އުނދަގުލުން ބޮޑުކޮށް މީހަކަށް ހަދައިދިނުމުން، އޭގެ ބަދަލު އޭނައަށް އެ ދެވުނީ ކިހާ ހިތިކޮށް ހެއްޔެވެ؟ ކުށްވެރިއެއްގެ ލަޤަބު ލިބި، ދިރިއުޅުން ކުރިޔަށް ގެންދަންޖެހިފައި އެވީ މުޅި ދުނިޔެއަށް މޫނު ދައްކައިލަން ނުކުރޭވަރުގެ ލަދުވެތި ކަމަކާއި އެކުގައެވެ.

“މަންމަ ދަރިފުޅަށް އިތުބާރު ކުރަން…” އިވްޔާގެ އަޑުގައިވީ ޔަޤީން ކަމެވެ.

އިވްޔާގެ ޖުމްލަ އަޑު އިވިފައި ކައިލަން ދެލޯ މަރާލިއެވެ. މުޅި ދުނިޔެ އޭނައަށް މަލާމާތްކުރަމުންދިޔަ އެ ވަގުތުގައި، މަންމަ ކުރި އިތުބާރުން ހިތް ކުދިކުދިވިއެވެ. ނުބުންޏަސް އެ މަންމަގެ ހިތުގައި ހާދަ ވޭނެއް އަޅާނެއެވެ. އޭނަ އާއިމެދު އެތައް ޝަކުވާއެއް ވެސް ވާނޭކަން ގައިމެވެ.

“ދަރިފުޅު ހުރޭ އަނގައިން ނުބުނާން… މަންމައަށް ވީވަރަކުން ދަރިފުޅު ސަލާމަތްކޮށްދޭން މަސައްކަތް ކުރާނަން…” އިވްޔާ ތެދުވިއެވެ. “މަންމައަށް އެނގޭ ކޮންމެވެސް ކަމެއް ވީމަކަން ދަރިފުޅު ތިގޮތަށް އިންނާނީ… ވަރަށް ދެރަވެއްޖެ މަންމަ ތިހާ ދުރުކޮށްލިތަން ފެނުނީމަ…” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އިވްޔާ އެތަނުން ނުކުތެވެ.

އިވްޔާ ގޮސް ނުކުތުމާއިއެކު ކައިލަން އިސް އުފުލައިލިއެވެ. ރޮއެރޮއެ ރަތްވެފައިވާ ދެލޮލުގައި، ކަރުނަތައް ބަންޑުންވާން ތައްޔާރުވެފައި ވިއެވެ. މޭޒުމަތީގައި ބާއްވާލެވިފައިވާ ކައިލަންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އެ މޭގައި މަޑު ރިހުމެއް އުފެދިއްޖެއެވެ. ގޮށްމުށުން މޭޒުގައި މަޑުމަޑުން ޖަހައިލަމުން ކައިލަންއަށް މޭޒުގައި ބޯ އަޅާލެވުނެވެ. އަނގައިން ނުކުތީ ވޭނީ އާޚްއެއްގެ އަޑެވެ. ދެލޯ ފޫއަޅުވާލާފައި އޮހެމުންދިޔަ ތާޒާ ކަރުނަތަކުން މޭޒުމަތީގައި ކަރުނައިގެ ކޯރެއް ހެދެމުން ދިޔައެވެ. މައިމީހާ ދިން ލޯބީގެ ބަދަލުގައި އޭނައަށް ދޭން އެޖެހުނީ ވޭނާއި ހިތްދަތިކަމެވެ. އަމިއްލަ ނަފުޞު ކުށްވެރިކޮށްގެން ނިމޭކަށް ނެތެވެ.

އިވްޔާ ނުކުތްއިރު ރައިން އިނީ ގޮނޑީގައި އިށީނދެލައިގެންނެވެ. އެއް އަތް ދަތްދޮޅީގައި ވިއްދާލައިގެން އިންގޮތުން ހާސްވެފައި އިންވަރު އެނގެއެވެ. އިވްޔާ ނުކުތްތަން ފެނުމާއިއެކު ރައިން އަވަސްއަވަހަށް ގޮސް އިވްޔާގެ ކުރިމަތީގައި ހުއްޓުނެވެ. ހުއްޓުން އަރާފައިވާ އަނބިމީހާގެ ކޮނޑުގައި އަތް ޖައްސާލައި މޭގައި ލައްކޮށްލިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ރައިންއަށް އެނގުނެވެ. ދަރިއަކު އެފަދަ ޙާލެއްގައިވުމުން މަޔެއްގެ ހިތުގައި އަޅާނޭ ވޭން އޭނައަށްވެސް އިޚްސާސް ކުރެވުނެވެ.

ރައިންގެ އެ ކުޑަކުޑަ އަމަލުން އިވްޔާ ކުރަމުންދިޔަ ހިތްވަރު އެލުނެވެ. ދެފައިގެ ވަރު ދޫވެ، ހިފަހައްޓައިގެން ހުރި ކަރުނަތައް ދެލޯ ފޫއަޅުވައިލާކަށް ގިނައިރެއް ނުނެގިއެވެ. އިވްޔާ ރައިންގެ ގަމީހުގައި ހިފަހައްޓާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން އެ އަތްތިލައިގައި ރައިން ވަރަށް ބާރަށް ހިފަހައްޓައިލިއެވެ. އިވިގެންދިޔަ މަޑު ގިސްލުމުގެ އަޑާއިއެކު، އިވްޔާގެ ހިތުގައިވި ޝަކުވާގެ އަޑު ރައިންގެ ކަންފަތާއި ހަމައަށް ފޯރާކަށް ގިނަ އިރެއް ނުނެގިއެވެ.

“އެއީ މިއަތުގެ ތެރޭގައި ގެންގުޅުނު ތުއްތު ކައިކްއެއް ނޫން… އެ ދަރިފުޅު ބޮޑުވެއްޖެ… އަހަރެން މުޅީން ދުރުކޮށްލައިފި…” ދަރިފުޅުގެ ދުރުކަން ފެނި އިވްޔާގެ ހިތަށް ލިބުނީ ބަރުދާސްތު ނުކުރެވޭ ވަރުގެ ހިތްދަތިކަމެކެވެ.

********

ހޮސްޕިޓަލުގެ ދޮރުމަތީގައި އައިސް މަޑުކޮށްލި ޕްރައިވެޓް ކާރުގެ ތެރެއިން ފޭބީ ޒުވާން ފިރެހެނެކެވެ. އެމީހާ ހުރީ އަތްދިގު ގަމީހާއި ފަޓުލޫނުގައެވެ. ބެގީކޮށްފައި ހުރުމުން ތަނެއްގެ އިސް މަޤާމެއް ފުރަމުންދާ މީހަކާއި ވައްތަރެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެމީހާ އައިސް މަޑުކޮށްލީ ހޮސްޕިޓަލުގެ ކައުންޓަރު ކައިރީގައެވެ. އަޅައިގެން ހުރި ރޭބަން އައިނު ހިއްލާލައި ކައުންޓަރުގައި އިން ކުއްޖާއަށް އެމީހަކު ބަލައިލިއެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ހާސްކަމެވެ. ކައުންޓަރުގައި އިން ކުއްޖާއަށް އެމީހާ ދައްކައިލީ ތަސްވީރެކެވެ. އޭގައިވާ މީހަކު ފެނުމާއިއެކު އެކުއްޖާއަށް އެމީހަކު އެނގުނު ކަހަލައެވެ. ބޯ ޖަހައިލާފައި، ކޮމްޕިއުޓަރުން އެއްޗެއް ހޯދައިލިއެވެ. އެއަށްފަހު އިރުޝާދު ދިނީ އޭނަ އާއިއެކު އައުމަށެވެ.

ނަރުސް ކުއްޖާ ގޮސް ވަނީ އެމަޖެންސީގައި ގެނެވޭ މީހުން ބައިތިއްބާފައި ތިބޭ ވޯޑުތަކުގެ ތެރެއިން ވޯޑަކަށެވެ. ޕްރައިވެޓް އެ ވޯޑުގެ ތެރެއިން އިވެމުން ދިޔައީ އެކި މެޝިންތަކުގެ އަޑެވެ. އެނދުމަތީގައި އަންހެން ކުއްޖަކު އޮތެވެ. މުޅި ހަށިގަނޑަށް ވަނީ އެއްޗެހިތަކެއް ގުޅާފައެވެ. ދެލޯ މެރިފައި އޮތް އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ވިންދު ޖަހަމުން ދިޔައީ އެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އެހީގައެވެ. ނަރުސްކުއްޖާގެ ފަހަތުން ވޯޑަށް ވަތް މީހާ މަޑުމަޑުން ހިނގާލާފައި ގޮސް އެނދު ކައިރީގައި ހުއްޓުނެވެ. އަންހެން ކުއްޖާގެ މޫނަށް ބަލަން އެމީހަކު އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އެ މޫނާއި ދިމާއަށް މަޑުމަޑުން ގުދުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

“އެއްވެސް މީހެއްކައިރީ ނުބުނާތި” (5ވަނަ ބައި)

Next

ކުށަކާ ނުލާ 25

Next
August 22, 2019

ކުށަކާ ނުލާ 25

Previews
August 21, 2019

“އެއްވެސް މީހެއްކައިރީ ނުބުނާތި” (5ވަނަ ބައި)

56 Comments!

  1. Sheen says:
    August 22, 2019 at 12:12 pm

    1st hiadhaa hithun mi comment kollee. Kiyaalaafa adhi comment kollaanan ♥️♥️♥️♥️

    1. eysh says:
      August 22, 2019 at 12:19 pm

      Thank u ?❤?

  2. Mal? says:
    August 22, 2019 at 12:38 pm

    V reethi mi part vas waiting for next

    1. eysh says:
      August 22, 2019 at 2:04 pm

      Thank u so much Mal ?❤?? varah happy vehje story kamudhiyaeema ?? keep waiting dear ❤?

  3. Shahu says:
    August 22, 2019 at 12:43 pm

    Wwwwwooooooowwwwww so curious. Love this part too ? ? ? ? ? love you eysh

    1. eysh says:
      August 22, 2019 at 2:05 pm

      Thank u so much Shahu ?❤?? varah happy vehje story kamudhiyaeema ?? keep waiting dear ❤? ly2 dear ?

  4. IsHa says:
    August 22, 2019 at 12:44 pm

    my fav author…. yesss mi part ves hama obi…eysh sis when.next?

    1. eysh says:
      August 22, 2019 at 2:09 pm

      Awwww so sweeet of u dear ???❤? Thank u so much ?❤?? varah happy vehje story kamudhiyaeema ?? and cmnt kiyaalaaafa ?? next part ves In Sha Allaah lasnukoh upkohladheynan ??❤ keep waiting for the next part dear ❤? ly2 ?

  5. Sheen says:
    August 22, 2019 at 12:47 pm

    Maasha Allah ♥️♥️♥️????????? Mi baives vvvv furihama. Efadha haalathehgai mamma ehge hithuga alhaane veynaai kureveyne ihusaas vvv furuhama ah bayaankohdheefa ebahuri.. Vvv asarugadha. Kiyamun dhiyairu hama rovijje. Dialogue thah v Emotional. Specially ivya ge bai. Hama bunaane ehchehves meyngeyhaa furihama. ❤️???♥️❤️???♥️???♥️???♥️???♥️???♥️???♥️??????❤️???♥️???♥️???❤️???❤️??♥️???♥️ Hurihaa kamehves hama ehaa perfect. Vvvv interesting. Vvv kiyaahithun indha nimunee. Ekam genesdheefa inleh kureh noon ingey. Kiyaahiyvefa invarun nimen beynun nuvefa inee.. ?????????????????????????????????????????????? Dhen inna bayah vvv inthixaaru eba kurevey. E kujjaage hageegai v baahiyvey. Hospital ah e aee kaakuthoa maa bodah olhunfiluvaa huyvey. Kailan vaahaka dhakkan beynun nuvee keehvethoa saafukuraahiyvey. Naira kailan ah ilhuvaalee kon kameh baaey hithah aeaa. Naira ah ehaalu jessee hama kailan baaey hithaa hithaa suvaalu kurevey. Kailan noonee dhen ehen hedhee kaakubaaey. Keevve baaey suvaalu ufedhey. Mi hithuga mihuru suvaaluthakah javaabu beynun. Waiting for the next part. ?????????????????????????????????????????♥️♥️???♥️♥️??????

    1. eysh says:
      August 22, 2019 at 2:35 pm

      Awww sooo sweeet of u dear??❤?? Thank u so much sheen ????❤ varah varah happy vehje cmnt kiyaalaafa ????❤ ehaa dhigu koh cmnt fenunas, kiyaalaafa hithah eri adhives liyelaafa in nama ey ???? v sweet.. means a lot..
      Hurihaa suvaalakahves javaabuthah libemun dhaane.. keep waiting for the next part ingey ?? ??❤

  6. Zaee says:
    August 22, 2019 at 1:01 pm

    V salhi ..

    1. eysh says:
      August 22, 2019 at 2:36 pm

      Thank u so much Zaee ?? v happy vehje story kamudhiyaeema ????❤

  7. ?Neha? says:
    August 22, 2019 at 1:17 pm

    Bala Bala indhaa thi up kohlee… Varah Varah happy vehje thihaa avahah up kohla dhineema.. Btw vvv reethi… Varah curious vefa Mihiry.. E girl aky nairaa tha?? Next part Kon irakun…. Avahah up kohlahchey… Varah kiyaa hiyy vehje Mihaaru vec… ?????????

    1. eysh says:
      August 22, 2019 at 2:54 pm

      Awww so happy story ah ehaa wait kohli kan enguneema ???? eysh ves v happy vehje ?? Thank u soo much Neha ?? varah happy vehje story kamudhiyaeema ?? Hingaa dho balamaa kaaku tho.. next part ga ingeyne.. next part ves las nukoh upkohladheynan In Sha Allaah ? keep waiting ❤??

  8. ?Neha? says:
    August 22, 2019 at 1:25 pm

    Alhey hama kailan thr nairaa ah ehen hedhy… Kailan hama heyga hure kurikameh noon dhw eii… Maa baivaru suvaalu hureema Anehka a vec mi comment kohlee
    ❤️❤️MY FAV WRITER ❤️❤️
    ❤️❤️LOABI LAOBI EYSH SIS ❤️❤️

    1. eysh says:
      August 22, 2019 at 4:57 pm

      Hehe.. maa suvaalu gina vehje dho.. Hingaa balamaa story ga vaagotheh.. varah varah ufaavehje cmnt ge fahu bai kiyaalaafa ?❤??? U r very sweeet ??❤ thank u so much dear ?❤

    2. ?Neha? says:
      August 23, 2019 at 8:26 pm

      U r welcome sissy… Yah Hingaa dhw… Beleema ehnu ingeyny ???
      ?MY FAV WRITER ?
      ❤️❤️LOABI LAOBI EYSH SIS ❤️❤️

  9. eysh says:
    August 22, 2019 at 1:52 pm

    Salaam..
    Here is the 2nd part of the story KAFUN VEVIFAA.. hope u all will like this part too..
    I have few questions for u all..
    1) who came at the end?
    2) what happened to Naira? Is she alive or not?

  10. Sheen says:
    August 22, 2019 at 2:10 pm

    V heevey naira akee naax ge dharieh henves. Rixveen men family faraathun badhalu hifanvegen e family agu vattaalan kailan use kollee kanneynge. Dhen vedhaane naira ah fahun kailan dheke loabi vevuneekamah. Ehenve eyna kailan ah dheraeh dheyn beynun nuveema reyvumakun kailan ge bologa elheyfafha gothakah naira rape kollee kamah. And naira mareh nuvaane. Ekam emeehaa beynun vaanee naira maraalan. Eyna haasvefa ehureeves naira salaamaiyve hageegaiy kiyaifheefanethee thoahcheh. But naira adhi rangalhu vaane. And kailan ah insaafu. Libeyne. Mie alhugandu dhekey goiy… Dhen anehen bunanyaa aslu vaane gotheh vee gothehves engeynee eysh ah.. ????????❤️❤️❤️??

    1. eysh says:
      August 22, 2019 at 8:31 pm

      Hehe… hingaa dho vaagotheh balamaa ?? thee ves hama vedhaane goiy thah ??❤

  11. ލަމް says:
    August 22, 2019 at 2:16 pm

    މާޝާﷲ ♥️ ♥️ ހާދަ ރީއްޗޭ.. ހަމަ ވަރަށް ފުރިހަމައެވެ. ބުނާނެ އެއްޗެއް ވެސް ނެތެވެ އެހާމެ ޝައުގުވެރިއެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. އެހާވެސް އަސަރު އެބަހުއްޓެވެ. ނިންމާ ތިޔަލީ ސުވާލުތަކުން މި ހިތް ފުރާލާފައެވެ. އެހެނަސް ޝަކުވާއެއްނެތެވެ. ގަބޫލުކުރަމެވެ. އެއީ އޭޝްގެ މޮޅުކަމާއި ގާބިލްކަމެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ. ❤️ ❤️ ❤️ ❤️

    1. eysh says:
      August 22, 2019 at 8:33 pm

      Thank u soo much dear ?❤?? vvv happy vehje cmnt kiyaalaafa ??❤ very sweet ??❤?

  12. Mimmi7 says:
    August 22, 2019 at 2:21 pm

    Woww Woww Woww??mashallah mi Bai vx vrh Reethi… Ur a blessed writer ? waiting 4 the nxt prt…..

    1. eysh says:
      August 22, 2019 at 8:34 pm

      Aww so sweet ??❤?Thank u soo much Mimmi7 ?❤?? vvv happy vehje cmnt kiyaalaafa ??❤ and story kamudhiyaeema..??❤? keep waiting

  13. Cuty says:
    August 22, 2019 at 3:28 pm

    Mee fevifaa thi nan vey ge dhevana baa dhw

    1. eysh says:
      August 22, 2019 at 8:42 pm

      E story ge main characters meega ves ulheynee.. unmeedhukuran story kamudhaane kamah ??

  14. azker says:
    August 22, 2019 at 3:30 pm

    hey ur a very talented writer good story insha allah u will achive ur goal if u keep writing those wonderful stories btw story is habeys

    1. eysh says:
      August 22, 2019 at 8:36 pm

      Aww so sweet ??❤? In Sha Allaah story liyun huttaalaakah nuvisnaanan ?? Thank u soo much Azker ?❤?? vvv happy vehje cmnt kiyaalaafa ??❤ and story kamudhiyaeema..?? means a lot ❤? keep waiting fr the next

  15. Unique says:
    August 22, 2019 at 3:41 pm

    Mibaives varah reethi
    Masha allah

    1. eysh says:
      August 22, 2019 at 8:37 pm

      Thank u soo much Unique ?❤?? vvv happy vehje story kamudhiyaeema..?? keep waiting fr the next

  16. Kaily says:
    August 22, 2019 at 6:03 pm

    Mee Varah Reethi story eh… Happy to see second part

    1. eysh says:
      August 22, 2019 at 8:37 pm

      Thank u soo much Kaily ?❤?? vvv happy vehje story kamudhiyaeema..?? means a lot.. keep waiting fr the next

  17. jiji says:
    August 22, 2019 at 7:06 pm

    Woah???…Mi bai vec v rythi..hama outstanding..Eysh v v molhu ingey❤❤❤???????…Sifakohdhyfa hurileh vec hama v super..Ibaaraiy kohlaaafa hurileh fashuvi kamuge vhk nudhehkiyyaa rangalhu vaany???..hehe..hama ehaa vec rythi..V kiyaa hithun indha mi bai mi nimuny???????❤….eysh dear kon irakun next part upkohdheyny..Waiting ingey????ly

    1. eysh says:
      August 22, 2019 at 8:39 pm

      Aww so sweeet ???? Thank u soo much Jiji?❤?? vvv happy vehje story kamudhiyaeema..?? and cmnt kiyaalaafa ???? means a lot.. next part ves In Sha Allaah varah avahah genesdheynan ingey.. keep waiting fr the next.. ly2 ????

  18. Beautiful says:
    August 22, 2019 at 8:56 pm

    Obbiness to the max… Ingey eysh… Ehaa vs furihama Mi story

    1. eysh says:
      August 23, 2019 at 2:23 pm

      Thank u soo much dear ????❤? varah ufaavehje story kamudhiyaeema ???❤ so sweet of u ?? keep waiting for the next part ?

  19. Princess says:
    August 22, 2019 at 9:01 pm

    Masha Allah… Eysh thee hama ehvana

    1. eysh says:
      August 23, 2019 at 2:24 pm

      Thank u soo much dear ????❤? varah bodah ufaavehje ???❤ so sweet of u ?? means a lot ??❤?❤

  20. besty says:
    August 22, 2019 at 11:05 pm

    Wowwww vvvv reethi. Haadha emotional ey mi part. Ivya ge dialogue thah hama roveyhaavey huvaa. Ehaa asarugadha. Anekka sifakurun molhukamun ithurah asarugadhavefa vaahakaige thereah vadhevunu. ????????????♥️♥️♥️♥️♥️♥️♥️♥️???????????????????????? Vvvv interest aa ekee kiyaalevunu. Nimmaalaafa ineevws haadha hiydhathi vaakahala Gothakashey.. Inthixaaru kuran majubooru vaa gothah. ????????????????????? Waiting waiting. U r the best writer.. ????????????? Lysm ????????????

    1. eysh says:
      August 24, 2019 at 7:47 pm

      Thank u sooo much dear ??❤?❤ varah varah ufaavehje cmnt kiyaakaafa ??❤❤ so sweeet of u ? means a lot ?? keep waiting for the next part ???❤?

  21. IsHa says:
    August 23, 2019 at 6:55 am

    eysh sis if u dont mind can u answer this quetion…

    How old your?

    1. eysh says:
      August 24, 2019 at 7:48 pm

      Ohh Isha dear ? haadha ehen kahala suvaaleh thi kohlee ?

  22. Soafy says:
    August 23, 2019 at 11:50 am

    Eysh ge vakive nudhanees ge dhevana baa genesdheeba

    1. eysh says:
      August 24, 2019 at 7:48 pm

      In Sha Allaah ??

  23. Friend says:
    August 23, 2019 at 12:21 pm

    Is that nathaashaa n yumaan?!

    1. eysh says:
      August 24, 2019 at 7:49 pm

      Lets see ??

  24. winkel angie says:
    August 23, 2019 at 8:42 pm

    Mirey vec thin hatharu faharu belihje up vehjithoa….? Hama keh nuvegen beleny.. Dhen balaafa hithah arany dhen ehaa avahah up eh nuvaane ehnoon hey… Sissy vec time beynun vaaney liyan… Ekm Ehen hithah araafa vec beleny hama hiyy jehifa hurileh bodu kamun.. ??Mi varun dhanyaa nidhy thereyga vec vaahaka kiyan ulhevi dhaane hen hyvany??… Ehen noony huvafenun kanneynge fennany story ga vaa goiyy ???
    ?MY FAV WRITER ?
    ❤️❤️LOABI LAOBI EYSH SIS ❤️❤️

    1. ?Neha? says:
      August 23, 2019 at 10:47 pm

      Omg.. ???hey winkel Angie keehve Neha ge baskolhu copy kohfa… Adhi Hama e emojis Aa ehkoh.. ???

    2. eysh says:
      August 24, 2019 at 7:51 pm

      Awww so sweeet of u dear ????? varha happy vehje mihaa sweet cmnt eh kohleema ??? and story ehaaves bodah kamudhiyaeema.. really sweet.. means a lot dear ???? thank u sooo much ??????

  25. Lovely says:
    August 23, 2019 at 10:54 pm

    Dhogeh noon.. Pis pis ???

  26. fan says:
    August 25, 2019 at 8:58 am

    when next? plx up soon

    1. eysh says:
      August 25, 2019 at 11:22 am

      In Sha Allaah Today

  27. Saana says:
    August 25, 2019 at 4:33 pm

    Masha Allah varah reethi wahakah waiting for next part thanks again Eysh ???

    1. eysh says:
      August 26, 2019 at 8:43 am

      Thank you so much dear ???❤ varah ufaavehje story kamudhiyaeema ?????❤?

  28. Naju says:
    August 29, 2019 at 2:17 pm

    Wow ???

    1. eysh says:
      August 30, 2019 at 6:10 pm

      Thank u so much dear.. v ufaavehje story kamudhiyaeema ??❤?

Comments are closed.

Next Episodeކަފުން ވެވިފާ…03←


All Right Reserved!