އަނެއްކޮޅުން ޒީވާއަށް ވެސް ލިވާން އާއި ދިމާއަށް ބަލާލެވިއްޖެއެވެ. މިހެން ހަދަން އޭނަ މިތަނަށް ގެނައީ ކީއްކުރަން ހެއްޔޭ ޒީވާގެ ހިތަށް އެރިއެވެ. އެންމެންގެ ތެރޭ ބޭޒާރުވެގެން ދާނީވެސް ހުދު އޭނައެވެ. ޒީވާ ކަންބޮޑުވުމާއިއެކު ލިއުޝާ އާއި ދިމާއަށް ބަލާލެވުނެވެ. އޭރު ތަނުގެ ތެރޭގައި ހަޤީގަތް ނޭނގޭ ހާލު އެކިމީހުން އެކި ވާހަކަތައް ދައްކަން ފަށައިފިއެވެ. ****** “ދަރިފުޅާ ލިވާން….. ޤާޒީ އެބަ އެއްޗެއް އައްސަވައޭ” ސީރީންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އޭނަ ހުރީ ލިވާން ކަންތައް ކުރި ގޮތުން ކުޑަކޮށް ހިތްހަމަވެސް […]
މާޒީގައި އޭނައާއި ދޭތެރޭ ކަންތައް ހިނގާފައިވަނީ އިންސާފަކުންނޫނެވެ. އެހެނަސް އޭނަ ހިތްވަރުކުރަމުން އެދަނީ އެކަމުން އަރައިގަނެވޭތޯއެވެ. އެފަދަ ކަމެއް ދެވަނަ ފަހަރަށް އޭނައަށް ކުރިމަތިވިޔަ ނުދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް އޭނަ ކުރާނެއެވެ. ****** ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ވާހަކައެއް ދައްކަން އެބައޮތްކަމުގައި ސީރީން ބުނުމުން ޒީވާ އާއި ލިވާން އަދި ނޫމާންވެސް މަޑުކޮށްލައިގެން ތިބީ އެވާހަކައެއްގެ އިންތިޒާރުގައެވެ. މަންމަ އަންނަންދެން ލިވާން އޮތީ ސޯފާގައި ޖައްސާލައިގެން ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގެ މައްޗަށް […]
“ހަލޯ” ޒީވާ އަވަސް އަރުވާލައިގެން އުޅެން ހަދައިގެން ފޯނު ކައްސާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ހާސްވެގެން ދެކޮޅަށް ހިނގަހިނގާ ހުރި ޒީވާގެ ފިޔަވަޅުތައް ހުއްޓުނީ ލިއުޝާ ދިން ހަބަރަކުންނެވެ. އެވަގުތު ދުނިޔެ އެފުއް މިފުށަށް ޖެހުނު ފަދަ އިޚްސާސެއްކުރެވިގެންދިޔައެވެ. ******* “ނޫން… އެހެނެއް ނުވާނެ. ކީއްވެ އެހެން ވާންވީ” އަޑުގެ ނެތް ތަނަށް ރޮއިގަންނަމުން ޒީވާ ދުއްވައިގަތީ ގެއިން ބޭރަށް ނިކުތުމަށެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި ލިވާންއަށް ޒީވާ ފެނި ދޮރުމަތިން އެއްފަރާތަކަށް ޖެހިލެވުނެވެ. ލިވާންގެ ނަޒަރު […]
“ވަރުގަދަ ފިރެހެނެއްނު. ސީރީން ދައްތަވެސް އޭނައާއި އެހަވާލުކުރީ. މަ އެބައުޅެންތަ އޭނަ އާއި ހެދި މޮޔަވެގެން.. ރީތިވެފަ މުއްސަނދި ވީމަ ބޮޑާވެފަ އެހުންނަނީ” އެބަސްތައް ވީ ޒީވާގެ ހިތުގައެވެ. ****** އާދައިގެ މަތިން ޒީވާ ކޮލެޖަށް ދިއުމަށް ތައްޔާރުވެލައިގެން ނިކުތްއިރު ލިވާން ހުރީ ފޯނެއްގައެވެ. މަޑު ނޫކުލައަކަށްދާ ގަމީހަކާއި ގަދަ ނޫކުލައިގެ ސޯޓެއްގައި ލިވާންގެ ފިރެހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. ފޯނު ކަންފަތުގައި ޖަހައިގެން އަނެއްއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ވައްދާލައިގެން ހުރުމުން ކޮންމެވެސް ކަމަކާއި ހާސްވެފައިހުރިކަން އެނގެއެވެ. […]
ގޯތިތެރޭގައި ހައްދާފައިވާ ޖަނބުރޯލް ގަހުގައި އެލުވާފައިވާ ޖޯލީގައި ޒީވާ އޮތީ ގުދުރަތީ ރީތިމަންޒަރު ތަކުން އުފާހޯދުމުގައެވެ. މާބަގީޗާގައި ފަރިވެ ފޮޅިފައިވާ މާތަކުން އުފާލިބިގަތުމަށް ކޮކާތަކާއި މާބުރުތައް އުދުހިލާފައި އުޅޭ މަންޒަރުން ހިތްތައް ފިދާވެއެވެ. އެކިކުލަކުލައިގެ ފިނިފެންމަލާއި ސައިމަލާއި މަތަރެސްމަލުގެ އިތުރުން އޯކިޑުމަލާއި ސަންފްލާވަރ ގަސްތައް ހައްދާފައިވާލެއް ތަރުތީބުކަމާއި ފުރިހަމަކަމުން މަންމައަށް ހިތުގެ އަޑިން ތައުރީފުކުރަމުންދިޔަ ޒީވާ ސިހުނީ އޭނާގެ ފުރަގަހުން މީހަކު އައިސް ލޯމަތީ އަތް އެޅުމުންނެވެ. “ޑްރީމީ ކުއީން ކޮންދުނިޔެއަކު” ޒީވާ އަތް ނައްޓާލަމުން ފަހަތަށް […]