“އާރްރްރް… ޒެވިން…” އަހަންނަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. ދެލޯ މަރާލާފައި ހުޅުވައިލިއިރު، ދާދި ކައިރީގައި ހުރި ޒެވިން ފެނިފައި ދިޔައީ ސިއްސައިގެންނެވެ. ޒެވިން ހުރީ، ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ. އަހަރެން ސިއްސައިގެން ގޮސްފައި ފަހަތަށް އެއްލިގެން ދިޔަގޮތުން ޖެހުނީ ފާރުގައެވެ. ޒެވިން އަހަންނާއި ގާތަށް ޖެހިލިއެވެ. އެއާއިއެކު އަހަރެން ހުރީ ފާރުގައި ރީއްޗަށް ތަތްވެފައެވެ. އަރިއަކަށް ގުޑިލާކަށްވެސް ނުކެރުނެވެ ފާރުގައި އެއް އަތް އަޅުވާލާފައި އަހަރެންގެ މޫނާއި ދިމާއަށް ޒެވިން ގުދުވިއެވެ. އަހަންނަށް ދެލޯ […]
“ކޮންގޮތެއް ވަނީ؟…” ޒެވިންގެ ބާރު އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދޮރާއި ދިމާއަށް ދެމީހުންނަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ. ކެބިންގެ ދޮރު ހުޅުވާލައިގެން ޒެވިން ހުއްޓެވެ. އެ ނަޒަރު ހުއްޓިފައިވީ އަހަންނަށެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިގޮތުން އަހަރެން އިނީ ޖެހިލުންވާގޮތްވެފައެވެ. އަހަރެން ބަލައިލުމާއިއެކު، ޒެވިން އެތެރެއަށް ވަނެވެ. ހިނގަމުން ދިޔައިރުވެސް، އެ ނަޒަރު އަހަންނާއި ވަކި ނުވެއެވެ. ޒެވިން އައިގޮތަށް އައިސް، އަހަރެން އިން ގޮނޑީގެ ފުރޮޅުގައި ފައި ޖައްސައިލިއެވެ. އެއަށްފަހު އަހަރެންގެ އަތުގައި ހިފައި ދަމައިގަނެފައި، […]
“ދެން ބުނެބަލަ… ކީއްވެތަ މިދޭތެރެއަށް އެ ޒެވިންއެއް ތި ވެއްދީ… އަދި އެވެސް އަހަރެން އެހާ ފޫހިވާ މީހަކު ދޯ ވައްދަން އެނގުނީވެސް… ކީއްވެތަ ރިތިކް ރޯޝަންއޭ ނުބުނީ؟… ނޫނީ މޫރަތް އޭ ބުނިނަމަވެސް…” އަހަރެން މަޖާވެލާފައި ބުނީމެވެ. “އެކަމެއް ނޭނގެ، ރޭގަވެސް ސައިކަލުމަތީ ތަތްވެލާފަ ތިބިއިރު…” ޝާޔަން ދެން ބުނި އެއްޗަކުން އަހަރެންގެ ތަބީޢަތު ބަދަލުވެއްޖެއެވެ. ******** ދެލޯ ބޮޑުކޮށްގެން އަހަރެން ހުރީ ޝާޔަންގެ މޫނަށް ބަލާށެވެ. އަހަރެމެން ސައިކަލުގައި ތަނަކަށް ދިޔަކަން ޝާޔަންއަށް އެނގުނީ […]
“ވަރަށް ލަސްވެއްޖެ… ޒެވިން ދެން ދާންވީނު…” އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ބުނީމެވެ. “އޯކޭ… އަންނާނަން އެންމެން ކައިރީ ދާ ވާހަކަ ބުނެލާފަ…” ޒެވިން އުޅުނީ ގޭތެރެއަށް ވަންނާށެވެ. އެހާ އަވަހަށް ޒެވިން ފޮނުވައިލަން މަންމަމެން ބޭނުން ނުވާނެކަން އަހަންނަށް އެނގެއެވެ. އަނގައިން ބަހެއް ބޭރުކޮށްލެވުމުގެ ކުރީން އިސްކުރެވުނީ އަތެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އެނގުނުއިރު، ޒެވިންގެ އަތުގައި ހިފައިލެވިއްޖެއެވެ. ******** ޒެވިން އޭނާގެ އަތަށް ބަލައިލުމުގެ ކުރިން އަހަރެން އެ އަތުން ދޫކޮށްލައިފީމެވެ. […]
އަހަރެންގެ ހައިރާންކަން އިތުރުވީ ޒެވިންގެ ފަހު ޖުމްލަ އަޑު އިވުމުންނެވެ. އެ ޖުމްލަ ހަމަ އެއްވެސް ތަފާތުކަމެއްނެތި މީގެ ކުރިންވެސް އަހަރެން ވަނީ އަޑު އަހާފައެވެ. އެކަމަކު އެއީ ރަވާންގެ ދުލުންނެވެ. ވިސްނަންވީ ގޮތެއް ނޭނގިފައި ހުއްޓައި ޒެވިން ގޮސް ލިފްޓަށް ވަނެވެ. ފަހަތުން އަހަރެން ވަންއިރު، ސިކުނޑި ވަނީ މުޅީން އެހެން ދިމާއަކަށް މިސްރާބު ޖަހާފައެވެ. ކުރަންއުޅޭ ކަންތަކުގެ މަތީން އަހަރެން ހަނދާން ނެތުނެވެ. “ހެލޯ… އެކްސްކިއުޒް މީ… ނުދަނީތަ؟… ދިހަ ވަރަކަށް މިނެޓުވެސް ދެން […]
ޒެވިން އަހަރެންގެ ކޮނޑުގައި ހިފައި ގާތަށް ދަމާލިއެވެ. އަހަރެން ދުރަށް ޖެހިލީމެވެ. ޒެވިން އަނެއްކާވެސް އަހަރެންގެ ކޮނޑުގައި ހިފައި ގާތަށް ދަމާލިއެވެ. މިފަހަރު ހިފަހައްޓައިގެން ހުރީ ކުރިޔަށްވުރެ ބާރަށެވެ. އަހަންނަށް ގުޑި ނުލެވޭނޭ ވަރަށެވެ. ލިފްޓުގެ ތެރެއިން ނުކުމެވުމާއިއެކުވެސް ޒެވިން އަހަރެންގެ ގައިން ދޫކޮށްލާކަށް ނޫޅުނެވެ. އެންމެންގެ ނަޒަރު އަހަރެމެންނަށް ހުއްޓިފައިވީއިރުވެސް، ޒެވިންގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. އެގާތްކަމުން އަހަރެންގެ ހިތް ތޮރުފަމުން ދަނީއެވެ. ދުރަށްޖެހިލަންވެސް ހަނދާންނެތިފައި ބަލަން ހުރެވުނީ އެ މޫނަށެވެ. އޭރު ރަވާންގެ […]
“އާޚްޚްޚް… އައުޗް…” ޒެވިން ތެދުވިގޮތަށް ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. ކުރެވުނު ކަންތަކާއި ގަތްލަދުން އަހަރެން އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. ******** “ތީ އިންސާނެއްތަ؟… އާޙް މައި ހެޑް…” ޒެވިން ރުޅި އައިސްފައި ހަޅޭއްލަވައިގަތެވެ. ހަމަ އެހާ އަވަހަށް ބޮލުގައި ހިފަހައްޓަމުން ތެދުވެއްޖެއެވެ. “ކީއްކުރަން މިތަނަށް އައީ؟…” ގޮތް ދޫކުރާކަށް އަހަރެންވެސް ބޭނުމެއް ނުވިއެވެ. “މާފަށް އެދޭ…” ހަށަމް ބަނދެލައިގެން ހުރެ ޒެވިން ވާހަކަ ދެއްކީ އަމުރުވެރި ރާގަކަށެވެ. “ވަޓް؟…” އަހަންނަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. “ގޭގަ އޮތްނަމަކާ […]
ކުއްލިއަކަށް މުޅި ކާރަށް ލޮޅުން އެރިއެވެ. ކާރުގެ ތެރެއަށް ވަދެގެން އައި ސައިކަލުގެ ފުރޮޅު އައީ ސީދާ އަހަންނާއި ދިމާއަށެވެ. ރަވާން ވަރަށް ހުށިޔާރެވެ. އެ އަތުގެ ހިމާޔަތުގެދަށަށް އަހަރެން ގެންގޮސް، އެ ހަމަލާއިން އަހަރެން ސަލާމަތްކުރިއެވެ. އަހަރެން އޮތީ ރަވާންގެ ދަށުގައެވެ. ސައިކަލުން ޖެހުނީ ރަވާންގެ ބޮލާއި ބުރަކަށީގައެވެ. ހަމަ ޖެހުމާއިއެކުހެން، ބޮލުން ތަންގަނޑެއް ކަފައިގެންގޮސް، ލޭތައް ބުރައިގެން ދިޔަތަން ފެނުނެވެ. އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ފޯނު ދުރަށް ހޫރާލާފައި ފުންމައިގެން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. އަނގަމަތީގައި […]
“އަހަރެން މީ މިތާ އޯނަރ… އަހަންނަށް މިތަނަށް ވަދެވޭނެ ކޮންމެ ގަޑިއަކުވެސް… މިތާ ވަޒީފާގަ ހުންނަން ބޭނުމިއްޔާ މިތަނުގެ ރޫލްސްތަކަށް ފޮލޯކުރަން ދަސްކުރޭ…” ފައިލު މޭޒުމަތީގައި ބާއްވާފައި އަހަރެން އެނބުރުތަނައި، ކުއްލިއަކަށް ޒެވިން އައިސް ކުރިމައްޗަށް އެރުމުން ސިހޭގޮތްވިއެވެ. ލިބުނު ސިހުމާއިއެކު، ހަދާލެވުނުގޮތަކުން އަރި އަޅާލިއެވެ. އަހަންނަށް ހިފައިލެވުނީ ޒެވިން އަޅައިގެން ހުރި ޓަޢީގައެވެ. ******** ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑާއިއެކު އިވުނީ ކޮންމެވެސް މީހަކު ކަރުކެހިލި އަޑެވެ. ދެމީހުންނަށް ތެޅިގަނެފައި ދުރަށްޖެހިލެވުނީ އެކުއެކީގައެވެ. ދޮރުމަތީގައި […]