Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުންމީދުގާ

Hafsath Noora Level 610 Stories100 Comments100 Login500 Comments
February 5, 2020 5 Mins Read
26 Comments

ރެއަކީ، އުޑުމަތި ސާފު ރީތި ރެއެކެވެ. ކަޅު ސާލެއް އޮޅައިލައިފައިވާ ފަދަ އުޑުމަތީގައި އެއްވެސް ތަރުތީބުކަމެއް ނެތި ތަރިތައް އެކި ދިމަދިމާލުގައި ހުއްޓެވެ. ބުރުހަމަ ހަނދު މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައެވެ. ސާފު ބިއްލޫރިކޮޅެއްފަދަ މޫދުގައި އެންމެ ރާޅު ބާންޏެއްވެސް ނެތެވެ. ނަމަވެސް އެއްގަމަށް ބިންދައިލާ ރާޅުން އެ އިވޭ ލުއި މިއުޒިކުން އެންމެންގެ ހިތްތަަކަށް ފަސޭހަވެގެން ދާނޭކަން ޔަޤީނެވެ. ހުދު ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑު މަތީގައި މަގޫފަތްގަނޑެއް ހިފައިގެން މޫދާއި ދިމާލަށް ނަޒަރު ހުއްޓައިލައިގެން ފުރާވަރުގެ އަންހެންކުއްޖަކު އިނެވެ. ދެ ކަކޫ ގެ ނައިސް މެޔައިލައި ބޮނޑިކޮށްލައިގެން ދެއަތުން ފައިގައި ވަށައިލައިގެން އެއްއަތުން މަގޫފަތްގަނޑު ހަލުވަން އެ ކުއްޖާ އިނެވެ. އެ އަންހެންކުއްޖާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް އަޅުވައިލުމުންނެވެ.
“އެލީ. މީ މަށޭ. މުޢާޒް!” އެލީޝާ ސިހުނުވަރުން މުޢާޒް ވެސް ހިތްބިރުގަތީއެވެ. އެހެންކަމުން މުޢާޒް އަށް ވާހަކަދެއްކުނީވެސް ޙައިރާންވެހުރެއެވެ. އެލީޝާ މިހާވަރަށް ސިހިދާނެކަމަކަށް މުޢާޒް ހިއެއްނުކުރެއެވެ. “އޯ. މުއާ ދޯ. އާދޭ އިށީންނަން.” އެލީޝާ މަގޫފަތްގަނޑު ބާއްވައިފައި މުޢާޒް ގާތުގައި ބުންޏެވެ. “މިއޮތް ފަދަ ވަގުތުގަ އެލީ ބިރެއްނުގަނޭތަ މިތާ އެކަނި އިންނާކަށް؟” އެލީޝާ ގާތުގައި އިށީންނަމުން މުޢާޒް އެހިއެވެ. “ހެހެ… މަށަކީ ފިނޑިއެއްނޫނޭ. ކިރިޔާ އަނދިރި ވިޔަސް އެއީ އެހާ ބިރުގަންނަ އެއްޗެއް ނޫނެއްނު. ދޯ!” އެލީޝާ މުޢާޒް އަށް ދޯދެމުން ބުންޏެވެ. “އެކަމަކު އެންމެ ސަތާރަ އަހަރުގެ ކުއްޖަކު ތިގޮތަށް….” މުޢާޒްގެ ވާހަކަ މެދުކެނޑުނެވެ. “މުއާ ޕްލީޒް. މީ އަހަރެން ބޭނުންވާ ގޮތް. މުއާ ގާތުގަ ބުނަމެއްނު އަހަރެންގެ އަމިއްލަ ކަންތައްތަކާ ނުބެހޭށޭ.” އެއްވެސް އަސަރެއް ނެތް ގޮތަކަށް އެލީޝާ ބުންޏެވެ. “އަހަރެން އެބަ ބެހެމުތަ އެލީ އާ؟ ތީ ކަމުނުދާ ގޮތެއް ވީމަ އަހަރެން މިހެން މި ބުނަނީ. ދެން އޯކޭ. މާ ލަސްވަންދެން މިތަނުގަ ނީއްނައްޗޭ. އެހެންނޫނީ ކަމެއް ގޯސްވެދާނެއެއްނު ދޯ. އަހަރެން މި ދަނީ ރަށުތެރެއަށް އަރަން. އެލީ މިތަނުގަ އިންނާނެކަން އެނގޭތީވެ އަހަރެން ކުޑަ އިރުކޮޅަކަށް ނަމަވެސް މިއައީ މިތަނަށް.” އެލީޝާ އާއި ދިމާލަށް ބަލަހައްޓައިގެން އިނދެ މުޢާޒް ބުންޏެވެ. ކުރިއާއި ޚިލާފަށް އެލީޝާ މިހާރު ތަފާތުކަން މުޢާޒްއަށް ފާހަގަކުރެވުނެވެ. ހަމުގެ ކުލަ ކުރިއަށްވުރެ އަލިވެފައި ހަށިގަނޑު ހުންނަލެއް ހިކިކަމުން އިލޮއްޓެއްވަރުވެއެވެ. ލައިގެން އިން ހެދުން ހަށިގަނޑަށް ދޫ ނަމަވެސް އެލީޝާ ހިކިކަން ބަލައިލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ދިގުދިގު ފަންފަން ރަތް އިސްތަށިގަނޑު އެއޮތް ކަނު އަނދިރީގައިވެސް ވަރަށް ރީތިކޮށް ފާހަގަކުރެވެއެވެ. އެލީޝާގެ އިސްތަށިގަނޑު ރަތްކަމުން އެ މޫނު އިތުރަށް ދޮން ހެން ހީވެއެވެ.
“ނުދަމުތަ؟” މުޢާޒް ބަލަހައްޓައިގެން އިންކަން ފާހަގަވެގެން އެލީޝާ ދެލޯ ބޮޑުކޮށް ލައި މުޢާޒް އާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. “އާނ… އުހުނ.. ދާން މި ދަނީ. އެލީ ގެއަށް ދައްޗޭ ހަނދާންކޮށް އެހާ ލަސްނުވެ.” އަދިވެސް އެއްފަހަރު މުޢާޒް އޭނާ ކުރިން ބުނި ވާހަކަ ތަކުރާރުކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އެލީޝާ އެތަނުގައި އެކަނިމާއެކަނި ބައިންދައިފައި ދިއުމަކީ މުޢާޒް ވަރަށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް މުޢާޒް ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް އެބަ އޮތް ހެއްޔެވެ؟ އެލީޝާ އަކީ ހަމައެކަނި މުޢާޒްގެ ރަޙުމަތްތެރިއެކެވެ. ޢާއިލީ އެއްވެސް ގުޅުމެއް އެ ދެމެދުގައި ނޯންނައިރުވެސް މުޢާޒްއަށް އެލީޝާ އާއި ދޭތެރޭ ވިސްނެނީއެވެ. ނަމަވެސް މި ހުރިހާ އިޙްސާސްތަކެއް އެއްފަރާތް ކޮށްލުމަށްފަހު މުޢާޒް އޭނާ ކުރަން ހުރި ކަންތަށް ކުރުމަށްޓަކައި ފިހާރައަށް ދާން ހިނގައިގަތެވެ.
ވަރަށް ލަސްވަންދެން އަތިރިމަތީގައި މަގޫފަތްގަނޑު ހިފައިގެން އިނުމަށްފަހު އެލީޝާ ގެއަށް ދާން ހިނގައިގަތެވެ. ހޭޅިފަށުން ނުކުމެ އަމިއްލަ އަމިއްލައަށް ކަނު އަނދިރިގަނޑުތެރޭ އެލީޝާ ހިނގައިފައި ދިޔައެވެ. މަގުގެ ދެފަރާތުގައި ބޮޑެތި ބިޔަ ރުށްގަސްތައް ހެދިފައި ހުއްޓެވެ. ދެން ފެންނަން އޮތީ ބޯ ގަސްތަކުން ހެދިފައި އޮތް ބޮޑު ޖަންގައްޔެކެވެ. ނަމަވެސް އެލީޝާގެ ހިތަށް ކުޑަވެސް ބިރުވެރިކަމެއް ނުވަދެއެވެ. ބަލައިލާ މީހަކު ޙައިރާންކުރުވާހާ ވެއެވެ. ގަޑިއިރެއްގެ ދިގު ‘ދަތުރަކަށް’ ފަހު އެލީޝާއަށް އޭނާގެ ގެއާއި ހަމައަށް ދެވިއްޖެއެވެ.
“ހާދަ އަވަހަކަށް ތިއައީ! ޤަރުނެއް ކޮށްފަ އައިނަމަ ރަނގަޅުވީހެއްނު!” ގެއަށް ވަދެވުނުގޮތަށް އެންމެ ފުރަތަމަ ވެސް ޖެހުނީ ބޮޑުދައިތަ އާއި ކުރިމަތިލާށެވެ. އެއީި މި ދުނިޔޭގައި ހުރި އޭނާއަށް އެންމެ ނަފްރަތު ކުރާ މީހާ އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކުރިއެކޭވެސް އެއްގޮތަށް ބޮޑުދައިތަގެ ރުޅިވެރި މޫނު ފެނުމުން އެލީޝާ ދެރަވިއެވެ. އޭނާ ދެރަވިވަރުން އިސްޖަހައިލެވުނެވެ. އަދި އިތުރަށް ބޮޑުދައިތަގެ ކުރިމަތީގައި ހުންނާނެހާ ހިތްވަރެއް ނެތުމުން އެލީޝާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އާޒިފާ އެއީ އެއްވެސް ކަމަކަށް ނުހަދައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އާޒިފާ އެއިނީ އެލީޝާ އަންނަންދެން ނުނިދައި ހޭލައެެވެ. ކިތަންމެހައިވެސް އަވަހަށް ނިދަން ބޭނުންވިޔަސް އާޒިފާއަށް ޖެހެނީ ކޮންމެދުވަހަކުވެސް އެލީޝާ ގެއަށް އަންނަންދެން ހޭލާ އިންނާށެވެ. އެހެންނޫނީ ފަހުން ލިބޭނެ ނަތީޖާ މާ ރީއްޗެއް ނުވާނެތީއެވެ.
ކޮޓަރީގައި ހުރި ފަންކާ ދަށުގައި އަޅައިފައި އޮތް ކުނާ ގޮދަޑިއެއްގެ މަތީ ކުޑަވަރެއްގެ ފޮތެއް ހިފައިގެން އެލީޝާ އޮތެވެ. ރިހިކުލައިގެ ކަރުދާހަކުން އެފޮތް ފަރުމާކޮށްފައިވާއިރު ފޮތުގެ މެދުގައި ތާނަ އަކުރުން ވަރަށް ރީތިކޮށް ‘އަލީނާ’ ލިޔެފައި އޮތެވެ. އެ ފޮތް ހުޅުވައިލައި ގަނޑުތައް އުކައިލިއިރު ހުހަށް އެންމެ ގަނޑެއްވެސް ނެތެވެ. ހުރިހާ ގަނޑުތަކެއް ވަނީ ނޫކުލައިގެ ދެލިން ގަނޑުތަކުގެ ހުސްކަން ފިލުވައިލައިފައެވެ. އެއީ ބޮޑު ޑައިރީއެކެވެ. އެ ޑައިރީ އެލީޝާ ގެންގުޅޭތާ މިހާރު އަށް އަހަރު ވީ އެވެ. އެ ޑައިރީ މޭގައި ޖައްސައިލައިގެން އެލީޝާ އޮތީ ރޯށެވެ. އޭގައި އެވަނީ އޭނާގެ ނިކަމެތި މައިމީހާގެ މުޅި ޙަޔާތުގެ ވާހަކަ ލިޔެފައެވެ. އޭނާގެ މަންމަ އުޅުނު ހިތްދަތި ދިރިއުޅުން މިހާރު އެލީޝާއަށް އިޙްސާސްކުރެވެއެވެ. އެލީޝާއެކޭ އެއްގޮތަށް އަލީނާ އަކީ ވެސް އެއްވެސް މީހެއްގެ ލޯބި ލިބުނު މީހެއްނޫނެެވެ. ކުޑަމިނުން ހަމައެކަނި ހުރި ދައްތަގެ ފަރާތުންވެސް ލިބުނީ ނަފްރަތެވެ. ލޯތްބެއް ނޫނެވެ. އަލަތު ފިރިމީހާގެ ފަރާތުންވެސް ލިބުނީ ހިތްދަތިކަމާއި ވޭނެވެ.އެ ހުރިހާ ވޭނަކަށް ކެތްކުރަމުންވެސް އެލީޝާ ގެ މަންމަ އެލީޝާއަށް ރަނގަޅު ތަރުބިއްޔަތެއް ދިނެވެ. ނަމަވެސް އެލީޝާއަށް އެންމެ އަށް އަހަރުގައި އަލީނާ ދުނިޔެ ދޫކޮށް ދިޔައީއެވެ. އެހާ ހިސާބުން އެލީޝާ އާއި ހަވާލުވީ އާޒިފާއެވެ. ނަމަވެސް ނުރުހުމުގައެވެ. މިހުރިހާ ކަމަކާ މެދު ވިސްނަން އެލީޝާ އޮއްވައި ލޮލަށް ނިދި ސަވާރުވުމުން ފޮތް ތަށިމުށިތަކުމަތީގައި ބާއްވައިފައި ނިދުމަށްޓަކައި ދެލޯ މަރައިލިއެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް މިހާރު އަހަރެއް ފާއިތުވެއްޖެއެވެ. މި ވޭތުވެދިޔަ އަހަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެލީޝާއަށް ބޮޑުދައިތަގެ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހުނެވެ. މިއަދު އަދި ތަޙައްމަލު ކުރަން ޖެހުނީ މާ ބޮޑު އަނިޔާއަކާއެވެ. “މުޢާޒަކީ ކާކު؟” އެލީޝާގެ ކަރުގައި ހިފަހައްޓައިގެން ހުރެ އާޒިފާ އެހިއެވެ. އެލީޝާގެ ކަރުނަ އާޒިފާގެ އަތް ނެއްޓުވޭތޯ އެލީޝާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެއަށްވުރެ މާ ބާރަށް އާޒިފާ ހުރީ އެލީޝާގެ ކަރުގައި ހިފަހައްޓައިގެނެވެ.” ބުނޭ! މުޢާޒަކީ ކާކު؟” އެލީޝާގެ ކަރުން އަތް ދޫކޮށްލައި އެލީޝާ ދުރަށް ކޮށްޕައިލަމުން އާޒިފާ ހަޅޭއްލަވައިގަތެވެ. “އެއީ ހަމައެކަނި އަހަރެންގެ އެކުވެރިއެކޭ ބޮޑުދައިތާ.” ލޮލުން ކަރުނަ އަންނަ ޙާލު ކަރުގައި ފިރުމަމުން އެލީޝާ ބުންޏެވެ. މިހާރު އޭނާގެ ހަށިގަނޑުގައި ވޭން ނާޅާ އެންމެ ދިމާލެއްވެސް ނެތެވެ. “ނުވާނެ އެހެނެއް. ގައިމު މިތާ ކައިރީގަ މިހިރަ ގޯތީގަ އުޅޭ އައިސް މަގޭ ގާތުގަ ބުންޏޭ ކަލެމެން ދެމީހުން ކޮންމެ ރެއަކު އަތިރިމަތީގަ ތިބޭ ވާހަކަ.” އާޒިފާ މިފަހަރުވެސް ހަޅޭއްލަވައިގަތެވެ. އެލީޝާގެ މޫނުމައްޗަށް ކުއްލިއަކަށް ޙައިރާންކަން ވެރިވިއެވެ. އޭނާއަށް އެހެންޏާ އަނިޔާ ނުކުރާ ވަރަށް މިއަދު އެ އަނިޔާ ކުރަނީ މި ސަބަބާ ހެދިކަން އެލީޝާއަށް އެނގިއްޖެއެވެ.
“ލާހިކު ކުޅަދާނައެއްނޫން މަށަށް ދެން ކަލޭ ކުރިމަތީ ހުންނާކަށް. ކަލޭ ތި ވައްތަރަށް އުޅުނީމަ ހުރިހާ މަލާމާތަކާ ކުރިމަތިލާން ޖެހޭނީ މަށަށޭ. އެ ހުރިހާ ކަމެއް ވުމުގެ ކުރިން ކަލޭ މަގޭ ކުރިމަތިން ދުރަށް ދާން އުޅޭ!” އެލީޝާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަމުން އާޒިފާ ބުންޏެވެ. އެލީޝާއަށް ކިތަންމެ ތަދުވިޔަސް އޭނާ ހުރީ އަނގައިން އަޑެއް ވެސް ލައްވައިނުލައެވެ. މުޢާޒްއަށްޓަކައެވެ.”ދޭ ހަމަ މިހާރު!” މިފަހަރުވެސް އާޒިފާ އެލީޝާ ކޮށްޕައިލިއެވެ. މިފަހަރު އެލީޝާ ވެއްޓުނީ މީހެއްގެ ފައިބުޑަށެވެ.
“މުއާ؟” ކުއްލިއަކަށް އެ ގޭތެރެއިން މުޢާޒް ފެނުމުން އެލީޝާ ޙައިރާންވިއެވެ. އޭރު މުޢާޒް ހުރީީ ރުޅިއައިސްގެން ފަޅައިގެންދާ ޙާލު އާޒިފާ އާއި ދިމާލަށް ބަލަހައްޓައިގެނެވެ. އަދި އެއަށްފަހު ތިރީގައި ހަތަރެސްފައި ޖަހައިގެން އޮތް އެލީޝާ އާއި ދިމާލަށް ބަލައިލިއެވެ. މުޢާޒް ތިރިވެ އެލީޝާގެ ދެ ކޮނޑުގައި ހިފަހައްޓައި އެލީޝާ ކޮށްޅަށް ނެގުވިއެވެ. އެލީޝާއަށް ވެފައި ހުރި ވަރު ފެނުމުން މުޢާޒްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އިސްތަށިގަނޑު ހޭވި މޫނުމަތި ވަނީ އެއްކޮށް މިލައިފައެވެ. ހާމައަށް ފެންނަން އޮތް ދެ އަތުގައި އެކިއެކި ދިމަދިމާލުން ނޫފައިގެންފައި ހުއްޓެވެ. ކަރުގެ ދެފަރާތުންވެސް ހުރީީ ވަރަށް ބޮޑަށް ނޫފައިގެންފައެވެ. “ހިނގާ ދާން އަހަންނާ އެކީގަ.” އާޒިފާއަށް ރުޅިވެރި ނަޒަރެއް ދިނުމަށްފަހު އެލީޝާ ގާތުގައި މުޢާޒް ބުންޏެވެ. “ނޫން މުއާ. އަހަރެން މި ޙާލުގަ އުޅެން ދޫކޮށްލާ! އަހަރެން ބޭނުމެއް ނޫން އެހެން ބައެއްގެ ތެރޭ ދިރިއުޅެން ދާކަށް. އަހަރެން ދިޔަޔަސް އެއްވެސް މީހެއްގެ ލޯތްބެއް އަހަންނަކަށް ނުލިބޭނެ. އެއީ ޔަޤީންކަމެއް. އަހަރެން މި ޙާލަށް އުޅެން ދޫކޮށްލާފަ މުއާ ދޭ! ދޭ! ކާމިޔާބު މީހަކަށް ވޭ. ނިކަން ހަރުދަނާ، ކެރޭ، ހިތްވަރުގަދަ ޒުވާނަކަށްވޭ! ރީތި ނަމަކުން މުއާގެ ދިރިއުޅުން ފަށާ. މި ނިކަމެތި އެއްވެސް ބޭނުމެއް ނެތް އަންހެން ކުއްޖާ މަތިން ހަނދާން ނައްތާލާ މުއާ!” މުޢާޒްގެ އަތުގައި ހިފަހައްޓައިގެން ރޮމުން ރޮމުން އެލީޝާ ވާހަކަ ދައްކަމުން ދިޔައެވެ. އެލީޝާ ވާހަކަ ދައްކަމުން ދިޔައިރު މުޢާޒްވެސް ހިތްދަތި ގޮތަކަށް ދެފަރާތަށް ބޯ ހޫރުވަމުން ދިޔައެވެ. “ނޫން އެކީ ޕްލީޒް. ތިހެން ނުބުނެބަލަ. އަހަރެން ބޭނުމެއް ނޫން އެލީ ތިހެން އުޅޭތަން ދެކޭކަށް.” މުޢާޒް އެހެން ބުނެ އެލީޝާގެ ގައިގައި ބައްދައިލިއެވެ. އެލީޝާ ވެސް މުޢާޒްގެ މޭތެރޭ އިތުރަށް ބޮނޑިވެލީއެވެ. ދުރުގައި މި މަންޒަރު ބަލަން ހުރި އާޒިފާއަށް ކެތްނުވެގެން ގެއިން ނުކުންނަން ހިނގައިގަތެވެ. އެލީޝާ އަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް މީހެއްގެ ލޯތްބާއި އޯގާތެރިކަން ލިބޭކަށް އާޒިފާގެ ހިތެއް ނޭދެއެވެ.
އެލީޝާގެ ހަށިގަނޑުން ވަރު ދޫވި ކަހަލަ އިޙްސާސެއް މުޢާޒްއަށް ކުރެވުނެވެ. މުޢާޒްގެ ބުރަކަށީގައި ވަށައިލެވިފައިވި އެލީޝާގެ ދެއަތް ނެއްޓުނެވެ. އެލީޝާގެ ހަށިގަނޑު ތިރިވާން ފެށުމުން މުޢާޒް ކުރިއަށްވުރެ ވެސް ބާރަށް އެލީޝާގެ ހަށިގަނޑުގައި ހިފެހެއްޓިއެވެ. ނަމަވެސް މުޢާޒްއަށް އެލީޝާގެ ގައިގައި ހިފަހައްޓައިގެން މިނެޓަކުވެސް ނުހުރެވުނެވެ. މުޢާޒް އަށް ޖެހުނީ އެލީޝާ އާއި އެކީ ތިރިވާށެވެ. މޫނުމަތިން އެއްވެސް އަސަރެއް ދައްކައި ނުލައި ދެލޯ މަރައިލައިގެން އެލީޝާ އޮތް ގޮތުން އެލީޝާ އެއޮތީ ޚަބަރު ހުސްވެފައިކަން މުޢާޒްއަށް ނަގައިގަނެވުނެވެ. ލޮލިން ކަރުނަ ހިލެން އުޅުނަކަސް އެލީޝާއަށް ޓަކައި ކަރުނަތައް ހިންދައިލަމުން މުޢާޒް އެލީޝާގެ އަތް ނަގައި ކުޑަހުޅުގައި ހިފައި ވިންދު ހުރިތޯ ބަލައިލިއެވެ. ހަށިގަނޑުން އެންމެ ޙަރަކާތެއް ކޮށް ނުލި ތަނުގައި އެ ހަށިގަނޑުން ވިންދު ވެސް ނުޖަހައެވެ. އާނއެކެވެ! އެލީޝާ މި ކެހިވެރި ދުނިޔެ ދޫކޮށް ދިޔައީއެވެ. މުޢާޒް ވަގުތުން ބަޑި ފަޅައިގެން ދިޔައެވެ. އެލީޝާ އޭ ކިޔައި ހަޅޭއްލަވައިގަންނަމުން އެލީޝާގެ ނިތްކުރީގައި އޭނާގެ ނިތްކުރި ޖައްސައިގެން ރޯން އިނެވެ. އެ ހިތްދަތިކަމުގައިވެސް އެލީޝާ ވަކިވުމުގެ ކުރިން މުޢާޒް ގާތުގައި ދެއްކި ވާހަކަތައް މަތިން މުޢާޒް ހަނދާންކުރިއެވެ. އަދިވެސް އުންމީދު ކަނޑާލާކަށް ނުވެއެވެ. އަދިވެސް ހިތްވަރާއިއެކު ކުރިއަށް ދެވޭނެ އެވެ. ލޯބިވާ މީހުން ދުނިޔޭގައި ނެތަސް މެއެވެ.
ކެތްކުރާނަން އުންމީދުގާ
އަދި ގައިމޭ ދިމާވާނޭ
-ނިމުނީ-

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ހަށިފާރަވެރިޔާ 2

Next

ނޭނގޭ ބުނެދޭކަށެއް -1-

Next
February 5, 2020

ނޭނގޭ ބުނެދޭކަށެއް -1-

Previews
February 5, 2020

ހަށިފާރަވެރިޔާ 2

26 Comments!

  1. ކަލާ123 says:
    February 5, 2020 at 4:53 pm

    ފާޑުކިޔާ މީހަކު ހިފާނެ ތަންތަންކޮޅު އެބަހުރި. އެހެންނަމަވެސް ޖުމުލަ ގޮތެއްގައި ބުނެވެން އޮތީ މީ ‘ލިޔުންތެރިކަން ހުރި’ ލިޔުމެއް ކަމުގައި. ވާހަކައިގެ ނިމުން އެހައި ރަނގަޅެއް ނޫން. އުންމީދީ ގޮތަކަށް ނިންމައިލިނަމަ

    1. Dhonthy says:
      February 6, 2020 at 4:28 pm

      Aan dhw. Thank you

  2. Anna says:
    February 5, 2020 at 4:58 pm

    Mi story ves vvv reethi ??? ummeedhu kuran adhi dhigu vaahaka eh genesdheyne kamah❤️❤️❤️❤️

    1. Dhonthy says:
      February 19, 2020 at 9:54 pm

      Shukuru. Iraadhakurevviyyaa balaanan dhigu vaahaka eiy genesdheveythw. Kureege vaahaka continue kureveythw es balaanan. ❤️❤️????

  3. Yanaa says:
    February 5, 2020 at 9:36 pm

    Nice????maa sha Allah??

    1. Dhonthy says:
      February 6, 2020 at 4:28 pm

      Thank toy Yanaa ???

    2. Dhonthy says:
      February 6, 2020 at 4:29 pm

      You***

  4. Kairaa says:
    February 5, 2020 at 10:17 pm

    Just woww dhonthy……varah varah varah reethi mi story…..??????…adhi vx mikahala reethi storys kiyaalan libeyne kamah unmeedhu kuran…..miss moree……ly

    1. Dhonthy says:
      February 6, 2020 at 4:30 pm

      Thank you kairaa?? miss you too?? Love you too dear❤️❤️

  5. Meekkomee says:
    February 5, 2020 at 11:11 pm

    Woww????? varah Varah Reethi ?? ?❤️ waiting for the next story ??????luv yeahhhh….miss u so much

    1. Dhonthy says:
      February 6, 2020 at 4:32 pm

      Thank you meekkomee?? love you too meekkomee❤️❤️ yeah. I also. Miss ya??

  6. zeeni says:
    February 6, 2020 at 6:05 am

    dhn mihaaru thiliyanee lapakunoon hama thiliyaagotha maaf storyves liyey

    1. Dhonthy says:
      February 6, 2020 at 4:32 pm

      Will try my best insha Allah. ?

  7. MaishaMai says:
    February 6, 2020 at 8:47 am

    Yeah plz

  8. Anonymous says:
    February 6, 2020 at 10:53 am

    Nice keep it up ???❣️

    1. Dhonthy says:
      February 19, 2020 at 9:55 pm

      Thank you Anonymous ?❤️?

  9. No more 12 says:
    February 6, 2020 at 8:16 pm

    Story varah reethi… Waiting for maaf ge dhen huri bai thakah….

    1. Dhonthy says:
      February 10, 2020 at 7:32 pm

      Thank you dear ?

  10. ♡Maiii♡ says:
    February 6, 2020 at 8:58 pm

    Hey dhonthyy… Varah reethi mi story☺☺☺???….adhivx mikahala reethi story thakah inthizaaru kuran

    1. Dhonthy says:
      February 19, 2020 at 9:57 pm

      Hey maii. Shukuru inge. And yes. Inthixaaru kollaa. ?❤️?

  11. Lamko says:
    February 7, 2020 at 11:45 am

    Ohhhh dhonthy a short story dhw….. Vvvv reethi ngey… Wait for another story… Ly?❤️?❤️❤️

    1. Dhonthy says:
      February 10, 2020 at 7:33 pm

      Thank you Lamko❤️❤️??

  12. yan says:
    February 7, 2020 at 9:20 pm

    varah reethi MASHA ALLAH waiting for another story dhonthy

    1. Dhonthy says:
      February 10, 2020 at 7:34 pm

      Shukuru ?❤️

  13. Quiiin? says:
    February 10, 2020 at 1:00 pm

    Alheyyy dhonthyge kuru vhk eh kiyaalan libuniii ma vrh ufaa vehje. Dhonthy ge laptop gellunii ma vrh dhera vx vi. Quiiin dhua kohdheynan dhonthy ah dhonthige laptop feneythw??
    ❤❤❤

    1. Dhonthy says:
      February 19, 2020 at 9:59 pm

      Awlhey quiiin? ge comment eiy Fenuneema v ufaavehje. Yh my laptop???? and thank you thidhin hiyvarah. Love you ❤️❤️❤️❤️???

Comments are closed.


All Right Reserved!