“ނިހާން. ކިހިނެތްތަވީ؟ އަހަރެން ކޮޓަރިން ނުކުތް އިރު މިތާ ބިއްލޫރި ފުޅިއަކާ އެއްޗެހި ތެޅިފަ ހުރީ. ލޭ ވެސް ހުރި. އަނެއްކާ ކިހިނެތްވީތަ؟” ނިހާން ގެއަށް ވަނުމުން ޖަމީލާ ނިހާން ގާތަށް ގޮސް ހާސްވާކަމަށް ހެދުނެވެ. “މަށަކަށް ގޮތެއް ނުވޭ. ޒާޔާއަށް ވާނެ ގޮތެއް ވީ.” އިސްދަށަށް ޖަހައިލަމުން ނިހާން ބުނެލިއެވެ. ހަމަ އެވަގުތު ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. “ތިނޫން އެހެން ކަމަކާވެސް އަހަރެން ވަރަށް ބޮޑަށް ހާސްވެފަ މި ހުންނަނީ… އެބައޮތް ނިހާނަށް […]
ޒާޔާ. ކަލޭގެ ދުވަސް ދާނެ މިއަދު. އަހަރެން މި ހުރިހާ ފޮޓޯތަކެއް މިއަދު ކަލޭގެ ބައްޕައަށް ދައްކާނަން. ހަހަހަހަ.” ޖަމީލާ އޭނާގެ އަމިއްލަ ނަފްސަށް އަޑު އިވޭނެވަރަށް ބުނެލިއެވެ. ނިހާން ޒާޔާގެ ކޮޓަރިއަށް ވަތްއިރު ޒާޔާއަށް ނިދިފައި އޮތުމުން ނުހާން ޒާޔާއަށް ނުގޮވާ ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕައިލައިފައި ގޮސް ސިޓިންގް ރޫމަށް ދިޔައެވެ. މެންދުރު ދޭއްގެ ޚަބަރު އަންނަ ގަޑި ޖެހޭތީ ނިހާން ޓީވީ ރެކް މަތީގައި އޮތް ރިމޯޓު ނަގައި ޓީވީ ހުޅުވައިލިއެވެ. ޖިނާން […]
އާލިޔާ އާއި މަތީން ތިބީ ދެންމެ ހިނގައިދިޔަ ޙާދިޘާގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަނެ އަނގައިން އެންމެ ލަފްޒެއްވެސް ބުނަން ނުކެރިފައެވެ. އެއްވެސް ޙާލެއްގައި މިކަހަލަ ކަމަކާއި އެމީހުނަށް ކުރިމަތިލާން ޖެހިދާނެއެކޭ އެދެމީހުނަށް ހީކުރެވިފައެއްނެތެވެ. އަދި ޖިންނީންނަކީ އުޅޭ ބައެއްކަންވެސް އެމީހުން ޤަބޫލެއް ނުކުރެއެވެ. އޭތި އެމީހުންގެ ކުރިމަތީގައި ދެއްކި ވާހަކަތަކުންވެސް އެއީ މުއުމިން ޖިންނިއެއްކަން ދެމީހުނަށްވެސް އެނގިގެން ހިނގައްޖެއެވެ. ކޮންމެއަކަސް ދެމީހުނަށް ދެން ވޭތުކުރަން ޖެހިފައިވާނީ ނަފްސާނީ ބަލިމަޑުކަމެއްގެ ދުވަސްތަކެއް ކަންނޭނގެއެވެ. އެރޭ މަތީން ގެއަށް […]
ޒާޔާ އެހެން އިންދައި އޭނާގެ ލޯ ކަރުނުން ފުރެން ފެށިއެވެ. ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ޒާޔާގެ ލޮލުން ފައިބައިގަތް ވަގުތަކީ އެ ކޮޓަރީގެ ލައިޓް ދިއްލުނު ވަގުތެވެ. އެއާއިއެކި ޒާޔާ ބިރެއް ފެނިގެން އުޅުނު ފަދައަކުން ހަޅޭއްލަވައިގަނެފައި އެނދުމަތީ އޮތް ރަޖާގަނޑު ނަގައި އޭނާގެ ގައިގައި އެޅިއެވެ. އެހެންޏާ ޒާޔާގެ ފަރާތުން ނުފެންނަ ސިފައެއް މިރޭ ޒާޔާގެ ފަރާތުން ފެނުމުން މަލައިކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާޔާ އަކީ ދުވަހަކުވެސް މަލައިކާ އައިސްގެން އެގޮތަށް […]
ރަށު ވަލުތެރޭ ހުރި ކުޑަ ގޭދޮށުގައި މަލައިކާ އިށީނދެލައިގެން އެތާ އުދުހެމުން ދިޔަ ކުޑަކުޑަ ކޮކާލަކާ ސަމާސާ ކުރަން އިނެވެ. އެހެން އިން އިރު ދޭތެރެއަކުން އެއް ދިމާލަކަށް ނަޒަރު ހުއްޓައިލާ ގޮތުން މަލައިކާ އެއިނީ ވަރަށް ބޮޑު ކަމަކާ ފިކުރު ބޮޑުވެފައިކަން އިނގެއެވެ. މަލައިކާ އެ މަސައްކަތް ކުރަނީ ޒާޔާ ބަދުނާމު ކުރަން ޖަމީލާމެން އެ ކުޅޭ ކުޅިގަނޑަށް އެއްވެސް ކަހަލަ ކާމިޔާބީއެއް ނުލިބި ވާނެގޮތެއް ވޭތޯއެވެ. އޭނާ އެއްގޮތަކަށްވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ […]
ޖަމީލާ ހަޅޭއްލަވައިގަނެފައި ޖިނާނާއި ޒާޔާ ދުރުކުރުވިއެވެ. ޒާޔާ އަވަހަށް ޖަމީލާގެ ގައި ފަހަތަށް ވަނެވެ. ޖަމީލާ ޖިނާނާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައިރު ޒާޔާއަށް ހުރީ ރޮވިފައެވެ. “ކަލޭ ދޭ މިތަނުން. ނުވާނެ ދެން މީނަ ފެންނަ ހިސާބަށް އައިސްގެނެއްވެސް. މީގެ ފަހުން ކަލޭ މީނަ އާ ބެހެން އުޅެފިއްޔާ ރަށު ކައުންސިލަށް އަންގާނަން.” ޖަމީލާގެ މޮޅު އެކްޓިންއަށް ސާބަސް ދޭވަރު ވެއެވެ. ޖިނާން އިސްޖަހައިލައިފައި އެތަނުން ދިޔައެވެ. ޖިނާން ދިއުމުން ޖަމީލާ ފަހަތަށް އެނބުރި ޒާޔާގެ […]
ސްކޫލް ނިންމައިފައި ލިއަމް އަށް ގެސްޓް ހައުސްއަށް ވަދެވުނުއިރު މެންދުރު އަނބުރައި ދޭއް ޖަހައިފިއެވެ. ލިއަމް އެއްޗެހި ބަދަލުކޮށްލައިގެން ނުކުމެ ގެސްޓްހައުސްގައި ހުރި ކާބަޔަށް ވަނެވެ. ވެއިޓަރ އައުމުން ކާއެއްޗެއްސަށް އޯޑަރު ކޮށްފައި ލިއަމް އޭނާގެ ފޯނު ނެގިއެވެ. އޭނާއަށް މިއަދު ޒާޔާގެ ފަރާތުން ފެނިފައިވަނީ ތަފާތު މަންޒަރެކެވެ. ކްލާހުން ދިމާވިއިރު ކްލާހުން ބޭރުގައިވެސް ދެމީހުން ދިމާވިއެވެ. އޭނާ ޒާޔާއަށް ފެންނަ ހިސާބުގައި ހުއްޓެއްކަމަކު ޒާޔާ އޭނާއާއި ދިމާލަށް ބަލައިވެސް ނުލައި ދިޔަގޮތުން ލިއަމްގެ ހިތުގައި ކޮންެވެްސްވަރަކަށް […]
އެކޮޅުން އެމީހަކު ގުޅަން ފެށުމުން ޖަމީލާ ވަގުތުން ބިޒީ ކޮށްލިއެވެ. އަދި އެމީހާ ކިހިނެތްވީހޭ އެހުމުން ޖަމީލާ ބުނެލީ ގުޅުމަކީ އޭނާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫންކަމުގައެވެ. ޒާޔާގެ ނަމުގައި ޖަމީލާ އެމީހަކާ ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ޒާޔާގެ އެހެނިހެން ފޮޓޯތަކެއްވެސް ފޮނުވައިލައިފިއެވެ. އަދި ޗެޓް ލޮގުން ނުކުމެ އެ ޗެޓް ލޮގު ހައިޑް ކޮށްލިއެވެ. އަދި ފޯނު އެނދުގެ ހެޑްބޯޑް މަތީ ބާއްވައިފައި އެނދުމަތީ އޮށޯވެލިއެވެ. “ހަހަ. ޒާޔާ. މިފަހަރު ކަލެއަކަށް ސަލާމަތެއް ނުވާނެ.” […]
ޒާޔާގެ ޚިޔާލްތަކުގެ ތެރެއަށް މަތީން ގެއްލިފައި އިންދައި އާލިޔާ އައިސް މަތީން އާއި ކުރިމަތިވާގޮތަށް އިން ސޯފާގައި އިށީނެވެ. މަތީން ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންވަރުން އާލިޔާ އޭނާގެ ކުރިމަތީގައި އިށީންކަމެއް މަތީނަކަށް ނޭނގުނެވެ. އާލިޔާ ދެތިން ފަހަރަކު އޭނާގެ އަތުން ފުއްޓައްކެއް ޖަހައިލުމުން މަތީން ތެޅިގެންފައި އޭނާގެ ކުރިމަތީގައި އިން އާލިޔާ އާއި ދިމާލަށް ބަލައިލިއެވެ. މަތީން އަވަހަށް ނޫންކަމަށް ހެދެމުން ވާހަކަ ދައްކަން ފެށިއެވެ. “އެހެންވީމަ އަހަރެންގެ ޕްލޭން އަހަރެން ދައްތައަށް ކިޔާދީފަ އޮންނާނީ […]