ސިކުނޑީގައި އުފެދެމުން ދިޔަ ބޭކާރު ޚިޔާލުތައް ދޫކޮށްލަން މަސައްކަތް ކުރަމުން ލިއަމް ކޮފީ ޖޯޑުން އެތިފޮދެއް ބޮއެލިއެވެ. އޭނާ އެއްގޮތަކަށްވެސް ޒާޔާއާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކޭކަށް ބޭނުމެއްނުވެއެވެ. އެފަދަ ގޮތަކަށް ލިއަމް އުޅެންޏާ އަނެއްކާވެސް ޒާޔާއަށް އިތުރު ދެރައެއް ނޫނީ ނުލިބޭނެކަން ލިއަމް އަށް ވަރަށް ރަނގަޅަށް އިނގެއެވެ. ލިއަމްގެ ގަމީސް އިސްތިރިކޮށްދިނުމަށްފަހު ޒާޔާ އައިސް ލިއަމް ގާތުގައި އިށީނެވެ. ލިއަމް އޭނާއަށްޓަކައި ހަދައިދިން ކޮފީއިން އެތިކޮޅެއް ބޮއެލައިފައި ޒާޔާ އޭނާގެ ފޯނު ނެގިއެވެ. ޒާޔާ […]
“ބައްޕައަަށް ކިހިނެތްވީ؟” ކުޑަކޮށް ޒާޔާއާއި ގާތަށް ޖެހިލައި ޒާޔާގެ ދަތްދޮޅީގައި ހިފަހައްޓައިލަމުން ލިއަމް އަހައިލިއެވެ. އޭރު ޒާޔާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ލިއަމްގެ އަތްތިލައިގައި ބޮސްދެމުން ދިޔައެވެ. “ފެނުނީ.” ޒާޔާގެ އަޑު ބެދިގެން ދިޔައެވެ. “ވަޓް؟ ކޯއްޗެއް ފެނުނީ؟” ލިއަމްއަށް ޒާޔާ ކީ އެއްޗެއް ރަނގަޅަކަށް ސާފެއް ނުވިއެވެ. “އަހަންނަށް ފެނުނީ.. ބައްޕަ އެ ރެސް.. ރެސްޓޯރެންޓަށް ވަންނަނިކޮށް.” ވަރަށް އުނދަގުލުން ޒާޔާ އެ ޖުމުލަ ފުރިހަމަކުރިއެވެ. ޒާޔާ އެ ބުނި ޖުމުލައިން ނިހާން މާލޭއައީކަމަށް […]
ނިހާން ދިއުމުން ޖަމީލާ ނިހާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ނިހާ ކުޅެން ބައިންދައިފައި ތެދުވަން އުޅުނުތަނާ ޖަމީލާއަށް ފެނުނީ އެނދުމަތީގައި އޮތް ޒާޔާގެ ފޮޓޯގަނޑެކެވެ. ޖަމީލާ އެ ފޮޓޯގަނޑު ނަގައި އެއަށް ރަނގަޅަށް ބަލައިލިއެވެ. އެ ފޮޓޯގަނޑުގައި ޒާޔާ ހިނިތުންވެލައިގެން އިން އިރު ޖަމީލާއަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ މޫނުމަތީގައާއި ބޮލުގައި އެއްޗަކުން ޖަހާހެންނެވެ. ބަލާކަށް ނުހުރެ ޖަމީލާ އެ ފޮޓޯގަނޑު ވީދައި ކުދިކުދި ކޮށްލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ކުދިކުދިވެފައިވި […]
މަތީނަށް ރަނގަޅަށް އެއީ ކޮން ކުއްޖެއްކަން ޔަޤީންވީ އެ ކުއްޖާ ވާހަކަދެއްކި އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. “ޒާޔާ!” އެ ކުއްޖާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަތީނަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ. މަތީން އެހެން ބަލަން ހުއްޓައި ޒާޔާމެން ޖެހިގެން އިން ގޯޅިން އަނެއް މަގަށް އަޅައިލަނީއެވެ. މަތީން އިރުކޮޅަކު އެހެން ހުރެފައި ބާރަކަށް ހިނގައިލައިފައި ގޮސް އެ މަގަށް އަޅައިލިއެވެ. އޭރު ޒާޔާ ފެންނާކަށް ނެތެވެ. އެ މަގުގައި ހުރި ފިހާރައެއް ކައިރީ […]
ނިހާ ލިބުމަށްފަހު ނިހާނަށް ބަދަލުތަކެއް އައިސްފިކަން ނިހާންއަށް ފާހަަގަކުރެވިފައިވިއެވެ. އޭނާއަށް މާ ބޮޑަށް އޭނާގެ މާޒީ މަތިން ހަނދާންވަނީއެވެ. ޒިޔާނާ އާއި ޒާޔާ މަތިން ހަނދާންވަނީއެވެ. ޒިޔާނާ އާއި ޒާޔާއާއި އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައް މަތިން ހަނދާންވަނީއެވެ. މާޒީއަށް އަނބުރައި ދާހިތްވަނީއެވެ. ނިހާނަށް މިވަނީ ފަހެ ކޮން ގޮތްތަކެއް ހެއްޔެވެ؟ ޖަމީލާ އާއި ކައިވެނިކޮށް ދަރިއަކު ލިބުމުން އެ ދުވަސްތައް މަތިން ހަނދާން ނައްތައި ނުލެވިގެން މިއުޅެނީ ފަހެ ކީއްވެގެން ހެއްޔެވެ؟ ލިއަމްގެ ހުރިހާ ކަންތައްތަކެއް […]
ދެ އަހަރު ފަސް… “ޒާޔާ… އަވަސް އަވަސް.” ކާރުގެ ތަޅުދަނޑި ހިފައިގެން ބޭރަށް ހިނގައިގަންނަމުން ސައިބޯން އިން ޒާޔާއަށް ލިއަމް ގޮވައިލިއެވެ. “ކަމިންގް.” ތަށި ނަގައި ދޮވެލުމަށްފަހު ގޮނޑިމަތީ އިން ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ޒާޔާ ބޭރަށް ނުކުތެވެ. “ގަޑިޖެހުމުގެ ކުރިން ލިއަމް ވާނެ އަހަރެން ބަލައި އަންނަން އޯކޭ.” ކާރަށް އަރަމުން ޒާޔާ ބުނެލިއެވެ. “ހެހެ. ކޮންމެ ދުވަހަކުވެސް ދަމެއްނު ބަލައި.” “ދެން ހަމަ ގަޑިޖެހިގެން އަތުވެދާނެއްނު.” “ޝަޝް.” ޒާޔާ ހީލުމާއިއެކު ލިއަމް އަށްވެސް […]
ކޮންމެއަކަސް ނުގުޑާފަދަ ވަރުގަދަ ޢަޒުމެއް ހިތުތެރޭ އަށަގަންނުވަމުން ލިއަމް އޭނާގެ ފޯނު ހިފައިގެން މިޞްރާބު ޖެހީ ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށެވެ. “އައްސަލާމް ޢަލައިކުމް.” ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެ ރިސެޕްޝަން ކަައިރިއަށް ގޮސް އެތަނުގައި އިން އަންހެން ކުއްޖާ އަށް ބަލައިލަމުން ލިއަމް ސަލާމް ގޮވައިލިއެވެ. އެކުއްޖާ ސަލާމް ބަލައިގަންނަމުން ހަދައިދޭންވީ ކިހިނެތްތޯ އަހައިލިއެވެ “މީ މި ހޮސްޕިޓަލަށް މީގެ އިރުކޮޅެއް ކުރިން އެމަރޖެންސީކޮށް ގެނައެއްނޫންތޯ އަންހެން ކުއްޖެއް؟ އެކުއްޖާ ބާއްވާފަ އޮތީ ކޮން ފްލޯއެއްގަ ހުރި ކޮން […]
ބަނދަރުމަތީގައި ވެސް މީހުންތައް ދައްކަނީ ހަމަ ޒާޔާގެ ވާހަކައެވެ. ޒާޔާ އެންމެ ފަހުން އޭނާގެ ދެކަންފަތުގައި އަތް އަޅައިފައި ހާމައަށް ބޮޑު ކަނޑަށް ފުންމައިލިއެވެ. “އޭތް އޭތް. ތި ސައިކު މަޑުކޮށްބަ.” ސައިކަލު ދުއްވަން އިން ނޫމާންގެ ކޮނޑުގައި ތަޅައިގަންނަމުން ހަސްނައިން އަވަސްކޮށް ބުންޏެވެ. ނޫމާން ކިހިނެތްވީހޭ ބުނަމުން ސައިކަލުގެ ބުރަކި ޖައްސައިލިއެވެ. އެއާއިއެކު ހަސްނައިން ދުވެފައި ގޮސް ކަނޑަށް ފުންމައިލިއެވެ. “އޭތް ހަސްނައިން. މޮޔަވީތަ!” ހަސްނައިން ގޮސް ކުއްލިއަކަށް ކަނޑަށް ފުންމައިލުމުން ނޫމާން ގާތަށް ރުޅި […]
“ހަހަހަހަ… ބަލަން ހުރޭ. އިން އަ ފިއު ސެކެންޑްސް ޒާޔާގެ މުޅި ދިރިއުޅުން އެއްކޮށް….. ރުއިންޑް…. ހަހަަހަހަ.. ކްލެވަރ ޖަމީލާ.” ކުރެވުނު ކަންތަކާއި މެދު ފަޚުރުވެރިވެފައިވާ ޙާލު ޖަމީލާ ނުލަފާ ވައްތަރަކަށް ހިނިތުންވެލިއެވެ. ކޮޓަރީގައި ފޯނާއި ކުޅެން އޮތް ޒާޔާ ސިހިގެން ދިޔައީ އެ ކޮޓަރި ދޮރު ބާރަކަށް ހުޅުވުނު އަޑަށެވެ. ޒާޔާއަށް ފުރަތަމަ ހީކުރެވުނީ އޭނާގެ ބައްޕަ އަށް ހުރިހާ ކަމެއް އެނގުމުން އައި ރުޅިން ބާރަށް ދޮރު ހުޅުވީ ކަމަށެވެ. އެހެނަސް ކުރިމަތީގައި ޖަމީލާ […]