‘ އަންހެންކުދިން ގަސްގަހަކަށް ނާރާނެ، އަންހެންކުދިން ވާންވާނީ މަޑުމައިތިރި ކުދިންނަށް، ތީ އަންހެންކުދިންނަށް އެކަށީގެންވާ ފަދަ ވަޒީފާއެއް ނޫން. ‘ މި އަޑުތަކަކީ އަހަރެން ބޮޑުވަމުން އައިއިރު ހުއްޓުމެއްނެތި ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ އަޑުތަކެކެވެ. އަހަރެންނަކީ ހަލަނި ކުއްޖެކެވެ. ދެފައި އެއްތާކު ހަރުލައިގެން މިނެޓަކަށްވެސް ހުރުން ވާނީ ނާދިރު ކަމަކަށްށެވެ. މެންދުރުގެ ވަގުތު ވިއްޔާ މަންމަމެން އަހަރެން ހޯދަން ޖެހޭނީ، އަތިރިމަތީ ހުރި ގަސްތަށް ބަލާށެވެ. ގެއަށް އަންނަ އިރު ހަށިގަނޑުގައި ޒަހަމެއް ނުހުންނަ ދުވަހެއް ނުދާނެއެވެ. […]
ޔާދު ދޮގުހެދީ މައިދެކެ ލޯބިވާތީ.. މައި ދޫކޮށްފަ ދާން ބޭނުން ނުވާތީ.. ރީ؟؟ މައިއަށް އިނގޭ މިހެން ވިސްނަން ނުވާނެކަންވެސް.. އެކަމަކު މައިއަށް ހިއެއްނުވޭ ޔާދުއާ ނުލާ މައިއަށް އުޅެވޭނެހެން.. ދެ ޕިންކްވެސް މެރީ ކޮށްގެން އުޅެއެއްނުން ހެޕީކޮށް.. އެންމެ ފަންސަވިސް ޕަސަންޓް އިންނާނީ ލިބޭ ކުއްޖަކު ލޭއަޅާ ކުއްޖަކަށްވުމުގެ… ކުޑަކުޑަ ރިސްކެއްނުން؟؟ އެހެންނޫނީ ބޭބީއެއް ނުހޯދާ އުޅެވިދާނެ.. ލައިކް އެޑޮޕްޓް ކުރެވޭނެއެއްނުން؟؟ ” މައިރީން ރީމާއާއި ދިމާލަށް ބަލައިލީ އޭނާ ދެއްކި ވާހަކަތަކަށް އެއްބަސްވުމަށް އެދި […]
މާ ގިނައިރުވާން ފެށުމުން މައިރީން ކޮޓަރި ތެރޭ ހިނގަން ފެށިއެވެ. ކަނޑުނޫކުލަ ފާރުތަކުގައި ލާފައިވާއިރު ސިންގަލް އެނދަކާއި ޑްރެސިންޓޭބަލްއެއް ހުއްޓެވެ. އެނދުގެ ވާތްފަރާތުގައި ކުޑަ އަލަމާރިއެއްވެސް ހުއްޓެވެ. މައިރީން ޑްރެސިން ޓޭބަލް ކައިރިއަށްގޮސް ތަރުތީބުން އަތުރާފައުވާ ރީތިވާން ބޭނުން ކުރާ އެއްޗިއްސަށް ބަލައިލިއެވެ. އެވަގުތު ކުޑަކޮށް ހުޅުވިފައިވާ ކަބަޑަކަށް މައިރީންގެ ނަޒަރު ހުއްޓުނެވެ. ***ޕާޓް26*** އެތެރެގައި ހުރި ކަރުދާސްތަކުގެ ސަބަބުން އެ ކަބަޑު ހުރީ ރަނގަޅަށް ނުލެއްޕިއެވެ. އެހެންކަމުން މައިރީން ކަބަޑު އެއްކޮށް ހުޅުވާލުމަށްފަހު އެ ކަރުދާސްތައް […]
މައިރީންއަށް ފޮނުވާލައިފިން އެމީހާގެ އިންފޯ.. އައިމް ސޮރީ އައިނާ.. އަހަރެން މިވަގުތު ދާންވެއްޖެ.. ކަމެއް ބޭނުމިއްޔާ ބުނެލާ.. ” ޝާއިލް ހަމްދަރުދީގެ ނަޒަރަކުން އައިނާއަށް ބަލައިލުމަށްފަހު ދެއަންހެން ކުދިންނަށް ވަގުތުކޮޅެއް ދީފައި ދިޔައެވެ. އައިނާ މައިރީންގެ ފޯނު ނަގައި ބަލައިލިއެވެ. އެއާއެކު ގަބޫލު ކުރަން ދަތިވެފައި ހުރެ މައިރީންއާ ދިމާލަށް ބަލައިލިއެވެ. ” ޝިޔާން ” ***ޕާޓް 25*** މައިރީންގެ ފޯނަށް ޝާއިލް ފޮނުވާފައިވަނީ ޝިޔާންގެ ފޮޓޯގަނޑެކެވެ. ޝިޔާން އޭނައަށް ނުދަންނަ ނަންބަރަކުން އެ ވީޑިއޯތަށް ފޮނުވީ […]
އައިނާ ކޮޓަރިއަށްވަދެ ނިދާ ހެދުމަށް ބަދަލުކޮށްލައިގެން އެނދުގައި އޮށޯތެވެ. ނަމަވެސް މިއަދު ދިން އެސައިމެންޓްގެ ހަނދާންވުމުން ފޫހި އަޑެއް އަނގައިން ލައްވާލުމަށްފަހު ލެޕްޓޮޕް ނަގައިގެން އިށީނެވެ. އެސައިމެންޓް ހަދަން އިންދައި އައިނާއަށް ގަޑި ދިޔަ ގޮތެއްވެސް ނޭނގުނެވެ. އައިނާއަށް ފޯނާއި ދިމާލަށް ބަލައިލެވުނީ ފޯނަށް މެސްޖްތަކެއް އަންނަކަމުގެ ނޯޓިފިކޭޝަން އަންނަން ފެށުމުންނެވެ. އައިނާ ފޯނުން ފުރަތަމަ ގަޑި ބަލައިލިއެވެ. އޭރު އެގާރަޖަހަން ދިހަ މިނެޓަށް ވެއްޖެއެވެ. ނުދަންނަ ނަންބަރަކުން ވައިބާރއިން ފޮނުވާފައި ހުރި ވީޑިއޯ ކްލިޕްތަކެއް ފެނުމުން […]
މެންދަމުގެ ހަމަހިމޭން ވަގުތެވެ. އުކައިލް ހުރީ ގެގޭ ޓެރަސް މަތީގައެވެ. އޭނާގެ ލޮލުގައި ދިޔައީ ކަރުނައިގެ މުތީތައް ބަބުޅަމުންނެވެ. އަށްވަނަ ފަންގިފިލާގައި ހުރެ ތިރިއަށް ބަލައިލިއެވެ. ޓެރަހުގައި ޖަހާފައި ހުރި ރައިލިންގައި އަތް އަޅުވައިލުމަށްފަހު ލޯމަރައި ބާރުކޮށްލިއެވެ. އެވަގުތު އޭނާގެ ލޯކުރިމަތިން މާޒީގެ ސަފްހާތަށް އެކި ކުލަކުލައިގައި ނިޔުޅެން ފެށިއެވެ. އެއީ މީގެ ހަތް އަހަރު ކުރިއެވެ. އުކައިލްއަށް އޭރު ސާދައަހަރެވެ. ގުރޭޑް 8 ގައި ކިޔަވަމުންދާ އުކައިލްއަކީ ހިތްއަލި ވިސްނުންތޫނު ކުއްޖެކެވެ. މިހެންވުމުން އުކައިލްއަކީ އޭނާގެ […]
ތެލަސީމިއާ ސެންޓަރުން ޔާދިން ނިކުމެގެން އައިއިރު އޭނާގެ ހިތް ދިޔައީ ލޯޑުބޮޑުވެފައިވާ އިންޖީނެއްފަދައިން ބާރަށް ތެޅެމުންނެވެ. މޭގައި އަތް އަޅައި މަޑުމަޑުން ހިތާވާ ފަރާތުގައި ޖަހައިލީ ހިތާ ހަމަޖެހޭށޭ ބުނާފަދައިންނެވެ. ގެއަށް ގޮސްފަ ނޫނީ ސިޓީ ނުހުޅުވާން އަޒުމް ކަނޑައަޅައިގެން ހުރެ ސައިކަލު ދުއްވާލިއެވެ. ގެއަށް ވަދެވުމާއެކު އަވަހަށް ކޮޓަރިއަށްވަނެވެ. އެއަށްފަހު މަޑުމަޑުން ސިޓީ ހުޅުވާލިއެވެ. އޭގަ އޮތް އެއްޗެއް ފެނުމުން ޔާދިންގެ މޫނުމަތިން ފެނުނީ ބަޔާން ކުރަން ދަތި އަސަރެކެވެ. *** ޕާޓް 23 *** […]
އައިނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނައަށް ވިސްނެމުން ދިޔައީ މިއަދު ޑޮކްޓަރު ދެއްކި ވާހަކަތަކާ މެދުގައެވެ. ކަރު ހިއްކައިގަތުމުން އައިނާ މަޑުމަޑުން ތެދުވެ ފެންފުޅިއަށް ބަލައިލިއެވެ. ފެން ހުސްވެފައި ހުރުމުން ޖެހިލުންވެހުރެ ބުރުގަލެއް އަޅައިލައިގެން ބޭރަށް ނިކުތެވެ. ފެންއަޅަން ފުޅި ޖައްސައިފައި އޭނަ ކުޑަދޮރުން ބޭރު ބަލައިލިއެވެ. މިހާ ދަންވަރުވެސް ބޭރުގައި މީހުން އުޅެޔޭ އޭނާގެ ހިތަށް އެރިއެވެ. އައިނާގެ ހިތް ބާރަށް ތެޅިގަތީ އޭނާގެ ފަހަތުން ހިޔަންޏެއް ފެނުމުންނެވެ. ***ޕާޓް 22*** އައިނާ ސިހިގެން […]
ޔާދިން އެހައި ކައިރީގައި ހުރުމުން މައިރީން ހުރީ ނޭވާ ހިފައްޓާލައިގެންނެވެ. އަނެއްކޮޅުން މައިރީންއަށް އަންނަމުން ދިޔަ ބަދަލުތަކުން ޔާދިންއަށް އޭނާގެ ހިއްސުތައް މައިތިރިކުރަން އުނދަގޫވިއެވެ. މައިރީން ތުންފަތުގައި ދަތްއަޅައިލުމުން އެ ރަތް ތުންފަތުގެ ކުލަ އިހުނަށްވުރެ ގަދަވިހެން ހީވިއެވެ. ޔާދިން ދެލޮލަށް ބަލަން ނުކެރުމުން މައިރީން އިސްޖަހައިލިއެވެ. ޔާދިންގެ ހޫނު ނޭވާތަށް އަޅައިގެން ހުރި ދަނބު ކުލައިގެ ޝޯލްގެ ދަށުން މައިރީން ކަންފަތަށް އިހުސާސްވިއެވެ. އެއާއެކު މައިރީންއަށް ހިންދިރުވާލެވުނެވެ. ޔާދިން މައިރީންގެ ކަނދުރާއާއި ހަމައަށް ތިރިވެލި ވަގުތު […]