Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 23

ތެލަސީމިއާ ސެންޓަރުން ޔާދިން ނިކުމެގެން އައިއިރު އޭނާގެ ހިތް ދިޔައީ ލޯޑުބޮޑުވެފައިވާ އިންޖީނެއްފަދައިން ބާރަށް ތެޅެމުންނެވެ. މޭގައި އަތް އަޅައި މަޑުމަޑުން ހިތާވާ ފަރާތުގައި ޖަހައިލީ ހިތާ ހަމަޖެހޭށޭ ބުނާފަދައިންނެވެ. ގެއަށް ގޮސްފަ ނޫނީ ސިޓީ ނުހުޅުވާން އަޒުމް ކަނޑައަޅައިގެން ހުރެ ސައިކަލު ދުއްވާލިއެވެ. ގެއަށް ވަދެވުމާއެކު އަވަހަށް ކޮޓަރިއަށްވަނެވެ. އެއަށްފަހު މަޑުމަޑުން ސިޓީ ހުޅުވާލިއެވެ. އޭގަ އޮތް އެއްޗެއް ފެނުމުން ޔާދިންގެ މޫނުމަތިން ފެނުނީ ބަޔާން ކުރަން ދަތި އަސަރެކެވެ.

*** ޕާޓް 23 ***

” ނޫން ” ޔާދިންގެ އަނގައިން ވައި އަޑެއް ފަދައިން ނިކުތެވެ. ގަބޫލު ނުކުރެވިފައި އިން ފަދައިން އަތުގައި އޮތް ފިޔާތޮށިކުލައިގެ ކުޑަ ތެލްސީމިއާ ކާޑަށް ބަލަހައްޓައިގެން އިނެވެ. ލޯމަރައި ބާރުކޮށްލުމަށްފަހު އަނެއްކައިވެސް ހުޅުވައި ބަލައިލިއެވެ. ” ކިހިނެތް މިވީ؟؟ ” އަމިއްލަ ނަފްސާ ޔާދިން ސުވާލުކޮށްލިއެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި އަތުން ހިފައި ވާން ކޮށްލިއެވެ. އަވަގުތު މައިރީން އޭނައަށް ގުޅިއެވެ. އެއްފަހަރު ކާޑަށް ބަލައިލުމަށްފަހު އަނެއްފަހަރު ފޯނަށް ބަލައިލިއެވެ. އޭރު އޭނާގެ ދެލޯ ދިޔައީ ކަރުނުން ފުރެމުންނެވެ. ތުރުތުރު އަޅާ އަތަކުން މައިރީންގެ ކޯލް ނެގިއެވެ.

” ޔާދު.. ރިޒަލްޓް ލިބިއްޖެތަ؟ ” މައިރީންގެ އަޑުގައި ހުރި މަޑު ތުރުތުރުލުމުންވެސް ހާސްވެ ބިރުގަނެފައިވާވަރު އެނގެއެވެ. ޔާދިން މަޑުމަޑުން ކާޑަށް ބަލައިލުމަށްފަހު ޑްރެސިން ޓޭބަލް މަތީގައި ބާއްވާލިއެވެ. މައިރީންގެ ހާސްވެފައިވާ އަޑުއިވުމުން ޔާދިން ކަރުގައި އެއްޗެއް ތާށިވި ފަދަ އިހްސާސެއް ކުރެވުނެވެ. ގަދަކަމުން ހިންދިރުވާލަމުން ޔާދިން ވާހަކަ ދައްކަން ފެށިއެވެ.

” ޔެސް ލަވް.. ބުނީމެއްނުން އެހައި ހާސްވާ ކަމެއް ނޫނޭ.. ޔާދުއަށް ލިބުނީ ވައިޓް!! ” ޔާދިން އަޑަށް އުފާވެރިކަން ވެރިކޮށްލަމުން ބުނެލިއެވެ. އެއާއެކު މައިރީން އުފަލުން ” ޔެސް ” އޭ ބުނެލިއެވެ. މައިރީންއަށް ދޮގުހަދަން ކިތަންމެ އުނދަގޫވީ ނަމަވެސް ޔާދިން އެކަން ކުރިއެވެ. އަދި ނިދިއައިސްފި ކަމަށް ބުނެ ކޯލް ކުރުކޮށްލިއެވެ. އޭނައަށް ވަނީ މައިރީން އާއި ނުލައި ނޫޅެވޭނެ ފަދައިން ލޯބިވެވިފައެވެ. އެ ލޯތްބައްޓަކައި ކޮންމެ ފަދަ ކަމެއް ކުރަންވެސް އޭނަ ފަސްނުޖެހޭނެކަން ގައިމެވެ.

ޔާދިން ދިން ހަބަރުން މައިރީންގެ ހިތަށް ފިނިކަން ލިބުނެވެ. ނަމަވެސް ހިތުގެ ކަނަކުން ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިންޒާރު ދިނެވެ. މައިރީން އެކަމާއި އަޅާނުލައި އަވަސްވެގަތީ އެހަބަރު އެންމެ ގާތް އެކުވެރިޔާއާ ހިއްސާ ކުރަށެވެ. އައިނާއަށް އެހަބަރު ލިބުމުން އެކުވެރިޔާގެ އުފަލުގައި ބައިވެރިވެވޭ އެންމެ ފުރިހަމައަށް ބައިވެރިވިއެވެ.

އިއްޔެ ކްލާހުގައި ހިނގައިދިޔަ ކަންތަކުން މައިރީން ހުރީ ކޮލެޖްއަށް ދާހިތްނުވެފައެވެ. ނަމަވެސް އޭނާގެ ހުވަފެންތައް ކާމިޔާބު ވާންއޮތީ މިހާރު ކުރާ ކަމަކުންކަން ވިސްނުމުން ކަންނެތްވެފަ ހުރި ނަމަވެސް އަވަހަށް ތައްޔާރުވެލައިގެން ނިކުތެވެ. ކްލާހަށް ދެވުންއިރު ޝާއިލް ގާތު ކުރިން މައިރިންއަށް ފެނިފައި ނުވާ ފިރެހެން ކުއްޖެއް އިނެވެ. މައިރީންއާއި ދިމާލަށް ޝާއިލް އައުމަށްއެދި ހަނަ އަޅައިލުމުން ކޮންމެވެސް ވަރަކަށް އޭނަ ހައިރާންވިއެވެ. މިއަދު އަނެއްކާ އިރުއެރީ ރަނގަޅު ފަރާތަކުންބާއޭ އޭނާގެ ހިތަށް އެރިއެވެ. ” އިކާން އެބްސެންޓް ދުވަސްކޮޅު ތިތާ އިންނަ ކުއްޖާ މީ.. ” ޝާއިލް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

” އޯހް މިހެންވެދޯ ކުއީންބީ ޓޭންޓްރަމްއެއް ދުއްވާލީ އިއްޔެ؟؟ ރަހާ ކިޔޭ އިއްޔެވީ ކަންތައް.. އިނގޭނުން މި އަންހެންވެރިންގެ ގޮތް.. ކަމެއް ވިއްޔާ ނުލާހިކު އަވަހަށް ފަތުރާލާނެ…” އިކާން ވާހަކަ ދެއްކުން ހުއްޓާލީ ޝާއިލް އޭނާގެ ކޮނޑުގައި ޖެހިގަތުމުންނެވެ. ބުނެވުނު އެތި އެނގުމުން އިކާން އަނގަމަތީ އަތްއަޅާލައިފައި މައިރީންއަށް ބަލައިލިއެވެ. މައިރީން ހީލުމަށްފަހު ޝާއިލްމެންގެ ކުރިމަށްޗަށް ވާ ގޮތަށްއިން މޭޒުގެ ގޮޑީގައި އިށީނެވެ. ” ހޭ ސޮރީ އެހެން ބުނި އެއްޗެއް ނޫން އެއީ ” އިކާން ބުނެލީ މައިރީން ރުޅިއައި ކަމަށް ހީކޮށެވެ.

” އިޓްސް އޯކޭ.. ކީއްވެ އިކާން ބުނީ މިހެންވެދޯ އޭ ޝެލީން އެހެން ހެދީ ” މައިރީން އެއްބުމައަރުވާލަމުން އަހައިލިއެވެ.

“ހެހެހެ ނޭނގޭތަ؟؟ އޭނަ މި ސޮރު ކައިރީ ރައްޓެހިވާން އެހީމަ ނޫނެކޭ ބުނީ.. އެފަހުން އަންހެންކުއްޖަކު މީނައާ ވާހަކަ ދައްކާލިޔަސް އެކުއްޖެއްގެ ދުވަސް ދިޔައީ.. ސޯ ބީ ކެއާފުލް ގާލް..” އިކާން ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ. އިކާން ބުނި ވާހަކައިން މައިރީންއަށް ހެވުނެވެ.

” އަހަރެންގެ ނަން އެނގޭއިރު ނޭނގެ ތިކުއްޖާއަށް ކިޔާ ނަމެއް ” އިކާން މައިރީން އާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. މައިރީން ހީލުމަށްފަހު ނަން ބުންޏެވެ. އެވަގުތު ކްލާހަށް އަންހެންކުއްޖެއް ވަނެވެ. ރަތްކުލައިގެ މަތިކޮޅަކާއި ނޫކަލައިގެ ޖިންސެއް ލާފައި ވާއިރު ތުންފަތުގައިވެސް ވަނީ ކެއްކި ރަތް ކުލަ ޖެއްސިފައެވެ. އެކުއްޖައަށް އިކާން ފެނުމުން ހީލާފައި އިކާން ކައިރިއަށްއައެވެ. އަދި މައިރީންއަށް ހައި ޖަހައިލަމުން އިށީނެވެ. ” ޝާއިލް މަ ކަލެއަށް މި ކިޔާދެނީ ރަނގަޅަށް މީހުން އިންޓްރޮޑިޔުސް ކޮށްދޭނެގޮތް.. އަޑުއަހާ! ރަހާ މިއީ މައިރީން.. މައިރީން މީ ރަހާ އަހަރެންގެ އެކުވެރިއެއް.. ޝާއިލްގެ ކަޒިންއެއް..” އިކާން ބުނެލީ ޝާއިލްގެ ކަންފަތަށް ޖަހާފައިވާ އެއާރޕޮޑްސް ނައްޓާލަމުންނެވެ. މައިރީން ހީލުމަށްފަހު ރަހާ އާއި ސަލާމް ކޮށްލިއެވެ. ” ސޮރީ އިއްޔެ ވީ ކަންތަކާ ” ރަހާ ދެރަވެލާފައި ބުނެލިއެވެ. ” ނޮޓް ޔުއާ ފޯލްޓް ” މައިރީން ހިނިތުންވެލިއެވެ. ލެކްޗަރާރ އައުމުން ހުރިހާ ކުދިންވެސް ފިލާވަޅަށް ސަމާލުކަން ދިނެވެ. ނަމަވެސް ޝެލީން އިނީ ދެލޮލުން އަލިފާން ކަނިބުރާ ހާލު ޝާއިލްއަށް ބަލާށެވެ.

އައިނާ އިނީ ކްލާސް ކުދިންތަކަކާއިއެކީ ގްރޫޕް ވޯރކްއެއް ހަދާށެވެ. އެކަކުވެސް އޭނާގެ ހިޔާލަށް ސަމާލުކަން ނުދޭތީ ހިތްހަމަނުޖެހި އިނދެ އޭނައާއި ހަވާލު ކުރެވުނު މަސައްކަތް ފުރިހަމަ ކުރެވެތޯ ބަލަމުންދިޔައެވެ. ގުރޫޕް ލީޑަރު ކަމަށްވާ ރައުލް ދިޔައީ އެންމެން ކުރާ ކަންތަކަށް ފާޑު ކިޔަމުންނެވެ. ހާއްސަކޮށް އައިނާއަށްށެވެ. އޭނައަކަށް އައިނާ ކުރާ އެއްވެސް ކަމެއް ރަނގަޅެއް ނޫނެވެ. މިކަމާ އައިނާ އިނީ ރުޅިން ފަޅައިގެން ދާވަރު ވެފައެވެ.

” ތީގެ ފިތްތަކަށް ތަންކޮޅެއް މަޑުން ފިތިޔަކަސް ޓައިޕް ކުރެވޭނޭ.. ” އައިނާ ރުޅިއަރުވާލުމުގެ ގޮތުން ރައުލް ބުނެލިއެވެ. އައިނާ ރައުލް އާއި ދިމާލަށް ލޯއަޅަލުމަށްފަހު ތަންކޮޅެއްމަޑުން ޓައިޕް ކުރަންފެށިއެވެ. ކިތަންމެ ރުޅިއައިސްފައި ހުއްޓަސް ރައުލް ބުނާގޮތް ހެދުމުން ރައުލް ގާތަށް ހިނިއައެވެ. އަދި އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން އައިނާ އޭނައަށް ކޮފީއެއް ކެންޓިނުން ގެނެސް ދިނުމަށް އެދި އަމުރުކުރިއެވެ.

” ރައުލްއަށް އަހަރެން ފެންނަނީ ރައުލްގެ ޕަޕެޓެއްގެ ސިފައިގައި ކަމަށް ވާނަމަ ބުނެލަން އޮތީ އަހަރެންމީ ރައުލް ކުޅެން ބޭނުން ކުރާ ކަހަލަ ޕަޕެޓެއްނޫނޭ.. ރައުލް އަދި އަމިއްލަ ދެއަތާއި ދެފައި ބޭނުން ނުކުރެވޭ ވަރަށް މުސްކުޅިއެއް ނުވެއެއްނުން؟ އެހެންވީމަ އަމިއްލައަށް ދޭ ތިބޭނުންވާ އެއްޗެއް ގެންނަން ” އައިނާ ރުޅިގަދަވެފައި ހުރެ ބުނެލިއެވެ. އައިނާ އާއި ރައުލްގެ ކޯޅުންފެނި ގިނަ ކުދިން ތިބީ މަޖާވެފައެވެ.

” އޯހް އެކްސްކިޔުސްމީ ތި ބުނީ އަހަރެން މުސްކުޅިއޭތަ.. ނޭނގޭތަ ތިމާއަށްވުރެ ބޮޑެތި މީހުންނަށް ރެސްޕެކްޓް ކުރާކަށް؟؟ ” ރައުލް އައިނާއާއި ދިމާލަށް ގުދުވެލަމުން ބުނެލިއެވެ.

” އަހަރެން ރެސްޕެކްޓް ކުރާނީ އަހަރެންނަށް ރެސްޕެކްޓް ކުރާ މީހުނަށް.. ” އައިނަ ހަރުކަށިކަމާއެކު ބުނެލިއެވެ. މީހެއްގެ ކައިރިވާކަމުގެ އިހްސާސް ވުމުން އައިނާ ކުއްލިއަކަށް އެނބުރެލިއެވެ. އެވަގުތު އައިނާއާއި ދިމާލަށް ގުދުވެގެން އޮތް ރައުލްގެ ގެ ނޭފަތުގައި އައިނާގެ ނިތްކުރި ޖެހުނެވެ. ރައުލް ހަޅޭލަވައިގަނެފައި ނޭފަތުގައި އަވަހަށް އަތް އެޅިއެވެ. ރައުލްގެ ހަޅޭކުގެ އަޑަށް ލެކްޗަރާ އަވަހަށް އައެވެ. އަދި ކިހިނެތް ވީ ކަމެއްތޯ ސުވާލު ކުރިއެވެ. ރައުލް އެއްޗެކޭ ނުބުނުމުން އެހެން ކުދިންނަށް ބަލައިލިއެވެ.

” ކުޑަކުޑަ އެކްސިޑެންޓްއެއް.. އާހް މިސް އަޅުގަނޑު ނާސް ކައިރިއަށް ދަންތަ އައިނާ އާއިއެކު؟؟ ” ރައުލް ލޯ މަރައިގެން ހުރެ އަހައިލިއެވެ. އޭރު އޭނާގެ ދެއަތުން ވަނީ ނޭފަތް ނިވާ ކުރެވިފައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އޭނާގެ އަތުގައި ރަތް ކުލައިގެ ލޭ ހުއްޓެވެ.

” ޔެސް އަވަހަށް ދޭ.. ޔޫއާ ބްލީޑިން.. ” ލެކްޗަރާގެ ޖަވާބު ވަގުތުން ރައުލްއަށް ލިބިގެން ދިޔައެވެ. އައިނާ ރައުލްއަށް ބަލައިލަމުން މަޑުމަޑުން ހިނގައިގަތެވެ. ރައުލް އައިނާގެ ފަހަތުން ކްލާހުން ނިކުތީ ނޭފަތުގައި އަތް އަޅައިގެން ހުރެއެވެ. ނާސްގެ އޮފީހަށް ދިޔައިރު ކުއްޖަކު މާބޮޑަށް ހާލުދެރަވުމާއި ގުޅިގެން ނާސް ދިޔައީ ރައުލްއަށް ބޭސް ދީފައި އައިސްޕެކް ނޭފަތުގައި ޖެއްސުމަށް ބުނެފައެވެ. ރައުލް އަތަށް ތަދުވާކަމަށް ބުނުމުން ނާސް ބަލައިލީ އައިނާއަށްށެވެ. އެއާއެކު ތުންފިއްތާލަމުން އައިނާ އައިސްޕެކް ހިފައިގެން އައިސް ރައުލްގެ ނޭފަތުގައި ޖައްސައިދިނެވެ. އޭރު ރައުލްގެ ތުންފަތގައި ކުޅެލާފައިވެނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

އެދުވަހު ގެއިންއައިރު އައިނާގެ މޫޑް ހުރީ ރަނގަޅަކަށް ނޫނެވެ. މައިރީންއަށް ރައުލްގެ ވާހަކަ ކިޔައިދިނުމުން މައިރީން ފެށީ އައިނާ އާއިދިމާ ކުރާށެވެ. އެކަމާ އައި ރުޅިން އައިނާ ކޮޓަރިއަށް ދިޔަގޮތަށް ފާހަނައަށް ގޮސް ތަޅުލިއެވެ. “އެމަންޖެ ކީއްވެ އެހައި ބާރަށް އެ ދިޔައީ ” ޝާޒިޔާ ހައިރާންވެ ހުރެ އަހައިލިއެވެ. ” މޫޑް ކުޑަކޮށް ގޯސްވެފައި.. ” މައިރީން ޝޯލްގައި އަތްކާއްތާލަމުން ހިނިއައިސް ހުރެ ބުނެލިއެވެ. ” އެހެންދޯ.. އަވަހަށްދޭ ހެދުން ބަދަލު ކޮށްގެން ކާން އަންނަން.. އައިނާވެސް ގޮވައިގެން އަންނާނީ އިނގޭ؟؟ ” ޝާޒިޔާ ބުނުމުން މައިރީން ލައްބައޭ ބުނުމަށްފަހު ކޮޓަރިއަށް ވަނެވެ.

އެރޭގެ ވަގުތެވެ. ރީމާގެ ހާލު މާބޮޑަށް ގޯސްވުމުން އޭނަ އައިސީޔޫއަށް ބަދަލު ކުރެވުނެވެ. ނާއިން މައިރީންމެންނަށް އެކަން އެނގުމުން މައިރީންއާއި އައިނާ އެތަނަށް އައެވެ. އެވަގުތު މުޅި ދުވަހުހެން މައިރީންގެ ފޯނުކޯލުތައް ނުނަގައި އުޅުނު ޔާދިން މައިރީންއަށް ފެނުނެވެ. އޭނަ އިނީ ނާއިން ގާތު ނާއިންއަށް ހިތްވަރުދޭށެވެ. ހާލަތުގެ ގޮތުން މައިރީން ޔާދިންއާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ޔާދިންއަށް މައިރީން ފެނުމުން ކުއްވެރިކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ.

ރީމާގެ ހާލު ރަނގަޅުވީ އެރޭ ދިހައެއް ޖަހަން ގާތްވެފަ ހުއްޓައެވެ. ރީމާއަށް ނިދިފައި އޮތުމުން އޭނާގެ މައިންބަފައިން މައިރީންމެން ގާތު ގެއަށް ދިޔުމަށްއެދުނެވެ. ޔާދިން، މައިރީންއާއި އައިނާ ގެއަށް ލާން ދިޔައިރު މައިރީން ޔާދިންއާ ވާހަކަ ނުދެއްކިތާ ބަލައިވެސް ނުލިއެވެ. އައިނާއަށް ދެމީހުންގެ މެދުގައިވި ނުތަނަވަސްކަން އެނގިގެންދިޔައެވެ. ކާރުގައި ގެއަށް ދެވުމުން، މައިރީން އެތެރެއަށް ވަނުމުގެ ކުރިން ޔާދިން މައިރީންގެ އަތުގައި ހިފެއްޓިއެވެ.

” ރީން ގޮވައިގެން ކުޑަކޮށް ހިނގާލަން ގޮސްލާފަ އެބަ އަންނަން.. އައިނާއަށް ބުނެވިދާނެތަ ރީން ދިޔައީ އަހަންނާއެކުގައޭ ތި ގޭ ދައްތަ ގާތު؟؟ ” ޔާދިން އައިނާއަށް ބަލައިލަމުން އަހައިލިއެވެ. މައިރީން އައިނާއާއި ދިމާލަށް އާދޭސް ކުރާ ފަދައިން ބަލައިލިއެވެ.

” އެގާރައިގެ ކުރިން މައި ސަލާމަތުން މިގެއަށް ރައްދުކޮށްދޭންވާނެ.. އެންޑް ތި ދެމީހުންނަކީވެސް މިހާރު ވިސްނޭވަރުގެ ދެމީހުން.. ޑޯންޓް ކްރޮސް ދި ލައިން.. މިހެން ބުނީމަ އެނގޭނެކަމަށް މިބަލަނީ.. ” އައިނާ ވިސްނަން ހުރެފައި ދެމީހުންނަށް ވަކިވަކިން ބަލައިލައިފައި ބުންޏެވެ. އައިނާ ދެއްކި ވާހަކައިން ރަކިވެފައި ހުރި މައިރީން އައިނާއާ ދިމާލަށް ލޯއަޅައިލިއެވެ. ” ޔެސް ގްރޭންމާ ” ޔާދިން ހިނިއައިސްފައި ހުރެ ބުނުމަށް ފަހު މައިރީންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

އައިނާ ކޮޓަރިއަށްވަދެ ނިދާ ހެދުމަށް ބަދަލުކޮށްލައިގެން އެނދުގައި އޮށޯތެވެ. ނަމަވެސް މިއަދު ދިން އެސައިމެންޓްގެ ހަނދާންވުމުން ފޫހި އަޑެއް އަނގައިން ލައްވާލުމަށްފަހު ލެޕްޓޮޕް ނަގައިގެން އިށީނެވެ. އެސައިމެންޓް ހަދަން އިންދައި އައިނާއަށް ގަޑި ދިޔަ ގޮތެއްވެސް ނޭނގުނެވެ. އައިނާއަށް ފޯނާއި ދިމާލަށް ބަލައިލެވުނީ ފޯނަށް މެސްޖްތަކެއް އަންނަކަމުގެ ނޯޓިފިކޭޝަން އަންނަން ފެށުމުންނެވެ. އައިނާ ފޯނުން ފުރަތަމަ ގަޑި ބަލައިލިއެވެ. އޭރު އެގާރަޖަހަން ދިހަ މިނެޓަށް ވެއްޖެއެވެ. ނުދަންނަ ނަންބަރަކުން ވައިބާރއިން ފޮނުވާފައި ހުރި ވީޑިއޯ ކްލިޕްތަކެއް ފެނުމުން އޭނަ ބަލައިލިއެވެ. އެއާއެކު އައިނާއަށް އަނގަމަތީ އަތްއަޅާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. ސްލީޕިން ބިއުޓީ

    Cutyyyy alhe sleeping beauty curious kohlaafa this nihmaalee when is next part
    May God bless our hard work
    And why reen and yaadhu ah thihen this hedhee am so sad for them plxx yaadhu ah white card eh dhee and say that mistake akunney pink card dhevuny plxx
    Lysm dear

    1. Butterflyyyyy
      ސްލީޕިން ބިއުޓީ

      Heyyy Sleeping beauty… vrh curious kohlaafa dhw mifaharuvx nimmaalevuny mi..
      Thankyou sis for your support..
      Alheyy I’m sad for Yaadhu and Reen too.. ekam dhen keeh dhw kuraany..
      hmmm sleeping beauty buneythi adhi ehfaharu yaadhu ge test hadhaany dhw dhen☺
      Love you more
      💜🦋

  2. Amnaerrrrr

    Anehkaa Ainaa ah libunee raakin ge video e baa🤔🤔
    Waiting for the next part 🖤varah reethi mi part vx 🤍🫶

    1. Butterflyyyyy
      Amnaerrrrr

      Heyyy Amnaerrrrr
      hingaa next ep kiyaalama dhw Aina ah libuny kaakuge vedio ehthw balaalan…
      Stay tuned for next episode in thursday..
      Vrh happy vejje sis ah mi part reethi v kan enguneyma🥰
      Thankyou Amnaerrrrr♥
      Lyssm dear
      💜🦋

  3. RIFSHA

    Hi butterfly
    Cutty ge namuga inyma ingey comment nukury.eii log in vefa inas nufennaane ehnu dho ehenve.
    hey Rifoo ge phone kurin dhuvahu dhathuru gossi gen ulheni koh rai kuri kamakun moodhah vettunyma snap in on nuvevidhaane ingey.mi laptop in ney vaahaka liyani ehen ve
    Anyway story varah reethi as usual.
    Alhe aina ah e fenuny kaaku ge video eh tha
    Varah curious vejje mi part kiyaalaafa.yaadhu ah vx pink kaadei noooo
    Kon irakun next part kiyaalan libeyni ☺️
    Curiosly waiting for the next part
    Love you Darla 💋<3

    1. Butterflyyyyy
      RIFSHA

      Hiii Rifoo
      Yess mihaaru admin e mistake ragalhu kohlaafi
      ehenve dhw rifoo snap nukurany mihaaru.. I hope your phone is good☺
      Aww thankyou.. vrh happy vejje rifoo ah story reethi v ma
      next ep kiyaalama aina ah fenuny kaakuge video eh thw balaalan☺
      Yaadhu ah vrh dherakohdhw e dhimaa v.. adhi yaadhu ge test kohlan vaane dhw ehen v ma..
      Next part insha allah Thursdayga.. ekam butterflyge new story eh kiyaalan libeyne vrh avahah hope you’ll like it as well..
      Love you more girly
      💜🦋

Comments are closed.