Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 25

މައިރީންއަށް ފޮނުވާލައިފިން އެމީހާގެ އިންފޯ.. އައިމް ސޮރީ އައިނާ.. އަހަރެން މިވަގުތު ދާންވެއްޖެ.. ކަމެއް ބޭނުމިއްޔާ ބުނެލާ.. ” ޝާއިލް ހަމްދަރުދީގެ ނަޒަރަކުން އައިނާއަށް ބަލައިލުމަށްފަހު ދެއަންހެން ކުދިންނަށް ވަގުތުކޮޅެއް ދީފައި ދިޔައެވެ. އައިނާ މައިރީންގެ ފޯނު ނަގައި ބަލައިލިއެވެ. އެއާއެކު ގަބޫލު ކުރަން ދަތިވެފައި ހުރެ މައިރީންއާ ދިމާލަށް ބަލައިލިއެވެ.

” ޝިޔާން ”

***ޕާޓް 25***

މައިރީންގެ ފޯނަށް ޝާއިލް ފޮނުވާފައިވަނީ ޝިޔާންގެ ފޮޓޯގަނޑެކެވެ. ޝިޔާން އޭނައަށް ނުދަންނަ ނަންބަރަކުން އެ ވީޑިއޯތަށް ފޮނުވީ ކީއްވެބާއޭ އައިނާގެ ހިތަށް އެރިއެވެ. ޝިޔާންއަށް އެކަހަލަ ވީޑިއޯތަކެއް ލިބުނީ ކިހިނެތްބާއޭ މައިރީންގެ ހިތަށްއެރިއެވެ. އައިނާ ފުންނޭވާއެއް ދޫކޮށްލަމުން ގެއަށް ދާން ހިނގާށޭ މައިރީން ގާތު ބުންޏެވެ. މައިރީޏް ބޯޖަހައިލަމުން އައިނާގެ ފަހަތުން ދިޔައެވެ. ޝިޔާންއާ އެކީ ދާން ބޭނުން ނުވުމުން ދެކުދިން މިއަދު ދިޔައީ ހިނގާފައެވެ.

” އަހަ ދެކުދިން ކީއްވެ ހިނގާފަ ތިއައީ؟؟ ދައްތައަށް ނޫނީ ޝިޔާންއަށް ގުޅާލި ނަމަ ބަލައިދާން.. ” ޝާޒިޔާ ބުނީ ފިރެހެން ކުދިންނަށް މެންދުރުގެ ކެއުން މޭޒު މައްޗަށް ނަގަމުންނެވެ. އޭރު ޒާކިން އާއި ލައިތްގެ އިތުރުން ޝިޔާންވެސް މޭޒުދޮށުގައިނެވެ. ދެކުދިންގެ ޖަވާބެއްގެ އިންތިޒާރުގައި ޝާޒިޔާ އާއި ޝިޔާންއިނެވެ.

” މިއަދު ހިނގާލާ ހިތްވީއޭ ދޯ އައި؟؟ ” މައިރީން އައިނާއާ ދިމާލަށް ބުނުމުން އައިނާ ހޫމްއެކޭ ބުނުމަށްފަހު އިސްޖަހައިގެން ކޮޓަރިއަށްވަނެވެ. ޝާޒިޔާ އެހެންހޭ އެހުމަށްފަހު މައިރީން ގާތު ހައިލިޔާމެން ގޮވައިގެން ކާން އައުމަށް ބުންޏެވެ. މައިރީން ކޮޓަރިއަށް ވަންއިރު އައިނާ ހެދުން ބަދަލުވެސް ނުކޮށް އެނދުގައި ބަންޑުންއޮތެވެ. އެ ހަށިގަނޑުގައި ހުރި މަޑު ތުރުތުރުން ރޮނީކަން އެނގުނެވެ. މައިރީން މަޑުމަޑުން އައިނާގެ އެނދުގައި އިށީންދެ އައިނާގެ ބޮލުގައި ފިރުމަންފެށިއެވެ. އެކުވެރިޔާގެ ގާތްކަން ލިބުމުން އައިނާއަށް އިތުރަށް ރޮވުނެވެ. ބާލީހުގައި މޫނުޖައްސައިގެން އޮތުމުން އޭނާގެ ވޭނީ ރުއިމާއި ކަރުނަތައް ބާލީހަށް އިހްސާސްވަމުން ދިޔައެވެ.

ހައިލިޔާ އެވަގުތު ފާހަނައިން ނުކުތެވެ. އައިނާއާ ދިމާލަށް ބަލާލަމުން ކީތްވީހޭ އަހާފަދައިން އިޝާރާތެއް ކޮށްލިއެވެ. އަދި އައިނާގެ ގާތަށްއައެވެ.

” އާރ ޔޫ އޯކޭ؟؟ ތަނަކަށް ތަދުވަނީތަ؟؟ ” ހައިލިޔާ ހާސްވެފައި އަހައިލިއެވެ. އަދި މައިރީންއަށް ބަލައިލިއެވެ.

” ބީއެފް ޕްރޮބްލެމްސް ” މައިރީން މަޑުމަޑުން ބުނެލިއެވެ. ހައިލިޔާ މަޑުމަޑުން ބޯޖަހައިލިއެވެ.

” އައި ކޮންކަމެއްތީ؟؟ ބޭވަފާތެރި ދޮގުވެރިއަކަށްޓަކައި ތިހާ ރީތި ކުއްޖަކުގެ ދެލޮލުން ނުވާނެ އެހާ ވަރަށް ކަރުނަ އޮހޮރުވާކަށް.. އައިއަށް އެއަށްވުރެ ރަނގަޅު އަދި ރީތި ކުދިންވާނެ.. އަވަހަށް ހުއްޓާލާ.. އައި އުފަލެއްނުން ވާންވީ؟ މެރީ ކުރުމުގެ ކުރިން އެކަހަލަ ދޮގުވެރިއެއްގެ ވަކިތަކުތެރޭން ނިކުމެވުނީމަ.. ހިނގާ ކާންދާން!! ކައިގެން އައިސްކްރީމް ބޯލަނިކޮށް ރަނގަޅު ވެދާނެ.. ދޭ އަވަހަށް މޫނު ދޮވެލައިގެން އަންނަން.. ދެން މި ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓާލިޔަސް ހައިއާ މައި ދާނަން އައިގެ އެކްސްގެ ބޮލާއި ކަނދުރާ ވަކިކުރަން.. ” ހައިލިޔާ އައިނާއަށް ހިތްވަރު ދީފައި އިންޒާރެއް ގޮތަށް ފަހު ޖުމުލަ ބުނެލިއެވެ.  އޭނަ ހީކުރީ އައިނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ކެހި ދިނީ ކަމަށްށެވެ. ހައިލިޔާ އައިނާގެ އަތަށް ދަމަން ފެށުމުން ފާހަނައަށް ވަންނަން ދިޔައެވެ.

” މައީ ކަމެއް ކޮށްދީބާ؟؟ ” ހައިލިޔާ މައިރީންގެ ނަމަށް ދަމާލަމުން އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ. ހައިލިޔާ ބުނެލި ގޮތުން ކީއްކޮށްދޭންވީހޭ އަހާ ފަދައިން މައިރީން ބަލައިލިއެވެ.

” ސޯ ހައިއަށް ވަރަށް ފެނޭ މައި ޝާއިލްއާ ވާހަކަ ދައްކާތަން.. ހައިއަށ- ” ހައިލިޔާއަށް ބުނެވުނީ އެހާ ހިސާބަށްށެވެ. މައިރީން ވާހަކަ ދައްކަން ފެށިއެވެ.

” ހޯހޯ.. ހައި ތިއުޅެނީ ވޯރލްޑް ވާރ ތްރީ ފަށަންތަ؟ ޝާއިލް ފަހަތުން އެ އުޅެނީ ކްލާހުގެ މީން ކުއީންބީ.. މައި އެކުވެރިއެއްހެން ވާހަކަ ދައްކާއިރުވެސް އެމަންޖެ އިންނަނީ މައި ކާލަން ރެޑީއަށް.. އަދި ހައި ޝާއިލް ފަހަތުން އުޅެންޏާ ނޭނގެ އޭނަ ހައި ކުދިކޮށް ކޮށާފަ ބުޅަލަށް ނުކާންދޭނެ ކަމެއްވެސް… ” މައިރީން ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. އޭރު ހައިލިޔާ އިނީ މައިރީންއާއި ދިމާލަށް ލޯއަޅައިލާގެންނެވެ.

” ސާބަހޭ މައި.. ހައި ކިޔާ އެއްޗެއް ފުރަތަމަ އަޑުއަހާބަ!! ހައި ބުނަން މިއުޅެނީ ޝާއިލްގެ ފްރެންޑް އާކިންގެ ވާހަކައޭ.. އޭނަގެ ނަންބާރ ހޯދާ ދެވިދާނެތަ؟؟ ” ހައިލިޔާ ޕިސްޕިސް ކިޔާލަމުން ބުންޏެވެ. އެއާއެކު މައިރީން އޯހް އޭ ބުނެލިއެވެ. އަދި ހައިލިޔާއަށް ދިމާކުރާ ފާޑަކަށް ބަލައިލިއެވެ.

” އޯހް ތިބުނަނީ މައި ކައިރީ ވިންގް ގާރލްއަށް ވެދޭށޭތަ؟؟ ” ލާނެތް ގޮތަކަށް ހީލަމުން މައިރީން ބުނެލިއެވެ. ” އާރގްގްގް ފޮރގެޓް އިޓް.. ” ހައިލިޔާ އެހެން ބުނުމަށްފަހު ނިކުންނަން ދިޔައެވެ.

” މި އޮތީ އާކިންގެ ނަމްބާރ.. ” މައިރީން ގޮވައިލުމާއެކީ ހައިލިޔާ ބަލައިލިއެވެ. އަދި އަވަހަށް މައިރީންގެ ގާތަށްއައެވެ. މައިރީން ހީލަމުން ހައިލިޔާއަށް ނަމްބަރު ދިނެވެ. އަދި އައިނާ ފާހަނައިން ނުކުތުމުން ތިން ކުދިންއެކީ ދިޔައީ ކާށެވެ. މޭޒުމަތި ފެނުމުން އިތުރަށް ބަނޑުހައިވިހެން ހީވިއެވެ. މޭޒުމަތީގައި ޕާސްޓާއާއި ފިހެފައި ހުރި ކުކުޅުފައި ހުއްޓެވެ. މައިރީންމެން ކައި ނިމުމުން ކޮޓަރިއަށް ވަދެ އެދުވަހު ދިން ފިލާވަޅުތަށް ނިންމުމައިގެން އުޅުނެވެ. ރާކިން ގުޅުމުންވެސް އައިނާ ފޯނަކަށް ޖަވާބެއް ނުދިނެވެ. އައިނާ އެ ވީޑިއޯތައް ރާކިންއަށް ފޮނުވާލުމަށްފަހު އޭނަ ރާކިން އާއިއެކު އުޅެން ބޭނުން ނުވާ ކަމަށް ބުނެ މެސްޖް ކޮށްލިއެވެ.

ރާކިން އައިނާއަށް ގުޅަ ގުޅާ ފޯނު ނުނެގުމުން ހާސްވިއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަ ހިނގާފައި ރުޅިގަނޑު މައިތިރި ކުރަން ފޯނު ފާރާއި ދިމާލަށް ހޫރައިލިއެވެ. އެއާއެކު ފޯނު އެތިކޮޅުތަކަށްވެ ތެޅިގެން ފޭބިއެވެ. ބޮލުގެ އިސްތަށިގަނޑަށް ވާން ކުރަމުން ހުރި ތަނަށް ތިރިވެލިއެވެ. އެވަގުތު ފޯނު ފާރުގައި ޖެހުނު އަޑަށް ރާކިންގެ އެކުވެރިއެއް ކަމަށްވާ އާހިލް އެކޮޓަރިއަށް ވަނެވެ. އެއީ ކުޑަވަރެއްގެ ކޮންޓްރޯލް ރޫމްއެއް ފަދަ ތަނެކެވެ.

” ތީ ކޮންކަމެއް؟ ” ހިތްހަމަނުޖެހުމުގެ ރާގަކަށް އާހިލް އަހައިލިއެވެ. ރާކިން ކުރިން އިން ގޮތަށް އިނީ އިސްތަށިގަނޑަށް ވާންކޮށްލައިގެނެވެ.

” ކަލޭ ތިއުޅެނީ އިސްތަށިކޮޅު އުފުރާލަންތަ؟ ދައްކާ މަ ވެސް ތިކަންތަށް ކޮށްދީފާނަން.. ” ޖެއްސުމުގެ ރާނގަކަށް އާހިލް ބުންޏެވެ.

” ކަލޭ ދުވަހަކުވެސް ސީރިއަސް ނުވައްޗެ.. މަށަކަށް ނޭނގެ ކާކު ކަމެއްވެސް މަ ކަލޭމެން ދިން ފޭކް އެއްޗެހި އެމީހުނާއެކީ ބޭނުން ކުރާތަން ވީޑިއޯ ކޮށްފަ އޭނައަށް ފޮނުވާފި.. މަށާ ބްރޭކްއަޕްވެސް ވެއްޖެ އޭނަ.. ” ރާކިން ހާސްކަމާއެކު ރާކިން ބުންޏެވެ. މިހުރިހާ ދުވަހު ކުރި މަސައްކަތް ފެނަށް ވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި އުފެދުނެވެ. އެހެން ވެއްޖެ ނަމަ އޭނާގެ ގޭންގް މީހުން އޭނަ މަރާލަންވެސް ފަހެއް ނުޖެހޭނެއެވެ.

ރާކިންއަކީ ޕޮލިހުންގެ ފަރާތުން މަސްތުވާތަކެތި ގަނެ ވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާ މީހުންނާއި، އެކަމުގެ އަޑީގައި ތިބޭ މީހުން ދެނެގަނެ، އެމީހުން ޖަލުގެ ތޭރިތަކުގެ އެތެރެއަށްލުމަށްޓަކައި ހިންގާ އޮޕަރޭޝަންގައި ބައިވެރިވި އަންޑާކަވާއެއްގެ ގޮތަށް މަސައްކަތް ކުރާ ޒުވާނެކެވެ. އައިނާއާ ރާކިން ގުޅުނީ އައިނާ އެފަދަ ބައެއްގެ ޓާރގެޓްއަށް ވެފައިވުމުން، ފުލުހެއްގެ ހައިސިއްޔަތުން އޭނައަށް ރައްކާތެރިކަންދޭށެވެ. ނަމަވެސް މިހާރު ރާކިންގެ ހިތުގައި ވަނީ އައިނާއާ މެދު އިހްސާސްތަކެއް އުފެދެން ފަށާފައެވެ.

” އެކަމަކު ކާކު؟؟ އެމީހުނަށް ޝައްކުވީތަ އަނެއްކާ؟؟؟ ” އާހިލް ހާސްވެފައި އަހައިލިއެވެ. އޭނާގެ އަތުން ހީބިހި ނަގައިގެންދިޔައެވެ. އެހެން ވެއްޖެ ނަމަ ރާކިންއަށް ވަރަށް ނުރައްކާ ވާނެއެވެ.

” ނޫން މަށަށް ޔަގީން ގޭންގް މީހުންނަށް ނުވާނެކަން.. އެކަމަކު މިދުވަސްކޮޅު މަށަށް ވަރަށް ހީވޭ މީހަކު ފާރަލާހެން.. ” ރާކިން އެހެން ބުނުމާއެކު އާހިލް އޭނައާއި ދިމާލަށް ފުންމާގަތެވެ. އަދި އަތުން ރާކިންގެ އިސްތަށިގަނޑަށް ދަމައިގަތެވެ.

” ގެނޭ ކަލޭގެ ބޮލުގަ އެންމެ އިސްތަށްޓެއްވެސް ނުބަހައްޓާނަން.. އެމީހުން ކަލޭ މެރުމުގެ ކުރިން މަ ކަލޭ މަރާލާފާނަން.. ތީ ގަމާރެއްތަ އަޅެފަހެ ރާކިން.. މަށަށް ހީވަނީ އިޔާޒް ސާރއަށް ކަލޭ މިޝަންއަށް ނެނގުން އެއީ ހެދުނު ގޯހެއް ކަންނޭގެ.. ނޭނގޭތަ މިހާ ބޮޑު ކަމެއްގެ ތެރޭގައި އުޅޭއިރު ތިކަހަލަ ކަމަކަށް ކުޑަކޮށް ޝައްކުވެލިޔަސް ބުނަންޖެހޭނެކަން އޭ؟؟؟ މަ މި ހުންނަނީ ކަލޭތީ އަދި އަހަރުންގެ ތެރެއިން އެންމެ ވިސްނޭ މީހަކަމަށް ހިތާ.. އެކަމަކު އެހެނެއް ނުވިއެއްނުން.. ” އާހިލް ހަޅޭއްލަވަން ފެށިއެވެ.

ރާކިން އޭރު ދިޔައީ އާހިލްގެ އަތް ނައްޓަން މަސައްކަތްކުރަމުން ތަދުވެޔޭ ގޮވަމުންނެވެ. އާހިލް އަތުން ރާކިންއަށް ސަލާމަތްވެވުނު އިރު އޭނާގެ ގައިގައި މީހަކު ހީވަނީ މީހަކު ކަރަންޓު ޖައްސާފައިވާހެންނެވެ. ރާކިންގެ އިސްތަށިކޮޅު ވަނީ އާހިލް ދެމުމުގެ ސަބަބުން ކޮޅަށް ޖެހިފައެވެ. އޭރު ދެމީހުންވެސް ތިބީ މާނޭވާލެވިފައެވެ. އެކަކު އަނެކަކާ ދިމާލަށް ލޯއަޅައިގެން ތިބިއިރު ހީވަނީ އެކަކުއަނެކަކުގެ ނަޒަރުން ފިއްސާލަން އުޅޭހެންނެވެ. އެވަގުތު އާހިލްއަށް މީހަކު ގުޅިއެވެ. ފޯނު ހިފައިގެން ރާކިންއަށް ލޯއަޅާލައިގެން ހުރެ އާހިލް އެތަނުން ނިކުތުނެވެ. ރާކިން އަނެއްކައިވެސް އައިނާއާ ގުޅަން މަސައްކަތް ކުރިއެވެ. އޭރު އައިނާ ރާކިން ބްލޮކް ކޮށްލާފިއެވެ. އެއާއެކު ރާކިން އަމިއްލަ ނިތްކުރީގައި ޖަހާލިއެވެ.

” އިނާ ޕްލީޒް.. އައި ލަވް ޔޫ.. ” ވައި އަޑެއްގެ ސިފައިގައި ރާކިންގެ އަޑު ނުކުތެވެ.

އެރޭގެ ވަގުތެވެ. އައިނާ އާއި މައިރީން ހުރީ ރީމާއަށް ގޮވައިލަން ގޮސް ހޮސްޕިޓަލުގައެވެ. ރީމާގެ ހާލަތު ދިޔައީ ދުވަހަކުން ދުވަހެއް ދަށްވަމުންނެވެ. ބައެއް ދުވަސްދުވަހު ރަނގަޅުވި ނަމަވެސް އަނެއްބައި ދުވަސް ދުވަހު ހަށިގަނޑުގައި އެއްވެސް ވަރަކަށް ހަކަތައެއް ނުހުރެއެވެ. ރީމާ މިހާރު އޭނާގެ ބަލި ހާލަތާ މެދު ޝަކުވާކޮށެއް ނުހަދައެވެ. އެކުވެރިންނާއި އާއިލާ މީހުން ގާތުގައި ތިބިއިރު އޭނަ ޝަކުވާ ކުރަންވީ ކޮންކަމަކާ ހެއްޔެވެ؟

މައިރީން ބޭރަށް ނިކުތީ ޔާދިން އައުމުން، އޭނައާ އެކީ ދިޔުމަށް ރީމާ ކިޔަން ފެށީމައެވެ. މައިރީން ޔާދިން އާއިއެކީ ދިޔުމުން، އައިނާ ރީމާއަށް ރާކިންގެ ވާހަކަ ކިޔައިދިނެވެ. ރީމާގެ ހިތުގައި އައިނާއަށް ހަމްދަރުދީ އުފެދުންއިރު ރާކިންއާ މެދު ނުރުހުންވެވުނެވެ.

އުޑުމެދުގައި ރަސްކަންކުރަމުންދާ ސާދަވިލޭރޭގެ ހަނދު ފެންނަމުން ދިޔައީ އަލިގަދަކޮށްށެވެ. އެ އަލިން ކައިރީގައިވާ ތަރިތަކުގެ އަލި ވަނީ ފަޑުވެފައެވެ. ޔާދިން ދިޔައީ ސައިކަލު ކުއްލި ކުއްލިއަށް ބާރު ކުރަމުންނެވެ. ޔާދިން ސައިކަލު މަޑުކުރާ ވަގުތު މައިރީން ދިޔައީ ޔާދިންގެ ބުރަކަށީގައި ޖެހެމުންނެވެ. އެއިން ކޮންމެ ފަހަރަކު މައިރީން ޔާދިންގެ ނަމަށް ދަމާލަމުން ގޮވާލައެވެ. އެއާއެކު ޔާދިންގެ ލާނެއް ހުނުމުގެ އަޑުއިވިގެން ދެއެވެ. ސައިކަލު ދައްވަނިކޮށް ޔާދިންގެ ފޯނު ރިންގްވިއެވެ. ސައިކަލު މަގުގެ އެއްފަރާތުގައި ޕާކް ކޮށްލުމަށްފަހު ޔާދިން ފޯނަށް ޖަވާބުދިނެވެ.

” ޕިސް މިސޮރަށްވެސް އިނގުނީ މި ގަޑީތަ ގުޅަން ” ޔާދިން ފޯނު ނަގަމުން ކުދިކިޔާލިއެވެ. ނާއިން ގުޅީ ނާއިންގެ ލެޕްޓޮޕް ޔާދިންގެ އަތުގައި ވުމުން އެގަޑީ ބޭނުންވެގެންނެވެ. ނާއިން ކުރުނުކުރުމުން ޔާދިންއަށް ޖެހުނީ ގެއަށް ދާށެވެ. މައިރީން ގޮވައިގެން ގެއަށް ދިޔައިރު ނާއިން ހުރީ ދޮރުމަތީގައެވެ.

” މީ ދޯ ކަލޭ ބިޒީ ވެގެން ކުރާ ކަމަކީ؟؟ ” ނާއިން ދިމާ ކުރާ ރާނގަކަށް އަހައިލިއެވެ. ޔާދިން އަނގައަށް ގޮތެއް ހަދާލަމުން އެތެރެއަށްވަނެވެ. ނާއިން އޭނާގެ ލެޕްޓޮޕް ހިފައިގެން އައިސް ޔާދިން ގާތު އެއަށް ސޮފްޓްވެއާއެއް އަޅައިދިނުމަށް އެދުނެވެ. ނާއިން ކައިރިން ސަލާމަތް ވެވޭނީ އޭނަ ބުނާ ގޮތް ހަދާގެންކަން ޔާދިންއަށް އެނގެއެވެ. އެހެންކަމުން އަވަހަށް އެ އެޅޭތޯ އުޅުނެވެ. ނާއިން ސަކަރާތް ޖެހުމުގެ ގޮތުން މައިރީންގެ އަތުގައި ހިފައިގެން ގޮސް ޔާދިންގެ ކޮޓަރިއަށް ވެއްދިއެވެ. ” މައި ޖެހޭނެއެއްނުން ވާން އުޅޭ ފިޔުޗާރ ހަޒްގެ ރޫމް ބަލައިލަން.. ” ނާއިން ހެމުން އެހެން ބުނުމަށް ފަހު ބޭރުން ކޮޓަރި ތަޅުލިއެވެ.

” ޔާދުއަށް އެކަންތައް އަވަހަށް ވާނީ މައި ހޮސްޓޭޖް ކޮށްގެން.. މައި ފޫހިވަންޏާ ތިތަން ހާވާލާ ކުޑަކޮށް.. ” ނާއިން ޔާދިންއާ ޖެހިގެން އިށީނަމުން ބުނެލިއެވެ. ޔާދިން ދާން އުޅުމުންވެސް އޭނަ ޔާދިންގެ ގައިގައި ހިފެއްޓީއެވެ. މާ ގިނަ އިރުވާން ފެށުމުން މައިރީން ކޮޓަރި ތެރޭ ހިނގަން ފެށިއެވެ. ކަނޑުނޫކުލަ ފާރުތަކުގައި ލާފައިވާއިރު ސިންގަލް އެނދަކާއި ޑްރެސިންޓޭބަލްއެއް ހުއްޓެވެ. އެންދުގެ ވާތްފަރާތުގައި ކުޑަ އަލަމާރިއެއްވެސް ހުއްޓެވެ. މައިރީން ޑްރެސިން ޓޭބަލް ކައިރިއަށްގޮސް ތަރުތީބުން އަތުރާފައުވާ ރީތިވާން ބޭނުން ކުރާ އެއްޗިއްސަށް ބަލައިލިއެވެ. އެވަގުތު ކުޑަކޮށް ހުޅުވިފައިވާ ކަބަޑަކަށް މައިރީންގެ ނަޒަރު ހުއްޓުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. ސްލީޕިން ބިއުޓީ

    Alhey noon mai e Bai nubalahcheyy plxx yaadhu shrubs avatar room ah plxx
    Butterflyyyyy thihen nahadhaaa
    Curiously waiting
    When is the next part
    Lysm dear butterflyyyyy🤗🤗

  2. LIM🖤

    Vvv reethi Dhn kihineii baa vaanii when is next.???

  3. GIRL VEMPIRE

    Maasha Allah mi part vx varah reethi…
    Oh dhn beynumy aina aa raakin hama gulhuvan…
    Mireen ah e ulheny yaadhin ge card fennan dhw…
    next part konirakun?? Can’t wait 😊

    1. Butterflyyyyy
      GIRL VEMPIRE

      Thank youuu GIRL VAMPIRE.. Vrh happy vejje dear ah mi part reethi v kan enguneema🤗 let’s see Aina aa Raakin gulheythw dhw.. And Mai ah yaadhu ge card fennanya next part ga ingeyne…
      Next part gennaane dhuvaheh is up to u and other readers… I can submit it tonight or tomorrow nyt.. Tell me when do u want it..
      Lyssm dear
      💜🦋

  4. RIFSHA

    Hi butterfly 🦋
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    Love you 😘

  5. Butterflyyyyy

    Salaam readers here is the 25th part of this story.. Let me know what you think about it in the comment section.. And also I apologize Sunday ga story up nuvima.. To make up for it I’m giving you guys the opportunity of choosing the day to submit the 26th part of the story.. Tonight or tomorrow night?? Let me know☺
    Love you all❤❤
    💜🦋

  6. GIRL VEMPIRE

    Tonight

    1. Butterflyyyyy
      GIRL VEMPIRE

      Tonight it is☺

  7. ސްލީޕިން ބިއުޓީ

    Tonight

  8. RIFSHA

    Tonight for sure 😊
    Ey vempire girluu
    Ma buny on vebala

    1. Butterflyyyyy
      RIFSHA

      So tonight it is☺

  9. Butterflyyyyy

    Replying for the pending comment @LIM🖤
    Thank you so much LIM vrh happy vejje mi part reethi v kan enguneyma.. Lets see dhw dhen vaa goi.. insha allah tonight submit kohlaanannext part..
    Lyssm dear
    💜🦋

  10. Rishhh

    Heyyy rifoo
    Kihineh esfiya in on vaany???

  11. Butterflyyyyy

    Replying for the pending comment @ސްލީޕިން ބިޔުޓީ
    Ahahaha lets see dhw mai ebai balaa thw noony nubalaa thw next part ga..
    Lets see whats gonna happen next dhw..
    Alheyy Buterfly kuraa kemeh nooney meeky yaadhu men ulhey gothehnun eii😭
    Next part mihaaru submit kohlan miulheney..
    Love you more dear sleeping beauty♥
    💜🦋

  12. Butterflyyyyy

    Replying fir the pending comment @RIFSHA
    Heyy Rifoo
    Next part mihaaru submit kohlan miulheney… admin in approve dhineyma ehnun dhen kiyaalan libeyny dhw??
    Keep waiting dear..
    Love you moree
    💜🦋

  13. Nayaa

    Heyyy maash darling
    Sorry ingeyy cmnt nukureveythy.. ingeynu miduvaskolhu nayaa mi ulhey haalu😭😭
    Anyways masha allah vrh vrh vrh reethi mi vhk darl.. hurihaa eps eh ves kiyan ingey hama.. the raakin plot twist was sooo unexpected hehe.. and is Maireen going to find out the truth?? I mean she deserves to know dhw.. yaadhin can’t hind such a thing from her…
    Can’t waittt for the roller-coaster of emotions this story is gonna take me on hehehe.. best of luck for the next episodes!!
    Lysm 💌

  14. Butterflyyyyy

    Heyyy Nayaa darlinggg
    How are you doing?? No need to be sorry dear.. I know midhuvaskolhu naaya busy vaane varu..
    Awwn thank you so much.. Vrh happy vejje naaya ah mi story reethikan enguneema nd hurihaa eps eh kiyaakan enguneemavx😊.. Raakin dheke haadha hate eh kuriyey kudhin.. But in the end he was a good guy ey dhww😭😭.. Let’s see if maireens gonna find out the truth or not dhw.. Yes I absolutely agree with you.. She deserves to know it..
    Thank you again for your support dear.. Means a lot to me.. And good luck with your studies ❤
    Love you moree
    💜🦋

Comments are closed.