މައިރީންގެ ހާލަތު އައިނާއަށް އިހްސާސް ވިފަދައެވެ. ” ސޯ ތިމީހުން އައިނާމެނަށް އިންވައިޓް ކުރީ މައި ދެރަކުރަން ތަ؟؟ ” މައިރީން އައިނާގެ އަތުގައި ހިފާލުމަށް ފަހު ދެފަރާތައް ބޯ ހޫރުވާލީ ތި ވާހަކަ ކުރިއަށް ނުގެންދާށޭ ބުނާފަދައަކުންނެވެ. ” ޕްލީޒް މިތަނަށް ތިއެންމެން ކައިރީގަ އަންނަން ބުނީ އެކަކު އަނެކަކަށް ބުލީ ކުރާކަށެއް ނޫނޭ.. ދެން ނޭނގެ އެންމެން ދިމާވާނީ ކޮންއިރަކުން ކަމެއްވެސް.. އެކި މީހުން އެކި ތަނަށް ދާނީ.. ސޯ ޕްލީޒް ޝިޔާ އެންޑް […]
***އެއް ދުވަސްފަސް*** ފަތިހުގެ ހިތްގައިމު ވަގުތެވެ. މައިރީން ފަތިސް ނަމާދުކޮށްލާގެން އުޅުނީ މަންމައަށް ސައިހަދާދިނުމަށް އެހީވާށެވެ. މައިރީން ހުރީ ކިޔެވުން ނިމުނީތީ މަންމަމެން ފޯނެއް ދޭނެ ކަމުގެ އުންމީދުގައެވެ. އަދި މިއަދު ހަވީރު ކުލާސް ކުދިން ބާއްވާ އެއްވުމަށް ދާންބޭނުން ވެފައެވެ. ” މަންމާ އޯކޭތަ ދޮންތި މިއަދު ހަވީރު ކުލާސް ކުދިންނާއެކު ގެޓްޓުގެދާރއަށް ދިޔަޔަސް.. ” މައިރީން މައިންބަފައިންނާއި ކުޑައިރުއްސުރެވެސް މުހާތަބުކުރުމަށް އާދަވެފައި ހުންނަނީ، އޭނާގެ އަމިއްލަ ނަފްސަށް ދޮންތި ކިޔާގެންނެވެ. މައިރީން އެހެން […]
އަޅި ކުލަ އާއި ކަޅު ކުލައިން ޒީނަތް ކުރެވިފައިވާ އިސްކޫލުގެ ސްޓޭޖް މަތިން ފެނިގެން ދަނީ 2023 އަހަރު ކިޔެވުން ނިމި މުޖުތަމައުއަށް ނިކުމެގެން ދާނެ ކުރި އޮތް ޖީލުގެ ކުދިބައެވެ. އެކި ކުދިންގެ މޫނު މަތިން ފެނިގެން ދަނީ އެކިކުލައެވެ. ބައެއްކުދިންގެ މޫނުމަތިން އުފާވެރިކަން ފެންނައިރު އަނެއްބައި ކުދިންގެ މޫނުމަތިން ފެންނަނީ ހިތާމައެވެ. ވާނީވެސް އެހެނެއްނުން ހެއްޔެވެ. 10 އަހަރު އެއްކޮށް އުޅެފައި ވަކިވާން ޖެހުމުން އުދަގޫވާނެ އެއްނުން ހެއްޔެވެ. ނަމަވެސް މައިރީންގެ މޫނު މަތިން […]