ކުއްލިއަކަށް ދޮރު ހުޅުވުމުން އެކުއްޖާ ސިއްސައިގެންދިޔައެވެ. އަވަސް ހަރަކާތާއިއެކު އެކުއްޖާ އެނދުގެ ކަނަށް ވަދެ ހަށިގަނޑާއި ދެ ފައި ކައިރިކޮށްލީ އަންނަން އުޅޭ ނުރައްކަލަކުން އޭނާގެ ހަށިގަނޑު ސަލާމަތް ކުރަންހެން ހީވެއެވެ. *** ޕާޓް 6 *** އެނދުގެ ކަނަށް ވަދެ ފިލައި އިން އަންހެންކުއްޖާ ފެނި ވަދީހު އެއްމިޔަކަނުން ނުލަފާ ގޮތަކަށް ހީލިއެވެ. ” ހާދަ ބިރުން.. އަހަރެން ދެކެތަ؟ ” ބިރުވެރި ގޮތަކަށް ވަދީހު އަހައިލިއެވެ. އެކުއްޖާ އެއްޗެކޭ ބުނުމެއްނެތި އިސްޖަހައިގެންއިނެވެ. ” އެނގޭތަ […]
ދާރިއަން ބޯޖަހައިލުމަށްފަހު ހިނގައިގަތެވެ. ދާލިޔާ ދާރިއަންއާއިއެކު ދާން އުޅުމުން އުކައިލް ގޮވައިލިއެވެ. އުކައިލްއާއި ފުރަގަސްދީގެން ހުރި ދާލިޔާ މޫނު ކުނިކޮށްލިއެވެ. ” ވާޓް؟ ” ފޫހި ރާގަކަށް ދަމާލަމުން ދާލިޔާ އަހައިލިއެވެ. އޭނަ ހުރީ އެއްގޮތަކަށްވެސް އުކައިލްއާއި ވާހަކަ ދައްކާ މޫޑެއްގައެއްނޫނެވެ. ” ސްޕައިޓެކް އަދި ބަޓަން ކެމެރާތައް ސެޓް ކުރަން ދާލިޔާ ބޭނުންވާ ވާހަކަ ބުނީމެއްނުން.. ” އުކައިލް ދާލިޔާއަށް ބަލައިލަމުން ބުންޏެވެ. ” އާރްރްގްގްގް.. މި ޑެވިލްގަނޑަށް މަގޭ ބޭނުން ޖެހޭނީ ކޮންމެވެސް ޓެކް […]
” ޔެސް އަހަރެން ވަންނާނަން އަންޑަރކަވާއެއްގެ ގޮތުގަ އެ ގޭންގަށް.. ” ދާރިއަންގެ ޖުމުލައިން ދާލިޔާގެ ކަންފަތް ކައިރީ ބޮމެއް ގޮވައިލި ފަދައެވެ. ” ވަޓް ދޮންބެ މޮޔަވީތަ؟ ” ދާލިޔާގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. *** ޕާޓް 4*** ” ލިޔާ ނޮޓް ނައު.. ” ދާރިއަން ދާލިޔާއަށް ބަލައިލަމުން ބުންޏެވެ. ދާލިޔާ ދާރިއަންއަށާއި އުކައިލްއަށް ބަލައިލުމަށްފަހު ހިތްހަމަނުޖެހި ހުރެ އެތަނުން ދާން ހިނގައިގަތެވެ. ދާރިއަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ” އާރ ޔޫ ޝުއާރ؟ […]
ގުޑް އައިޑިޔާ ދާލިޔާ.. އައިލް ގޯ ޗެކް އޮން އިޔާދު އެންޑް ޒާލިކް.. ދާރިއަން އަހަރެންނަށް ޖަވާބެއް މިރޭގެ ކުރިން ދިނިއްޔާ ވަރަށް ރަނގަޅު.. ” އުކައިލް ދާލިޔާއަށާއި ދާރިއަންއަށް ބުނުމަށްފަހު ހިނގައިގަތެވެ. ***ޕާޓް 3*** ހިޔާލެއްގައި ހުރެގެން ހިނގަމުންދިޔަ އުކައިލްއަށް ދެވުނީ އޭނާގެ މަންމަ ވަޅުލާފައި އޮތް ގަބުރުސްތާނަށްށެވެ. ފުންނޭވާއެއްލުމަށްފަހު މަންމަގެ މަހާނައަށް އޭނަ ބަލައިލީ އެ މަންމަގެ ލޮބުވެތި ހަނދާންތައް އައު ކުރަމުންނެވެ. ހިޔާލުތަކުގެ ކަނޑަށް ގެބެމުންދިޔަ އުކައިލްއަށް ސިހުމެއް ލިބުނީ އޭނާގެ ކޮނޑުގައި […]
” މަންމާ އެވެ! އަހަރެން ދޫކޮށްލާފައި ތި ދިޔައީ ހާދަ ދުރަކަށްށެވެ! އަހަރެން އެކަނި މި ބޮޑު ދުނިޔޭގައި އުޅޭނީ ކިހިނެތް ހެއްޔެވެ؟ ދުވަހަކުވެސް ތި ލޯބި ފިރުމުންތަކުން ވަކިވާކަށެއް ބޭނުމެއް ނޫނެވެ! އަހަރެން މަންމަ އާއި ނުލައި އުޅޭނީ ކިހިނެތް ހެއްޔެވެ؟ މީ ހުސްވެސް އަހަރެންގެ ކުށެވެ. އަހަރެން އެ ގޭންގަށް ނުވަދުން ނަމައެވެ.. އަހަރެން މަސްތުވާތަކެތި ބޭނުން ނުކުރި ނަމައެވެ.. އަހަރެން އެ ކަރުދާސްކޮޅު ސާރއަށް ދެއްކުން ނަމަ.. މަންމަ މިއަދު ދުނިޔޭގައި ހުރިކަން […]
މެންދަމުގެ ހަމަހިމޭން ވަގުތެވެ. އުކައިލް ހުރީ ގެގޭ ޓެރަސް މަތީގައެވެ. އޭނާގެ ލޮލުގައި ދިޔައީ ކަރުނައިގެ މުތީތައް ބަބުޅަމުންނެވެ. އަށްވަނަ ފަންގިފިލާގައި ހުރެ ތިރިއަށް ބަލައިލިއެވެ. ޓެރަހުގައި ޖަހާފައި ހުރި ރައިލިންގައި އަތް އަޅުވައިލުމަށްފަހު ލޯމަރައި ބާރުކޮށްލިއެވެ. އެވަގުތު އޭނާގެ ލޯކުރިމަތިން މާޒީގެ ސަފްހާތަށް އެކި ކުލަކުލައިގައި ނިޔުޅެން ފެށިއެވެ. އެއީ މީގެ ހަތް އަހަރު ކުރިއެވެ. އުކައިލްއަށް އޭރު ސާދައަހަރެވެ. ގުރޭޑް 8 ގައި ކިޔަވަމުންދާ އުކައިލްއަކީ ހިތްއަލި ވިސްނުންތޫނު ކުއްޖެކެވެ. މިހެންވުމުން އުކައިލްއަކީ އޭނާގެ […]
މިހެންކަމުން އެއްދުވަހަކު އަހަރެންގެ ދޮންބެ އަހަރެން ގާތަށް އައިސް މާފަށް އެދުނެވެ. ދޮންބެ ދައްތަވެސް އައެވެ. އެކަމުގައި އެމީހުންގެ ކުށެއް ނެތްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ބޯހަރު ކަމުންނާއި ފިރެހެނުން ދެކެ ވެފައި ހުރި ފޫހިން އަހަރެންނަށް އެކަންތަށް އެޅުވުނީ އެންމެ ލޯބިވާ ދޮންބެގެ ބޮލުގައެވެ. ދޮންބެމެން އަހަރެންގެ ގާތު އެދުވަހުވީ ކަންތަކުގެ ބަދަލަށް ކޮންމެ ކަމެއްވެސް ކޮށްދޭނަން ކަމުގައި ބުންޏެވެ. އެއަޑު އިވި އަހަރެންގެ ބޮލަށް ޝައިތާނާ ސަވާރުވިފަދައެވެ. އަހރެން ބޭނުންވީ އެ ޓެކްސީ ދުއްވި […]
ނޯޓް : މި ވާހަކައަކީ ހަޤީޤީ ހާދިސާއަށް ބިނާކޮށް ބަދަލުތަކާއި އެކު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ވިއްސާރަ ދުވަހެއްކަމުން މަގުމަތި އެއްކޮށްވަނީ ފެންބޮނޑުވެފައެވެ. ހީކަރުވާ ފަދަ ފިނިވަޔެއް ޖެހެމުންދިޔައެވެ. ގަސްތައް ހީވަނީ ދެންމެ ދެންމެއަކު ވިއްސާލަފާނެ ހެންނެވެ. މަގުމަތިން މަދުމަދުން ކާރާއި ސައިކަލުތައް ފެންނަމުން ދިޔައެވެ. އުޑުމަތިވަނީ ކަޅުކަންގަދަ ބޯ ވިލާ ތަކުން ބައްދާލާފައެވެ. އެ ކަޅުކަންގަދަ ވިލާތަކުގެ ހައްޔަރުގައިވާ ވާރޭގެ ކަނިތައް ބިމަށް ދެންމެ ދެންމެއަކުން ހަމަލާދޭން ފަށާފާނެހެން ހީވެއެވެ. ވައިރޯޅިތަކުން އަންނަން އުޅޭ […]
ބީވެދާކަށް ނޭދެން ހުވާގެ ލިޔުންތެރިޔާ ކަމުގައިވާ ޝިހާމާ އަލީގެ އެދުމުގެމަތިން އަޅުގަނޑު، މި ވާހަކަ ކިޔާ ކިޔުންތެރިން ގާތު ބުނެލަން އޮތީ، ވާހަކަ ލަސްވެގެން ދަނީ ޝިހާމާގެ ލެޕްޓޮޕް ނެތުމުގެ ސަބަބުންނެވެ. މިކަމަށްޓަކައި ޝިހާމާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެއެވެ. އަދި ލެޕްޓޮޕް ލިބުންހައި އަވަހަކަށް ވާހަކަ އަޕްލޯޑް ކުރާނެ ވާހަކަ ބުންޏެވެ.