އޭ.ޒެޑް ސްޓާރލައިޓް ރެސްޓޯރަންޓްގެ ބަގީއެއް އެކުދިންގެ އިންތިޒާރުގައި އޮތެވެ. ތިން ކުދިން ބަގީއަށްއެރުމުން ބަގީ އޭގެ މަންޒިލަށް ދަތުރުފެށިއެވެ. **** ނުލާއި ހުދުން ޒީނަތަތެރި ކުރެވިފައިވާ ޕާޓީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ސާދަ ވިލޭރޭގެ ފުރިހަމަ ހަނދާއި، އެ ހަނދު ކައިރީ ފިޔަޖަހަމުންދާ ކުދިކުދި އަލިގަދަ ތަރިތަކުންނެވެ. ވިލާރޮއްޖެއްނުވާ އުޑުމަތިން ހަނދާއި އޭގެ އެކުވެރިން ފެނިގެން ދަނީ ނުލާހިކު ނަލަކޮށެވެ. ނޫކުލައިގެ ފެއާރީލައިޓްސްތަކުން ރެސްޓޯރެންޓް ޓެރަހުގެ ތަބުތައް ޒީނަތްތެރި ކުރެވިފައިވީއިރު މޭޒުތައްވަނީ އެކި ވައްތަރުތަކުގެ ކެއުންތަކުންނާއި […]
” މިފޮނުވާ ލިންކު ބަލާބަ.. ” އާހިލް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ސިކުންތަކަށްފަހު މަޔާންގެ ފޯނަށް އެބުނާ ލިންކުއައެވެ. ވަގުތު ބޭކާރު ކުރުމެއްނެތި މަޔާން އޭގައި އޮތް އެއްޗެއް ބެލުމަށްޓަކައި ލިންކަށް ވަނެވެ. މަޔާންއަށް އޭގައިވާ ތަކެތިފެނި ހީވީ މީހަކު އޭނާގެ މޫނުގައި ޖެހިހެންނެވެ. އެ އެއްޗެހި ބަލަމުންދިޔަ ވަރަކަށް އޭނަގެ ރުޅިގަނޑު ދިޔައީ ގަދަ ވަމުންނެވެ. މަޔާން ބާރަށް ހިނގައިފައި ގޮސް މައިރީންގެ ދޮރުގައި ޓަކިޖަހަންފެށިއެވެ. **** މައިރީން ދޮރު ހުޅުވާލުމާއިއެކު މަޔާން ކޮޓަރިތެރެއަށް […]
ފިހާރަ ހުޅުވާފައި ހުރިކަމަށް ރަމްޒުކޮށްދޭ ބޯޑު އެޅުވުމަށްފަހު، މައިރީންގޮސް އޭނާ އިށީނަން ހަމަޖެހިފައިވާ ފުރޮޅުލީ ގޮޑީގައި އިށީނެވެ. އެވަގުތު މައިރީންއަށް ޗާޖަށްޖަހާފައިވާ ކަރީމްގެ ފޯނުން ދައްކަމުން ދިޔަ ވީޑިއޯ ފެނި މައިރީންގެ ދޮންމޫނު މައްޗަށް ކުޑަ ހިނދުކޮޅެއް ތެރޭ އަލިފާނުގެ ރަތްކަން ވެރިވެގަތެވެ. *** މައިރީން ފޯނަށް ނުބަލަން މޫނު އަބުރާލިއެވެ. ވާނީވެސް އެހެނުން ހެއްޔެވެ؟ ފޯނުން އެދައްކަނީ މުސްލިމަކަށްވެހުރެ ބަލަން ލަދުވެތި ވާނެ ފަދަ މަންޒަރު ތަކެކެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު މައިރީންގެ އަތް […]
ފުރުސަތަކަށް ބަލަބަލާހުރި މީހާ ހުށިޔާރު ކަމާއިއެކު މައިރީންގެ އަނގައާއި ނޭފަތްނިވާވާ ފަދައިން ފޮތިގަނޑު ޖައްސާ ބާރުކޮށްލިއެވެ. މައިރީންއަށް އޭގެ ވަސްޖެހުމާއެކު ބޮލަށް އެނބުރުންއެރިއެވެ. މަޑުމަޑުން އޭނާގެ ލޯމެރިގެން ދިޔަ ހިނދު އެމީހަ އޭނަ ކޮންމެވެސް ދުއްވާ އެއްޗަކަށް އެރުވިކަން އެނގުނެވެ… **** މައިރީންއަށް ދެލޯ ހުޅުވާލެވުނީ ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާހެން ހީވެގެންނެވެ. މައިރީންއަށް ދެލޯހުޅުވާލުމަށްފަހު ވަށާގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ސިމެންތި ގައުތަކާއި ލަކުނޑިތައްފެނުމުން އެއީ ހަދަން ފަށާފައިވާ ތަނެއްކަން މައިރީންގެ ވިސްނުންތޫނު ސިކުނޑިއަށް […]
” ދެން މަންމަމެންގެ ފޭވް އައީމަ މިގޭގަ އުޅޭ ކުޑަ ބޭބީގެ މަތިން ހަދާންނެތުނީތަ..؟ މިހާރުވެސް އެހުރީ ރޮވެންވެފައި..” ނާއިން ސަމާސާ ރާގަކަށް ބުނެލިއެވެ. މައިރީން ގާތަށް އައި ރުޅި ސޯފައިގައި އޮތް ކުޝަން ނާއިންއާއި ދިމާލަށް އެއްލާލަމުން ކޮޓަރިއަށްވަނެވެ. **** ނާއިން މަޔާންއާއި ދިމާލަށް ބަލާލުމަށްފަހު ލޮލުން މައިރީން ދިޔަ ދިމާލަށް އިޝާރާތްކޮށްލިއެވެ. ” މަންމާ.. އަޅުގަނޑު އެބަ އަންނަން މައިއަށް ގެނާ ހަދިޔާ ދީފަ.. ” މަޔާން ސޯފާގައި ހުރި ކޮތަޅެއް ހިފައިގެން މައިރީންގެ […]
” މައި ދޮންބެ ކައިރީ ބުނަންވީނުން.. އެއީ ޕޮލިހެއްނުން؟ މަޔާންއަށް އެނގޭނެ ކަންތައްކުރަންވީގޮތް!..” އައިނާ އެހެން ބުނުމުން މައިރީން ދެލޯ ބޮޑު ކޮށްލާފައި އައިނާއަށް ބަލާލިއެވެ. ***** އެހިތުގައި އެވަގުތު އައިނާއާއި މެދުގައި ޝަކުވާ އުފެދުނެވެ. ” ތިހެން ބުނި އިރު އައިއަށް ރަގަނޅަށް އެނގޭނެ މައި އޭނަ އާއި ވާހަކަ ނުދައްކާކަން..” މައިރީންގެ އަޑުން މައިރީން ހުރީ ވަރަށް ބޮޑަށް ދެރަވެފައިކަން އެނގެއެވެ. މައިރީން މަޔާންދެކެ ރުޅި އަންނަނީ ކީއްވެކަން އެއިން އެއްވެސް ކުއްޖަކަށް ނޭނގެއެވެ. […]
” އައިމެން މައި ދައްކާ ވާހަކަ ގަބޫލުކުރާނެ ކަމާމެދު ޝައްކު ކުރަނީތަ ؟.. ” އައިނާ މައިރީން ގާތު އަހައިލިއެވެ. އެވަގުތު ލައިގެން ހުރި ހޫޑީގެ އަތުކުރިއާއި ކުޅެން ހުރި މައިރީންގެ ހަރަކާތްތައް މަޑުޖެހުނެވެ. ކުއްލިއަކަށް ރީމާ، މައިރީންގެ ހޫޑީގެ އަތުކުރި މަތިކޮށްލިއެވެ. އައިނާ އަނގަމަތީ އަތްއެޅިއިރު ރީމާ ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މައިރީން، ރީމާ އެހެންހެދުމުން ތެޅިގަނެފައި އަތުކުރި ތިރިކޮށްލާފައި ރީމާމެންނަށް ބަލާލިއެވެ. **** ” ކީއްވެ؟ ” ހިމޭންކަމުގެ ސިކުންތު ކޮޅަކަށްފަހު އައިނާ ވާހަކަ […]
ދޮންތި ހާދައަވަހަކަށް ނިމުނީ ” މާކިން ބުނެލީ ޝަކުވާގެ ރާގަކަށްށެވެ. ” ހަހަހަ މޮޔަޔާ ދޮންތިވެސް އިންޓަވަލްއަށް މި އައީ..” މައިރީން މާކިންގެ ބޯހާވާލަމުން ދުވެފައި އަވަހަށް ގެއިން ނިކުންނަން ދިޔައެވެ. މާކިން ދެން އޭކިޔާފައި މައިރީން އަތުޖެހޭތޯ ސިޑިއާއި ދިމާލަށް ދުއްވާގަތެވެ. *** މައިރީން ފިހާރައިގައި އިންނަ ވަގުތު ހަމަވުމުން، ގެއަށްދާން ތައްޔާރުވިއެވެ. އެވަގުތު މައިރީންގެ އެކުވެރިން ފެނުމުން މަންމަ ގާތުން ހުއްދަ ހޯދައިގެން އެކުދިންނާއެކު ދިޔައެވެ. *** މަޖަލާއި ސަކަރާތުގައި ދުވަސްތައްވޭތުވަމުން ދިޔައެވެ. އައިނާ […]
” ކާކު މިފަހަރު ފެށީ ” ނާއިން މައިރީން އާއި ދިމާލަށް ބަލާލަމުން ބުންޏެވެ. “އެންޑް ދެޓްސް މައި ކިޔު ޓު ރަން… ޕްލެޝާރ ޑޫއިން ބިޒްނެޒް ވިތް ޔޫ” މައިރީން އެހެން ބުނެ ދުއްވާގަތެވެ. އެއާއެކު ނާއިންވެސް މައިރީން ފަހަތުން ދުއްވާގަތެވެ. ” ލައިވް ޓޮމް އެން ޖެރީ ފެށުނީ މި..” ރީމާ ހެމުން ބުންޏެވެ. **** ނާއިންއަކީ މައިރީންގެ އެއްބަފާކުއްޖެކެވެ. އެއްބަފާ ނަމަވެސް ދެކުދިންނަކީ ވަރަށްއެއްކޮށް އުޅޭދެކުދިންނެވެ. ނާއިން މައިރީންއަށްވުރެ ބޮޑުވާނީ އެންމެ އަހަރެކެވެ. […]