Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 24

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 16, 2024 5 Mins Read
29 Comments

އައިނާ ކޮޓަރިއަށްވަދެ ނިދާ ހެދުމަށް ބަދަލުކޮށްލައިގެން އެނދުގައި އޮށޯތެވެ. ނަމަވެސް މިއަދު ދިން އެސައިމެންޓްގެ ހަނދާންވުމުން ފޫހި އަޑެއް އަނގައިން ލައްވާލުމަށްފަހު ލެޕްޓޮޕް ނަގައިގެން އިށީނެވެ. އެސައިމެންޓް ހަދަން އިންދައި އައިނާއަށް ގަޑި ދިޔަ ގޮތެއްވެސް ނޭނގުނެވެ. އައިނާއަށް ފޯނާއި ދިމާލަށް ބަލައިލެވުނީ ފޯނަށް މެސްޖްތަކެއް އަންނަކަމުގެ ނޯޓިފިކޭޝަން އަންނަން ފެށުމުންނެވެ. އައިނާ ފޯނުން ފުރަތަމަ ގަޑި ބަލައިލިއެވެ. އޭރު އެގާރަޖަހަން ދިހަ މިނެޓަށް ވެއްޖެއެވެ. ނުދަންނަ ނަންބަރަކުން ވައިބާރއިން ފޮނުވާފައި ހުރި ވީޑިއޯ ކްލިޕްތަކެއް ފެނުމުން އޭނަ ބަލައިލިއެވެ. އެއާއެކު އައިނާއަށް އަނގަމަތީ އަތްއަޅާލެވުނެވެ.

***ޕާޓް 24***

ވީޑިއޯއިން ފެނިގެން ދަނީ ރާކިންއާއި އިތުރު ދެ ފިރެހެނުން ފަޅުގެއެއް ތެރޭ ފާޑެއްގެ ހުދު ކުލައިގެ ޕެކެޓްތަކެއްގައި އަނގަޔަށް އަޅައި އެ ބޭނުންކުރާތަނެވެ. އޭރު ތަޅުންގަނޑު މަތީ ދިގުކޮށް ހުރި ދެތިން ބިއްލޫރި ފުޅި އެއްލައިލާފައި އޮތެވެ. އެތާ އެކަކުވެސް ހަމަހޭގައި ހުރިހެން ހިއެއް ނުވެއެވެ. އެއަށްފަހު އެމީހަ ފޮނުވައިފައި އޮތް ދެވަނަ ވީޑިއޯކޮޅު އައިނާ ހުޅުވައިލިއެވެ. ކޮޓަރީގައި އެވަގުތު މީހަކު ނެތުމުން އައިނާ އިނީ ހެޑްސެޓް ނުޖަހައެވެ. ފިޒާއާއި ހައިލިޔާވީ ޕާޓީއަކަށް ގޮހެވެ.

” މީތަ މިފަހަރު ލިބުނު އެތި ކޮޅަކީ؟ އަހަރުން އޭޗެހިންނަށް ހާހުން ހަރަދުކުރާއިރުވެސް މިލިބެނީ އެތިފުކެއް!! ”

” އަޖުވަދު ކަލޭ ތި ކޮޕަށް ރަނގަޅު ފިލާވަޅެއް ދޭތި.. ލިހާމު މަގޭ ލޯޔަރު ހަމަޖައްސާ.. އެގޮލާއަށް އަނގަ ހުޅުވިގެން ނުވާނެ ”

ވާހަކަ ދައްކަމުން ދިޔައީ ހަގީގަތުގައިވެސް އޭނަ ހިތާ ފުރާނައިން ލޯބިވާ ރާކިންބާއޭ އައިނާގެ ހިތަށްއެރިއެވެ. ހެއްކާއިއެކީ ފެންނަން އޮތުމުން އޭނައަށް އެކަން ދޮގުކުރެވޭކަށްނެތެވެ. މައިރީންއަށް ކޮޓަރިއަށް ވަދެވުނީ އައިނާ އެ ވީޑިއޯ އަޅުވައިގެން ހުއްޓައެވެ. އެހެންކަމުން އޭނައަށް އޭގައި ދެއްކި ވާހަކަ ރަނގަޅަށް އަޑުއިވުނެވެ. މައިރީންއަށް ބަލައިލެވުނީ އައިނާއާއި ދިމާލަށްށެވެ. ދެލޮލުން ކަރުނަ ފައިބާ ހާލު އައިނާ އިނީ ފެންނަމުން ދިޔަ މަންޒަރުތަކާއި އިވެމުން ދިޔަ އަޑުތައް ބަދަލު ވާނޭ ކަމުގެ އުންމީދުގައެވެ. މައިރީން ފެނުމުން އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އައިނާ ރޯން ފެށުމުން މައިރީން ދުވެފައި އައިސް އައިނާގެ ގައިގައި ބައްދާލިއެވެ.

” މައި.. ރާކިން.. ކިން.. ” އައިނާއަށް ރޮވޭވަރުން ވާހަކަ ދައްކަން އުނދަގޫވިއެވެ. މައިރީން ދިޔައީ އައިނާގެ ބޮލުގައި މަޑުމަޑުން ފިރުމަމުންނެވެ. ” އައި ބީ ޕޮސިޓިވް މި ވެދާނެ ފޭކަކަށް.. ނޭނގެއެއްނުން ކާކު ކަމެއްވެސް ފޮނުވީ.. ހުއްޓާލާ އަވަހަށް މާދަން މައި އަޅެ ފްރެންޑަކަށް ދީގެން މީ ތެދެއްތޯ ބަލާނަން.. ބައެއް މީހުން އުޅޭނެ ދެމީހުން ގުޅިގެން އުޅެންޏާ ހަސަދަ ލައިގެންވެސް.. ވެދާނެ އެކަހަލަ މީހެއް އައިމެން ދުރުކުރަން ހަދާ ގޮތެއް ކަމަށްވެސް.. އެއްޗެއް ފެންނަންވާއިރަށް ނުވާނެ ގަބޫލުކުރާކަށް ތެދު ދޮގު ނުބަލާ.. މިކަހަލަ ކުރިއަރައިފައިވާ ޒަމާނެއްގައި ވީޑިއޯއެއް އެޑިޓް ކުރުމަކީ ބައެއް މީހުނަށް ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެއް.. އައި ރާކިންއަށް އިތުބާރު ކުރަމެއްނުން ދޯ؟؟ ” މައިރީން އައިނާއަށް ވިސްނާދެވޭތޯ ބެލިއެވެ. މައިރީންގެ ވާހަކަތަކާއިމެދު ވިސްނާލުމުން މައިރީން ބުނީ ތެދެއްކަމުގައި އައިނާގެ ސިކުނޑި ބުންޏެވެ. ހަދާފައި ހުންނަ ވީޑިއޯއެއްގައި ފެންނަ އެއްޗެއް ގަބޫލުކޮށްގެން ވަކި ވަނީ ކިތައް މީހުން ހެއްޔެވެ. އައިނާއަކަށް އެހެނެއް ނުވާނެއެވެ. އޭނަ އެޔެއް ގަބޫލެއް ނުކުރާނެއެވެ. އޭނަ ރާކިންއަށް އެއަށްވުރެ ބޮޑަށް އިތުބާރު ކުރެއެވެ. ނަމަވެސް އައިނާއަށް ނޭނގުނީ މިޒަމާނުގައި އަމިއްލަ ހިޔަންޏަށްވެސް އިތުބާރުކުރާކަށް ނުވާނެ ކަމެވެ.

” މިރޭ މައިއަށާ ޔާދިންއަށް ކިހިނެތްވެފަ؟؟ ހޮސްޕިޓަލްއިން އާއިރު ދެމީހުން ހީވީ މަންމަން ވެފަ ތިބިހެން ވިއްޔާ.. ގައިމު މިހާރު ނެތެއްނުން ދެމީހުންގެ މެދުގައި ތެލްސީމިއާގެ ބޮޑު ފާރެއްވެސް ” އައިނާ ހަމައަކަށް އެޅިލުމަށްފަހު ބުނެލީ މައިރީން ކުރިން އެވާހަކަ ބުނާއިރު ދެއަތް ދުރުކޮށްލާހެން ދުރުކޮށްލަމުންނެވެ. އައިނާ ހެދި ގޮތުން މައިރީން ފެށީ ހޭށެވެ.

” އައި ތާރޑް ވީލްއަކަށް ހުރީމަ ލަދުގަނެފާނެ ނެތީ.. ” މައިރީން ހެމުން ބުނެލިއެވެ.

” ހޫމް ދެން ދެކުދިން އެކަނި ގޮސްފަ ކީއްތަކޮށްލީ.. ހަނދު އަނެއްކާ އެބައިންތަ މިރޭ؟؟.. ” އައިނާ ލާނެއް ރާގަކަށް އަހައިލިއެވެ.

” އައިސްކްރީމް ބުއީ.. ދެން ކުޑަކޮށް ވާހަކަ ދައްކާލީ.. ޔާހް.. މިރޭ އިނެއްނުން ފުލް މޫންއެއް؟؟ ” އައިނާ ބުނި ވާހަކައިގެ ފޮރުވިފައިވި މާނަ ނޭނގުމުން މައިރީން ބުނެލިއެވެ.

” އަހަން ވާނެއެއްނުން.. ޔާދިން މައިއަށްޓަކައި ބުނެފިއްޔާ ހަނދުވެސް ބާލައިދޭނެ ވިއްޔާ.. މައި ފެންނައިރަށް އެސޮރުގެ ދެލޯ ބަދަލުވޭ ރަތްކުލައިގެ ދެހިތަށް.. އެއްކަލަ ޓޮމްއަށް އޭންޖެލާ ފެނުނީމަ ވާގޮތަށް.. ” އައިނާ ބުނެލީ ބާރަށް ހެމުންނެވެ. އޭރު ދެންމެ ރުއި ކުއްޖާހެންވެސް ހީނުވެއެވެ. އައިނާ ދިމާ ކުރަން ފެށުމުން މައިރީންގެ ދެކޯ ރަތްވިއެވެ.

” މަންޖެގެ ކޯ ވިރިގެން ފައިބާކަށް މަ މީ އަދި ޔާދިންއެއްވެސް ނޫނޭ ” އައިނާ އަނެއްކާވެސް ދިމާކޮށްލިއެވެ. އެއާއެކު މައިރީން އައިނާގެ ގައިގައި ބާލީހުންޖެހިއެވެ. އެއާއެކު ދެންފެށުނީ ބާލީހުން ތެޅުމެވެ. ދެކުދިން ހުއްޓާލީ ހައިލިޔާމެން ވަނުމުންނެވެ. އެންމެންނަށް ނިދުންއިރު ގަޑިން ބާރަގަޑި ބައިވަނީއެވެ.

އޭގެ އަނެއްދުވަހެވެ. މައިރީން ކޮލެޖްއަށް ދަމުން އައިނާ ގާތު އެ ވީޑިއޯކޮޅު ފޮނުވާލަން އެދުނެވެ. މައިރީން މިއަދު ކްލާހަށް އައީ އެހެން ކުދިންނަށް ވުރެ ކުރިންނެވެ. މައިރީން ޔަގީން ކުރިފަދައިން ޝާއިލް އެގަޑީގައި އިނެވެ. ޝާއިލްއަށް މައިރީން އެގަޑީގައި ފެނުމުމުން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ.

” ކަމެއް ކޮށްދެވިދާނެތަ؟؟ ” މައިރީން ޝާއިލްއަށް ބަލައިލަމުން އަހައިލިއެވެ. އެއާއެކު ޝާއިލް އެއްބުމަ އަރުވައިލީ ކޮންކަމެއްހޭ އަހައިލާ ފަދައިންނެވެ. އެއާއެކު މައިރީން ވީޑިއޯ އަޅުވައިލަމުން ފޯނު މޭޒުމަތީ ޝާއިލްއަށް ފެންނާނޭ ފަދައިން ބާއްވާލިއެވެ.

” މީތި މީ އަސްލެއްތޯ ޗެކް ކޮށްލެވިދާނެތަ؟ ” މައިރީން އަހައިލިއެވެ. ޝާއިލް ހޫމްއެކޭ ބުނުމަށްފަހު އޭނާގެ ލެޕްހުޅުވައިލަމުން އޭތި ފޮނުވަން ބުނެލިއެވެ. އެއާއެކު މައިރީން ޝާއިލްއަށް އެ ވީޑިއޯކޮޅު ވައިބާރ ކޮށްލިއެވެ.

” ކާކު ފޮނުވި އެއްޗެއްތޯ އަހާލެވިދާނެތަ؟ ” ޝާއިލް އަހައިލިއެވެ. އެއާއެކު މައިރީން ނުދަންނަ ނަންބަރަކުން ފޮނުވި އެއްޗެއްކަމަށް ބުނެލިއެވެ.

” އަހަރެންނަށް މި ފޮނުވި މީހާގެ ނަންބަރު ލިބިއްޖެއްޔާ ބެލިދާނެ މީ ކާކު ފޮނުވި އެއްޗެއްކަން.. ” މައިރީން ވިސްނާލަން ހުރުމަށްފަހު އައިނާއަށް ގުޅައި އެ ނުދަންނަ މީހާގެ ނަންބަރު ދޭން ބުނެލިއެވެ. އިރުކޮޅެއްނުވެ އެމީހާގެ ނަންބަރު އައިނާ ފޮނުވާލިއެވެ. ޝާއިލްއަށް މައިރީން ނަންބަރު ކިޔައިދޭން ހުއްޓައި ޝެލީންއައެވެ.

ކަޅުކުލައިގެ މަތިކޮޅެއްގެ މަތިން ލެދާ ޖެކެޓް ލައިގެން ހުރިއިރު ތިރިންވެސް ލައިގެން ހުރީ ކަޅުކުލައިގެ ޑެނިމް ޖިންސްއެކެވެ. އޭނާގެ ތުންފަތް ލޭކޮޅެއްހައި ރަތެވެ. އެސްފިޔަތަކުގައި މަސްކަރާ އަޅައިލެވިފައިވާ އިރު އެސްފިޔަތައް އިހުނަށް ވުރެ ދިގުހެން ހީވެއެވެ. ޝެލީން ދިޔަ ގޮތަށް ގޮސް މައިރީންގެ ކޮނޑުގައި އަތްއަޅައި ކޮށްޕާލިއެވެ.

” ސީރިއަސްލީ އިއްލު..؟؟ މީ އަހަރެންގެ ފިޔުޗާ ބީއެފް.. ސްޓޭއަވޭ- ” ޝެލީން ރުޅިއައިސް ރަތްވެފައި ހުރެ ބުނެލިއެވެ. ޝާއިލް ހުރީ ޝެލީންގެ އެ ސިފަ ފެނުމުން ހައިރާންވެފައެވެ.

” ފޯރ ގޯޑް ސޭކް ގާރލް.. އައި ހޭވް އަ ބީއެފް!! ” މުހިންމު ކަމެއް ކުރަން ހުއްޓާ މީހަކު ޖެހިގަތުމުން ރުޅިއައިސްފައި ހުރެ މައިރީންވެސް ބުނެލިއެވެ. އެއާއެކު ޝެލީން އެއްފަހަރު ޝާއިލްއަށް އަދި އަނެއްފަހަރު މައިރީންއަށް ބަލައިލަމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ކްލާހުން ނިކުތެވެ. ޝެލީން ހުރީ ރަނގަޅަށްވެސް ރަކިވެފައެވެ. މައިރީން ޝާއިލްއަށް ބަލައިލި ވަގުތު އޭނަ އިނީ ޝެލީންއަށް ގެއްލިފައެވެ. އެއާއެކު މައިރީން ގާތަށް އައީ ލާނެތް ހިންޏެކެވެ.

” އަޅޭ އިއްލޫ ކީއްވެތަ ޝެލީ ކަހަލަ ލޯބި ލޯބި ކުއްޖެއް ރިޖެކްޓްކޮށްލީ؟؟ މޫނުމަތީގައި ތިހުރީ ލިޔެވިފަ ވިފަ ‘އިން ލަވް’ އޭ.. ” ދެ އިނގިލިން ކޮމާއެއް ހަދާލަމުން މައިރީން ޝާއިލްއާ ދިމާކުރަން ފެށިއެވެ. ޝާއިލް ވަގުތުން މައިރީންއަށް ލޯއަޅާލާފައި އޭނަ ކުރަން އުޅުނު ކަންތަކާގެން ކުރިޔަށްދިޔައެވެ. އޭރު އޭނަގެ ކަންފަތް ދިޔައީ މަޑުމަޑުން ރަތްވަމުންނެވެ.

” ވާހް ޝެލީ ބަލާ އިއްލު ބްލަޝް- ”

” ދެން އިތުރު ބަހެއް ބުންޏަސް މިކަމެއް ނުކޮށްދޭނަން ” ޝާއިލް މައިރީންގެ ވާހަކަ މެދު ކަނޑާލަމުން ހަރުކަށިކަމާއެކު ބުނެލިއެވެ. އެއާއެކު މައިރީން ތުންފަތުގައި ޒިބު އަޅުވާލި ފަދައިން އަމަލު ކުރިއެވެ. ގަޑިޖެހުމުން ކުދިންތައް ވަންނަންފެށިއެވެ. ޝާއިލް އޭނާގެ މަސައްކަތް ހުއްޓާލުމަށްފަހު ކްލާސްތައް ނިމުމުން އެކަންކޮށްދޭނެ ކަމުގައި ބުންޏެވެ.

އައިނާ ކްލާހަށްވަނުމަށްފަހު އޭނަ އާންމުކޮށް އިށީންނަތާ އިށީނެވެ. ކުޑައިރުކޮޅެއްނުވެ ލެކްޗަރާ ވަނެވެ. އަދި ކުރިން ދުވަހެކޭ އެއްފަދައިން ގްރޫޕްތަކަށް ބެހިލަން ބުންޏެވެ. އެވަރުން ރައުލްއާ ފިލަން އުޅުނީމަ އަނެއްކާ ކުރިމައްޗަށް އަރަންޖެހުނީ އޭ ހިތާހިތުން އައިނާ ބުނެލިއެވެ. މޭޒު އަތުރާފައިވާ ގޮތުން އައިނާއަށް އިށީނަން ޖެހުނީވެސް ރައުލްއާ ޖެހިގެންނެވެ.

” އެހާވަރުން ފިލަން އުޅުނީމަވެސް ކުރިމައްޗަށް އަރާކަށްނުން ޖެހުނީ؟؟ ” ރައުލް ލާނެތް ގޮތަކަށް ހީލަމުން އައިނާގެ ކަންފަތް ބުޑުގައި ބުންޏެވެ. އައިނާ ކޮންމެވެސް ވަރަކަށް ސިހުނެވެ. އަނެއްކާ މި ފިރެހެނާއަށް މީހުންގެ ސިކުނޑީގައި ވާ އެއްޗެހި އެނގެނީބާއޭ ހިތަށް އެރިއެވެ.

” އޭރު ކުރެވުންވަރު މާ ކުޑައީއޭދޯ؟؟ ” އައިނާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު ރައުލް ދުރަށްޖެހިލީ އަސްލުވެސް އައިނާ އަނެއްކައި އެހެން ހަދާފާނެ ނެތީއެވެ. އަދިވެސް އިއްޔެ ދިން ހަމަލާއިން އޭނަ ނޭފަތްތުގައިވި ރަތްކަން ނުފިލައެވެ. ރައުލްގެ މި އަމަލުން އައިނާގެ ގާތަށް ހިނިއައެވެ. މާ އަމުރުކޮށް ބޮޑުވެގަނެގެން އުޅުނަސް ބިރު ކަކުންޏެކޭ ހިތަށްއެރިއެވެ. އެ ކްލާސް ނިމިގެން ދިޔައީ ދެމީހުން ކޯޅުންތަކަކަށްފަހުއެވެ.

” ރައުލް ތިވަރަށް އެމަންޖެއާ ދިމާކުރަންހަދާގެން ލޯބިވެވިދާނެ.. ” ރައުލްގެ އެކުވެރިޔެއް ކަމުގައިވާ އައިރިކް ބުނެލީ ދިމާކުރާ ރާގަކަށްށެވެ.

” ޕިސް ރިކް ދައްކާ ވާހަކަ.. ޝީ އިޒް ނޮޓް އީވެން ކްލޯސް ޓު މައި ޓައިޕް… އޭނަ މާއަވަހަށް ރުޅިއަންނާތީ ރުޅިއަރުވާ ހިތްވަނީ.. ” ހިނިގަނޑެޖަހާލަމުން ރައުލް ބުނެލިއެވެ.

ކްލާސްތައް ނިމުމުން ޝާއިލް ދިޔައީ މައިރީން ގާތު ސްޓޫޑެންޓް ލައުންޖްއިން ބައްދަލު ކުރުމަށް އެދިފައެވެ. މައިރީން އައިނާ ހޯދުމަށްޓަކައި އޭނަގެ ކްލާހަށް ދިޔައެވެ. އައިނާ މައިރީން ގޮވައިގެން ލައިބްރެރީއަށް ވަނީ ކުރިން ދުވަހު ނެގި ފޮތްތަށް ހަވާލު ކުރާށެވެ. އެވަގުތު ލައިބްރެރީއިން ނިކުތް ޝެލީންއަށް މައިރީން ފެނުމުން، ދިޔައީ މައިރީން ގައިގައި ޖެހިގަތުމަށްފަހުއެވެ. އައިނާއަށް މިތަން ފެނުމުން އައިނާ އެއްޗެކޭ ބުނަންއުޅުނެވެ. ނަމަވެސް މައިރީން އައިނާ ހުއްޓުވިއެވެ. އައިނާ ހާސްވެ ހުރެ މައިރީންއާއި އެކުއްޖާ ހަނގާ ކުރަނީތޯ އަހައިލިއެވެ. މައިރީން ބޯހޫރުވާލުމަށްފަހު އެމީހުން ސްޓޫޑެންޓް ލައުންޖަށް ދާންޖެހޭނެކަން ހަނދާން ކޮށްދިނެވެ.

މައިރީންއާއި އައިނާ ދިޔައިރު ޝާއިލް ހުރީ އެތާ ހުރި ފެހިކުލައިގެ ބީންބޭގެއްގައި އިށީންދެގެންނެވެ. މައިރީންމެން ފެނުމުން އައުމަށް އިޝާރާތް ކޮށްލިއެވެ.

” އަހަރެންނަށް މި ވީޑިއޯ ފޮނުވި މީހެއް އިނގިއްޖެ.. ” ޝާއިލް ބުނެލިއެވެ.

” އެހެންވީމަ ތީ ދޮގު ވީޑިއޯއެއްދޯ؟؟ ” އައިނާ ކެތްތެރިކަން ކުޑަގޮތަކަށް އަހައިލިއެވެ. އެއާއެކު ޝާއިލް އައިނާއަށް ބަލައިލަމުން އިސްޖަހައިލިއެވެ. ޝާއިލްގެ މި އަމަލުން އައިނާއަށް އެއްޗެއް ވިސްނުންފަދައެވެ. އައިނާ މައިރީންއަށް ބަލައިލުމުން މައިރީންވެސް އިސްޖަހާލިއެވެ.

” މައިރީންއަށް ފޮނުވާލައިފިން އެމީހާގެ އިންފޯ.. އައިމް ސޮރީ އައިނާ.. އަހަރެން މިވަގުތު ދާންވެއްޖެ.. ކަމެއް ބޭނުމިއްޔާ ބުނެލާ.. ” ޝާއިލް ހަމްދަރުދީގެ ނަޒަރަކުން އައިނާއަށް ބަލައިލުމަށްފަހު ދެއަންހެން ކުދިންނަށް ވަގުތުކޮޅެއް ދީފައި ދިޔައެވެ. އައިނާ މައިރީންގެ ފޯނު ނަގައި ބަލައިލިއެވެ. އެއާއެކު ގަބޫލު ކުރަން ދަތިވެފައި ހުރެ މައިރީންއާ ދިމާލަށް ބަލައިލިއެވެ.

” ޝިޔާން ”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

މަގޭ މާއިލް 14

Next

ބްލަޑް 6

Next
May 16, 2024

ބްލަޑް 6

Previews
May 16, 2024

މަގޭ މާއިލް 14

29 Comments!

  1. RIFSHA says:
    May 16, 2024 at 12:42 pm

    Hey butterfly
    Mi part vx vrh reethi Masha Allah
    Ai dhera vefa huryma so sad 😭 😢
    Ekam vx raakin aa ehkoh ai akah good future eh nulibeyne ehenve ufaa vx vey ai ah hageegai ingi raakin aa dhuru vadhaane thy
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    Love you butterfly 🦋

    1. Maash Butterflyyyyy says:
      May 16, 2024 at 1:57 pm

      Heyy rifoo
      Awwn thankyou so much vrh happy vejje riffo ah mi part reethi v kan enguneyma☺
      I’m also sad Ai dheravefa hurema😥
      Yess lets see what will happen dhw
      stay tuned for next part on sunday..
      Love you more rifoo
      💜🦋

  2. ސްލީޕިން ބިއުޓީ says:
    May 16, 2024 at 1:03 pm

    See so superb
    Ai aa Raul aa gulhuvahchey veenu plxx
    Reen and yaadhu am so sad plxx butterflyyyyy yaadhu ge test akunney hadhaaba plxx
    Curiously waiting
    When is next part
    Lysm dear ☺️☺️☺️

    1. Maash Butterflyyyyy says:
      May 18, 2024 at 12:00 pm

      Heyyy sleeping beauty..
      Thank you so muchhhh for your support dear..
      Hingaa dhw Ai gulheyny kaaka thw balan storyge dhen oii part thah kiyaalama ☺
      Yess yaadhu ge test alun hadhaalaany dhw.. I also feel sad for them😔
      Stay tuned for the next part on Sunday😊
      I’ll submit it tonight insha allah..
      Love you more dearrr
      Stay safe and take care❤
      💜🦋

  3. LIM🖤 says:
    May 16, 2024 at 1:27 pm

    Vv reethi butterfly ge story’s curiously waiting for next.. 😍

    1. Maash Butterflyyyyy says:
      May 18, 2024 at 12:02 pm

      Awwwn thank you LIM🖤
      Vrh happy vejje LIM ah butterfly ge story reethi kan enguneyma..
      Insha allah tonight submit kohlaanan 25th part.
      Lyssm❤
      Stay safe & take care..❤
      💜🦋

  4. GIRL VEMPIRE says:
    May 16, 2024 at 3:00 pm

    Hey butterfly 🦋
    Mi part vx varah varah reethi maasha Allah.
    I hope aina and raakin dhuruvaane nama dhn aina aa raul aa gulhen.
    And yaadhin aa mireen aa vx dhuru vefa mireen aa shaail aa gulheyne kamah.
    May Allah bless you and your wonderful and hard work 🦋🦋🦋
    Love you 💜💜💜

    1. Maash Butterflyyyyy says:
      May 16, 2024 at 6:31 pm

      Hey GIRL VAMPIRE
      Thank you so much.. Vrh happy vejje girly ah mi part reethi v kan enguneyma..
      Let’s see dhw raakin and aina ah vaa goi and yaadhin and reen ah vaa goi..
      May Allah bless you too..
      Vrh happy vejje GIRL VAMPIRE ge comment eh fenuneyma❤❤❤
      Lyssm dear
      💜🦋

  5. ސްލީޕިން ބިއުޓީ says:
    May 16, 2024 at 3:54 pm

    In a reply to GIRL VEMPIRE no reen and yaadhu dhuru nukurey yaadhu akunney thalassemia test had has plxx butterflyyyyy yaadhu ge test alun hadhaaba

    1. Maash Butterflyyyyy says:
      May 18, 2024 at 12:17 pm

      Yess sleeping beauty buneethy yaadhuge test adhi eh faharu hadhaalaany dhw😊

  6. shiherrmaii says:
    May 17, 2024 at 12:59 am

    Hey butterfly
    OMG luv this prt too very much curious and waiting for the nest part love.. Alhe ekm dhn raakin ge true self inguniima dhn kihineybaa vaani aii ah.. I feel so sorry for her😿 anehkkaa raakin ehbbass vaane baa.? I wonder how he got the video.. OMG I’m not so curious neynge dhn next prt nukiyeniss nidheyne kameh vesss😭😭😭
    Just luv luv luv this story so much this one will definitely be one of the best story i read on esfiya😻
    Keep up the gud work luv
    Love you so muchhh 😽💕

    1. Maash Butterflyyyyy says:
      May 17, 2024 at 7:30 pm

      Heyyy shiherrr
      Awwwnnn thank you soo muchhh… Shiherr ah mi part reethi kan enguneyma vrh happy vejje 😁 Raakin Ge true self enguneyma aina kanthah kurany kihinehthw balan next part kiyaalama dhw.. I feel sad for aina too girly.. Ekam keehkuraany dhw😢 let’s see raakin ehbas vaane thw and shiyaan ah video libunu goi dhww.. Ahaha next part insha allah Sunday ga.. Keep waiting darlinnn.. Thank you so muchhhh shiherrr.. Your support means a lot to me😊😊😊… Love your work too dear ❤❤
      Love you moreeee ❤❤❤
      And take care of yourself ☺☺
      💜🦋

  7. Lily says:
    May 17, 2024 at 8:21 am

    Finally Ai ah inguny dhw Rakin ge goehh..😭😭 Eyyy dhen Aina ves maa varakun eii aslu tho balan ulheyne kameh neh inge cux efonuvy lily ge fav ennnu😩 Eiiky thihykuraa kahala boy eh noon ingey😡😭 Lily Shiyaan ah vrh trust kurann.. Dhemyhun dhuru kuraakah hithah ves naaruvane eyna ehh😭😭😆 Dhen ehen noonas i know him very well😎 Eii hama rangadehhh👀 Btw Vaahaka kiyaalin ihye ekm vaguthu nuvyma cmnt eh nukohlevuny.. Dhen u ah vess inge enn lily ge fav ehaa gadha kohlain ulhey iru cmnt eh kohlan jeheyne kann konmes irakun😭😭 Esoru haadha haalakunney evideo hoadhyy ves😭😭 Dhnn oeh part ah vrh vrh inthizaaru kurevey inge❤️ Dhen bunaane vahaka eh neh vaahaka hama vrh reeethi💗💗❤️ Konme hen hadhaafa ves dhen oeh part ga Shiyaan dhahkaalan vaane inge😭🤣
    ilysm butterfly💜💜

    1. Maash Butterflyyyyy says:
      May 17, 2024 at 7:44 pm

      Hiiii Lily
      Vrh ufaa vejje mi part in lily ge comment eh fenuneyma😊.. Yess dear Ai ah emme fahun ingijje raakin ge goi… Dhogeh noonyy.. Lily ge fav ey dhw e fonuv😭😭 okeyy Lily buneethy butterfly bunaanan ai kairy shiyaan ah trust kuran😅 let’s see dhw shiyaan akey konkahala meeheh kan 😅… Vrh happy vejje Lily story kiyaakan enguneema… Yeahhh Lily ge comment in shiyaan vrh happy vaane kan yageen😄.. Lily ah shiyaan video hoadhi goi vx engeytha?? 😮👀👀 dhen oii part vx laheh nuve libeyne.. Iraadhakurehviyya Saturday night ga submit kohlaanan eyrun sundayga kiyaalan libeyne insha allah… Awwnn thank you… Lily ah vhk reethi kan enguneema vrh happy vejje 😊 yess balaanan dhen oii part ga shiyaan, lily ah dhahkaaleveythw😄❤
      Love you more Lily❤❤
      Take care❤❤
      💜🦋

  8. LIM🖤 says:
    May 18, 2024 at 1:01 am

    Hey butterflyyy abadhu Vx butterfly ge vhk thah vrh reethi mi vhk vx vrh vrh nice 😍❤️
    When is next part?????
    Curiously waiting for the next part 😘❣️

    1. Maash Butterflyyyyy says:
      May 18, 2024 at 12:15 pm

      Awwn thank you so much LIM🖤..
      You have no idea how much that mean to me.. I’m so happy LIM ah butterfly ge stories thah reethi v ma..
      Next part insha allah mirey submit kohlaanan❤❤
      Lyssm dearr
      💜🦋

  9. LIM🖤 says:
    May 18, 2024 at 11:45 pm

    Alheyyy mhr vaahaka up vefa thww beleyyy iruirukolhaa😍😔 please avx☹️.. Submit kohlevijje??

  10. Anonymous says:
    May 19, 2024 at 12:12 pm

    Heii khn irakun thr next part hama kehtherikan kolhulyma mi ahaaly🥲

    1. Maash Butterflyyyyy says:
      May 19, 2024 at 6:20 pm

      Hii Anonymous
      Next part submit kohlin reyga.. Adhi admin approve nukuraathy pending ga iney.. Admin approve kohlihaa avahakah next part kiyaalan libeyne insha allah☺

  11. Vinn💗 says:
    May 20, 2024 at 3:03 pm

    Kobaa next kon irakun kiyaalan libeynee curiously waiting for the next part….

    1. Maash Butterflyyyyy says:
      May 20, 2024 at 5:05 pm

      Next part submit kohlin Saturday night ga.. But admin approve libunyma story upload vaaney.. Keep waiting dear💜🦋

  12. Naash🤗 says:
    May 20, 2024 at 3:03 pm

    Kobaa next curiously waiting for the next part….

    1. Maash Butterflyyyyy says:
      May 20, 2024 at 5:08 pm

      Hii Naash🤗
      Next part submit kohlin Saturday night ga dear.. Admin approve libunyma up vaane.. Keep waiting dear
      💜🦋

  13. Rish says:
    May 20, 2024 at 3:05 pm

    Kobaa adhivx nufeneyyy 15 vana part eh dhn kn irakun thr??
    Butterflyyy Nikan up kuraairu 2,3 part laaba

    1. Maash Butterflyyyyy says:
      May 20, 2024 at 5:11 pm

      Hii Fish
      25th vans part up vaane admin approve libunyma.. Butterfly submit kohlin Saturday night ga.. 25th part up v ma 26th part submit kohladheynan okey? ☺
      💜🦋

    2. Maash Butterflyyyyy says:
      May 21, 2024 at 8:42 am

      I sincerely apologize Rish.. I’m very very very sorry..I didn’t mean to say fish it was a typing mistake.. I should’ve check before posting the comment.. But unfortunately I didn’t.. I’m really sorry I hope you’ll forgive me😔

  14. Rish says:
    May 21, 2024 at 1:08 am

    Heyyy I’m not a fish 🐠 okay??

  15. Lim🖤 says:
    May 21, 2024 at 1:12 am

    Butterfly my kokko ge request eh butterfly ge real name 😀

  16. Maash Butterflyyyyy says:
    May 21, 2024 at 9:00 am

    Replying for the pending comment @LIM🖤
    First of all sorry for the late reply.. Pending comment thah check nukohla ulhuny pending ga ehaa lahun comments nuhunnaathy.. Sorry for that dear… LIM butterfly story submit kohlin submit kuraanamey buni dhuvahu, Saturday night ga.. Admin approve kohleema kiyaalan libeyny dear.. And for the second one, vrh happy vejje LIM ge kokko vx story kiyaakan enguneyma.☺ Butterfly ge real name dhw.. Hi my name is Maasha.. U can call me Maash kurukoh😊
    Lyssm dear..
    Take care darling
    💜🦋

Comments are closed.

Next Episodeކުށަކީ ކޮބާ – 25←


All Right Reserved!