Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 26

މާ ގިނައިރުވާން ފެށުމުން މައިރީން ކޮޓަރި ތެރޭ ހިނގަން ފެށިއެވެ. ކަނޑުނޫކުލަ ފާރުތަކުގައި ލާފައިވާއިރު ސިންގަލް އެނދަކާއި ޑްރެސިންޓޭބަލްއެއް ހުއްޓެވެ. އެނދުގެ ވާތްފަރާތުގައި ކުޑަ އަލަމާރިއެއްވެސް ހުއްޓެވެ. މައިރީން ޑްރެސިން ޓޭބަލް ކައިރިއަށްގޮސް ތަރުތީބުން އަތުރާފައުވާ ރީތިވާން ބޭނުން ކުރާ އެއްޗިއްސަށް ބަލައިލިއެވެ. އެވަގުތު ކުޑަކޮށް ހުޅުވިފައިވާ ކަބަޑަކަށް މައިރީންގެ ނަޒަރު ހުއްޓުނެވެ.

***ޕާޓް26***

އެތެރެގައި ހުރި ކަރުދާސްތަކުގެ ސަބަބުން އެ ކަބަޑު ހުރީ ރަނގަޅަށް ނުލެއްޕިއެވެ. އެހެންކަމުން މައިރީން ކަބަޑު އެއްކޮށް ހުޅުވާލުމަށްފަހު އެ ކަރުދާސްތައް ތަރުތީބު ކުރަން އެއެއްޗެހި ނެގިއެވެ. އެވަގުތު ކަރުދާސްތަކުގެ ތެރެއިން ކުޑަކުޑަ އެއްޗެއް ވެއްޓުނެވެ. ކުރިންވެސް ފެނިފައިވާ އެއްޗެއްހެން ހީވުމުން މައިރީން ތިރިވެ އެ ނެގުމަށްފަހު ރަނގަޅަށް ބަލައިލިއެވެ. އެ ފިޔާތޮށިކުލައިގެ ކުޑަ ތެލްސީމިއާ ކާޑުފެނުމުން މައިރީންގެ ނޭވާ އަވަސްވިއެވެ. މަޑުމަޑުން އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔާލިއެވެ. އެއާއެކު މައިރީންއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެންހެންނެވެ. ގަދަ ފިޔާތޮށިކުލައިގެ ތެލްސީމިއާ ކާޑުގައި އޮތް ޔާދިންގެ ނަމަށް މައިރީންއަށް ބަލަން ހުރެވުނީ ގަބުވެފައެވެ.

ނާއިން ތަޅުދަނޑިދީފައި ދިޔުމުން ޔާދިން ތަޅުދަނޑިން ކޮޓަރި ހުޅުވައިލިއެވެ. އެވަގުތު އޭނައަށް ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. މައިރީން އެ ކާޑަށް ބަލަން ހުރިއިރު އޭނާގެ ބޮލުގައި ހިނގަމުންދިޔަ ހައިގާނުގަނޑުގެ ބޮޑުކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ. ޔާދިން އައިސް އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުން ސިހިފައި ބަލައިލިއެވެ. އެވަގުތު އެދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތަށް ފެނި ޔާދިންގެ ހިތަށް އަސަރު ކުރިއެވެ. ޔާދިން އާއި ދުރުވެލަމުން ކަބަޑުތެރެއަށް އެ ކާޑުލުމަށް ފަހު އަމިއްލައަށް ދެލޮލުގައި ހުރި ކަރުނަތައް މައިރީން ފޮހެލިއެވެ. އަދި އެ ގެއިން ނިކުންނަން މިސްރާބުޖެހިއެވެ. ޔާދިން މައިރީން ފަހަތުން ހިނގައިގަތެވެ. ” ރީން ޕްލީސް ލެޓް މީ އެކްސްޕްލައިން.. ” ޔާދިން އާދޭހުގެ ރާގަކަށް ބުންޏެވެ. ” އައި އޭމް ސްލީޕީ.. ” މައިރީން ވަރުބަލިވެފައިވާ އަޑަކުން ބުންޏެވެ. ޔާދިން މައިރީންއަށް ބަލައިލުމަށްފަހު އިސްޖަހާލިއެވެ. އަދި އޭނަ ގެއަށް ލައިދޭން ސައިކަލުގައި ދިޔައެވެ. މައިރީން ގެއަށް ގެންދިޔަ މަގުމަތީ ދެމީހުންގެ މެދުގައިވީ ހިމޭންކަމެވެ.

މައިރީން ގެއަށް އައި ގޮތަށް ފާހަނައަށްވަނެވެ. މުށިތަށްމަތީ އިށީންދެ އަނގަމަތީ އަތްއަޅައިގެން އިނދެ އެތަށް އިރަކު އޭނަ ރުޔެވެ. އެ ހިތުގައި ޔާދިންއާއި މެދު ޝަކުވާ އުފެދުން ނަމަވެސް ޔާދިންދެކެ ރުޅިއެއް ނާދެވުނެވެ. އެއަށްވުރެ މައިރީން ޔާދިން ދެކެ ލޯބިވެއެވެ. ކިބިހި އެޅެން ފެށުމުން މައިރީން ފާހަނައިން ނިކުތެވެ. މައިރީންއަކީ ސައިނަސް ހުންނަ ކުއްޖެއްކަމުން ރޭގނޑު ފެންވެރުމުން ރޯގާޖެހޭގޮތްވެއެވެ. އެނދަށް އަރައި ބޮލާއިހަމައަށް ރަޖާއެޅުމަށްފަހު އޮށޯތެވެ.

އޭގެ އަނެއްދުވަހުގެ ހެނދުނުގެ ވަގުތު މައިރީން އޮތީ ވަރަށް ބޮޑަށް ހުންއައިސްފައެވެ. އެހެންކަމުން އޭނައަކަށް އެދުވަހު ކޮލެޖްއަކަށް ނުދެވުނެވެ. އައިނާ ކޮލެޖްއިން އައި ގޮތަށް އުޅުނީ މައިރީންއަށް އެހީވެދޭށެވެ. މައިރީން ޔާދިން ގުޅުމުންވެސް ފޯނެއް ނުނަގައެވެ. މިކަމާ އައިނާ ސުވާލުކުރުމުން ކަމެއް ނުވާކަމަށް ބުންޏެވެ. މައިރީން ހޮސްޕިޓަލަށް ދާން އިންކާރު ކުރުމުން ގެންދެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މައިރީން ހުންގަދަވެގެން އެނބުރުން އެރުމުން ކާރުގައި މައިރީން ޝާޒިޔާމެން ގެންދިޔައެވެ. މައިރީން ފުރަތަމަވެސް ހޭލުމަށްފަހު އެދުނީ އޭނާގެ މަންމަމެނަށް އެކަންތަށް ސިއްރު ކުރުމަށްށެވެ.

މައިރީން ބޭނުންވުމުން އޭނަ ރީމާއެކޭ އެއްކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. މަޔާންއަށް މިކަން އެނގުނީ ރީމާ ނާއިން ގާތުގައި ބުނުމުންނެވެ. އެހެންކަމުން ޑިޔުޓީގައި ހުރެފައި ކޮއްކޮގެ ހާލު ބަލައިލަން އަވަހަށް ހޮސްޕިޓަލަށްއައެވެ. މައިރީން ނުކާން ބޮޑާހޭކުމުން އެންމެފަހުން މަންމަ ގާތުގައި ބުނާނަން ކަމުގައި ބުނެ ބިރު ދައްކައިގެން ކާންދިނެވެ. ނަމަވެސް އޭނައަށް ކެވުނީ ކުޑަކުޑަ ނޫޑްލްސްކޮޅެކެވެ. ރީމާއެކޭ އެއްކޮޓަރިއެއްގައި އޮތް ނަމަވެސް މައިރީން ރީމާއަކާ އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ. އޭނާއަށް ބަލައިލާ ކޮންމެ މީހަކަށްވެސް އޭނަ އޮތީ ބޮޑުމވިސްނުމެއްގައިކަން ޔަގީންވާނެއެވެ.

އައިނާހުރީ ބަދިގޭގައި ކޮފީއެއް ގިރާށެވެ. މައިރީންއާއި ރީމާއާ މެދު ވިސްނެންފެށުމުން ރޭނގަޑުގެ ނިދި ވަނީ އެދެލޮލާ ރުޅިވެފައެވެ. ” ހޭއި އަދި އެއް ކޮފީ ގިރިދާނެތަ؟ ” އައިނާގެ ފަހަތުން އިވުނު އަޑުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އައިނާ ސިއްސައިގެން ދިޔުމުން ޝިޔާން ހޭންފެށިއެވެ. ” ސޮރީ ސޮރީ އައިނާ އެހާ ބިރުގަންނާނެ ކަމަކަށް ހިޔެއް ނުކުރަން.. ހާދަ ބޮޑު ވިސްނުމަކަށް ގެއްލިފައޭ ދޯ ތީހުރީ…” ހުނުން މަތަކުރަން މަސައްކަތްކުރަމުން ޝިޔާން ބުންޏެވެ. އެއާއެކު އައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ހިނިތުންވެލަމުން ބޯޖަހައިލާފައި ޝިޔާންއަށް ކޮފީތަށްޓެއް ގިރައިދިނެވެ.

” ހިނގާބަ މި ކުޑަކުޑަ ބޯތެރޭގައި ހިނގާ ބޮޑު ވިސްނުމުގެ ބައެއް އަހަރެންނަށްވެސް ދޭން.. އޭރުން ބޮލާއި އެއްވަރަށް ވިސްނުން ބެހެއްޓޭނީ.. ” އައިނާގެ ބޮލުގައި ކުޑަކޮށް ޖަހައިލަމުން ޝިޔާން ބުންޏެވެ. ” ޓެރަހަށް ދޯ ދާނީ އެތަން ވަރަށް ހިތް ފަސޭހަ ވާނެ.. ” އައިނާ އޭނާގެ ހިޔާލު ހުށައެޅިއެވެ. އެއާއެކު ޝިޔާން އާއެކޭ ބުނެ ދެ ކޮފީތަށި ހިފައިގެން ހިނގައިގަތެވެ.

ބަނަވިލާތަކުގެ ސަބަބުން މިރޭ ހަނދުގެ އަލިކަން ޓެރަހަކަށް ނުފޯރައެވެ. އެހެންނަމަވެސް ފިޒާ ޓެރަހުގައި ހަރުކޮށްފައިވާ މަޑު ނޫ  ފެއާރީލައިޓްސްތަކުގެ ސަބަބުން އެތާ ފަޑު އަލިކަމެއް ވެރިވެފައި އޮތެވެ. ޖެހެމުން ދިޔައީ ހީކަރަވާނޭފަދަ ފިނި ވަޔެކެވެ. ” މްމްމް ކޮފީ ބޯ ކަހަލަ ރެއެކޭދޯ މީ؟؟ ” ކޮފީ ޖޯޑުން ވަސްބަލަިލަމުން ޝިޔާން ބުންޏެވެ. ޝިޔާންއާއި އެއްބަސްވުމުގެ ގޮތުން އައިނާ ބޯޖަހައިލިއެވެ. އަދި ދުރު ބަލަން ފެށިއެވެ. އޭނާގެ ހިޔާލު ދަތުރު ކުރަން ފެށީ ރާކިންއާއި މެދުގައެވެ. މިއަދުވެސް ރާކިންގެ ސަތޭކައެއްހާ މިސްކޯލުގެ ނޮޓިފިކޭޝަން އޭނައަށް އައެވެ. އޭނާގެ ހިތް ކިތަންމެ ފަހަރަކުވެސް ފޯނު ނަގައި ވާހަކަ ދައްކާލަން އެދުނެވެ. ނަމަވެސް އޭނާގެ ސިކުނޑި އެކަން ނުކުރުމަށް އިންޒާރު ދިނެވެ.

އައިނާ އަނެއްކާވެސް ސިހިގެން ދިޔައީ ޝިޔާން ކަރުކެހެލުމުންނެވެ. ” އަހަރެން މިތަނަށް މި އައީ މި ސިނކުޑީގައި ހިނގަމުންދައި ކަންތައް ކިޔާދޭނެ ކަމަށް، އެކަމަކު މަ މިތަނަށް އައީމަ އައިނާ ތި އިންނަނީ އަމިއްލަ ހިޔާލީ ދުނިޔޭގައި ހިޔާލީ ފޮލާ ކައްކަން.. ” ޝިޔާން އައިނާގެ ނިއްކުރީގައި އިނގިލި ޖައްސައި ކޮށްޕާލަމުން ބުނެލިއެވެ. އައިނާ ވަގުތުން އައުޗްއޭ ބުނެލިއެވެ. އަދި ޝިޔާންގެ އަތް ދުރަށްކޮށްޕާލަމުން ނިތްކުރީގައި ފިރުމާލިއެވެ. ޝިޔާން ހީލާފައި ދުރަށްޖެހިލިއެވެ. އައިނާ ކިޔައިދޭންފެށިއެވެ. މައިރީން ބަލިވުމުން އޭނަ ކަންބޮޑުވާ ވާހަކައެވެ. އެއަށްފަހު ރީމާ އިތުރަށް ބަލިވަމުން ދާތީ އެކަމާ ދެރަވާ ވާހަކައެވެ. ރީމާ އޭނާ ދޫކޮށްލާފައި އަބަދަށް ދާންޖެހޭ ދުވަސް ކައިރިވާ ކަމަށް އޭނާގެ ހިތް ބުނާ ބުނުމުން ބިރުގަންނަ ވާހަކައެވެ. އެންމެފަހު ކަމަކަށް ރާކިންއާ އޭނަ ވަކިވި ވާހަކައެވެ.

” ޝިޔާންއަށް ކިހިނެތް ލިބުނު ވީޑިއޯއެއް އެއީ؟؟ ދޮގުނުހަދައްޗޭ އައިއަށް އެނގޭ ޝިޔާން ފޮނުވި އެއްޗެއްކަން.. އައި އަތުގަ އެބައޮތް ހެކިވެސް.. ” އައިނާ ޝިޔާންއާ ސުވާލު ކޮށްލިއެވެ. ” އެއީ ކީއްކުރަން ބަލާއެއްޗެއް؟؟ ވަޓް މެޓާސް އިޒް މިހާރު އައިނާއަށް އޭނާގެ ނުބައި ވަކިތަކުން ނުކުމެވުންކަން.. ” ޝިޔާން އައިނާއަށް ބަލައިލަމުން ބުނެލިއެވެ. ” ޕްލީޒް ” އެއިނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. ” ފައިން.. އައިނާގެ ބީއެފްއެއް ހުންނަކަން އެނގުނީމަ ޗެކް ކޮށްލީ އޭނަ އެއީ ކޮންކަހަލަ މީހެއްތޯ.. އެއީ އަހަރެން.. އަމްމް.. އައިނާއަށް ކެއާރ ކުރާތީ.. ” ޝިޔާން ވާހަކަ ދެއްކީ އާނގަންނަމުން ފަދަ ގޮތަކަށްށެވެ. އައިނާ މަޑުމަޑުން އޯހް އޭ ބުނެލިއެވެ.

ޝިޔާން މަޑުމަޑުން އައިނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަދި ހިތްވަރު ދިނުމުގެ ގޮތުން ދެތިން ބަހެއް ބުނެލިއެވެ. ” އައިނާ މި ބަންދުގައި ރަށަށް ދަންތަ؟ ” ޝިޔާން އައިނާއާ ދިމާލަށް ބަލައިލަމުން އަހައިލިއެވެ.  އައިނާ ހީލަމުން ބޯޖަހައިލިއެވެ. ” ތިރަށް ބަލައިލަން ވަރަށް ދާހިތްވޭ.. މިފަހަރު އައިނާ އާއިއެކީ އަހަރެން ދާނަން އިނގޭ؟؟ ވާނެ ތަންތަން ދައްކާލަން.. އަހަރެން އަޑުއެހިން އައިނާ މަންމަގެ ބޮޑު ކޮންޕެނީއެއް ވެސް އޮވެޔޭ.. އަހަރެން ވަރަށް އިންޓްރެސްޓް ހުންނަ ދާއިރާއެއް ޓުއަރިޒަމް އެއީ.. ފިޔުޗާގަ އަހަރެންވެސް ބޭނުންވަރީ އެ ދާއިރާގެ ބިޒްނަޒްއެއް ހުޅުވަން.. އައިނާ މަންމައަށް އަހަރެންނަށް ކުޑަ ޓިޕްސް ކޮޅެއްވެސް ދެވިދާނެއެއްނުން؟؟ ” ޝިޔާން އަހައިލިއެވެ.

” ޔެސް ޝިޔާން އަންނަން ވާނެ.. އައި އުޅޭރަށް ވަރަށް ސަޅި ވާނެ.. ހުމްމް މަންމައާ މީޓް ކޮށްލަން ވާނެ.. ވަރަށް އުފާ ވާނެ އެކަހަލަ އިންޓްރެސްޓެއް ހުރި ކުއްޖަކާ ދިމާވިއްޔާ.. އައި ބިޒްނަޒް ކިޔަވާނެ ނަމައޭ އަބަދުވެސް ބުނާނެ.. ބަޓް އިންޓްރެސްޓް ހުންނަ އެއްޗެއްނުން ކިޔެވޭނީ ދޯ؟؟ ” ޝިޔާން ހީލަމުން އާއެކޭ ބުނެލިއެވެ. ވާހަކަ ދައްކަން ތިބުމަށްފަހު ނިދިއައުމުން އައިނާ ދިޔައީ ނިދާށެވެ.

މައިރީން އޮތީ ހުދު ކުލައިގެ ފާރާއި ދިމާލަށް އެނބުރިގެންނެވެ. ރީމާއަށް މައިރީން އޮތީ ނިދާފަ ނޫންކަން ޔަގީންވުމުން އުނދަގޫކަމާއިއެކު އައިވީ ސްޓޭންޑް ހިފައިގެން މައިރީން އޮތް އެނދު ކައިރިއަށް ދިޔުމަށްފަހު އިށީނެވެ. މަޑުމަޑުން މައިރީންގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު މައިރީން ދިޔައީ ސިހިގެންނެވެ. ރީމާއާއި ދިމާލަށް އެނބުރިލުމަށްފަހު އެނދުގައި އިށީނެވެ. އަދި ރީމާގެ ގައިގައި ބައްދާލުމަށްފަހު އެ ކޮނޑުގައި މަޑުމަޑުން ބޯއަޅައިލިއެވެ. އޭރު މައިރީންގެ ހޫނު ކަރުނަތައް ދިޔައީ ރީމާ ލާފައި ހުރި ހޮސްޕިޓަލް ގައުންގެ ކޮނޑުމަތި ފޯ ކުރަމުންނެވެ. މައިރީންގެ ކަރުނަތަކުގެ އިހްސާސްވުމުން ރީމާ މައިރީންގެ ބުރަކަށީގައި މަޑުމަޑުން ފިރުމަންފެށުއެވެ.

މައިރީން އޭނާގެ ކޮންޑުގައި ބޯއަޅައިގެން ރޯން އޮންނަތާ ވިހި ވަރަކަށް މިނެޓްވުމުން ރީމާގެ ކޮނޑަށް ތަދުވާން ފެށިއެވެ. ބޭއިހްތިޔާރުގައި އޭނާގެ އަނގައިން މަޑު އާހްއެއްގެ އަޑު ނުކުމުގެން ދިޔައެވެ. މައިރީންގެ ތޫނު ކަންފަތަށް ރީމާގެ އަޑުއިވުމުން އަވަހަށް ބޯނަގައި ކަރުނަތަށް ފޮހެލިއެވެ. އަދި ގިސްލެވިފައިވާ އަޑަކުން މައާފަށް އެދުނެވެ. މައިރީން މޫނު ނުދައްކަން އިސްޖަހައިގެން އިނުމުން ރީމާ މައިރީންގެ ދެއަތުގައި ހިފާލިއެވެ. ” މައި ވެގެން އުޅޭ ގޮތެއްބުނީމަ ހެލްޕެއް ވެވޭނީވެސް.. ޕްލީޒް ޓެލްމީ.. ވީ ޕްރޮމިސްޑް ނޮޓް ޓު ކީޕް ސީކްރެޓްސް އެއްނުން… އައިލް ސަޕޯރޓް ޔޫ.. އޯލްވޭސް… ” ރީމާ މައިރީންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

” ރީ.. އައިމް ސްކެއާރޑް އައި މޭ ހޭވް ޓު ލީވް ޔާދު.. ” މައިރީން ދިޔައީ މަޑުމަޑުން ގިސްލަމުންނެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. މޫނަށްވަނީ ފިޔާތޮށިކުލައެއް ވެރިވެފައެވެ. ރީމާ ހައިރާންވެފައި މައިރީންއަށް ބަލައިލިއެވެ. އަނެއްކާ ޔާދިން މައިރީންއާ ބޭވަފާތެރިވީބާއޭ ހިތަށްއެރިއެވެ. ” ކީއްވެ އެހެންވާންވީ ޔޫ ބޯތް އާރ ކްރޭޒީ އިން ލަވް ވިތް އީޗް އަދާ.. ” ރީމާ ހައިރާންވެ ހުރެ އަހައިލިއެވެ. މައިރީންއަށް އަނެއްކާ ރޮވެން ފެށިއެވެ. މޫނު މަތީ އަތްއަޅައިގެން ހުރެ ހަމައަކަށް އެޅެން މަސައްކަތް ކުރަން ފެށިއެވެ. ރީމާ މައިރީންގެ ހާލާއި މެދު ހަމްދަރުދީވެ ހުރެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

” މޭބީ ދެޓްސް ތި ޕްރޮބްލެމް ރީ… ޔާދު ދޮގުހެދީ ތެލްސީމިޔާއާ ބެހޭގޮތުން.. ޔާދުއަށް ވެސް ލިބުނީ ޕިންކްއެއް.. ” މައިރީން ގޮދްލެވިފައިހުރެ ބުނެލިއެވެ. ރީމާގެ ދެލޯ ބޮޑުވިއެވެ. މައިރީންއާ ދިމާލަށް ހަމްދަރުދީގެ ބެލުމަކުން ބަލައިލުމަށްފަހު އޭނާގެ ގައިގައި ބައްދާލިއެވެ. ” އައިމް ސޯ ސޮރީ މައި.. ” ރީމާ ހުރީ ހަޤީޤަތުގައިވެސް ދެރަވެފައެވެ. ޔާދިން އެހެން ކަންތައްކުރީ މައިރީންއަށް ދެރައެއް ދޭން ނޫންކަން ރީމާއަށް ޔަގީންވެއެވެ. ތަޤްދީރާމެދު އޭނާގެ ހިތުގައި ޝަކުވާ އުފެދުނެވެ.

” ޔާދު ދޮގުހެދީ މައިދެކެ ލޯބިވާތީ.. މައި ދޫކޮށްފަ ދާން ބޭނުން ނުވާތީ.. ރީ؟؟ މައިއަށް އިނގޭ މިހެން ވިސްނަން ނުވާނެކަންވެސް.. އެކަމަކު މައިއަށް ހިއެއްނުވޭ ޔާދުއާ ނުލާ މައިއަށް އުޅެވޭނެހެން.. ދެ ޕިންކްވެސް މެރީ ކޮށްގެން އުޅެއެއްނުން ހެޕީކޮށް.. އެންމެ ފަންސަވިސް ޕަސަންޓް އިންނާނީ ލިބޭ ކުއްޖަކު ލޭއަޅާ ކުއްޖަކަށްވުމުގެ… ކުޑަކުޑަ ރިސްކެއްނުން؟؟ އެހެންނޫނީ ބޭބީއެއް ނުހޯދާ އުޅެވިދާނެ.. ލައިކް އެޑޮޕްޓް ކުރެވޭނެއެއްނުން؟؟ ” މައިރީން ރީމާއާއި ދިމާލަށް ބަލައިލީ އޭނާ ދެއްކި ވާހަކަތަކަށް އެއްބަސްވުމަށް އެދި އާދޭސްކުރާ ފަދައިންނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. RIFSHA

    Hey Darla
    Mi part vx vrh reethi Masha Allah
    Alhey mai ah haadha dhera gothekey e vani.
    Hey butterfly yaadhu ge aneikaa vx test hadhan v nu.e vedhaane ehnu olhuny kamah.heheh ekam maash beynun gothakah dho vaahaka kuri ah dhany.
    Hey raakin aa medhu Rifoo ah vx heekurevuny nubai koh.hehe ehen veema raakin kairy maafah edhehche Rifoo ge faraathun
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    Love you darla 💋

  2. Lily

    I’ve no idea what to sayy😭😭
    I’m justtt speechless..
    Btw Vahaka vrh reethi inge💓
    Ilysm sissy💕

    1. Butterflyyyyy
      Lily

      How the tables have turned dhw😭😭
      Thankyou Lily.. vrh happy vejje story lily ah reethi v kan enguneema☺
      Love you more darlinnn..
      💜🦋

  3. ސްލީޕިން ބިއުޓީ

    Alhey vhk kiyaanimun iru ragalhahves rovihjje😭😭 plxx yaadhu n reen gulhuvahchey
    Curiously waiting
    When is the next part
    Lysm dear🤗

  4. reader

    masha Allah vrhk vrh vrh vrh reethi….. when is next part??…can’t wait

    1. Butterflyyyyy
      reader

      Thank youuu soo muchh reader.. next part insha allah tmr nyt ga submit kohlaanan<3
      💜🦋

  5. Butterflyyyyy

    Replying for the pending comment @ސްލީޕިން ބިއުޓީ
    Thanks dear.. hingaa dhw Yaadhu nd Mai gulhey thw balan..
    Next part tmr nyt insha allah submit kohlaanan..
    Love you more darlinn<3
    💜🦋

  6. Butterflyyyyy

    Replying for the pending comment @RIFSHA
    Hey darling
    Thankyou so much.. vrh happy vejje rifoo ah mi part reethi v kan enguneema..
    yess mai ah vrh dhera gotheh evii dhw
    yes adhi test hadhaany yaadhuge… test hadhaafa balaany dhw..
    Raakin hury vrh dhera vefa.. ekam maafah edhuneema maaf kohfeemey buney..
    next part tmr nyt ga submit kohlaanan insha allah..
    Love you more dear<3
    💜🦋

Comments are closed.