Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 22

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 9, 2024 5 Mins Read
6 Comments

އައިނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނައަށް ވިސްނެމުން ދިޔައީ މިއަދު ޑޮކްޓަރު ދެއްކި ވާހަކަތަކާ މެދުގައެވެ. ކަރު ހިއްކައިގަތުމުން އައިނާ މަޑުމަޑުން ތެދުވެ ފެންފުޅިއަށް ބަލައިލިއެވެ. ފެން ހުސްވެފައި ހުރުމުން ޖެހިލުންވެހުރެ ބުރުގަލެއް އަޅައިލައިގެން ބޭރަށް ނިކުތެވެ. ފެންއަޅަން ފުޅި ޖައްސައިފައި އޭނަ ކުޑަދޮރުން ބޭރު ބަލައިލިއެވެ. މިހާ ދަންވަރުވެސް ބޭރުގައި މީހުން އުޅެޔޭ އޭނާގެ ހިތަށް އެރިއެވެ. އައިނާގެ ހިތް ބާރަށް ތެޅިގަތީ އޭނާގެ ފަހަތުން ހިޔަންޏެއް ފެނުމުންނެވެ.

***ޕާޓް 22***

އައިނާ ސިހިގެން ދިޔައީ ފަހަތުގައި ހުރި މީހާ ވާހަކަ ދެއްކުމުންނެވެ. ” ނުނިދިގެންދޯ ތިއުޅެނީ؟؟ ” ޝީޔާން އަހައިލިއެވެ. އައިނާ މަޑުމަޑުން ބޯޖަހައިލިއެވެ. އައިނާ ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. އޭނާގެ ސިކުނޑި ބުނަމުން ދިޔައީ އެތަނުން ދިޔުމަށްށެވެ. ނުރައްކަލެއް ދިމާވާން އުޅޭކަމުގެ ސިގްނަލް ސިކުނޑިން އަޅަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ޝިޔާންއަކީ ވަރަށް ގާތް މީހެއް ކަމުގައެވެ. ” ވާހަކަ ދައްކާލަން ބޭނުންތަ؟؟ ” ޝިޔާން އަހައިލިއެވެ.    ” މިގަޑިއަކު ނޫން ދޯ ވަރަށް ނިދި އައިސްފި.. ގުޑް ނައިޓް ޝިޔާން.. ” އައިނާ ފެންފުޅިއަށް ފެން އެޅުމުން އަވަހަށް ފުޅި ހިފައިގެން ކޮޓަރިއަށްވަނެވެ. އެކި ކަންތަކާ ވިސްނަން އޮއްވައި އައިނާއަށް ނިދުންއިރެއްވެސް ނޭނގުނެވެ.

އޭގެ އަނެއް ދުވަހެވެ. އައިނާއަށް ހޭލެވުނީ މީހަކު އައިނާގެ ގައިގައި އަޅާފައިވާ ރަޖާގަނޑަށް ދަމައިގަތުމުންނެވެ. ” މަންޖެ ހާދަ ވަރަކަށްށޭ ހުވަފެން ބަލަނީ މިހާރު ކޮލެޖް ގަޑިޖެހެން ސާޅީސް މިނެޓަށްވީ އެއޮތް..! ” މައިރީން އައިނާ ދެލޯ ހުޅުވައިލުމުން ބުންޏެވެ. މައިރީން އެހެން ބުނުމާއިއެކު އައިނާ ފުންމައިގެން ތެދުވިއެވެ. އައިނާގެ ކުއްލި އަމަލުން މައިރީން ސިހިފައި ހަޅޭއްލަވައިގަތެވެ. ” މައިގަނޑާ ކީއްވެތަ އަވަހަށް ނުގޮވީ؟؟ މިއަދު ނޭނގެ ގަޑި ނުޖެހި ދެވޭނެ ކަމެއްވެސް.. ” އައިނާ އަވަހަށް ތުވާއްޔާއި އެދުވަހު ލާން އިސްތިރިކުރި ހެދުން ހިފައިގެން ފާހަނައަށްވަނެވެ. އައިނާ އެހެން ބުނުމުން މައިރީން އޭނައާއި ދިމާލަށް ލޯއަޅައިލަމުން ކުދި ކިޔާލިއެވެ. މައިރީން އަވަހަށް ގޮވުމުންވެސް އައިނާ ނުހޭލުމަކީ މައިރީންގެ މައްސަލަބާއޭ ހިތަށްއެރިއެވެ.

ހައިލިޔާ އާއި ފިޒާ އޭރު ތައްޔާރުވެ ނިމެނީއެވެ. ” މައިގެ ފްރެންޑް މިހާރު ކިހިނެތްތަ؟ ” ފިޒާ ގާތްގޮތަކަށް އަހައިލިއެވެ. އެއާއެކު އެދައްކަނީ ރީމާގެ ވާހަކަކަން މައިރީންއަށް ޔަގީންވިއެވެ. އެހެންކަމުން މައިރީން ހީލަމުން އެކަހަލަ ގޮތެކޭ ބުނެލިއެވެ. ހަގީގަތުގައި މައިރީންއަށްވެސް ރީމާގެ ހާލަތު ގޯސްވާކަން އިހްސާސް ކުރެވެއެވެ. މިހާރު ރީމާއަށް ތެދުވެ އުޅެންވެސް އުނދަގުލެވެ. ބޮލަށް އެނބުރުންއަރައި ނޭވާލުމަށް އުދަނގޫވެގެން އުޅޭފަހަރު މަދެއްނޫނެވެ. ނަމަވެސް މައިރީން ގަބޫލުކުރަނީ ރީމާ ރަނގަޅުވާނެ ކަމަށްށެވެ. މައިރީން ރީމާގެ ހާލަތާއި މެދު އިދިކީލިކޮށް ވިސްނާކަށް ބޭނުމެއް ނުވެއެވެ.

ފާހަނައިގައި ހުރި އައިނާއަށް ފިޒާގެ ސުވާލު އަޑުއިވުމުން އިއްޔެ ޑޮކްޓާރ ރިޔާޝާގެ ގާތު ދެއްކި ވާހަކަ ކަންފަތުގައި ގުގުމާލިއެވެ. އެވާހަކަ އާއިއެކު ރިޔާޝާގެ ވޭނީ ރުއިމުގެ އަޑުވެސް އިވެން ފެށިއެވެ. އެއާއާކު އައިނާއަށް ހީވީ ފާހަނައިގެ ހަތަރު ފާރު އޭނާ ފިއްތާލި ހެންނެވެ. ނޭވާލާން އުނދަނގޫ ވާންފެށުމުން މުށިތައްމަތީގައި އިށީންދެ ކަންފަތުގައި އަތްއަޅައިލިއެވެ. ދޮރުގައި ޓަކި ޖަހާ އަޑު އިވުމުން އައިނާ ދިޔައީ ސިއްސައިގެންވެ. ” ފާހަނާގަ ނިދީތަ އަޅެ؟؟ އައީ..؟ ” މައިރީން އައިނާއަށް ގޮވައިލިއެވެ. އައިނާ މި ނިކުންނަނީއޭ ކިޔައި އަވަސް ކޮށްލިއެވެ. އަދި ތައްޔާރުވެގެން ސައިބޯން ނިކުތެވެ.

ޝިޔާން ފެނުމުން ލުއި ހިނިތުންވުމެއް އައިނާ ރައްދުކޮށްލިއެވެ. ވަގުތު ނެތުމާއިއެކު އަމިއްލައަށް ޖޫސްތަށްޓެއް ގިރައިގެން ބޯލުމަށް ފަހު އެޕާޓްމެންޓުން ނިކުތެވެ. އޭރު މައިރީން، ފިޒާ އަދި ހައިލިޔާގެ އިތުރުން ޝިޔާންވެސް އައިނާގެ އިންތިޒާރުގައި ހުއްޓެވެ. އައިނާ ލަސްވުމުން ޕިސްޕިސް ކިޔާލައިފައި މައިރީން ކާރަށް އެރިއެވެ. ފިޒާ އާއި ޝިޔާން ކުރީ ސީޓްއަށް އެރިއިރު، ދެންތިބި ކުދިން އެރީ ފަހަތު ސީޓަށްށެވެ. ކޮލެޖަށްދެވުމުން ހުރިހާ ކުދިންވެސް މިސްރާބުޖެހީ އެކުދިންގެ ކުލާސްތަކަށްށެވެ.

ކްލާހަށް ވަދެ މައިރީން ކުރިންދުވަހު އިން މޭޒުގައި އިށީނެވެ. މައިރީން ހައިރާންވީ ކުރިން ދުވަހު ކްލާހުގައި ހުރި އެއްވެސް ކުއްޖެއް އެކުލާހުގައި ނެތީމައެވެ. ލެކްޗާރ ސެޝަން ފައްޓަން ބުނެލި ވާހަކައަކުން މައިރީންއަށް އޭނާއަށް އާދެވިފައި މިވަނީ ރަނގަޅު ކްލާހަކަށް ނޫންކަން ޔަގީންވިއެވެ. މައިރީން އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލަމުން ނިކުންނަން ހިނގައިގަތެވެ. ” އެކްސްކިޔުޒް މީ.. ސާރ މިތާ ފިލާވަޅު ނަގައިދޭން ހުރިތަނެއް ނުފެނޭތަ ؟ ” ހިތްހަމަ ނުޖެހިފައި އެ ކުލާހުގައި ހުރި ލެކްޗަރާރ ބުނެލިއެވެ. ” އަޅުގަނޑަށް ނުބައި ކްލާހަކަށް އާދެވުނީ.. ސޮރީ ސާރ ” މައިރީން ޖެހިލުންވެފައި ހުރެ ބުނެލިއެވެ. މައިރީންއަކީ ކޮން ޕްރޮގްރާމްގެ ކުއްޖެއްތޯ އެހުމަށްފަހު މައިރީންގެ ކްލާސް ހުންނަތަން ކިޔައިދިނެވެ. މައިރީން ލެކްޗަރާރ އެހީވެދިނިތީ ޝުކުރު އަދާކުރުމަށްފަހު ހިނގައިގަތެވެ.

ލެކްޗަރާރ އިރުޝާދު ދިން ފަދައިން މައިރީން އޭނާގެ ކްލާސް ހޯދިއެވެ. ސަލާމް ގޮވައިލުމުން އެކުލާހުގައި ކިޔަވައިދޭން ހުރި ލެކްޗަރާރ މައިރީންއަށް ބަލައިލުމަށްފަހު ހިތްހަމަނުޖެހުމުގެ ކުލަވަރު އޭނާގެ މޫނަށް ވެރިކޮށްލިއެވެ. ” ކްލާހަށް ގަޑި ޖެހިގެން އައީމަ އެހެން ކުދިންނަށް އުދަނގޫވާނެ ކަމެއް ނޭނގޭތަ؟ މީ އަދި ސެޝަންތައް ފެށުނުތާ ދެވަނައަށް ވީ ދުވަސް.. ” ހިތްހަމަނުޖެހިފައި ހުރެ ލެކްޗަރާ ބުނެލިއެވެ.   ” ސޮރީ މޭމް އަޅުގަނޑަށް ނުބައި ކްލާހަކަށް ވަދެވުނީ.. ” އިސްޖަހައިގެން ހުރެ މަޑުމައިތިރި ކަމާއެކު މައިރީން ބުނެލިއެވެ.       ” މައްސަލައެއް ނެތް.. ދެން އެހެން ދުވަހަކުން މިކަން ތަކުރާރު ވެގެން ނުވާނެ!! ” އެހެން ބުނުމަށް ފަހު ގޮޑިއެއްގައި އިށީނުމަށް ބުނެ އެދުވަހުގެ ފިލާވަޅާގެން އަނެއްކައިވެސް ކުރިއަށް ދިޔައެވެ.

އައިނާ، ޒާކިން، ހައިލިޔާ އާއި ފިޒާ މިއަދު ތިބީ ކައިރި ކައިރީގައެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން އައިނާ ހުރީ ބޮލުގައި ރިއްސާފައެވެ. އެހެންކަމުން އޭނައަށް ފިލާވަޅަށް ދޭންވާ ސަމާލުކަން މުޅިއެކުންނެއް ނުދެވެއެވެ. ޒާކިންއަށް އައިނާގެ މިޒާޖަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. ލެކްޗަރާ ފިލާވަޅު ދީފައި ދިޔުމުން ހުރިހާ ކުދިން ފިލާވަޅު ހަދަން އުޅުނެވެ. ” އައިނާ ގެއަށް ދާން ބޭނުންތަ ؟؟ ” ޒާކިން އައިނާ ކައިރީ މަޑުމަޑުން އަހައިލިއެވެ. އައިނާ ގަދަ ކަމުން ހީލުމަށް ފަހު ބޯހޫރައިލިއެވެ. ފިލާވަޅު އެނގުނު ގޮތަކަށް ހަދައި ނިންމުމަށްފަހު ލެކްޗަރާ ނާންނާތިވެ އައިނާ މޭޒުގައި ބޯ އަޅައިލިއެވެ. އޭރު ޒާކިން ފިލާވަޅު ނިންމައިގެން ހުރެ މީހަކަށް މެސެޖް ކުރަނީއެވެ. އިރުކޮޅަކަށްފަހު ލެކްޗަރާ ކުދިންނަށް ބްރޭކް ދިނެވެ. އައިނާ މައިރީން ފެނޭތޯ އޭނަގެ ކްލާހާއި ދިމާލަށް ދިޔައެވެ. ކްލާހުގައި މައިރީން ހުރުމުން އައިނާ ހީކުރީ އަދި ބްރޭކް ނުދެނީ ކަމަށްށެވެ. އެހެންކަމުން އޭނަ ހޯލްގައި އަތުރާފައި ހުރި ބެންޗްތަކުން ބެންޗެއްގައި އިށީނެވެ. އެވަގުތު ރާކިން އައިނާއަށް ގުޅައިލިއެވެ.

އައިނާ ރާކިންއާ ވާހަކަ ދައްކަން ހުއްޓައި ލޮލުގައި އަޅައިގަތީ ކެންޓިނަށް ވަންނަން ދިޔަ ޝާއިލްއެވެ. އޭނަ ރާކިން ގާތު ދާންވެއްޖެ ކަމަށް ބުނެ ފޯނު ކަނޑައިލިއެވެ. މައިރީން ކެންޓިނުގައި ހުރެދާނެކަމަށް އެތަނަށް މިސްރާބު ޖެހިއެވެ.

” މައިރީންވީ ކްލާހުގަ ” ޝާއިލްގެ އަޑުއައީ އައިނާގެ ފަހަތުންނެވެ. ” އޯހް.. މިދަނީ ބަލާ ” އައިނާ އެހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. ” މޭމް ހިފައްޓާފަ އިނީ.. މިއަދު ކްލާހަށް ލަހުން އައީމަ.. ” ޝާއިލް އައިނާ ކުރަން އުޅެނީ ބޭކާރުކަމަކަށް ވުމުން ބުނެލިއެވެ. ” ވަޓް؟؟ މައި އައީ އަހަރެމެންނާ އެކީ ހަމަ ގަޑިއަށް.. ” އައިނާ ހައިރާންވެފައި ހުރެ ބުނެލިއެވެ. އެއާއެކު ޝާއިލް ކޮނޑުއަރުވާލިއެވެ. ” ހޭއި ކަމެއްކޮށްދީބަ؟؟ ” ޝާއިލް އެއްބުމަ އަރުވާލިއެވެ. އައިނާ ޝާއިލް ގާތު އޭނަ ދަނީ ކޮންތާކަށްތޯ އަހައިލިއެވެ. ޝާއިލް ކްލާހަށް ދަނީކަމަށް ބުނެ ޖަވާބު ދިނުމުން، މައިރީންއަށް ކެންޓިނުން އައިސް މައިލޯއަކާއި ބާގާއެއް ނެގުމަށްފަހު އެ ގެންދިޔުމަށް އެދުނެވެ.

ޝާއިލް ބޯޖަހައިލަމުން ކްލާހަށް ދިޔައެވެ. އޭރު މައިރީން އިނީ މޭޒުގައި ބޯޖަހައިލައިގެންނެވެ. ނިމިގެންދިޔައީ އައި.ސީ.ޓީ ކްލާހަށްވުމުން މައިރީން އިނީ ބޯގޮވާފައެވެ. މައިރީން ކްލާހުގައި އިނީ ފިލާވަޅު ނުނިންމާ ބްރޭކްއަށް ގޮސްގެން ނުވާނެކަމަށް ލެކްޗަރާރ ބުނުމުންނެވެ. މީހަކު އޭނާ ކުރިމަތީ ހުއްޓުނު އިހްސާސްވެގެން މައިރީން އިސްއުފުލައިލިއެވެ. މައިރީން އިސްއުފުލާލުމާއިއެކު ޝާއިލް އައިނާ އޭނަ އަތަށް މައިރީންއަށް ރައްދު ކުރުމަށް ބުނެ ދިން ތަކެތި މައިރީންގެ މޭޒުގައި ބެހެއްޓިއެވެ. ” މައިރީންގެ އެކުވެރިޔާ ދިންއެއްޗެއް.. ” ޝާއިލް ބުނެލިއެވެ. އެހެން ބުނުމަށްފަހު އޭނާ އިންނަތާ އިށީންދެ ކޮމްޕިޔުޓާރާ ކުޅެންފެށިއެވެ. މައިރީން ހަމައެކަނި މައިލޯ ތަށި ބުއިމަށްފަހު ފިލާވަޅު ހެދޭތޯ އުޅެންފެށިއެވެ. އެވަގުތު މައިރިންއާއި ޖެހިގެން މިއަދު މޭޒުގައި އިން ކުއްޖާއައެވެ. ” ކްލާހަށް ކާއެއްޗެހި ވެއްދުން މަނާ ކަމެއް ނޭނގޭތަ؟ ” އެ ކުއްޖާ އައިސް ހަޅޭލަވައިގަތެވެ. މައިރީން ފޫހިވެފައި އިނދެ އޭނައާއި ދިމާލަށް ލޯއަޅާލިއެވެ.

ޝެލީން އިލްޔާސްއަކީ ބައެއްފަހަރު ކޮލެޖްގެ ބޮޑު މީހާހެން ހީވާ ފަހަރުވެސް އާދެއެވެ. ކުދިންނަށް ކަންކަމުގައި އަމުރު ކުރާއިރު ހީވަނީ އެއީ އޭނާގެ އަމުރަށް ތަބާވާން ތިބި އަޅުންތަކެއްހެންނެވެ. ޒީލަގަދަ އަޑަކާއި ރީތި ސިފައެއް ލިބިފައިވާ ޝެލީންއަކީ ރާއްޖޭގައި މިވަގުތު އެންމެ މަގުބޫލު އާރކިޓެކް ކޮމްޕެނީ ކަމަށްވާ އެލް.އެސް.ޔޫ ކޮމްޕެނީގެ ސީއީއޯގެ ހުރިހަމައެކަނި ދަރިފުޅެވެ. ޝެލީންއަކީ މެދުމިނެއްގެ އިސްކޮޅެއް ލިބިފައިވާ ހަމުގެ ކުލަ ދޮން، ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ޒަމާނީ ފެޝަނަށް ލޯބިކުރާ ޝެލީންއަކީ އަބަދުވެސް އެންމެ ފަހުގެ ޓްރެންޑްތަކަށް އުޅޭ ކުއްޖެކެވެ. އޭނަ އެންމެ ފޫހިވާ މީހުންގެ ތެރޭގައި ބުރުގާ އަޅާ އަންހެން ކުދިންނާއި ފަގީރު މީހުން ހިމެނެއެވެ.

މައިރީން ކަޅިމައްޗަށް ހިންގާލުމަށްފަހު ޝެލީން އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން އައިނާ ދިން ބާގާ ކާންފެށިއެވެ. އެއާއެކު އަލިފާންގަނޑަކަށް ޕެޓްރޯލް އެޅިފަދައެވެ. މައިރީން ކާންއިން ބާގަ އަތުންޖަހައި ވައްޓާލުމަށްފަހު މައިރީންގެ ދަބަހުގައި ހުރި އެއްޗެހި ތަޅުންމައްޗަށް ވަރައިލިއެވެ. އެވަގުތު ބްރޭކް ނިމިގެން ކުދިންތައް ކްލާހަށް ވަންނަން ފަށާފިއެވެ. ” ދެންވެސް ބުނީމަ ބުނާ ގޮތަށް ހަދާނީ.. މިތަނުންދޭ! މަގޭ ކައިރީގައި ހުރެވޭނީ މަށާ އެއްފެންވަރެއްގެ މީހުން.. ގެޓް ލޮސްޓް ” މައިރީން އާއި ދިމާލަށް ލޯއަޅައިލަމުން އޭނަ ބުނެލިއެވެ. ކުދިންތައް މައިރީންއަށް ބަލަން ފެށުމުން އިސްޖަހައިގެން ހުރެ ދަބަހަށް ތަޅުންގަނޑު މަތީ ހުރި ފޮތްތަށް އަޅަންފެށިއެވެ.

ޝާއިލް ބަލަން ނުހުރެ މައިރީންއަށް އެހީވެދިނެވެ. މައިރީންގެ ދަބަސް ހިފައިގެން އޭނަ ދިޔައީ އޭނަ އިންނަ ސީޓްއާއި ދިމާލަށްށެވެ. އެވަގުތު ޝެލީން ޝާއިލް އާއި ދިމާލަށް ބަލައިލީ ދެލޮލުން އަލިފާން ކަނި ބުރާ ހާލުގައެވެ. އަދި މައިރީންއަށް ނަޒަރު ހިންގާލިއިރު އޭނާގެ ލޮލުން މައިރީން އަނދާލަން އުޅޭހެން ހީވިއެވެ. ޝެލީންގެ ބެލުމުން ޝާއިލްއަށް އަސަރެއް ކުރިހެން ހީނުވެއެވެ. ޝާއިލްގެ އަޅައިލުން ކުޑަކަން ފެނި މޭޒުގައި ބާރަށް ޖެހުމަށްފަހު ޝެލީން ދިޔައީ ކުލާހުން ބޭރަށްށެވެ. އެހެންޏާ ގިނަ ކުދިންނަށް ޝެލީންގެ ނުރައްކާތެރި ނަޒަރު ފެނިއްޖެއްޔާ ބިރުން ވިރޭނެއެވެ. ގަޑި ނިމުނާއިއެކު މައިރީން އަވަހަށް ކްލާހުން ނުކުތެވެ. ޝެލީން އާއި މެދު ހިނގި ހަމަނުޖެހުމަށްފަހު މައިރީން އެކަކާވެސް ވާހަކައެއްނުދެއްކިއެވެ.

ގެއަށް ދެވުމާއިއެކު މައިރިން އެއްޗެކޭ ނުބުނެ ކޮޓަރިއަށް ދިޔުމުން ކޮންމެސް ކަމެއް ގޯސްވެއްޖެކަން އައިނާއަށް ޔަގީންވިއެވެ. މައިރީން އަމިއްލައަށް ބުނަންދެން އައިނާ ހުރީއެވެ.

ތެލަސީމިއާ ސެންޓަރުން ޔާދިން ނިކުމެގެން އައިއިރު އޭނާގެ ހިތް ދިޔައީ ލޯޑުބޮޑުވެފައިވާ އިންޖީނެއްފަދައިން ބާރަށް ތެޅެމުންނެވެ. މޭގައި އަތް އަޅައި މަޑުމަޑުން ހިތާވާ ފަރާތުގައި ޖަހައިލީ ހިތާ ހަމަޖެހޭށޭ ބުނާފަދައިންނެވެ. ގެއަށް ގޮސްފަ ނޫނީ ސިޓީ ނުހުޅުވާން އަޒުމް ކަނޑައަޅައިގެން ހުރެ ސައިކަލު ދުއްވާލިއެވެ. ގެއަށް ވަދެވުމާއެކު އަވަހަށް ކޮޓަރިއަށްވަނެވެ. އެއަށްފަހު މަޑުމަޑުން ސިޓީ ހުޅުވާލިއެވެ. އޭގަ އޮތް އެއްޗެއް ފެނުމުން ޔާދިންގެ މޫނުމަތިން ފެނުނީ ބަޔާން ކުރަން ދަތި އަސަރެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ރާނިޔާ 2

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަންސަވީސްވަނަ ބައި)

Next
May 9, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަންސަވީސްވަނަ ބައި)

Previews
May 9, 2024

ރާނިޔާ 2

6 Comments!

  1. RIFSHA says:
    May 9, 2024 at 12:18 pm

    Whattttt kihinei baa mi vy.alhe next part hama miadhu kiyaalaa hiyy vejje.alheyyy maaash dhen kon dhuvahaku kiyaalan libeyni next part.i can’t wait to see it
    Anyway mi episode ves varah reethi Masha Allah.konme part akun vx maash ge liyuntherikamuge hunaru kuri araa kan Rifoo ah faahaga vey.hehe
    Kon irakun next part kiyaalan libeyni ☺️
    Curiosly waiting for the next part
    May Allah bless you butterfly
    Love you butterfly 🦋

    1. Maash Butterflyyyyy says:
      May 9, 2024 at 4:10 pm

      Heyyy riffoo.. hehe next part kiyaalyma engeyne kihinehkan v.. next part iraadha kurehviyya Sundayga submit kohlaanan.. dhen admin approve dhinima ehnun up vaany dhw.. keep waiting dear.. Thankss riffoo.. vrh happy vejje mi ep riffo ah reethi vi kan enguneyma.. yes maash mi balany abadhuvx kurin liyevey kuhthah ragalhu kureveythw.. And liyuntherikanvx.. next part vx vrh avahah kiyaalan libeyne insha allah.. stay tuned dear❤
      Love you more riffo
      💜🦋

  2. ސްލީޕިން ބިއުޓީ says:
    May 9, 2024 at 2:08 pm

    Hi
    Ehmme kiyaa hihvi hisaabun e mining
    Curiously waiting
    When is next part
    Lysm

  3. Maash Butterflyyyyy says:
    May 9, 2024 at 4:15 pm

    In reply for the pending comment @ސްލީޕިން ބިއުޓީ
    Hey sleeping beauty
    mhmmm vrh curious kohlaafa dhw mi nimmaalevuny😂
    next part insha allah sundayga submit kohlaanan.. admin aprove libunyma kiyaalan libeyne..
    stay tuned dear…
    Love you more
    💜🦋

  4. Lilyyy says:
    May 9, 2024 at 11:24 pm

    Alheyyyyy dheyyynnnnnn kon kahala thaakun thi ninmaalanyyyy😭😭😭😭 Dhen ehen viyass vaahaka vrh reethi inge💓💓😂 Vrh vrhh inthizaaru kurevey dhen oih episode ahh😩

    1. Maash Butterflyyyyy says:
      May 10, 2024 at 7:30 pm

      Heyy Lilyyy
      Alheyyy vrhhh curious kohlaafa dhw mi nimmaalevunyyy😭 Thankyouuu Lilyy ah story reethi v kan enguneema vrh happy vejje☺ Dhen oii episode iraadha kurehviyya sundayga submitkoh laanan..
      Lyssm dear💜🦋

Comments are closed.

Next Episodeކުށަކީ ކޮބާ – 23←


All Right Reserved!