Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

އަންހެންކުއްޖަކަށް ވުމުން…

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 28, 2024 5 Mins Read
9 Comments

‘ އަންހެންކުދިން ގަސްގަހަކަށް ނާރާނެ، އަންހެންކުދިން ވާންވާނީ މަޑުމައިތިރި ކުދިންނަށް، ތީ އަންހެންކުދިންނަށް އެކަށީގެންވާ ފަދަ ވަޒީފާއެއް ނޫން. ‘ މި އަޑުތަކަކީ އަހަރެން ބޮޑުވަމުން އައިއިރު ހުއްޓުމެއްނެތި ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ އަޑުތަކެކެވެ. އަހަރެންނަކީ ހަލަނި ކުއްޖެކެވެ. ދެފައި އެއްތާކު ހަރުލައިގެން މިނެޓަކަށްވެސް ހުރުން ވާނީ ނާދިރު ކަމަކަށްށެވެ. މެންދުރުގެ ވަގުތު ވިއްޔާ މަންމަމެން އަހަރެން ހޯދަން ޖެހޭނީ، އަތިރިމަތީ ހުރި ގަސްތަށް ބަލާށެވެ. ގެއަށް އަންނަ އިރު ހަށިގަނޑުގައި ޒަހަމެއް ނުހުންނަ ދުވަހެއް ނުދާނެއެވެ. އަހަރެންގެ ނަމަކީ އީނާލްއެވެ. އަހަރެންނަށް މިހާރު ތޭވިސް އަހަރެވެ. އަހަރެންނަކީ ޕޮލިހުގެ ކްރިމިނަލް ޑިޕާރޓްމެންޓްގެ ހެޑްއެވެ. އަހަރެންނަކީ މިތަނުގައި އެހައި މަތީ މަގާމެއްގައި މަސަކަތް ކުރާ އެންމެ ޒުވާން އޮފިސަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެންނަށް މި ހިސާބަށް އާދެވުނީ އުނދަގޫ އެތައް އޮޅިގަނޑުތަކެއް ހުރަސް ކޮށްގެންނެވެ.  އަހަރެންގެ މާޒީއިން ސަފްހާތަކެއް ތިކުދިންނަށް މިއަދު ކިޔާދޭނަމެވެ.

ގްރޭޑް ދިހައެއް ނިމިގެން ދިޔައީ މައިންބަފައިން އުފާވާނެފަދަ ރަންވަނައަކާއެކުއެވެ. ގަދަ ދިހައެއްގެ ނޭޝަނަލް ޓޮޕްއިން ހަވަނަ އަހަރެންނަށް ލިބުނެވެ. އެހެންކަމުން އަހަރެންގެ މަންމަމެން ބޭނުންވީ އިތުރަށް ކިޔަވައިގެން ނިޔުރޯ ސާރޖެންއަކަށް ވުމަށްށެވެ. ނޫނީ ކޮންމެވެސް ބިޒްނަޒް ކޯހެއް ހަދާށެވެ. ކުޑައިރުއްސުރެ ހުރި ހަލަނިކަން އޭރުވެސް އަހަރެންގެ ނުފިލައެވެ. މަންމަމެނާއި ފިލައިގެން ހަވީރު ވަލަށްގޮސް ގްރޭޑް ދިހައެއް ނިމުމުގެ ކުރިން ކަރާޓީ ދަސްކުރީމެވެ. އަހަރެން ބޭނުންވީ ވަރަށް ‘ އެޑްވެންޗަރަސް ‘ ކަމެއް ކުރާށެވެ. އަބަދު މޭޒުދޮށުގައި އިނދެގެން ނަންބަރު ތަކެއް ހަދައި ބޯގޮއްވާށެއް ނޫނެވެ.

ފުލުހަށް ނުވަތަ ސިފައިންގެއަށް ވަނުމަކީ އަހަރެން އެންމެ ކުޑަ އިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް އަހަރެންގެ އާއިލާ މީހުން ބުނަމުންދިޔައީ އެއީ އަންހެންކުދިން ކުރާ ކަހަލަ ކަންތައް ނޫން ކަމަށްށެވެ. އެއީ ފިރެހެން ކުދިންނަށް ހާއްސަ ކެރިއާރއެއް ކަމަށްށެވެ. އަހަރެން ފުލުސް ޓްރެއިނިން ފަށަން އުޅުނުކަން އެނގުމުން އަހަރެންގެ މައިންބަފައިން ވަރަށް ރުޅިއައެވެ. އަހަރެންނަކީ ދުވަހަކުވެސް މައިންބަފައިންގެ ކުރިމަތީ އަޑު ހަރުކޮށް ވާޙަކަ ދެއްކި މީހެއް ނޫނެވެ. އެދުވަހު އެއްޗެކޭ ބުނެވިދާނެނެތީ އެކުވެރިއެއްގެ ގެއަށް ދިޔައީއެވެ. އެދުވަސްކޮޅަކީ އެކުވެރިޔާވެސް މާލެ ބަދަލުވާން އުޅުނު ދުވަސް ކޮޅެކެވެ. އެހެންކަމުން ފުރސަތުގެ ބޭނުން ހިފައި އަހރެން ދާން ބޭނުންވާ ވާހަކަ ބުނީމެވެ.

މަންމަމެންގެ ގާތު އަހަރެން ދާން ބޭނުންވާ ވާހަކަ ބުނުމުން އަހަރެންނަށް އެކަން ނުވާނެކަމަށް ބުނެ ވިސްނައިދޭން އުޅުނެވެ. އަހަރެން އޭރު ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. އަހަރެން އެ ކެރިއާރ ދޫނުކުރާ ހިނދެއްގައި ގެއަށް އައިސްގެން ނުވާނެކަމަށް ބައްޕަ އެންގިއެވެ.

އެހެންކަމުން އަހަރެން އެކުވެރިޔާއާއި އެކީ މާލެ ބަދަލުވީމެވެ. އެކުވެރިޔާގެ މަންމައަކީ އަހަރެންގެ މަންމަގެ ދައްތައެވެ. ދައްތަގެ ފިރިމީހާގެ ކޮށްކޮއަކީ ފުލުހެކެވެ. އޭނައަށް އަހަރެން ކިޔަނީ އިޝާރުބެއެވެ. އިޝާރުބެ އަހަރެން ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިކޮށްދިނެވެ. އަހަރެންނަށް ޓްރޭނިންތައް އެހައި އުނދަގޫ ކަމަކަށް ނުވެއެވެ. އުނދަގޫ ކަމަކަށްވީ ގާތް މީހުންގެ ދުލުން އަހަރެންނަށް އެކަން ނުވާނޭ ބުނާބުނުމުންނެވެ. އަހަރެންނަކީ އެހާ އަވަހަށް ހިތްވަރު އެލުވާލާ މީހެއްނޫނެވެ. މީހަކު އަހަރެންނަށް ކަމެއް ނުވާނޭ ބުނެފިނަމަ އެކަމެއް ކޮށްފަ ނޫނީ އަހަރެންނެއް ނުހުއްޓާނަމެވެ.

އެއްރެއެއްގެ ވަގުތެވެ. އަހަރެން ޓްރޭނިން ނިމުމުން ގެއަށް ދިޔައީ ހިނގާލާފައެވެ. މީހުން ބުނެ އުޅެއެވެ. މާލޭ މަގުމައްޗަކީ އަންހެން ކުއްޖަކަށް ރައްކާތެރި ތަނެއް ނޫނެވެ. ހާއްސަކޮށް ރޭނގަޑެވެ. އަހަރެންނަކީ އާދައިގެ އަނހެންކުއްޖެއް ނޫނެވެ. ދެތިން ފިރެހެނުންެއެކީ ‘ ބިމަށް ތިރިކޮށްލެވޭނެ ‘ ކަމުގެ ޔަގީންކަން އަހަރެންގެ ހިތުގައި އަބައޮތެވެ. ގެ ހުންނަނީ މަޖީދީމަގުގެ ގޯޅިގަނޑެއްގެ ތެރޭގައެވެ. އެހެންކަމުން އެހިސާބަށް ވަރަށް ބާރުބޮޑެވެ. ފާޑެއްގެ ޕާޓޭ ގްރޫޕްގަނޑެއްވެސް އެތާ އޮތެވެ. ކަންތަކާ ޖެހުނީއެވެ. އެ ގުރޫޕްގަނޑުން މޮޔަގެރި އަހަރެންނަށް ހުންނަނީ އަވަލަވާފައެވެ. އެއީ ހާޒިމެވެ. ލޯބިން ޒިމޫއޭ ކިޔާފަ ގޮވާށޭ އަހަރެން ގާތު އެއްފަހަރު ބުންޏެވެ. އަހަރެން މިއުޅެނީ އޭނައަށް ގޮވާނެ ނަންތަށް މަދުވެގެނެއްނޫނެވެ. އަހަރެން އޭނައަށް ކިޔަނީ މޮޔާގެރިއެވެ. ކިތަންމެ ފަހަރަކު ނޫނެކޭ ބުނުމުން ފަހަތުން ނެއްޓެން ނޫޅުމުން ކިޔާނީ އެހެނެއްނުން ހެއްޔެވެ؟

އޭނަ އައިގޮތަށް އައިސް ލޯބީއޭ ކިޔާފައި ގޮވާލިއެވެ. އަހަރެން ކުނިކުރެވުނު ވަރަކަށް މޫނު ކުނިކޮށްލީމެވެ. ” ލޯބި ތިހާ ރީތިވެގެން ބޭރުގައި އުޅޭކަށް ނުވާނެއެއްނުން..” އޭނަ ބުންޏެވެ. ބޮޑުކަމެކެވެ. އަހަރެން މިހުރީ ރީތި ވެގެނެއްނޫނެވެ. އަހަރެން ހުރީ ކަޅުކުލައިގެ އަތްދިގު މަތި ކޮޅަކާއި އެކުލައިގެ ބެގީ ޖިންސެއް ލައިގެންނެވެ. ޓްރޭނިން ކުރުމުން ދާހިތްލާފައި ހުރުމުން އަހަރެން ހުރީ ހެދުން ބަދަލުކޮށްގެނެވެ. އާދައިގެ މަތިން ޖަހާވައްތަރުގެ ދޫހުޅިއެއް ޖަހައިގެންނެވެ. ނިތްމަތީގައި ހުރި އިސްތަށިތަށް ދިޔައީ އަހަރެންނަށް އުނދަގޫ ކުރަމުންނެވެ. އެއީ އަހަރެންގެ މައްސަލައެވެ. ބަޔަކު ކޮށީ އޭ ކިޔާފަ ‘ ބޭންގްސް’ ކޮށަންޖެހޭހެއްޔެވެ. މިހާރު އެ އިސްތަށިކޮޅު ލޮލަށް ނުވަދެ ހުންނަނީ ކިރިޔާއެވެ.

މޮޔަގެރި ކީ އެއްޗަކަށް ބެލުމެއްނެތި އަހަރެން ގެއަށް އަވަހަށް ވަދެވޭތޯ އުޅުނީމެވެ. އަހަރެން ހުރީ އިންތިހާއަށް ވަރުބަލި ވެފައެވެ. އެހެންކަމުން އަހަރެން ބޭނުންވީ ފިނިފެނުން ފެންވަރައިގެން އެނދުގެ މަޑު ތަންމައްޗަށް ގެބިގެންދާށެވެ. އެކަމަކު މި މޮޔަގެރިގަނޑުގެ ކިބައިން އަވަސް ރަހްމަތެއްގައި ސަލާމަތް ވެވޭނެ ހެނެއްވެސް ހިޔެއްނުވެއެވެ. އޭނަ އަހަރެން ދާން އުޅުން ވަގުތު އަތުގައި ހިފެއްޓިއެވެ. ދެން މީ ބޮޑު ކިހާބޮޑުކަމެއް ހެއްޔެވެ. އަތުގައި ހިފިހިފީނުން އެތަނުގައި އޮތް ޕިކަޕަކާު ދިމާލަށް ހޫރާލަން ހިތަށް އެރިއެވެ. އޭރުން ހުންނާނީ ރާކަނި މަސް ކެވިފައެވެ. އަހަރެންގެ ހުއްދައެއް ނެތި ގައިގައި އަތްލުމަކީ އަހަރެން އެންމެ ރުޅިއަންނަ ކަންތަކެވެ. ހާއްސަކޮށް ފިރެހެނުންނެވެ. އަރައިފައިވާ ސިނގުރުޅިން އަހަރެން ހިތަށް އެރިގޮތަށްކަންތައް ކުރީމެވެ. އެތާ ހުރި އެހެން މީހުން އަހަރެންނާ ދިމާލަށް ހައިރާން ކަމާއެކު ބަލައިލިއެވެ. އަހަރެން ހުންނަ ގޮތުން އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލު ނުކުރެވުނީ ކަންނޭގެއެވެ. ނޫނީ އަހަރެންގެ ގައިގައި ހުރި ބާރު ފެނި ބިރުގަތީ ކަންނޭނގެއެވެ.

އަހަރެން ހުންނަ ގޮތުން އެކަހަލަ ކަމެއް ކުރެވޭނެ ކަމަށްވެސް މީހަކު ގަބޫލު ނުކުރާނެއެވެ. ކިރިޔާ ފަސް ފޫޓް ދެއެއް ހަމަވާކަމެވެ. އަހަރެން ހުންނަނީ ލޫޅާފަތިކޮށެވެ. މޫނު މަތީގައި އަޅައިގަންނަ ސިފަތަށް ހުންނަކަމށް ގަބޫލު ކުރަމެވެ. ކޮފީ ކުލައިގެ ބޮޑުދެލޮލާއި ހިތިފަތު ބުމައެކެވެ. ކުޑަ ނޭފަތަކާއި ބޯ ތުންފަތެކެވެ. އަދި އަހަރެން އެންމެ ލޯބިވާ އަހަރެންގެ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑެވެ. އެމީހުންނަށް ބަލައިލަމުން ކަޅިއަޅައިލުމަށްފަހު ގެއަށް ވަނީމެވެ.

އޭރު އަހަރެންގެ އެކުވެރިޔާ އުޅެނީ ރަމެން ހަދާށެވެ. ދެބުމަގޮށްޖަހައިގެން ހުރެ އޭނާގެ ފަހަތުގައި ހުއްޓުނީމެވެ. ކުއްލިއަކަށް އޭނަ އަތުގައި އޮތް ދޭފަތް އަހަރެންނާއި ދިމާލަށް ހޫރައިލިއެވެ. އޭނަގެ އަތުގައި ނުހިފުއްޓުންނަމަ އަހަރެންގެ މޫނަށް ރީތި ތައްގަނޑެއް އަރުވައިދިނީސްކަން ޔަގީނެވެ. އަހަރެން ފެނުމުން އޭނަ މޭގައި އަތް އަޅައިގެން ހުރެ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އީން އޭ ކިޔައި ދަމާލައިފައި ގޮވައިލިއެވެ.

” ހުންނަ ނުބައިކަން ބަލާބަލަ މަށަށް ނުދީ ރަމެން ހަދަނީ.. ” އެއާއެކު އޭނަ ފެށީ ހޭށެވެ. އަޅެ މީހަކު ހޭވަރުގެ އެއްޗެއް އަހަރެންނަށް ބުނެވިއްޖެ ހެއްޔެވެ. ” އީންއަށް ލައިގެންނޭ މިހަދަނީ ތާއަށް އެނގޭ އީން މިގަޑީގައި އަންނާނެކަން.. ދެންވެސް މިތާ ކުނި ވަސް ދުއްވަން ނުހުރެ ދޭބަލަ ފެންވަރަން.. ” ފުރަތަމަ ޖުމުލަ ބުނުމާއެކު އަހަރެންނަށް ހުރެވުނީ ކޮލްގެޓް އިސްތިހާރުކޮށްލައިގެންނެވެ. ނަމަވެސް ފަހުން ތާނީގެ އަނގައި ނިކުތް ޖުމުލައިން ދެ ބުމަ ގޮށްޖަހާލީމެވެ. އެއަށްފަހު އޭނާގެ ގައިގައި ބައްދާލުމަށްފަހު ދުވެފައި ކޮޓަރިއަށް ވަނީމެވެ. އޭރު އޭނަ އަހަރެންގެ ނަމުން ގޮވައި ހަޅޭލަވައި އަޑުއިވެއެވެ. ނިދަންލާ އަތްދިގު ކެހެރިގޮތަށްހުންނަ މަތިކޮޅެއް ހިފައިގެން ފާހަނައަށް ވަދެ ފިނިފެނުން ފެންވަރާލީމެވެ. އެއަށްފަހު ކުޑަގޮތަކަށް ތައްޔާރުވެގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން ކޮޓަރިން ނުކުތީމެވެ. އޭރު ތާނީ ހަދާފައިހުރި ރަމެންގެ ވަހުން މުޅި ކާގެ އެއްވަސްކޮށްފިއެވެ. ރަމެންގެ މީރު ވަހުން އަހަރެން ކުޅުދިޔާވިއެވެ ކައި ނިމުމުން އަހަރެން ދިޔައީ އަރާމުކުރާށެވެ.

އެރޭގެފަހުން ހުޒާމްގެ އުނދަގުލެއް އަހަރެންނަކަށް ނުފޯރައެވެ. ބިރުގަތީ ކަންނޭނގެއެވެ. ޓްރޭނިން ނިމުމުން ހުވާކުރާ ދުވަސްއައެވެ. އަހަރެންނަށް ނޭނގި ތާނީ މަންމަ އަހަރެންގެ މައިންބަފައިން ގެނައެވެ. އެމީހުންގެ މޫނުމަތިން އެދުވަހު އަހަރެން ދުވަހަކުވެސް އުންމީދު ކޮށްފައިނުވާ ކުލަވަރެއް ފެނިގެން ދިޔައެވެ. އެއީ އަހަރެންނާ މެދު ފަހުރުވެރިވާ ކަމުގެ ކުލަވަރެވެ. އެހާ ގިނަ ދުވަހަށްފަހު އެމީހުން ފެނުމުން އަހަރެން ހުރީ ޖަޒުބާތީ ވާގޮތްވެފައެވެ. މަރުހަބާ ކިޔަން އަހަރެންގެ ގާތަށް އައުމުން އެމީންގެ އަތުތެރެއަށް ދުވެލާފައި އަހަރެންނަށް ވަދެވުނެވެ. ” އަދިވެސް އީންގެ ބޭބީ ކަމެއް ނުކެނޑެދޯ؟.. ” ބައްޕަ ސަމާސާގެ ރާގަކަށް ބުންޏެވެ. އޭރު އަހަރެންގެ އިތުރުން އަހަރެންގެ މައިބަފައިނަށްވެސް ދިޔައީ ރޮވެމުންނެވެ.

” ދަރިފުޅާ ބައްޕައަށް މާފް ކުރޭ.. ބައްޕަމެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށްށެއްނޫން..” ބައްޕަ މާފަށް އެދުނެވެ. އަހަރެން ބައްޕައަށް މާފު ކުރީމެވެ. އެމީހުން ކަންތަށް ކުރި ގޮތާމެދު ކިތަންމެ ދެރަވިނަމަވެސް އެއީ އަހަރެންގެ މައިންބަފައިންނެވެ. އެމީހުން ދިން ތަރުބިއްޔަތު ބޮލާލާ ޖަހާލާވަރަށް އަހަރެން ގޯހެއް ނޫނެވެ. ” މަންމަމެން ފަހުރުވެރިވޭ ތީ މަންމަމެންގެ ދަރިއެކޭ ބުނަން.. ” މަންމަ ބުންޏެވެ. އަހަރެންގެ ހިތް އާސްމާނަށް އެރިފަދަ އިހްސާސެއް ކުރެވުނެވެ. ކޮންމެ ދަރިއަކަށްވެސް މައިންބަފައިންގެ ފަރާތުން އެ ޖުމުލަ އަޑުއިވުމަކީ އެންމެ ބޮޑު އުފާވެރިކަމެއް ލިއްބައިދޭނެ ކަމެއް ކަން ކަށަވަރެވެ.

އެދުވަހަށްފަހު އަހަރެންގެ ދިރިއުޅުމަށް ބަހާރު މޫސުން އައި ފަދައެވެ. މަންމަ އާއި ބައްޕަގެ އެހީތެރިކަމާއި އެއްބާރުލުން މެދުނުކެނޑި ލިބެމުން ދިޔައެވެ. އެމީހުންގެ ފަރާތުން ހުއްޓުމެއްނެތި ލިބެމުން ދިޔަ ހިތްވަރުގެ ބަސްތަކުން އަހަރެންގެ ހިތް އުފަލުން ފޮޅިގެން ދިޔައެވެ. ޗުއްޓީއެއް ލިބުމުން ރަށަށް ދިޔައީމެވެ. ރަށުން ފުލުހެއްގެ މަގާމުގައި އެހާ ޒުވާންއިރު ހުރި އަންހެންކުއްޖާއަށް އަހރެންވިޔެވެ. އެހެން އަންހެން ކުދިންވެސް ޓްރޭނިން ހެދިއެވެ. ނަމަވެސް ވަކި ހިސާބަކުން ފުރިހަމަ ނުކޮށްދޫކޮއްލީއެވެ. އަވައްޓެރިންނާއި އާއިލާ އެހެން މީހުންވެސް އަހަރެންނަށް މަރުހަބާ ކިޔާ ހިއްވަރަށް ސާބަސްދިނެވެ.

އަހަރެންގެ ވާހަކައިން ބުނެދޭން މިއުޅޭ ނުކުތާއަކީ، އަންހެންކުއްޖަކަށް ވިއްޔޭ ކިޔާފައި ހިތްވަރު އެލުވައިނުލާށެވެ. އަންހެންކުދިންނަށްވެސް ފިރެހެންކުދިން ކުރާ ކަންތައް ކުރެވޭނެއެވެ. އެމީހުންނަށްވުރެ މޮޅަށްވެސް ކުރެވޭނެއެވެ. ފިރެހެނުންނަށް ވުރެ އަންހެންނުންގެ ” ޕެއިން ޓޯލަރެންސް ” މަތިވާނެއެވެ. އެހެންނޫނީ ވިހެއުމުގެ ވޭނާއި މައްސަރުކަމުގެ ވޭނާ ކުރިމަތިލާން ޖެހޭނީ ފިރެހެނުންނެވެ. އަންހެނުންނެއްނޫނެވެ. އެއިންވެސް އެނގިގެން ދަނީ އަންހެންކުދިންގެ ހަށިގަނޑުގައި ކަންކަމުގައި ކުރިމަތިލުމުގެ ބާރު ހުރިކަމެވެ. ބޭނުންވަނީ ހިތްވަރެވެ.

މުޖުތަމައު ކަންކަމުގައި ދެކޭގޮތްތަކަކީ ބޮޑުވަމުން އަންނަ އަންހެންކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ފުޑުފުޑުވެގެންދާ ކަންކަމެވެ. މީހުން ދެކޭ ގޮތުގައި އަންހެންކުއްޖަކަށްވުމުން ކިޔެވުން އެއީ ބޭކާރު ކަމެކެވެ. ސަބަބަކީ އެމީހުންގެ މަސައްކަތަކީ ގޭތެރެފޮޅާ ސާފުކޮށް ކުދިން ބެލުމެވެ. ފިރެހެންނުންވިއްޔާ އަމިއްލައަށް ކޭ ތަށިވެސް ދޮވެވޭވަރުގެ ހިތްވަރުވެސް ނުހުރެއެވެ. އެއީ އަންހެނުނެގެ މަސައްކަތެވެ. ފިރެހެނުން ކައްކާ ހެދިއްޔާ އެ އަންހެންވަނީއެވެ. މުޖުތަމައުގެ މީހުން ފާޑު ނުކިޔާ ގޮތަކަށް އެކަކަށްވެސް ނޫޅެވޭނެއެވެ. މީހުންގެ ދުލުގައެއް އަހަރެމެންނަކަށް ނުހިއްފެއްޓޭނެއެވެ. އެއަށްވުރެ ކީރިތި ރަސޫލާ އުޅުއްވިގޮތަށް އުޅުއްވުން މާ އައުލާކަންބޮޑެވެ.

އެހެންކަމުން މީހަކު މިވެނި އެއްޗެކޭ އެވެނި އެއްޗެކޭ ކިޔުމުން ހިތްވަރު އެލުވައި ނުލާށެވެ. ހިތްވަރު ހުރިއްޔާ ކޮންމެ ކަމެއްވެސް ވާނެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު މީހެއްގެ ދުލުން ބޭރުކުރި ވިހަ ގަދަ ބަހަކަށްޓަކައި ފުޑުފުޑުކޮށް ނުލާށެއެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްޤެއްކަން ހަނދާން ބަހައްޓާށެވެ.

(ނިމުނީ)

 

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ތެމި ވާރޭގައި ވީމޭ 5

Next

ގާތުގައިވި އަނދިރިކަން، 11

Next
May 28, 2024

ގާތުގައިވި އަނދިރިކަން، 11

Previews
May 27, 2024

ތެމި ވާރޭގައި ވީމޭ 5

9 Comments!

  1. RIFSHA says:
    May 28, 2024 at 4:49 pm

    Woww butterfly
    Mi vaahaka varah vx reethi
    Yes girl kudhinney kiyaafa nukurevey kamei noannaane dho hehe
    Hey maash kon inrakun kushakee kobaa ge next part kiyaalan libeyni
    Varah kiyaa hithun mi hunnany
    Love you darla<3

    1. Maash Butterflyyyyy says:
      May 28, 2024 at 5:31 pm

      Thank you rifoo..
      Yes kureema komme kameh vx kureveyne.. Hiyvareh beynun vaane..
      Kushakey kobaa ge next part maadhan rey submit kohlaanan insha allah..
      Love you more dear💜🦋

  2. Anonymous says:
    May 28, 2024 at 5:34 pm

    Hey can i ask you

    1. Maash Butterflyyyyy says:
      May 28, 2024 at 6:26 pm

      Yes ofcourse

  3. RIFSHA says:
    May 28, 2024 at 5:36 pm

    Something??hey that’s my comment ingey..

  4. White rose White rose says:
    May 28, 2024 at 6:38 pm

    It’s kinda relatable. Nice story girl. Just love it. 👌🏻

  5. shihaamaa ali shihaamaa ali says:
    May 28, 2024 at 10:08 pm

    THAT’S MA GURL<<33
    As usual mi story vess vrh vrh vrh reethi ma sha allah. more stories like this should be written istg.. like were not mops or something to be just cleaning the house all day -_-
    Lysm lovely looking forward to read more stories of urs 😉

  6. Maash Butterflyyyyy says:
    May 29, 2024 at 7:04 am

    Reply for the pending comment @White rose
    Thank you sis❤ I’m happy you liked it<3
    💜🦋

  7. Maash Butterflyyyyy says:
    May 29, 2024 at 7:12 am

    Replying for the pending comment @shihaamaa ali
    Thank you shiher❤ vrh happy vejje shiher ah mi story reethi kan enguneema 😊.. Yeah we are human and we need to be treated that way.. Insha allah next week ga vx short story eh libeyne kamah balany mi…
    Lyssm dear<3
    💜🦋

Comments are closed.



All Right Reserved!