ފަތިހުގެ ހިތްގައިމު ވަގުތެވެ. ދުނިޔެ ފުން ނިންޖެއްގެ ތެރޭގައިވާހެން ހީވެއެވެ. އެވަގުތުގެ ނިދިން މަހުރޫމްވެ ބައެއް މީހުން ދިޔައީ އަޅުކަމުގައި މަޝްޢޫލުވަމުންނެވެ. ޔަލްވީ ނަމާދުކޮށް ނިމުމުން ގުރުއާން ކިޔެވުމަށްފަހު ނަމާދު ކުރާ ދޮޅި ބޭލިއެވެ. މުސައްލަ ފަތްޖަހާލުމަށްފަހު ކަބަޑު މަތީގައި ބާއްވާލިއެވެ. ފުން ނޭވާއެއް ލުމަށްފަހު ދުވަސް ފެށުމަށް ތައްޔާރުވާން އުޅުނެވެ. ދުވަންދާން ލާ ހެދުން ލައިގެން ޔަލްވީ ދިޔައީ ކުޑަކޮށް ދުވެލާށެވެ. ފަތިސް ވަގުތު ވުމުން މަގުތައް ވަނީ ހިމޭންވެފައެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިން […]
އައިނާ ރީމާގެ ގާތަށް ހޮސްޕިޓަލަށް އައި ވާހަކަ ބުނުމުން ރީމާއަށް އަވަސް ޝިފާއަކަށް ދުއާކުރަމުން ރާކިންއަށް ކޯލު ކަނޑާލަންޖެހުނީ މީހަކު އޭނައަށް ގުޅަން ފެށުމުންނެވެ. ” އެމީހުންގެ މޫވް ވަރަށް އަވަހަށް މޭކް ކުރާނެހެން ހީވަނީ.. އެމީހުންގެ ޓާރގެޓް އުޅެމުން ދަނީ އެމީހުންގެ ބޮސްގެ ގޭގައި.. ސާރ މޭކް ޝުއާ ޔޫ ގިވް ދި ޕްރޮޓެކްޝަން ޝީ ނީޑްސް.. ” ރާކިން އެކޮޅުން ވާހަކަ ދެއްކި މީހާއާއި ދިމާލަށް ބުނެލިއެވެ. ***ޕާޓް 20 *** ކުޑަކޮޓަރިއެކެވެ. ކޮޓަރީގައި […]
މަޑުމަޑުން ޝާއިލް ކުރާކަންތަށް ބަލައިލަން ކޮންޕިޔުޓަރާއި ދިމާލަށް ބޯ އަރި ކޮށްލިއެވެ. އެއާއިއެކު އޭނަގެ ބޮލުން ތަރި ބުރައިގެން ދިޔަހެން ހީވިއެވެ. ***ޕާޓް 19*** ކޮންޕިޔުޓަރުގެ ކަޅު ކުލައިގެ ސްކްރީން ފުރިފައިވަނީ އެކި ވައްތަރުގެ އަކުރުތަކާއި ނަންބަރުތަކާއި ކުލަތަކުންނެވެ. މައިރީންއަށް އެ ބަލަން ހަދައިގެން ބޮލަށް އެނބުރުންއަރާހެން ހީވިއެވެ. ޝާއިލް މައިރީންގެ މަސައްކަތް އޮތީ ކިހާ ހިސާބަކުތޯ ބަލަން އޭނައާއި ދިމާލަށް އެބުރިލި ވަގުތު މައިރީން ހުރި ގޮތުން ހިނިއައެވެ. ދެބުމަ ގޮށް ޖެހިފައިވާއިރު އަނގައަށް ހަދައިގެން […]
އައިނާ ރީމާއަށް ނަސޭހަތްދޭން ފެށިއެވެ. އަމިއްލަ ނަފްސަށް އަނިޔާ ކުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމުގައި ބުނީ މައިރީންއަށާއި ރީމާއަށް ބަލައިލަމުންނެވެ. އަދި އަމިއްލައަށް މަރުވާ މީހުނަށް ސުވަރުގެ ނުވަދެވޭނެކަމަށް ބުނެ ވިސްނައިދިނެވެ. އައިނާގެ ވާހަކަތަކުން ދެކުދިންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދެކުދިންނަށްވެސް ފާފައެއް ކުރެވުން ކަމުގެ އިހްސާސް ކުރެވުނެވެ. އައިނާގެ ވާހަކަތަކާއި މެދު ފުންކޮށް ވިސްނައި އެފަދަ ކަމެއް ނުކުރާން ދެކުދިން ހިތުގައި އަޒުމް ކަނޑައެޅިއެވެ. ***ޕާޓް 18*** މިއަދު މީ މައިރީންމެންގެ ކޯހުގެ ޑިޕްލޮމާރ […]
މައިރީން މާދަމާ ރީމާ ގާތަށް ދިޔުމަށްފަހު ކަންތައް ކުރާނެ ގޮތާ މެދު ވިސްނަން އޮއްވައި އޭނާގެ ދިގު އެސްފިޔަތަކަށް ބަރުވާން ފެށިއެވެ. ***ޕާޓް 17*** ޖެހިގެން އައި ދުވަހެވެ. މައިރީންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށްށެވެ. ފޯނަށް ބަލައިނުލައި ނިދީގައި ހުރެ އޭނަ ފޯނު ކަންފަތުގައި ޖައްސާލިއެވެ. ” ލަވް ފަތިސް ނަމާދު ކޮށްފިންތަ؟؟ ” ޔާދިން އަހައިލިއެވެ. ޔާދިންގެ އަޑުޖެހުމުން މައިރީންގެ ނިދި ފިލައިގެން ދިޔައެވެ. ހީލަމުން މި ހޭލީއޭ ބުނެ ފަހުން ގުޅާނަން […]
މައިރީން އިސްޖަހައިގެން ހިނގައިގަތީ އޭނަގެ ފަހަތުން މަޔާންމެން އަންނަކަމަށް ހީކޮށެވެ. މައިރީން ނުބަލައި ދަނިކޮށް ދުވެފައި އައި ކުއްޖެއްގެ ގައިގައި ޖެހި ވެއްޓުނެވެ. މައިރީން އެކުއްޖާގާތުން މާފަށް އެދުނެވެ. އަދި ތެދުވެ އެކުއްޖާއަށް އަނިޔާއެއްވިތޯ ސުވާލު ކޮށްލިއެވެ. ކުރިމަތީގައި ހުރި ކުއްޖާފެނި މައިރީން ހުއްޓުން އެރިއެވެ. ” ރީ!!!” ***ޕާޓް 16*** ބޯ ނިވާކުރަން ކަޅުކުލައިގެ ކުޑަ ބުރުގަލެއް އަޅާފައިވާއިރު، ބުމައިގައި އެންމެ އިސްތަށްޓެއްވެސް ނެތެވެ. މޫނުމަތި ހުދުވެފައިވާއިރު ތުންފަތް ވަނީ ކުރަކިވެ ފެޅިފައެވެ. ދެލޯވަނީ ވަޅުވަދެ […]
މަޔާންގެ އެކުވެރިއެއް އެކުދިން ބަލައި ކާރުގައި އައިސްފައި ހުރުމުން އަވަހަށް ކާރަށް އެރިއެވެ. ” މައި، ރީމެން ގެއަށް ދާންވާނެދޯ ސަޕްރަޒް ކޮށްލަން.. ” އައިނާ ފޯރިއާއެކު ބުނެލިއެވެ. މައިރީން އާއެކޭ ބުނުމަށްފަހު ކާރުގެ ސީޓްގައި ބޯޖައްސާލިއެވެ. އެވަގުތު މަޔާން ކާރުގެ ދޮރުހުޅުވުމަށްފަހު ކާރުގެ ކުރީ ސީޓްއަށް އެރުމަށްފަހު އިށީނެވެ. އަދި އެކުވެރިޔާއާއި ސަލާމް ކޮށްލުމަށްފަހު ހާލުއަހުވާލު އޮޅުންފިލުވިއެވެ. ***ޕާޓް 15*** މައިރީންމެން ހުންނަން ހަމަޖެހިފައިވަނީ އޭނަ މަންމަގެ އެކުވެރިއެއްގެ ގޭގައެވެ. އެހެންކަމުން މަޔާން އޭނާގެ އެކުވެރިޔާ […]
މައިރީން ޔާދިން ގައިގައި މަޑުމަޑުން ޖެހުމަށް ފަހު ދުއްވައިގަތީ ޔާދިންގެ ފޯނު ހިފައިގެންނެވެ. ޔާދިންވެސް ހެމުން މައިރީން ފަހަތުން ދުއްވައިގަތެވެ. ****14 ވަނަ ޕާޓް**** އައިނާ ދިޔައީ އޭނާގެ އުނގުގައި ބޯއަޅައިގެން އޮތް ރާކިންއާއި ވާހަކަ ދައްކަމުންނެވެ. ނަމަވެސް ރާކިންއަށް އައިނާ ކިޔާއެއްޗެއް އަޑުއިވޭހެން ހިޔެއް ނުވެއެވެ. އޭނަ އޮތީ އެހެން ދުނިޔެއަކަށް ގޮސް ގެއްލިފައެވެ. އައިނާ ދެފަހަރަކު އޭނައަށް ގޮވާލުމުންވެސް ރާކިންއަށް އަޑުއިވުނުކަމަކަށް ނުވިއެވެ. އެހެންކަމުން އައިނާ ހިތްހަމަނުޖެހި ހުރެ އެތަނުން ދާން ތެދުވިއެވެ. އައިނާ […]
މައިރީން ވަގުތުން ޔާދިންގެ އަތުގައި ހިފެއްޓިއެވެ. އޭނާގެ ނަޒަރު އުޑުގައި ރަސްކަންކުރަމުންދިޔަ ހަނދަށް ދަތުރު ކޮށްލިއެވެ.” ދި މޫން އިޒް ބިޔުޓިފުލް ، އިޒިންޓް އިޓް؟..” *** ޕާޓް 13 *** ‘ ދި މޫން އިޒް ބިޔުޓިފުލް ، އިޒިންޓް އިޓް؟ ‘ ގެ މާނައަކީ ޖަޕަނީސް ބަހުން އަހަރެން ވަރަށް ލޯބިވޭއެވެ. ޔާދިންގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވިއެވެ. އޭނައަށް ހީވީ އޭނާގެ ހިތް މޭފަޅާފައި ނިކުންނަން އުޅުނުހެންނެވެ. އެވަގުތު މައިރީންގެ މަޑުއަތްތިލަ ތުރުތުރު […]