Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 27

ޔާދު ދޮގުހެދީ މައިދެކެ ލޯބިވާތީ.. މައި ދޫކޮށްފަ ދާން ބޭނުން ނުވާތީ.. ރީ؟؟ މައިއަށް އިނގޭ މިހެން ވިސްނަން ނުވާނެކަންވެސް.. އެކަމަކު މައިއަށް ހިއެއްނުވޭ ޔާދުއާ ނުލާ މައިއަށް އުޅެވޭނެހެން.. ދެ ޕިންކްވެސް މެރީ ކޮށްގެން އުޅެއެއްނުން ހެޕީކޮށް.. އެންމެ ފަންސަވިސް ޕަސަންޓް އިންނާނީ ލިބޭ ކުއްޖަކު ލޭއަޅާ ކުއްޖަކަށްވުމުގެ… ކުޑަކުޑަ ރިސްކެއްނުން؟؟ އެހެންނޫނީ ބޭބީއެއް ނުހޯދާ އުޅެވިދާނެ.. ލައިކް އެޑޮޕްޓް ކުރެވޭނެއެއްނުން؟؟ ” މައިރީން ރީމާއާއި ދިމާލަށް ބަލައިލީ އޭނާ ދެއްކި ވާހަކަތަކަށް އެއްބަސްވުމަށް އެދި އާދޭސްކުރާ ފަދައިންނެވެ.

( ނުނިމޭ )

***27 ޕާޓް***

މައިރީން ދެއްކި ވާހަކަތަކުން ރީމާގެ ބޮލުގައި ކުޑަ ތޫފާނެއް އުފެދުނު ފަދައެވެ. އެކުވެރިޔާގެ ވާހަކައާ ކިތަންމެ އެއްބަސްވާން ބޭނުންވި ނަމަވެސް އެއްބަސް ވެވޭކަށް ނެތެވެ. ” މައި ތީވެސް ހެދިދާނެ ގޮތެއް އެކަމަކު މައި ރަނގަޅަށް ވިސްނާލަބަ؟؟ މައި މަންމަ އާއި ބައްޕައަކީ ނުލާހިކު ސްޓްރިކްޓް މީހުން.. އެމީހުން އޯކޭއެއް ނުވާނެ އެކަން އެނގި ޔާދުއާ މައިއާ އެކުގަ އުޅޭކަށް.. މައި ފަންސަވިސް ޕަސަންޓްގެ ރިސްކް ރަގަން ބޭނުންތަ އަސްލުވެސް؟؟ ކިހިނެތްވާނީ ފުރަތަމަ ލިބޭ ކުއްޖާ ލޭއަޅާކުއްޖަކަށް ވިއްޔާ؟؟ އެކުއްޖާ ބޮޑުވެގެން އަންނާނީ ހާދަ ހާލުގައޭ މަހަކު އެއް ފަހަރު ދެފަހަރު ލޭ އެޅުން.. ބްލަޑް ބޭންކް ތަކުން ލޭއަޅާ މީހުނަށް އެޗްއައިވީ ފަދަ ނުބައި ބަލިތަށްވެސް ހުރޭ ޖެހިފަ.. އެކުއްޖާ ދާނީ ކޮންމެ ދުވަހަކު އެތަށް މަރަކުން މަރުވަމުން.. މައިމެންނާ މެދު ޝަކުވާވެސް އުފެދޭނެ.. ބޭބީއެއް ނުހޯދާ ކިހިނެތް އުޅޭނީ މައި؟؟ ލައިފްގެ ކޮންމެސް ހިސާބަކުން މައިވެސް ޔާދިންވެސް ބޭނުންވާނެ އަމިއްލަ ލޭ މަންމައޭ ނުވަތަ ބައްޕައޭ ކިޔާފަ ގޮވައިލަން.. މައި ދެރަކުރަން ދައްކާ ވާހަކައެއް ނޫން މީ.. ދީސް އާރ ފެކްޓްސް މައި..” ރީމާ ދެރަވެފައި ހުރެ ބުންޏެވެ.

“ރީ ޕްލީޒް.. މަންމަމެންނަށް އެނގޭނީ މީހަކު ބުނީމައެއްނުން… އައިމް ބެގިން ޔޫ ޕްލީޒް ނުބުނާތި.. ވީ ކޭން އެޖަސްޓް ޔާދު ވަރަށް ލޯބިވާނެ މައިދެކެ.. ރީ ޕްލީޒް އެކަކު ކައިރީވެސް ނުބުނާތި ޕްރޮމިސް މީ؟؟ ” މައިރީންގެ ކަރުނަވީ ދެލޯ ފެނުމުން ރީމާގެ ހިތަށް އަސަރު ކުރިއެވެ. މަޑުމަޑުން ޕްރޮމިސްއޭ ބުނެލިއެވެ.  އޭރު ރީމާގެ ހިތަށް ދިޔައީ އެކި ހިޔާލުތައް އަރާ ފައިބަމުންނެވެ. ރީމާ ޕްރޮމިސް ކުރުމުން މައިރީން ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިކޮށްލަމުން ރީމާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ” ދެން ނިދަން އުޅޭ އަވަހަށް ރީ ވަރަށް ނިދި އައިސްފި.. މި މީހުން ދޭ ބޭސްތަކުން ހީވަނީ ބަޔަކު ގަދަކަމުން އެސްފިޔަތަށް ތަތް ކުރަން އުޅޭހެން ވިއްޔާ.. ” ރީމާ ހީލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ. ” ދޮގެއްވާ ނޫން.. ” މައިރީން ހާ ފުރެމުން ބުނެލިއެވެ. ރީމާ އޭނާގެ އެނދަށް ގޮސް އޮށޯވެލިއެވެ.

އޭގެ އަނެއް ދުވަހެވެ. ޔާދިންއަށް މައިރީން ހޮސްޕިޓަލްގައި ބާއްވާފައިވާކަން އެނގުނީ އެދުވަހުގެ މެންދުރު ވަގުތެވެ. އެހެންކަމުން މައިރީންއަށް ކަމުދާނެހެން ހީވާ ޗޮކްލެޓްއާއި ރަތް ފިނިފެންމާ ތަކެއް ހިފައިގެން ހޮސްޕިޓަލަށް ދިޔައެވެ. މައިރީންގެ އަމަލުތައް ކޮންމެ ގޮތަކަށް ހުރި ކަމުގައި ވީ ނަމަވެސް އޭނާއަށްހެވެ. މައިރީންއާއި ރީމާ އޮތް ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ ނާއިންއެވެ. އެތެރެއަށް ވަނުމަށް ތަންދެއްކުމަށްފަހު ނާއިން އިށީނީ ރީމާގެ އެނދުގެ މަގަތުގައެވެ،

މައިރީންއަށް ޔާދިން ފެނުމުން ދޮލޯ ބޮޑުކޮށްލާފައި ޔާދިންއަށް ބަލައިލިއެވެ. ޔާދިން ހުރީ ކަޅު ލެދާރ ޖެކެޓްއެއް ލާފައި އޭގެ ދަށުން ހުދުކުލައިގެ ޓީޝާރޓްއެއްލާފައެވެ. ތިރިން ލައިގެން ހުރީ ކަޅު ކުލައިގެ ޑެނިމް ޖިންސްއެކެވެ. އިސްތަށިގަނޑަށް ހަދައިފައިވާ ގޮތުން ނުހަނު ހިތްގައިމު ގޮތެއް ހުއްޓެވެ. ޔާދިން އެފަދައިން ހުރުމުން މައިރީންއަށް ވައްތަރުވީ ވެމްޕަޔާ ޑައިރީސްގައި އުޅޭ ޑޭމަން ސެލްވެޓާރއާއެވެ. ޔާދިންގެ އަތުގައި އޮތް ޗޮކްލެޓްއާއި ފިނިފެންމާތަށްފެނި މައިރީންގެ ހިތް ލޯބިން ފުރުން ފަދައެވެ. އޭނާގެ ތުންފަތަށް ލުއި ހިނތުންވުމެއް ވެރިވިއެވެ. މައިރީންގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ޔާދިންއަށް ހިތްވަރެއް ލިބުން ފަދައެވެ.

މައިރީން ގާތަށް އައުމަށް ފަހު އަތުގައި އޮތް މާބޮޑި ދިއްކޮށްލިއެވެ. މައިރީން ޔާދިންއަށް ބަލަން ހުރުމަށް ފަހު މާބޮނޑީގައި ހިފައިލީ ލުއި ހިނިތުންވުމަކާއެކީގައެވެ. މައިރީންގެ މޫނު މަތިން ފެނުނު ހިނިތުންވުމުން ޔާދިންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ” އޭ މީ މީހުން ރޯމިއޯ ޖޫލިއެޓް ކުޅޭ ތަންތަން ތަ؟ މައިއަށްވެސް އެކަނި ރޫމްއެއް ނެގި ނަމައެއްނުން ރަނގަޅުވީހީ.. ” ނާއިން ކޮށްކޮއަށްޓަކައި އުފާވެހުރެ ދިމާކުރާ ރާނގަކަށް ބުންޏެވެ. ” އެމީހުންނާ ދިމާ ނުކޮށް ހުރެބަލަ.. ޔާދިންއަށް ވީވަރު ނާއިއަށް ނުވޭ.. ނުލާހިކު ރީތި މާބޮނޑިއެއް މައިއަށްޓަކައި ގަނެގެން އެއައީ.. އައި ފީލް ސޯ ހެޕީ ފޯރ ޔޫ މައި.. އެހާ ކެއާ ކުރާ ބީއެފްއެއް ލިބުނީމަ.. ” ރީމާ ނާއިންގެ އިސްތަށިގަނޑު ހާވައިލިއެވެ. އެއާއެކު ނާއިން މޫނު ކުނިކޮށްލިއެވެ. އަދި އިސްތަށިގަނޑު ރަނގަޅު ކުރަން އުޅެންފެށިއެވެ. ” ދެން އަހަރެން ރީއަށް ކެއާ ނުކުރަނީތަ؟ ރިސޯޓްގަ ހުރެފަ އެހާ ބޮޑު ޗުއްޓީއެއްވެސް ނަގައިގެން މި އައީ ރީއަށް ޓަކައި.. ” ނާއިން ދެރަވާކަމަށް ހަދަމުން ބުނެލިއެވެ. އެއާއެކު ރީމާ މާފަށް އެދުނެވެ.

” ރީންއަށް ބޭރަށް ނުކުމެވި ދާނެތަ؟ އަހަރެންނާއެކީ؟؟ ” ޔާދިން މަޑުމައިތިރި އަޑަކުން ސުވާލުކޮށްލިއެވެ. ” ހޫމް ހޫމް.. އަހަރުންނާހެދި މި މީހުންގެ ޕްރައިވެސީއެއްވެސް ނެތޭ ދޯ.. ” ނާއިން އަނެއްކައިވެސް މައިރީންއާއި ދިމާކޮށްލިއެވެ. ވަގުތުން މައިރީން ނާއިންއާއި ދިމާލަށް ލޯ އަޅައިލިއެވެ. އަދި ޔާދިންގެ އެދުމާ އެއްބަސްވަމުން އައިވި ސްޓޭންޑްއާއި އެކީ ކޮޓަރިން ނިކުތެވެ. ޔާދިންވެސް މައިރީންއާއި އެކީ ނިކުމެ ހޮސްޕިޓަލުގައި ހައްދާފައިވާ ބަގީޗާއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ބަގީޗާގައި ހުރި ބެންޗްތަކުން ބެންޗެއްގައި އެކުދިން އިށީނެވެ.

ވަށައިގެންވާ މާހައުލުފެނި ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ލިއްބައިދޭނެކަން ޔަގީނެވެ. އެކިވައްތަރުގެ މާމެލާމެލީގެ ގަސްތަށް އިނދާފައިވާއިރު ތަފާތު ޒާތްޒާތުގެ ކޮކަލާއި ދޫނި ސޫފާސޫފި މިނިވަން ކަމާއެކު ދިޔައީ އުނދުހެމުންނެވެ. ބެންޗްތައް ބަހައްޓާފައި ހުރިތާ ކައިރީ ބޮޑު މަސްފެންގަނޑެއްވެސް އޮތެވެ. އެފެންގަނޑުގައި ތަފާތު ކުލަކުލައިގެ މަސްތަށް އުޅެމުންދިޔައެވެ. ބެންޗްތަކަށް ހިޔާ ވަނީ އޭގެ ފަހަތުގައި ހުރި ބޮޑެތި ގަސްގަހުގެ ހިޔަނީގެ ސަބަބުންނެވެ.

” އައިމް ރިއަލީ ސޮރީ ރީން.. އަހަރެން ރީންއާ ދުރުވާން ބޭނުން ނުވާތީ ދޮގުހެދީ.. އިނގޭ ސޮރީއަކުން ރީންގެ ލައިފްއިން ޔާދުއާއެކީ ވޭސްޓް ކުރި ދުވަސްތައް އަބުރާ ނާންނާނެކަން.. ބަޓް އައި ރިއަލީ ލަވް ޔޫ.. މޯރ ދެން އެނީތިންގް އައި ޕްރޮމިސް.. ޔާދު ރީންގެ ކޮންމެ ޑިސިޝަންއަކަށްވެސް ރެސްޕެކްޓް ކުރާނަން.. ” ޔާދިން ވާހަކަ ދެއްކީ ބޭގަރާރު ކަމާއެކީގައެވެ. މައިރީންގެ ޖަވާބެއްގެ އިންތިޒާރުގައި ޔާދިން ކެއްތެރިކަމެއް ނެތި އިނެވެ. ޔާދިންގެ ވާހަކައިން މައިރީން ދެރަވިއެވެ.

” ޔާދު އައި ވިލް ނެވާރ ލީވް ޔޫ.. ޔާދުއާއެކީ ހޭދަ ކުރި ދުވަސްތަށް ދުވަހަކުވެސް ވޭސްޓްއަކަށް ނުވާނެ.. އެއީ މައި ހިތުން ނުފިލާ ދުވަސްތަކަކަށް ވާނެ.. މައިވެސް ބޭނުމެއްނޫން ޔާދުއާއި ދުރުވާކަށް.. އޭމް ސޮރީ މައިއަށް ރިއެކްޓް ކުރެވުން ގޮތުން.. އެކަމް ޔާދުއަށް ކަމެއް ކޮށްދެވިދާނެތަ؟.. ” ޔާދިންއަށް ބަލައިލަމުން މައިރީން އަހައިލިއެވެ. މައިރީންގެ ޖަވާބުން ޔާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި މައިރީންގެ ދެއަތްތިލައިގައި ހިފަމުން ހީލާފައި ބޯޖަހައިލިއެވެ. ” ޔެސް އެނީތިން ލަވް.. ޓެލް މީ؟؟ ” ޔާދިން ލޯބިން ފުރިފައިވާ ރާގަކަށް އަހައިލިއެވެ. ” ކެން ޔޫ ޓެސްޓް އަގައިން.. އެމީހުންނަށް ހަމަ އޮޅިވެސް ދާނެ އެއްނުން؟؟ ދެއާރ އިޒް އަ ޕޮސިބިލިޓީ އެހެން ވެދާނެ ކަމުގެ ދެޓްސް ވައި.. ” ޔާދިން ވަގުތުން އެކަމަށް އެއްބަސްވިއެވެ. ” ޔާދުވެސް ހިތަށް އެރި އަލުން ޓެސްޓް ކުރަން.. ރީން ބުނީތީ ވެސް ކުރާނަން.. އެކަމް ވަޓް އިފް ދި ރިޒަލްޓް އިޒް ދި ސޭމް؟؟ ” ޔާދިން ޖެހިލުންވެ ހުރެ އަހައިލިއެވެ.

މައިރީން ލުއި ހިނިތުންވުމެއް ޔާދިންއަށް ހަދިޔާކޮށްލިއެވެ. ” ދެން އިޓް ވުޑް ބީ އަވާ ލިލް ސީކްރެޓް.. މައިއަށް ޔަގީން މައިގެ ޕޭރެންޓްސްވެސް ޔާދުގެ ޕޭރަންޓްސްވެސް އޯކޭ ނުވާނެކަން.. މައިމެންނަށް މިކަންތަށް ސިއްރުކޮށްގެން އުޅެވިދާނެ.. މެރީ ކުރިޔަސް ކިޑްއެއް ނުހޯދާ ހަމަ އެޑޮޕްޓް ކުރެވިދާނެ.. އައި ކާންޓް ލިވް ވިތް އައުޓް ޔޫ.. ” ފަހު ޖުމުލަ ބުނެލިއިރު މައިރީންގެ އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ. ޔާދިން މައިރީންގެ މޫނުގައި ދެއަތުން ހިފައިލިއެވެ. އަދި ނިއްކުރި އޭނާގެ ނިއްކުރީގައި ޖައްސާލިއެވެ. އެއަށްފަހު މައިރީން ބުނެލި ފަހުޖުމުލަ ތަކްރާރުކޮށްލިއެވެ. މައިރީންގެ ގައިން ހީބިހި ނަގައިގެން ދިޔައީ ޔާދިންގެ ފިރެހެންވަންތަ އަޑު އެހައި ކައިރިން އިވިގެން ދިޔާމައެވެ.

ކައިރިން އިވިގެން ދިޔަ އަޑުން ޝާއިލް ކޮންމެވެސް ވަރަކަށް ސިހުނެވެ. މިއީ ޝާއިލް ނޫނެކޭ ބުނުމުން އޭނަ ވާހަކަ ދައްކަން މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. ” ޝާއިލް ކީއްވެ އަހަރެން ރިޖެކްޓްކޮށްލީ.. އަހަރެންގެ ކޮން ކަމެއް އުނިވެގެން؟؟ ” އަނެއްކާވެސް ޝެލީން އޭނަ ބުނި ވާހަކަ ތަކުރާރުކޮށްލިއެވެ. މިއަދު ކްލާސްތައް ނިމުމުންވެސް އޭނަ މަޑުކުރީ ޝާއިލް ކޮމްޕިޔުޓާ ލެބްގަ މަޑުކުރާނެކަން ޔަގީން ވާތީއެވެ. ޝެލީން އައުމުން ޝާއިލް އުޅުނީ އެތަނުން ދާށެވެ. އެއާއެކު ޝެލީން އޭނާގެ ކުރިމައްޗަށް އެރިއެވެ.

އޭރު އޭނާގެ ދެލޯކަރުނުން ފުރިއްޖެއެވެ. މިތަން ފެނުމުން ޝާއިލްގެ ހިތަށް ލޮޅުމެއް އެރިއެވެ. އެހެންކަމުން އޭނަ މަސައްކަތް ކުރީ ޝެލީންގެ ދެލޮލަށް ނުބަލައި ވޭތޯއެވެ. ޝެލީންގެ ކަޅިރަވައިގައި ގޮތް ނޭނގޭ ސިހުރެއްވެއެވެ. އެ ރީތި ކަޅިރަވަ ފެންނަ ކޮންމެ މީހަކު ދެވަނަ ފަހަރަށް ބަލައިލާނެފަދަ ރީތި ކަޅިރަވައެކެވެ. ދިވެހި ރާއްޖޭން ހޯދަން އުދަނގޫ ފަދަ ކަނޑު ނޫކުލައެވެ. ޝާއިލް މަސައްކަތް ކުރީ އެ ރީތި ދެލޮލުގެ ޖާދޫގައި ނުޖެހުމަށްށެވެ.

އިސްޖަހައިލައިގެން ހުރެ ޝެލީން ގާތު ދޮރުކައިރިން ދުރަށް ދިޔުމަށް އެދުނެވެ. އެއާއެކު ޝެލީން އައިސް ޝާއިލް ލައިގެން ހުރި ކަޅުކައިގެ ހޫޑީގެ ކަރުގައި ހިފައިލިއެވެ. ” ނުދާނަން ” ޝާއިލްއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޝެލީން ބުނެލިއެވެ. އޭނަ ގާތުން ސަލާމަތް ނުވެވޭނެކަން ޔަގީންވުމުން ޝާއިލް ބަލި ގަބޫލު ކުރިއެވެ. ” ވަޓް ޑޫ ޔޫ ވޯންޓް ” ޝެލީންގެ މޫނަށް އަސަރެއް ނެތި ބަލައިލަމުން ޝާއިލް އަހައިލިއެވެ. އެއާއެކު ޝެލީން ޝާއިލްއާއި ގާތްވެލިއެވެ. ” ޔޫ… އައި.. ވޯންޓް.. ޔޫ.. ” ކޮންމެ ބަހަކަށް ވަކިވަކިން ބާރުލަމުން ޝެލީން ބުނެލިއެވެ. އެއަށްފަހު ޝެލީން ކޮށްލިކަމަކުން ޝާއިލް ސިހުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. RIFSHA

    Hey butterfly
    Mi part vx vrh reethi Masha Allah
    Kon irakun next part kiyaalan libeyni.
    Yes yaadhu aneikaa test hadhaniyyo.
    Yesss maash pls pls mi faharu white eh dhehche.
    Shelyn and shaail gulhen dho e ulheny
    Curiously waiting for the next part
    Love you maash

  2. LIM🖤

    Vvvvvv reethi when next???

    1. Butterflyyyyy
      LIM🖤

      Thanks LIM🖤.. Next part at Thursday❤
      💜🦋

  3. ސްލީޕިން ބިއުޓީ

    Yayyyyyy finally yaadhu alun test had hang plxx white eh dhehchey
    Curiously waiting
    When is the next part
    Lysm dear🤗🤗

  4. Someone

    Maashaa allah mi part vx varah varah reethi…
    Can’t wait……
    suvaaleii ahaalan thr? Ehchekey hee nukurahchey… thyna kon rasheii? Hama ahaalee ingey.. aslu name bunevidhaane thr?…
    Next part kiyaa hithun mihiry keii madhuvefa…

    1. Butterflyyyyy
      Someone

      Thanks Someone❤.. Rasheh public v ma nubuneveyne private koh bunelafaanan.. You can msg me in my insta account.. My name is Maasha.. Am happy you like the story dear… Insha Allah Wednesday nyt ga next part submit kohlaanan..
      Lyssm
      💜🦋

  5. Butterflyyyyy

    Replying for the pending comment @RIFSHA
    Heyyy rifoo
    Thanks vrh happy vejje mi part reethi kan engunyma..
    Next part Thursday ga insha Allah…
    Yes yaadhu test hadhany.. Well maash kurikameh nooney docs ah nun engeyny results dhw.. 😭
    Shelyn and Shaail adhi nugulhe.. But let’s see dhw vaa goi..
    Love you moree rifoo
    💜🦋

  6. Butterflyyyyy

    Replying for the comment @sleeping beauty
    Yeshhhh finally yaadhu test hadhany.. Doc ahnun engeyny white eh thw or pink eh thww dhw.. Next part Thursday insha allah..
    Love you more dear
    💜🦋

  7. flowerr

    vrh reethi mi part masha allah
    vrh next part kiyaahiyveyy
    keep it up gurll

  8. Butterflyyyyy

    Replying for the Pending comment @flowerr
    Thank you so much dear.. That means a lot me.. Next part insha allah Thursday ga..
    💜🦋

  9. Cute girl

    Masha allah mi part vx v Reethi
    Can’t wait for next part
    Maireen and yaadhu gulhuvachey
    There are very lovely couple

    1. Butterflyyyyy
      Cute girl

      Thank you Cute girl..
      Next part submit kohlin midhiya week ga adhivx up nuvey.. Let’s see dhw vaa goi.. Lyssm dear💜🦋

Comments are closed.