Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 21

ޔާދިން އެހައި ކައިރީގައި ހުރުމުން މައިރީން ހުރީ ނޭވާ ހިފައްޓާލައިގެންނެވެ. އަނެއްކޮޅުން މައިރީންއަށް އަންނަމުން ދިޔަ ބަދަލުތަކުން ޔާދިންއަށް އޭނާގެ ހިއްސުތައް މައިތިރިކުރަން އުނދަގޫވިއެވެ. މައިރީން ތުންފަތުގައި ދަތްއަޅައިލުމުން އެ ރަތް ތުންފަތުގެ ކުލަ އިހުނަށްވުރެ ގަދަވިހެން ހީވިއެވެ. ޔާދިން ދެލޮލަށް ބަލަން ނުކެރުމުން މައިރީން އިސްޖަހައިލިއެވެ. ޔާދިންގެ ހޫނު ނޭވާތަށް އަޅައިގެން ހުރި ދަނބު ކުލައިގެ ޝޯލްގެ ދަށުން މައިރީން ކަންފަތަށް އިހުސާސްވިއެވެ. އެއާއެކު މައިރީންއަށް ހިންދިރުވާލެވުނެވެ. ޔާދިން މައިރީންގެ ކަނދުރާއާއި ހަމައަށް ތިރިވެލި ވަގުތު އޭނާ ޖަހާފައިހުރި ގުޑްގާލް ސެންޓްގެ ވަސް ޔާދިންގެ ނޭފަތުގައި ޖެހުނެވެ. އެއާއިއެކު އޭނަ ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ. ޔާދިން މަޑުމަޑުން މައިރީންގެ ކަންފަތާއި ކައިރިވެލިއެވެ. އޭނާގެ ދުލުން ނިކުން ޖުމުލައިން މައިރީންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

***ޕާޓް 21***

” މައި ބައްޕަ ގާތު މެރީ ކުރަން ހުއްދަ ހޯދާފިން.. ” ޔާދިން ހުރީ މައިރީންގެ މޫނަށް އަރާ ކުލަވަރު ޝައުގުވެރިކަމާއެކު ބަލާށެވެ. ޔާދިންގެ ޖުމުލައާ އެކީ މައިރީންއަށް އުފަލުން ރޮވުނެވެ. އޭނާގެ ބައްޕަ ގާތުން ކައިވެންޏަށް ހުއްދަ ހޯދުމަކީ ޔާދިން އޭނާދެކެ ލޯބި ވާކަމުގެ އަލިގަދަ ހެއްކެކެވެ. މައިރީންގެ ދެލޯ ފެންކަޅިވީ ޔާދިން އޭނާދެކެވާ ލޯބީގެ ތެދުވެރިކަން އިހްސާސް ވުމުންނެވެ. ޔާދިން ހިނިތުންވެލުމަށްފަހު އޯގާތެރިކަމާއެކު މައިރީންގެ ދެލޮލުން އައި ކަރުނަތައް ފޮހެލަދިނެވެ. ” ތެންކިޔު ” މައިރީން ބުނެލިލެއް މަޑުކަމުން ޔާދިންނަށް އެއަޑު އިވުނީ ކިރިޔާއެވެ. ޔާދިން ހިނިތުންވެލިއެވެ. މައިރީން ގަޑި ބަލައިލީ އެއްޗެއް ހަދާންވީ ފަދައަކުންނެވެ. އައިނާ ހޯދަން ދިއުމަށް އޭނަ އުޅުމުން ޔާދިންވެސް މައިރީން އާއިއެކީ އައެވެ.

މައިރީން ތަންތަން ހޯދަމުންދަނިކޮށް، ޝިޔާންއާއި އައިނާ ދެކެފަރިތަ ރަހްމަތްތެރިން ފަދައިން ވާހަކަ ދައްކަން ތިބިތަން ފެނުނެވެ. މައިރީންގެ މޫނު މައްޗަށް ހައިރާންކަން ވެރިވީ، އައިނާއަކީ ޝިޔާންދެކެ ފޫހިވާ ކުއްޖެއްކަން އެނގޭތީއެވެ. ޝިޔާން އޭނައާއި ދިމާލަށް ބަލަނީ ރަނގަޅު ނިޔަތަކު ނޫނޭ އަބަދުވެސް ބުނާތީއެވެ. އައިނާއަށް މައިރީން ފެނުމުން ހަނާ އަޅައިލިއެވެ. އެއާއެކު މައިރީން އައިނާ ގާތަށްއައެވެ. ” އައި ރޮއެފަތަ؟؟ ދެލޯ ހާދަ ބޮޑަކަށް ދުޅަވެފަ؟؟  ” މައިރީން އަހައިލިއެވެ. ” ލޮލަށް ކުޑިކޮޅެއް ވަނީ ” އައިނާ ގަދަ ކަމުން ހެމުން ބުނެލިއެވެ. އައިނާ ހަދަނީ ކަނޑައެޅިގެން ދޮގުކަން މައިރީންއަށް އެނގުނެވެ. ނަމަވެސް ޔާދިން އާއި ޝިޔާން ހުރުން އެއްޗެކޭ ނުބުނީއެވެ.

” ޝިޔާންއާއި ފްރެންޑްސް ވީތަ؟؟ ” މައިރީން އައިނާއަށް ބަލައިލަމުން އަހައިލިއެވެ. ” ޔެސް.. ދެން އެއްގެއްގައި އުޅެންޏާ އެކުވެރި ވާން ވާނެއެއްނުން..؟ ” އައިނާ ބުންޏެވެ. މައިރީންވެސް ހީލަމުން އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ޔާދިންއަށް ބަލައިލުމަށްފަހު ޝިޔާން ސަލާމަށް އަތްދިއްކޮށްލަމުން ތައާރަފުވެލިއެވެ. ޔާދިންވެސް ހީލަމުން އަމިއްލަ ތައާރަފެއް ދިނެވެ. ” ހިނގާބަ މިއުޅޭ ރީ ގާތަށް ދާން.. އާން މައިމެން މީ ރީއަށް ގޮވައިލަން އައި ބަޔަކޯ.. އެކަމު މައިމެން ކީއްކުރަނީ މި.. ނޭނގެ އެތާ ބަގީޗާއެއް ނުހައްދާކަމެއްވެސް މިހާރު.. ” މައިރީން އެހެން ބުނުމުން އެތާ ތިބި އެންމެން ގޮތަކަށް ހޭން ފެށިއެވެ. މައިރީން ހީލައިފައި ހިނގައިގަތެވެ. ” މައި ދޭ.. އައި ކަމެއް ޖެހިގެން ދާން ވެއްޖެ ގެއަށް.. ވަރަށް ބޮޑަށް ސޮރީ.. ” އައިނާއަށް ހަގީގަތް އެނގި ހުރެ ރީމާގެ ގާތަށް ދާނެ ހިތްވަރެއް ނުލިބުނެވެ. ” އަޅޭ ކޮން ކަމެއް ޖެހުނީ؟؟ ” މައިރީން އައިނާ ފޮނުވަން ބޭނުން ނުވުމުން އަހައިލިއެވެ. ” ހަމަ ކަމެއް..” އައިނާ ބުނެލީ ރަތް ކުލަ ޖައްސާފައިވާ އޭނާގެ ނިޔަފަތިތަކާއި ކުޅެމުންނެވެ. މައިރީންއަށް އެއާއެކު ނެގުނީ އެހެން މާނައެކެވެ. ” އޯހް މައި ދާނަން އައި އާއިއެކު.. ” މައިރީން ބުނެލިއެވެ. އައިނާއަށް މައިރީން ނެގި މާނަ އެނގުނެވެ. އެއާއެކު އޭނާ ތުންފަތުގައި ދަތްއަޅާލިއެވެ. ” ނޫނޭ ޝިޔާން އާއި އެކީ ދާނީ ” އައިނާ ބޭނުންވީ އެކަނި ވެލާށެވެ. މައިރީން އާއިއެކު ދާއިރަށް ރުއީ ކީއްވެތޯ ސުވާލު ކުރާނެކަން އޭނައަށް އެނގެއެވެ. އައިނާގެ ޖަވާބުން މައިރީން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ބޯޖަހައިލަމުން ޔާދިންއާއި އެކު ހިނގައިގަތެވެ.

” ރީން އާއި ޔާދުވެސް އެކޮޅުގަ ބޮޑު ބަގީޗާއެއް ހައްދާފަ ދޯ މިއައީ އެހެންވީމަ.. ” މައިރީންގެ ފަހަތުން އައިސް ޔާދިން ބުނުމުން މައިރީންގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ޔާދިންއަށް ލޯއަޅާލުމަށްފަހު މައިރީން ގޮސް ރީމާގެ ކޮޓަރީގައި ޓަކިޖެހިއެވެ. ނާއިން ދޮރުހުޅުވާލަމުން އެކުދިންނަށް ވަންނަން ތަންދެއްކިއެވެ. ރީމާގެ މޫނުން ފެނުނު ހިތްހަމަޖެހުމުގެ ކުލަވަރުން މައިރީންގެ ހިތަށް ފިނިކަން ލިބުނެވެ. ” މްމް.. މިތާ މަލާއި ގަސް އޮތްވަރުން ރީވެސް ނުފެނެއޭ ދޯ ޔާދު..” ރީމާ ހެއްވާލުމުގެ ގޮތުން މައިރީން ސަމާސާގެ ރާގަކަށް ބުންޏެވެ. ” ހޫމް ބަލާބަ ނާއިގެ ޓީޝާޓްގަވެސް އެހުރީ މާ ހައްދާފަ ކީކޭ ދޯ ދެން ބުނާނީ.. ” ޔާދިންގެ ވާހަކައިން މައިރީން އާއި ރަކިވެފައިހުރި ރީމާ ހޭންފެށިއިރު ނާއިން އައިސް ޔާދިންގެ ކޮނޑުގައި ތަޅާގަތެވެ. ” ރީއަށް އިނގޭތަ އަހަރުންނަށްވުރެ ކުރިން މި މައި ކަންތައްތަށް ނިންމާލާނެ.. މިސޮރު އައިސްގެން މިއުޅެނީ ބަފައިބެ ގާތުން ވަލީ ހޯދާގެން ފަހުގެ ކަންތައް ރެޑީ ކުރަން.. ” ނާއިން ލާނެއް ހިންޏެއް އައިސް ހުރެ ބުންޏެވެ.

އެއާއެކު މައިރީން އާއި ޔާދިން ރަކިވެގެން ދިޔައެވެ. ޔާދިން ބޯކަހާލަމުން ރަކި ހިންޏެއް އައިސްހުރެ މައިރީންއާއި ދިމާލަށް ބަލައިލިއެވެ. މައިރީން ލޯއަޅާލަމުން ނާއިންގެ ކޮނޑުގައި ބޮޑިއެއް އެޅިއެވެ. ” ޔޫ ޑިޑިންޓް ހޭވް ޓު އެކްސްޕޯސް އަސް ލައިކް ދޭޓް ” އަކުރުތަކަށް ދަމާލަމުން މައިރީން ބުންޏެވެ. ” އޭތް ހަމަ ރީގެ ބީއެފްއަށް އަނިޔާ ކުރޭ އެބަ އެންމެންވެގެން.. ކޮންގްރާއޭ ދެކުދިންނަށް.. އައިމް ސޯ ހެޕީ ނާއި ބޮއްކުރައަކަށް ހަދަގެން ވިޔަސް ޔާދިންއަށް މައި ކާމިޔާބު ކުރެވުނީމަ.. ” ރީމާ ހެމުން ބުނެލިއެވެ. ” ދޮގެއް ނޫނޭ.. އަދި މަގޭ ގައިގަ ޖަހާފިއެއްނުން މިސޮރުވެސް.. ކޮފީއަށް ދަރާފަ އިނގޭ ތިހުރީ.. ބުރޯ މަގޭ ކޮށްކޮއަށް ގޮތެއް ހަދައިފިއްޔާ ނިމުނީ އިނގޭ!. ” ޔާދިންގެ ކޮނޑަށް އަތް ވައްޓާލަމުން ނާއިން ބުންޏެވެ. މައިރީން ހިނިތުންވެލީ ނާއިން އޭނާއާއި މެދު ވިސްނާވަރު އެނގުމުންނެވެ. ޔާދިން ހީލަމުން ބޯޖަހައިލިއެވެ. ” ރީން އަހަރެންނާ ހެދި ދެރެވެގެން ރޯ ދުވަހަކުން އަހަރެން އަމިއްލައަށް ނާއިން ކައިރިން އަދަބު ލިބިގަންނަން އަންނާނަން.. ” ޔަގީންކަން އެކުލެވޭ ރާނގަކަށް ހީލަމުން ޔާދިން ބުންޏެވެ. “ހޫމް ހޫމް ހެވޭ ރޯމިއޯ.. ” ނާއިން ހެމުން ބުނެލއެވެ. މާލަސްވާން ފެށުމުން މައިރީން ގެއަށްލާން ޔާދިން ދިޔައެވެ. އެއަށްފަހު އޭނަ ދިޔައީ ތެލްސީމިޔާ ސެންޓަރަށް ޓެސްޓް ހަދާށެވެ.

މައިރީން ގެއަށް ގޮސްފައި އައިނާ ގާތުގައި ރުއީ ކީއްވެތޯ ސުވާލުކުރަން ހަދާންނެތްނެތެވެ. އޭނަ އުޅުނީ އަވަހަށް ދީފައި އޮތް އެސައިމެންޓް ނިންމޭތޯއެވެ. ޝާޒިޔާ ކާން ގޮވުމުން އެކުދިން އަވަހަށް ކާން ދިޔައެވެ. ” ފުރަތަމަ ދުވަސް ކިހިނެތް ވަނީ ދެކުދިންގެ؟؟ ” ޝާޒިޔާ މައިރީންއަށާއި އައިނާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. ” ދައްތައަށް އެނގޭތަ..؟ ކްލާސް ނުފެނިގެން ކިރިޔާ ކުއްޖަކު ބޭރަށް ނުނުކުތީ މިއަދު.. ” ލައިތްގެ އަޑު އިވިފައި މައިރީން ކޮށިއެރިއެވެ. އައިނާ މައިރީން ގާތަށް ފެންތަށި ޖައްސައިދިންއިރު ޝާޒިޔާ ހުރެގެން މައިރީން ބުރަކަށީގަ ފިރުމައެވެ. ” އަހަ މައިރީން ކީއްތިކުރީ؟؟ ” ޝާޒިޔާ މައިރީންގެ ބުރަކަށީގައި ފިރުމަމުން އަހައިލިއެވެ. މައިރީން  ހަމައަކަށް އެޅުމުން އޭނަ ރަނގަޅުކަމަށް ބުނެ އިސްޖަހައިގެން ކާން ފެށިއެވެ. ” ވެއިޓް މައި؟؟ ” އައިނާ ސުވާލު ކުރާ ރާނގަކަށް އަހައިލިއެވެ. މައިރީން ތެޅިގަނެފައި އައިނާގެ ފައިގައި މޭޒު ދަށުން ޖެހިއެވެ.

” މައިރީން ދޯ އެ ކުއްޖަކީ؟؟ ލައިތް ދެން މައިރިންއަށް އެހީވެދިނިންތަ؟؟ ” ޝާޒިޔާ އަހައިލިއެވެ. ” ލައްބަ… އެކަމަކު މިޒަމާނަކު ނުވާނެ މީހަކަށް އެހީވެދޭކަށްވެސް އެންމެ ކުޑަވެގެން ޝުކުރުވެސް އަދާނުކުރެ.. ” ލައިތް އޭނަ ލައިގެން ހުރި ގަމީހުގެ ގިރުވާނު ނަގައި ކޮޅަށް ޖަހަމުން ފޮނިގޮތަކަށް ހީލިއެވެ. މައިރީން ތުންފިއްތާލިއެވެ. އަދި މަޑުމަޑުން ތެންކިޔޫ އޭ ބުނެލިއެވެ. ” މީހަކު ދެންމެ އެއްޗެކޭ ބުނެފިތަ؟؟ ” ލައިތް އޭނާގެ ކަންފަތުގައި ހިފައިލަމުން ބުންޏެވެ. ” ވެދާނެ މެއްސެއްކަމަށް ” ދެކޮނޑުއަރުވައިލަމުން އެހެންބުނެ ކެއުމާގެން ކުރިއަށް ދިޔައެވެ. މައިރީން ލައިތް އާއި ދިމާލަށް ބަލައިލުމަށްފަހު ތުން އަބުރާލިއެވެ. ޝާޒިޔާ އިނީ ދެކުދިންގެ ކޯޅުން ފެނި މަޖާވެފައެވެ. ” މިގޭގައި އިންނާނެ ކެރަމް ބޯޑެއް ހުރިހާ ކުދިން އެ ކުޅެލަން ވީނުން.. ދައްތަގެ އެދުމަކީ މިގޭ ހުރިހާ ކުދިންނަކީ ވެސް އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅޭ އެކުވެރި ކުދިން ކަމުގައިވުން.. ” ޝާޒިޔާ އެހެން ބުނުމުން ހުރިހާ ކުދިންވެސް އެކަމަށް އެއްބަސްވިއެވެ.

ހުރިހާ ކުދިން ކައި ނިމުމުން ޝިޔާން ކެރަމް ބޯޑު ގެނައެވެ. ކެރަމް ކުޅެން އެނގެނީ ދެ އަންހެން ކުދިންނަށްށެވެ. އެއީ މައިރީންއާއި ފިޒާއެވެ. އެހެންކަމުން ދެކުދިން އެއް ބަޔަކަށް ކުޅުންއިރު ދެން ކުޅުނީ ލައިތް އާއި ޒާކިންއެވެ. ކުޅެން ނޭނގޭ ކުދިން ސަޕޯޓުކުރަން ތިއްބެވެ. މޮޅުވާ ޓީމްގެ ކުދިންގެ ކޮޓަރި ދެރަވާ ޓީމްގެ ކުދިން ސާފު ކުރުމަށް ބެޓެއް ކުރެވުނެވެ. ފޯރި ގަދަ ކަމާއެކު ކުޅުން ފެށުން އިރު ފުރަތަމަ ހުދު ފޮތި ވެއްޓުނީ އަންހެން ޓީމަށްށެވެ. ނަމަވެސް ފަހުން ފިރެހެން ޓީމް ހުރިހައި ކަޅު ފޮތި ތަކެއް ވައްޓަން ފެށިއެވެ. ” ބުރޯ ހުދު ފޮތިތައް އެމީހުންނަށް ބަހައްޓަނީ ކޮންމޮޔައެއް ވެގެންތަ؟؟ އެއިންނޭ ގިނަ ޕޮއިންޓު ލިބޭނީ..” ޒާކިންގެ ބޮލުގައި ޖަހަމުން ލައިތް ބުނެލިއެވެ. ” އެމީހުންނަށް ހުދު ފޮތި ވެއްޓުންކަން ފުރަތަމަ… އެ ވެއްޓުނީވެސް ޔަހުޔާ ކާޅު ހިފައިގެން.. ދަހި ކުރިން ބަހައްޓަބަލަ ހުދި ފޮތިތައް ކުރިމަތީ އަތުރާފަ.. ” ޒާކިން ބުނެލިއެވެ. ” ޒާކިންން!!! ” މައިރީން އާއި ފިޒާ ހަޅޭލަވައިގަތެވެ.

ސަކަރާތުގައި ކެރަމް ކުޅެ ނިންމާލިއިރު ގަޑިން 11:30 ވަނީއެވެ. މައިރީން ރަތް ފޮތި ވައްޓައި ހުދު ފޮތި ވެއްޓިއިރު ފިޒާ، ޒާކިން އެމީހުންގެ ކުރިމަތީ އެތުރި ހުދު ފޮތިތައް ވައްޓާ ހުސްކުރިއެވެ. އެހެންކަމުން ކެރަމް އިން މޮޅުވީ އަންހެންކުދިންނެވެ. ލައިތް ޒާކިން އެހެން ހެދުމުން އޭނާގެ ބޮލުގައި ތަޅާގަތެވެ. ” ޔަހުޔާ ކާޅު ހިފައިގެން ވެސް މޮޅުވެއްޖެ އެއްނުން ދޯ ފިޒް؟؟ ” ފިޒާގެ އަތާއަތް ޖަހާލަމުން މައިރީން ބުނެލިއެވެ. ކުޅެ ނިމުންއިރު ފިޒާ އާއި މައިރީންވެސް އެކުވެރިންނަށް ވެއްޖެއެވެ. ” ލައިތް ފިޒްގެ ހެދުންތައް ދޮވެލަދޭން ވާނެ މާދަމާ އެންޑް ފާހަނަވެސް ދޯ މައި..؟ ” މައިރީން ހެމުން ބޯޖަހައިލިއެވެ. ލައިތް ފަކުރު ގަނެފައި ހުރި ފާޑަކަށް އަނގަ ހަދާލިއެވެ. ފިރެހެން ކުދިންނަށް ދިމާކުރުމަށް ފަހު އަވަހަށް އަންހެން ކުދިންތައް ނިދަން ކޮޓަރިތަކަށް ވަނެވެ.

އައިނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނައަށް ވިސްނެމުން ދިޔައީ މިއަދު ޑޮކްޓަރު ދެއްކި ވާހަކަތަކާ މެދުގައެވެ. ކަރު ހިއްކައިގަތުމުން އައިނާ މަޑުމަޑުން ތެދުވެ ފެންފުޅިއަށް ބަލައިލިއެވެ. ފެން ހުސްވެފައި ހުރުމުން ޖެހިލުންވެހުރެ ބުރުގަލެއް އަޅައިލައިގެން ބޭރަށް ނިކުތެވެ. ފެންއަޅަން ފުޅި ޖައްސައިފައި އޭނަ ކުޑަދޮރުން ބޭރު ބަލައިލިއެވެ. މިހާ ދަންވަރުވެސް ބޭރުގައި މީހުން އުޅެޔޭ އޭނާގެ ހިތަށް އެރިއެވެ. އައިނާގެ ހިތް ބާރަށް ތެޅިގަތީ އޭނާގެ ފަހަތުން ހިޔަންޏެއް ފެނުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. RIFSHA

    Hey butterfly 🦋
    Yesssssssss mai marry kuraniyyo.i am so happy for maireen…
    Anyway mi episode ves varah reethi Masha Allah.kon irakun next part kiyaalan libeyni ☺️
    Admin team in upload nukohdheythi varah hurevijje vaahaka nukiyaa hehehe.
    Curiosly waiting for the next part
    Love you Darla<3

  2. Nau

    Mi prt vrh salhi….waiting for the nxt prt

    1. Butterflyyyyy
      Nau

      Thankyouuu so much Nau.. Stay tuned for the next part on wednesday insha allah💜🦋

  3. 💜ONLY URS 💜

    Masha Allah mi part ves vrh reethi green and yaadhu Bai waaw it’s fantastic I don’t know how to praise u it very very good brilliant author
    Curiously waiting for the next part
    Lysm butterflyyyyy🤗😊❤️

  4. RIFSHA

    Hi butterfly 🦋
    Kurin vx comment kihlin ingey ekam pending ga kanneynge dho
    I just want to ask you something 😊
    Butterfly Snapchat gengulhen tha
    Hama ahaali

    1. Butterflyyyyy
      RIFSHA

      Hey rifoo
      Yes pending ga comment iny.. Yess snapchat gengulhen.😄

  5. RIFSHA

    Ehen tha..ehen viyya rifsha360 add kurevidhaane tha?i want to talk to you not in public.ekam beynumiyya ingey darll no pressure

    1. Anonymous
      RIFSHA

      Of course.. Add kohlaafin mihaaru 😊

    2. Butterflyyyyy
      RIFSHA

      Anonymous ge comment akey butterfly ge comment eh engey.. Add kohlaafin mihaaru

  6. Lily

    Vrh reeethi mihaaru kuriah dhaa goehh..
    Alheyy Shiyaan n Aina gulhuvan ulhey avahah.. Ngl he’s my favorite boy in this story😭😭
    Thankolheh dhigu kohla dhehchey dhn oih episode😩

    1. Butterflyyyyy
      Lily

      Awwwnn thank you lily..
      Let’s see dhw Aina aa Shiyaan ah vaa goii😄
      Shiyaan vrh ufaavaane thehen viyya
      Yes balaanan dhigu kohleveythw..
      Lyssm dear
      💜🦋

  7. RIFSHA

    Okie mi ulheny adhi phone ga ai nukurevigen hehe ekam eben notification hehe

  8. Butterflyyyyy

    In reply for the pending comment @💜ONLY URS💜
    Awwwwnnn Thankyou so much ONLY URS… your encouragement means a lot to me..
    Next part is out now!! go read it and tell me what you think about it☺
    💜🦋

  9. Butterflyyyyy

    In reply for the pending comment @RIFSHA
    I’m happy for Maireen too.. Awwwn thankyou riffo vrh happy vejje mi part reethi kan enguneyma.. yess admin mihaaru ehaa avahakah up eh nukureydhw..
    Love you more darlingg❤
    💜🦋

Comments are closed.