ޝައުފާ ސިޓިން ރޫމްގައި އިން އިރު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރުހާމްގެ ނިންމުމާމެދު ވިސްނާ ވިސްނާ އޭނާގެ ސިކުނޑިވަނީ ގޮވާފައެވެ. ލޯބިވާ ދަރިފުޅުގެ ހަޔާތް ބަރުބާދުވާކަށް އޭނާއެެއް ނޭދެއެވެ. ރީހާން ގެއަށް އައިސް ވަނީ ޝައުފާ އެއިން ގޮތަށް އިންދައެވެ. ރީހާން އައިސް އެންމެ ފުރަތަމަވެސް ހޯދީ ރައިހާނާއެވެ. އޭރު ރީހާންގެ މޫނު މަތީގައި ރުޅިވެރިކަން ފެންނަން ހުއްޓެވެ. އެނދުގައި ބަންޑުން އޮތް ރައިހާނާއަށް ސިހުން ގެނުވީ ބާރަކަށް މީހަކު ދޮރުގައި ތަޅައިގަތުމުންނެވެ. ދެލޯ ފުހެމުން […]
ރައިހާނާއަށް ފާޑަކަށް ގަނޑުވެފައި ހުރެވުނެވެ. އޭނާގެ ބަހެެއް ހޯދުމެއްވެސް ނެތި ބައްޕަ އޭނާގެ ކައިވެނި ހަމަޖައްސާފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. ވަގުތުން އެކައިވެންޏަށް އިންކާރު ކުރަން ބޭނުންވިއެވެ. އޭނާ ލޯބިވަނީ ހަމްޒާދެކެއޭ ކިޔާ ހަޅޭއްލަވައި ގަންނަން ބޭނުންވިއެވެ. ހަމްޒާ ނޫން މީހަކާ އިންނަން ދުވަހަކުވެސް ހިތުން ރުހުމުން އެއްބަސް ނުވޭވެނެ ކަމަށް ބުނަން ބޭނުންވިއްޔެވެ. ރީހާންވެސް ހުރީ ފާޑަކަށް ގަނޑުވެފައެވެ. ރައިހާނާގެ ޚިޔާލެއް ހޯދުމެއްވެސް ނެތި ކައިވެނި […]
ވިޝާހްއަށް ހަޔާތުގައި ލިބޭނެ އެންމެ އުފާވެރި ޚަބަރު އެދުވަހު ލިބުނެވެ. އޮފީސް ބްރޭކްގަޑީ ގެއަށް ދިޔައިރު ނިކްހާތް ދިން ޚަބަަރުން އޭނާ ބޭނުންވީ ނިކްހާތް ގޮވައިގެން އުދުހިގަންނާށެވެ. އެތަށް ފަހަރަކު އޭނާ ނިކްހާތްއަށް ޝުކުރު އަދާކުރިއެވެ. ނިކްހާތް އުރާލައިގެން ގޭތެރޭގައި އެނބުރުނެވެ. “ނިކް އައި ކާންޓް ބިލީވް އިޓް. ވީއާރ ގޮއިން ޓު ބީ ޕޭރަންޓްސް” ވިޝާހް ނިކްހާތްގެ ނިއްކުރީގައި ބޮސްދިނެވެ. ********* ވިޝާހްއާ ނިކްހާތް އެމީހުންގެ އުފާވެރިކަން އެކުވެރިންނާ ހިއްސާކުރިއެވެ. ހުރިހާ ކުދިން އުފަލާއެކީ އެކުދިންނަށް […]
ދެތިން ދުވަސްތެރޭގައި އަޒްހަދްގެ ހާލު ރަނގަޅުވިއެވެ. ހަމްޒާއާ ސުނައިނާ ކޮންމެ ދުވަހަކު އަޒްހަދްއާ އެކީ ވަގުތު ހޭދަކުރެއެވެ. އެދެކުދިންގެ އިތުރަށް ރާނިޔާއާ އަޒްހަދްގެ ގުޅުންވެސް ވަނީ ރަނގަޅުވެފައެވެ. އެކުދިންނެކޭ އެއްފަދައިން އަޒްހަދްއަށްގެ ހާލު ދެރަވިކަމުގެ ޚަބަރު ލިބުމާއެކު ރާނިޔާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އެތައް ފަހަރަކު އަޒްހަދްގެ ކިބައިން މާފަށް އެދުނެވެ. ދެން ދުވަހަކުވެސް އޭނާ ދޫކޮށްފައި ނުދާނެކަމަށް އެތައް ފަހަރަކު ވައުދުވިއެވެ. ހަމްޒާއާ ސުނައިނާއަކީ އޭނާގެ އަމިއްލަ ކުދިން ގޮތުގައި ރާނިޔާ ދެކުނެވެ. އަންޖަލް ހުންނަނީ […]
ފަތިސް ނަމާދުން ފޭބިގޮތަށް ރީހާންމެން ދިޔައީ ފުޓުބޯޅަ ދަނޑަށެވެ. ޢީދު ބަންދާ ދިމާކޮށް އެރަށުގައި ކުޅޭ ފުޓުބޯޅަ މުބާރާތް ކުޅުމަށްޓަކައި ރަށު ކައުންސިލުން ވަނީ ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން މާއިޒްއާއި ގޯލް ކީޕަރު އަކްމަލް އެރަށަށް ގެނައިސްފައެވެ. ހަތެއް ޖަހާއިރު ފެށޭ މެޗު ކުޅުމުގެ ކުރިން ސަޕޯޓަރުންނާ މާއިޒްއާ އަކްމަލް ބައްދަލުކުރުން އޮތެވެ. ގިނަ އަދަދެއްގެ ފުރާވަރު ފިރިހެން ކުދިން މާއިޒްއާއި އަކްމަލްގެ ނަންޖަހާފައި ހުރި ޖާޒީ ލައިގެން ދަނޑަަށް ގޮސް ތިއްބެވެ. މާއިޒްއާއި އަކްމަލްއާއި […]
ހެދިކާ ހަދަން ތިބެފައި ރައިހާނާމެންނަށް ގެއަށް ދެވުނުއިރު ބާރަ ޖަހާފިއެވެ. ގެއަށް ގޮސް ޢީދު ނަމާދަށް ދާން ލާނެ ހެދުން އިސްތިރިކޮށްފައި ނިދިއިރު ތިނެއް ޖަހާނީއެވެ. އަނެއްކޮޅުން ހަތަރު ގަޑިބައިވިއިރު ހޭލިއެވެ. އަންޖަލް ފެންވަރައިގެން ނުކުތުމުން ރައިހާނާ ވަނެވެ. ދެކުދިން އެކީގައި ފަތިސް ނަމާދުކޮށްގެން ޢީދު ނަމާދަށް ދާން ތައްޔާރުވިއެވެ. މަޑު ނޫކުލައިގެ ފައިތިލައާ ހަމައަށް އަރާ ހެދުމުގައި އަންޖަލް ވަރަށް ރީއްޗެވެ. ހެދުމުގެ އަތު ކުރި ފުޅާކޮށްފައި ގަދަނޫކުލައިގެ ރޭނދާގަނޑެއް އަޅާފައި ހުއްޓެވެ. ބަނޑާ ދިމާއިން […]
ހެނދުނު ވާރޭ އޮއްސައިގަތް ގޮތަށް މެންދުރު ވީއިރުވެސް ހުއްޓާނުލައެވެ. ވާރޭ ބޯކަމުން ގެއިން ނިކުމެވޭ ވަރެއް ނޫނެވެ. ހެނދުނު ހޭލި ގޮތަށް ބޭރަށް ނުދެވިގެން ލިއާ ބޮޑާހޭކިއެވެ. ޝިވަންއާ ޒޯޔާއާއެކީ ކުޅެން ބޭނުންވެގެންވެ. އެންމެ ފަހުން މިރާޝް ހުސާންއަށް ގުޅިއެވެ. ހުސާން ކާރުގައި ބަލާ އައުމުން މިރާޝްއާ ސުނައިނާ ލިއާ ގޮވައިގެން ސަރްވާމެންގެއަށް ދިޔައެވެ. ރައިހާނާ ކަންނެއް ގޮތަކަށް ލޯހުޅުވަމުން ގަޑި ބަލާލިއެވެ. ގަޑިން ބާރަ ޖަހައި ބޮޑުވެފައި ހުރިތަން ފެނުމުން ފުންމައިގެން ތެދުވެވުނެވެ. އޭރު އަންޖަލް […]
ރައިހާނާ ގެއިން ނުކުތްއިރު ސައިކަލު މަތީ މަޑުކޮށްލައިގެން އަކްޝަމް އިނެވެ. ރައިހާނާ ފެނުމިން އަތް ހިއްލާލާފައި ވައުގެ ތެރޭ ހޫރުވާލިއެވެ. ކިތަންމެ ރުޅިގަދަ ވެފައި ހުރިނަމަވެސް ރައިހާނާވެސް ހިނިތުންވެލިއެެވެ. އަކްޝަމް އޭނާގެެ ސަމާލުކަން ފޯނަށް ދިނުމުން ގެއަށް ދާން ރައިހާނާ ހިނގައިގަތެވެ. ހަމްޒާ ނިކުތްއިރުވެސް އަކްޝަމް އެއިން ގޮތަށް އިނެވެ. ހަމްޒާއަށްވެސް އަކްޝަމް ރީތި ހިނިތުންވުމެއް ހަދިޔާކުރިއެވެ. ހަމްޒާ އެއްވެސް އަސަރެއްނެތި އަކްޝަމްއަށް ބަލާލިއެވެ. ރައްދުގައި ހަމްޒާ ހީނުލުމުން އަކްޝަމް ރަކިވިއެވެ. އަވަހަށް ފޯނަށް ނަޒަރުހިންގާލީ ރަކިވިވަރުންނެވެ. […]
“ވާހަކައެއް އަހާލަންތަ؟” ގެއަށްގޮސް ވަދެފައި ހަމްޒާ އަންޖަލް ގާތު އެހިއެވެ. ކިތަންމެ ލަސްވެފައި ވީނަމަވެސް ހަގީގަތް އޮޅުން ފިލުވަން ހަމްޒާ ބޭނުންވިއެވެ. އަންޖަލް ބޯޖަހާލިއެވެ. ހަމްޒާ ކުރަން އުޅޭ ސުވާލުގެ ބޮޑުކަމެއް އަންޖަލްއަކަށް ނޭންގެއެވެ. “މްމް ބައްޕަގެ ކޮން ސީކްރެޓެއްގެ ވާހަކަ ރައިހާނާ ގާތު ބުނީ؟” ހަމްޒާ ވަަރަށް އުނދަގުލުން ނަމަވެސް ‘ބައްޕަ’ އެ ލަފްޒު ދުލުން ބޭރުކޮށްލިއެވެ. އެއީ ހަމްޒާއަށް ކިޔަން އުނދަގޫ ލަފްޒެކެވެ. ހަމްޒާ ލޯ މަރައިގެން އިނުމުން އަންޖަލްގެ މޫނަށް ވެރިވި ކުއްލި […]