މިޝްކާއަށް އަހަރެންގެ ހިތުގެ ހާލެއް ނުވެސްއެނގެއެވެ.އިނގުނެއްކަމަކު މިޝްކާ އަހަންނަށް އިންތިޒާރު ކުރީސްހެއްޔެވެ؟ ******************** “ޔާއިން” މިޝްކާގެ ލޮބުވެތި އަޑުން ގޮވާލިއެވެ. ހިތްވަރުކޮށްފައި އަހަރެން މިޝްކާއާ ދިމާއަށް ބަލާލީމެވެ! އާހް! އެ ރިީތި މޫނު އަހަންނަށް ފެނިދާނެތީވެ އެހުރީ ފޮރުވާފައެވެ. އަހަންނަށް ފެންނަން އެ ހުރީ އެ ރީތި ބޮޑު ދެލޯ އެކަންޏެވެ. މިޝްކާގެ ލޯ ހަނިވުމުން ހިނިތުންވެލީކަން އެނގުނެވެ. ބަދަލުގައި ހިނިތުންވުމެއް ދޭހާ ހިތްވަރުވެސް އަހަރެންގެ ނެތެވެ. ލޮލަށް ކަރުނަ ޖަމާވަން ފެށުމުން އިސްޖަހާލީމެވެ. އަހަރެން އަވަސް […]
6އަހަރު ފަސް ޔާއިން ގެ ނަޒަރުން މިއަދަކީ 6އަހަރަށް ފަހު އަހަރެންގެ އާއިލާ ގާތަށް ދެވޭދުވަހެވެ. ވޭތުވެ ދިޔަ ފަސްއަހަރު އާއިލާމީހުން ލޮލަށް ފެނުނީ އަހަންނަށް ހުކުމް އިއްވިދުވަހުގައެވެ. އަމިއްލައަށް ކުށަށް އިއުތިރާފް ވުމުން ޝަރީއަތް ދިގު ދެމިގެންނެއް ނުދެއެވެ. ގަސްދުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ކުށް ސާބިތުވެ 5އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ނަމަވެސް އަހަރެން ޖަލުގައި ހުންނަށް ޖެހުނީ އެންމެ މަސްދުވަހުއެވެ. ޖިޔާންގެ އެދުމުގެ މަތިން އަހަރެން ދޫކޮށްލެވުނެވެ. ޖަލުން ދޫކޮށްލުމާއި އެކު ޖިޔާންގެ ޚަރަދުގައި […]
ނަމަވެސް ހުއްޓެން މަޖުބޫރުވީ އެތަނުން އެއް ފުލުހަކު ކުރި ސުވާލުންނެވެ.”މުހައްމަދު ޔާއިން ޔުނާން ދިރިއުޅެނީ ކޮންފަންގިފީލާއެއްގަތޯ؟” ******************** އަހަންނާ ރިހާމަށް އެކަކު އަނެކަކަށް ބަލާލީމެވެ.ފުލުހުން އަހަރެން ހޯދަންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ.ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާފަދައަކުން ރިހާމް ބޯ ޖަހާލިއެވެ.އަދި ފުލުސްމީހާއާއި ސުވާލުކުރިއެވެ.”ޔާއިން…ކިހި..ނެއް..ވީތޯ؟” “ގ.އުފާވިލާ މުހައްމަދު ޔާއިން ޔުނާން އަށާރަ އަހަރު ހައްޔަރުކުރުމަށް ކޯޓުން މިއޮތީ އަމުރު ނެރިފަ”ރިހާމް އަތަށް ގަނޑެއް ދެމުން އެ ފުލުސް މީހާ ބުންޏެވެ. އަހަންނަށް ހީވި ބޮލުގައި އެތައް ހާސް ދަގަނޑުތަކަކުން […]
މިޝްކާ ގެ ނަޒަރުން ******************* އަހަރެންގެ ހިތް އަދިވެސް ހަމަޔަކަށް ނޭޅެއެވެ. ޔާއިން ގެ އަތުތެރޭގައި އޮވެވުނީ ކަން އެނގުނު ވަގުތު ބިން ފަޅާފައި އަޑިއަށްދާނަމޭ ހިތަށް އެރިއެވެ. ނަސް ދައްތަ ގާތަށް ދިޔައީ ޔާއިން އަންނާނެކަމަށް ނޫނެވެ. ނައިރާގެ ފަރާތުން އަހަންނަށް އެނގިފައި އޮތީ ޔާއިން މަޝްހޫރު ގޭންގަކާއިގުޅިގެންއުޅޭކަމަވެ. ނައިރާމެން ގޭގައި އުޅުނެއްކަމަކު އޭނަ އުޅޭނީ ބިރަށްޓިއްސެންހެނެވެ. ޚުދު އަހަރެންގެ ދެލޮލުންވެސް އެކަންތައްތައް ދުށީމެެވެ. ކުޑައޖރުންސުރެ އަހަރެންނާއި ޔާއިން އަކީ އަރާރުންވުމުގެ އެއްވަނާގައި އުޅޭ ދެމީހުންނެވެ. […]
ކުޑައިރު ކޮޅަކު ހޮސްޕިޓަލް ގައި ހުރެފައި އަރެން ގެއަށް ދިޔައީމެވެ. ގެއަށް ދިޔަ މަގުމަތީ ރިހާމް އަށް ގުޅާފައި ގެއަށް އައިސް ދިނުމަށް ބުނީމެވެ. އަހަރެން ދިޔަ އިރު ރިހާމް ތިރީގައި ހުއްޓެވެ. ދެމީހުން އެކީގައި ގޮސް ލިފްޓައް އެރީމެވެ. *************************************** “ރިހާމް ޔޫ ނީޑް ޓު ހެލްޕް މީ ޓު ކްލީން އަޕް ދިސްމެސް!” އަހަރެން ކޮޓަރި ރިހާމަަށް ދައްކާލިމެވެ. “ލާހައުލަ ވަލާ ގުއްވަތަ އިއްލާބިއްލާހް!ޔާން މިކޮންކަމެން؟ސުބުހާނައްﷲ!” “ރިމް ވިލް ޔޫ ހެލްޕް މީ […]
ދޮންބެ. ވަރަށް ބަނޑުހައި ހިނގާ އަވަހަށް ކާން ދާ ރައި ދައްތަ ހަދާ އެއްޗިހި ވަރަށް މީރުވާނެ!” ނައިރާ ގޮވައިގެން ރޫމްއާއި ދިމާއަށް މިސްރާބު ޖެހިިީމެވެ. ****************************** ހެނދުނު ގެ ނާސްތާ ނިއްމާލުމަށް ފަހު ނައިރާ ގޮވައިގެން ގެއަށް ދިޔައީމެވެ. ނުވަ ބުރިއަށް ނަގާފައިވާ ގޭގެ ހަތަރުވަނަ ފަންގިފިލާ އެއީ އަހަރެމެން ގެ ބަޔެވެ. ގެއަކީ ބައްޕަ ފަރާތު ކާފަ ގެ ގެއެވެ. އަހަރެން ގެ އުމުރުން އެންމެ ހަތަރު އަހަރުގައި ބައްޕަ ވަނީ މި އަނިޔާވެރި […]
އެތައް ދުވަހެއް ފަހުން ފަތިސްނަމާދު ބަންގީގެ އަޑަށް އަހައްނަށް ހޭލެވުނެވެ. ބަންގީގެ އަޑު އިވުމުން ބުނެދޭން ނޭނގޭ ކަހަލަ ހަމަ ޖެހުމެއް ލިބުނެވެ.ބަންގި ނިމުމާއެކު ނައިރާ އަހައްނަށް ގޮވާލިއެވެ. ލޯމަރާގެން އޮތުމުން އޭނާ ހީކުރީ އަހަރެން އޮތީ ނިދާފައި ކަމަށެވެ.”މމ ދޮންބެ ބަންގި ގޮވާފި ނަމާދުކޮށްލަން ދާންވީނު؟” އަހަރެން ބޯ ޖަހާލީމެވެ. އަދި މަންމަ ރަނގަޅަށް ބެލުމަށް ބުނުމަށް ފަހު އަހަރެން މިސްކިތައް ދާން ހިނގާގަތީމެވެ. ރިހާމް އަށް ގުޅުމަށް ފޯނު ނަގާފައި ވެސް ބޭއްވީ އޭނަ […]
“ޔާއިންް” އަހަންނަށް ހަމަ ބިމަށް އާދެވުނީ ރިހާމްް ދެތިން ފަހަރު ގޮވާލުމުންނެވެ. ރަސްފައްނު ގެ ގޮނޑިއެއް ގައި އަހަރުމެން ތިބި އިރު ހިތްގައިމު ވައިރޯޅިތައް ޖެހެމުން ދިޔަ އެވެ. ނަމަވެސް އަހަރެންގެ ހިތަށް ކުޑަވެސް ފިނިކަމެއް ނުވެއެވެ. “ޔާން ހިތް ވަރު ކުރަންވާނެ އިންޝާﷲ ޔާން ގެ މަންމަ އަދި ރަނގަޅުވާނެ! ޔާން ހިތްވަރު އެލުވާ ލީމަ ކާކު ނައިރާ އަށް ހިތްވަރު ދޭނީ؟” ރިހާމްް އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރަނީއެވެ. ނަމަވެސް އެއްޗެއް ވިސްނޭ ވަރަށްވުރެ […]
މިހާރު އެހެރަ މެންދުރު ވިއެވެ. ހެނދުނު އޮފީހަށް އައިގޮތަށް އަދި މި އުޅެނީ ނޭވާލާނެ ވަގުތެއް ވެސް ނުލިބިގެން ނެވެ. މިހާރު ބަނޑުހައި ވެގެން މީހާ ތުރުތުރު އަޅަން ފަށައިފިއެވެ. ފޯނުވެސް މިއަދު ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އާނފަހެ ސިކުންތަކު އެއް ފަހަރު އެބަ ރޮއެގަނެއެވެ. އޮފީހުގެ ކޮންމެ މީހަކުވެސް ކަމަކު ބޭނުންވީމަ އެ ގުޅަނީ މަށަށެވެ. ހީވަނީ މަމީ ކުރާނެ ކަމެއްނެތިގެން އުޅޭ މީހެއްހެންނެވެ. ކޮއްކޮ ވެސް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އަދި މިއޮތީ ނިންމަން […]