އަޒްހަދްގެ ދައުވަތަށް ހަމްޒާ ހުޅުމާލޭގައި ހުރި ރެސްޓޯރަންޓަށް ދިޔައިރު އެތާ ތިބި އަންޖަލްމެންގެ އިތުރަށް އޭނާގެ ދޮންތަ ފެނުމުން ހައިރާންކަން ލިބުނެވެ. އޭނާއަށް ވިސްނުނީ އަންޖަލްއަށްވެސް ވިސްނުނު ގޮތަށެވެ. ލިބުނު ސިހުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އަންޖަލްއާ ދިމާއަށް ބަލާލެވުނީ ވާނީ ކިހިނެއްހޭ އަހާ ފަދަ ގޮތަކަށެވެ. އަންޖަލްއަށް ދެކޮނޑު އަރުވާލެވުނީ އޭނާއަށްވެސް ވާނުވާ ނޭންގޭކަން ހަމްޒާއަށް އެންގުމުގެ ގޮތުންނެވެ. ޖެހިލުންވެފައި އިނދެ ހަމްޒާ ގޮސް ސުނައިނާ ކައިރީ ހުހަށް އިން ގޮނޑި ދަމާލާފައި އިށީނެވެ. ސުނައިނާ […]
“ސޯ މިހާރު ކިޔެވުން ނިމުނީނު. ވިޝާހްއާ ރައި އަލުން ގުޅެނީ ކޮންއިރަކުން؟” އެއް ކުއްޖަކު ކުރި ސުވާލުން ރައިހާނާއާ ވިޝާހް އެކީ ކުށިއަރައިގަތެވެ. އެދެމީހުންނަށް އެހެން ބުނެވުނުކަންވެސް ހަނދާނެއްނެތެވެ. ވިޝާހްއަށް މަޑުމަޑުން ޝިޓްއޭ ބުނެވުނެވެ. ރައިހާނާ އަނގައިން ލޭރަހަލާ ވަރަށް ތުންފަތުގައި ދަތް އަޅާލިއެވެ. ވިޝާހް ރައިހާނާއަށް ނަޒަރެއް ދިނެވެ. ހީވާގޮތުން ބުނަންވީ ކީކޭތޯ އޭނާ ރައިހާނާ ގާތު އެހީއެވެ. “ދެޓް އިޒް ނޮޓް ގޮއިން ޓު ހެޕަން. އަައި އޭމް އިން އަ ރިލޭޝަންޝިޕް. ރައިވެސް […]
ހަމްޒާ ގޮސް ގެއިން ނުކުންނަށް ދޮރު ހުޅުވާލިގަޑިއާ ބޭރުން ދޮރު ހުޅުވާލި ގަޑިއާ ވީ އެއްގަޑިއަކަށެވެ. އޭނާ ދޮރުގައި ހިފިލެއް ބާރުކަމުން ބޭރުގަ ހުރި މީހާ އައިސް އޭނާގެ ކުރި މައްޗަށް ވެއްޓެން ދިޔައެވެ. ބަލާކަށް ނުހުރެ އަވަސް ހަރަކާތާއެކު ހަމްޒާއަށް އެކުއްްޖާގެ އުނގަނޑުގައި ދެއަތް ވަށާލެވުނެވެ. ވެއްޓުނުގަތީ އެކުއްޖާ ލައްވާލި ތޫލި އަޑުން އެއީ ކާކުކަން ހަމްޒާއަށް އެނގުނެވެ. ރައިހާނާ ހީކުރީ އޭނާ ސަލާމަތް ނުވާނެ ކަމަށެވެ. ލޯމަރާ ތަގުޅި ކޮށްލެވުނީ އެހެންވެއެވެ. އެހެނަސް ބާރުގަދަ […]
މާޔޫސީ ހިތަކާއެކު ޒިވާން އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ފަހަތުން އައި އަންހެން ކުއްޖާ ގައިގައި ޖެހިފައި ޒިވާން ފައި އަރިއަޅާލިއެވެ. “ސޮރީ” ޒިވާން ވެއްޓޭހެން ހީވުމާއެކު އެކުއްޖާ ޒިވާންގެ ދެއަތުގައި ހިފެހެއްޓިއެވެ. އެކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. “އިޓްސް އޯކޭ” އަސަރެއް ނެތް ގޮތަށް ޒިވާން ބުންޏެވެ. އެކުއްޖާ އަދިވެސް ހުރީ ޒިވާން އަތުގައި ހިފަހައްޓައިގެންނެވެ. ޒިވާން ނުރުހުމުގެ ނަޒަރަކުން ބަލާލުމާއެކު އޯހް އޭ ކިޔާ އަތްދުރުކޮށްލިއެވެ. އިތުރަށް އެންމެ […]
“ޑޫ ޔޫ ލަވް މީ؟” ހަމްޒާ ކޮށްލި ސުވާލުން ރައިހާނާ ސިއްސައިގެން ދިޔައެވެ. ލޯ ހުޅުވާލިއިރު ހަމްޒާ ހުރީ ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ރައިހާނާއަކަށް ނޭންގެއެވެ. ހަމްޒާ އިންތިޒާރު ކުރަމުން ދިޔައީ ރައިހާނާގެ ޖަވާބަކަށެވެ. އެހެނަސް ޖަވާބު ނުދިންތާގައި ރައިހާނާ ގުޑިވެސް ނުލިއެވެ. ޗާބީ ދީފައި އިން ބުދެކޭޭ އެއްފަދައެވެ. ރައިހާނާާގެ ހިތުގެ ވިންދު ދުވަހަކުވެސް އެހާ އަވަސްވިހެންނެއް ހިޔެއްނުވެއެވެ. ހިތް ތެޅޭލެއް އަވަސްކަމުން މޭ ފަޅާފައި ނުކުމެ ދާނެހެންވެސް […]
ރައިހާނާގެ ލޮލުން އޭނާއަށްޓަކައިވި އިހްސާސްތައް ހަމްޒާއަށް ފެނުނެވެ. އޭނާއަށްޓަކައި ރައިހާނާގެ ހިތުގައި ޚާއްސަ މަގާމެއް ވާކަން ހަމްޒާއަށް މިރޭ އެނގިއްޖެއެވެ. ލޯގަނޑު ކުރިމައްޗަަށް ގޮސް ރައިހާނާ އަމިއްލަ ނަފްސަށް ބަލާލިއެވެ. އޭނާ ހުރިގޮތް ފެނުމާއެކު ލަދުން ހަލާކުވާވަރުވިއެވެ. މިރޭ ހިނގައި ދިޔަ ކުޑަ އެކްސިޑެންޓް މަތިން ހަނދާންވުމާއެކު ލަދުރަކި ހިނިތުންވުމެއް މޫނަށް ވެރިވެގެން ދިޔައެވެ. އެވަގުތުކޮޅު އަބަދަށްޓަކަަައި ދެމިގެން ދިޔަނަމައޭ ހިތަށް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ރައިހާނާގެ މޫނުމަތީގައި ވި ހިނިތުންވުން ފިލައިގެން ދިޔައީ ހަމްޒާއަކީ […]
އަންޖަލްއަށް އާއެކޭ ބުުނެގެން ކުރެވުނީ މޮޔަކަމެކޭ އެތައް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ. މިހާރުދެން އެ ނިކަމެތި އަންހެން ކުއްޖާގެ ހިތް ހަލާކުކޮށްފައި ވަކިވާކަށް ހަމްޒާއަކަށް ނުކެރޭނެއެވެ. ލޯބިވާ މީހެއްގެ ފަރާތުން ކެހި ލިބުމުން ހިތުގައި އަޅާ ވޭން ހަމްޒާވަނީ ތަޖްރިބާކޮށްފައެވެެ. ******* ލީމްއާ މެދު ހަމްޒާގެ ހިތުގައި އުފެދެމުން އަންނަ ޖަޒުބާތަށް ދޭނެ ނަމެއް ޚުދު ހަމްޒާއަކަށްވެސް ނޭންގޫނެވެ. ދެލޯ އާބަދުހެން އެދެނީ ލީމް ދުށުމަށެވެ. އެއަޑު އަހާނުލާ ލޮލަށް ނިދިވެސް ނާދެއެވެ. ހަމްޒާއަށް އުފާވެރިކަން […]
ޓެސްޓް ގާތްވަމުން ދިޔަ ވަރަކަަށް އެކްސްޓްރާ ކްލާސްތައްވެސް ނަގާލެއް އިތުރުވިއެވެ. ކޮންމެ ރެއަކުހެން ކޮންމެސް އެއްމާދާއެއްގެ އިތުރު ގަޑި އޮވެއެވެ. ރޭގަނޑު އަށަކުން ފެށިގެން ދިހައެއް ޖަހަންދެކަށް ކޮންމެ ރެއަކުވެސް އެކްސްޓްރާ ކްލާސް އޮވެއެވެ. އެކްސްޓްރާ ކްލާސް ނިންމާފައި ގެއަށް އައި ރައިހާނާ ހުރީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. ދުވާލުގަޑީވެސް އެދުވަހު ގިނަ ވަގުތު ހޭދަކިރީ ސްކޫލްގައެވެ. ރައިހާނާ ބޭނުންވީ ކުޑަ ގޮތަކަށް ފެންވަރާލައިގެން އަވަހަށް ނިދާށެވެ. ނިދަން އެނދުގައި އޮށޯތްތަނުން ފޯނަށް މެސެންޖާއިން މެސެޖެއްއައެވެ. ކަންނެއްކަމާއެކު […]
ހަމްޒާގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔައެވެ. އެއްފަޅިން އަންޖަލްގެ ލޯބި ގަބޫލުކުރަން ބާރު އަޅަމުން ދިޔައެވެ. އޭނާ ލޯބިވާ މީހަކަށްވުރެ އޭނާދެކެ ލޯބިވާ މީހެއް ހަޔާތަށް ގެނައުމުން މާއުފާވެރިވާނެކަމަަށް ވިސްނައިދެމުން ދިޔައެވެ. ސިކުނޑީގެ އަނެއް ފަޅި ބުނަމުން ދިޔައީ އަންޖަލްގެ ލޯބި ގަބޫލުކޮށްފިނަމަ އެއީ ހެދޭ ބޮޑު ގޯހެއްކަމަށެވެ. ފަހަރުގައި އޭނާއަަށް އަންޖަލްދެކެ ލޯބިނުވެވި އެ މައުސޫމް ކުއްޖާގެ ހަޔާތް ބަރުބާދުކޮށްލެވުދާނެއެވެ. ހަމްޒާ ގޮތެއް ނިންމިއެވެ. އޭނާ އެވަނީ ލޮތްބަަށް ފެންބޮވައިގަނެފައެވެ. ރައިހާނާ މަތިން ހަނދާން ނައްތާލުމަށްޓަކައި […]