އައިރާ ބޭރަށް ނުކުތީ އިސްރާ ބުނެގެން އެއްޗެއް ގަންނަން ފިހާރައަށް ދާށެވެ. މީހުން މަދު ގޯޅިއަކަށް އައިރާ އެޅިތަނުން އޭނާގެ އަތުގައި މީހަކު ބާރަށް ހިފައި ދަމައިގަތެވެ. އައިރާ ހަޅޭއްލަވައިގަންނަން ކުރި މަސައްކަތް ބޭކާރުވީ އެމީހަކު އައިރާ އަނގަމަތީ ބާރަށް އަތްއެޅުމުންނެވެ. އެމީހަކި އައިރާ ދަމަމުން ގޮސް ވެއްދީ ހަދަން ފަށާފައި ހުރި އިމާރާތެއްގެ ތެރެއަށެވެ. އައިރާ ގަދަ ހަދާފައި އެމީހެއްގެ އަތުން ވީއްލެންް މަސައްކަތް ކުރަމުން ދިޔައެވެ. އެހެން އުޅުމުގެ ތެރެއިން އޭނާގެ މުޅި ގަޔަށްވެސް […]
ޒެވިޔަން ފަސް މިނެޓޭ ބުނުމުން އަވަސް ކުރާށޭ ކިޔާފައި އަލްޔަސް ފޯނު ކަނޑާލިއެވެ. ފޯނަށް ނަޒަރު ހުއްޓައިގެން ހުރި އަލްޔަސްއަށް އިސްއުފުލާލަށް މަޖުބޫރުވީ މީހާކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އެއަޑަކީ ދުވަހަަކުވެސް އޭނާ އެހި އަޑެއްނޫނެވެ. މިއުޒިކެއްފަދަ އެރީތި އަޑުގެ ވެރިޔަކީ ކާކުތޯ ހޯދުމަށް އަލްޔަސް ދެކޮޅަށް ނަޒަރު ހިންގާލިއެވެ. އޭރު އޭނާ ކުރިމަތީގައި ހުރި އަންހެންކުއްޖާ ހެވި ދިލިފައި ބަލަހައްޓައިގެން އިނެވެ. ޔާޒް ކާރު މަޑުކޮށްލީ ރެސްޓޯރެންޓާ ތަންކޮޅެއް ދުރުގައެވެ. އެންމެންނަށްވުރެއް ކުރިން ފައިބައިގެން އަލައިކާ […]
ޝްޝްޝް. ޝާރިމް ކަހަލަ މީހަކަށްޓަކައި އައިރާގެ އަގުހުރި ކަރުނަތައް ހުސްނުކުރޭ” ޔާޒް ނުހަނު އޯގާތެރިކަމާއެކު އައިރާގެ ކަރުނަތައް ފުހެދިނެވެ. އައިރާ ޔާޒްގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން ދުވަހަކުވެސް އޭނާގެ ހަޔާތުން ޝާރިމްއަށް ޖާގަ ނުދޭން ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. މެންދުރުފަސް އެކީ ޔާޒް އުޅުނީ އައިރާއާއެއްކޮށެވެ. އައިރާމެން ގެއިން މެންދުރު ކައިގެން ދެމީހުން ބޭރަށް ދިޔައެވެ. ސައިކަލުގައި މުޅި ހުޅުމާލޭގައި ދުއްވާފައި ޔާޒް އައިރާ ގޮވައިގެން އައިސްކްރީމް ބޯންދިޔައެވެ. އައިރާ އައިސްކޯން ހިފައިގެން ހުޅުމާލެ […]
އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ޔޫސުފް ނިދިއައިސްގެން ފޯނު ބޭއްވީއެވެ. ***** އިރުގެ ރަންދޯދިތަށް ލޮލަށް އެޅުމާއެކު ނަވާރް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއެވެ. ރޭގައި އޭނާއަށް ނިދުނީ ރޯން އޮއްވައި ކަމުން ލޮލަށް ބަރުވެ ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. ތެދުވެ އެނދުގެ ފަޑީގައި ލެގިލައިގެން އަތުން ބޮލުގައި ހިފެހެއްޓިއެވެ. ނަވާރް ސިއްސައިގެން ދިޔައީ ބާރަކަށް ދޮރުގައި ތަޅައިގަތް އަޑުއިވުމުންނެވެ. ދޮރު ނުހުޅުވިއަސް އެއީ ހަމްދާކަން ނަވާރްއަށް އެނގުނެވެ. މަޑު މަޑުން އެދުން ތެދުވެގެން […]
ފަނަރަ އަހަރު ފަސް…… ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ދަނޑު ގުގުމަމުން ދިޔައެވެ. އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ އުމުރުން އެންމެ އަށާރަ އަހަރުގެ ޔޫސުފްގެ ނަމެވެ. އޭރު ޔޫސުފް ހުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތަށް އަރަން ތައްޔާރަށެެވެ. ފެހިކުލައިގެ ޖާޒީގެ ފަހަތުގައި ކަޅު ކުލައިން ޔޫސުފްގެ ނަން ޖަހާފައި ހުއްޓެވެ. ނަމުގެ ތިރީގައި ވިހި ނަންބަރު ޖަހާފައި އިނެވެ. އަންހެންކުދިންގެ ލޯތަށް ޔޫސުފް އާއި ދިމާއަށް ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އިސްކޮޅުން […]
އެރައިވަލްސް އިން ނިކުތް ޒުވާން ޖޯޑަށް އެންމެގެ ނަޒަރު ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެއީ ރާއްޖޭއަށް އެންމެ ރީތި ނަން ހޯދާދީފައިވާ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާރާޝްއާއި އޭނާގެ އަންހެނުން މާނީއެވެ. މާނީ ކޮނޑުގައި ބޯ އަޅާލައިގެން ތިން އަހަރުގެ ޔޫސުފް އޮތެވެ. ނޫސްވެރިންނާއި އާންމުންގެ ކެމެރާތަކަށް އާރާޝްގެ ކުޑަކުޑަ އާއިލާ އެރިއެވެ. ރާއްޖެ އަންނަން އާރާޝް ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ކުޑަ ގައުމަކަށް ވުމުން މީހުންނަށް […]
ޔޫސުފް: ޔޫސުފްއަކީ މާނީއާ އާރާޝްގެ ދޮށީ ދަރިފުޅެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި އާރާޝް ފަދައިން ގިނަ މީހުންގެ ސަމާލުކަން ޔޫސުފްއަށް ވެސް ލިބިގެން ދެއެވެ. އާރާޝް ފަދަ ކާމި ޔާބު ޝަޚްސިއް ޔަތަކަށް ވޭތޯ ޔޫސުފް މަސައްކަތް ކުރެއެވެ. ޔާޒް: ނަވްޔާއާއި މާއިޒްގެ ދޮށީ ދަރިފުޅު ޔާޒް ސަބަބުތަކަކާ ހެދި އޭނާގެ މަންމައާ ބައްޕައާ މެދު އޮންނަ ގުޅުން ރަނގަޅެއް ނޫނެވެ. ބޮޑުވެގެން އައިރު ޔާޒް ގެންގުޅުނީ މާ ރަނގަޅު އެކުވެރިންނެއް ނޫނެވެ. މާއިޒް ފަދައިން ޔާޒްއަކީވެސް […]
ެއަޒްހަދް އަންނަން ބުނި ރެސްޓޯރެންޓް ކުރިމަތީ ސައިކަލި ޕާކު ކުރުމަށްފަހު ހަމްޒާ އެތެރެއަށް ވަނެވެ. ފޯނުނަގައި އަންޖަލްއަށް ގުޅާފައި އެމީހުން ތިބި ހިސާބު އަހާލިއެވެ. އަންޖަލް ކިޔާދިން ގޮތަށް ގޮސް އަޒްހަދްމެން ތިބި މޭޒުކައިރިއަށް ދިޔައެވެ. އަޒްހަދްމެން އެކަނި ތިބުމުން ހަމްޒާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެއަށްފަހު އަންޖަލްއާ ޖެހިގެން އިން ގޮނޑި ދަމާލަމުން އެގޮނޑީގައި އިށީނެވެ. އަންޖަލްގެ މޫނު މަތިން ނުފިލާ ހިނިތުންވުމެއް ހަމްޒާއަށް ފެނުނެވެ. ދޭތެރެއަކުން ރަކިވެގެން ތުންފަތުގައި ދަތް އަޅާލައެވެ. އަންޖަލްގެ ހިތްއަވަސްވެފައި […]
“ގަޑިން ކިހާއިރެއް؟” ރަނގަޅަށް ލޯ ނުހުޅުވާ އިނދެ ރައިހާނާ ނިދި އަޑަކުން އެހިއެވެ. ރީހާން ނޭންގެއޭ ބުނުމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ނުކައި ހުރުމުން އޭނާ ހުރީ ބަނޑުހައިވެފައެވެ. ރީހާންވެސް ރައިހާނާ ފަހަތުން ނުކުތެވެ. ވަކި ހިސާބަކަށް ގޮއްސައި ރީހާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ރައިހާނާއާ ދިމާއަށް ކިޔުނު އެއްޗިހި ހިތަށް އެރުމާއެކު ލަދުވެތިކަން އިހްސާސްކުރެވި އިސްޖެހުނެވެ. ބޮލުގެ އިސްތަށިގަނޑު ތެެރެއަށް އަތް މަހާލަމުން އިސްތަށިގަނޑު ހާވާލިއެވެ. ރައިހާނާއަށް ގޮވަން އަނގަ ހުޅުވިއެއް ކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ. […]