އަލައިކާއާ ޒެވިޔަންގެ ގުޅުމަށް އެއް މަސްވީ ދުވަހަކީ ފުޓުބޯޅަ ސީޒަން ފެށުނު ދުވަހެވެ. ކަން ދިމާ ކުރިގޮތުން ފުރަތަމަ މެޗު ކުޅެން ޖެހުނީ އަލްޔަސް ކުޅެން ޖެހުނީ އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށެވެ. މެޗުގެ ޕްރީޝޯގައި އެނަލިސްޓުން އެވާހަކަ ނުހަނު ގަދަޔަށް ދެއްކިއެވެ. ކޯޗު އަކްމަލްގެ ދަށުން ކުޅޭ ޓީމުގެ ފުރަތަމަ އެގާރާގައި ޔޫސުފްއާއި އަލްޔަސް ހިމެނުމުންނެވެ. އިދިކޮޅަށް ކުޅޭ ޓީމުގައި ތިބި ކުޅުންތެރިންނަށް އަލްޔަސް ވަރަށް ރަނގަޅަށް އިނގޭނެ ކަމެވެ. މެޗު ފެށުނީންސުރެ ސަޕޯޓަރުންގެ އަޑު […]
އަކްމަލްގެ އެދުމާ އެއްބަސް ވުމުގެ ގޮތުން ޔޫސުފް އަދި އަލްޔަސް ބޯޖަހާލިއެވެ. އަކްމަލް އެދެކުދިންނަށް ޝުކުރު އަދާކުރިއެވެ. އާރާޝްގެ ފަރާތުން އެރޭ އަލްޔަސް ގިނަ ތައުރީފު ލިބުނެވެ. އަލްޔަސް އާރާޝް އަދި ޔޫަސުފްއާ މެދު ދެކެމުން އައި ގޮތްވެސް ކޮންމެސް ވަރަކަށް ބަދަލުވިއެވެ. ******* ދެކުލަބާއެކު ކުރެވުނު މަޝްވަރާ ތަކަށް ފަހު ބޮޑު އަގުގައި ޔޫސުފް އަދި އަލްޔަސް އަކްމަލްގެ ކުލަބާ ގުޅުނެވެ. ފަހުގެ ތާރީޚެއްގައި ދެކުޅުންތެރިއަކަށް އެންމެ ބޮޑު ހޭދައެއް ކުރި ދެކުޅުންތެރިންނަށް އަލްޔަަސްއާ ޔޫސުފް […]
އައިރާގެ އެދުރުކަމުގެ ފަހަތުގައި ޝާރިމްގެ އަތެއް ވާކަން ޔާޒްއަށް ރޭކާލީ އެގެއަަށް ދިޔަ ދުވަހު އައިރާ ކަންތައް ކުރިގޮތުންނެވެ. ޝާރިމްއަށް ވުރެ ޔާޒް ރުޅިއައީ އައިރާދެކެއެވެ. ************* ވިއްސާރަ ވިލާ ނަގާފައި ވުމާއެކު ދުނިޔެމަތި ވަނީ އެއްކޮށް އަނދިރިވެފައެވެ. މެންދުރުގެ އެވަގުތުގައިވެސް އެއްވެސް އަލިކަމެއް ނެތެވެ. މަގުތަކާ އިމާރާތްތަކުގެ އަލި ވަނީ ދިއްލާފައެވެ. ވާރޭ ނުވެހުނު ނަމަވެސް ވައިގަދައެވެ. ދޭތެރެއަކުން ވިދާލައިފައި ގުގުރި ޖަހައެވެ. ރަސްރަނި ބަގީޗާތެރޭގައި ހުރި ބެންޗެއްގައި އިށީންދެލައިގެން އައިރާ ހުރީ ޝާރިމްގެ އިންތިޒާރުގައެެވެ. […]
އަލައިކާއަަށް ހީވަމުން ދިޔައީ އޭނާ ހިތުގެ ހާލަތު ލަވައެއްގެ ސިފައިގައި އަލްޔަސް ކިޔަމުން ދިޔައެވެ. އަލްޔަސްގެ ފިރިހެންވަންތަ އަޑުން އެލަވަ ތާނިޔާއަށް ކިޔައިދެމުން ދިޔައިރު އަލައިކާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ސްޓޭޖްމަތީ ބަހައްޓާފައި ހުރި ގޮނޑިެއްގައި ބޮޑު ގިޓައެއް ހިފައިގެން އަލްޔަސް އިން އިރު އަލްޔަސްގެ ކުރިމައްޗަށް ވާ ގޮތަށް މައިކެއް ހުއްޓެވެ. އަލްޔަސްއާ އިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި ތާނިޔާ އިނެވެ. ލަވަ ކިޔަމުން ދިޔަ ގަޑީ ގިޓާކުޅެމުން އަލްޔަސްގެ ތޫނު ނަޒަރު […]
ވެހެމުން ދިޔަ ބޯވާރެގަނޑުތެރޭ މަގު ގެއްލިފައިވި މުސާފިރެއް ފަދައިން ދަހުލާން ހިނގަމުން ދިޔައެވެ. އޭނާގެ މަންޒިލަކީ ކޮބައި ކަމެއް ޚުދު ދަހުލާންއަކަށް ވެސް ނޭންގެއެވެ. އަދިވެސް ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ދުވަހަކުވެސް އިވޭނެކަމަށް ހީކުރި ބަސްތަކެއް ނޫނެވެ. އެ ބަސްތައް އަޑު އިވުމުގެ ކުރިން އޭނާ ބީރުވީ ނަމައޭވެސް ދަހުލާންގެ ހިތަށް އެރިއެވެ. މަގުގެ ވަކި ހިސާބަކަށް ގޮއްސައި ދަހުލާން ހިނގުން ހުއްޓާލިއެވެ. އުޑުމައްޗަށް މޫނު އުފުލާލުމާއެކު ވާރޭތިކިތައް އޭނާގެ މޫނުގައި ބޮސްދީފައި ފައިބަމުން ދިޔައެވެ. […]
ނަވާރް ހަމައަކަށް އެޅިލުމަށްފަހު ކުރުގޮތަކަށް ހަމްދާމެންގެ ވާހަކަ ކިޔައިދިނެވެ. އޭނާ މާލެއައީ އަސްލު މައިންބަފައިން ހޯދަން ކަމުގައިވެސް ބުންޏެވެ. އިސްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އިވާން އޭނާގެ ދަރިފުޅު އެހާ އަނިޔާވެރި ޒީލަގަދަ އަންހެނެއްގެ އަތް މައްޗަށް ދޫކޮށްލުމުން އެހިތުގައި އިވާންއަަށްޓަކައިވި ރުޅިވެރިކަން ދެގުނަވިއެވެ. ނަވާރްއަށް ހީވީ ބޮލުން ބޮޑު ބުރައެއް ނެގިހެންނެވެ. އޭނާގެ އަސްލު މައިންބަފައިން ގާތަށް ދެވެން މާގިނަ ދުވަހެއް ނެތްކަން އެނގުމާއެކު އެ ހިތަށް އުފާވެރިކަން ލިބުނެެވެ. މާނީމެން އިވާން ހޯދާނެކަމުގެ ޔަގީންކަން […]
“އުއްމީދު ކުރަން އެކުއްޖާއަށް ޔާޒް ދެރަ ގޮތެއް ނަހަދާނެ ކަމަށް. ރަށްޓެހިވާ އެހެން ކުދިންހެން ދެދުވަސް ވީމަ ރުޅި ވާނީކީ ނޫން. ޑޯންޓް އެވާރ ބްރޭކް ހާރ ހާޓް!” އައިރާ ބުނި ކޮންމެ ވާހަކައަކަށް ޔާޒް ބޯ ޖަހާލިއެވެ. ނަވާރްއަށް ދެރައެއް ދޭ ވަރަށް ވުރެ ބޮޑަށް އެހިތުގައި ނަވާރްގެ ނަން ލިޔެވިއްޖެއެވެ. މުޅު އުމުރަށް އެކުއްޖާ ރައްކާތެރިކޮށް ހިމާޔަތް ކުރަން ޔާޒްގެ ހިތް ބޭގަރާރު ވަމުން ދިޔައެވެ. *** ފެންވަރައިގެން ނިކުނެ ނިދަންލާ ހެދުން ލައިގެން […]
މާނީ އިނީ މިންހާއަށް ސައިދޭށެވެ. އާރާާޝް ސޯފާގައި ލެޕްޓޮޕުން ކޮންމެސް މަސައްކަތެއް ކުރަން ހުއްޓެވެ. ތިން މީހުންނަށްވެސް ސިހުން ލިބުނީ ބާރަކަށް ގޭ ދޮރުހުޅުވާފައި ވަން ޔޫސުފް ފެނުމުންނެވެ. ޔޫސުފް ދުވަހަކުވެސް އޭހާ ރުޅިގަދަވެގެންނެއް ނޫޅެއެވެ. ރުޅިއައިސްގެން ގޮސް މުޅި މީހާ ރަތްވެފައި ހުރިއިރު އަތުގެ ނާރުތައް ފުއްޕާފައި ކަތުރު ކަށިގަނޑު ތެޅެމުން ދިޔައެވެ. “ދަރިފުޅާ ޔޫސުފް..” އާރާޝް އަނގައިގައި އެއްބައި އޮއްވައި ޔޫސޫފް ކޮޓަރިއަށް ވަދެފައި ވެސް ބަންކިޔާފައި ދޮރު ޖެހިއެވެ. މިންހާ ކަންފަތް މަތީ […]
ފޯނު ކަންފަތުން ނައްޓާލާފައި ނާފިއު ފުން ނޭވައެއް ދޫކޮށްލިއެވެ. ނަވާރް ހުރިތަން އެނގުމާއެކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެމީހުން ގާތަށް އެނބުރި އައުމަށްވުރެ ނަވާރްއަށް ރަނގަޅުވާނީ ދީނާމެންގޭ ހުރުކަން ނާފިއުއަަށް އެނގެއެވެ. އެހެންވެ ނަވާރް ގެންނާކަށް ކޮންމެހެން އޭނާއަށް ނޫޅެއެވެ. އެހެނަސް ނަވާރްގެ ހާލުބަލައި އޭނާއަށް ވީ ވަރަކުން ނަވާރްއަށް އެހީވެދޭނެއެވެ. ނަވާރް ދިޔަތަނަކާ ބެހޭ ގޮތުން ހަމްދާ ސުވާލު ކުރުމުން ނޭންގެއޭ ބުނެ ނަވާރް ހުރިތަން ހަމްދާއަށް ނާފިއު ސިއްރުކުރިއެވެ. **** ނަވާރް ކިއެވުމުގެ […]