Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…..47

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 24, 2019 7 Mins Read
30 Comments

ރައިހާނާއަށް ފާޑަކަށް ގަނޑުވެފައި ހުރެވުނެވެ. އޭނާގެ ބަހެެއް ހޯދުމެއްވެސް ނެތި ބައްޕަ އޭނާގެ ކައިވެނި ހަމަޖައްސާފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. ވަގުތުން އެކައިވެންޏަށް އިންކާރު ކުރަން ބޭނުންވިއެވެ. އޭނާ ލޯބިވަނީ ހަމްޒާދެކެއޭ ކިޔާ ހަޅޭއްލަވައި ގަންނަން ބޭނުންވިއެވެ. ހަމްޒާ ނޫން މީހަކާ އިންނަން ދުވަހަކުވެސް ހިތުން ރުހުމުން އެއްބަސް ނުވޭވެނެ ކަމަށް ބުނަން ބޭނުންވިއްޔެވެ.
ރީހާންވެސް ހުރީ ފާޑަކަށް ގަނޑުވެފައެވެ. ރައިހާނާގެ ޚިޔާލެއް ހޯދުމެއްވެސް ނެތި ކައިވެނި ހަމަޖެއްސީމައެވެ. ރީހާންއަށް ބޭނުންމީހަކަ އިނދެވެންޏާމުން ރައިހާނާއަށްވެސް އެފުރުސަތު އޮންނަން ޖެހޭނެކަމަށް ރީހާން ގަބޫލު ކުރިއެވެ. “ބައްޕަ. އެކަމަކު އަޅުގަނޑަށް އަންޖަލްއާ މެރީ ކުރެވެންޏާމުން ދޮންތިއަށްވެސް ދޮންތި ބޭނުން މީހަކަ އިނުމުގެ ޗާންސް ދޭންޖެހޭނެ ދޯ!” ނުރުހުންތެރިކަމާއެކު ރީހާން ބުންޏެވެ. ޝައުފާވެސް ހުރީ ރުހާމް އެފަދަ ނިންމުމެއް ނިންމުމުން ހިތްހަމަ ނުޖެހިފައެވެ. ރައިހާނާގެ ހިތުގައި ހަމްޒާއަށްޓަކައި އުފެދިފައި ވީ އިހްސާސްތައް ރަނގަޅަށް ޝައުފާ ދަނެއެވެ. ޝައުފާގެ އެދުމަކީ ހަމްޒާއާއެކު އުފާވެރި ދިރިއުޅުމެެއް ރައިހާނާ އުޅޭށެވެ. އެހެނަސް ކުދިން ކުރިމަތީގައި ރުހާމްއާ ދިމާއަށް އެއްޗެކޭ ބުނަން ބޭނުންނުވާތީ މަޑުން ހުރީއެވެ. ރައިހާނާގެ ކައިވެނި މީހަކާ ހަމަޖެއްސިއިރު އޭނާއަށްވެސް އަންގައި ނުލައެވެ. “ބައްޕަ ބުނީތީވެސް ރައިހާނާ އެކުއްޖާޔާ ބައްދަކުކޮށްލަބަ. ބައްދަލުކުރުމަށްފަހު ކަމުނުދަންޏާ މައްސަލައެއްނެތް ނޫނެކޭ ބުންޏަސް. އެކަމު އެއާއިލާއާ ބައްދަލުކޮށްލަންވީނު” ރުހާމް ވިސްނާލުމަށްފަހު ބުންޏެވެ. ހިތާދެކޮޅަށް ރުހާމްގެ އެދުމަށް ރައިހާނާ އާބަސް ބުންޏެވެ. ރީހާން ނުރުހުންތެރިކަމާއެކު ރައިހާނާ ބަލާލިއެވެ. އިސްޖަހައިގެން އިން ގޮތަށް އިސްއުފުލާވެސް ނުލައި ރައިހާނާއިނެވެ. ހިތްހަމަނުޖެހިފައި ހުރެ ރީހާން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ރައިހާނާވެސް އިތުރަށް މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ދިޔައެވެ. ދޮރުލެއްޕި ގޮތަށް ރައިހާނާގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ހިފަހައްޓައިގެން ހުރިހާ ކަރުނަތައް ބަންޑުންވިއެވެ. ހަމްޒާ ނޫން އެހެން މީހަކާއެކީ ދިރިއުޅެން ހިތަށްވެސް އަރުވާކަށް ރައިހާނާ ބޭނުމެއްނޫނެވެ. އެހެން މީހަކާ ބައްދަލުކުރަން ދިއުމަކީވެސް އެހިތަށް ފަސޭހަކަމެއް ނޫނެވެ. މެއަށް ބާރުކުރުމާއެކު ރުއިމުގެ އަޑުވެސް ގަދަވާންފެށިއެވެ. އެހެނަސް ކޮޓަރިން ބޭރަށް އަޑުއިވިދާނެތީ ރައިހާނާ އަނގަމަތީ އަތްއެޅިއެވެ.

ރީހާން ބޯހާސްވުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ. ބައްޕަ ކުރިކަމަކުން މުޅުން ރަތަށް އަރާފިއެވެ. އަންޖަލްއަށް ދޭން އުޅުނު ސަޕްރައިޒް މަތިންވެސް ހަނދާންނެތުނެވެ. ސަޕްރައިޒް ނުދެވުނަސް ހެޔޮކަމަށް ފޯނުނަގާ އަންޖަލްގެ ނަންބަރަށް ގުޅާލިއެވެ. ވޭތުވެދިޔަ ހަފްތާތެރޭ އަންޖަލް ދުރުކޮށްލެވުނު ވަރު އިހްސާސްކުރެވުމާއެކު މޭގައި ރިހުމެއް އުފެދުނެވެ.

ނިދަން އެނދުގައި އޮށޯވެގެން އޮތެއް ކަމަކު އަންޖަލްގެ ލޮލުގައި ނިދީގެކަންފުޅެއްވެސް ނެތެވެ. އަދިވެސް ދެލޯ ހުރީ ރަތްވެފައެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ރީހާންގެ ފޯނު ކޯލަކަށެވެ. އެހެން އޮއްވާ ފޯނު ރިންގުވާން ފެށުމާއެކު އަވަހަށް ބަލާލިއެވެ. ސްކްރީނަށް އަރާފައި އިން ރީހާންގެ ނަން ފެނުމާއެކު ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އުފަލުން ގޮސް ލޮލުން ކަރުނަތިއްކެއްވެސް ވެއްޓުނެވެ. “ހަލޯ” ފޯނުނަގާފައި ވަގުތުން އަންޖަލް ބުނެލިއެވެ. އަޑު ކުރަކިވެފައި ހުރުމުން ގަދަޔަށް ރޮއެފައި ހުރިކަން އެނގެއެވެ. ރީހާން ދައްކަން އުޅުނު ވާހަކަތައް މަތިން ހަނދާންނެތުނެވެ. އަންޖަލްގެ ކުރަކިވެފައި ހުރި އަޑުއިވުމުން ހިތުގައި ޖެހުނެވެ. “ހެއި. އޭންޖަލް އައި އޭމް ސޯ ސޮރީ” ވައިއަޑުން ރީހާން ބުންޏެވެ. އެއާއެކު އިވިގެން ދިޔައީ އަންޖަލް ރުއިމުގެ އަޑެވެ. ހުރިހާއިރު ހިފަހައްޓައިގެން ހުރިކަރުނަތައް ފައިބައިގަތީއެވެ. ރީހާންގެ އަޑުއިވުމާއެކު ނުރޯން ކުރިހާ މަސައްކަތެއް ބޭކާރުވީއެވެ. “އޭންޖަލް. ޝްޝްޝްޝް. ނުރޮއެބަ. ވަރަށް ބޮޑަށް މާފުކުރޭ. މި މުޅި ހަފްތާގަވެސް އޭންޖަލްއާ ދުރުގަ އުޅެވުނީމަ. ސޮރީ” ރީހާން އެތައް ފަހަރަކު މާފަށް އެދުނެވެ. އަންޖަލް މާފު ކުރިނަމަވެސް ރީހާން ހިތްހަމައެއް ނުޖެހުނެވެ. އަންޖަލް ރޮއްވާ އެނާޒުކު ހިތް ކުދިކުދިކޮށްލެވުނީތީ އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ރުހާމް ރައިހާނާގެ ކައިވެނި އެހެން މީހަކާ ހަމަޖެއްސިކަން ބުނެ އަންޖަލްއަށް އިތުރު ހިތާމައެއް ދޭން ބޭނުންނުވާތީ ރީހާން އެވާހަކައެއް ނުދައްކައެވެ.

ޝައުފާއަށް ވިސްނެމުން ދިޔައީ ރުހާމްގެ ނިންމުމާ މެދުގައެވެ. ރުހާމް ރައިހާނާގެ ކައިވެނި ހަމަޖެއްސީކާކާތޯ ކުޑަމިނުން އޭނާ ގާތު ބުނަލެން ޖެހޭނެއެވެ. ޝައުފާ ވިސްނަން އޮވެފައި ރުހާމް އައިސް އެނދުގައި އޮށޯތުމާއެކު ރުހާމްއަށް ގޮވާލިއެވެ. “ރުހާމް ކާކާތަ ރައިގެ ކައިވެނި ހަމަޖައްސައިގެން ތިއުޅެނީ؟” ކަންބޮޑުވުމާއެކު ޝައުފާ އެހިއެވެ. “ޝައު. ތިވަރަށް ނުވިސްނަބަ. ޝައުއަށް ހީވޭތަ މަ ރައިއަަށް ދެރަގޮތެއް ވާން އެެދޭނެހެން. ވަރަށް ވިސްނާފައޭ މަ އާއެކޭ ބުނީ އެހުށަހެޅުމަށް. އެސޮރުގެ އާއިލާއާ ބައްދަލުވުމުން ޝައުވެސް ހިތުން ރުހުމުން އެއްބަސް ވާނެކަން މަށަށް އެނގޭ. ރައިވެސް އުފަލާއެކު އެއްބަސްވާނެ. ދެން އެކަމާ ނުވިސްނާ ނިދަން އުޅެ. ޝައު އަހަރެން ޔަގީންކަންދެން އެކުއްޖާ އަހަރެމެންގެ ދަރިފުޅު އަމާނަތްތެރިަމާއެކު ގެންގުޅޭނެކަމުގެ” ޝައުފާ ބޭނުންވީ ރައިހާނާ ހަމްޒާދެކެ ލޯބިވާ ވާހަކަ ރުހާމް ގާތު ބުނާށެވެ. އެފިރިހެން ކުއްޖާއަކީ ކިތަންމެ ރަނގަޅު ކުއްޖަކަށް ވީނަމަވެސް ރައިހާނާ ލޯބިނުވަންޏާ ކުރާނީ ކީއްހެޔެވެ؟ ލޯބިވާ މީހަކު ހުއްޓާ އެހެން މީހަކާއެކު ދިރިއުޅުމެއް ފެށިދާނެ ހެއްޔެވެ؟ އެއީ ކިހާ ވޭންދެނެވި ކަމެއްކަން ޝައުފާއަށް ވަނީ އިހްސާސްކުރެވިފައެވެ. އޭނާ ތަހައްމަލު ކުރިފަދަ ނިކަމެތި ކަމެއް ލޯބިވާ ދަރިފުޅު ތަހައްމަލު ކުރާކަށް ނޭދެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި އަދިވެސް ތާޒާކަންމަތީ އެހިތުގައިވެއެވެ. ދުވަހެއްގެ ކޮޅުންވެސް އެލޯބި ހިތުން ފުހެވިގެން ނުދާނެއެވެ. ރުހާމްއާ ކައިވެނި ކުރަން ޖެހުނީ އެހިތުން ލޭކަރުނަ އޮހޮރުވާފައެވެ. ރުހާމް އޭނާދެކެ ކިތަންމެ ލޯބިވީ ނަމަވެސް އެހިތުން ރުހާމްއަށް ޖާގައެއް ދެވުން ވީ އުނދަގޫ ކަމަަކަށެވެ. ރުހާމްއާ އޭނާ ކައިވެނި ކުރީ އާއިލާގެ އެދުމަކަށް ނޫނެވެ. ލޯބިވެރިޔާގެ އެދުމަކަށެވެ. ލޯބިވަންޏާމުން ރުހާމްއާ ކައިވެނި ކުރުމަށް މަޖުބޫރު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. ހިތްމަތީ ހިލަގަނޑެއް ބާއްވާފައި ޝައުފާ ރުހާމްއާ ކައިވެނި ކުރީ ލޯބިވެރިޔާގެ ހައްގުގައެވެ. ރުހާމްއަށް ނޭންގެނެހެން ޝައުފާ ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލިއެވެ.

އުނދަގޫ ގޮތަކަށް ރައިހާނާ ލޯހުޅުވާލިއެވެ. ކޮޓަރިތެރެ އަނދިރިކަމުން ތަންދޮރު ސާފުވާ ގޮތެއް ނުވެއެވެ. ގިނައިރު ރުއިމުގެ ސަބަބުން ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. ބޮލުގައި އެއް އަތުން ހިފަހައްޓައިގެން އަނެއް އަތުން ފޯނު އާތުޖެހޭތޯ އުޅުނެވެ. ފޯނު އާތުޖެހުމާއެކު ގަޑި ބަލާލިއެވެ. އޭރު ގަޑިން ކިރިޔާ ތިނެއް ޖެހީއެވެ. ރައިހާނާ ފޯނު ހިފައިގެން އެނދުން ތެދުވެ ދޮރުކައިރިއަށް ގޮސް ނިދާބޮކި ދިއްލިއެވެ. އެއަށްފަހު އަނެއްކާވެސް އެނދުގައި އޮށޯތެވެ. ބޮލަށް ބުރަވެފައި ހުރުމާއެކު ވަރަށް ފަސޭހައިން ނިދީގެ އާލަމަށް ގެނބުނެވެ.

އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި ހަމްޒާ އޮތީ ލޮލަށް ނިދިނައިސްގެންނެވެ. އެރޭ އެއްގޮތަކަށްވެސް އޭނާގެ ލޮލަށް ނިންޖެއްނައެވެ. ނިދި ހީވަނީ އޭނާއާ ރުޅި ހަދާފައި މާދުރަށް ގޮސްފައިވާހެންނެވެ. މާބޮޑަށް ރައިހާނާއާ މެދު އޭނާއަށް ވިސްނެމުން ދިޔައެވެ. ރައިހާނާ އުމުރަށް ގެއްލިދާނެތީ ހިތްބިރުގަތީއެވެ. ސިކުނޑީގައި ނުބައި ޚިޔާލުތައް އެނބުރެމުން ދިޔައީ ކީއްވެކާމެއް ޚުދު ހަމްޒާއަށްވެސް ނޭންގެއެވެ. ޝައްކާ ވަހުމިން އޭނާގެ މުޅި ސިކުނޑިވަނީ ހިސާރުކުރެވިފައެވެ. ލޮލަށް ނިދިނައި ކަމަށް އެންމެ ފަހުން ހަމްޒާ އެނދުން ތެދުވިއެވެ. ދެލޯ މަރާ ބާރުކޮށްލީ ސިކުނޑިއެއް ލުއެެއް ލިބޭތޯއެވެ. ލޯ މަރާލުމާއެކު ހިތަށް ސިފަވެގެން ދިޔައީ ރައިހާނާގެ ރަތްވެފައިވި ދެލޮލާއި މޫނެވެ. “ޑޭމް އިޓް. ކީއްވެތަ މިކަހަލަ އެއްޗިހި މި ސިފަވަނީ؟ އަނެއްކާ ރައިއަށް ކަމެއްވީތަ؟” ހަމްޒާ ފޯނު ނެގީ ރައިހާނާއަށް ގުޅާށެވެ. ކިތަންމެ ދަންވަރަށް ވިއަސް އޭނާއަށް ހެޔޮއެވެ. ރައިހާނާއަށް ނުގުޅަނީސް އެހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ނިދިއެކީ ހަރުނުވަނީސް ފޯނު ރިންގުވާން ފެށުމުން ރައިހާނާއަށް ހޭލެވުނެވެ. އެއޮށް ދަންވަރުގަޑީ ގުޅަނީ ކާކު ބާއޭ ހިތަށް އެރިއެވެ. ސްކްރީނަށް އަރާފައިއިން ހަމްޒާގެ ނަންފެނުމާއެކު ތުންފަތް މައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ނަގަން އުޅެނިކޮށް ރުހާމް ދެއްކި ވާހަކަތައް ރައިހާނާ ހަނދާންވިއެވެ. ހީވީ އެވަގުތު އޭނާގެ ކަންފަތް ދޮށުގައި ރުހާމް ވާހަކަ ދެއްކި ހެންނެވެ. ހިތަށް ލިބުނު ޒަޚަމާއެކު ރައިހާނާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ފޯނު ސްކްރީނަށް ބަލަހައްޓައިގެން ހުއްޓާ ކެނޑުނެވެ. ރައިހާނާ ބަލަހައްޓައިގެން ހުއްޓާ ދެވަނަ ފަހަރަށް ރިންގު ވާން ފެށިއެވެ. ނަގާފައި ވަކި ބުނާނީ ކީކޭ ކަމެއް ރައިހާނާއަކަށް ނޭންގުނެވެ. ގައިމުވެސް ބައްޕަގެ ނިންމުމާ ދެކޮޅު ހަދާނެހާ ހިތްވަރެއް ރައިހާނާގެއެެއް ނެތެވެ. ބައްދަލުކޮށްފައި ކަމު ނުދަންޏާ ބުނާށޭ ބުނި ނަމަވެސް އެހެން ބުނާކަށް ރައިހާނާއަކަށް ނުކެރޭނެއެވެ. އެކައިވެންޏަށް އޭނާގާތުން ބައްޕަ އެދުނީ ނުަހަނު ފޮނި އުއްމީދާ އެކީއެވެ. ދެވަނަ ފަހަރަށް ފޯނު ކެނޑުމާއެކު ރައިހާނާ ފޯނު ނިއްވާލިއެވެ. އެއަށްފަހު އަނެއްކާވެސް ނިދޭތޯ އެނދުގައި އޮށޯތެވެ. އެހެނަސް އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.

ދެވަނަ ފަހަރަށް ފޯނު ކެނޑުމުން ތިންވަނަ ފަހަރުވެސް ހަމްޒާ ގުޅިއެވެ. ފޯނު ނިއްވާލާފާ އޮތުމުން ހަމްޒާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ރައިހާނާ އޭނާއާ ވާހަކަ ދައްކަން ބޭނުންނުވާތީ ފޯނު ނިއްވާލީއޭ ހިތަށް އެރިއެވެ. އެރޭގައި އެހާ ލޯބިން އުޅެފައި ކުއްލިއަކަށް އެވީ ކިހިނެއްހެއްޔެވެ؟ ހަމްޒާގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެއްނުކުރެވިގެން މޭގައި އަތް އަޅާލެވުނެވެ.

ރީހާން ހެނދުނު ހޭލައިގެން ސައިބޯން ނުކުތްއިރު ރުހާމްވެސް މޭޒުދޮށުގައި ސައިބޯން އިނެވެ. ރުޅިވެރި ނަޒަރަކުން ރުހާމްއަށް ބަލާލުމަށްފަހު ރީހަން ގޮސް އިށީނެވެ. ޝައުފާއާ ދިމާއަށް ރީހާން ބަލާލީ ރުހާމްއާ ވާހަކަ ދެއްކިންހޭ އާހާ ފަދަ ގޮތަކަށެވެ. ޝައުފާ މަޑުމަޑުން ބޯހަހާލިއެވެ. “ބައްޕަ އަސްލަށްވެސް ދޮންތި މީހަކާ ދެވަންތަ ތިއުޅެނީ؟” ރީހާންއަށް މަޑުން އިނުން ވީ އުނދަގޫ ކަމަކަށެވެ. އެތައް ގޮންޖެހުންތަކާ ހިތާމަތަކަށް ފަހު އޭނާގެ ދޮންތިއަށް ލޯބިވާ ބައިވެރިޔާ ލިބިފައިވަނިކޮށް އެއުފާވެރިކަން ގެއްލޭކަށް ބޭނުމެއްނޫނެވެ. “ރީހާން. ރީހާންއަަށްވުރެ ބައްޕަ ދޮންތިއާ މެދުގަ ވިސްނަމޭ. ދޮންތިއަށް ދެރައެއް ލިބޭ ފަދަ ގޮތަކަށް ބައްޕަވެސް ކަންތަކެއް ނުކުރާނަން. ރީހާން ލޯބިވާ ކުއްޖެއް ހުރުމުން އެކުއްޖާއާ ގުޅުމަށް އެއްވެސް ހުރަހެއް ބައްޕައެއް ނާޅަމެއްނު. އެކަމަކު ދޮންތި ހަޔާތަށް އާދި ކުއްޖަކު ނުވެސް އާދޭ. އެހެރީ މިހާރު ޒަވާޖީ ހަޔާތެއް ފަށަން އެންމެ ރަނގަޅު އުމުރަށް ގޮއްސަ. ބައްޕަ ބޭނުމެއްނޫ އުމުރު ހުސްވަންދެން ދޮންތި ހުސްކޮށް ހުންނާކަށް. ދޮންތިގެ ބައިވެރިއެއް ހުރިނަމަ ބައްޕަ އެހުށަހެޅުމެއް އާއެކޭ ނުބުނީމުސް” ރުހާމް ރީހާންއާ މެދު ހުރީ ހިތްހަމަ ނުޖެހިފައިކަން ވާހަކަ ދެއްކި ރާގުން އެނގެއެވެ. ރައިހާނާގެ ބައިވެރިއެއް ހުންނަކަމާއި އެއީ ހަމްޒާކަން ބުނަން ރީހާން އަނގަ ހުޅުވާލި ވަގުތު ރައިހާނާ އައިސް ބަދިގެއަށް ވެނެވެ. “ބައްޕަ. އެކުއްޖާއާ ބައްދަލު ނުވިއަސް އިންނަން އަޅުގަނޑު ތައްޔާރު. ބައްޕަ އަޅުގަނޑަށް ދެރަވާނެ ގޮތެއް ނޭދޭނެކަން އެނގޭ.” ހިތްމަތީ ގާގަނޑެއް ބާއްވާފައި ރައިހާނާ ބުންޏެވެ. އޭރު އެދެލޮލުގައި ކަރުނަތައް ޖަމާވެފައި ހުއްޓެވެ. ދެންމެ ދެންމެ ބަނޑުން ވެދާނެހެން ހީވިއެވެ. ރީހާންއަށް ހުރެވުނީ ރައިހާނާ ބުނި ބަސްތައް ގަބޫލު ނުކުރެވިފައެވެ. އަނގަ ހުޅުވި ގޮތަށް ލައްޕަންވެސް ނޭންގުނީ އެހެންވެއެވެ. އައި ރުޅީގައި ރީހާން ތެދުވެގެން ދިޔައީއެވެ.
ޝައުފާއަށްވެސް ރައިހާނާގެ ނިންމުން ގަބޫލު ކުރަން އުނދަގޫވިއެވެ. ހަގީގަތުގައި ރައިހާނާ އެނިންމުން ނިންމާކަށް ޝައުފާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ރައިހާނާގެ ލޮލަށް ޖަމާވެފައި ހުރިކަރުނަތައް ޝައުފާއަށް އެވަގުތު ފެނުނެވެ. ރުހާމްއަށްވެސް އެކަރުނަތައް ފެންނާނެނަމައޭ ހިތަށް އެރިއެވެ.

ރައިހާނާގެ ނިންމުމަށް ތާއިދު ކުރުމުގެ ގޮތުން ރުހާމް ބޯޖަހާލިއެވެ. ރައިހާނާ ފަދަ ބަސްއަހާ ކިޔަމަންތެރި ދަރިއެއް ލިބުނީތީވެ އެކަމާ އުފާކުރާކަމަށް ރުހާމް ބުންޏެވެ.

ސައި ބޮއެގެން ދިޔަ ގޮތަށް ރައިހާނާ ގޮސް ފޯނު ހުޅުވިއެވެ. ހަމްޒާގެ މެސެޖްތަކާ މިސްްްޑް ކޯލުތައް ހުއްޓެވެ. އަތް ތުރުތުރު ލާ ހާލު ރައިހާނާ ހަމްޒާއަށް މެސެޖެއް ކުރިއެވެ. ބައްދަލު ކޮށްލަން ބޭނުންވާކަމަށް ބުނެއެވެ. ދާންވީ ތަނާ ގަޑިވެސް ލިއެފައި އޮތެވެ.

އަތުގައި އޮތް ފޯނު ވައިބްރޭޓް ވުމާއެކު ހަމްޒާ އަވަހަށް ފޯނަށް ބަލާލިއެވެ. ރައިހާނާގެ މެސެޖެއް އިނުމުން އަވަހަށް ހުޅުވާލިއެވެ. މެސެޖުގައި އެދިފައި އޮތީ އެދުވަހު ހަވީރު ރަސްރަނިން ބައްދަލު ކުރުމަށެވެ. ހަމްޒާ އެންމެ ރަނގަޅޭ ޖަހާ ރިޕްލައި ކުރިއެވެ. ރައިހާނާ ބައްދަލު ކުރަން އެއުޅެނީ ރަނގަޅު ކަމަކައިގެން ނޫންކަން ހަމްޒާގެ ހިތް ބުނަން ފެށިއެވެ.

ރީހާންއާ އަންޖަލް މަޑުކޮށްލައިގެން ތިބީ ތޮށިގަނޑު މަތީގައެވެ. އަންޖަލްގެ އަތުގައި އައިސް ކޯނެއް އޮތެވެ. ރީހާން އަތުގައި އިން އައިސްކްރީމް ތަށި ސަމްސަލުން ހާވާލަ ހާވާލަ އިނެވެ. ވިސްނެމުން ދިޔައީ ރައިހާނާއާ މެދުގައެވެ. އަންޖަލް ގާތު ބުނާނީތޯ ނޫނީ ނުބުނާނީތޯއެވެ. “ރީހާން. ކިހިނެއްވެފަ ތިއިންނަނީ؟ ކޮން ކަމަކާ މާ ބޮޑަށް ތި ވިސްނަނީ؟” އޭނާ ދެފަރަކަށް ގޮވުމުން ރީހާން ޖަވާބު ނުދިނުމުން ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ސިހުނުބޮނޑިން ރީހާން އަތުގައި އިން އައިސްކްރީމް ތަށި ގަޔަށް ވެރުނެވެ. “އޫޕްސް. ސޮރީ” ރިހާންގެ މޫނަށް ވީ ގޮތް ފެނުމާއެކު އަންޖަލް އަވަހަށް މާފަށް އެދުނެވެ. އެއަށްފަހު ދަބަހުން ފެންފުޅިއަކާ ޓިޝޫއެެއް ނަގައިގެން ރީހާންގެ ގަމީސް ދޮވުނެވެ.

ބަންދު ދުވަހަކަށް ވުމުން ރަސްރަނި ބަގީޗާތެރޭ މީހުން ވަރަށް ގިނައެވެ. ހުސްކޮށް ހުރި ގޮނޑިއެއް ގައި އިށީންދެލައިގެން ހަމްޒާ އިންތިޒާރު ކުރަމުން ދިޔައީ ރައިހާނާއަށެވެ. އޭނާ ބަލާދާން އުޅުމުން ރައިހާނާ އެކަމާ ދެކޮޅުހެދިއެވެ. ކުއްލިއަކަށް ރައިހާނާއަށް އައި ބަދަލުން ހަމްޒާއަށް ވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. އިސްތަށިގަނޑު ތެރެއަށއ ދެއަތް މަހާއިގެން އިސްޖަހައިގެން ހަމްޒާ ހުއްޓެވެ. ބިންމަތީގައި މަޑުމަޑުން އޭނާގެ ދެފައި ތަޅަމުން ދިޔައެވެ.

“ހަމްޒާ” ކުރަކިވެފައިވި އަޑަކުން ރައިހާނާ އޭނާއަށް ގޮވާލުމާއެކު ހަމްޒާ އިސްއުފުލާ ބަލާލިއެވެ. ރައިހާނާގެ ހުދުކަން ގަދަ ދެލޯ ވަނީ ރަތްވެފައެވެ. މޫނު މަތިވެސް ވަނީ ދުޅަވެފައެވެ. ހަމްޒާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. ރައިހާނާގެ މޫނާ ދިމާއަށް އަތް ހިއްލާލުމާއެކު ރައިހާނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. “ހަމްޒާ. އަހަރެން ބޭނުމީ އަހަރުމެން ދެމީހުންގެ މިގުޅުން މިހިސާބުން ނިންމާލަން. އިތުރަށް މި ގުޅުން ކުރިއަށް ގެންދެވޭކަށް ނެތް. މި އުޅެނީ… އެހެން…… މީ….ހަ… ކާ އިންނަން” ހަމްޒާއަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބާރުގަދަ ބޮމެއް ގޮއްވާލިހެންނެވެ. ދުނިޔެވެސް އެނބުރުން ހުއްޓުނުހެން ހީވިއެވެ. ހިތާ ދިމާލުން އެރި ތަދާއެކީ ބޮލަށް އެނބުރުން އަރައިގަތެވެ. ވަށައިގެންވާ މާހައުލު ފެންނަމުން ދިޔައީ ލަސްލަހުންނެވެ. “ރައިހާނާ ސަމާސާ ކުރަނީދޯ” އިވުނު ވާހަކަތައް ގާބޫލު ނުކުރެވިގެން ހަމްޒާ އެހިއެވެ. އޭރު އޭނާގެ އަތް ވަނީ ހިތާދިމާލު އެޅިފައެވެ. “ނޫން އަހަރެން ވަރަށް ސީރިއަސް” ރައިހާނާގެ މޫނު މަތިން ސަމާސާކުރުމުގެ އެއްވެސް ކަހަލަ އަލާމާތެއް ނުފެނުނެވެ. ލިބުނު ހިތާމައާ ދެރައިގެ މައްޗަށް ރުޅިވެރިކަން އިސްވެގަތެވެ. ރައިހާނާއަށް ރުޅިވެރި ނަޒަރެއް ދިންއިރު އެނަޒަރުން ރައިހާނާ އަންދާލަފާނެހެން ހީވިއެވެ.
ހަމްޒާ ކުރިއަށް ފިޔަވަޅެއް އަޅާފައި ރައިހާނާ ދެއަތުގައި ބާރަށް ހިފެހެއްޓިއެވެ. ހަމްޒާގެ ބާރުގަދަ ދެއަތުގެ ބާރު އިހްސާސްވުމާއެކު ރައިހާނާއަށް އަޑެއް ލައްވާލެވުނެވެ. އެވަގުތު މީހުންގެ ނަޒަރު އެދެމީހުންނަށްވަނީ ހުއްޓިފައެވެ. އެއިން ކަމަކަށް ހަމްޒާގެ ފަރުވާލެއް ހުރިހެންނެއް ހިއެެއްނުވެއެވެ. “ކީއްވެ؟ ކީއްވެ އަހަންނަށް ތިހާ ބޮޑު އަނިޔާއެއް ތިދެނީ؟” ރުޅިވެރިކަމާއެކު ކުރަން ފެށި ސުވާލު ނިމުނުއިރު އެއަޑުގައިވީ ވޭނާ ހިތާމައެވެ. ހަމްޒާގެ އަސަރުންފުރިގެންވާ އަޑު އިވުމާއެކު ރައިހާނާއަށް ދެލޯ މަރާބާރުކޮށްލެވުނެވެ. “ހަމްޒާ އަހަންނަށް ތަދުވޭ!” ހަމްޒާ ކުރި ސުވާލަށް ދޭނެ ޖަވާބެއް ރައިހާނާއަކަށް ނޭންގުނެވެ. “ހެޔޮ. އަހަރެންގެ ހިތަށްވެސް ހާދަ ތަދުވެއްޖެއޭ. އަޅެ އެއްފަހަރުވެސް އަހަންނާ ވަކިވެގެން އެހެން މީހަކާ އިންނަން ތިއުޅޭ ސަބަބު ބުނެދީފާނަންތަ؟” “ލޯބިނުވާތީ” ދެލޯ މަރާ ތަގުޅިކޮށްގެން އިނދެ ރައިހާނާ ބުންޏެވެ. އޭނާގެ ހިތުގައި މީހަކު ވަޅި ހަރައި ކުދިކުދިކޮށްލިއަސް އެވަގުތު ވިހާ ތަދުނުވީސްކަން ޔަގީނެވެ. ހަމްޒާ ފެށީ ހޭށެވެ. “ރައިހާނާ މޮޔަ ނުގޮވާ ހުރެ. އަހަރެންގެ ލޮލަށް ބަލާފަ ބުނެބަ ލޮތްބެއް ނުވެއޭ!” ރައިހާނާ ދަތްދޮޅީގައި ހިފައި ހަމްޒާ އުފުލާލިއެވެ. އޭރު އެދެލޮލުގައި ކަރުނަތައް ފުނިޖެހިފައި ހުއްޓެވެ. ރައިހާނާގެ ކަރުނަވީ ދެލޯ ފެނުމާއެކު ރައިހާނާގެ އަތުން ހަމްޒާއަށް ވަގުތުން އަތްދޫކޮށްލެވުނެވެ. ދުވަހެެއްގެ ކޮޅުންވެސް އެމަންޒަރު ހަމްޒާ ހަނދާނެއް ނުނެތޭނެއެވެ. “ހަމްޒާއަށް އަނިޔާއެއް ދެވުނުނަމަ އަހަރެން މާފަށް އެދެން. ހަމްޒާ އަހަންނާ މެދުގަ އެއްވެސް ހިތްބުރަކަމެއް ނުބާއްވާނެކަމަށްވެސް ހީކުރަން. ހަމްޒާއާއެކީ އުޅެވުނު ކުޑަދުވަސްކޮޅަކީވެސް އަހަރެންގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަސްތަކެއް. ކޮންމެ މީހަކާ އެކީ ދިރިއުޅެން ޖެހުނު ނަމަވެސް މިހިތުގައިވި ލޮތްބަށް ދުވަހަކުވެސް ބަދަލެއްނާންނާނެ. އާބަދުވެސް ހިތުގެ އެންމެފުންމިނުން ހަމްޒާދެކެ ލޯބިވާނަން” އެހުރީހާ ބަހެއްވީ ރައިހާނާގެ ހިތުތެރޭގައެވެ. އެލަޒްޒުތައް ދުލާ ހަމައަށް ގެންނާނެހާ ހިތްވަރެއް ނުލިބުނެވެ. “މާފު ކުރޭ” އަނެއް ފަރާތަށް އެނބުރިފައި ކިރިޔާ ހަމްޒާއަށް އަޑުއިވޭވަރަށް ރައިހާނާ ބުންޏެވެ. އެއަށްފަހު ހަލުވި ހިނގުމެއްގައި ހަމްޒާ ކުރިމަތިން ދިޔައެވެ. ޖެހިތާ ބަހައްޓައިފައި ހުރި ބުދެއްހެން ގުޑިވެސް ނުލާ ހަމްޒާ އިނެވެ. ދެފައި ކޮޅު ވަރުދޫވެގެން ގޮނޑިއެ ތެރެއަށް ހަމްޒާ ވެއްޓުނެވެ. ލޮލަށް ޖަމާވެފައި ހުރިކަރުނަތައްް ރޮނގަކަށް ފައިބަމަމުން ދިޔައެވެ.

ގެއަށް ގޮސް އެނދުމައްޗަށް ވެއްޓިގަތް ގޮތަށް ރައިހާނާ ރޮއެގަތެވެ. އެއަޑުއިވޭ ކޮންމެ މީހެއްގެ ހިތްވެސް ހަލާކުވާނެކަން ޔަގީނެވެ. އެއަޑުގައިވި އަސަރުއެހާވެސް ގަދައެވެ.

އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ހަމްޒާ ހިނގަމުން ދިޔައެވެ. ދުއްވާ އެއްޗަކަށް މާބޮޑު ސަމާލުކަމެއް ދޭހެނެެއް ހިއެއްނުވެއެވެ. ދެވެނީ ކޮންމަގަކުންކަންވެސް އޭނާއަކަށް ނޭންގެއެވެ. އެއަށްވުރެ ސިކުނޑިތެރޭގައި އުފެދިފައިވި ހައިޖާނުގަނޑު ބޮޑެވެ. ހިތުގައި އަޅަމުން ދިޔަ ވޭން މާބޮޑެވެ. ހަމްޒާއަށް ސިހުން ލިބުނީ ދާދި ގާތުން ބަރުގޮނުގެ އަޑުއިވުމުންނެވެ. އޭރު ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް އޭނާއާ ދިމާއަަށް އަންނަނީއެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ދެން ސަލާމަތް ނުވެވޭނެއޭ ހީވުމުންނެވެ.
“އާ ޔޫ ކްރޭޒީ؟ ކިހިނެއްވެފަ ތިހުރީ؟ އަނެއްކާވެސް އަނެއް އެކްސިޑެންޓް ވޭތޯތަ ނުދާން ތިހުރީ؟” އެސައިކަލު އޭނާއާ އަރާހަމަވުމުގެ ކުރިން މީހަކު އަތުގައި ހިފައި ދަމައިގަތެވެ. ހަމްޒާއަަށް ރަނގަޅަށް ލޯ ނުހުޅުވިގެން އުޅެނިކޮށް އިވުނީ ޒިވާންގެ އަޑެވެ. އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެން ހުއްޓެވެ. ޒިވާންގެ މޫނު މަތިންވެސް ނުރުހުންތެރިކަން ފެންނަން ހުއްޓެވެ. ހަމްޒާ އެކައްޗެކޭވެސް ނުބުނެ ދާން ހިނގައިގަތެވެ. ހަމްޒާ ހިނގަމުން ދިޔަ ގޮތުން ހީވީ ހަމައިން ނައްޓާފައި ހުރިމީހެންނެވެ. ހަމްޒާއަށް ގެއްލުމެއް ވެދާނެތީ ޒިވާން ދުރުދުރުން ހަމްޒާ ފަހަތުން ދިޔައެވެ.

ޝައުފާ ސިޓިން ރޫމްގައި އިން އިރު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރުހާމްގެ ނިންމުމާމެދު ވިސްނާ ވިސްނާ އޭނާގެ ސިކުނޑިވަނީ ގޮވާފައެވެ. ލޯބިވާ ދަރިފުޅުގެ ހަޔާތް ބަރުބާދުވާކަށް އޭނާއެެއް ނޭދެއެވެ. ރީހާން ގެއަށް އައިސް ވަނީ ޝައުފާ އެއިން ގޮތަށް އިންދައެވެ. ރީހާން އައިސް އެންމެ ފުރަތަމަވެސް ހޯދީ ރައިހާނާއެވެ. އޭރު ރީހާންގެ މޫނު މަތީގައި ރުޅިވެރިކަން ފެންނަން ހުއްޓެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ގާތުގައި ނުވިޔަސް ލޯބިން 6

Next

“އެއްވެސް މީހެއްކައިރީ ނުބުނާތި”

Next
July 24, 2019

“އެއްވެސް މީހެއްކައިރީ ނުބުނާތި”

Previews
July 23, 2019

ގާތުގައި ނުވިޔަސް ލޯބިން 6

30 Comments!

  1. Aki says:
    July 24, 2019 at 12:54 am

    me first dho…. ehaa Las nukoh next part up kohla dheythi

  2. Kiyara says:
    July 24, 2019 at 12:57 am

    Salam girls. Here’s the 47th episode of bunaashey loabi nuvanyhey. I am sorry for the delay. I was super busy and cdnt write as long as I wanted. Next part next week Tuesday ga In Sha Allah

  3. Meekkomee says:
    July 24, 2019 at 4:06 am

    Varah reethi ingyy mi part ves???? Luv your story ???

  4. Zuam says:
    July 24, 2019 at 7:27 am

    Rai ah Ehn nahadhabaa …??????…

  5. Mimmi7 says:
    July 24, 2019 at 7:36 am

    Finally…. After a long long time??? kiyaalaafa comment kohlaanan

  6. ??? says:
    July 24, 2019 at 7:40 am

    Rai bappa gennany hamza… I know that… Btw vvv reethi… Next Tuesday hadha laheyy… Tomorrow night ga up kohdheebaaa…..

  7. Amm says:
    July 24, 2019 at 7:41 am

    Varah dhera Hamza aa Rai dhuruvaathee…. Please dhuru nukoh Bala.

  8. 1234 says:
    July 24, 2019 at 7:45 am

    Vara reethi mi part ves .
    Avas ko genes dhecheee.

  9. Mimmi7 says:
    July 24, 2019 at 7:52 am

    Wow wow just wow❤️❤️❤️?

  10. Psycho says:
    July 24, 2019 at 7:58 am

    Can you upload the next part a little faster

  11. Rau says:
    July 24, 2019 at 8:56 am

    Haadha lahey mihaaru stry update kuraaleh…

  12. Cuty says:
    July 24, 2019 at 11:20 am

    So sad that Rai n hamza get separate please don’t do that please next episode update fast please please please please please please

  13. jiji says:
    July 24, 2019 at 12:41 pm

    Sis uu made me cry???..v v emotional plus v rythi mi part vec???❤❤❤… kiyaa rai nd hamzaa dhuru nukohhba..plc..
    Nd also v v beynun next thankolheh avahah kiyaalan..Vagutheh vehjihyaa soon upkohlahcheyy..waiting fr the next curiouslyy???????????????????

    1. Laalu says:
      July 24, 2019 at 1:20 pm

      Jiji I ve replied to ur comment… Fevifaa thinan veyey mihithugaa… E stry ah….

    2. jiji says:
      July 24, 2019 at 6:15 pm

      ?Ok reply kohhlan mii

    3. Laalu says:
      July 25, 2019 at 12:58 pm

      I replied

  14. juma says:
    July 24, 2019 at 1:03 pm

    i think ruhaam rai ge kaiveni hamajehsy hamza yaa hen

  15. Laalu says:
    July 24, 2019 at 1:11 pm

    Nice…. ???

  16. Dhonthy says:
    July 24, 2019 at 1:55 pm

    Alhey… Rai au dhera gotheiy nahadhachchey.. ??? Vvv reethi ingey mi part kiyara❤️❤️❤️ Hama v salhi… Curious vefa mi hunnanee… Hehe.. Avahah dhen oiy part genesdhechchey ???

  17. ...................... says:
    July 24, 2019 at 3:00 pm

    Alhey vvv dhera hamza ah Ehn nahadhahchey…

  18. azker says:
    July 24, 2019 at 4:31 pm

    ????nooooooo ehen nuhadhaa again something is gonna happen to their love

  19. Naf says:
    July 24, 2019 at 4:44 pm

    Varah obi ………..next part avah kohladhii …..tuesday ge kurin….its boring mi vaahaka nukiyaa hurii ma

  20. Jasmine says:
    July 24, 2019 at 8:07 pm

    Varah lobi mi part next part Tuesday ge kurin up kolaidhinee aa varah rangalhu

  21. Mariyanbu? says:
    July 24, 2019 at 11:17 pm

    ???thissss
    ??yuh made me cryy
    ?✨waiting for the next part

  22. Story lover says:
    July 25, 2019 at 7:39 am

    Please please please upload the next part faster.

  23. Kitty says:
    July 25, 2019 at 10:36 am

    Dhnnnn alhe noooooo… Kiyaa plx don’t do that???…. Rai aa hamza vaki nukohba please ??

  24. Yerkko says:
    July 26, 2019 at 8:49 pm

    Please please Rai and humza dhuru nukurey ????

  25. Yerkko says:
    July 27, 2019 at 9:54 am

    Kiyaa plx plx story thankolheh avahah up kohba.. ????

  26. ?? says:
    July 27, 2019 at 9:56 am

    Rai ge dad gennany Hamza…. Can’t wait to read the next part…. ??

  27. ??? says:
    July 27, 2019 at 9:59 am

    Kiyaaaaaaa… I’m dying plx plx pppplllxxxxxxx… Thankolheh avahah Story up I kohba

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ……48←


All Right Reserved!