ލިއާއަށް ޝިވަން ދައްކަމުން އަންޖަލް އެކުއްޖާ ގޮވައިގެން ޝިވަން ގާތަށް ގެންދިޔައީ ރައިހާނާއާ ހަމްޒާ އެކަނި ކުރަންށެވެ. ރައިހާނާ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ހަމްޒާގެ ތޫނު ނަޒަރުން އޭނާގެ ހިތް ކަތިލާހެން ހީވިއެވެ. އަތްފައި ފިނިވެ ނޭވާ އަވަސްވާން ފެށިއެވެ. އަންޖަލް ގަސްތުގައި އޭނާއާ ހަމްޒާ އެކަނިކޮށްފައި ދިއުމުން އަންޖަލްއާ ދިމާއަށް ހިތާހިތުން ކުދި ކިޔުނެވެ. ހަމްޒާވެސް ހިތުން އަންޖަލްއަށް އެއްޗިހި ކިޔެވެ. ރައިހާނާއާ އެގޮތަށް ކުރިމަތިލާން އޭނާ އާދި ތައްޔާރު ނޫންކަން އެނގިހުރެ އެކަނި […]
ރައިހާނާ އިނީ އިސްއުފުލައި ބަލާލަންވެސް ނުކެރިފައެވެ. ހަމްޒާގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ސީދާ އޭނާގެ މޫނަށްކަން އެނގޭތީވެ ލަދުން ގޮސް މުޅި ކުއްޖާވަނީ ރަތްެވެފައެވެ. އޭނާ ހުރީ ކޮން ސިފައެއްގައި ކަމެއްވެސް ނޭންގެއެވެ. އޭނާ ބޭނުންވީ ބިންފަޅާފައި އަޑިއަށްދާށެވެ. “ވާއު ޔޫ ލުކް…” ހަމްޒާއަށް ޖުމްލަ ފުރިހަމަ ކުރާނެ ގޮތެއް ނޭންގުނެވެ. ހަމްޒާއާ ރައިހާނާ އަރާނެހެން އިސްރާ ފޮޓޮއެެއް ނެގިއެވެ. އެއަށްފަހު އިންސްޓަގްރާމަށް ވަދެފައި އަންޖަލްއަށް އެފޮޓޯ ފޮނުވާލިއެވެ. ހަމްޒާ އަސަރުގަދަ ބެލުމަކުން ރައިހާނާއަށް ބަލަހައްގެން […]
ސްކޫލަށް ދެދުވަހު ހަމްޒާ ސަލާން ބުންޏެވެ. އެދެދުވަހު ރައިހަނާގެ މޫނު ނުފެނުމުން ހަމްޒާގެ ހިތް އާދަޔާ ޚިލާފަށް ވަނީ ނުތަނަވަސްވެފައެވެ. އެދެދުވަހު އަންޖަލް އޭނާގެ ހާލު ބަލަން އަންނައިރު ރައިހާނާ އާދޭތޯ ހިތާހިތުން ދުޢާ ކޮށްލެވެއެވެ. ހަވީރުގެ ވަގުތެވެ. ގޭގައި އޮންނަން ޖެހުމުން ހަމްޒާ އޮތީ ފޫހިވެފައެވެ. ލިއާވެސް އެގަޑީ މިރާޝްއާ އެކީ ވީ ބޭރަށް ގޮހެވެ. އެނދުގައި އޮށޯވެލައިގެން ފޯނާ ކުޅެން ހަމްޒާ އޮތެވެ. “ޕިސްޕިސް. ރެސްޓް ކުރަން ބުނީމަ ފޯނާދޯ ކުޅެނީ” ހަމްޒާ ކޮޓަރިއަށް […]
“އެއީ ދެން މިއަދު އެކަނި އަންނަހިއްވީ!” ހަގީގަތަކީ ރައިހާނާގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ގަދަވާން ފެށުމާއެކު ލީމް މަތިން އޭނާ ހަނދާންނެތުނީއެވެ. އެދުވަހު އެންމެ ފަހަރަކުވެސް ލީމްއަށް ގުޅާނުކި ތާގައި މެސެޖެއްވެސް ކޮށްނުލައެވެ. ލީމްގެ މެސެޖެއް އައި ތޯ ފޯނުބަލާވެސް ނުލައެވެ. ރައިހާނާ ހަމްޒާއަށް ޖެއްސީ ކޮންކަހަލަ ސިހުރެއްކަމެއްވެސް ނޭންގެއެވެ. ރައިހާނާ ފެނުނީންސުރެ ރައިހާނާ ނޫން މީހަކާ މެދު އޭނާއަކަށް ނުވިސްނެއެވެ. ހުވަފެނުގައިވެސް ހޭލާ ހުންނައިރުވެސް ފެންނަނީ ރައިހާނާއެވެ. އެކަމާ ހަމްޒާ ގާތަށް ރުޅި އަންނަގޮތްވެސް ވެއްޖެއެވެ. […]
ޕާކުގައިވެސް ލިއާ އުޅުނީ ރައިހާނާއާ އެއްކޮށެވެ. ރައިހާނާ އަތުން އެންމެ ފަހަރަކުވެސް ދޫކޮށްނުލައެވެ. ޕާކުގައި ދުވުނުއިރު ރައިހާނާވެސް ލިއާ އެއްވަރަށް ދުވަން ޖެހުނެވެ. ލިއާއާ ހެދި ރައިހާނާ ހުރީ މުޅިން ވަރުބަލިވެފައެވެ. ރީހާން މަޖާވެފައި ލިއާއާ އަންޖަލްގެ ފޮޓޯ ނެގިއެވެ. ހަމްޒާއާ ލީމް އަތުގުޅުވައިގެން ތިބެ ޕާކު ތެރެއަށްވަނެވެ. އަންޖަލްގެ އަތުގައި ހިފައިގެން ދުވަމުން ދިޔަ ރައިހާނާ ފެނި ހަމްޒާއަށް ހިނިތުންވެވުނެވެ. ހެދުމުގެ ފަސްބައިގައި ދުވަމުން ދިޔައިރު ރައިހާނާ ވަރުބަލިވެފައި ހުރިކަން އެނގެއެވެ. ލީމްގެ އަތުން ހަމްޒާ […]
5އަހަރު ފަސް….. އެނދުގައި ހަމަޖެހިލައިގެން ނިދާފައި އޮތް ހަމްޒާއަށް ހޭލެވުނީ އޭނާގެ މޫނުގައި ފެންތިކި ޖެހުމުންނެވެ. ކަންނެއްކަމާއެކު ލޯ ހުޅުވާލި ހަމްޒާއަށް އެނދުމަތީގައި އޭނާގެ އެއްފަރާތެއްގައި އިށީންދެގެން އިން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖާ ފެނި ހިނިތުންވެވުނެވެ. އެކުއްޖާ މަޖާވެފައި އެއްއަތުން ފެންޖަގެއް ހިފައިގެން އަނެއް އަތުން ހަމްޒާ މޫނަށް ފެން ޖަހަމުން ދިޔައެވެ. ހަމްޒާ ލޯ ހުޅުވާލުމާއެކީހެން ލޯބިއަޑަކުން ހިނިގަނޑެއް ޖަހާލިއެވެ. “ޔޫ އާ އެވޭކް” ހަމްޒާގެ އަތްދަށުވުމުގެ ކުރިން އެކުއްޖާ ފަރިތަކަމާއެކު އެނދުން […]
ހަމްޒާއަކީ އަންޖަލްގެ އެއްބަފާ ބޭބެކަން އެނގުމުން ރައިހާނާއަށް ހަމަޖެހެމެއް ލިބުނެވެ. އަންޖަލްއަށްޓަކައި އޭނާގެ ލޯބި ގުރުބާން ކުރާކަށްދެން ނުޖޭހެނެކަން އެނގުމުން ރައިހާނާއަށް ކެއްތެރިކަމާއެކު ހަމްޒާ ހޭއަރާނެ ވަގުތަކަށް އިންތިޒާރު ކުރިއެވެ. ވަގުތާއި ހާލަތުގެ ގޮތުން އަންޖަލް ގާތު ހަގީގަތް ހާމަކުރަން ރައިހާނާ ޖެހިލުންވިއެވެ. ވިޝާހްއާ ރީހާން ގާތުން އަންޖަލް އެދުނީ އަދި އެހަށް ސިއްރުކޮށްދިނުމަށެވެ. ހަމްޒާ ރަނގަޅުވުމުން އަންޖަލްއަށް ކިޔާދޭނަން ކަމަަށް ރައިހާނާ ބުންޏެވެ. މެންދުރު ވާން އުޅެނިކޮށް ޑަކްޓަރު އައިސް ހަމްޒާ ހޭއެރި ވާހަކަ ބުނުމުން […]
އެރައިވަލްސް އިން ނިކުތް ޒުވާން ޖޯޑަށް އެންމެގެ ނަޒަރު ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެއީ ރާއްޖޭއަށް އެންމެ ރީތި ނަން ހޯދާދީފައިވާ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާރާޝްއާއި އޭނާގެ އަންހެނުން މާނީއެވެ. މާނީ ކޮނޑުގައި ބޯ އަޅާލައިގެން ތިން އަހަރުގެ ޔޫސުފް އޮތެވެ. ނޫސްވެރިންނާއި އާންމުންގެ ކެމެރާތަކަށް އާރާޝްގެ ކުޑަކުޑަ އާއިލާ އެރިއެވެ. ރާއްޖެ އަންނަން އާރާޝް ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ކުޑަ ގައުމަކަށް ވުމުން މީހުންނަށް […]
“އައި ހޭވް އޭބީ ނެގެޓިވް” ކުއްލިއަކަށް ފުންމައިގެން ރައިހާނާ ތެދުވިއެވެ. ހަމްޒާއަށް ލޭހަދިޔާ ކުރެވޭނެތީ ރައިހާނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ****** ހަމްޒާގެ ގައިގެ އެތައް މިތާގައި އެކިކަހަލަ ހޮޅި ގުޅާފައި އޮތެވެ. ބެންޑޭޖް ގަނޑަކުން މުޅި ބޯ ވަނީ ފޮރުވާލެވިފައެވެ. ހަމްޒާ އޮތްގޮތް ފެނުމާއެކު ރައިހާނާއަށް ދެލޯ މަރާލެވުނެވެ. ހިތުގައި އެތަށް ހާސްފަހަރަ މީހަކު ޖެހިއަސް އެހާ ތަދުނުވާނެކަން ޔަގީނެވެ. ނަރުސް ކުއްޖާ ބުނުމުން ހަމްޒާގެ އެނދާ ޖެހިގެން އޮތް އެނދުގައި ރައިހާނާ އޮށޯތެވެ. ރައިހާނާގެ […]