Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….46

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 17, 2019 4 Mins Read
50 Comments

ވިޝާހްއަށް ހަޔާތުގައި ލިބޭނެ އެންމެ އުފާވެރި ޚަބަރު އެދުވަހު ލިބުނެވެ. އޮފީސް ބްރޭކްގަޑީ ގެއަށް ދިޔައިރު ނިކްހާތް ދިން ޚަބަަރުން އޭނާ ބޭނުންވީ ނިކްހާތް ގޮވައިގެން އުދުހިގަންނާށެވެ. އެތަށް ފަހަރަކު އޭނާ ނިކްހާތްއަށް ޝުކުރު އަދާކުރިއެވެ. ނިކްހާތް އުރާލައިގެން ގޭތެރޭގައި އެނބުރުނެވެ. “ނިކް އައި ކާންޓް ބިލީވް އިޓް. ވީއާރ ގޮއިން ޓު ބީ ޕޭރަންޓްސް” ވިޝާހް ނިކްހާތްގެ ނިއްކުރީގައި ބޮސްދިނެވެ.
*********

ވިޝާހްއާ ނިކްހާތް އެމީހުންގެ އުފާވެރިކަން އެކުވެރިންނާ ހިއްސާކުރިއެވެ. ހުރިހާ ކުދިން އުފަލާއެކީ އެކުދިންނަށް މަރުހަބާކިއެވެ. އަންޖަލްއާ ރައިހާނާ ހީވީ އެހެން ފަދަ ކަމެއްވެގެން އުޅުނުހެންނެވެ. ގަޑިއަކު އެއްފަހަރު ނިކްހާތްއަށް މެސެޖެއް ކޮށްލައެވެ. އެކުދިންގެ އެގާތްކަމުގެ ސަބަބުން ނިކްހާތް ހުންނަނީ އުފަލުން ފޮޅިފައެވެ. ވިޝާހްވެސް އަބަދުހެން ހުންނަނީ އޭނަ ކައިރީގައެވެ. މީރު ކާއެއްޗިހި ގެނެސްދީ ހަދައެވެ. ރައިހާނާއާ އަންޖަލްވެސް ހުސްވަގުތެއް ވެއްޖެ ނަމަ ނިކްހާތް ގާތަށް ދެއެވެ.

ރީހާން އަންޖަލްއާ ރަނގަޅަށް ވާހަކަ ނުދައްކާތާ ހަފްތާއެއް ފާއިތުވެގެން ދިޔައެވެ. އަންޖަލް ހުންނަނީ ދެރަވެގެން ހަލާކުވާން ކައިރިވެފައެވެ. ރީހާން އޭނާ ގުޅުމުން ފޯނުވެސް ނަގަނީ ހިތަށް އެރިއްްޔާމުންނެވެ. މެސެޖެއް ކުރިއަސް ޖަވާބު ފޮނުވަނީ ނުހަނު ރުންކުރުކޮށެވެ. ކުއްލިއަކަށް ހުރެފައި ރީހާން އޭނާ ދުރުކޮށްލުމުން ހިތްހަލާކުވާވަރުވިއެވެ. އަބަދުހެން ހުންނަނީ މާޔޫސްވެފައެވެ. ރީިހާން ގެއްލިދާނެތީ ހިތްބިރުގަތެވެ. ރީހާން އޭނާ ދޫކޮށްލައިފައި ގޮއްސިނަމަ އަންޖަލް ދުނިޔެއިންވެސް މޮޔަވެދާނެއެވެ. އެހާވެސް އަންޖަލް ރީހާންދެކެ ލޯބިވެއެވެ.

ރައިހާނާއާ ހަމްޒާ ހަފްތާ ބަންދުތެރޭ އުޅުނީ ނުހަނު ބުރަކޮށެވެ. ރައިހާނާ އިސްވެ ރޭވި ސްޓޭޖް ތަމްސީލު މުބާރާތް އެހަފްތާބަންދު ތެރޭ ކުރިއަށް ގެންދެވުނެވެ. އެގާރަ ބާރައިގެ ކުދިންގެ ފަރާތުން ތާރީޚީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ވަރަށްވެސް ފުރިހަމަ ތަމްސީލު ހުށަހަޅައިދިނެވެ. ރާއްޖޭގެ ތާރީޚާ ސަޤާފަތާއި އާދަކާދަތައް ވަރަށްވެސް ފުރިހަމައަށް އެކުދިން ދައްކައިދިނެވެ. އެ މުބާރާތް އެހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވުމުގެ އެންމެ ބޮޑު މޭސްތިރިއަކީ ރައިހާނާއެވެ. ރައިހާނާގެ ގާބިލުކަމަކާ ކުޅަދާނަކަން ވަރަށްވެސް ފުރިހަމައަށް ހާމަވެގެން ދިޔައެވެ. ބެލެނިވެރިންނާ ޓީޗަރުން އަދި ސުކޫލު އިސްވެރިންގެ ތައުރީފުވެސް ރައިހާނާއަށް އޮހެމުން ދިޔައެވެ. ނިންމުމުގެ ރަސްމީޔާތުގައި އާރޓް ޑިޕާޓްމެންޓްގެ އެޗް.އޯ.ޑީގެ ހައިސިއްޔަތުން ދަރުވަރުން އަދި ބެލެނިވެރިންނާ މުޚާތަބު ކުރީ ހަމްޒާއެވެ. ޕޯޑިއަމްގައި ވާހަކަ ދައްކަމުން ހަމްޒާ ރައިހާނާއަށް ތައުރީފުކުރުމާއެކު ރައިހާނާ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ތުންފަތުގައި ލޭއަންނަވަރަށް ދަތްއަޅަމުން އިސްޖަހާލިއެވެ. ރައިހާނާއަަށް ވީ ގޮތް ފެނުމާއެކު ހަމްޒާގެ ތުންފަތްމައްޗަށް އަންހެން ކުދިންގެ ހިތްތަށް ކަތީލާފަދަ ހިނިތުންވުމެއްވެރިވިއެވެ.
ރަސްމިއްޔާތު ނިންމާފައި ރައިހާނާ ގެއަށްދާން ނުކުތީ ހަމްޒާއާއެކީއެވެ. ހަމްޒާ ކާރުގެ ދޮރުފަތް ހުޅުވައިދިނުމާއެކު މީހަކަށް ފެނުމުގެ ކުރިން ރައިހާނާ ކާރަށް އެރިއެވެ. މީހަކަށް ފެނިދާނެތީ ރައިހާނާ އުޅޭގޮތުން ހަމްޒާ ގާތަށް ހިނިއައެވެ. ދެފަރާތަށް ބޯހޫރާލިއިރު ހަމްޒާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ހުއްޓެވެ.
“އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ ރައިހާނާ. ރައިހާނާގެ ސަބަބުން ޕްރިންސިޕަލްއާ ޑެޕިއުޓީ މަށަށް ކުރާ އިތުބާރު ކުރިއަށް ވުރެއްވެސް ބޮޑުވެއްޖެ. ކެރިއާރގަ ވަރަށް ބޮޑު ކުރިއެރުމެއް އަސްލު މި ލިބުނީ” ހަމްޒާ ހަގީގަތުގައިވެސް އެރޭ ހުރީ ރައިހާނާއާ މެދު ފަޚުރުވެރިވެފައެވެ. ހަމްޒާގެ ތައުުރީފު އަނެއްކާވެސް ލިބުމާއެކު ރައިހާނާ ލަދުން އިސްޖަހާލިއެވެ. “ދެން އޯކޭއޭ ތިވަރަށް ވައި ނުޖެހިއަސް” ހަމްޒާއަށް ދެލޯ ހަނިކޮށްލަމުން ރައިހަނާ ބުންޏެވެ. އެއާއެކު ހަމްޒާގެ ހުނުމުގެ އިވިގެން ދިޔައެވެ. ރައިހާނާ ގޮވައިގެން ހަމްޒާ ހުޅުމާލެއަށް ކާރުދުއްވާލަން ދިޔައެވެ. ދެލޯބިވެރިން އުފާވެރި ވަގުތު ކޮޅެއް ހޭދަކުރިއެވެ. ހަމްޒާ ރައިހާނާ ގެއަށް ލާފައި ގެއަށްދާން އުޅެނިކޮށް އަންޖަލްގެ މެސެޖެއް ލިބުނެވެ. ވަރަށް އަވަހަށް އެގެއަށް ގޮސްދިނުމަށް އެދިފައި އޮތެވެ. އަޒްހަދްއަަށް ކަމެއްވީއޭ ހިތާ ހަމްޒާ ފުދޭވަރަކަށް ބާރަށް ކާރު ދުއްވާލިއެވެ.

ގެއަށް ވަންއިރުވެސް ރައިހާނާ ތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. “ރައި ހާދަހެވިފަ؟ އަނެއްކާ ކިހިނެއްވީ؟” ރައިހާނާ ޚިޔާލީ ދުނިޔޭގައި އިނުމުގެ ސަބަބުން ސިޓިން ރޫމްގައި މަންމައާ ބައްޕަ އަދި ރީހާން ހުރިކަމެއް ނޭންގުނެވެ. މޮޔައެއްހެން ހެވިފައި ހުރިތަން ބައްޕަމެންނަށް ފެނުމުން ރަކިވިއެވެ. “ރައި. އާދެބަ މިތާއިށީންނަށް ދަރިފުޅުމެން ދެކުދިން ގާތު ވަރަށް ބޮޑުވާހަކައެއް ދައްކަންވެފަ އެބައޮތް” ރައިހާނާ ކޮޓަރިއަށް ގޮސް އެއްޗިހި ބަދަލުކޮށްގެން އަންނާނަން ކަމަށްބުނެ ކޮޓަރިއަށް ދިޔައެވެ. ރުހާމްގެ އަޑުގައިވި ސީރިއަސްކަމުން ރައިހާނާ ޖެހިލުން ވާގޮތްވިއެވެ. ކުޑަކޮށް ތާޒާވެލައިގެން ރައިހާނާ ނުކުތްއިރު އޭނާގެ އިންތިޒާރުގައި އެންމެން ތިއްބެވެ.

ހަމްޒާ އަޒްހަދްމެން ގެއަށްވަންއިރު މޫނު މަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ގޭގެ ބެލް ޖެހުމާއެކު ރާނިޔާ ދޮރުހުޅުވިއެވެ. “ބައްޕަ ރަނގަޅުތަ؟” ކަންބޮޑުވުމާއެކީ ހަމްޒާ އަހާލިއެވެ. “ހާދަ ހާސްވެފަ. ބައްޕަ މިހާރު އިރާދަކުރެއްވީތީ ވަރަށް ބޮޑުތަން ރަނގަޅު. މިގަޑީ އެބައޮތް ނިދިފަ. ހަމްޒާ މިއަދު ބިޒީކަމުން ނާންނަވާހަކަވެސް ބުނި” ހިނިތުންވުމަކާއެކު ރާނިޔާ ޖަވާބު ދިނެވެ. ހަމްޒާ ގާތު އިށީނުންމަށް ބުނަމަށްފަހު ދެންއައީ ފިނި ޖޫސްތަށްޓެއް ހިފައިގެންނެވެ. “ކޮބާ އަންޖަލް؟” ޖޫސްތަށިން އެތިފޮދެއް ބޯލަމުން ހަމްޒާ އެހިއެވެ. ބައްޕައަށް ކަމެއް ނުވަނީސް އެގެއަށް އައިސްދިނުމަށް ބުނެފައި ފެންނަން ނެތުމުންނެވެ. “ކޮޓަރީގަ އެބައުޅޭ. މިދުވަސްކޮޅު ވަރަށް ފާޑަކަށް އުޅެނީ. ހީވަނީ ރީހާންއާ ދެކުދިން މައްސަލައަށް ޖެހިގެން އުޅޭހެން އެސޮރުވެސް ނާންނަތާ ހަފްތާއެއް ވެއްޖެ. މަންމަ އަހާލީމަ ބުނި ހުރިހާ ކަމެއް ރަނގަޅޭ. އެކަމު މިރޭ ނުވެސް ކައި އެއުޅެނީ. ހަމްޒާ ދޭބަ ގޮސް ވީގޮތް އޮޅުން ފިލުވާލާން” ރާނިޔާ އޭނާއަށް ހީވާ ގޮތަކަށް ބުންޏެވެ. ހަމްޒާ ބޯޖަހާލުމަށްފަހު ގޮސް އަންޖަލް ކޮޓަރީގައި ޓަކިދިނެވެ. ދެތިން މިނެޓު ފަހުން ކުޑަކުޑަކޮށް އަންޖަލް ދޮރު ހުޅުވާލިއެވެ. ހަމްޒާކަން އެނގުމާއެކު ކިރިޔާ ހަމްޒާއަށް ވަދެވޭވަރަށް ހުޅުވާލިއެވެ. “އަންކޮ” އަންޖަލް އިންގޮތް ފެނުމާއެކު ވައިއަޑުން ހަމްޒާއަށް ބުނެވުނެވެ. ރޮއެރޮއެ އަންޖަލްގެ ދެލޯ ވަނީ ދުޅަވެފައެވެ. މުޅި މޫނުރަތްވެފައި ހުރިއިރު ލޯކައިރި ވަށައިގެން ހުރީ ކަޅުވެފައެވެ. ލޮކުގެ ހުދުބައިވެސް ވަނީ ރަތްވެފައެވެ. އަންޖަލްގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. ހަމްޒާ އަންޖަލް އަތުހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި ރީތިވާ މޭޒުމަތީ ބަހައްޓައިފައި ހުރި ފެންފުޅި ހިފައިގެން އައިސް އަންޖަލްއަަށް ފެންދިނެވެ. “ރީއްކޮއާ ދެމީހުން ކިހިނެއްވީ؟” އަންޖަލް ކުޑަކޮށް ހަމަޖެހިލުމުން ހަމްޒާ އެހިއެވެ. ރީހާންއޭ ބުނުމާއެކު އަންޖަލްގެ ދެލޯ ކަރުނުން ފުރުނެވެ. ކޯރެއް ބަންޑުން ޖަހާލާހެން ކަރުނަތައްް ފައިބައިގަތެވެ. “ރީހާން ވަރަށް ދުރުވެއްޖެ. ގުޅިއަސް ފޯނުނަގަނީި ހިތަށް އެރިއްޔާ. ރިޕްލައިވެސް ކުރަނީ ހިތަށް އެރިއްޔާ. މުޅި ވީކްގަ އެއްފަހަރުވެސް މީޓްނުވޭ. ކުރީދުވަހު ނިކްގާތަށް ދިޔައިރުގަ ރައިލާން ގޮސް ހުރީ ރީހާން. އަންކޮ ފެންނަކަމަށްވެސް ނުހަދާ ދިޔައީ އިގްނޯކޮށްފަ” އަންޖަލްއަށް ރޮވޭ ވަރުން ވާހަކަވެސް ނުދެއްކެއެވެ. ހަމްޒާގެ ދެއަތް މުށްކެވިފައި ހުރިއިރު ތުރުތުރު އަޅަމުން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރިއިރު ލޮލުން އަލިފާންކަނި ބުރައެވެ. ރީހާން ފެނިއްޖެނަމަ އޭނާ އަތުން އާނިޔާއެއް ވާނެއެވެ. އަންޖަލްގެ ހިތްހަލާކުކޮށްފައި އުޅެވޭނެ ކަމަށް ރީހާން ހީކުރަނީ ހެއްޔެވެ؟ އޭނާ ގާތު ރައިހާނާގެ ހިތްހަލާކު ނުކުރާށޭ ކިޔާފައި ރީހާން އަންޖަލްގެ ހިތްހަލާކު ކުރީއެވެ.
ހަމްޒާގެ މޫނު މަތިން ފެނުނު ރުޅިވެރިކަމުން އަންޖަލް ޖެހިލުންވިއެެވެ. ހިތުގައި ބިރުވެރިކަމެއް އުފެދުނީ ހަމްޒާ އައިސް ހުރި ރުޅި ފެނުމުންނެވެ. ކޮންމެފަދަ ކަމެއް ކުރަންވެސް ހަމްޒާ ޖެހިލުންނުވާނެކަން އަންޖަލްއަށް އެނގެއެވެ. “ދޮންބެ. ޕްލީޒް ރައިގާތު ނުބުނައްޗޭ. ރީހާންއަަށްވެސް ކަމެއް ނުކުރައްޗޭ. ރައިއަކަށް ނޭންގޭނެ މިއިން އެއްވެސް ކަމެއް. ޕްލީޒް ރީހާންއާ ދިމާއަށްވެސް އެއްޗެކޭ ނުބުނައްޗޭ ޕްލީޒް” ރީހާންއާ ދިމާއަށް އެއްޗެކޭ ނުބުނަން ހަމްޒާ އެއްބަސްވީ އަންޖަލް އާދޭސްކުރާވަރުންނެވެ. “އަންކޮ ނުކައި ތިހެން އަބަދު ރޮންނާ ރީހާންއަށް ގޮތެއް ހަދަން ޖެހިދާނެ” ހަމްޒާ ރީހާންއަށް ކަމެއް ކޮށްފާނެ ކަމުގެ ބިރަށް އަންޖަލް ނުރޯން ވައުދުވިއެވެ.

ރިހާންއާ ރައިހާނާގެ ކުރިމައްޗަށް ވާގޮތަށް ވަކިން ސޯފާގައި ރުހާމް އިނެވެ. އޭގެ އަތްގަނޑުގައި އިށީންދެގެން ޝައުފާ އިނެވެ. ރައިހާނާ ގޮސް އިށީންނުމާއެކު ރުހާމް އޭނާގެ ވާހަކަ ފެށިއެވެ. “ބައްޕަ މި ދައްކަން އުޅޭ ވާހަކަ ރަނގަޅަށް އަޑުއަހާތި. ރީހާން ބައްޕައަށް ފެންނަނީ ދަރިފުޅު ދެން އަންޖަލްއާ ކައިވެނި ކުރަން. މިހާރު ތިހެން އުޅޭތާ ފަސް އަހަރު މިވީ. މިއަހަރު ދަރިފުޅުގެ ޑިގްރީވެސް ނިމޭނެ. މިހާރުވެސް އަމިއްލަ ދިރިއުޅުމެއް ފަށާވަރަށް ދަރިފުޅު އަތުގަ ފައިސާ ހުންނާނެ. ކީކޭ ދަރިފުޅު މިކަމާ މެދު ބުނަނީ؟” ރުހާމް ކައިވެނީގެ ވާހަކަ ދެއްކުމުން ރީހާން ލަދުގަތެވެ. އެކަމާމެދު ބުނާނެވަކި އެއްޗެއް ނޭންގުމުން އިސްތަށުގަނޑު ތެރެއަށް އަތްމަހާލިއެވެ. “ތިކަމާ ވަރަށް ވިސްނައިފިން. ތިކަންވޭތޯ މިއުޅެނީ!” ރަކިވެފައި އިނދެ ރީހާން ބުންޏެވެ. ރީހާން މޫނަށް ވަމުން ދިޔަ ގޮތްފެނި ރުހާމް ގާތަށް ހިނިއައެވެ. “މައްސަލައެއް ނެތް އެހެން ވެއްޖެޔާ. ރައި” ރުހާމް ރައިހާނާއަށް ގޮވާލިގޮތުން ރައިހާނާ ސިހިގެން ދިޔައެވެ. ބައްޕައާ މަންމަ ގާތު އޭނާ ހަމްޒާއާ ގުޅުނު ވާހަކައެއް ރައިހާނާ އަދިއެެއް ނުބުނެއެވެ. ބައްޕައަށް އެނގުނީބާއޭ ހިތަށްއަރާ ކުޑަކޮށް ޖެހިލުންވިއެވެ. “ދަރިފުޅު މިހާރު ތިހިރީ ބައްޕަމެން ފަޚުރުވެރިވާފަދަ ކުއްޖަކަށް ވެފަ. ބައްޕަ އަބަދުވެސް އުއްމީދު ކުރި ފަދައިން ކިޔަވައިގެން މޮޅު ކުއްޖަކަށް ރައިވި. ދަރިފުޅާ މެދު މަންމައާ ބައްޕަ ވަރަށް ފަޚުރުވެރިވޭ. ބައްޕަމެން މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރަނގަޅު ކުއްޖަކާއެކީ ޒަވާޖީ ހަޔާތެއް ދަރިފުޅު ފަށާނެ ދުވަހެއް ދެކެން. ބައްޕައަށް އެނގޭ ދަރިފުޅު ބައްޕަ ބުނެފިއްޔާ ބިައްޕަގެ އެދުމަކާ ދެކޮޅެއް ނުހަދާނެކަން. ބައްޕަގެ ވަރަށް ގާތް ރަށްޓިއްސެއް އޭނާގެ ދަރުފުޅާ ރައިގެ ކައިވެންޏަށް އެދެފި. އެއީ ވަރަށް ޤަދަރުވެރި އާއިލާއެއްގެ ކުއްޖެއް. ހަމަ ވަރަށް މޮޅަށް ކިޔަވައިގެން ހުރި ރަނގަޅު ދަރިއެެއް. އޭނަގެ ހުށަހެޅުމަށް ބައްޕަ ވަގުތުން އާބަސް ދިނިން. އެއީ ދަރިފުޅުގެ ހަޔާތަށް އަންނަން އެންމެ އެކަށޭނަ ކުއްޖަކަށް އެކުއްޖާ ވާނެތީ. ދަރިފުޅު ކީކޭ ބުނާނީ؟” ރައިހާނާއަށް ފާޑަކަށް ގަނޑުވެފައި ހުރެވުނެވެ. އޭނާގެ ބަހެެއް ހޯދުމެއްވެސް ނެތި ބައްޕަ އޭނާގެ ކައިވެނި ހަމަޖައްސާފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. ވަގުތުން އެކައިވެންޏަށް އިންކާރު ކުރަން ބޭނުންވިއެވެ. އޭނާ ލޯބިވަނީ ހަމްޒާދެކެއޭ ކިޔާ ހަޅޭއްލަވައި ގަންނަން ބޭނުންވިއެވެ. ހަމްޒާ ނޫން މީހަކާ އިންނަން ދުވަހަކުވެސް ހިތުން ރުހުމުން އެއްބަސް ނުވޭވެނެ ކަމަށް ބުނަން ބޭނުންވިއްޔެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އިބްރަތްތެރި.

Next

އައިރީންގެ ކިޔުންތެރިންނަށް!

Next
July 18, 2019

އައިރީންގެ ކިޔުންތެރިންނަށް!

Previews
July 17, 2019

އިބްރަތްތެރި.

50 Comments!

  1. Nerviii says:
    July 17, 2019 at 10:08 pm

    Yeyy up vehje dhww.. kiyaalaafa comment eh kohlaanan.. Me first tha?

    1. Kiyara says:
      July 17, 2019 at 10:10 pm

      Yeah dear ure first congratulations

    2. Nerviii says:
      July 17, 2019 at 10:16 pm

      Wow wow wow❤❤.. Just amazing. ?Vrh reethi masha Allah..☺ Ekm please rai ah dhera gotheh nuhadhahchey☺❤?

    3. Kiyara says:
      July 17, 2019 at 10:52 pm

      Thanks. Lets see dhw rai ah kihnehtho vany.

  2. Kiyara says:
    July 17, 2019 at 10:10 pm

    Salam all here’s 46th part of bunaashey loabi nuvanyhey. Well this part is a bit shorter than other episodes. In Sha Allah next episode will be much longer than this episode. Hopefully iill be able to publish the next episode next Tuesday In Sha Allah. Hope all the readers enjoy today’s episode. Lots of love

    1. Naf says:
      July 23, 2019 at 8:52 pm

      Hello today is tuesday …waiting for 47th episide

  3. Mini says:
    July 17, 2019 at 10:56 pm

    Dhen kiyaaa… Rai ah when nahadhaba

    1. Kiyara says:
      July 18, 2019 at 8:11 pm

      Aww hingaa dhw rai ah dhen vaane gotheh balama

  4. Airaa says:
    July 17, 2019 at 11:01 pm

    Ahhaha.. rai thats hamza eshey vaanee.. anyways v salhi.. kiyaa.. ” Then okay ey thivarah vai nujehiyas ” what does this means???can you tell me please

    1. SUNFLOWER says:
      July 18, 2019 at 11:44 am

      That means thivarah dhinas nukuriyas ok eyy

    2. azker says:
      July 18, 2019 at 3:47 pm

      That means ehaa varah thaureef nukurias ok

    3. Kiyara says:
      July 18, 2019 at 8:12 pm

      Thanks airaa. Sunflower aa azker buni gothah it means okey thivarah thaureef nukurias. Majaazy gothun beynun koh ulhey baheh eiky

  5. Hello says:
    July 17, 2019 at 11:46 pm

    Just curious to know that if the Authors get any financial benefits. ?‍♀️??

    1. Kiyara says:
      July 18, 2019 at 8:14 pm

      Mi site ah liyaa authors akah financialy ehves benefit eh nuvey. Miky hama liyaa hithun hobby eh gothah kuraa kameh ???

  6. Mariyanbu? says:
    July 17, 2019 at 11:56 pm

    ??Me 4th dhw
    ??❣️Great work darl
    ???✨yuh r the best laav

    1. Kiyara says:
      July 18, 2019 at 8:15 pm

      Thanks dear♥️♥️♥️

  7. aysh xaha says:
    July 18, 2019 at 12:21 am

    hehehe.. rai thalhuvany dhw aslu.. vv ythi waitting for the next part….

    1. Kiyara says:
      July 18, 2019 at 8:15 pm

      Thanks dear hingaa dhw rai ah vaagoii balama

  8. Ibsha says:
    July 18, 2019 at 4:16 am

    Wow varah reethi

  9. jiji says:
    July 18, 2019 at 6:23 am

    Kiyaa❤…Mi bai vec vvv rythi?…Im waitinn? fr the nextt?..Lysm

    1. Kiyara says:
      July 18, 2019 at 8:16 pm

      Thanks dear. Ly2♥️

  10. yo yoo says:
    July 18, 2019 at 7:53 am

    salaam kiyaa… i know dhn vaane goii faadakah?? ruhaam raihaanage kaiveni hamajessi hamzaa aa oooooooo?? btw story hama iraa.. keep it up

    1. Kiyara says:
      July 18, 2019 at 8:16 pm

      Wslm. Thanks dear. Hingaa dhw dhen vaa goii balama.

  11. Noor says:
    July 18, 2019 at 8:20 am

    Subbunaa kihineh thi hedheema kiyaa ?? rai thalhuvaalanee dho ?? vaahaka varah reethi waiting for the next part??

    1. Kiyara says:
      July 18, 2019 at 8:17 pm

      Thanks deae. Hihi. Lets see dhw

  12. Zuam says:
    July 18, 2019 at 10:49 am

    Alhey… Ehn nahadhaa Rai an …..????

    1. Kiyara says:
      July 18, 2019 at 8:18 pm

      Awee alhey rai fakeeru dhw hingaa balama rai ah vany kihinehtho

  13. Ilu says:
    July 18, 2019 at 1:25 pm

    Dhn v foohi vehje kiyan vx.. Kihve tha abadhu majubooru vani… Nimen kairivefayo.. Ekm dhn v foohivey?????

    1. Anonymous says:
      July 18, 2019 at 2:24 pm

      Vrh visnaalaafa adhi eh faharu kiyaalaba. Maybe hamxa is the boy about whom rai’s Dad is talking. Look. He said one of his very close friend’s son is he. His dad and rai’s dad are both very close friends. So don’t you think the boy would be hamza. This is my view and I don’t know about you. It’s very likely to happen. I wonder if the boy is really hamza. If it isn’t he rai would be broken forever. She can’t go through all again. Kiyaara please don’t make she suffer that sadness again. Please please. With her, all of us would suffer.?

    2. Kiyara says:
      July 18, 2019 at 8:19 pm

      Alhe varah dyeravehjje ilu foohivyma. In Sha Allag rai ah dhera gotheh nuvaane. Anonymous hingaa dhw balamaa dhen vaabe goii

    3. Naf says:
      July 22, 2019 at 10:17 pm

      Hamza plan eh kuraa vhk in ehn part eh ga so ….that the plan i think ..hamza kanneyge e groom akii

  14. azker says:
    July 18, 2019 at 3:44 pm

    ?????nooooooo kiyaa ehen nuhadhaa hamxa n rai dhurunukurey……rai ge bappa kairy bundy no way….

    1. Kiyara says:
      July 18, 2019 at 8:20 pm

      Lets see dhw raige answer

  15. Dhonthy says:
    July 18, 2019 at 5:19 pm

    Sorry for the late comment… WiFi nulibigen aslu comment nukurevuny… Dhaadhi dhenmeaku libuneeves.. Hehe…. Anyways mi part ves vvvv reethi ingey kiyara???❤️❤️?? Curious vejje hama

    1. Kiyara says:
      July 18, 2019 at 8:21 pm

      Thnks dear. Iss ok. lets see dhw

  16. Pretty girl says:
    July 18, 2019 at 6:19 pm

    E kuhjaa aky dhen hamzaao dhen rai ah kuhliakah 2 fiya libigen udhussaigannaany thoache bappa aa hamza eulheny surprise eh dhen. ..dhen rai evaahaka hanza gaathu buneema eyna rulhivaanee dhen rankiyan annairah rai ah fennaany hamza (mashah heevaagoiy mibunee ingey)???

    1. Kiyara says:
      July 18, 2019 at 8:21 pm

      Hihi pretty girl haadha molhey Ma Sha Allah. Hingaa dhw balamaa dhen vaane goii

  17. Near niaa ? says:
    July 18, 2019 at 10:54 pm

    Curiously waiting for the next part…….
    He is hamza dhw……………………………………… plx Ehen hadhahchey…. ??????
    They have tolerated a lot no more plx plx…….
    ?Hamza & raihaana?

  18. Near niaa ? says:
    July 18, 2019 at 10:55 pm

    Curiously waiting for the next part………
    He is hamza dhw……………………………………… plx Ehen hadhahchey…. ??????
    They have tolerated a lot no more plx plx…….
    ?Hamza & raihaana?

  19. Naf says:
    July 20, 2019 at 12:08 pm

    Salaam …alhugadu mi story kiyan inspire v axker mi story discribe koh summary koh dhin gothun …hama asluvxx mi story habeys ..kia keep it up

  20. azker says:
    July 20, 2019 at 4:05 pm

    Thanks bro ?????

    1. jgjggj says:
      July 23, 2019 at 7:19 pm

      Hiii

  21. Naf says:
    July 22, 2019 at 10:01 pm

    Finally tomorrow ga next part …yes…?

  22. Anonymous says:
    July 23, 2019 at 4:11 pm

    were is story plx fast

  23. Jasmine says:
    July 23, 2019 at 4:54 pm

    I love it keep it up
    Next part up kuranee konirakun??????

  24. Anii says:
    July 23, 2019 at 6:26 pm

    Where is the story??? curiously waiting for it… Plx publish it miadhu????

  25. Naf says:
    July 23, 2019 at 8:54 pm

    Kiyara…..i m waiting ….for 47th episode ?

  26. jgjggj says:
    July 23, 2019 at 8:56 pm

    Kiyaaaraaaaaaaaaaaaaa…… kobaaheyyyyyyyy miadhuge partuuuuuuu…….

  27. ZelluYaan says:
    July 23, 2019 at 8:58 pm

    47th part up kohdhybaa

  28. Mariyanbu? says:
    July 24, 2019 at 4:29 pm

    ???where is the next part
    ✨??M waiting for the next part

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..47←


All Right Reserved!