ހަވީރު ފިންޏަށް ދީނާއާ އެއްކޮށް ހިނގާލަން ދާން ނަވާރް ތައްޔާރުވިއެވެ. ކަޅު ކުލައިގެ އަބާޔާއާ އެއްކޮށް ރަތްކުލައިގެ ޝޯލްއެއް އެޅިއެވެ. ތުންފަތުގައި މަޑު ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސައިފައި ލޯ ވަށައިގެން އަނދުން ފަވާލިއެވެ. ތައްޔާރުވެ ނިމިގެން ދީނާއަށް ގުޅުމުން ތިރިއަށް ދާން ބުންޏެވެ. އިވާން ގާތު ބުނެފައި ފައިވާން ހަރުގަނޑުން ފައިވާން ނަގައިގެން ބޭރަށް ނިކުތެވެ. މަޅިގަނޑު އަޅުވަން ޖެހޭ ފައިވާނެއް ކަމުން ލިފްޓްގެ ދޮރުގައި ލެގިލައިގެން ފައިވާނަށް އަރަން ނަވާރް އިނެވެ. ފައިވާނަށް ރީތިކޮށް ނޭރިގެން […]
މެޗު ފެށެން ކައިރިވަމުން ދިޔަވަރަކަށް ޔޫސުފްގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ހިތްއަވަސްވެ ފިނިވިއެވެ. ޔޫސުފް ހާސްވާން ފެށުމުން އާރާޝްއަށް ގުޅިއެވެ. ބައިގަޑިއިރު އާރާޝް އަދި މާނީއާއި ވާހަކަ ދައްކާލެވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އެކުވެރިންގެ ފަރާތުން ހިތްވަރުގެ މެސެޖުތައްވެސް ލިބުނެވެ. އެންމެ ބޮޑަށް ހަމަޖެހުން ލިބުނީ ނަވާރްގެ ގުޑްލަކް މެސެޖް ފެނުމުންނެވެ. އަލައިކާމެންގެ މެސެޖްތަކަށް ރިޕްލައި ނުކޮށްވެސް ނަވާރްގެ މެސެޖަށް ރިޕްލައި ކުރިއެވެ. ***** އަތު ޖެހުނު ކާއެއްޗެއް ހިފައިގެން އަލައިކާ އެނދަށް […]
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަަޤާމު ލިބުނީ ޔޫސުފްއަށެވެ. ލިވަޕޫލްގެ ކޯޗު ރޮބާރޓޯ ފިރްމިނޯގެ ތައުރީފުގެ އިތުރަށް ހެރީކޭންގެ ތައުރީފުވެސް ޔޫސުފްއަށް ލިބުނެވެ. މޭން އޮފް ދި މެޗް އެވޯޑް އޭނާ ދިނީ މާނީއާއި އާރާޝް އަތަށެވެ. *** ދުވަހަކު ޕްރިމިއާރ ލީގު މެޗެއް ނުބަލައި ނަވްރާ އެ މެޗު ބެލިއެވެ. ޔޫސުފް ލިވަޕޫލަށް ބަދަލުވުމާއެކު ހުރިހާ ސޯޝަލް މީޑިއާ އެކައުންޓަކުން ލިވަޕޫލަށް ފޮލޯކުރަން ފެށިއެވެ. މެޗުތައް އޮންނަ ގަޑިއާ ފުރަތަމަ އެގާރަ ބަލައި ހެދިއެވެ. މެޗު […]
ފުޓުބޯޅަ ޓްރާންސްފާގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމުގައިވާ ލިވަޕޫލުން ޔޫސުފް އަދި އަލްޔަސްއަށް ހުށަހެޅުމެއް ލިބުނެވެ. އެކުލަބުން ކިތަންމެ ބޮޑު އަގެއް ދީފައި ނަމަވެސް ޔޫސުފް އަދި އަލްޔަސް ގަންނަން ތިބީ ތައްޔާރަށެވެ. މުސާރައިގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކަށް ހަފްތާއަކު ދެމިލިއަން ޕައުންޑް ދޭން ހުށަހެޅިއެވެ. އާއިލާ މީހުންނާ ވާހަކަ ދައްކާފައި ޔޫސުފް އެ ހުށަހެޅުން ޤަބޫލުކުރިއެވެ. މުޅި ދުނިޔޭގެ ކުޅިވަރު ޚަބަރުތަކުގައި އޮތީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އާރާޝްގެ ދަރިފުޅު ޔޫސުފް ބޮޑު […]
ދޮރުގެފަރުދާ ކުޑަކޮށް ދެމިފައި ހުރުމުން އިރުގެ އަލި ސީދާ އެޅުނީ އައިރާގެ މޫނަށެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލި އައިރާގެ ނިދިފިލައި ދިޔައީ އެނދުމަތީ އިށީންދެލައިގެން އަނގަޔަށް ކުޅޭ އެއްޗެއް ލައިގެން އިން ފުށްގަނޑެއްފަދަ ލޯބި ފިރިހެންކުއްޖާ ފެނުމުންނެވެ. “ހެއި ބަބްލްސް” އެކުއްޖާ އުރައިލައިގެން ގެނަސް އޭނާގެ ބަނޑުމަތީގައި ބޭންދިއެވެ. ކުޑަކޮށް އަތް ހަލުވާލާފައި އެ ކުއްޖާ އައިރާ މޫނަށް ދަމާލިއެވެ. އެއަށްފަހު ކަރު ބުޑުން އަޑެއް ލައްވާލިއެވެ. އަލައިކާއާއި އަލްޔަސް މެންދުރު ކާން ދިޔައީ އަލްޔަސްމެން […]
އެއް އަހަރު ފަސް……. ފުޓުބޯޅަ ދަނޑެއް ނަމަވެެސް މުޅި ދަނޑުވަނީ ކައިވެނި ޕާޓީއަކަށް ތައްޔާރުކޮށްފައެވެ. ވިނަ ގަނޑު މަތީ ބޮޑު ރަތްދޫލައެއް އަޅައިފައި ވާއިރު މުޅި ތަންވާނީ ރަތްކުލައާއި ހުދުކުލައިގެ ފޮތި އަދި ތަފާތު ވައްތަރުގެ ބޮކިފަތިފަދަ ތަކެއްތިން ޒީނަތްތެރިކޮށްފައެވެ. ގޯލު އަސްލު އިންނަ ހިސާބަށްވުރެ ތަންކޮޅެއް ފަހަތުގައި ގޯލެއް ބަހައްޓާ، ގޯލު ތެރޭ ރަތްކުލައިގެ ޝާހީ ދެގޮނޑި ބަހައްޓައިފައި ހުއްޓެވެ. ދަނޑުގެ އެކި ހިސާބުތަކުގައި މޭޒު ބަހައްޓާފައި މޭޒު މަތީ ރަތްކުލައިގެ ފޮތިގަނޑު އަޅައިފައި ހުއްޓެވެ. […]
ޔާޒް އާ ހިތްވަރަކާއެކު ތެދުވިއެވެ. އައިރާގެ އިތުބާރު ހޯދަން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އެކަމެއް އޭނާ ކުރާނެއެވެ. އުޑުން ތަރި ބާލަން ޖެހުނަސް އެކަންވެސް ކުރަން ޔާޒް ހުރީ ތައްޔާރަށެވެ. އެހާވެސް ބޮޑަށް އޭނާއަށް އެވަނީ އައިރާދެކެ ލޯބިވެވިފައެވެ. ހެނދުނު ހޭލައިގެން އައިރާ ސައިބޯން ނިކުތީ އަހުސްމް އައިސް ސައިބޯން ދާން ބުނުމުންނެވެ. އާއިލާގެ އެންމެން މޭޒު ދޮށުގައި ތިއްބެވެ. މާމާއާއި ކާފައާއި ބޮޑު ދައިތަ ފެނުމުން އައިރާ ގަދަކަމުންނަމަވެސް ހިނިތުންވެލިއެވެ. އެމީހުން ކުރިމަތީ […]
ހުރި ފިޔަވަޅުމަތީ ހުރި ގޮތަށް ޔާޒް ހުއްޓެވެ. އައިރާ ހުރި ހާލު ފެނި އެހިތަށް ތަދުވިއެވެ. އޭނާގެ އަނގައިން އެބަސްތައް ބޭރު ނުކުރެވުނު ނަމައޭ ހިތަށް އެރިއެވެ. ޔޫސުފްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އެވަގުތު އެސުވާލު ކުރެވުމުންނެވެ. އޭނާގެ ހިތަށް ޒަޚަމު ނުލިބޭނެ ގޮތް ހަދަން ހަދައިގެން ބޭބެގެ ދިރިއުޅުން އެވެއްޓުނީ އަނދަވަޅަކަށެވެ. “ޔާޒް ސީރިއަސްލީ؟؟؟” އަލައިކާ އިނީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ހަށިގަނޑުވެސް ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ ހީކުރީ ހަގީގަތުގައިވެސް ޔާޒް […]
އައިރާ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ކޮތާފަތް މައްޗަށް ފައިބައިގެން ދިޔައީ ޔާޒްގެ އަޑުން އަނބި ޤަބޫލުކޮށްފީމޭ ބުނި އަޑު އިވުމުންނެވެ. އުފާވެރި ކަމުގެ ކަރުނަ ކަމެއް ހިތާމައިގެ ކަރުނަކަމެއް އައިރާއަކަށް ނޭންގުނެވެ. އަމިއްލަ އިޚްތިޔާރަކާއި ނުލައި ޔާޒްއަށް އައިރާ އަތުގައި ހިފުނެވެ. އައިރާ ލޮލުން ފޭބި ކަރުނަތައް ލޮތްބާއެކު ފުހެދެވުނެވެ. ޔާޒްގެ އެއަމަލުން އައިރާގެ ހިތް އުފަލުން ފޮޅިގަތެވެ. ޔާޒް އޭނާއަށް ދެރައެއް ނުދޭނެކަމުގެ ޔަޤީންކަން އިތުރަށް ބޮޑުވިއެވެ. އަހުސަމްގެ މޭގައި އިސްރާއަށް ބޯއަޅާލެވުނެވެ. އޭނާގެ […]