Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (35)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 12, 2020 4 Mins Read
11 Comments

ޔާޒް އާ ހިތްވަރަކާއެކު ތެދުވިއެވެ. އައިރާގެ އިތުބާރު ހޯދަން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އެކަމެއް އޭނާ ކުރާނެއެވެ. އުޑުން ތަރި ބާލަން ޖެހުނަސް އެކަންވެސް ކުރަން ޔާޒް ހުރީ ތައްޔާރަށެވެ. އެހާވެސް ބޮޑަށް އޭނާއަށް އެވަނީ އައިރާދެކެ ލޯބިވެވިފައެވެ.

ހެނދުނު ހޭލައިގެން އައިރާ ސައިބޯން ނިކުތީ އަހުސްމް އައިސް ސައިބޯން ދާން ބުނުމުންނެވެ. އާއިލާގެ އެންމެން މޭޒު ދޮށުގައި ތިއްބެވެ. މާމާއާއި ކާފައާއި ބޮޑު ދައިތަ ފެނުމުން އައިރާ ގަދަކަމުންނަމަވެސް ހިނިތުންވެލިއެވެ. އެމީހުން ކުރިމަތީ ހިތާމަކަށް އެމީހުން މާޔޫސްވާކަށް އޭނާ ނޭދެއެވެ. ސައިބުއި ގަޑީ އެކަކުވެސް އޭނާއާއި އަނގަޔަކުން ނުބުނެއެވެ. އެމީހުންނަށް ބުނެވޭ އެއްޗަކުން އައިރާ ހިތުގައި ޖެހިދާނެތީއެވެ.

ޕްރެކްޓިސް ނިންމާފައި ޔޫސުފް ގެއަށް ދިޔައިރު ތިރީގައި ނަވާރް ހުއްޓެވެ. ނަވްރާ ފެނުނުން ޔޫސުފްގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. އިސްޖަހައިގެން ނަވާރް އިންނަމަވެސް އޭނާއަށްވެސް ޔޫސުފް ފެނިއްޖެކަން ޔޫސުފްއަށް އެނގެއެވެ. ޔޫސުފް އެގޮތުގައި ހުއްޓައި ގޭދޮރު މައްޗަށް ޒެވިއަން ސައިކަލު ހުއްޓާލިއެވެ. ޒެވިއަން ނަވާރްއަށް ގޮވާލުމާއެކު ހިނިތުންވެލާފައި ނަވާރް އިސް އުފުލާލިއެވެ. “ޒެވް. ކިހާ އިރެއް އަހަރެން މިތާ އިންނަތާ؟ އަދި ކިރިޔާ ދޯ އަންނަން ތި އިނގުނީ!” ނަވާރް ރުޅި އަންނަ ކަމަށް ހެދެމުން ދެލޯ ހަނިކޮށްލިއެވެ. ފަރި ހިނގުމެއްގައި ނަވާރް ގޮސް ޒެވިއަން ސައިކަލު ފަހަތަށް އެރިއެވެ. އަރާފައި ޔޫސުފްއަށް ފުން ނަޒަރެއް ދިނެވެ.
ޔޫސުފް ހިތުގައި ޖެހި ރުޅިވެސް އައެވެ. ނަވާރް އޭނާއަށް ވުރެ ޒެވިއަން އަށް އިތުބާރި ކުރަނީހެއްޔެވެ؟ ޔޫސުފް އައި ރުޅީގައި ބާރުބާރަށް އެތެރެއަށް ވަނެވެ.

އަލައިކާއާއި އަލްޔަސް ތިބީ ކުލަބް ދަނޑުގައި އިންނަ ކެފޭގައެވެ. “ލައި. ދެރަވެފަ ނީންދެބަ. ލައި ދެރަވީމަ އަހަރެންވެސް ދެރަވެއޭ. ދެން ލައި ބުނެބަ ވެޑިން ޕްލޭން އޮތީ ކިހިނެއް؟” އަލައިކާ އަދިވެސް އިންނަނީ ޔާޒްއާއި އައިރާގެ ކަންތަކާ ދެރަވެފައެވެ. އަލްޔަސްއަށް ގުޅާފައި އަލައިކާ ރޯންވެސް ރުއެވެ. ވާހަކަ ބަދަލުކުރަން އަލްޔަސް އެމީހުން ކައިވެނީގެ ވާހަކަ ދެއްކިއެވެ.

ޔާޒް ފުންނޭވައެއް ދޫކޮށްލުމަށް ފަހު އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ދެތިން މިނެޓު ދޮރު ކުރިމަތީ މަޑުކޮށްގެން ހުރެފައި ޔާޒް ބެލް ޖަހާލިއެވެ.

އެންމެންނަށް ވުރެ ކުރިން އަހާން ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. ގޭތެރޭގެ ކަންތަން ވަމުން ދިޔަ ގޮތް ނޭންގި ޔާޒް ފެނުމުން އަހާން އޭނާގެ ކުދި ދައްތައް ފެންނަ ވަރަށް ހީލިއެވެ. އަދި ޔާޒް ބޭބެ އައިއްސިޔޭ ކިޔާފައި ގޭތެރެއަށް ދުއްވައިގަތެވެ.

ސޯފާގައި އިން އަހުސަމް ލުތްކެއް ޖަހައިފައި ތެދުވިއެވެ. ޔާޒްއަށް އެގެއަށް އަންނަން ކެރުނީތީވެސް އޭނާ ހައިރާންވެއްޖެއެވެ. ދެ އަތް މުށްކަވާފައި ރުޅިވެރިކަމާއެކު އަހުސަމް ޔާޒްއާ ދިމާއަށް ދާން އުޅުމުން އަންޖަލް އޭނާ ހުއްޓުވިއެވެ. “ދޮންބެ ނޯ!” އަންޖަލް މަޑުމަޑުން ބޯޖަހައިލި ރުޅި މަޑު ކުރާށޭ ބުނާފަދަ ގޮތަކަށެވެ. “ހީ ރުއިންޑް މައި ޑޯޓާރސް ލައިފް” ދަތްތަކަށް ބާރުލަމުން އަހުސަމް ބުންޏެވެ. ރުޅިގަދަ ވެގެން ގޮސް ކަންފަތުން ދުން އަރާހެންވެސް ހީވިއެވެ. އަހުސަމް އިން ތަނުގައި މަޑު ކުރުމާއެކު ޔާޒްއާއި ކުރިމަތިލާން އަންޖަލް ދިޔައެވެ.
“ޔާޒް މިގެއަށް އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަންނޭގެ. ދޮންބެ ރުޅިގަނޑު ފަޅައިގެން ގޮސް އަތުން ފައިން ގޯހެއް ނަހަދަނީސް ދިޔައިއްޔާ ރަނގަޅުވާނީ!” ރުޅި އައިސް ހުރި ނަމަވެސް އަންޖަލް ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. “އަޅުގަނޑު އަންހެނުން މިގޭގަ ހުރީމަ އެއީ ސަބަބެއް ކަންނޭންގެ މިގެއަށް އައުން. ޝާ އިޒް ސްޓިލް މައި ވައިފް އެންޑް އައި ވަންނާ ޓޯކް ހާރ. ސޯ ޕްލީޒް ކެން ޔޫ އެކްސްކިއުޒް މީ؟” ބިރުން ހުރި ނަމަވެެސް ސާބިތިކަމާއެކު ޔާޒް ބުނެލިއެވެ. އަންޖަލްއަށް ދެލޯ ހަނިކޮށްލެވުނެވެ. ޔާޒްއަށް އެހެން ބުނަން ކެރުނީމައެވެ. އަންޖަލް އިން ގޮތަށް އިންދައި ޔާޒް އެތެރެއަށް ދެމިގަނެފައި ހިނިތުންވެލިއެވެ. އައި ރުޅީގައި އަންޖަލް ބިންމަތީގައި ދެފައި ތަޅައިގަތެވެ.
ޔާޒްގެ ކުރިމައްޗަށް އަހުސަމް އަރައި ކުރިއަށް ދިޔަ ނުދީ ހިފެހެއްޓިއެވެ. “ބުނަން ޔާޒް. އަތުން ފައިން ގޯހެއް ނެހެދެނީސް މިތަނުން ދާން އުޅެ. އައިރާ ބޭނުމެއް ނޫން ޔާޒްއާއި އަނގައިން ބުނާކަށް. އައިރާ ބޭނުމީ މިހާރު ޔާޒްއާ ވަކިވެގެން ޝާރިމްއާއި އެއްކޮށް ދިރިއުޅުމެއް ފަށަން” ޔާޒްއަށް ޖަހާލެވުނީ ހިނިގަނޑެކެވެ. އައިރާ ޝާރިމްއާއި ގުޅެން އަހުސަމް ދުވަހެއްގެ ކޮޅުންވެސް ޤަބޫލު ނުވާނެކަން އޭނާއަށް އެނގެއެވެ. “ސޮރީ. އެކަމަކު އަޅުގަނޑަށް އިނގޭ ބައްޕަ އެގޮތް ބޭނުންނުވާނެކަން…” ޔާޒްއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އިސްރާ އަދި އައިރާއާ އެއްކޮށް ސިޓިން ރޫމަށް ނިކުތް ޝާރިމް ފެނިފައެެވެ. ޔާޒްގެ ހިތުގައި ހިފައި ޗިސްކޮށްލިއަސް އެވަގުތު އެހިތަށް ވީ ތަދު ނުވާނެއެވެ. ޔާޒްގެ ލޮލުން ދިލަ ނަގާ ކަރުނަ ޖަމާވާން ފެށިއެވެ. ޔާޒް ދެފަރާތަށް ބޯ ހޫރާލިއެވެ. ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ކުރަން އޭނާއަށް ދަތިވިއެވެ. “ދިސް އިޒް ނޮޓް ހެޕަނިން” އައިރާ ޔާޒްއާއި ވަކިވިނަމަވެސް ޝާރިމްއާ އެއްކޮށް ހަޔާތެއް ފެށުން އެއީ އޭނާ ދިރިހުއްޓައި ވާނެ ކަމެއް ނޫނެވެ. އަހުސްމް އަދި އިސްރާވެސް އެކަމަށް ޤަބޫލުވީތީ ޔާޒް ހައިރާންވިއެވެ. “އާރ ޔޫ ކްރޭޒީ އައިރާ؟” ޔާޒް ގޮސް އައިރާ އަތުގައި ހިފައި ތަޅުވައިގަތެވެ. “ހައު ކުޑް ޔޫ ޓޫ އީވެން އެގްރީ ފޯރ ދިސް؟” އަހުސަމް އަދި އިސްރާއަށް ޔާޒް ބަލާލިއެވެ. “ޔާޒް އަހަރެން ވަރިކުރޭ!” ހިމޭނުން އިނުމަށްފަހު އައިރާ ވާހަކަ ދެއްކިއެވެ. އައިރާ އަމިއްލައަށް ވަރިއަށް އެދިފާނެ ކަމަށް ޔާޒްއަށް ޤަބޫލެއް ނުކުރެވުނެވެ. “ނުކުރާނަން. އަދި ވަކިން ޝާރިމްއާއި އައިރާ އިންނަން އަހަރެން ދުވަހަކުވެސް އައިރާ ވަރިއެއް ނުކުރާނަން. އައިރާ ބޭނުމިއްޔާ އަހަންނާ ވަކިން އުޅެ. އެކަމު ދުވަހަކުވެސް ވަރިއެއް ނުކުރާނަން” އިތުރަށް އެތާ ހުންނާނެހާ ހިތްވަރު ނެތުމުން ބާރު ބާރަށް ގޮސް ޔާޒް ގެއިން ނުކުތެވެ. އޭރު މުޅި މީހާ ތުރުތުރު އަޅައެވެ. ޔާޒް ކާރައި ހަމައަށް ގޮއްސައި ކާރަށް އަތުގެ ދެތިން ހަމަލާ ދިނެވެ.

އިސްރާ ޔާޒް ހުއްޓުވަން ބޭނުންވިއަސް ހުއްޓުވާކަށް ނުކެރުނެވެ. ޔާޒްގެ ލޮލުން އައިރާއަށްޓަކައި ސާފު ތެދުވެރި ލޯބިި އޭނާއަށް ފެންނަމުން ދިޔައެވެ. ޝާރިމްއަކީ އެއްގޮތަކަށް ވެސް އައިރާގެ ހަޔާތަށް އަންނަން ރަނގަޅު ބައިވެރިއެއް ނޫނެވެ. އައިރާ ކިޔައިދިން ވާހަކަތަކުން އޭނާއަށް އެކަން އެނގެއެވެ. އަހުސާމްގެ ރުޅިގަނޑު ފިނިވާނެ ނަމައޭ އިސްރާ ހިތަށް އެރިއެވެ. އޭރަށް އޭނާއަށް އަހުސްމްއަށް ވިސްނައިދެވޭނެއެވެ. ޔާޒް އައިރާދެކެ ލޯބިވާކަން ބުނެދެވޭނެއެވެ.

“ވާޓް؟” އަލައިކާ އަދި ޔޫސުފްއަށް ވެސް ލިބުނީ ޝޮކެކެވެ. އައިރާ އެފަދަ ނިންމުމެއް ނިންމަފާނެ ކަމަކަށް އެދެމީހުންނަށްވެސް ޤަބޫލެއް ނުކުރެވުނެވެ. އަދި އެ ނިންމުމަށް އަހުސަމްގެ އެއްބާރު ލުން ލިބޭނެކަމަށްވެސް ހިއެއް ނުކުރެއެވެ. އެދެމީހުން ގާތުވެސް އައިރާ ވަރި ނުކުރާނަން ކަމަށް ޔާޒް ބުންޏެވެ.އަލައިކާ އަދި ޔޫސުފްވެސް ޔާޒްގެ ނިންމުމަށް ތާއިދު ކުރިއެވެ.

އައިރާ ބޭނުންވީ ރާއްޖެ ދޫކޮށް ފްރާންސަށް ދިރިއުޅުން ބަދަލު ކުރާށެވެ. ކޯޓަށް މައްސަލަ ހުށަހަޅައިގެންވެސް ޔާޒް ގާތުން އައިރާއަށް ވަރިއެއް ނުވެވުނެވެ. އެހެންވެ އޭނާ ބޭނުންވީ ޔާޒް ނުފެންނަ ހިސާބަށް ދާށެވެ. އޭނާ ގާތުން އެނބުރި އައުމަށް ކޮންމެ ދުވަހަކު ޔާޒް އާދޭސް ކުރެއެވެ. އިސްރާއާއި އަހުސަމް އައިރާގެ އެދުމަށް އެމީހުންގެ ދިރިއުޅުން ފަރަންސޭސު ވިލާތަށް ބަދަލުކުރިއެވެ. ޔާޒްގެ ފަރާތުން ނަވްޔާ އަދި މާއިޒް އިސްރާއާއި އަހުސަމްގެ ކިބައިން މާފަށް އެދުނެވެ. ޔާޒް ކުރި ކުށެއްގެ ޒިންމާ މާއިޒްމެން ނަގަން ނުޖެހޭނެކަމަށް ޔާޒް ބުންޏެވެ. އޭނާގެ ހިތް އަބަދުވެސް އެދެމީހުންނަށް ސާފު ކަމަށްވެސް ބުންޏެވެ.
މާއިޒްމެން ގާތު ބުނުމެއް ނެތި ޔާޒްވެސް އޭގެ އަނެއް ދުވަހު ފުރައިގެން ދިޔައެވެ. ޔޫސުފްއާއި އަލައިކާ ފިޔަވައި އިތުރު މީހަކަށް އޭނާ ދިޔައީ ކޮންތާކަކަށް ކަމެއްވެސް ނޭންގެއެވެ. އޭނާ ދިޔަތަށް އެހެން މީހުން ގާތުން ސިއްރުކޮށް ދިނުމަށް ޔާޒް އެދުނެވެ.

ޤައުމީ ޓީމު މެޗެއް ނިންމާފައި މެޗަށް ފަހު އޮތް އިންޓަވިއު ތެރެއިން އަލްޔަސް އަލައިކާ ގާތުން އިންނަން އެހިއެވެ. ރާއްޖޭގެ އެންމެން ކަހަލަ ގޮތަކަށް އެވަގުތު އެ އިންޓަވިއު ބަލަމުން ދިޔައެވެ. އެއީ އެ މެޗު 7-0ކުން ރާއްޖެވަނީ ގަދަފަދަ ސައުތްކޮރެއާ ބަލިކޮށްފައެވެ. މެޗުގައި އަލްޔަސްވަނީ ލަނޑު އަދި އެސިސްޓް ހެޓްރިކެއް ހަދާފައެވެ. އަލައިކާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަލްޔަސް އެހީ އޭނާއާ އިންނާނަންތޯއެވެ. އެތައް އިރަކު ބުނާނެ އެއްޗެއް ނޭންގިފައި އަލައިކާއަށް އިނދެވުނެވެ. އޭނާގެ ދެލޯ އުފާވެރި ކަމުގެ ކަރުނައިން ފުރުނެވެ. އެދެމީހުންގެ ކައިވެނި ކަންތައް ޕްލޭންކޮށްފައި އޮތް ނަމަވެސް އަލްޔަސް އަލައިކާ ގާތުން އެގޮތަށް އިންނާކަށް ނާހައެވެ. އަންގޮއްޓީގެ ބަދަލުގައި އަލްޔަސް އަލައިކާއަށް ދިނީ އޭނާގެ ހެޓްރިކް ބޯޅައެވެ. އެއް ކަކޫ މައްޗަށް ތިރިވެ އަލްޔަސް ބޯޅަ އަލައިކާއަށް ދިއްކޮށްލިއެވެ. އަލައިކާ ބޯޅާގައި ހިފައިފައި ބޮލުން ތިން ހަތަރު ފަހަރު އާއެނކޭ ބުންޏެވެ. އެރޭ މުޅި ސޯޝަލް މީޑިއާގައި ވެސް އޮތީ އެވާހަކައެވެ. ރާއްޖޭގެ އިތުރަށް ބޭރު ޤައުމު ތަކުގެ ނޫސްތަކަށް ވެސް އެވާހަކަ އެރިއެވެ. އެތައް ބައެއްގެ ތަޢުރީފާއި ލޮބުވެތި ބަސްތައް އަލައިކާ އަދި އަލްޔަސްއަށް ލިބުނެވެ. ބައެއް މީހުން ކޯޗުގެ އަންހެން ދަރިފުޅު ކަޓުވާލީއޭ ކިޔައި އަލްޔަސްއަށް ފާޑު ކިޔައިފައިވެސް ހުއްޓެވެ.

ދީނާއާއި ޒެވިއަންގެ އެކުވެރިކަން އިތުރު ހަރުފަތަކަށް ގޮސް އެދެމީހުންވެސް ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. ނަވާރް ޒެވިއަންއާއި އެކުވެރީވެސް ދީނާގެ ފަރާތުންނެވެ. އެކަން ނޭންގޭ ހާލު ޔޫސުފްއަށް ހީކުރެވެމުން ދިޔައީ ނަވާރްއާއި ޒެވިއަން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އެކަމުގެ ސަބަބުން ޔޫސުފް ހުންނަނީ ހިތާމަ ކޮށްލަ ކޮށްލައެވެ. އޭނާގެ ކުޅުމަށްވެސް ވަނީ އާސަރުކޮށްފައެވެ. އޭނާގެ އެންމެ ފުރިހަމަ ކުޅުމެއް ޔޫސުފްއަކަށް ނުދެއްކެވެ. ޔޫސުފްގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީ ސައިތްކޮރެއާއާއި ދެކޮަޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކު ފަހަތުން އައިސް ކުރި ފައުލަކާ ގުޅިގެން އޭނާ ފައިގެ ކުޑަހުޅު ނައްޓައިގެން ދިއުމުން އެތައް ދުވަހަކަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. ލިބުނު އަނިޔާގެ ސަބަބުން ވަގުތުން އެމްބިއުލާންސްގައި ޔޫސުފް ޤައުމީޓީމު ކުޅުންތެރިންނަށް ޚާއްސަ ހޮސްޕިޓަލަށް ގެންދެވުނެވެ.
ޔޫސުފްއަށް އަނިޔާ ވުމުން އެންމެނަށް ސިއްރުން ނަވާރް ރުއެވެ. ޔޫސުފްގެ ރައްކާތެރިކަމަށް އެދި ދުޢާ ކުރިއެވެ. ޔޫސުފްއަށް ފައިލް ކުރި ކުޅުންތެރިއާއަށް ބަދުދުޢާ ކުރެވުނެވެ. ހޮސްޕިޓަލަށް ދާން އޭނާ ނުހަނު ބޭނުންވިއެވެ. ނަމަވެސް ކެއްކޮށްލައިގެން އިނީއެވެ.

އެއް އަހަރު ފަސް…….

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހީވޭ ހިތް ބުނާހެން 7

Next

ހުރިގޮތްހޭމީ؟ (1ވަނަ ބައި)

Next
February 12, 2020

ހުރިގޮތްހޭމީ؟ (1ވަނަ ބައި)

Previews
February 11, 2020

ހީވޭ ހިތް ބުނާހެން 7

11 Comments!

  1. Kiyara says:
    February 12, 2020 at 12:18 am

    Salam all. Since yesterday was a free day too i was able to write one episode. Its a bit short but its more than 1000 words. Hope u all enjoyed reading this part. Some readers might get disappointed after readin but i promise u all things are going to get better. What do u all think their lives will be after one year? Will yoosuf be able to recover from his both injuries? Will his broken heart be cured? Can yaaz find Aira or is she living a new happy life without him or is she gonna be with sharim?

  2. Kairaa says:
    February 12, 2020 at 6:33 am

    Me first thr…varah varah reethi mi part vx…waiting for the nxt part….

    1. Kiyara says:
      February 13, 2020 at 12:27 am

      Thanks dear ♥️

  3. nash says:
    February 12, 2020 at 6:39 am

    whn next curiously waiting

    1. Kiyara says:
      February 13, 2020 at 12:28 am

      Mihaaru ihnnane up kohllafa?

  4. Airah says:
    February 12, 2020 at 6:54 am

    Airah n yaaz ge romantic seen ea genesdeebala when next

  5. Airah says:
    February 12, 2020 at 7:24 am

    Vvv reethi when next? Airaa n yaaz ge romantic seen ea genesdeebala

    1. Kiyara says:
      February 13, 2020 at 12:28 am

      Thankss dear♥️

  6. Yanaa says:
    February 12, 2020 at 9:10 am

    Varah varah reethi..❤❤❤❤❤❤
    maa sha Allah.??????
    curiously waiting for the next part.???❤❤❤???

  7. Noor says:
    February 12, 2020 at 2:13 pm

    noor aha heevanee yoosufves mihaaru injeryn recover ve kuriyahvureves molhah kulheveyhen kureedhuvahu dhekunin yoosuf kulhenikoh ??
    dhen eulhey navaarves maa fonivegen ulheytheeve yoosuf alhaanulaa hunnaathee emanje maa dheravegen evaahaka kuhjakaa hissaa kuraa adu luckly yoosuf ah iveniyyo ?
    anekkaa eulhey airaayah ehdhuvahaku shopping moll akun yaaz fenigen surpriseye vaniyyo dhen abadhu visnenee yaaz aamedhu finally yaaz hoadhaagen bappayaa vagah mihaaru yaz aa vaahakadhakkaa fb gain posteh kollaafa dhekudhin varah hevifa thibee so now i think there life is getting better ???⚽ sorry kiyara

    1. Kiyara says:
      February 13, 2020 at 12:30 am

      Hingaaa dhw balamaa noor buni gothaa dhimaa veytho♥️

Comments are closed.

Next Episodeރާސްތާ2 (36)←


All Right Reserved!