Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (37)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 16, 2020 5 Mins Read
14 Comments

ދޮރުގެފަރުދާ ކުޑަކޮށް ދެމިފައި ހުރުމުން އިރުގެ އަލި ސީދާ އެޅުނީ އައިރާގެ މޫނަށެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލި އައިރާގެ ނިދިފިލައި ދިޔައީ އެނދުމަތީ އިށީންދެލައިގެން އަނގަޔަށް ކުޅޭ އެއްޗެއް ލައިގެން އިން ފުށްގަނޑެއްފަދަ ލޯބި ފިރިހެންކުއްޖާ ފެނުމުންނެވެ. “ހެއި ބަބްލްސް” އެކުއްޖާ އުރައިލައިގެން ގެނަސް އޭނާގެ ބަނޑުމަތީގައި ބޭންދިއެވެ. ކުޑަކޮށް އަތް ހަލުވާލާފައި އެ ކުއްޖާ އައިރާ މޫނަށް ދަމާލިއެވެ. އެއަށްފަހު ކަރު ބުޑުން އަޑެއް ލައްވާލިއެވެ.

އަލައިކާއާއި އަލްޔަސް މެންދުރު ކާން ދިޔައީ އަލްޔަސްމެން ގެއަށެވެ. އެދެމީހުން އަންނަން ވާއިރަށް ޝިއުރާ ހުރީ އެކިވައްތަރުގެ ކާއެއްޗިހި ތައްޔާރުކޮށްފައެވެ. އަލްޔަސް މީހަކާ އިނުމުން ޝިއުރާ ހުންނަނީ އުފާވެފައެވެ. އެންމެ ވަގުތުކޮޅަކަށްވެސް އޭނާގެ ހިނިތުންވުން ފިލައިގެން ނުދެއެވެ. ޅީދަރިފުޅަށް އަމިއްލަ ގެނޫންކަން އިހްސާސްކޮށްދޭކަށް އެއްގޮތަކަށްވެސް އޭނާ ހިތެއް ނޭދެއެވެ. އަލައިކާއަކީ އޭނާއަށް ހަމަ އަމިއްލަ ދަރިއެއް ފަދައެވެ.

ފޯނުގައިން ފޮޓޯއަށް ނަޒަރު ހުއްޓައިލައިގެން ޔާޒް އިނެވެ. އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ފޮޓޮއިން ފެންނަމުން ދިޔައީ ކުޑަ ކުއްޖެކެވެ. ހުދު ކުލައިގެ ފޮތިގަނޑެއް ތެރޭ ދެލޯ ބޮޑުކޮށްގެން އެކުއްޖާ އޮތެވެ. ޔާޒް އެފޮޓޯގަނޑުގައި ތުންފަތް ޖައްސާލިއެވެ.

މާނީ އިނީ ޔައިނާ ގޮވައިގެން ސިޓިން ރޫމް ސޯފާގައެވެ. ޔޫސުފް ކުޑައިރުގެ ފޮޓޯތަކާ ވީޑިއޯތައް މާނީ ޔައިނާއަށް ދައްކަމުން ދިޔައެވެ. އެ އެއްޗިހި ބަލާފައި ޔައިނާއަށް މަޖާވެގެން ހެމުން ދިޔައެވެ. “މިކުއްޖާ ކުޑައިރު ނުދާނެ އެއްވެސް މީހެއް ކައިރިއަށް. ދައްތަ ޖެހޭނީ އަބަދު އުރައިގެން ގެންގުޅެން!” ޔޫސުފް އައިސް އިށީންނުމާއެކު މާނީ ބުންޏެވެ. އެއާއެކު ޔައިނާ ބާރު ބާރަށް ހޭންފެށިއެވެ. ޔޫސުފް ޔައިނާއަށް ލޯ އަޅާލުމާއެކު ޔައިނާގެ ހުނުން އިތުރަށް ގަދަވިއެވެ. “ސާބަސް އިނގޭ ޔައިނާ ގަނޑާ. ހޭން ފަށަފިއްޔާ ހުއްޓާކަށް ނޭންގޭނެ!” ޔައިނާއާއި ދިމާއަށް ސޯފާގައި އޮތް ކުޝަން ނަގައި ޔޫސުފް އެއްލިއެވެ.
ޔޫސުފްއާއި ޔައިނާއަށް ބަލާލާފައި މާނީ ހިނިތިންވެލިއެވެ. ޔޫސުފްގެ ހަޔާތަށް ޔައިނާ އައި ފަހުން ޔޫސުފް އަބަދުހެން ހުންނަނީ ހިނިތުންވެފައެވެ. ދުވަސްކޮޅަކު މަޑުމޮޅިވެފައި ހުރިނަމަވެސް ޔައިނާ އެ ހަޔާތަށް އައުމާއެކު ކުރީގެ މިޒާޖަށް އެނބުރި އައެވެ. އަނިޔާގައި ހުރި އިރުވެސް ޔައިނާގެ ފަރާތުން ޔޫސުފްއަށް ހިތްވަރުގެ ބަސްތަކާ އެހީތެރިކަން ލިބުނެވެ. ލިބުނު އަނިޔާއާއި ބަލާފައި ޔޫސުފްއަށް ކުޅުމުގެ ތެރެއަށް ވަރަށް އަވަހަށް އެނބުރި އާދެވުނެވެ. އެކަމުގެ އެއް އަސްލަކީވެސް ޔައިނާއެވެ. ހޮސްޕިޓަލުން ޔޫސުފް ގެއަށް ބަދަލުވިފަހުންވެސް ޔައިނާ ކޮންމެ ދުވަހަކު އައިސް ޔޫސުފްއާ އެއްކޮށް ވަގުތު ހޭދަކުރެއެވެ. ބައެއް ކަހަލަ ކުދި ކުދި ކަސްރަތު ކުރަންވެސް އެހީތެރިވެދެއެވެ. ޖިޔާން ގާތުން އޮޅުންފިލުވައިގެން އައިސް ޔޫސުފްގެ ފަޔަށް އެކި ކަހަލަ މަސާޖްތައްވެސް ކޮށްދީ ހަދައެވެ. ޔައިނާއާއި ޔޫސުފްއަށް އެކަނި ވަގުތުކޮޅެއް ދީފައި މާނީ ކޮޓަރިއަށް ވަނެވެ.

އަލްޔަސްއާއި އަލައިކާ ހަވީރު ވުމުން ދިޔައީ އައިރާމެން ގެއަށެވެ. އަލައިކާ ގެއަށް ވަން ގޮތަށް އެންމެ ފުރަތަމަވެސް ގޮސް އައިރާ އަތުން ބޭބީ އަތުލައިގެން އުރިއެވެ. “އޯ އަޅޭ. ހާދަ ލޯބިއޭ. މި ކުއްޖާފުޅު ލޮލަށް ފެންނަ ވަރުވެސް މިވީ އަދި ކިރިޔާއެއްނު ދޯ ޔަޒަން!” އަލައިކާ ޔަޒަން ގޮވައިގެން އިރުއޮއްސެން ދެކަށް އުޅުނެވެ. އިތުރު އެއްވެސް މީހަކު އެކުއްޖާ ގައިގައި އަތްލިޔަވެސް ނުދިނެވެ. އަލައިކާ އެކުއްޖާ ގޮވައިގެން އުޅުނު ގޮތް ބަލަން ގެއްލިފައި އަލްޔަސް އިނެވެ.

އަލައިކާމެން ދިއުމާއެކު ޔަޒަން ގޮވައިގެން އައިރާ އޭނާގެ ކޮޓަރިއަށް ވަނެވެ. އަށެއް ޖަހަން ވާއިރަށް ޔަޒަން ނިދާނެތީވެ ރީތިކޮށްފައި ބޭންދިއެވެ. އައިރާވެސް ވަރުބަލިވެފައި ހުރުމާއެކު އެނދުގައި ޖައްސާލިއެވެ.

ޔާޒްއަށް ކެއްނުކުރެވިގެން އެންމެ ފަހުން އައިރާމެން ގެއަށް ދިއައެވެ. ބެލް ޖެހުމާއެކު ދޮރު ހުޅުވީ އިސްރާއެވެ. އޭނާ ފެނުމުން ހިނިތުންވެލައިފައި އެތެރެއަށް ވަންނަން ބުންޏެވެ. އަދި ޔަޒަން ގޮވައިގެން އައިރާވީ ކޮޓަރީގައި ކަމަށްވެސް ބުންޏެވެ.
ވައިސޫރި އެއްހެން އައިރާގެ ކޮޓަރިއާ ހަމައަށް ޔާޒް ދިޔައެވެ. ތަޅުގައި ހިފިއިރު ތަޅުނުލައި ހުރުމުން ޔާޒް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެނދުގައި ނިދިފައި އޮތް އައިރާ ފެނުމުން ޔާޒްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އައިރާ ގާތު ދެލޯ ބޮޑުކޮށްގެން ފައި ހަލުވަން އޮތް ޔަޒަން ފެނުމުން އެހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. މަޑު މަޑުން ގޮސް ޔަޒަން އެނދުން ނަގައި އުރާލިއެވެ.
ޔާޒް އުރާލުމާއެކު ޔަޒަން ލޯބިކޮށް ހީލިއެވެ. ހީވީ ބައްޕަ އަތުގެ ހިމާޔަށް ލިބުމުން އެކަން އެނގިގެން ހީލިހެންނެވެ. ޔާޒްއަށް ހީވީ އޭނާގެ ހިތް ވިރިގެން ފައިބައިގެން ގޮސްދާނެހެންނެވެ. ޔަޒަންގެ ކޮލުގަޔާއި ނިއްކުރީގައި ބޮސްދިނެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އެ ދަރިފުޅު އުރާލުމުގެ ނަސީބު އޭނާއަށް އެލިބުނީ އަދި އަލަށެވެ. ހިތަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދިނުންވެސް ވާނީ އުނދަގޫ ކަމަކަށެވެ.

އައިރާ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ބާލީހުގައެވެ. ޔާޒް ދޮރު ހުޅުވީ ކިތަންމެ މަޑުން ނަމަވެސް އެވަގުތު އޭނާއަށް ހޭލެވުނެވެ. ނުރުހިފައި ތެދުވަން އުޅެފައިވެސް ޔާޒް ހަދާ ގޮތެއް ބަލަން އޮތީއެވެ. ޔަޒަން ވައްތަރީވެސް ޔާޒްއާއެވެ. ޔަޒަން ފެންނަ ކޮންމެ ފަހަރަކު އައިރާ ޔާޒް މަތިން ހަނދާންވެއެވެ. އެންމެ ފުރަތަމަ އެ ކުއްޖާފުޅު ފެނުނުއިރުވެސް އޭނާއަށް ސިފަވީ ޔާޒްއެވެ. އެހާވެސް ވައްތަރެވެ. ހިތުގެ ކަނަކުން އައިރާއަށް އޭނާގެ އަމިއްލަ ނަފްސުކުށްވެރި ކުރެވެމުން ދިޔައެވެ. މިހާ ދުވަސް ވީއިރުވެސް ޔާޒްއަށް މާފު ނުކޮށް ނުވިތާކަށް ދަރިފުޅުވެސް ޔާޒްއަށް ފޮރުވައިގެން ގެންގުޅެވުނީތީއެވެ. ޔާޒްގެ ލޮލުން ޔަޒަންއަށްޓަކައި ލޯބި ނޫން އެއްޗެއް ނުފެނެއެވެ. އެދަރިފުޅު ލޯބިން އުރައިލައިގެން ހުރި ގޮތް ފެންނާ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެއެވެ. އައިރާއަށް ވެސް ވީ އެފަދަ ގޮތެކެވެ. ޔާޒްއަށް ފެނުމުގެ ކުރިން އައިރާ ކަރުނަ ފުހެފައި ދެލޯ މަރާލިއެވެ.
ޔަޒަންއަށް ނިދުމާއެކު އައިރާ ގާތު އެނދުގައި ޔަޒަން ބާއްވާފައި އައިރާ ގާތަށް ޔާޒް ޖެހިލިއެވެ. އެއް ކަކޫ މައްޗަށް އެނދުކައިރީ އިށީންދެފައި އައިރާ އަތްތިލަ ނަގައި އޭނާގެ ހިތާ ދިމާއަށް ގެންދިޔައެވެ. “އައިރާ މި ހިތަކީ މިހާރު އައިރާގެ މިލްކެއް. ޔަޒަންއަށްޓަކައިވެސް އަހަންނަށް މާފުކޮށްދީ. އަހަންނާ އެދަރިފުޅު ދުރުނުކޮށްދީ ޕްލީޒް. އައިރާއާ ނުލައި ފާއިތުވި ކޮންމެ ދުވަހެއް ހީވަމުން ދިޔައީ ޖަލެއްގައި ހައްޔަރުވެފައި ހުންނަން ޖެހުނު ދުވަސްތަކެއްހެން. އައިރާ އައި ލަވް ޔޫ. ބުނެދެވޭވަރަށް ވުރެ ލޯބިވޭ. މިހިތުގެ އަޑު އެއް ފަހަރު ނަމަވެސް އަހާބަލަ. ހިތް ނަގާފަ އައިރާއަށް ދެއްކޭނެ ނަމަ އަހަރެން އެކަންވެސް ކޮށްފީމުސް. އެހާވެސް ލޯބިވޭ” ޔާޒް ބުނި ކޮންމެ ޖުމްލައެއް ހިތުގެ އެންމެ ފުން ނާރަށްވެސް އަސަރު ކުރިއެވެ. ލޯމަރައިގެން އޮތް ނަމަވެސް ލޯތެރެއަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ތެދުވެ ޔާޒް ގައިގައި ބައްދާލާފައި މާފު ކޮށްފީމޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އެހިތްވަރެއް އޭނާ ގަޔަކު ނެތެވެ. އައިރާ އަތްތިލައަށާ ނިއްކުރިއަށް ބޮސް ދީފައި ޔާޒް ނިކުމެގެން ދިޔައެވެ.
ޔާޒް ދިޔަކަށް ޔަގީންވުމާއެކު އައިރާ ތެދުވިއެވެ. ދެއަތް މޫނުގައި އަޅައިގެން އިނދެ އައިރާއަށް ރޮވުނެވެ. ހިތްފުރޭ ވަރަށް ރޮވުމުން އައިރާ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ސިޓިންރޫމް އިން ޒާޔާ އިނީ ޓީވީއިން އަންނަމުން ދިޔަ ކާޓޫނަށް ގެއްލިފައެވެ. ނަވްޔާއާއި މާއިޒް ބޭރަށް ގޮސްފައި ވުމާއެކު ގޭގައި އިނީ ޒާޔާ އެކަންޏެވެ. ޒާޔާގެ ނަޒަރު ޓީވީން ވަކިވީ ދޮރުގެ ބެލްޖެހި އަޑުއިވުމުންނެވެ. ކުޑައިރުކޮޅަކު އިން ގޮތަށް އިނދެފައި ސޯފާއިން ތެދުވެ. މަޑު މަޑުން ހިނގާފައި ގޮސް ޒާޔާ ދޮރުހުޅުވިއެވެ. އެގަޑީ އެބަޔަށް އަންނާނެ ގޭމީހަކު ނުހުންނާކަން އޭނާއަށް އެނގޭތީ ޒާޔާ އިނީ ކުޑަކޮށް ބިރުގަނެފައެވެ. ދޮރު ކުރިމަތީ ހުރި ޔާޒް ފެނުމުން ޒާޔާގެ ބިރުވެރިން ފިލާ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެެރިވިއެވެ. ދުވަސްތަކަކަށްފަހު ދޮންބެ އައުމުން އޭނާގެ މޫނު އުޖާލާ ވެގެން ދިޔައެވެ. “ކޮއްކީ މަންމަ ކޮބާ؟” އެތެރެއަށް ވަންއިރު ނަވްޔާ ފެންނަން ނެތުމުން ޔާޒް އަހާލިއެވެ. “މަންމިއާ ޑެޑީއާ ވެއްޖެ ބޭރަށް ގޮަސް. ކޮއްކޮ އެކަނި މިއިނީ!” ޔާޒް އެހެންހޭ ބުނެފައި ގޮސް ސޯފާއަށް ވެއްޓިގަތެވެ. އެބަޔަށް އޭނާ ނުވަންނަތާ އަހަރެއްހާ ދުވަަސްވީއެވެ. މިފަހަރު އޭނާ ގެއަށް ނައުމުން ނަވްޔާ އަދި މާއިޒްވެސް ނުގުޅައެވެ. އޭނާ ދިޔައީ ކޮންތާކަށްތޯވެސް ނާހައެވެ.

ގެއަށް ވަން ނަވްޔާ އަދި މާއިޒްއަށްވެސް ހައިރާންކަން ލިބުނީ ސޯފާގައި ޒާޔާއާ އެއްްކޮށް ސަކަރާތްޖަހަން އިން ޔާޒް ފެނިފައެވެ. ކުޑަކުއްޖެއް ފަދައިން ޒާޔާއާއި ސަކަރާތްޖަހަމުން ޔާޒް ދިޔައެވެ. މާއިޒް އެމަންޒަރު ފެންނަކަމަށް ނުހަދައި ދިއައެއް ކަމަކު ނަވްޔާއަށް ބަލަން އިނދެވުނެވެ. އެތައް ދުވަހަކަށް ފަހު ގޭތެރެއިން ފިރިހެން ދަރިފުޅު ފެނުމުން ހިތަށް އަސަރު ކުރިއެވެ. އެދަރިފުޅުގައި ލޯބިން ގޮސް ބައްދާލަން ބޭނުންވިއެވެ.
“މަންމަ ލުކް ދޮންބެ އިޒް ހިއަރ” ނަވްޔާމެން އައިކަން ރޭކާލުމާއެކު ޒާޔާ ނަވްޔާއަށް ޔާޒް ދައްްކާލިއެވެ. ޔާޒް ނަވްޔާއަށް ހިނިތުންވެލައިފައި އިސްޖަހާލިއެވެ. އަމިއްމަ ނަފްސުކުށްވެރި ކުރެވުމުންނެވެ. މަންމަ އަދި ބައްޕަގެ ހިތަށް އޭނާ ވަނީ ތަދުކޮށްފައެވެ. އެތައް ފަހަރެއްގެ މަތިންނެވެ.
ޒާޔާ ގޮަސް ކޮޓަރިއަށް ވަނުމާއެކު ނަވްޔާ އައިސް ސޯފާގައި އިށީނެވެ. އަދި ޔާޒް ކިހިނެއްތޯ އެހިއެވެ. އިސްޖަހައިގެން އިނދެ ރަނގަޅުކަމަށް ޔާޒް ބުންޏެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އެސްފިޔަވެސް ޖަހާނުލައި އިނުމާއެކު ޔާޒް ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ އަތަށް ވެއްޓުނެވެ. ޔާޒްގެ ލޮލުން ވެއްޓުނު ކަރުނަތިކި ނަވްޔާއަށް ފެނުނެވެ. “ދަރިފުޅު ރޮނީތަ؟ ކިހިނެއްވީ؟” ކަންބޮޑުވުމާއެކު ނަވްޔާ އެހިއެވެ. އެއޮށް ހުރިހާ އިރު ހިތްވަރުކޮށްގެން ހުރި ޔާޒްއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ނަވްޔާ ކޮނޑުމަތީ ބޯއެޅިގޮތަށް ރޯންފެށިއެވެ. ނަވްޔާ އިނީ ހަދަންވީ ގޮތެއް ނޭންގިފައެވެ. “މޯމް އައި އޭމް ސޮރީ. މަންމަ ހިތުގަ ޖެއްސުނީމަ އެވެސް އެއްވެސް ކަމަކާ ނުލާ. ނުބައި އެކުވެރިންގެ ސަބަބުން މަންމަ އަދި ބައްޕަދެކެ ރުޅި އާދެވުނީ. މަންމަ އަދި ބައްޕަ ހިތަށް ކުރި އަސަރު މިއަދު އެބަ އިހްސާސް ކުރެވޭ. މިއަދު މިލިބޭ އަދަބުގެ އަސްލަކީ މަންމައާ ބައްޕަ ހިތުގަ ޖެއްސުން” ކަރުނަ ހިފަހައްޓަން ނަވްޔާއަށް ވެސް ވީ އުނދަގޫ ކަމަކަށެވެ. ޔާޒްގެ އިސްތަށިގަނޑުގައި ފިރުމަމުން އެދަރިފުޅު ދައްކަމުން ދިޔަ ވާހަކަ ކަނުލައި ނަވްޔާ އަޑު އަހަމުން ދިޔައެވެ. “މަންމަ އަދި ބައްޕަ އަބަދުވެސް ދަރިފުޅުދެކެ ވަރަށް ލޯބިވަން. މާފަށް ނޭދުނަސް މަންމައާއި ބައްޕަ އަބަދުވެސް ޔާޒްއަށް މާފުކުރާނަން. ދަރިފުޅަށް ވިސްނިގެން މާފަށް އެދުނީތީ ވަރަށް އުފާވެއްޖެ!” މާއިޒް އައިސް ޔާޒް ގާތު އިށީނެވެ. ޔާޒް އޭނާގެ ބައްޕަ ގައިގައިވެސް ބައްދާލިއެވެ. އަދި އެތައް ފަހަރަކު މާފަށް އެދުނެވެ. “ހުއްޓާލާ. ބައްޕައަކަށް ވީމަތަ ކުޑަކުއްޖެއް ހެން ރޮނީ؟ ގައިމު ޔާޒް ވިސްނޭ އުމުރަށް އެޅީންސުރެ ލޮލުން ކަރުނަތިއްކެއް ވައްޓިތަނެއް ނުފެނޭ. އުމުރުން ދޮށިވާވަރަކަށް ބޭބީ ވަނީ ދޯ!” ޔާޒް ހެއްވާލުމުގެ ބޭނުމުގައި މާއިޒް ސަމާސާއެއް ކުރިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ލުއިގޮތަކަށް ހީލައިފައި ޔާޒް ބޯ ހަލުވާލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 2 –

Next

ހީވޭ ހިތް ބުނާހެން 9

Next
February 16, 2020

ހީވޭ ހިތް ބުނާހެން 9

Previews
February 15, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 2 –

14 Comments!

  1. Kiyara says:
    February 16, 2020 at 11:59 am

    Salam my dear readers. Here is the 37th episode of rastha2. Hope u all are going to enjoy anf love reading.

    Log in to Reply
  2. Kairaa says:
    February 16, 2020 at 12:08 pm

    varah reethi mi part vx..????

    Log in to Reply
    1. Kairaa says:
      February 16, 2020 at 12:16 pm

      Btw me first dhw…

  3. leash says:
    February 16, 2020 at 12:34 pm

    oh no haadha kurey vr vr reethi

    Log in to Reply
  4. Meekkomee says:
    February 16, 2020 at 12:36 pm

    Woww siss.?????it’s awesome ??? whn is next …..one of my favourite part every ???? luv yeahhh ❤️❤️❤️❤️??❤️❤️❤️ ttly ❤️❤️❤️

    Log in to Reply
  5. Yanaa says:
    February 16, 2020 at 12:53 pm

    Varah varah reethi??????
    maa sha Allah❤❤❤❤❤❤❤❤
    waiting for the next part???

    Log in to Reply
  6. Noor says:
    February 16, 2020 at 3:02 pm

    mi partves varah reethi waiting for the next

    Log in to Reply
  7. Xull says:
    February 16, 2020 at 3:16 pm

    After along time comment eh mikohlany comment nukuriyas baraabarah stry kiyan & The stry is obiness to the max????????????❤️❤️❤️❤️❤️❤️❤️???????????…

    Log in to Reply
  8. Yaaz says:
    February 16, 2020 at 9:55 pm

    Kiyaaaaraaa… this is????
    N thankyou so much for letting me meet my child.. dhen veehaa vx avahakah airaa vx aharenge vaahaka adu ahaa maafu kuraane kamah unmeedhu kuran

    Log in to Reply
    1. Aira says:
      February 16, 2020 at 10:17 pm

      Yeah…I forgive my lovely husband…?????❤??❤????

  9. ???? says:
    February 16, 2020 at 10:14 pm

    Hehe Yaaz dhw…???Dhen annaaani ehen meehei????…Alhe navaar haadha dhera vaaaaney yoosuf aa navaar aa gulheynama best vaane…yoosuf and yaina kihineh dhn vaani yaina ehaa rangalhu iru alhe yoosuf kytha ekury…alhe navaar…between mi part hama habbu ingey sis waiting waiting.

    Log in to Reply
    1. Noor says:
      February 17, 2020 at 2:20 pm

      ma mihunnanee navaaru fonidhehkeema eyge badhalu hifan but i love her somuch aharen ruivarah eynaves rovvaanan & still i love her i want her ?

    2. Navaar says:
      February 17, 2020 at 9:36 pm

      Foni v kyh nun.trust nukurevenii…Okay okay..Beynun varakah hithuga Jessan v..but I love you..Aslu yoosuf eyru ulhun gothun hithah arani loabee ge list ah aruvashey eulhenii…mi naazuku hiyy halaaku nukohllan vgn..mihaaru yoosuf beynun varakah hithuga jehijje…Please come back to me??

  10. stripling says:
    February 17, 2020 at 9:43 pm

    am I the only one who is confused after reading this part? where did the kid come from?
    i feel like the story is kinda moving fast. i shall stop reading this story now. kinda lost my interest. yoosuf and navaar feels like its a game of cat and mouse.
    p.s this story plot is to unrealistic for me at this point. it was quite unrealistic to begin with but it keeps on getting worse.

    Log in to Reply

Leave a Reply Cancel reply

You must be logged in to post a comment.


All Right Reserved!