ސުފްޔާންއަށް އެނގޭކަން އެނގުމާއެކު ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ނަމަވެސް ކައިރާއާ މެދު ޝައްކު އުފެދެން ފެށިއެވެ. ކައިރާ އާއި ދަހުލާންގެ އެކުވެރިކަން ކުރި ފަޅައި ހެދޭކަށް އާލިޔާގެ ހިތެއް ނޭދުނެވެ. **** ކައިގެން ގޭތެރޭގައި ވަގުތުކޮޅެއް ތިބެފައި ހުރިހާ ކުދިން ގެއަށް ދާން ނުކުތެވެ. ބަލްޤިސް ދިޔައީ ތަސްލީން އާއި މިހްތަރްއާ އެއްކޮށް މިހްތަރްގެ ކާރުގައެވެ. ކައިރާ ގޮވައިގެން ހިނގައިލައިފައި ސުފްޔާން އާއި ދަހުލާން ދިޔައެވެ. ކެމެރާއިން ނަގައިފައި ހުރި ފޮތޯތައް ސުފްޔާން ކައިރާއަށް ދައްކަމުން ދިޔައެވެ. […]
ހެނދުނު ހޭލައިގެން ކައިރާ ބަދިގެއަށް ދިޔައިރު މަންމަ އުޅޭތަން ފެނި ކައިރާއަށް ކުޑަވަރެއްގެ ޝޮކެއް ޖެހުނެވެ. އުނދުން މަތީ ތަވައެއް އުދާފައި ބިސްގަނޑު އަޅަން ހުރީ ތައްޔާރުކޮށްފައެވެ. ކައިރާ ފެނުމުން ލީޒާ ހިނިތުންވެފައި ސައިބޯން އަންނަން އެދުނެވެ. ކައިރާއަށް ހީވީ ހުވަފެނެއްްގެ ތެެރޭގައި އޭނާއަށް އުޅެވޭހެންނެވެ. ދެތިން ފަހަރު އަމިއްލަ އަތުގައި ޖަހައިލިއެވެ. އެހެން ކުދިން ފަދައިން މަންމައާއެކު ސައި ބުއިމުގެ ފުރުސަތު އެތައް ދުވަހެއް ފަހުން ކައިރާއަށް ލިބުނެވެ. އޭނާގެ ހަޔާތާއި ބެހޭ ގޮތުން ސުވާލުކޮށް […]
ނިދުމުގެ ކުރިން ދަހުލާންއަށް ގުޅަން ފޯނު ނަގަނިކޮށް ނުދަންނަ ނަންބަރަކުން ކޯލެއް އައެވެ. ނަގަން ނުނަގަން ހުރެފައި ކެނޑެން އުޅެނިކޮށް އާލިޔާ ޖަވާބު ދިނެވެ. އެކޮޅުން ދިން ޚަބަރަކުން އާލިޔާގެ ހެޔަށް ގޮތް ނުވީ ކިރިޔާއެވެ. ފޯނު އެއްލައިލައިފައި ނިދާ ހެދުން ލައިގެން އެ ހުރި ގޮތަށް ބޭރަށް ދުއްވައިގަތެވެ. އޭރު ހޯސްލައިފައި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. *** މަގު މަތީގައި މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. ޕޮލިސް ކާރުތަކުގެ އަޑު އިވެމުން ދިޔައެވެ. މީހުންގެ […]
ސުފްޔާންގެ މެއަށް ފިނި ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ދަހުލާން އާލިޔާ ގޮވައިގެން ގެއަށް އައުމުން އޭގެ މާނައަކީ ކޮބައިގެން އެނގުނެވެ. ދުވަހަކުވެސް ހިތަށް ތަދުނުވާ ވަރަށް ހިތަށް ތަދުވިއެވެ. ހިތުގައި އަމިއްލަ ކޮއްކޮއާ މެދު ހަސަދައިގެ ހުޅުކޮޅު ރޯވާން ފެށިއެވެ. ހަމަޖެހޭ ގޮތް ދައްކަމުން ސުފްޔާން ގޮސް މަންމަ ގާތު ސޯފާގައި އިށީންނަމުން ކޮއްކޮ ދަހުލާންއާ ދިމާކޮށްލިއެވެ. ލޮލުގެ ހިމަކޮޅުން އޭނާ އާލިޔާއަށް ބަލައިލައިފައި އެއް މިޔައަކުން ހިނިތުންވެލީ އާލިޔާ ބަލަން އިންކަން އެނގުމުންނެވެ. އާލިޔާ […]
ގެއަށް ދިއުމުގެ ބަދަލުގައި ދަހުލާން ދިޔައީ އާލިޔާމެން ގެއަށެވެ. އެ ހިތުގައި އާލިޔާއަށްޓަކައި އުފެދެމުން އަންނަމުން ދިޔަ އިހްސާސްތައް ހާމަނުކޮށެއް ދޭން ހިތަށް ކެތެއް ނުވާނެއެވެ. ދަހުލާން ޓަކި ޖަހަން އަތް ހިއްލާލި ވަގުތު އެތެރެއިން ދޮރު ހުޅުވިއެވެ. އާލިޔާ ސިއްސައިގެން ދިޔައީ ދޮރު މަތީގައި ހުރި ދަހުލާން ފެނިފައެވެ. އެ ވަގުތު ދަހުލާން އައިސް ދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނޭންގިފައި އާލިޔާއަށް އިނދެވުނެވެ. ދަހުލާން ކުރިއަށް ޖެހިލައިފައި އާލިޔާ […]
ބްރޭކް ގަޑީގައި ކެންޓީނަށް ދިޔައީ ގުރޫޕު އެއްކޮށްށެވެ. ބަލްޤިސް ކައިރާ އާލިޔާ މިހްތަރް އަދި ތަސްލީނެވެ. އެމީހުންނާއި ބައިވެރި ވުމަށް ކައިރާ ދަހުލާންއަށް ދަޢުވަތު ދިނެވެ. ދަހުލާން ދެކޮޅު ނުހަދައި އެމީހުންނާއި ބައިވެރިވީ އާލިޔާ އިނުމުންނެވެ. އާލިޔާއާ ޖެހިގެން އިން ހުސްގޮނޑީގައި ގޮސް ދަހުލާން އިށީނެވެ. އާލިޔާ ދަހުލާންއަށް ބަލާލައިފައި ރަކިގޮތަކަށް ހީލިއެވެ. “އޯކޭ ކެރާ ކިހިނެއްވީ ރޭގަ؟” އާލިޔާ އާއި ދަހުލާން މާފޮޅުވާތަން ބަލަން ހިތަށް އުނދަގޫ ވުމާއެކު މިހްތަރަށް މައުޟޫ ބަދަލުކޮށްލިއެވެ. މިހްތަރް ސުވާލު […]
ރެފްރީ ކަށިގަނޑު ފުމުމާއެކު މެޗު ފެށީ ފްރާންސް ޓީމުންނެވެ. ފަރަންސޭސް ވިލާތުގެ ކުޅުންތެރިން ބެލީ އޮޅިގެން ނަމަވެސް ޔޫސުފްއަށް ބޯޅަ ނުދެވޭތޯއެވެ. ޔޫސުފް ވަށައިގެން ހައެއްކަ ކުޅުންތެރިން ޖައްސައިފައި ތިއްބެވެ. އެމީހުންގެ ކުޅުންތެރިން ކުޅެމުން ދިޔަ ގޮތުން މާއިޒް ކުޅުވާ ގޮތް ރަނގަޅަށް ދަސްކޮށްފައި ތިބިކަން އެނގެއެވެ. ޑިފެންޑަރުން ޔޫސުފް ފަހަތު ޖައްސައިފައި ތިބުމުން އަލްޔަސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ފަހަތުން ފްރާންސް ކުޅުންތެރިއަކު ޖައްސާލި ބޯޅަ އޭނާއަށް ލިބުނެވެ. ލިބުނު ބޯޅަ އެއް ފަރާތުގައި ހުރި […]
އަލްޔަސްއާއި ޔާޒްވެގެން ޔޫސުފްއާއި ޒެވިޔަންއާއި ދިމާކުރިއެވެ. ރައްދުގައި ޒެވިޔަންއާއި ޔޫސުފް ވެސް އެދެމީހުންނާއި ދިމާކުރަމުން ދިޔައެވެ. އެމީހުން ކިޔައި ބައެއް އެއްޗިހިން ޔޫސުފް ރަކިވަމުން ދިޔައެވެ. ރަކިވާ ކޮންމެ ފަހަރަކު މޫނުއެކީ ރަތްވެއެވެ. ވަކި ހިސާބަކުން ލިވަޕޫލްގައި އުޅޭ ޔޫސުފްގެ އެންމެ ގާތް އެކުވެރިޔާވެސް އެމީހުންނާއި ބައިވެރިވެގެން ދިމާ ކުރަން އުޅުނެވެ. ***** ކައިވެނި ކުރާ މޭޒު ދޮށުގައި ހުރި ޔޫސުފްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވީ އިވާންއާއި އެއްކޮށް އެތަނަށް އަންނަމުން ދިޔަ ނަވާރް ފެނިފައެވެ. […]
ކުދިންތައް ނެތް ހަމަހިމޭންކަން އޮތް ހިސާބުގައި އާލިޔާއާއީ ދަހުލާން ހިނގަމުން ދިޔައެވެ. ދުލުން ވާހަކަ ނުދެކެވުނު ނަމަވެސް ހިތުން އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ. ފުރަތަމަ ނަޒަރުންވެސް ދެ މީހުންނަށްވެސް ދެ މީހުން ކަމުގޮސްފިއެވެ. އެކީގައި ހޭދަކުރެވުނު މަދު ވަގުތުުކޮޅުވެސް ޚާއްސަވިއެވެ. ދެމެދުގައި ވީ ހަމަހިމޭންކަން ނައްތާލީ ދަހުލާންއެވެ. އެމީހުންނާއި ތަންކޮޅެއް ދުރުގައި ބަލަން ހުރި މިހްތަރްއާ ބެހޭ ގޮތުން ސުވާލު ކުރަމުންނެވެ. އާލިޔާގެ ހިނިތުންވުން ފިލައިދިޔައެވެ. އާލިޔާ މިހްތަރްއަށް ބަލައިލިއެވެ. އެއާއެކު އޭނާ ދުރުބަލައިލަމުން ދިޔައެވެ. […]