Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (33)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 10, 2020 5 Mins Read
12 Comments

އައިރާ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ކޮތާފަތް މައްޗަށް ފައިބައިގެން ދިޔައީ ޔާޒްގެ އަޑުން އަނބި ޤަބޫލުކޮށްފީމޭ ބުނި އަޑު އިވުމުންނެވެ. އުފާވެރި ކަމުގެ ކަރުނަ ކަމެއް ހިތާމައިގެ ކަރުނަކަމެއް އައިރާއަކަށް ނޭންގުނެވެ.
އަމިއްލަ އިޚްތިޔާރަކާއި ނުލައި ޔާޒްއަށް އައިރާ އަތުގައި ހިފުނެވެ. އައިރާ ލޮލުން ފޭބި ކަރުނަތައް ލޮތްބާއެކު ފުހެދެވުނެވެ. ޔާޒްގެ އެއަމަލުން އައިރާގެ ހިތް އުފަލުން ފޮޅިގަތެވެ. ޔާޒް އޭނާއަށް ދެރައެއް ނުދޭނެކަމުގެ ޔަޤީންކަން އިތުރަށް ބޮޑުވިއެވެ.
އަހުސަމްގެ މޭގައި އިސްރާއަށް ބޯއަޅާލެވުނެވެ. އޭނާގެ ލޮލުން ފޭބި އުފާވެރިކަމުގެ ކަރުނައިން އަހުސަމްގެ ގަމީސް ތެމުނެވެ. އަހުސަމްވެސް އޭނަގެ ގަޔާ އިތުރަށް އިސްރާ ގާތްކޮށްލިއެވެ. ނަވްޔާއާއި މާއިޒްއަށްވެސް ވީ އެފަދަ ގޮތެކެވެ.

ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލައިފައި އިސްރާ ގޮސް ލޯބިވާ ދަރިފުޅު ގައިގައި ބައްދާލައިފައި މަރުހަބާ ކިޔެވެ. އަހުސަމްވެސް ގޮސް ޔާޒްގައިގައި ބައްދާލިއެވެ.
“ޔާޒް ޓޭކް ކެއާރ އޮފް މައި ޕްރިންސަސް” އަހުސަމް އައިރާ ގައިގައި ބައްދާލައިފައި ލޮތްބާއެކު އެދަރިފުޅުގެ ނިއްކުރިއަށް ބޮސްދިނެވެ. އޭނާގެ ލޮލަށް ވެސް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އޭނާއަށް އިހްސާސް ކުރެވެމުން ދިޔައީ އެހެންނާ ދުވަހަކުވެސް އިހްސާސް ނުކުރެވޭ ފަދަ ގޮތެކެވެ.
މާއިޒްވެސް ގޮސް ދަރިފުޅު ގައިގައި ބައްދާލައިފައި މަރުހަބާ ކިޔެވެ. ނަވްޔާވެސް އެފަދައިން ކަންތައް ކުރިއެވެ.
“މިހާރު އަހޫބޭބެއާއި އިސްރާ ދައްތަ އޮފިޝަލީ ފެމެލީއަށް ވީ” އަލައިކާ އަތް ޖަހާލަމުން ބުންޏެވެ. “އަލްކޮ ދައްކާ ވާހަކަ. އިސްރާއާއި އަހުސަމްއަކީ އަބަދުވެސް މި ފެމެލީގެ ބައެއް” އަލައިކާގެ ބޮލުގައި ޖަހާލަމުން އަފްރީން ބުންޏެވެ. އަފްރީންއާއި އަރްޝާދްގެ އިތުރަށް އަފްރާއާއި އައްޒާމްވެސް އައިރާއާއި ޔާޒްގެ ކައިވެންޏަށް ރާއްޖެއައެވެ. ރައުފާއާއި ދާނިޝްވެސް އެހަފްލާގައި ބައިވެރިވިއެވެ.
“ކާފަ ވަރަށް އުއްމީދު ކުރިން ކާފަ ދުނިޔޭގައި ހުއްޓާ ދަރިފުޅުގެ ކައިވެނި ކުރެވެން. މިއަދު ވަރަށް ވަރަށް އުފާވެއްޖެ!” އައިރާ އުފަންވީ ދުވަހުން ފެށިގެން ނައުޝާދަށް އިންތިޒާރު ކުރެވެމުން އައީ މި ދުވަހަށެވެ. އައިރާ ހަޔާތުގެ އެންމެ އުފާވެރި ދުވަހު އޭނާ ދުނިޔޭގައި ބެހެއްޓެވުމަށް އެދި ދުޢާ ކުރެވުނު އަދަދެއްވެސް ނޭންގެއެވެ.
އާއިލާ މީހުންގެ ފަރާތުން ލިބެމުން ދިޔަ ލޮބުވެތި ބަސްތަކުން އައިރާގެ ދެލޯ ތެންމަމުން ދިޔައެވެ. ނުރޯން މަސަައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެކަކުވެސް ރުއިން ހުއްޓުވަން މަސައްކަތް ނުކުރީ އައިރާއަށް ކުރެވެމުން އެދާ އިހްސާސް ރަނގަޅަށް ވިސްނޭތީއެވެ. ކައިވެނިކޮށް ނިމިގެން އާއިލާއާއި ގާތް ރަށްޓެހިންނާއެކު ފޮޓޯ ނެގުމަށްފަހު ކައިވެނި ޕާޓީ ފެށިގެން ދިޔައެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއި ކުރީގެ ކުޅުންތެރިން ބައިވެރިވަމުން ދިޔައެވެ.

ޔާޒްގެ އަތުގައި ހިފައިގެން އައިރާ އިން އިރު ދެޒުވާނުންވެސް ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. ކޮންމެ މެހެމާނަކުވެސް އެދެމީހުން ވަރަށް ގުޅުއޭ ބުނެލައެވެ. އެއިން ކޮންމެ ފަހަރަކު ލަދުން އައިރާ އިސްޖަހާލައެވެ. ޔާޒްވެސް ރަކި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައެވެ.

ޔޫސުފްގެ ލޯ އެންމެ ހިނދު ކޮޅަކަށްވެސް އެހެން ދިމާއަކަށް ނުުދެއެވެ. ޕާޓީ ފެށުނީންސުރެ ޑޭވިޑްލުކާގެ އިތުރަށް އަރަބި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ މިރާން ނަވާރް ފަހަތުން ނުނައްޓައެވެ. ހީވަނީ ދުވަސްވީ އެކުވެރިންހެންނެވެ. އެމީހުންނާ އެއްކޮށް ހީހީފައި ނަވާރްވެސް އުޅެމުން ދިޔައެވެ. “އޭއޭ. ކަލޭ ތިތަށްޓަށް ކޮންހާ ވަރެއް ތިކުރަނީ؟” ޔޫސުފް އަތުގައި އިން ބިއްލޫރި ތަށީގައި ހިފައި ބާރުކުރަން ހެދުމުން އަލްޔަސް އެހިއެވެ. އަލްޔަސް މޫނު މަތިން ލާނެއް ކަން ފެންނަން ހުއްޓެވެ. ޔޫސުފްއަށް އެވާ ގޮތްތަކަކީ ނަވާރް އަނެއް ދެ ޒުވާނުންނާއެއްކޮށް ފެނުމުން ވާ ގޮތެއްކަން އެނގޭތީ އަލްޔަސް ދިމާކޮށްލީއެވެ. ޔޫސުފް އެކައްޗެކޭވެސް ނުބުނެ މޫނަށް ވައްތަރެއް ޖައްސާފައި ދުރަށް ދިޔައެވެ. އަލްޔަސް ގާތަށް ހިނިއައީ ޔޫސުފް ނުރުހިފައި ދިޔަ ގޮތުންނެވެ.

އައިރާގެ މޫނު މަތީގައިވި ހިނިތުންވުން އެންމެ ހިނދުކޮޅަކަށް ވެސް ފަނޑުނުވެއެވެ. ޔާޒް އަތުގައި ހިފަހައްޓައިގެން އެދެމީހުންނަށް ޚާއްސަ ކުރެވިފައި ހުރި ތަނުގައި ތިއްބެވެ. ކޮންމެ މެހެމާނަކުވެސް ދެމީހުންނަށް މަރުހަބާ ކިޔައިފައި ތައުރީފު ކުރެއެވެ. ޔާޒްގެ ހިތް ނުތަނަވަސް ވަމުން ދިޔަ ނަމަވެސް އޭނާވެސް ހުރީ ހިނިތުންވެލައިގެންނެވެ. ނަމަވެސް އޭނާއަށް އަންނަ މެހެމާނުންނަށް ސަމާލުކަމެއް ނުދެވެއެވެ.

ޔާޒްގެ އަތަށް ބާރުވާން ފެށުމުން ނުތަނަވަސް ވެފައި އައިރާއަށް ޔާޒް ބަލާލިއެވެ. އާންމުކޮށް އެގޮތަށް އައިރާ އޭނާގެ އަތުގައި ހިފަނީ ބިރުގަތުމުންނެވެ. އައިރާގެ މޫނު މަތީގައިވި ހިނިތުުންވުން ފިލާ އެއް ދިމާއަކަށް ވަނީ ނަޒަރު ހުއްޓިފައެވެ. ޔާޒްވެސް އޭނާގެ ނަޒަރު އެދިމާއަށް ބަދަލުކޮށްލިއެވެ. ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އެދިމާއަށް އަންނަމުން ދިޔައީ ޝާރިމް ނޫން ދެވަނަ މީހެއް ނޫނެވެ. ޝާރިމް ފެނުމާއެކު ޔާޒްގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. އެއާއެކު ޝާރިމްގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.
އައިރާގެ ހިތް މޭ ފަޅައިފައި ނުކުމެދާނެހެން ހީވިއެވެ. އެއްވެސް ގޮތަކަށް ޝާރިމްއާއި ކުރިމަތިލާން ޖެހިދާނެއެކޭ އޭނާ ހިތަކަށް ނާރައެވެ. ހަގީގަތަށް ބުނަނީނަމަ ޝާރިމް މަތިން ހަނދާނެއްވެސް ނެތެވެ. ޝާރިމް އެދިމާއަށް އަންނަން ފެށުމުން ޔާޒް މޭތެރޭގައި އައިރާ އޭނާގެ މޫނު ފޮރުވާލާފައި ރޯންފެށިއެވެ. “ޔާޒް ސޭވް މީ!”

ޔާޒް އައިރާ އަތުގައި ހިފައި ތަޅުވައިގަތުމުން އައިރާ ބިރުން ހުރެ މޫނުނެގިއެވެ. ޔާޒްގެ މޫނު މަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. “އައިރާ ކިހިނެއްވީ؟” އައިރާ ވައި އަޑުން ކަހަލަ ގޮތަކަށް ޝާރިމްއޭ ބުނެލިއެވެ. ޔާޒް ވަށައިގެން ނަޒަރު ހިންގާލީ އެތަނުން އެއްޗެއް ހޯދަން އުޅޭ ފަދައަކުންނެވެ. އައިރާވެސް ލޯފުހެލާފައި ބަލާލިއެވެ. ގިނަބައެއްގެ ނަޒަރު ވަނީ އޭނާއަށް ހުއްޓިފައެވެ. މަންމައާއި ބައްޕަވެސް ކަންބޮޑުވެފައި އޭނާއަށް ބަލަން ތިއްބެވެ. ޝާރިމްގެ ހިޔަނިވެސް އެތަނުން ފެންނާކަށް ނެތެވެ. “އައިރާ ޝާރިމް އެެއް ނެތް މިތާކު. އޭނައަކަށް ނުވެސް އާދެވޭނެ. އަޔަސް އަހަރެން މިހުރީނު!” އައިރާ އަތުގައި ޔާޒް ހިފާލިއެވެ. ގަދަކަމުން ހިނިތުންވެލަމުން އައިރާ ބޯޖަހާލިއެވެ. ހޭލާ ހުއްޓާ އޭނާއަށް ހުވަފެނެއް ފެނުނީއެވެ. ހިތުގެ ކަނަކުން ޝާރިމްގެ އުނދަގޫ ޖެހެން އުޅެނީކަން ބުނަމުން ދިޔައެވެ.

މެހެމާނުން ދިއުމާއެކު ގާތް މީހުންނާއެކީ ކައިވެނި ކުރި ޖޯޑު ފޮޓޯނެގިއެވެ. ޔާޒްެއާއި އައިރާ އެކަނިވެސް ފޮޓޯ ނެގިއެވެ. ފޮޓޯ ނަގައިދިނީ އަލްޔަސްއެވެ. ކުޅުމުގެ އިތުރަށް ފޮޓޯ ނެގުމުގެ ހުނަރަކީވެސް ކުޑައިރުއްސުރެ އަލްޔަސް ގައިގައި ހުރި ހުނަރެކެވެ.

ޔާޒްއާއި އައިރާއަށް ޚާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ދެމީހުންނަށް ދެވުނު އިރު އެކެއް ޖަހައިފިއެވެ. ކޮޓަރި ވަނީ އެރެއަށް ޓަކައި އެންމެ ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. އުއްބައްތިއާއި ފިނިފެންމަލުގެ ފިޔައިންނެވެ. ކޮޓަރިއަށް ވަދެފައި އިސްއުފުލާ ބަލާލާކަށް ވެސް އައިރާއަކަށް ނުކެރުނެވެ. ލަދުވެތިކަމުގެ ފަރުދާއިން އޭނާ ވަނީ ނިވާފެއެވެ.
އިސްޖަހައިގެން އިނުމުގެ ސަބަބުން ޔާޒްގެ މޫނު މަތީގައިވި ކުލަވަރު އައިރާއަށް ސިއްރުވިއެވެ. ޔާޒް ހީވަނީ ބޮޑު ކުށެއް ކޮށް އެކަން ފޮރުވައިގެން ހުރިހެންނެވެ. އައިރާއާއި ކައިވެނި ކުރެވުން އެއީ ބޮޑު ކުށެއް ކަމުގައި ޔާޒްއަށް އިހްސާސްވަމުން ދިޔައެވެ.

ކައިވެނި ހެދުން ބަދަލުކޮށްގެން ދެޒުވާނުންވެސް ގޮނޑު ދޮށަށް ދިޔައެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ސާފު ހުދު ދޮންވެލިގަނޑު މަތީ ހިނގަމުން ދެޒުވާނުން ހިމޭންކަމާއެކު ހިނގަމުން ދިޔައެވެ. އައިރާ ލަދުން އިން އިރު ޔާޒް ހުރީ ވިސްނުމެއްގައެވެ. “ޔާޒް ޔޫސުފްތަ އެހެރީ؟” ތަންކޮޅެއް ދުރުގައި ވެލިގަނޑު މަތީ އިށީންދެލައިގެން ޔޫސުފް އިނެވެ. ޔޫސުފް ހުރި ގޮތުން ހީވަނީ ބޮޑު ހިތާމައެއް ކުރާހެންނެވެ.
“ބްރޯ އާ ޔޫ އޯކޭ؟” ޔޫސުފް ސިހިގެން ދިޔައީ ފަހަތުން ޔާޒްގެ އަޑުއިވުމުންނެވެ. ޔާޒްއާއެކު އައިރާވެސް އިނެވެ. ދެމީހުންވެސް ތިބީ އޭނާއާއި މެދު ކަންބޮޑުވެފައިކަން މޫނު މަތިން އިނގެއެވެ. ޔޫސުފް އެދެމީހުންނަށް ހިނިތުންވެލައިފައި އޭނާ ރަނގަޅުކަމަށް ބުންޏެވެ. “ދެމީހުން ބޭރަށް ނިކުމެ ތިއުޅެނިއްޔޯ؟” ޔޫސުފް އެދެމީހުންނާ ދިމާ ކުރުމާއެކު އައިރާ ލަދުން އިސްޖަހައިލިއެވެ.
ޔާޒްއާއި އައިރާއާއި އިރުކޮޅަކު ވާހަކަ ދައްކާލަން އިނދެފައި ޔޫސުފް ދިޔުމުން އެދެމީހުން އެކަނިވިއެވެ. އެއާއެކު އަނެއްކާވެސް ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. އައިރާ އޭނާގެ އިނގިލިތަކާ ކުޅެލަ ކުޅެލާ އިނެވެ.
އައިރާގެ މޫނަށް ބަލަން އިން ޔާޒްގެ ހިތަށް އެނގުންވަމުން ދިޔައެވެ. އެހިތުގައި އައިރާއަށްޓަކައި އިހްސާސްތަަކެއް އުތުރެން ފެށިއެވެ. އިޚްތިޔާރަކާއި ނުލައި، ދަގަށްފާނަށް ދަމާހެން ޔާޒް އައިރާއާއި ދިމާއަށް ދަމަން ފެށިއެވެ. އައިރާގެ ދަތް ދޮޅީގައި ހިފައި އެމޫނު އުފުލާލިއެވެ. ޔާޒް އަތުގެ ބީހުން އިހްސާސް ކުރެވުމާއެކު އައިރާ ގައިގައި ކަރަންޓު ޝޮކެއް ދައުރުކޮށްލިއެވެ. ޔާޒްގެ ތޫނު ނަޒަރުން އޭނާގެ ހިތްގެނބިގެން ދާން އުޅޭހެން ހީވިއެވެ. ޔާޒް މަޑު މަޑުން އޭނާގެ މޫނު އައިރާގެ މޫނައި ކައިރިކުރިއެވެ. ޔާޒްގެ ހޫނު ނޭވައި އޭނާގެ މޫނަށް އެޅުމާއެކު އައިރާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.
*******
އެއް މަސް ފަސް…..
ރިސޯޓްގައި އެއް ހަފްތާ މަޑުކޮށްފައި އައިރާއާއި ޔާޒް ދިޔައީ ދުބާއީއަށެވެ.ދުބާއީގައި އުޅެފައި އެނބުރި ރާއްޖެ އައީ ވިއްސަކަށް ދުވަސް އެކޮޅުގައި އުޅެފައެވެ. މާލެ އައިސް އައިރާ ޔާޒްއާއެކު ބަދާލުވީ ޔާޒް މެންގެއަށެވެ. ކައިވެނީގެ ހަދިޔާއަކަށް މާއިޒްއާއި ނަވްޔާގެ ފަރާތުން ގޭގެ އެންމެ މަތީ ފްލޯއިން އެދެމީހުންނަށް އެޕާޓްމެންޓެއް ދިނެވެ.

“އައި އޭމް ސޯ ހެޕީ. ދެން ނުޖެހޭނެ އައިރާ ހޯދަން ދުރަށް ދާކަށް. ކަމެއް ބޭނުންވީމަ ލިފްޓަށް އަރާއިގެން މި ބަޔަށް އަންނަމްވީ!” ގޭތެރެ ހަމައަކަށް އަޅުވަން އައިރާއަާއި ޔާޒްއަށް އެހީތެރިވެދޭން އަލައިކާ އަދި ޔޫސުފްވެސް އައިސް އުޅުނެވެ. ޔޫސުފްއާއި ޔާޒް ސިޓިންރޫމްއާއި ކާގޭގައި ކަބަޑުހަރުކުރަން އުޅުނެވެ. އަލައިކާއާއި އައިރާ ތިބީ ކޮޓަރީގައި ހުރި އަލަމާރިއަށް އަންނައުނުތައް އަޅާށެވެ. “އެކަމު ދުވަސް ކޮޅަކުން އަލްކޮ ދާނެއްނު. ކިހިނެއް މެރީކުރުމުގެ ކަންތައް އޮތީ؟” އަލްޔަސް ވަނީ އޭނާގެ އާއިލާއަށް އަލައިކާ ތައާރަފު ކޮށްދީފައެވެ. ފުރަތަމަ ދުވަހުވެސް ޝިއުރާގެ އެތައް ތައުރީފެއް އަލައިކާއަށް ލިބުނެވެ. އެއާއިލާގައި ދެން ތިބި މެންބަރުންނަށްވެސް އަލައިކާ ވަރަށް ކަމުދިޔައެވެ. އަކްމަލްއާއި އިޝްމާވެސް ވަނީ އަލްޔަސްގެ މައިންބަފައިންނާ ބައްދަލުކޮށްފައެވެ. ފުޓުބޯޅަ ސީޒަން ނިމުމާއެކު އަލްޔަސްއާއި އަލައިކާގެ ކައިވެނި ކުރަން ވަނީ ހަމަޖެހިފައެވެ.

ޔޫސުފްއާއި ޔާޒް އަވަދިނެތި މަސައްކަތް ކުރަމުން ދިޔައެވެ. ޔާޒް ފަރިތަކަމާއެކު ކަބަޑު ސެޓު ރާވަމުން ދިޔައެވެ. ޔޫސުފްވެސް ޔާޒްއަށް އަތްގާތްކޮށްދެމުން ދިޔައެވެ. ޔޫސުފްގެ މިޒާޖުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެ ބަދަލު ގުޅިފައިވަނީ ނަވާރްއާއެވެ. ޔޫސުފްއަށް ކެއްނުވެގެން ނަވާރްއަށް ލޯބި ހުށަހެޅީއެވެ. ދެވަނަ ވިސްނުމަކަށްވެސް ނުގޮސް ނަވާރް ނޫނެކޭ ބުންޏެވެ. ޔޫސުފް އާދޭސް ކުރުމުންވެސް ނަވާރް ދިނީ ބީރުކަންފަތެކެވެ. ނަވާރް ފެންނަ ކޮންމެ ފަހަރަކު ޔޫސުފް ހިތުގައި ޖެހެއެވެ. ނަވާރްގެ ނަޒަރުގައި އޭނައަކީ އަދިވެސް ‘ޕްލޭ ބޯއި’އެކެވެ. ލޯބިވާކަށް އޭނާ ނުދަނެއެވެ. އެކަމާ އަމިއްލަ ނަފްސު އިންތިހާއަށް ކުށްވެރި ކުރެވެއެވެ. ޔާޒް އޭނާ މަޑުއިނުމުން ކިހިނެއްވީތޯ އެހުމުން ޔޫސުފް މައުޟޫ ބަދަލުކުރަން ކައިވެނީގެ ކުރިން ޔާޒް އޭނާގާތު ދެއްކި ވާހަކަތަކާ ބެހޭގޮތުން ސުވާލު ކުރިއެވެ. “ވަރަށް ގިލްޓީވި. އައިރާގެ ހިތް ހަލާކުކުރަން ބޭނުން ނުވާތީ މެރީ ކުރީ. އަސްލު ހިއެއް އެރޭގަ ހިއެއް ނުކުރަން އައިރާ އާބަސް ބުނާނެކަމަށް.” ފެންފޮދެއް ބޯން ބަދިގެއަށް ވަތް އައިރާއަށް ހީވީ އޭނާގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅިހެންނެވެ. އިސާހިތަކު ދެލޯ ކަރުނައިން ފުރުނެވެ. ބިއްލޫރިކޮޅެއް ފަދައިން ހިތް ކުދިކުދިވެ ބުރައިގެން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. އެއަޑު އިވުމުގެ ކުރިން ބީރުވީ ނަމައޭވެސް ހިތަށް އެރިއެވެ. މޭގައި އަތް އަޅައިގެން އައިރާއަށް ފަހަތަށް ޖެހެވުނެވެ. ފަހަތުގައި ހުރި ލަކުޑިގަނޑުގައި ޖެހިފައި އޭތި ބިންމައްޗަށް ވެއްޓުނެވެ.
ބާރު އަޑުފަށް ގަނޑެއް އިވުމާއެކު ޔާޒްއާއި ޔޫސުފްއަށް ފަހަތް ބަލާލެވުނެވެ. މޭގައި އަތް އަޅައިގެން އިން އައިރާ ފެނި ދެއްކި ވާހަކަ އަޑުއިވުނީކަން ޔާޒްއަށް އެނގުނެވެ. “ޑޭމް އިޓް” އަމިއްލަ ނަފްސަަށް އަޑު އިވޭވަރަށް ޔާޒް ބުނެލިއެވެ. ޔާޒް އައިރާއާއި ދިމާއަށް ދާން އުޅުމާއެކު އަތުގެ އިޝާރާތުން ނައުމަށް އައިރާ ބުންޏެވެ. ފަހަތުގައި ހުރި އަލައިކާވެސް ހުރީ އިވުނު އަޑު ޤަބޫލު ނުކުރެވިފައެވެ.
“ޑޯންޓް.” ޔާޒް ވާހަކަ ދައްކަން އުޅޭހެން ހީވުމާއެކު އައިރާ ހަޅޭއްލަވައިގަތެވެ. ފަހަތަށް ޖެހެމުން ޖެހެމުން ދުވެފައި ގޮސް އައިރާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
ހުރި ފިޔަވަޅުމަތީ ހުރި ގޮތަށް ޔާޒް ހުއްޓެވެ. އައިރާ ހުރި ހާލު ފެނި އެހިތަށް ތަދުވިއެވެ. އޭނާގެ އަނގައިން އެބަސްތައް ބޭރު ނުކުރެވުނު ނަމައޭ ހިތަށް އެރިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހީވޭ ހިތް ބުނާހެން 6

Next

މިނަން ތިހިތުން ފިލުވާލަނީހޭ…12

Next
February 10, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…12

Previews
February 9, 2020

ހީވޭ ހިތް ބުނާހެން 6

12 Comments!

  1. Kiyara says:
    February 10, 2020 at 1:54 pm

    Salam. Here is a the 33rd episode of rastha2 after a long time. Once again i am sry fr the delay. From this week i will try to upload one episode every Friday and Saturday. I can’t promise that its gonna be long but i can promise that every episode will bot be shorter than 1000 words. Pls leave a comment if u loved this episode.

  2. Kairaa says:
    February 10, 2020 at 2:16 pm

    Me first thr…varah varah reethi mi part vx…whn nxt…waiting…ly kiyaa

    1. Kiyara says:
      February 10, 2020 at 3:12 pm

      Yweah dear ure first. Hopefully Friday ga In Sha Allah.♥️

  3. Unknown says:
    February 10, 2020 at 3:02 pm

    Yh I loved it so much nd vvv reethi mi part vxx whn next part….!??

    1. Kiyara says:
      February 10, 2020 at 3:13 pm

      Thanks dear Hopefully Friday ga In Sha Allah.♥️

  4. Yaayaa says:
    February 10, 2020 at 5:04 pm

    Kiyaaraaaa.. missed this storyy.. ekam ehaa dhuvas kohfa kiyaalan libun irus varaaah reethi ingey. N thanks dhigu koh genesdhinyma.. plx plx dhen avahah up kurahchey.. i looove ur storieees

    1. Kiyara says:
      February 11, 2020 at 4:41 pm

      Thankss dear♥️

  5. Anonymous says:
    February 10, 2020 at 5:37 pm

    Konme faharaku Lahun upload kohfa sorry bunakass nuvaane dhow. Story Varah reethi ekamaku Lahun genessdheythi kiyaahiyy nuve. story adhi writer mathin vess foohi vanee. please don’t repeat the same mistakes!!! Hope next part will be upload soon and it will be nice

    1. Kiyara says:
      February 11, 2020 at 4:43 pm

      Thanks dear.thibuby thedheh kan alhugandu ves gabool kuran. Ekam life ge kanthah huhnna gothun time ah up nukureveny. Vyhaaves avahah upload kureveytho varah masakkai kuran.

  6. Gurlll says:
    February 10, 2020 at 6:00 pm

    Bala ekudhin vx ulheny haadha bxy koshey ??

  7. Yanaa says:
    February 11, 2020 at 3:31 pm

    Varah varah varah reethi ?❤?maa sha Allah??❤?

    1. Kiyara says:
      February 11, 2020 at 4:43 pm

      Thanks dear♥️

Comments are closed.

Next Episodeރާސްތާ2 (34)←


All Right Reserved!