އެއް ހަފްތާ ފަހުން އޮންނަ ކައިވެންނަށް އެންމެންވެސް ފުރިހަމައަށް ތައްޔާރުވަމުން ގެންދިޔައެވެ. ބޭރުގައުމުތަކުގައި އުޅޭ އަހުސަމް އަދި މާއިޒްގެ އެކުވެރި ކުޅުންތެރިން ރާއްޖެ އަންނަމުން ދިޔައެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން އެކައިވެންނަށް އަންނަމުން ދިޔައެވެ. އައިރާއާއި ޔާޒްގެ ކައިވެނީގެ ޚަބަރު ނޫހުގައި އަލައިކާ ލިޔުނެވެ. އަހުސަމް އަދި މާއިޒްގެ ސަޕޯޓަރުން އެ ލިޔުން މުޅި ސޯޝަލް މީޑިއާގައި ޝެއާރކޮށް އެދެކުދިންނަށް މަރުހަބާކިއެވެ. ސޯޝަލް މީޑިއާއިން ފެނުނު ޚަބަރަކުން ޝާރިމްގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އައިރާ އެފަދަ […]
އަލްޔަސްއަށް ވިސްނެމުން ދިޔައީ އޭނާގެ ގުޅުން އަކްމަލްއަށް އިނގުމުން އަކްމަލް ކަންތައް ކުރާނެ ގޮތަކާމެދުގައެވެ. އަލައިކާ އެވާހަކަ މަންމަމެންނާ ހިއްސާކޮށްފައި ގުޅާނަން ކަމުގައި ބުންޏެވެ. ނަމަވެސް ބާރަ ޖެހިއިރުވެސް އަލައިކާގެ ޚަބަރެއް ނުވިއެވެ. ވަރުބަލިވެފައި ހުރުމުން އަލްޔަސްއަށް ވެސް ލަސްތަކެއް ނުވެ ނިދުނީއެވެ. ޕްރެކްޓިސްއަށް ދާން ތައްޔާރުވި އަލްޔަސްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަކްމަލްއާއި ކުރިމަތި ލާނެ ގޮތެއް އޭނާއަކަށް ނޭންގެއެވެ. ރޭގައި އަދި ފަތިހުވެސް އަލައިކާގެ ޚަބަރެއް ނުވުމުން ނުތަނަވަސްކަން އިތުރުވިއެވެ. އޭނާ ދެފަހަރު […]
އަލައިކާ އަލްޔަސް ގާތަށް ދާ މަންޒަރު ބަލަން ހެވިފައި އިނދެ ނަވާރް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. މީހެއް ގައިގައި ޖެހުނުކަން އިހްސާސްވުމާއެކު ނަވާރް ފަހަތަށް އެނބުރި މާފަށް އެދެން އަވަސްވެ ގަތެވެ. ނަމަވެސް ކުރިމަތިން ފެނުނު ސޫރައިން ދެލޯ ބޮޑުވެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އޭނާ ކުރިމަތީ މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްގެން އެހުރީ ރަށުގައި އުޅުނުއިރުވެސް އެމީހެއްގެ ފަރާތުން އެތައް އުނދަގޫތަކާއި ކުރިމަތިވި ޒުނާމްއެވެ. ޒުނާމްގެ މޫނުމަތީގައިވި މަކަރުވެރި ހިނިތުންވުން ފެނި މުޅި ކުއްޖާ ބިރުން ރޫރޫ […]
“ހެލޯ އަލް. ބޭނުން މީޓްކޮށްލަން. މާދަން ރޭ އެއިޓްއަށް ރަސްފަންނަށް. އިންތިޒާރުކުރާނަން އަލް އަންނާނެ ކަމަށް އުއްމީދު ކުރަން!” އަލައިކާގެ ބުނާނެ އެއްޗަކަށް ބެލުމެއް ނެތި އަލްޔަސް ބުނާނެ އެއްޗެއް ބުނެފައި ފޯނު ކަނޑާލިއެވެ. އަލައިކާގެ އަޑު އަހާލަން ކިތަންމެ ބޭނުންވި ނަމަވެސް އަލައިކާ ބުނާ އެއްޗަކުން ހިތަށް ތަދުވެދާނެތީ އަލްޔަސް ފޯނު ކަނޑާލީއެވެ. އަލްޔަސް ފޯނު ކަނޑާލުމުންވެސް ކަންފަތުގައި ފޯނު ޖައްސައިގެން އަލައިކާއަށް ހުރެވުނެވެ. އަލްޔަސްގެ އަޑު އިވުމުންވެސް އެ ހިތަށް ހަމަޖެމެއް ލިބުނެވެ. ފުން […]
ދިހަ ވަރަކަށް މިނެޓަށް ފަހު އައިރާ އައުމުން ޔާޒް އެދުނީ އޭނާއާ އެއްކޮށް ބޭރަށް ދިޔުމަށެވެ. އިސްރާ ގާތުން ހުއްދަ ހޯދާފައި ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން އައިރާ ޔާޒްއާއީ އެކީ ބޭރަށް ދިޔައެވެ. ޔާޒް ގޮސް ކާރު މަޑުކޮށްލީ ބްރިޖްވިއުގައެވެ. އެތާ ހުރި ފިހާރައަކުން ދެ އައިސްކްރީމް ތަށި ގަނެގެން ދެކުދިން ގޮސް އިށީނެވެ. ހެނދުނު ގަޑި ނަމަވެސް އުޑުމަތީގައިވި ކަޅު ވިލާތަކުން ދުނިޔެމަތި ވަނީ ބަނަވެފައެވެ. ދެންމެ ދެންމެ އޮއްސައި ގަނެފާނެހެންވެސް ހީވިއެވެ. ވައިބާރު ވުމާއެކު […]
އަކްމަލްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްފައި ދާން ވެއްޖެކަމަށް ބުނެފައި އަލައިކާވެސް ދިޔައެވެ. އަކްމަލް ވެސް ދެފަރާތަށް ބޯ ހޫރުވާލާފައި ކުޅުންތެރިން ތިބި ތަނަށް ދާން މިސްރާބު ޖެހިއެވެ. **** އިވާން އެނބުރި މާލެ އައި ފަހުން އިސްރާއަށް ވިސްނެނީ ހުސް އިވާންއާއި މެދުގައެވެ. އިވާންގެ ދަރިފުޅަށް އޭނާގެ ނަން ދިން ކަން އެނގުނު ހިސާބުން މުޅި މިހާ އެކީ ނުތަނަވަސް ވާން ފެށިއެވެ. ވިޔަފާރި ކަމެއްގައި އަހުސަމް ވެސް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުން އޭނާ ހިތުތެރޭގައި […]
މާނީ ލޮލުގެ އިޝާރާތުން އާރާޝްއަށް އިޝާރަތް ކުރުމުން އާރާޝް އިވާންއަށް ގޮވާލިއެވެ. “އިވާންގެ ދަރިފުޅު ކޮބާ؟” އާރާޝްގެ ސުވާލުން އިވާން ސިއްސައިގެން ދިޔައެވެ. އެމީހުންނަށް އޭނާގެ ދަރިއެއް ހުންނަކަމެއް ނޭންގޭނެއެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އާރާޝް އަދި މާނީއަށް ބަލާލުމަށްފަހު އިވާން އިސްޖަހައިލިއެވެ. “މަރުވެއްޖެ” ހިތުގައި ވޭން އަޅަމުން ދިޔަ ނަމަވެސް ލޯބިވާ ދަރިފުޅު ނުރައްކަލުން ސަލާމަތް ކުރުމުގެ ނިޔަތުގައި އިވާން ބުންޏެވެ. ނަވާރްގެ ހިތް ހީވީ ޗިސްޗިސްވެގެން ދިޔަހެންނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި […]
އިވާން ފެނޭތޯ އަހުސަމްއާއީ އާރާޝް މުޅި މާލޭގައި ދުއްވިއެވެ. ނަމަވެސް އިވާންގެ ހިލަން ވެސް ނުވިއެވެ. ދެމީހުންވެސް ދުއްވަ ދުއްވައިފައި ރޭގަނޑު އެގާރަ ޖެހުމުން ގެއަށް ދިޔައެވެ. ދީނާ އައުމުން ނަވާރް ދީނާއަށް ހުރިހާ އެއްޗެެއް ކިޔައިދިނެވެ. ނަވާރްގެ ބައްޕަ ފެނުމުން އެކުވެރިޔާއަށް ޓަކައި ދީނާ އުފާވިއެވެ. ނަވާރް ރުއިމުން އެކުއްޖާ ހަމައަކަށް އެޅުވުނީ ދީނާއަށެވެ. މާނީގެ ފަރާތުން ނަވާރްއަށް އަސްލު ވީ ކިހިނެއްކަން ޔޫސުފްއަށް އެނގުނެވެ. އޭނާ ބޭނުންވީ ވަގުތުން ވަގުތަށް އިވާން ހޯދާށެވެ. އިސްރާ […]
ވޮލެޓް ކުޑަކޮށް ހާވާލިތަނުން ނަވާރްއަށް އައިޑީކާޑް ފެނުނެވެ. އޭތި ނަގައިފައި އޭގައި އޮތް ނަން ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. *** ނަވާރް ދެތިން ފަހަރު އޭގައި އިން ނަން ކިޔާލިއެވެ. އޭނާގެ ދެލޯ ފެންކަޅިވާން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނެވެ. ނަމަވެސް އޭގެ ދެވަަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައީ އެއް ނަން ކިޔާ ބައިވަރު މީހުން އުޅޭކަން ހަނދާންވުމުންނެވެ. ފަހަރުގައި މިއީ ވެސް އިވާން ކިޔާ އެހެން […]