Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (38)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 18, 2020 7 Mins Read
7 Comments

ފުޓުބޯޅަ ޓްރާންސްފާގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމުގައިވާ ލިވަޕޫލުން ޔޫސުފް އަދި އަލްޔަސްއަށް ހުށަހެޅުމެއް ލިބުނެވެ. އެކުލަބުން ކިތަންމެ ބޮޑު އަގެއް ދީފައި ނަމަވެސް ޔޫސުފް އަދި އަލްޔަސް ގަންނަން ތިބީ ތައްޔާރަށެވެ. މުސާރައިގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކަށް ހަފްތާއަކު ދެމިލިއަން ޕައުންޑް ދޭން ހުށަހެޅިއެވެ.
އާއިލާ މީހުންނާ ވާހަކަ ދައްކާފައި ޔޫސުފް އެ ހުށަހެޅުން ޤަބޫލުކުރިއެވެ. މުޅި ދުނިޔޭގެ ކުޅިވަރު ޚަބަރުތަކުގައި އޮތީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އާރާޝްގެ ދަރިފުޅު ޔޫސުފް ބޮޑު އަގުގައި ލިވަޕޫލަށް ބަދަލުވި ވާހަކައެވެ. ލިވަޕޫލްގެ ކޯޗިން ސްޓާފާއި ސަޕޯޓަރުންގެ ފަރާތުން ޔޫސުފްއަށް ތަޢުރީފުގެ އެތައް ބަސްތަކެއް ލިބިގެން ދިޔައެވެ. ފުރަތަމަ ދުވަހުވެސް އޭނާގެ އޮޓޯގްރާފް ހޯދަން އެތައް ސަޕޯޓަރުންތަކެއް ދަނޑަށް ޖަމާވެފައި ތިއްބެވެ. ލޮވަޕޫލްގެ ކުޅުންތެރިންވެސް އޭނާއަށްކީ ހޫނު މަރުހަބާއެކެވެ.
އަލްޔަސް ލިވަޕޫލަށް ބަދަލު ނުވެ މަޑުކުރީ ރާއްޖޭގައި އަދި އެއް ސީޒަން ކުޅެންށެވެ. ޓީމުގައި ހުރި އެންމެ ގާތް އެކުވެރިޔާ ދިއުމުން ދެރަވިއެވެ. އެހެންނަމަވެސް އެކުވެރިޔާއަށް ލިބުނު އުފަލުގައި އޭނާވެސް ބައިވެރިވިއެވެ.

ޔޫސުފް ދިއުމާއެކު ނަވާރްގެ ހިތަށް ބަޔާން ކުރަން ދަތި ހިތްދަތި ކަމެއް ލިބުނެވެ. އަވަސް މުސްތަޤްބަލެއްގައިވެސް ޔޫސުފް ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ޔޫސުފް ފެނިލުމުންވެސް އެހިތަށް ހަމަޖެހުން ލިބެއެވެ. ޔޫސުފްގެ އާއިލާއާއި އެކު ޔައިނާވެސް ދިޔަކަން އެނގުމުން އިތުރަށް މާޔޫސްވިއެވެ.

ޔަޒަން ގޮވައިގެން އެނބުރި ފްރާންސަށް ދިއުމުގެ ކުރިން އައިރާ ނަވްޔާމެން ގެެއަށް ދިޔައެވެ. ޔާޒްއާ އޮތް ގުޅުން ނެތް ކަމުގައި ވިއަސް ނަވްޔާއާއި އައިރާގެ ގުޅުން ރަނގަޅެވެ. އެކޮޅުގައި އުޅުނު އިރުވެސް އައިރާ ކޮންމެ ދުވަހަކުވެސް ނަވްޔާއަށް ގުޅައިގެން ހާލު ބަލައެވެ. ޔަޒަން ފެނުމުން ޒާޔާވެސް ހީވީ އެހެންފަދަ ކަމެއް ވެގެން އުޅުނުހެންނެވެ. އެކުއްޖާ ފުޅު އަތުން ދޫވެސް ނުކުރެއެވެ. ނަވްޔާ ގުޅާފައި އައިރާއާއި ޔަޒަން ތިބި ވާހަކަ ބުނުމުން އިޝްމާއާއި އަކްމަލްވެސް އެބަޔަށް އައެވެ. ނަވްޔާ ޔާޒްއަށް ނުގުޅީ އައިރާ ހިތްހަމަ ނުޖެހިދާނެތީއެވެ.

ޔޫސުފް ލިވުޕޫލަށް ބަދަލުވެފައި އަލައިކާ މީހަކާ އިނުމުން ޔާޒްއާ އެކުގައި އުޅޭނެ އެކަކުވެސް ނެތުމުން އޭނާ ހުރީ ފޫހިވެފައެވެ. އަލައިކާ އިން ފަހުންވެސް ޔޫސުފް ހުރިއިރު ހަވީރުގަޑީ މެޗެއް ނެތިއްޔާ އޭނާ އައިސް އުޅޭނީ ޔާޒްއާ އެއްކޮށެވެ. ޔާޒް ފޫހިވެގެން ޒާޔާއަށް އުނދަގޫ ކުރަންވެއްޖޭ ހިތައި މަންމަމެން ބަޔަށް ދިޔައެވެ.
ގޭތެރެއަށް ވަން ޔާޒްއަށް ސޯފާގައި އިން އައިރީން ފެނި ހުއްޓެވުނެވެ. ހީވީ ދެފައިގައި ތެރަސްލައިފައި ތަތްކުރިހެންނެވެ. އައިރީންގެ ފުރިހަމަ ހިނިތުންވުމުގައި ހުރިއިރު އައިރާގެ ރީތިކަން ދެގުނައެވެ. ޔަޒަން އުރައިގެން އައިރާއާއި ޖެހިގެން ޒާޔާ އިނެވެ. އިޝްމާއާއި އަކްމަލް އަދި ނަވްޔާ ތިބީ ކޮންމެސް އޮލަ ވާހަކައެއްގައެވެ.
ޒާޔާ އުނގުގައި އިން ޔަޒަން ، ޔާޒް ފެނުމާއެކު ލޯބިކޮށް ހީލާފައި ދެފަޔާއި ދެއަތް ތަޅުވައިފައި އަނގައިން އަޑެއް ލައްވާލިއެވެ. އެއާއެކު އެންމެ ދޮރާ ދިމާއަށް ބަލާލިއެވެ.
އައިރާ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ. ޔާޒް އޭނާއަށް ބަލާލުމުގެ ކުރިން އިސްޖަހައި އެ މޫނު ފޮރުވާލިއެވެ.
ދުވެލާފައި ގޮސް ޔަޒަން އުރާހިތްވެފައި ހުރިނަމަވެސް އައިރާ އިނުމުން އެކުއްޖާގައި އިނގިލި ކުރިވެސް ޖައްސާލާކަށް ޔާޒްއަކަށް ނުކެރުނެވެ. އޭނާއާ ދިމާއަށް ބަލާފައި ޔަޒަން ކަރުގެ ބުޑުން އަޑު ނެރެމުން ދިޔައެވެ. އޭނާއާ ދިމާއަށް އަތްދިއްކޮށްފައި ތެޅޭ ވަރުން އެކުއްޖާ ހިފަހައްޓަން ޒާޔާއަށްވެސް އުނދަގޫވިއެވެ. “ދޮންބެދައްތާ ކޮއްކޮ މިއޮށް ވެއްޓެނީ!” އައިރާ އަވަހަށް ޔަޒަން ގައިގައި ހިފެހެއްޓިއެވެ. ދެން އޭނާ ބަލާލީ ހުއްޓިގެން ހުރި ޔާޒްއާއި ދިމާއަށެވެ. ސޯފާއިން ތެދުވެ ޔަޒަން އުރާލައިގެން ގޮސް ޔާޒްއަށް ދިއްކޮށްލިއެވެ.
ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރެވުނެވެ. “ޑެޑީ ބޭނުމެއް ނޫނޯ ބަބްލްސް އުރާކަށް” ޔާޒް އެ ހުރި ގޮތަށް ހުރުމުން އައިރާ ބުނެލިއެވެ. “އެ ދޮގު މަންމިއަކަށް ނޭންގޭނެ” ހަމަހޭވެރިކަން ވުމާއެކު އައިރާއަށް ލޯ އަޅާލަމުން ޔާޒް އައިރާ އަތުން ޔަޒަން އަތުލިއެވެ. ޔާޒް އަތް ދިއްކޮށްލުމާއެކު ޔަޒަން އެ އަތުތެރެއަށް ވެއްޓިގަތީއެވެ.
އިޝްމާ އަކްމަލް އަދި ނަވްޔާ ހިނިތުންވެލިއެވެ. އައިރާ އަމިއްލައަށް ފެނިގެން ޔާޒް އަތަށް ޔަޒަން ދިނުމުންނެވެ.

ޔާޒް ޔަޒަން އުރައިލައިގެން ދިޔައީ މައްޗަށެވެ. ޔާޒް ފަހަތުން ދާން ބޭނުންވި ނަމަވެސް އައިރާއަށް ދާކަށެއް ނުކެރުނެވެ. “އައިރާ ދޭބަ ރަނގަޅުވާނެ” އައިރާ ދާ ހިތްެވެފައި އިން ކަން އިނގުމުން އައިރާ ގައިގައި ފިރުމާލާފަ ނަވްޔާ ބުންޏެވެ.

އައިރާ ދިޔައިރު ޔާޒް އިނީ ޔޫސުފްއަށް ވީޑިއޯ ކޯލް ކޮށްގެންނެވެ. އައިރާ ގޮސް ޔާޒް ފަހަތުގައި ހުއްޓިލުމާއެކު ޔޫސުފް ގޮވާލިއެވެ. “ހާއި. އަލޫކާގެ ޕާޓީން ފެނުނު ގޮތަށް ދައްކާވެސް ނުލައި. ހަމަ މަ އައިމަ ދޯ ބަބްލްސްވެސް ގެއަށް ގެންނަން އިނގުނީ!” ޔޫސުފް ޝަކުވާ ބޮނޑިއެއް އޮއްސާލިއެވެ. “ހޫމް އެހެންނު ވާނީ. ޔޫސީވެސް ބުނެވެސް ނުލައެއްނު ދިޔައީ. ޚަބަރުން ފެނިގެން އިނގުނީވެސް ދިޔަކަން” އައިރާއަށް ޔޫސުފް ލިވަޕޫލަށް ދިޔަކަން އެނގުނީ ޔޫސުފް ސޮއެ ކުރިދުވަހު ޓީވީން ދެއްކީމައެވެ. އޭގެ ކުރިން ނޭންގެއެވެ. އެކަކުވެސް އޭނާ ގާތު ނުބުނެއެވެ. “އެހެންތަ އާނ އޯކޭ. އޭ ބްރޯ މަ ދާން ވެއްޖެ ބާއި ބަބްލސް. ބާއި އައިރާ” ޔޫސުފް ވަދާއުގެ ސަލާންކޮށްފައި ފޯނު ބޭއްވިއެވެ.

އައިރާ ސިއްސައިގެން ދިޔައީ ޔާޒް އޭނާގެ އަތްތިލައިގައި ހިފާލުމުންނެވެ. ޔާޒްގެ އަސަރު ގަދަ ދެލޮލަށް ނަޒަރު ހިންގާލެވުމާއެކު އައިރާ ހިތުގެ ހިނގުން ހުއްޓުނުހެން ހީވިއެވެ. ޔާޒްގެ ލޮލުން ފެންނަމުން ދިޔައީ ހިތްދަތިކަމާއި އާދޭހެވެ. “އައިރާ” ޔާޒްގެ ހިތްދަތި އަޑު އިވުމުން މިފަހަރު އައިރާ ހިތަށް އަސަރު ކުރިއެވެ. “ޝްޝްޝް” ޔާޒް އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން ޔާޒްއާއި އިތުރަށް ގާތްވެފައި ޔާޒްގެ ތުންފަތަށް އައިރާ ބޮސްދިނެވެ.
އައިރާގެ ކުއްލި ހަރަކާތުން މިފަހަރުވެސް ޔާޒްއަށް ސިހުން ލިބިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ހުރެވުނެވެ. އަދި އަވަސް އަވަހަށް އޭނާއާއި އައިރާ ދުރުކޮށްލިއެވެ. “ތިއީ ހަމަ އަސްލު އައިރާތަ؟ ނޫނީ އަހަންނާ އަޅައިގަނެގެން އުޅޭ ޖިންނިއެއް އައިރާގެ ސިފައިގައިތަ؟” ބިރުގަންނަކަމަށް ހެދެމުން ޔާޒް އެހިއެވެ. ޔާޒް ހުރި ގޮތުން އައިރާއަށް ނުހީ ނީންދެވުނެވެ. “ބަބްލްސް. މަންމިގެ ސިފައިގައި ހުރި ހަންޑިއެއް މި އުޅެނީ ހިނގާ ދާން މިތަނުން” ޔަޒަން އުރާލައިގެން ޔާޒް ސޯފާއިން ތެދުވިއެވެ. ޔާޒް ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރިން އައިރާ ޔާޒް ކުރިމައްޗަށް އެރިއެވެ. އަދި ޔާޒްއާއީ ގާތްވެލައިފައި އޭނާގެ ތަނަވަސް މޭމަތީ ބޯ އަޅާލިއެވެ. ޔަޒަން އުރައިގެން އިން އަތް ނޫން އަނެއް އަތް އައިރާ އުނގަނޑުގައި ޔާޒް ވަށާލިއެވެ. އައިރާ ނިއްކުރިއަށް ބޮސްދީފައި ޔަޒަން ކޮލަށްވެސް ޔާޒް ބޮސްދިނެވެ.
ޔާޒް އައިރާ އޭނާ ގަޔާ ދުރުކޮށްލިއެވެ. އެއަށްފަހު އައިރާ އަތުގައި ހިފައިގެން ގޮސް ދެވަނައަށް އިން ކޮޓަރިއަށް ވަނެވެ.
މުޅި ކޮޓަރީގައި ވަނީ ނޫކުލަ ލައިފައެވެ. ސީލިންގް މަތީ ގަދަ ނޫ ހުރިއިރު ހަތަރު ފާރުގައި ހުރީ މަޑު ނޫކުލައެވެ. ކުޑަދޮރުގައި އަޅުވާފައި ހުރި ދޮރުފޮތިތައް ހުރީ ހުދު ކުލައިގައެވެ. ކޮޓަރޯގެ އެއް ބިތުގައި ހުދު ކުލައިގެ އަލަމާރިއަކާ ހުދހު ކުލައިގެ ކަބަޑެއް ހުއްޓެވެ. އަނެއް ބިތުގައި ހަމާ ހުދު ކުލައިގެ ކުޑައެނދެން އިނެވެ. އެނު ވަށައިގެން ހުދު ކުލައިގެ ފޮތިގަނޑެއް އެލުވާފައި އޮތެވެ. އަދި މަތީގައި ކުޅޭ އެއްޗިހިވެސް އެލުވައިފައި ހުއްޓެވެ. އެނދު ކުރިމައްްޗަށް ވާގޮތަށް ހުރި ދެ ވަށިގަނޑުގައި ކުޑަކުދިން ކުޅޭ ސާމާނު ހުއްޓެވެ.
ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމާއެކު އައިރާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ޔާޒް އެ ކޮޓަރި ތައްޔާރުކޮށްފައި އެވަނީ އޭނާ އަބަދުވެސް އެންމެ ބޭނުންވާ ގޮތަށެވެ. ކުޑައިރުއްސުރެްްވެސް ފިރިހެން ކުއްޖެއް ލިބިއްޖެނަމަ އެކުއްޖާގެ ކޮޓަރި ޒީނަތްތެރި ކުރާނީ ނޫކުލަޔާއި ހުދު ކުލައިންނޭ އަބަދުވެސް ކިޔައެވެ. “ޔާޒް” ވައި އަޑުން އައިރާ ޔާޒްއަށް ގޮވާލިއެވެ. “އަހަރެން އެނބުރި ރާއްޖެ އައިސައް ނުވެސް ނިދާ މި ރޫމް ރެޑީ ކުރީ. ކޮންމެސް ދުވަހަކުން އައިރާ ބޭބީއާ އެއްކޮށް އަންނާނެ ކަމުގެ އުއްމީދުގަ. އައިރާ ޕްލީޒް އަހަންނަށް މާފުކޮށްދީ. އަހަންނާ އަހަރެންދެ ދަރިފުޅު ދުރުނުކުރޭ!” ޔަޒަން ކުޑަ އެނދު ތެރެއަށް ލާފައި ޔާޒް އައިރާ ދެއަތުގައި ހިފިއެވެ. “ނޭންގެ ބުނާނެ އެއްޗެއް. ހަގީގަތުގަ ޔާޒް މާފަށް އެދޭކަށް ނުޖެހޭނެ. އައި އޭމް ސޮރީ ލަވް. އަހަރެން މާ ހިތްހަރުވީ. ބަބްލްސްއާ ޔާޒްއާ ދުރުކުރެވުނީ. އެކުއްޖާ ގާތަށް ޔާޒް އައުން މަނާ ކުރެވުނީ. އެނގޭތަ އެންމެ ފުރަތަމަ ޕްރެގްކަން އެނގުނު ދުވަހު ބޭނުންވި ޔާޒް ގާތު ބުނަން. އެކަމު އަހަރެންގެ ބޯހަރުކަމުން ނުގުޅީ. އައި އޭމް ސޮރީ ޔާޒް” ޔާޒް މޭތެރޭގައި މޫނު ފޮރުވައިގެން އިނދެ އެތައް އިރަކު އައިރާ ރުއެވެ. އައިރާ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިފައި ޔާޒް ބޭންދިއެވެ. “އައި ލަވް ޔޫ ޔާޒް” ރުއިމުގެ ތެރެއިން ތަކުރާރުކޮށް އައިރާ އެހެން ބުނަމުން ދިޔައެވެ. ހިތްފުރޭ ވަރުވުމުން އައިރާ ޔާޒްއާ ދުރުވެލިއެވެ. “ހާދަ އަވަހަށް ދުރަށް ތިދަނީ؟ ތިހާ އަވަހަކަށް ނުދެވޭނެ!” ޔާޒް އައިރާ އޮނަގަނޑުގައި ހިފައި އޭނާ ގަޔާ ކައިރިކޮށްލިއެވެ. ޔާޒްގެ ލޮލުން ފެންނަމުން ދިޔަ އަސަރުން އައިރާއަށް ލަދުން އިސްޖަހައިލެވުނެވެ. އައިރާ ދަތްދޮޅީގައި ހިފައި ޔާޒް އުފުލާލިއެވެ. ޔާޒް މަޑުމަޑުން އައިރާގެ ތުންފަތަށް ބޮސްދިނެވެ.
“ޑާހް! ކުޑަކުއްޖެއް ކުރިމަތީ ކުރާކަންތައް ބަލާބަ ދެމީހުން ވެގެން. އެޓްލީސްޓް ދޮރު ލައްޕައިގެން ތިބޭނަމައެއްނު!” އައިރާއާއި ޔާޒްއަށް ސިހިފައި ދުރަށް ޖެހެވުނީ އަލައިކާ ބާރު ބާރަށް ވާހަކަ ދެއްކުމުންނެވެ. ކޮޓަރީ ދޮރުމަތީ އުނަގަނޑުގައި އަތް ވިއްދާލައިގެން އަލައިކާ އިނެވެ.
އައިރާ ލަދުން ގޮސް ވިރިދާނެހެން ހީވިއެވެ. ޔާޒްވެސް ރަކިވެފައި އިނދެ ބޯކަހަމުން ދިޔައެވެ.
އަލައިކާ ގެއަށް އައި ވަގުތު ޔަޒަން ގޮވައިގެން އައިރާ މަތީގައި ވެއްޖެކަމަށް އިޝްމާ ބުނުމުން ދުވެފައި އަލައިކާ މައްޗަށް އެރިއެވެ. ޔާޒް އެޕާޓްމެންޓްގެ ދޮރު ހުޅުވައިފައި ހުރުމުން އެތެރެއަށް ވަން އިރު އެކަކުވެސް ނެތެވެ. ނިކުންނަން އުޅެނިކޮށް އޭނާއަށް ޔާޒް ވާހަކަ ދައްކާ އަޑު އިވުމުން ކޮޓަރިއާ ދިމާއަށް ދިޔައީއެވެ. ކޮޓަރީ ދޮެރު ނުލައްޕާ ހުރުމުން އެ މަންޒަރު އޭނާއަށް ފެނުނީއެވެ.
“ހޭއި ފުށްގަނޑު. ހިނގާ އަލްދައްތިއާ އެއްކޮށް ދާން ދޯ! މަންމިއާ ޑެޑީ ވަރަށް ބިޒީކޮށް އުޅެނީ!” ޔާޒްއާ އައިރާއަށް އެއްލޯމަރާލަމުން ޔަޒަން ގޮވައިގެން އަލައިކާ ދިޔައެވެ. އޭނާ ދިޔައީ އެޕާޓްމެންގެ ދޮރުވެސް ލައްޕާފައެވެ.

ޔާޒް އޭނާގެ ބާރުގަދަ ދެ އަތުން އައިރާ އުފުލާލިއެވެ. އައިރާ ކުޑަކޮށް ހަޅޭއްލާވާލާފައި އޭނާގެ ދެއަތް ޔާޒް ކަރުގައި ވަށާލިއެވެ. އައިރާ ގޮވައިގެން ޔާޒް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އެކޮޓަރީގައިވެސް އެއްޗިހި ތަރުތީބުކޮށްފައި ވަނީ އައިރާ ބޭނުންވި ގޮތަށެވެ. ފާރުތަކުގައި ހުދުކުލަ ލާފައި ފަރުނީޗަރުތައް ވަނީ ކަޅުކުލައިންނެވެ. އެ ކޮޓަރިއަށް ބަލާލުމުންވެސް ޔާޒް އައިރާދެކެ ވާ ލޯބި އިނގޭނެއެވެ.
އައިރާ ގެނަސް ޔާޒް ބޭއްވީ ކިންގް ސައިޒްގެ ބޮޑު އެނދުމަތީއެވެ. އެއަށްފަހު އޭނާގޮސް ކޮޓަރި ދޮރުތަޅުލާފައި އޭސީ އެންމެ ފުލްކޮށް ޖައްސާލިއެވެ. “އަހަރަކަށް ވުރެ ގިނަ ދުވަހު ކެއްކޮށްފިން އައި ކާންޓް ވެއިޓް އެނީމޯ” ޔާޒް އައިރާ ޝޯލްގައި ހަރުކޮށްފައި ހުރި ޕިންތައް ނައްޓާ އައިރާގެ ބޮލާ ޝޯލްވަކިކޮށްލިއެވެ. އައިރާގެ ފަންއިސްތަށިގަނޑު ނިއުޅިގެން ދިޔައެވެ. އެ އިސްތަށިގަނޑު އޮތީ ކުރިއަށްވުރެއްވެސް ދިގުވެފައިއެވެ. އައިރާގެ އިސްތަށިގަނޑުން ދުވި މީރުވަހުން ޔާޒްއަށް ނޭފަތްދަމާ ލެވުނެވެ. “ޔާޒް ވެއިޓް. އަހަންނަށް ތެދައް ކިޔައިދެވިދާނެތަ؟” ޔާޒް ހުއްޓުވަމުން އައިރާ އެހިއެވެ. އައިރާ އެބުނީ ކޮންކަމެއްކަން ޔާޒްއަށް އެނގުމާއެކު ބޯޖަހައިލިއެވެ. “އައިރާއަށް އެދުވަހު އިވުނީ އަހަރެން ބުނި އެތީގެ އެއްބައި. ތެދަށާ ބުނަންޏާމުން އަސްލު ޕްރޮޕޯސްކުރީ ޝާރިމްގެ ކިބައިން އައިރާ ސަލާމާތްކުރަން. މެރީ ކުރީވެސް ހަމަ ގިލްޓީވެގެން. އެކަމް މެރީ ކުރި ފަހުން ރިއަލައިޒްވީ އަސްލު އައިރާދެކެ ލޯބިވާކަން. އެއީ އަހަންނަށް އައިރާ ފެނުމުންވާ ގޮތްތަކަކީ ހަމައެކަނި ލޯބިވާ ކުއްޖާ ފެނުމުން ވާނެ ގޮތްތައް. އައިރާއާއި ނުލައި ދިރިއުޅުމުގެ ކުރިއަށް އޮތްބައި އަހަަންނަކަށް ނުފެނުނު. އުމުރަށް އައިރާއާ އެކީގައި ވާން ބޭނުންވި. ދުވަހަކުވެސް ވަކިނުވެ. ކޮންމެ ގޮތަކަށް ކަންތައް ވީކަމުގައި ވިއަސް އަހަރެން އައިރާދެކެ ވަރަށާ ލޯބިވަން ތިނޫން އަންހެން ކުއްޖަކަށް މިހިތުން ޖާގައެއް ނުދެން. ލޮތްބަކީ ކޯޗެއްކަން ދަސްކޮށްދިނީ އައިރާ” ޔާޒް އައިރާގެ ނިއްކުރީގަޔާއި ދެލޮލުގައި ބޮސްދިނެވެ. އައިރާގެ ހިތްއެކީ އޭނާއަށް ސާފުކަން އެނގުމުން ބަޔާން ކުރަންދަތި އުފަލެއް ލިބުނެވެ. ޔާޒް އަދި އައިރާވެސް އެރޭ އެތައް ވައުދާއި އަހުދު ކުރިއެވެ. އަބަދުވެސް ދެމީހުން ތެދުވެރިވުމަށެވެ. ކޮންމެ ކަމެއް ދިމާވި ނަމަވެސް އެކަމެއް ހިއްސާކުރުމަށެވެ. ލޯބީގެ އުފާވެރި ވަގުތުކޮޅެއް ދެމަފިރިންވެސް އެވަގުތުކޮޅު ހޭދަކުރިއެވެ.

ޔަޒަން ގޮވައިގެން އަލައިކާ އިނީ އޭނާގެ ކޮޓަރީގައެވެ. އެނދުގައި ޔަޒަން ބައިންދައިގެން އެކުއްޖާ ހެއްވަނާ އެކި ވައްތަރު ޖައްސަމުން ދިޔައެވެ. އަލައިކާ އަނގައިން ލައްވާލާ އަޑުން ޔަޒަން ބާރަށް ހީގަނެއެވެ. ޔަޒަން ނިދިއައިސިގެން އާފުރެން ފެށުމުން އަލައިކާ އެކުއްޖާ އުރާލިއެވެ. އަދި ކޮނޑުމަތީ ބާއްވައިގެން ކޮޓަރީ އެއްކޮޅުން އަނެއްކޮޅަށް ދެތިން ފަހަރު ހިނގާލިއެވެ. ނުހަނު އަވަހަށް ޔަޒަންއަށް ނިދިއްޖެއެވެ. ޔަޒަން ބާއްވައިފައި ތެދުވިތަނުން އަލްޔަސް ފަހަތުން އަލައިކާ ގައިގައި ބައްދާލިއެވެ. “ލައި ކިޑެއް ބޭނުންތަ؟” ލާނެއް ގޮތަކަށް އަލްޔަސް އަހާލުމާއެކު އަލައިކާ ލަދުން މޯޅިވިއެވެ. “ކީއްވެ އެއްޗެކޭ ނުބުނެ ތީނީ؟” އަލައިކާ ޖަވާބެއް ނުދިނުމުން އަލްޔަސް އޭނާއާވީ ދިމާއަށް އަލައިކާ އަނބުރާލިއެވެ. އަލައިކާގެ މޫނުރަތްވެފައި ހުރިތަން ފެނި އެއް މިޔައަކުން އަލްޔަސް ހީލިއެވެ. “ބްލަޝްވީމަ ލައި ވަރަށް ލޯބި. ހިތަށް އެބަ އަރާ ލައި ޕްެެރެގްވެގެން ބޮޑު ބަނޑެއް ލާފަ ހުންނައިރު އަދި ކިހާ ލޯބީވާނެތޯ! އޭރަށް މިކޮލުގަވެސް ހުންނާނި މަސްޖަހާފަ ބްލަޝްވީމަ މިހާރަށް ވުރެއް ބޮޑަށް އިނގެންވެސް އިނގޭނެ” އަލްޔަސް އިތުރަށް އަލައިކާ ލަދުގަންނަވާލިއެވެ. އަލްޔަސްއާ ދިމާއަށް ވައްތަރެއް ޖައްސާފައި އެމޭތެރޭ އަލައިކާ މޫނު ފޮރުވާލިއެވެ.

އައިރާއާއި ޔާޒް ތިރިއަށް ދިޔައިރު ޔަޒަން ނިދާފައި އޮތުމުން އެދެމީހުން ދިޔައީ އަހުސަމްމެން ގެއަށެވެ. އައިރާއާ އެއްކޮށް ވަން ޔާޒް ފެނުމާއެކު އިސްރާއަށް ހިނިތުންވެވުނެވެ. އަހުސްމްވެސް ހިނިތުންވެލައިފައި ޔާޒްއާއި ސަލާން ކުރިއެވެ. ޔާޒްއާ އެއްކޮށް އެނބުރި ދާން ބޭނުންވާކަން އައިރާ ބުނުމާއެކު އިސްރާ އަދި އަހުސަމްވެސް ދަރިފުޅުގެ ނިންމުމަށް މަރުހަބާ ކިއެވެ. ދަރިފުޅަށް ވިސްނިގެން ޔާޒްއަށް މާފުކުރީތީވެ ދެމީހުންވެސް އުފާވިއެވެ. ފުރަތަމަކޮޅު ރުޅިއައި ނަމަވެސް އަހުސަމްއަށް ފަހުން ވިސްނުނެވެ. އެއް ޒަމާނެއްގައިނަމަ ޔާޒް ކަންތައް ކުރި ގޮތަށް އޭނާވެސް އިސްރާ ސަލާމަތްކުރަން ކަންތައް ކުރީހެވެ. ޝާރިމްފަދަ އުޅުމެއް އަޚްލާޤެއް ނެތް ޒުވާނެއްގެ ކިބައިން ލޯބިވާ ދަރިފުޅު ސަލާމަތްކޮށްދިނީ ޔާޒްއެވެ. އެކަމަށްޓަކައި އަބަދުވެސް ޔާޒްއަށް އޭނާ ޝުކުރުވެރިވާނެއެވެ.

ލިވަޕޫލަށް ޔޫސުފް ކުޅެދޭ ފުރަތަމަ މެޗު ކުޅެން ޖެހުނީ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށެވެ. ދުނިޔޭގެ އެންމެ މޮޅެތި ގިނަ ކުޅުންތެރިންތިބީ ޗެލްސީގައެވެ. އަދި މިހާރު ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ކުރީގެ މަޝްހޫރު އިނގެރޭސި ކުޅުންތެރިޔާ ހެރީ ކޭންއަކީ ޗެލްސީގެ ކޯޗެވެ. ޔޫސުފް ބަދަލުވީ ލީގުގެ މެދުތެރެއިންނެވެ. ލީގުގައި މި ސީޒަންގައި ޗެލްސީ ކުޅުނު ހުރިހާ މެޗަކުން ޗެލްސީވަނީ މޮޅުވެފައެވެ. ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ނެގުމާއި ގާތަށް ޗެލްސީވަނީ ޖެހިލާފައެވެ.
ޔޫސުފް މެޗުފެށީ ބެންޗުންނެވެ. ފުރަތަމަ ހާފު ނިމި ދެވަނަ ހާފުގެ ތިރީސްވަނަ މިނެޓާއި ތިރީސް ދެވަނަ މިނެޓު ލަނޑު ޖަހައިގެން ޗެލްސީން މެޗުގެ ލީޑު ނެގިއެވެ. މެޗު ނިމެން ދިހަ މިނެޓަށްވެފައި އިންދައި ކޯޗު ޔޫސުފް ކުޅެން އެރުވިއެވެ. ފުރަތަމަވެސް ދަނޑަށް އަރާފައި ފަހަތުގައި އޮތް ބޯޅަ އަމިއްލައަށް ހޯދައިގެން ގޮސް ޔޫސުފް ލަނޑެއް ކާމިޔާބު ކުރިއެވެ. އެއާއެކު ދަނޑުގައި ތިބި ލިވަޕޫލް ސަޕޯޓަރުންގެ އަޑުގަދަވެގެން ދިޔައެވެ. ދެމިނެޓުފަހުން ލިބުނު ކޯނަރަކުން ޔޫސުފް އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ޔޫސުފް ގަޔަށް އަރައިގަތެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ހުއްޓައި އޯވަ ހެޑަކުން ލަނޑު ޖަހައިގެން ޔޫސުފް އޭނާގެ ފުރަތަމަ ޕްރިމިއާރ ލީގު މެޗުގައި ހެޓްރިކް ހެދައި ޗެލްސީ ބަލިކުރިއެވެ. ހެޓްރިކް ހަދައިފައި ދުވެފައި ގޮސް ސަޕޯޓަރުން ތެރޭގައި ހުރި ޔައިނާ ގައިގައި ޔޫސުފް ބައްދާލިއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަަޤާމު ލިބުނީ ޔޫސުފްއަށެވެ. ލިވަޕޫލްގެ ކޯޗު ރޮބާރޓޯ ފިރްމިނޯގެ ތައުރީފުގެ އިތުރަށް ހެރީކޭންގެ ތައުރީފުވެސް ޔޫސުފްއަށް ލިބުނެވެ. މޭން އޮފް ދި މެޗް އެވޯޑް އޭނާ ދިނީ މާނީއާއި އާރާޝް އަތަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

މިނަން ތިހިތުން ފިލުވާލަނީހޭ… 15

Next

ހީވޭ ހިތް ބުނާހެން 10

Next
February 19, 2020

ހީވޭ ހިތް ބުނާހެން 10

Previews
February 18, 2020

މިނަން ތިހިތުން ފިލުވާލަނީހޭ… 15

7 Comments!

  1. Kiyara says:
    February 18, 2020 at 2:32 am

    Salam here is the 38th episode of rastha2. Stry dhigukoh nugenesdheveythy varah bodah maafah edhen. Reygandu ekani Time vany liyan ehenve gen ehaa kurukoh genesdheveny. Stryga mihaaru vaagoi baeh kudhinnah kamu nugosdhaane ekam alhugandu try mi kurany vyhaaves kiyuntherinnah kamudhaanehen genesdheveytho ehenve football parts thah ves madhu kohllafa huhnnany. Ekam mi part in feshigen bodah huhnnany alyas and yoosuf ge career. In Sha Allah dhen stry ge baaky ihnnany 12varakah episodes. Hope u all enjoyed reading. Luv ya alll♥️

    1. Be happy says:
      February 18, 2020 at 9:27 pm

      It’s okay…kiyara ehnu story liyanii..ehn veema kiyara ah ingeyni story kuriyah gendhaane goeh dhw..kiyara beynun gothakah story gendhey okay vaane.dhn baeh faharu dhw kiyun theringe hiyaalu hwdhani.??????????

  2. Meekkomee says:
    February 18, 2020 at 5:12 am

    Siss.. story is awesome ??? whn is next waiting for the next part ????? Luv yeahhhh ❤️❤️❤️❤️ ttly ❤️❤️❤️

  3. Yaaz says:
    February 18, 2020 at 7:41 am

    Yayyyy… finalllyyy??? Aira i won’t let you n yazan go now… thee aharenge huriha vx bayaky.. thankyou for giving me a second chance. Thidhemyhnnah takaa vx I’ll be a better person.. kuryge yaaz eh noon mee mihaaru, I’ve changed n I’ll prove to be the best husband n daddy for u both..??

  4. nauuu says:
    February 18, 2020 at 1:49 pm

    zaayaa eii yaax ge ehbandu ehbafaa kokko tha

  5. Kairaa says:
    February 18, 2020 at 8:03 pm

    Varah reethi mi part vx….hama habbu….waiting for the nxt part….and whn nxt???

  6. Yanaa says:
    February 18, 2020 at 9:23 pm

    Varah varah varah reethi?????????????????
    maa sha Allah ❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    waiting for the next part????????????????

Comments are closed.

Next Episodeރާސްތާ2 (39)←


All Right Reserved!