Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (41)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 24, 2020 7 Mins Read
9 Comments

ހަވީރު ފިންޏަށް ދީނާއާ އެއްކޮށް ހިނގާލަން ދާން ނަވާރް ތައްޔާރުވިއެވެ. ކަޅު ކުލައިގެ އަބާޔާއާ އެއްކޮށް ރަތްކުލައިގެ ޝޯލްއެއް އެޅިއެވެ. ތުންފަތުގައި މަޑު ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސައިފައި ލޯ ވަށައިގެން އަނދުން ފަވާލިއެވެ. ތައްޔާރުވެ ނިމިގެން ދީނާއަށް ގުޅުމުން ތިރިއަށް ދާން ބުންޏެވެ. އިވާން ގާތު ބުނެފައި ފައިވާން ހަރުގަނޑުން ފައިވާން ނަގައިގެން ބޭރަށް ނިކުތެވެ. މަޅިގަނޑު އަޅުވަން ޖެހޭ ފައިވާނެއް ކަމުން ލިފްޓްގެ ދޮރުގައި ލެގިލައިގެން ފައިވާނަށް އަރަން ނަވާރް އިނެވެ. ފައިވާނަށް ރީތިކޮށް ނޭރިގެން އުޅެނިކޮށް ލިފްޓުގެ ދޮރު ހުޅުވުނެވެ. ދޮރު ހުޅުވުނު ބޮނޑީ ލިފްޓް ތެރެއަށް ނަވާރް ވެއްޓެން ދިޔައެވެ.
ހިތްއަވަސްވެފައި ހުރުމާއެކު ނަވާރްއަށް ހިފުނީ ލިފްޓްގައި އިން ޒުވާނާގެ ޓީޝާޓުގައެވެ. އެއާއެކު ދެ ޒުވާނުން އެކީ ލިފްޓް ތެރެއަށް ވެއްޓުނެވެ.
އެ ޒުވާނާގެ ބާރުގަދަ ދެއަތް އޭނާގެ އުނަގަނޑުގައި ވަށާލައިފައި ހުރިކަމިގެ އިހްސާސް ނަވާރްއަށް ކުރެވުނެވެ. އޭނާއަށް އޮވެވުނީ އެ ޒުވާނާގެ ގައިމަތީގައެވެ. ލަސް ލަހުން ނަވާރް އޭނާގެ ލޯ ހުޅުވާލިއެވެ.
އެތައް ދުވަހަކަށްފަހު ނަވާރްގެ ސޫރަ ފެނުމުން އޭނާގެ ލޯ އެހެން ދިމާއަކަށް ގެންދަން ޔޫސުފްއަށް ނުކުޅެދެވުނެވެ. ދެލޯ މަރާ ބާރުކޮށްގެން އޮތްއިރު ނުހަނު މައުސޫމެވެ. ކަޅިވެސް ޖަހާ ނުލައި ބަލަހައްޓައިގެން ޔޫސުފްއަށް އޮވެވުނެވެ.
ޔޫސުފްގެ މޫނު ފެނުމާއެކު ނަވާރް ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. ޔޫސުފްގެ ފިރިހެންވަންތަ މޫނު އެހާ ގާތުން ފެނުމުން ނަވާރް މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ހިތް އޭގެ މަޤާމު ދޫކޮށްފައި ދާން އުޅޭ ކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ.

ލިފްޓުގެ އިންތިޒާރުގައި އިން މާނީ ލިފްޓު ހުޅުވުމުން އެތެރެއަށް ވަންނަން އުޅުނެވެ. ކުރިއަށް އެޅި ފިޔަވަޅާއެކު މާނީއަށް ހުއްޓެވުނީ ލިފްޓް ތެރޭ އެކަކު އަނެކަކަށް ގެއްލިފައި ތިބި ނަވާރްއާއި ޔޫސުފް ފެނުމުންނެވެ. ޔޫސުފް ގައިމަތީ ނަވާރް އޮތްއިރު ޔޫސުފްގެ އަތްވަނީ ނަވާރް އުނގަނޑުގައި ވަށާލެވިފައެވެ. އެކަކު އަނެކަކަށް ގެއްލިފައި ތިބިވަރުން ލިފްޓު ހުޅުވުނުކަންވެސް ނޭންގުނެވެ.
ޔޫސުފްއާ ނަވާރްއަށް ހަމަބިމަށް އާދެވުނީ މާނީ ވަކިވަކިން ދެމީހުންގެ ނަން ކިޔާލުމުންނެވެ. ސިއްސައިގެން ގޮސް ނަވާރް އަވަހަށް ތެދުވަން އުޅެނިކޮށް ފައި ކައްސާލައިގެން ދެވަނަ ފަހަރަށް ޔޫސުފް ގައި މައްޗަށް ވެއްޓުނެވެ. “އައްދޯއި ތެޔޮ ހަމެއްތަ މަގޭ ގައި މައްޗަށް އެވެއްޓުނީ؟” ނަވާރްއާ ދިމާކޮށް ޔޫސުފްއަކަށް ނުހުރެވުނެވެ. ނަވާރް އޭނާއަށް ދެލޯ އަޅާލަމުން މި ފަހަރު ތެދުވީ ބަލައިގެންނެވެ. މޭމަތީ ފިރުމަމުން ޔޫސުފް ތެދުވީ އޭނާއަށް ތަދުވިކަން ދައްކަންށެވެ. “ބަލައިލައިގެން އުޅެބަ ދޯ. އަމިއްލަ މީހާ ކްލަމްސީ ކަމުން ބިންމަތީ ފައި ހަރުނުލީމަ ދެންތިބި އެންމެން ގޮވައިގެން ވިއްޔާ ތި ތިރިވަނީ!” ދެމީހުން ތިބި ގޮތް މާނީއަށް ފެނުމުން ރަކިވެގެން ޔޫސުފް ނަވާރްއާ ދިމާކުރިއެވެ. މާނީ އިނުމުން އެއްޗެކޭ ބުނާކަށް ނަވާރްއަށް ނުކެރޭނެކަން އެނގޭތީއެވެ.
މާނީއަށް ފެނުމުން ނަވާރް ހުރީ ލަދުން ހަލާކުވާން ކައިރިވެފައެވެ. އޭނާގެ ކޯތާފަތްއެކީ ވަނީ ރަތްވެފައެވެ. އެއޮަށް ލަދުން ހުއްޓާ ޔޫސުފް އިތުރަށް އޭނާ ލަދުގައްވާލީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް މާނީއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ނަވާރް ލިފްޓުން ނިކުތެވެ.
“ހައި މޯމް ސަޕްރައިޒް” މާނީ ފާޑަކަށް ބަލަން ފެށުމުން ޔޫސުފް ގޮސް މާނީ ގައިގައި ބައްދާލިއެވެ.

ނަވާރް ތިރިއަށް ފޭބި ސިޑިންނެވެ. އޭރު މުޅި ކުއްޖާ ދާހިއްލާ ފޯވެ މައިނޭވާ ލަމުން ދިޔައެވެ. “ސުބުހާނައްﷲ ނަވާ. މެރަތެންއެއްގަ ދުވެފަތަ ތިއައީ؟” ނަވާރް އިން ގޮތް ފެނި ދީނާއަށް މަޖާވިއެވެ. ދީނާ ހީފިނަމަ ނަވާރް ރުޅި އަންނާނެކަން އެނގޭތީވެ ހިނިގަނޑު ހިފަހައްޓައިގެން އިނެވެ. ނަވާރް ވައި އަޑުން ކޮންމެސް އެއްޗެއް ކިޔަމުން ދީނާ އަތުގައި ހިފައިގެން ބޭރަށް ނުކުންނަން ދިޔައެވެ.

ޔޫސުފް އައުމުން ހީވީ ގެއަށް ޢީދެއް އައިސްގެން އުޅުނު ހެންނެވެ. ހުރިހާ އެންމެން މާނީމެން ބަޔަށް ޖަމާވިއެވެ. އެންމެންނަށް ވުރެއް ގިނައިން އަލައިކާ ސުވާލުކުރިއެވެ. “ސާބަސް އަލޫކާ. ނޭވައި ލައިގެން ވާހަކަ ދައްކަބަލަ. މަށެއް ނޫޅެމޭ ތާކަށް ދާކަށް!” އަލައިކާ ސުވާލު ކުރިލެއް އަވަސްކަމުން ޔޫސުފް ބުންޏެވެ.

އާއިލާއާ އެއްކޮށް ވަގުތު ކޮޅެއް ހޭދަކޮށްފައި ޔޫސުފް އޭނާގެ ކޮޓަރިއަށް ވަނެވެ. ދުވަސްތަކަކަށް ފަހު އަމިއްލަ ކޮޓަރިއަށް ވަދެވުމުން ނަފްސަށް ހަމަޖެހުން ލިބުނެވެ. އެނދުގެ އެއް ފަރާތުގައި ފޮށި ބައިންދާފައި އެނދަށް ވެއްޓިގަތެވެ. ވަރުބަލަ ވެފައި ހުރުމުން ދެލޯ މެރި ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ނަވާރްއާ ދިމާ ކުރުން ފިޔަވައި އިތުރު ކަމެއް އެދުވަހު ދީނާ ނުކުރެއެވެ. ޔޫސުފްއާ ދެމެދު ހިނގައި ދިޔަ ހާދިސާ ކިޔައިދިނުމުން ހުއްޓާނުލައި ފަސްމިނެޓު ވަންދެން ދީނާ ހުނެވެ. “ދެން ވަރަށް ފޫހިވޭ ދީނާއަށް ވެސް އެނގެނީ ހުސް ހޭން” ދީނާ ހުއްޓާނުލައި ހޭތިވެ ނަވާރް ގާތަށް ރުޅި އައެވެ. “ހަހަހަ. އެހެންނު ވާނީ. ލޮލް ނަވާ” ދެންވެސް ހުނުން ހުއްޓާކަށް ދީނާ ނޫޅުނެވެ.

މާނީ ގޮސް ބެލިއިރު ޔޫސުފް ނިދާފައި އޮތުމުން އެނބުރި ސިޓިން ރޫމަށް އައެވެ. ސޯފާގައި އިން އިރު އޭނާއަށް ވިސްނެމުން ދިޔައީ މިއާދު ފެނުނު މަންޒާރާ ދޭތެރޭގައެވެ. “މަރިޔަނބު ކޮންކަމަކާނތި ވިސްނަނީ؟” އާރާޝް އައިސް މާނީ ގާތު އިށީންދެފައި އޭނާގެ ދެއަތް މާނީ ގައިގައި ވަށާލިއެވެ. އާރާޝް ކޮނޑުގައި ބޯ އަޅައިފައި މިއަދު ފެނުނު މަންޒަރު އާރާޝްއަށް ކިޔައިދިނެވެ. “އެކަމާ؟ އެހަމަ ވެދާނެއްނު އެކްސިޑެންޓަކަށް. އިނގެއެއްނު އަހަރުމެންގެ ޔޫސުފް އަންހެން ކުދިން ޖާދޫގަ ޖައްސަން މޮޅުކަން” އާރާޝް އެކަން މާބޮޑު ކަމަކަށް ނުހެދިއެެވެ. “އެކަމަކުވެސް ޔަނާއާ އެއްކޮށް އުޅެމުން ޔޫސުފް އެގޮތަޒް އުޅޭކަށް ނުވާނެއްނު. އާރާޝް އެކަމް މަށަށް ހާދަ ހީވެޔޭ ޔޫސުފްއާ ނަވާރްއާ ދެކުދިން ލައިކް ވާހެން. އަހަރެން ފެނުމުން ނަވާއަށް ވީގޮތް. އަދި ދެކުދިން އެކަކު އަނެކަކަށް ގެއްލިފަ ތިބި ގޮތްވެސް. އާރާޝް ހަނދާންވޭތަ އެންމެ ފުރަތަމަ އިންޑިއާއަށް ގޮއްސަ ސަޕްރައިޒަކަށް އައި ފަހަރު އާރާޝް އަހަރެން ބިރުގަންނަވާލީ” އަހަރުތަކެއް ކުރީގެ ހަނދާނެއް މާނީ އާކޮށްލިއެވެ. އެ ދުވަސް ހަނދާވުމާއެކު އާރާޝްއަށް ހިނިތުންވެވުނެވެ. އެކަހަލަ ކޮންމެ ދުވަހަކީވެސް އަދިވެސް އޭނާގެ ހިތުން ނުފިލާ ދުވަސްތަކެވެ. މާނީއާ އެއްކޮށް ހޭދަކޮށްފައި ހުރި އެފަދަ ވަގުތުތަކަކީ ވަރަށް ޚާއްސަ ވަގުތުކޮޅުތަކެވެ.

އޭގެ އަނެއް ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޔޫސުފްް ، އަލްޔަސް އަދި މާއިޒް ޤައުމީޓީމާ އެއްކޮށް ކޭމްޕްކިރަން ރިސޯޓަށް ފުރިއެވެ. ޤައިމީ ޓީމުގައި އުޅޭ ޔޫސުފްގެ އެކުވެރިން ލިވަޕޫލްގައި އޭމާ ދެއްކި ކުޅުމަށް ތަޢުރީފު ކުރިއެވެ.
ޔޫސުފްއާއި ނަވާރްގެ ކަންތައް ދިނާ ޒެވިޔަންއަށް ކިޔައިދީފައި އޮތުމުން ޔޫސުފް ފެނުމާއެކު ޒެވިޔަންއަށް ހެވުނެވެ. “އޭ ބްރޯ މަގޭ މޫނުގަ މާ މަޖާއެއްޗެއް ލިޔެފަ އޮތީތަ ތި ހެނީ؟” އެއްވެސް ކަމަކާ ނުލައި އޭނާއަށް ބަލާފައި ޒެވިޔަން ހޭންފެށުމުން ޔޫސުފް އެހިއެވެ. “ނޫނޭ އެދެން ހަމާ ހެވުނީ” ހުނުން ކޮންޓްރޯލް ކުރަމުން ޒެވިޔަން ބުންޏެވެ. ޔޫސުފް ފާޑަކަށް ބަލަން އިނދެފައި ދެކޮނޑު އަރުވާލިއެވެ.

އަލައިކާ ގާތުން އަންޖަލްއާ ގުޅޭ މަޢުލޫމާތު ޝަރާހް ހޯދިއެވެ. އަލައިކާމއންގއ ކައިވެނި ޕާޓީން އަންޖަލް ފެނުނީންސުރެ އަންޖަލް ނޫން އެހެން ކަމަކާމެދު ޝާރާހަކަށް ނުވިސްނެއެވެ. ފުރަތަމަ ނަޒަރުންވެސް ޝާރާހްއަށް އަންޖަލް ކަމުދިޔައެވެ. އަނެއްކޮޅުން އަންޖަލްގެ ހާލަކީވެސް އެއީއެވެ. ޝާރާހްނޫން ފަރާތަކާ މެދު ނޫނީ ނުވިސްނެއެވެ. ލޯ މަރާލިއަސް ފެންނަީ ޝާރާހްގެ ސޫރައެވެ.
އަލްޔަސްވެސް ނެތުމާއެކު ހަވީރު އަލައިކާ މަންމަ ގެއަށް ދިޔައެވެ. އިޝްމާ ގާތު ވަގުތު ކޮޅަކު މަޑުކޮށްފައި ޔަޒަން ގާތަށް އައިރާމެން ބަޔަށް ދިޔައެވެ. އޭނާ ދިޔައިރު ޔަޒަން ގޮވައިގެން އަންޖަލް އިނެވެ. “ހޭއި ތުތީ. ވެޑިންގެ ފަހުން ނުވެސް ފެނޭ. ކިހިނެއްތަ؟” އަންޖަލް ގާތު އިށީންނަމުން އަލައިކާ އަހާލިއެވެ. އަންޖަލް ރަނގަޅޭ ބުނެފައި އަލައިކާގެ ހާލު އެހިއެވެ. ޝާރާހްއާ ބެހޭ ގޮތުން އަލައިކާއާއި ސުވާލު ކުރަން އަންޖަލްގެ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް އަލައިކާ ހީކޮށްފާނެ އެއްޗެއް ނޭންގޭތީ ދެ ވިސްނުމެއްގައި އިނެވެ. “އުމް އަލްކޯ. މިއީ އަނޭ ޝަރާހް އެއީ އަލްޔަސްގެ އަންކަލް ދޯ!” ވަރަށް ވިސްނުމަށްފަހު އެންމެ ފަހުން އަންޖަލް ބުންޏެވެ. އަލައިކާ ހުއްޓިގެން އިރުކޮޅަކު ހުރެފައި ބޯ ޖަހައިލިއެވެ. ޝަރާހްވެސް އަންޖަލްގެ ވާހަކަ އަހައިފައި އޮއްވައި އަނެއްކާ އަންޖަލްވެސް ޝަރާހްގެ ވާހަކަ އެހީއެވެ. އަންޖަލް އިތުރަށް ސުވާލު ކުރުމުގެ ކުރިން އަލައިކާއަށް އެއްޗެއް ވިސްނިގެން ޝަރާހްއާއި ބެހޭ ގޮތުން އޭނާއަށް އެނގޭ އެއްޗެއް ކިޔައިދިނެވެ.
“މަށަށް ހާދަ ހީވެއޭ ތުތީ ޝާރާހްބެދެކެ ލައިކް ވާހެން. ޝަރާހްބެ ވެސް މަގޭ ކައިރީ އަހައިފި ތުތީގެ ވާހަކަ!” އަންޖަލް ދިއުމުން އަލައިކާ އައިރާ ގާތު ބުންޏެވެ. އެއާއެކު އައިރާއަށް ހިނިތުންވެލެވުނެވެ.

ނަވާރް ނުދާން އުޅުމުންވެސް މެޗު ބަލަން އޭނާ ގަދަކަމުން ދީނާ ގެންދިޔައެވެ. ދަނޑުން ޔައިނާ ފެނުމުން ނަވާރްގެ މޫޑުއެކީ ޚަރާބުވެގެން ދިޔައެވެ. ޔައިނާ ހިނިތިންވެލުމުންވެސް ބަދަލުގައި ހީނުލައެވެ.

ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ރައުންޑްގައި ރާއްޖެ ކުޅެން ލައްވައިލީ ޖަޕާންއާއެވެ. ދެލެގު ކުޅެގެން މޮޅުވާ ޓީމެއް ވޯލްޑް ކަޕަށް ކޮލިފައި ވާނެއެވެ. ކޮލިފައިންގެ ދެވަނަ ބުރުގައި ގުރޫޕް އެއްވަނައިގެ ގޮތުގައި ރާއްޖެވަނީ ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ބުރަށް ކޮލިފައިވެ އޭޝިއަން ކަޕަށްވެސް ކޮލިފައިވެފައެވެ. ޖަޕާނާއި ރާއްޖެ ކުޅޭ ވާދަވެރި މެޗު ބެލުމަށްޓަކައި ދެ ޤައުމުގެ ސަޕޯޓަރުންވެސް ވަނީ ދަނޑު ފުރުލާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ސްކްރީންގައި މެޗު އަޅުވާފައި ހުއްޓެވެ.

މެޗުގެ ފުރަތަމަ އެގާރާގައި ޔޫސޫފް އަދި އަލްޔަސްވެސް ހިމެނުނެވެ. ދަނޑުގައި އިން ސްކްރީނުން ޔޫސުފް ދައްކާލުމާއެކު ސަޕޯޓަރުންގެ އަޑު ގަދަވެގެން ދިޔައެވެ. ގިނަ ސަޕޯޓަރުން ހިފައިގެން ތިބި ބެނާތަކާއި ޕޯސްޓަރުގައި އަލްޔަސްއަށް ތަޢުރީފުގެ ބަސްތައް ލިޔެފައި ހުއްޓެވެ.

ޤައުމީ ސަލާން ކިޔަމުން ދިޔަ ގަޑީ މުޅި ދަނޑުގައި އެއް އަޑަކުން ޤައުމީ ސަލާމުގެ އަޑު ގުގުމަމުން ދިޔައެވެ. ޔޫސުފްވެސް ކިޔުނުހާ ބާރަކަށް ކިޔަމުން ދިޔައެވެ. ޤައުމީ ޖޯޝު އާވެ ލޭކެކެމުން ދިޔައެވެ.

މެޗު ފެށީ ޖަޕާނުންނެވެ. ފުރަަތަމަ ތިން މިނެޓުގައި ރާއްޖޭ ކުޅުންތެރިއެއްގެ ފައިގައި ބޯޅަ ނުޖެހެއެވެ. ރާއްޖޭ ކުޅުންތެރިންނަށް އެމީހުން އަތުން ބޯޅަ ހޯދަން އުނދަގޫވިއެވެ. ޔޫސުފްއަށް ބޯޅަ ލިބިދާނެތީވެ ދެތިން ހަތަރު ކުޅުންތެރިން ޔޫސުފް ގާތު ވިއްދާފައި ތިއްބެވެ.

ޔޫސުފް އޭނާ ގާތަށް ހުރިހާ ކުޅުންތެރިން އެއް ކުރުމާއެކު ތަންވަޅު ބަލާފައި އަލްޔަސް ޖަޕާން ކުޅުންތެރިން އަތުން ބޯޅަ ހޯދިއެވެ. ހާފްގެ މެދެއްހައި ހިސާބު ހުރެފައި އަލްޔަސް އެބޯޅަ ކުރީގައި ހުސްކޮށް ހުރި ޒެވިޔަންއަށް ދިނެވެ. ވަރަށް ހަމަޖެހިލައިގައި ޒެވިޔަން ބޯޅަ ގޯލް ތެރެއަށް ވައްދައިލައިގެން ރާއްޖެއަށް ލީޑު ނަގައިދިނެވެ. އެ ވަގުތު ދަނޑުގައި ސަޕޯޓަރުންގެ އަޑު ގުގުމައި ގަތެވެ. ކުޅުންތެރިންވެސް އެއް ފަހަރާ ގޮސް ޒެވިޔަން ގަޔަށް އަރައިގަތެވެ.

ޒެވިޔަން ލަނޑު ޖެހުމާއެކު އަލައިކާއަށް ފުންމައިގެން ތެދުވެ ހަޅޭއްލަވައި ގަނެވުނެވެ. ގާތުގައި އިނީ ޝިއުރާކަން ހަނދާންނެތި ކަންފަތް ފަޅައިގެން ދާހާ ބާރަށް ހަޅޭއްލެވިއެވެ. އަލައިކާ އުޅުނު ގޮތުން ދެލޯ ބޮޑުވެފައި ޝިއުރާ އިނެވެ. ގޭގައި އުޅޭއިރު މަޑު މައިތިރިކޮށް އިންނަ ކުއްޖާބާއޭ ހިތަށް އެރިއެވެ. އަލައިކާ އެގޮތަށް އުޅެނިކޮށް ޝިއުރާއަށް އެ ފެނުނީ އަލަށެވެ.

އައިރާ އާއި ޔާޒް ދުރުގައި ތިބެގެންވެސް އަލައިކާ އުޅޭ ގޮތް ބަލާފައި ހުނެވެ. ޝިއުރާ ހުއްޓައިވެސް ލަނޑު ޖެހުމުން އަލައިކާ އުޅުނު ގޮތުންނެވެ. އެވަގުތު ކައިރީ ހުރީ ކާކުކަން އަލައިކާ ހަނދާންނެތޭކަންވެސް އެނގުނެވެ.

ފުރަތަމަ ހާފްގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މާއިޒް ކުޅުންތެރިން ބޭނުން ކުރަމުން ދިޔަ ގޮތަށް ގިނަ ބަޔަކު ތަޢުރީފު ކުރިއެވެ. ޔޫސުފްއާއި އަލްޔަސް ވެގެން ގޯލަށް ވަރަށް ނުރައްކާ ކުރިއެވެ. ހަމައެހެންމެ ޔޫސުފްއަށް ގިނަ ފައުލްތަކެއްވެސް އިދިކޮޅު ޓީމުން ކުރިއެވެ.
ދެވަނަ ހާފަށް ނުކުތްއިރުވެސް ރާއްޖޭ ކުޅުންތެރިންގެ އަޒުމު ވަރަށް ވަރުގަދައެވެ. ހުރިހާ ކުޅުންތެރިންވެސް ތިބީ ބައިކޮޅެއް ވަނަ ނުދީ މެޗު ނިންމާލަންށެވެ. ރާއްޖެއިން ޑިފެންސިފް ގޭމެށް ކުޅެމުން ދިޔައެވެ. އަނެއްކޮޅުން ޖަޕާންވެެސް ބެލީ ބައިކޮޅަށް އިތުރު ގޯލެއް ވައްދާނުލެވޭތޯއެވެ. އެންމެ ކުޅުންތެރިއެއް ފިޔަވައި ހުރިހާ ކުޅުންތެރިން ތިބީ ފަހަތަށް ފައިބައެވެ. ނަމަވެސް ޔޫސުފް ހިފަހައްޓަން އެދިހަ ކުޅުންތެރިންވެސް ނުކުޅެދުނެވެ. ދަނޑުގެ މެދެއްހައި ހިސާބުން ބޯޅަ ހިފައިގެން ގޮސް ޑިފެންޑަރުންނާއި ކީޕަރު ކަޓުވައިލައިފައި ހިތްގަމުން ގޯލެއް ޖަހައި ލީޑު ފުޅާ ކުރިއެވެ.
އުފާފާޅު ކުރަން ސަޕޯޓަރުންނާއި ކުރިމަތިލި އިރު ޔޫސުފް ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އުފާފާޅު ކުރަމުން ދިޔަ ނަވާރްއެވެ. ވަގުތުން ޔޫސުފްގެ ހަރަކާތްތައް ހުއްޓުނެވެ.
ނަވާރްއާއި ޔޫސުފްގެ ހަތަރު ކަޅި ހަމަވި ވަގުތު އެ ތަނުގައި އިތުރު އެއްވެސް ބަޔަކު ތިބި ކަމުގެ އިހްސާސެއް ދެމީހުން ކުރެ އެކަކަށްވެސް ނުކުރެވުނެވެ. ޔޫސުފްއަށް ނަވާރް ފިޔަވައި އިތުރު މީހަކު ނުފެނެއެވެ. ނަވާރްއަށްވެސް ޔޫސުފް ފިޔަވައި އިތުރު މީހެއް ނުފެނެއެވެ. ޔޫސުފް ލޮލުގައިވީ އަސަރަކުން ނަވާރްގެ ހިތް ވިރިގެން ފައިބަން އުޅުނުހެން ހީވިއެވެ. އެތަނުން ދުވެފިލަން ހިތަށް އެރިއެވެ.
ގައިގައި ހުރިއްޔާ ހުރި ލެޔެއް ޖަމާވަމުން ދިޔަ ނަވާރްގެ ކޯތާފަތްފެނި ޔޫސުފްއަށް އެއް މިޔައަކުން ހިނިތުންވެވުނެވެ. އިޚްތިޔާރަކާ ނުލައި އަތުން ހިތެއް ހަދާ ހިތާ ދިމާލުގައި ބޭންދުނެވެ. އެއަށްފަހު ނަވާރްއާ ދިމާއަށް އެހިތް ދިއްކޮށްލިއެވެ.

ޔޫސުފްގެ އެ އަމަލުން ނަވާރް ލަދުން އިސްޖަހައިލިއެވެ. އެވަގުތު ކަންފަތް ދޮށުގައި ގުގުމައިގަތް ސަޕޯޓަރުންގެ އަޑުން އޭނާއަށް ހަމަބިމަށް އާދެވުނެވެ. ވަށައިގެން ލޯ ހިންގާލުމާއެކު ވަށައިގެން ތިބި ސަޕޯޓަރުން ފެނުނެވެ. އެއާއެކު ހިތް މާޔޫސު ވެގެން ދިޔައީ އެއީ ސަޕޯޓަރުންނަށް ޔޫސުފް ދިން ހިތެއްކަން އެނގުމުންނެވެ. ވީދެރައިން ލޮލުން ކަރުނަވެސް ހިލުނެވެ.

ފަހަތުން އައިސް އެހެން ކުޅުންތެރިން އޭނާ ގަޔަށް އަރައިގަތުމުން ކުރެވުނު ކަންތައް ޔޫސުފްއަށް ރޭކައިލިއެވެ. ނަވާރް ހިތަށް އަރާފާނެ އެއްޗެއް ނޭންގުމުން ރަކިވިއެވެ. ކުރެވުނު މޮޔަކަން ހިތަށް އެރުމާއެކު ލަދުވެސް ގަތެވެ.

މެޗު ނިމިގެން ދިޔައީ ، ޒެވިޔަން އަދި ޔޫސުފްގެ ހިތްގައިމު ދެލަނޑުން ދޭއް ސުމެއްގެ ނަތީޖާއިން ރާއްޖެ މޮޅުވެގެންނެވެ. ހުރިހާ ކުޅުންތެރިން އަދި ސަޕޯޓަރުންނަށްވެސް ހިތްހަމަ ޖެހުން ލިބިގެންނެވެ.

“މަންމަ ވަރަށް ފަޚުރުވެރިވަން އިނގޭ ދަރިފުޅާ މެދު” ޔޫސުފް އައިސް އޭނާ ގާތު ހުއްޓުމާއެކު މާނީ ޔޫސުފް ގައިގައި ބައްދާލިއެވެ.

އެނބުރި ރިސޯރޓަށް ގޮއްސައި ނިދަން އުޅުނެއް ކަމަކު ޔޫސުފްއަކަށް ނުނިދުނެވެ. އެހެން ރޭރެއަށް ވުރެ ބޮޑަށް އެރޭ ނަވާރްގެ ޚިޔާލުތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެންމެ ފަހުން ނުނިދިގެން ޔޫސުފް ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެގިލައިގެން އިށީނެވެ. “ނަވާރްގެ ޚިޔާލުގަތަ؟” އަލައިކާއާއި ވާހަކަ ދައްކަން ބޭރުގައި ހުރެފައި އެތެރެއަށް ވަން އަލްޔަސްއަަށް ޔޫސުފް އިން ގޮތް ފެނުމުން އަހާލެވުނެވެ.
ޔޫސުފް ބޯ ޖަހައިލައިފައި އިތުރު އެއްޗެކޭ ނުބުނެއެވެ. “ބްރޯ ބުނަން. ތިހެން އުޅެގެން ކާމިޔާބެއް ނުވާނެ. ނިކަން ކެރިގެން ކުރިމަތި ލައިބައި. ނަވާރް އަދި އެއް ފަހަރު ނޯ ބުނާއިރަށް ތި ގިވްއަޕް ކުރީ. ލައި އަހަންނަށް ކިޔައިދިން އަހޫބެ އިސްރާ ދައްތަ ހޯދަން ކުރިކަންތައް. އެގޮތަށް ޔޫސުފްވެސް ޓްރައިކޮށްބަ. ނަވާރްއަށް އަންގަދީބަ ނަވާރްދެކެ ލޯބިވާކަން. ތިހެން އެކަނި އިނދެ އަދި އަންހެން ކުއްޖެއްހެން ހުވަފެން ބެލިއަސް ނުވާނެ. ކެރިގެން އުޅެލަބަ. ގައިމު ހިތްވެސް ފޮނުވަނީ ވިއްޔާ!” ޔޫސުފް މާޔޫސްވެފައި އިންނަހެން ހީވުމުން އަލްޔަސް ނަސޭހަތްކައި ދީފައި ދިމާވެސް ކޮށްލިއެވެ. “އޭ ވަރަށް އޮބްވިއަސްތަ؟” އަލްޔަސްއަށް ފާހަގަވުމުން ކުރިއަށްވުރެއް ބޮޑަށް ޔޫސުފް ރަކިވިއެވެ. “ދެން މަށަށް އަސަލު ބްރޯގެ ކަންތައް އިނގޭތީވެ އިނގުނީ. އޭ މަ ވަރަށް ނިދިއައިސި. ކައޭވެސް ދެން ނިދަން އުޅެ” އަލްޔަސް ގޮސް އެނދުގައި އޮށޯވެ މަޑެއްނުވެ ނިދިއެވެ. ޔޫސުފްވެސް އިތުރަށް ވިސްނަން ނީންދެ ނިދަން އޮށޯތެވެ.

ދަންވަރު ދޭއް ޖެހިއިރުވެސް ނަވާރް ލޮލަށް ނިދިނާދެއެވެ. އިންސްޓަގްރާމުން ޔޫސުފްގެ އެކައުންޓް ބަލަން އޮތެވެ. ޔޫސުފް ޕޯސްޓްކޮށްފައި ހުރި ފޮޓޯތައް ޒޫމްކޮށްގެން ބެލިއެވެ. “ތިހާ ރީތި މީހަކު ހަޔާތުގަވެސް ނުދެކެން. އަދި އެހާ ފޮނިމީހެއްވެސް. ބުނަންހޭ ކަލާ ، ވަރަށް ހިތް އެދޭ އެހާ ލޯބިވަން، ލޯބިން މި ހިތަށް ދެން ކެއްނުވާނެ ކަލާއާ ދުރުގަ ވާކަށް. ފިލާވަރަށް ވުރެ ބޮޑަށް މި ހިތުގަ ކަލާގެ ނަން ވަނީ ފެވިފަ.” ޔޫސުފްގެ ފޮޓޮއަކަށް ނަޒަރު ހުއްޓައިގެން އޮވެ އަސަރާއެކު އެހިތުގެ ހާލަތު ބަޔާންކޮށްދެމުން ދިޔައެވެ. އޭނާއަށް ނިދުނީވެސް ޔޫސުފްގެ ފޮޓޯއާއި ވާހަކަ ދައްކަން އޮއްވައެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ލޯބިން އަތުގައި ހިފާލާށޭ…

Next

ހީވޭ ހިތް ބުނާހެން 13

Next
February 25, 2020

ހީވޭ ހިތް ބުނާހެން 13

Previews
February 23, 2020

ލޯބިން އަތުގައި ހިފާލާށޭ…

9 Comments!

  1. Kiyara says:
    February 24, 2020 at 12:32 am

    Salam all. Here is the 41st part of rastha2. Miadhu kudakoh busy vyma lahun up kohdhevuny. In Sha Allah next part Tuesday or Wednesday ga

  2. Meekkomee says:
    February 24, 2020 at 6:02 am

    Siss mi part ves varah salhi ????? waiting for the next part ????? luv yeahhhh ❤️❤️❤️❤️??❤️❤️

  3. Kairaa says:
    February 24, 2020 at 9:23 am

    Varah reethi mi part vx….waiting for the nxt part….

  4. Maa says:
    February 24, 2020 at 3:35 pm

    V furihama vaahaka eh.. comment nukuriyas abadhu vs kiyan.. one of my favorite this is

  5. Yanaa says:
    February 24, 2020 at 4:18 pm

    Varah varah varah reethi ???
    ???????❤❤❤❤❤❤
    maa sha Allah ❤❤❤❤❤❤❤
    ❤❤❤❤❤???????
    waiting for the next part???
    ?????❤❤❤❤❤❤❤❤

  6. Navaaru says:
    February 24, 2020 at 8:58 pm

    Alhey haadha sort koh thi genes dhiny varah kiyaa hithun mi othy adhi.Ekm vs Masha Allah varah salhi mi prt vs waiting for nxt prt.

  7. Navaaru says:
    February 24, 2020 at 9:05 pm

    Alhey haadha sort koh thi upkoh ly varah kiyaa hithun mi othy adhi.Ekm vs vrh salhi Masha Allah keep it up dear waiting for nxt prt

  8. Unknown says:
    February 25, 2020 at 4:57 am

    I don’t have time but I have a great idea where you can write a series which can be made for a film, but you should write my name as concept,,, okay

  9. Unknown says:
    February 25, 2020 at 5:00 am

    I had already written the point out of that series too! It looks have everything happening in our society
    Murder
    Betrayal
    Abuse of power
    Gang violence
    School fight
    Sacrifis of a nurse
    Bankruptcy of famous business
    Nurse who turn into a hero
    Husband who had four wives
    A lawater
    Etc

Comments are closed.


All Right Reserved!