އަޝްވާ ވަނި މީގެ ހަތަރު އަހަރު ކުރިން ކައިވެނިކޮށްފައެވެ. ކައިވެނިކޮށްގެން އޭނާ ދިރިއުޅެނީ އޭނާގެ ފިރިމީހަ ސަދާންއާ އެއްކޮށް މެލޭޝިއާގައެވެ. މީގެ އެއް އަހަރު ކުރިން އެދެމީހުންނަށް އައިލީން ލިބުނެވެ. އަފްރީންއާއި އަރްޝާދްވެސް ދިރިއުޅެނީ އަޝްވާއާ އެއްކޮށް މެލޭޝިޔާގައެވެ. ** އައިލީން ހޭލުމާއެކު އައިރާއާއި އަލައިކާ އެކުއްޖާއަށް ދުރަށް ނުދެއެވެ. އައިލީންއަކީ ނުހަނު ފަސޭހައިން މީހުންނާ އެކުވެރިވާ ކުއްޖެއް ކަމުން އައިލީންވެސް އެކުދިންނާ ރުޅި ވެގެން ދުރަށް ދާކަށް ނޫޅުނެވެ. އަލައިކާއާއި އައިރާ ތިބުމުން ސަދާންއާއި އަޝްވާ […]
އައިރާގެ ސުވާލުތަކުން ރެކެން އަންޖަލް ނިދަން ދިޔައެވެ. އައިރާވެސް ދެން އަންޖަލްއާ އެ މަޢުޟޫއަށް ވާހަކަ ދައްކާކަށް ނުހަދައެވެ. އޭނާ ވެސް ނިދިއައުމުން ދޮރު ތަޅުލައިފައި ނިދަން ވަނެވެ. **** އިސްރާއާއި ނަވްޔާ ނުހަނު ގަޔާ ވެގެން އައިރާއާއި ޔާޒްގެ ކައިވެނީގެ ކަންތައް ފުރިހަމަ ކުރުމުގައި އުޅުނެވެ. ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އަހުސަމްގެ ރިސޯޓްގައެވެ. އައިރާ އަދި ޔާޒްއަކީ ވެސް މަޝްހޫރް ދެކުޅުންތެރިން ކަމުން ގިނަ އަދަދެެއްގެ ފުތުބޯޅަ ތަރިންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. […]
ޒެވިޔަންގެ އިންތިޒާރަށް ނިމުން އައި އަށެއް ޖެހިއިރު އަލައިކާ ބައްދަލު ކުރަން އައުމުންނެވެ. އަލައިކާގެ މޫނު މަތިން އެހެންނާ ނުހުންނަ ވިދުމެއް މިރޭ ހުއްޓެވެ. ފަރި ހިނގުމެއްގައި އައިސް ޒެވިޔަން ކުރިމަތީ ހުއްޓިލުމާއެކު ޒެވިޔަންއަށް ހަމަ ބިމަށް އާދެވުނެވެ. “ވަރަށް ވިސްނާފަ އަހަރެން ގޮތެއް ނިންމައިފިން!” ހިނިތުންވެލައިގެން އިނދެ އަލައިކާ ބުނެލި ގޮތުން ޒެވިޔަންގެ އުއްމީދު އާވިއެވެ. ޒެވިޔަންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ. ****** ފަތިސް ނަމާދުކޮށްގެން އައިރާއަށް ނިދަން ނޯވެވުނީ އަންޖަލްއާ ހެދިއެވެ. އަންޖަލް […]
އައިރާއާއި ޔާޒްގެ ކައިވެނި ހަތަރުމަސް ފަހުން ކުރެވޭ ގޮތަށް ހަމަޖެހުނެވެ. އެއާއެކު ގޭތެރެއަށް ޢީދެއް އައިހެން ހީވިއެވެ. ޔޫސުފްގެ ދިމާކުރުންތައް އެދެކުދިންނާ އަމާޒުވިއެވެ. ޒެވިޔަންގެ ނަޒަރު އަލައިކާއަށް ހުއްޓެމުން ދިޔައެވެ. އަލައިކާ ދޭނެ ޖަވާބެއް ނޭންގޭނެތީވެ އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހިތުގެ ކަނަކުން އަލައިކާ އޭނާއަށް ބުނާނީ ނޫނެކޭ ކަން ބުނަމުން ދިޔައެވެ. *** ޕްރެކްޓިސްގައި އަލްޔަސްގެ ވިސްނުން ހުރީ މުޅިން އެހެން ތާކަށް ގެއްލިފައެވެ. އެއް ގޮތަކަށްވެސް އޭނާއަށް ރަނގަޅަކަށް ނުކުޅެވެއެވެ. އަކްމަލް […]
ކައި ނިމުމާއެކު ޗޮކްލެޓް ކޭކެއް ގެނައެވެ. އަލައިކާ ޒެވިޔަންއަށް ބަލާލީ އެއީ ކޯޗެއްހޭ އަހާ ފަދަ ގޮތަކަށެވެ. ހިތުގެ ބައްޓަމަށް އިން ކޭކުގައި ހުދު ކުލައިގެ އައިސިން އިން އަލް އެންޑް ޔަން ޖަހާފައި ހުއްޓެވެ. އަދި ރަތް ފިނިމެންމާ ފިޔަވެސް ކޭކުގަައި ހުއްޓެވެ. “އަލް ކޭކު ފެޅީމަ އެނގޭނެ!” އަލައިކާ އަތަަށް ވަޅު ދިއްކޮށްލަމުން ޒެވިޔަން ބުންޏެވެ. ރިހި ކުލައިގެ ވަޅީގައި ރަތް ކުލައިގެ ރިބަން ފަށެއް އަޅާފައި އޮތެވެ. ޒެވިޔަން ދިން ވަޅިން އަލައިކާ […]
އައިރާ އާދައިގެ ގޮތަކަށް ތައްޔާރުވެގެން ނުކުތެވެ. އޭނާގެ މޫނުން ރަތްކަން އަދިވެސް ނުފިލައެވެ. ދެލޯ ދުޅަވެފައި ހުރިއިރު ތުންފަތްވެސް ހުރީ ހިކިފައެވެ. އިސްރާ ތައްޔާރުވެގެން އައުމާއެކު އިސްރާއާއެކު ހޮސްޕިޓަލަށް ދާން އައިރާ ނުކުތެވެ. *** އިސްރާއާއި އައިރާ ހޮސްޕިޓަލަށް ދިޔައިރު ހެނދުނު ސައިބޮއެގެން ޔާޒް އޮތީ ނިދާފައެވެ. ޔާޒް ގާތު މަޑުކޮށްގެން ތިބީ އަލައިކާއާއި ނަވްޔާއެވެ. ސޯފާގައި އިށީންދެގެން މިލާފައި ހުރި ނަވްޔާ ފެނުމާއެކު އައިރާއަށް އިސްޖަހާލެވުނެވެ. ކުށްވެރިކަން އައިސް އައިރާ ވަށާލަމުން ދިޔައެވެ. ހިތަށް އަރައިފައިބަމުން […]
އަލައިކާ ފަހަތުން ހިނގައިގަތް އައިރާއަށް ހުއްޓެވުނީ އޭނާ އަތުގައި މީހަކު މީހަކު ހިފެހެއްޓުމުންނެވެ. އައިރާ އެނބުރިފައި ބަލާލިއިރު އޭނާ އަތުގައި ހިފައިގެން ހުރީ ޔާޒްއެވެ. ޔާޒް އެގޮތަށް އޭނާ އަތުގައި ހިފައިގެން ހުރުމުން އައިރާއަށް ވަށައިގެން ބަލާލެވުނެވެ. އޭރު ކޮންމެސް ވަރަކަށް މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުއްޓެވެ. “ޔާޒް އަތުން ދޫކޮށްބަލަ މީހުން އެބަ ބަލައޭ!” ޔާޒް އަތުން އަތް ނައްޓަން މަަަސައްކަތް ކުރަމުން އައިރާ ބުންޏެވެ. ޔާޒްދެން ކުރިކަމަކުން އައިރާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. […]
“އަޅުގަނޑު ބޭނުން މެރީ ކުރަން!” ޔާޒްގެ ބޭނުން އެނގުމާއެކު ނަވްޔާ އަދި މާއިޒްއަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ. ޔާޒް ކުދިންނާ ރަށްޓެހިވާ މިންވަރު އެދެމީހުންނަށް އޮޅިފައެއް ނެތެވެ. ކުއްލިއަކަށް ހުރެފައި ކައިވެނި ކުރަން ބޭނުމޭ ބުނުމުން ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. މާއިޒްއާ ނަވްޔާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެދެމީހުން އަދިވެސް ތިބީ ހައިރާންކަން މަތީއެވެ. ނަވްޔާގެ ދެލޯ ބޮޑުވެފައި ހުރިއިރު އަނގަވެސް ހުރީ ހުޅުވިފައެވެ. މާއިޒްވެސް ހުރީ ހަމަ އެހެންނެވެ. ޔާޒް އިސްޖަހައިގެން ހުރިއިރު ތުންފަތް ހަފަމުން ދިޔައެވެ. […]
މެޗު ނިމުމާއެކު ނޫސްވެރިންގެ ކެމެރާތަކުގެ އަމާޒަކަށް އަލްޔަސްއާ ޔޫސުފް ވިއެވެ. ރާއްޖެއިން ޖެހި ތިން ލަނޑަކީވެސް އެދެކުދިންގެ ބައިވެރިވުމުން ޖެހި ތިން ލަނޑެވެ. *** ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުން މާ އުނދަގޫ ކަމަކަށް އަލްޔަސްއަށާ ޔޫސުފްއަކަށް ނުވިއެވެ. ދެކުޅުންތެރިންވެސް ސަޕޯޓަރުންނަށާއި ކޯޗަށް ޝުކުރު އަދާކުރިއެވެ. ދެކުޅުންތެރިންނަށް އިތުބާރުކޮށްފައި މެޗަށް އެރުވުމުންނެވެ. ޔޫސުފް އޭނާގެ ބައްޕައަށާ އާއީލާއަށް ޚާއްސަކޮށް ޝުކުރު އަދާކުރިއެވެ. އަލްޔަސްވެސް އަކްމަލްއަށް ޚާއްސަ ޝުކުރެއް އަދާކުރިއެވެ. އިންޓަވިއު ނިންމާލާފައި ދެކުޅުންތެރިން ޓީމުގެ އެހެން […]