Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (40)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 21, 2020 5 Mins Read
6 Comments

މެޗު ފެށެން ކައިރިވަމުން ދިޔަވަރަކަށް ޔޫސުފްގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ހިތްއަވަސްވެ ފިނިވިއެވެ. ޔޫސުފް ހާސްވާން ފެށުމުން އާރާޝްއަށް ގުޅިއެވެ. ބައިގަޑިއިރު އާރާޝް އަދި މާނީއާއި ވާހަކަ ދައްކާލެވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އެކުވެރިންގެ ފަރާތުން ހިތްވަރުގެ މެސެޖުތައްވެސް ލިބުނެވެ. އެންމެ ބޮޑަށް ހަމަޖެހުން ލިބުނީ ނަވާރްގެ ގުޑްލަކް މެސެޖް ފެނުމުންނެވެ. އަލައިކާމެންގެ މެސެޖްތަކަށް ރިޕްލައި ނުކޮށްވެސް ނަވާރްގެ މެސެޖަށް ރިޕްލައި ކުރިއެވެ.

*****

 

އަތު ޖެހުނު ކާއެއްޗެއް ހިފައިގެން އަލައިކާ އެނދަށް އަރާއިނެވެ. ދެފައި ވަށްކޮށްލައިގެން ޓީވީއަށް ގެއްލިފައި އިންއިރު އަނގައިގައި ކާއެއްޗިހި ހުއްޓެވެ. ޓީވީއަށް ގެއްލިފައި އިން ވަރުން އަލްޔަސް އައިކަން ވެސް އަލައިކާއަށް ނޭންގުނެވެ. އަލްޔަސް އައިސް އަލައިކާ ގާތު އިށީނެވެ. އަލައިކާ އުނގަށް ލައިގެން އިން ޗިޕްސް ދަޅުން ފޮއްޗެއް ނެގިއެވެ. އަނގަޔާ ހަމައަށް އެ ނުގެންދެވިގެން އުޅެނިކޮށް އޭނާ އަތްމަތީ އަލައިކާ ޖަހައިފައި އޭތި އަތުލިއެވެ. “ހާދަ ބާރުގަދަވެސް ކުއްޖެކޭ ދޯ މީ!” އަލައިކާ އުނގަށް ލައިގެން އިން ޗިޕްސްދަޅު ނަގައި އަލްޔަސް އަލައިކާ އުނގުތެރޭ އޮށޯވެލިއެވެ. “މި ކަހަލަ ގަޑި ގަޑީ ބާރުވެސް ގަދަވާނޭ!” މެޗަށް އިޝާރަތް ކުރަމުން އަލައިކާ ބުންޏެވެ. އަލްޔަސްވެސް ހީލާފައި ޓީވީއަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. އޭރު މެޗު ފަށަން ވެގެން ދެޓީމުގެ ކުޅުންތެރިން ދަނޑަށް އަރާ ތިއްބެވެ. “މިރޭވެސް ޔޫސުފް ބެންޗްގަތަ؟” ދަނޑުމަތީ ތިބި ކުޅުންތެރިން ތެެރެއިން ޔޫސުފް ނުފެނުމުން އަލްޔަސް އެހިއެވެ. އަލައިކާ ބޯޖަހައިލިއެވެ. “މިވަގުތު ތިހެން އޮތިމަކީ ވަރަށް ނުރައްކާތެރި ކަމެއް އިނގޭ. ތިހެން އޮވެފަ ޖެހީމަ ނުބުނާތި އެއްޗެކޭ” އަލްޔަސްގެ އިސްތަށިގަނޑު ހާވާލަމުން މަޖާވެލައިފައި އަލައިކާ ބުންޏެވެ. “ލައި އަތުން ކިތަންމެ ބާރަށް ޖެހިއަސް އަހަރެންގެ ފަރުވަލެއް ނެތް!” ހަމަޖެހިލައިފައި އަލްޔަސް ބުންޏެވެ. “ހޫމް ތިއެށް އިނގިދާނެތާ!” އަލައިކާ މޫނަށް ގޮތެއް ހަދައިފައި އަލްޔަސް ކޮލަށް ބޮސްދިނެވެ. އެއަށްފަހު ދެމީހުންވެސް ހުރިހާ ސަމާލުކަމެއް މެޗަށް ދިނެވެ.

 

ޔަޒަން ނިންދަވަފައި އައިރާއާއި ޔާޒްވެސް ތިބީ މެޗު ބަލަން ތައްޔާރުވެގެންނެވެ. ޔޫސުފް ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ މެޗަށް ވުމުން އެ މެޗު ބަލަން ޔާޒްއާއި އައިރާވެސް ތިބީ ކެއްމަދުވެފައެވެ. ބެންޗުން ޔޫސުފް ފެށިކަމުގައި ވިއަސް މެޗުގެ ކޮންމެސް ހިސާބަކުން ޔޫސުފް ދަނޑަށް އަރާނެ ކަމުގެ ޔަޤީންކަން އޮވެއެވެ.

 

ދަންވަރުގެ އެވަގުތު މެޗު ބަލަން ސިޓިންރޫމަށް ނަވާރް ނިކުތްއިރު އިވާންވެސް ސޯފާގައި މެޗު އަޅުވައިގެން އިނެވެ. ނަވާރް ނިކުތުމުން އިވާން ހައިރާންވެގެން ނަވާރް ފުޓުބޯޅަ ބަލަން ފެށީ ކޮންއިރަކުތޯ ސުވާލު ކުރިއެވެ. “މީ އެއީ ދީނާގެ ބޯއި ފްރެންޑް ޒެވްއާ ހެދި ބެލެން ފެށުނީ. ދީނާވެސް މިހާރު ވަރަށް ފޯރި ހުރޭ ޒެވް ކުޅޭތީވެ. ދީނާ ބުނީ މިރޭ ވަރަށް ވަރުގަދަ މެޗެއް އޮންނަ ވާހަކަ އެހެންވެ  މި ނިކުމެލީ ދެން ނިދި ނާންނާތިއާވެސް އެއްކޮށް” ދީނާ ބޮލަށް ހުރިހާ ކަމެއް ޖަހައިފައި ނަވާރް ހަމަޖައްސާލިއެވެ. އިވާންވެސް އިތުރަށް ސުވާލެއް ނުކުރެއެވެ. ނަމަވެސް ބެންޗުގައި އިން ޔޫސުފް ފެނުމުން ޔޫސުފްއަށް ތަޢުރީފުކުރިއެވެ. “އެ ސޮރު އެހެން އިންނަ އިރު ހަމަ ހީވަނީ އާރާޝާހެން. އާރާޝްވެސް ހުންނާނީ ހަމަ އެހެން. އަންހެން ކުދިންތައް ތިބޭނީ މޮޔަވެފަ. މި ސޮރަށްވެސް ހަމަ އެވަރު. އެކަމު އާރާޝް އަންހެން ކުދިން މޮޔަވިއަސް އަނގައިންނެއް ނުބުނާނެ. މި ސޮރު އެގޮތަށް ތަފާތު ވަރަށް އަންހެން ކުދިން ވެގެން އުޅެނީ!” އާރާޝްއާއި ޔޫސުފްގެ ތަފާތުތައް އިވާން ކިޔެވެ. ހިނިތުންވެފައި އެވާހަކަތައް އަޑު އަހަމުން ދިޔަ ނަމަވެސް ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ބައްޕަ އެވާހަކަ ހުއްޓާލާތޯ ނަވާރް ދުޢާކޮށްލަ ކޮށްލާ އިނެވެ.

 

ދަނޑުގެ ވީއައިޕީ ބައިގައި އާރާޝް، މާނީއަދި މިންހާ ތިއްބެވެ. އެދެމީހުންގެ އިިތުރަށް އެތަނުގައި މެސީ އާދި ރޮނާލްޑޯވެެސް ތިއްބެވެ. އާރާޝް ފެނުމުން އެދެމީހުންވެސް ގޮސް އާރާޝްއާއި ސަލާން ކޮށްފައި މާނީއާއި ވެސް ވާހަކަ ދެއްކިއެވެ. އަދި ޔޫސުފް ދައްކާފައި އެއީ އާރާޝް ފަދައިން ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށް ދެތަރިންވެސް ބުންޏެވެ.

 

 

“އައި ނެވާރ އިމޭޖިންޑް ޕްލެއިން އަގައިންސްޓް ދެމް” ކްރިސްޓިއާނޯ ޖޭއާރ އަދި މަޓެއޯ މެސީއަށް އިޝާރަތް ކުރަމުން އޭނާއާއި ޖެހިގެން ބެންޗުގައި އިން ކުޅުންތެރިޔާއަށް ޔޫސުފް ބުނެލިއެވެ. “ސޭމް ބްރޯ ސޭމް” އެކުޅުންތެރިޔާވެސް ބުނެލިއެވެ. ޔޫސުފްއަށް ކުރެވެމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުކުރެވޭ ފަދަ އިހްސާސްތަކެކެވެ. ބެންޗުގައި އިން އިރުވެސް އޭނާގެ ހިތްވަނީ އަވަސްވެފައެވެ.

 

މެޗު ފެށީ ލިވަޕޫލިންނެވެ. މެޗުގެ ފަސްވަނަ މިނެޓުން ފެށިގެން ބޯޅަ އޮންނަނީ މެޑްރިޑް ކުޅުންތެރިން އަތުގައެވެ. މަޓެއޯއާއި ކްރިސްޓިއާނޯ ޖޭއާރް އެދެކުޅުންތެރިންގެ އުކުޅުތައް ބޭނުންކޮށްގައި ފުރިހަމަ ހުނަރު ދައްކަމުން ލިވަޕޫލްގެ ޑިފެންޑަރުންނަށް ބާރު ބޮޑު ކުރަމުން ދިޔައެވެ. އެދެކުޅުންތެރިން ހުއްޓުވަން ލިވަޕޫލްގެ ކުޅުންތެރިންނަށް ވީ އުނދަގޫ ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އެކާވިސްވަނަ މިނެޓުގައި މެޑްރިޑުން ލީޑު ނެގިއެވެ. މަޓެއޯ މެސީގެ ހިތްގައިމު ގޯލަކުންނެވެ. އެ ގޯލްއާއެކު މަޓެއޯމެސީ ޗެމްޕިއަންސް ލީގުގެ އެސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ފަނަރަ ލަނޑާއެކު އެރިއެވެ.

ފުރަތަމަ ހާފް ނިމުނުއިރު މެޑްރިޑުން ލިވަޕޫލްކޮޅަށް ދެލަނޑު ޖަހައިފައި އޮތެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ދެވަނަ ހާފު ފެށޭ އިރު ކޯޗު ފިރްމިނޯ ޔޫސުފް ބޭނުން ކުރާނެކަމަށެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން ރިއާލްއިން ތިންވަނަ ލަނޑުޖަހައި ހަތަރުވަނަ ލަނޑު ކާމިޔާބު ކުރިއިރުވެސް ކޯޗު ޔޫސުފް ނާރުވައެވެ.

 

 

 

“އަޅެ އޭނާ ޔޫސުފް އަރުވަން ވެއްޖެ އެއްނު. ކިހިނެއްވެފަ ހުރި މީހެއްްތަ؟” އަލައިކާ މޫނަށް ރުޅިއައިސްގެން ރަތްވެފައި ހުރިއިރު އޭނާ އަތު ތެރޭގައި އަލްޔަސްގެ އިސްތަށިގަނޑު އޮޅާލާފައި އޮތެވެ. އަލްޔަސްއަށް ތަދުވިއެއް ކަމަކު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އަލައިކާ އޭނާ ގާތު އެހެން ވެދާނެ ކަމަށް ބުނުމުންވެސް އަމިއްލައަށް އޮތީއެވެ. ބޮލަށް ބާރުވެގެން އަލްޔަސް ލޮލުން ފެންއަންނަވަރުވިއެވެ. “އައުޗް ލައި. ތަދުވޭ!” އަލައިކާ އޯއޭ ކިޔައި އަލްޔަސް އިސްތަށިގަނޑުން ދޫކޮށްލިއެވެ. އޭރު އަލްޔަސް ލޮލުން ފެންއައިސް ލޯ ހުރީ ރަތްވެފައެވެ. “އައި އޭމް ސޯ ސޮރީ” ލޮތްބާއެކު އަލްޔަސްގެ އިސްތަށިގަނޑުގައި އަލައިކާ ފިރުމާލިއެވެ.

 

 

ބަލިވަމުން ދިޔައިރުވެސް ކޯޗު ޔޫސުފް ނާރުވާތީ ނަވާރް އިނީ ރުޅިގަދަވެފައެވެ. ހިތާހިތުން ކޯޗާއި ދިމާއަށް އެއްޗިހި ކިޔަމުން ދިޔައެވެ. ނަމަވެސް އިވާން އިނުމުން ބާރަށް ބުނާކަށް ނުކެރެއެވެ. ނަވާރް އެއްޗެކޭ ނުބުނެ ހުއްޓާ ޔޫސުފް ނާރުވައިގެން އިވާން ކޯޗަށް ފާޑުކިއެވެ.

 

މެޗު ނިމެން ތިން މިނެޓަށްވެފައި އިންދާ ޔޫސުފް ކުޅެން އެރިއެވެ. ޔޫސުފް އެރުމާއެކު ހެން ރިއާލްގެ ޑިފެންސް ލައިނަށް ބާރު ބޮޑުވިއެވެ. ފުރަތަމަ މިނެޓު ތެރޭގައިވެސް ގޯލަށް ނުރައްކާ ކުރިއެވެ. ޔޫސުފް ގާތު ދެ ޑިފެންޑަރުން ވިއްދާފައި ހުއްޓާވެސް ގޯލް އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ދެމިގަތެވެ. ނަމަވެެސް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅައިގައި ބާރު ނެތުމުން ކީޕަރު މަތަކުރީއެވެ.

މެޗުގެ ނުވަދިހަ މިނެޓުގައި ލަވަޕޫލަށް ކޯނަރެއް ލިބުނެވެ. ކޯނަރު ނެގި ކުޅުންތެރިޔާ ކޯނަރު ނަގައިދިނީ ސީދާ ޔޫސުފްގެ ފަޔަށެވެ. ޔޫސުފް ހަމަޖެހިލައިފައި ނިކަން ބާރަށް ގޯލާއި ދިމާއަށް ބޯޅަ ފޮނުވާލިއެވެ. ކުޅުންތެރިންގެ ފައި ދަށުންލައިފައި ގޮސް ބޯޅަ ގޯލް ތެރެއަށްވަނެވެ. ގޯލް މެދެއްހާ ހިސާބުގައި ހަރަކާތް ހުއްޓިފައި ގޯލް ކީޕަރު އިނެވެ.  ލަނޑު ޖެހުނެއް ކަމަކު މާ ބޮޑު އުފަލެއް ޔޫސުފް ފާޅެއް ނުކުރެއެވެ. ބައްޕަގެ ކުރީގެ ކުލަބަށް އިހްތިރާމް ކުރުމުގެ ގޮތުންނާއި ލިވަޕޫލް ދައްވަމުން ދާތިއެވެ.

މެޗު ނިމިގެން ދިޔައީ ހަތަރެއް އެކަކުން މެޑްރިޑް މޮޅުވެގެންނެވެ. ލިވަޕޫލް ބަލިވި ނަމަވެސް ގިނަ ބަޔެއްގެ ތައުރީފު ޔޫސުފްއަށް ލިބުނެވެ. މެޗު ނިންމާފައި ދެޓީމުގެ ކުޅުންތެރިން ސަލާން ކުރި ވަގުތު މަޓެއޯ މެސީ، ޔޫސުފް ގާތުން ޖާޒީ ބަދަލު ކުރަން އެހިއެވެ. ފުރަތަމަ ޔޫސުފްއަށް އިނދެވުނީ ޤަބޫލު ނުކުރެވިފައެވެ. ވާނުވާ ނޭންގިފައި ހުންނަހެން ހުންނަން ފެށުމުން ދެވަނަ ފަހަރަށްވެސް މަޓެއޯ އެހިއެވެ. “އޯ މައި ގޯޑް ޔެއާރ އޮފްކޯސް” ޔޫސުފް ލިބިނު ފުރުސަތުގައި މަޓެއޯއަށް ތައުރީފުކޮށްފައި ވާހަކަ ދެއްކިއެވެ. މަޓެއޯވެސް ޔޫސުފްއަށް ތަޢުރީފު ކުރިއެވެ. ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ޔޫސުފްއަށް ކާމިޔާބީ ލިބެން ގިނަ ދުވަސް ނުނަގާނެ ކަމަށްވެސް ބުންޏެވެ. ޔޫސުފް އެންމެ އުފާވީ ކްރިސްޓިއާނޯ ޖޭއާރް އައިސް އޭނާއަށް ތައުރީފު ކުރުމުންނެވެ. ދުވަހަކުވެސް ހަގީގަތަކަށް ވާނެ ކަމަށް ހީނުކުރާ ހުވަފެން ހަގީގަތަކަށް ވީއެވެ. އެކުޅުންތެރިންނާ ބައްދަލު ވިއަސް އެދެކުޅުންތެރިންނާ އިދިކޮޅަށް ކުޅެ އެދެކުޅުންތެރިންގެ ތަޢުރީފު ލިބިދާނެކަމަކަށް ހިއެއް ނުކުރެއެވެ. ޔޫސުފްއަށް ހީވީ އާސްމާނުގައި އުޅެވޭހެންނެވެ.

 

ޔޫސުފްއާއި މަޓެއޯ މެސީ ޖާރޒީ ބަދަލުކުރާތަން ޓީވީން ދެއްކުމުން އަލައިކާ މޮޔަނުވީ ކިރިޔާއެވެ. ފުންމައިގެން އެނދުން ތެދުވެ ކުޑަކޮށް ހަޅޭއްލަވައިލިއެވެ. “އޯ މައި ގޯޑް. އޯ މައި ގޯޑް. މަޓެއޯ ޔޫސުފްއަށް ޖާރޒީ ދިނީ. އަޅޭ އަޅޭ” އަލައިކާއަށް އުޅެވޭ ނޫޅެވޭ ގޮތްވެސް ނޭންގުނެވެ.

 

 

“އަދި މިއީ އެންމެ ހާފެއް. އަހަރުމެންނަށް ބާކީ ނުވަދިހަ މިނެޓު އެބައިން. އެވެސް އެންފިލްޑްގަ. އަހަރެން މާބޮޑަށް ހާހެއް ނުވޭ. ދެން އާރާޝް ޖޭއާރް ލަހުން އެރުވީ އެއީ ޓެސްޓަކަށް. އެ ޓެސްޓުން ވަރަށް ފުރިހަމައަށް އޭނަ އެވަނީ ފާސްވެފަ. މި ނަތީޖާ އޮތްގޮތުން މާބޮޑަށް އަހަރެން ހާހެއް ނުވޭ!” މެޗު ނިންމާފައި ނޫސްވެރިއަކު ކުރި ސުވާލަށް ލިވާޕޫލްހެ ކޯޗު ފިރްމިނޯ ޖަވާބު ދިނެވެ. މެޗުން ބަލިވި ނަމަވެސް ޔޫސުފްގެ ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރިކަން އެނގެއެވެ.

 

ޓީމާ އެއްކޮށް އެނބުރި ލިވަޕޫލަށް ނުގޮސް ޔޫސުފް އާރާޝްމެންނާއެކު މެޑްރިޑްގައި މަޑުކުރިއެވެ. ކުޑައިރު އޭނާ އުޅުނުގެއަށް ދެވުމުން ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބުނެވެ. އާއިލާއާ އެއްކޮށް ދެދުވަސް މެޑްރިޑްގައި އުޅެފައި އެނބުރި ލިވަޕޫލަށް ޔޫސުފް ދާން ޖެހުނީ އެކަންޏެވެ. އާރާޝްމެން މެޑްރިޑުން އެނބުރި ރާއްޖެ ދިޔައީއެވެ.

 

 

ޔޫސުފްއާއި ނަވާރް އިންސްޓަގްރާމުން ކޮންމެ ރެއަކުހެން ވާހަކަ ދައްކައެވެ. އެހެނަސް ދެމީހުންކުރެ އެކަކުވެސް ހިތުގެ ހާލު އަނެކަކަށް ނާންގައެވެ. ނަވާރް ހިތުން ޔޫސުފް އަދިވެސް އުޅެނީ ޔައިނާއާއި ރަށްޓެހިވެގެންނެވެ.

 

އިންޓަނޭޝަނަލް ބްރޭކަށް ލީގުތައް ދެހަފްތާއަށް މެދު ކަނޑާލިއެވެ. ރާއްޖޭގެ ޤައުމީ ޓީމާއި ގުޅެން ޔޫސުފް ރާއްޖެއައެވެ. އޭނާ އައިރު އައީ އެކަކު ގާތުވެސް އަންނަ ދުވަސް ނުބުނެއެވެ.

 

ހަވީރު ފިންޏަށް ދީނާއާ އެއްކޮށް ހިނގާލަން ދާން ނަވާރް ތައްޔާރުވިއެވެ. ކަޅު ކުލައިގެ އަބާޔާއާ އެއްކޮށް ރަތްކުލައިގެ ޝޯލްއެއް އެޅިއެވެ. ތުންފަތުގައި މަޑު ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސައިފައި ލޯ ވަށައިގެން އަނދުން ފަވާލިއެވެ. ތައްޔާރުވެ ނިމިގެން ދީނާއަށް ގުޅުމުން ތިރިއަށް ދާން ބުންޏެވެ. އިވާން ގާތު ބުނެފައި ފައިވާން ހަރުގަނޑުން ފައިވާން ނަގައިގެން ބޭރަށް ނިކުތެވެ. މަޅިގަނޑު އަޅުވަން ޖެހޭ ފައިވާނެއް ކަމުން ލިފްޓްގެ ދޮރުގައި ލެގިލައިގެން ފައިވާނަށް އަރަން ނަވާރް އިނެވެ. ފައިވާނަށް ރީތިކޮށް ނޭރިގެން އުޅެނިކޮށް ލިފްޓުގެ ދޮރު ހުޅުވުނެވެ. ދޮރު ހުޅުވުނު ބޮނޑީ ލިފްޓް ތެރެއަށް ނަވާރް ވެއްޓެން ދިޔައެވެ.

 

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

މިޝްކާ ******* (1)

Next

ޝުދޫ**********(22)

Next
February 22, 2020

ޝުދޫ**********(22)

Previews
February 21, 2020

މިޝްކާ ******* (1)

6 Comments!

  1. Yanaa says:
    February 21, 2020 at 4:40 pm

    Varah ??varah?? reethi
    maa sha allah ????
    curiously?? waiting?? for?? the?? next ??part.??????

  2. Kiyara says:
    February 21, 2020 at 4:44 pm

    Salam all. Here’s 40th episode od rastha2. This part is a bit shorter but In Sha Allah i will try to make next part longer. Next part tmrw or sunday

  3. imkko says:
    February 21, 2020 at 7:55 pm

    wow varah salhi♥️♥️♥️♥️♥️♥️masha allah♥️♥️♥️♥️nest part avahah genesdhecheyy plss????♥️♥️♥️♥️♥️????curiously waitinn for next part

  4. Kairaa says:
    February 21, 2020 at 9:47 pm

    Varah reethi mi part vx…waiting for the nxt part…..

  5. Maa says:
    February 23, 2020 at 8:42 pm

    Waiting.. kobaathamireyge bai

  6. Navaaru says:
    February 23, 2020 at 9:41 pm

    Masha Allah varah reethi mi pet vs.waiting fr nxt prt curiously.Whn is next prt

Comments are closed.


All Right Reserved!