އެއް އަހަރު ފަސް…….
ފުޓުބޯޅަ ދަނޑެއް ނަމަވެެސް މުޅި ދަނޑުވަނީ ކައިވެނި ޕާޓީއަކަށް ތައްޔާރުކޮށްފައެވެ. ވިނަ ގަނޑު މަތީ ބޮޑު ރަތްދޫލައެއް އަޅައިފައި ވާއިރު މުޅި ތަންވާނީ ރަތްކުލައާއި ހުދުކުލައިގެ ފޮތި އަދި ތަފާތު ވައްތަރުގެ ބޮކިފަތިފަދަ ތަކެއްތިން ޒީނަތްތެރިކޮށްފައެވެ. ގޯލު އަސްލު އިންނަ ހިސާބަށްވުރެ ތަންކޮޅެއް ފަހަތުގައި ގޯލެއް ބަހައްޓާ، ގޯލު ތެރޭ ރަތްކުލައިގެ ޝާހީ ދެގޮނޑި ބަހައްޓައިފައި ހުއްޓެވެ. ދަނޑުގެ އެކި ހިސާބުތަކުގައި މޭޒު ބަހައްޓާފައި މޭޒު މަތީ ރަތްކުލައިގެ ފޮތިގަނޑު އަޅައިފައި ހުއްޓެވެ. ކޮންމެ މޭޒެއް ވަށައިގެން ހުދުކުލައިގެ ފޮތި އެލުވައިފައި ހުރި ފަސްގޮނޑި ހުއްޓެވެ. ގޮނޑީގެ މެދެއްހައި ހިސާބު ރަތްކުލައިގެ ރިބަން އައްސާފައި ހުއްޓެވެ. ދަނޑުގެ ދެފަރާތުގައި ބުފޭ އޮތެވެ. ދަނޑު ވަށައިގެން ހުދުކުލައިގެ ބޮޑު ފޮތިގަނޑެއް ދަމާފައި ހުއްޓެވެ.
ގޯލްކައިރީ ބަހައްޓާފައި ހުރި ދެ ގޮނޑީގައި އަލްޔަސްއާއި އަލައިކާ ތިއްބެވެ. ދެޒުވާނުންވެސް ވަނީ އެރެއަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އަލައިކާ އިނީ މަޑު ރަތްކުލައެއްގެ މަތިކޮޅަކާއި ގަދަރަތް ކުލައިގެ ސްކާރޓެއް ލައިގެންނެވެ. ޝޯލް އިނީ ހުދުކުލައިގައެވެ. އާދައިގެ ލުއި މޭކަޕެއްކޮށްފައި ހުރި އިރުވެސް އެމޫނު މަތިން ފެންނަމުން ދިޔައީ އުޖާލާ ކަމެވެ. މޭކަޕަށް ވުރެ ބޮޑަށް އަލައިކާގެ ތުންފަތް މަތީގައިވި ހިނިތުންވުމުން އެމޫނު ރީތިކޮށްދެއެވެ. އަތުގައި ރަތްކުލައިގެ ދަނޑި އަޅާފައި ހުއްޓެވެ. ޝޯލްގެ ދަށުން ރަން ދިގު ފަށެއް ފެންނަން އޮތެވެ. ފަށުފުލުގައި އިން ހިތުތެރޭގައި އަލްޔަސްގެ ނަން ސްޕެނިޝް ބަހުންނާއި އިނގެރޭސިން ވަރަށް ރީތިކޮށް ކަނޑާނަގައިފައި ހުއްޓެވެ. އެފަށަކީ ކައިވެނީގެ ރަނެވެ. ފައިސާގެ ބަދަލުގައި އަލައިކާ ބޭނުންވީ އަބަދުވެސް ރައްކާތެރިކަމާއެކު ގެންގުޅެވޭނެ އެއްޗެކެވެ. އަލްޔަސް ހުރީ ރަތްކުލައިގެ އަތްދިގު ގަމީހަކާ ހުދުކުލައިގެ ފަޓުލޫނެއް ލައިގެންނެވެ. ކަނދުރާއާ ހަމައަށް އޮތް އިސްތަށިގަނޑު އޮތީ ރީތިގޮތަކަށް ސްޓައިލްކޮށްފައެވެ.

އަލްޔަސް އެންމެ ހިނދުކޮޅަކަށް ވެސް އަލައިކާ އަތުން ދޫނުކުރެއެވެ. ކައިވެނި ކުރެވުނު ވަގުތަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. މުޅި އުމުރަށް އެ އަންހެން ކުއްޖާ އޭނާގެ ހައްޤަކަށް ވީއެވެ. އެހާ އުފާވެރި ވަގުތެއް ދުވަހެއްގެ ކޮޅުންވެސް ދެން އަންނާނެހެންނެއް އޭނާއަކަށް ހިއެެއް ނުވެއެވެ. ދުވަހަކުވެސް އެއަތުން ދޫނުކުރާނަން ކަމަށް ވައުދުވިއެވެ.
އުދުހެވޭނަމަ އަލައިކާ އުދުއްސައި ގަތީއެވެ. އަލްޔަސްދެކެ ލޯބިވީންސުރެ އޭނާ އިންތިޒާރު ކުރަމުން ދިޔަ ވަގުތު ޖެހުމުންނެވެ. ބަޔާން ކުރަންދަތި އުފަލެއް ލިބުނެވެ. ލޮލަށް އުފާވެރި ކަމުގެ ކަރުނަ ޖަމާވިއެވެ. އަލްޔަސްގެ އަޑުން އަނބި ޤަބޫލުކޮށްފީމެ ބުނި އަޑު ތަކުރާރުކޮށް އޭނާއަށް އިވުނެވެ. އެއަޑު އަހާލުމަށް އޭނާގެ ހިތް ބޭޤަރާރުވެފައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ. އަލައިކާއަށް ދުނިޔޭގެ ހުރިހާ އުފަލެއް އެވަގުތު ލިބުނު ކަހަލައެވެ.

ރާއްޖޭ ޤައުމީޓީމުގެ ހުރިހާ ކުޅުންތެރިންނާއި އެކުޅުންތެރިންގެ ބައިވެރިން ހަފްލާގައި ބައިވެރިވަމުން ދިޔައެވެ. ކޮންމެ މެހެމާނަކުވެސް ހިނިތުންވެލައިފައި މަރުހަބާ ކިއައެވެ. އަދި ދެމަފިރިންނަށް ތައުރީފު ކުރެއެވެ. އަލައިކާއަށް މީހުން ވަންނަމުން ދިޔަ ދިމާއަށް އިރުއިރު ކޮޅާ ބެލެއެވެ. ހީވަނީ މީހަކަށް އިންތިޒާރު ކުރާހެންނެވެ.

ދުރުގައި ހުރި މޭޒެއް ދޮށުގައި އިށީންދެގެން ޔޫސުފް އިނެވެ. އޭނާގެ ނަޒަރު އަމާޒުވެފައި ހުރީ ކުރިމަތީން އިން ގޮނޑީގައި އިން ނަވާރްއަށެވެ. އެސްފިޔައެއްވެސް ޖަހާ ނުލާ ޔޫސުފް ބަލަން އިން ގޮތުން ހީވަނީ ނަވާރް ގެއްލިދާނެތީ އިންހެންނެވެ. ހުދު ކުލައިގެ ޝޯލްތެރެއިން ނަވާރްގެ މޫނު ފެންނައިރު ހީވަނީ ޕަރީއެއް ކުރިމަތީގައި އިންހެންނެވެ. ލޮލުގައި އަނދުން އަޅައިފައި ހުރުމުން އެލޯ އިހުނަށް ވުރެއްވެސް ރީއްޗެވެ. ތުންފަތުގައި ވަނީ ގަދަ ރަތްކުލައޮގެ ލިޕްސިޓިކް ޖައްސާފައެވެ. “ނަވާރް ވަރަށް ބޮޑަށް ތޭންކްސް އިނގޭ މިތާ މަޑުކޮށްދިނީމަ. އަން ބޭބް މިއިނީ ޖޫސްތަށި” ޔޫސުފްއަށް ހަމަހޭވެރިކަންވީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޔައިނާ އައިސް ވާހަކަ ދެއްކުމުންނެވެ. ޔައިނާ އަށް ހިނިތުންވެލަމުން ޔޫސުފް ޖޫސްތަށީގައި ހިފިއެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ޔައިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ތެދުވެގެން ނަވާރް ދިޔައެވެ.

ދުރަށް ގޮއްސައި ފަހަތަށް އެނބުރި ނަވާރް ބަލާލިއެވެ. އޭރު ޔައިނާއާއި ޔޫސުފް ކޮންމެސް ވާހަކައެއް ދައްކާފައި ހެމުން ދިޔައެވެ. ނަވާރްއަށް މޭގައި އަތްއަޅާލެވުނީ ހިތަށް ތަދުވިވަރުންނެވެ. ދެލޯ މަރާ ބާރުކޮށްލީ ލޮލުތެރޭގައި ގިނަވަމުން ދިޔަ ކަރުނަތައް ހިންދާލާށެވެ. ޔައިނާއާ މެދުއޭނާ ހަސަދަވެރިވިއެވެ. ޔޫސުފްއާ މެދު ހިތް ޝަކުވާއިން ފުރުނެވެ.
ޔައިނާއަކީ މަޝްހޫރު ޑޮކްޓަރު ޖިއާންގެ ދަރިފުޅެވެ. އަދި ރާއްޖޭގެ މިވަގުތު އެންމެ ޒުވާން އަންހެން ވޮލީ ކުޅުންތެރިޔާއެވެ. ޔޫސުފްއާއި ޔައިނާ ދިމާވީ ޔޫސުފް އަނިޔާވެގެން ހޮސްޕިޓަލުގައި އޮތް ދުވަސްވަރުއެވެ. އޭރު ޔައިނާވެސް ކުޑަ އަނިޔާއެއް ވެގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔައެވެ. ޔޫސުފްއަށް ފަރުވާކުރި ޑޮކްޓަރަކީ ޖިއާންއެވެ. ޔައިނާއާއި ޔޫސުފް އެކުވެރިވީ ހޮސްޕިޓަލުން ދިމާވެގެންނެވެ. ޔައިނާއަކީ މީހުންނަށް އަޅާލާ އޯގާތެރި ކުއްޖެކެވެ. ނުހަނު ފަސޭހައިން މީހުންނާ އެކުވެރިވެ ގުޅިގެން އުޅޭ ލޯބި އަންހެން ކުއްޖެކެވެ. ޔޫސުފްއާއި ޔައިނާ އެމީހުންގެ އެކުވެރިކަން އިތުރު ހަރުފަތަށް ގެންދިޔަ ހިސާބުން އެދެމީހުން ވެގެން ދިޔައީ ރާއްޖޭގެ އެންމެ މަޝްހޫރު ކުޅިވަރު ޖޯޑަށެވެ.

އަލައިކާ ކުޑަކޮށް ހަޅޭއްލަވައި ގަނެފައި ފުންމައިގެން ތެދުވީ އެދިމާއަށް އަންނަމުން ދިޔަ އައިރާ ފެނިފައެވެ. އެއް އަހަރަށް ވުރެ ގިނަ ދުވަހު ފްރާންސްގައި އުޅެފައި އައިރާ ރާއްޖެ އެ އައީ އަލައިކާ ކައިވެނި ހަފްލާގައި ބައިވެރިވާށެވެ. އައިރާ ނާންނާނެކަމަށް އަލައިކާ ހުރީ މާޔޫސްވެފައެވެ. އޭނާ ހަޔާތުގަ އަންނަ އެންމެ އުފާވެރި ދުވަހު އަބަދުވެސް ދައްތައެއްގެ ގޮތުގައި އޭނާ ދެކެމުން ދިޔަ އައިރާ ބައިވެރި ނުވެދާނެތީ އަލައިކާ ދެރަވިއެވެ. އައިރާ އަލައިކާ މެން ތިބި ހިސާބަށް އެރުމުގެ ކުރިން އަލައިކާ ދުވެފައި ގޮސް އައިރާ ގައިގައި ބައްދާލިއެވެ. “ވާއު ޔޫ ލުކް ސޯ ބިއުޓިފުލް” ވޭތުވެ އެއް އަހަރުތެރޭ އައިރާއަށް ވަނީ ނުހަނު ބޮޑެތި ބަދަލު އައިއްސައެވެ. އައިރާގެ ހަށިގަނޑު ކުރިއަށްވުރެ ރަނގަޅުވެ މޫނުގައި ވަނީ މަސްޖަހާފައެވެ. ކުރިއަށް ވުރެ ދޮންވެފައި ރީތިކަން ވަނީ އިތުރުވެފައެވެ. އައިރާއެކޭ ޔޫރަޕު ކުއްޖެކޭ ތަފާތެއް ނެތެވެ. “އަލްކޮވެސް ނުލާހިކު ރީތި ހީވަނީ ފަރިވެ ފޮޅިފަ އިން ފިނިފެން މަލެއްހެން” އައިރާވެސް އަލައިކާއަށް ތައުރީފުކޮށްލިއެވެ. އިރިކޮޅެއް ވަންދެން އަލައިކާއާއި ވާހަކަ ދައްކަން ހުރެލާފައި އައިރާ ދިޔައީ ކާއެއްޗިއްސާ ދިމާލަށެވެ. އޭނާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. ދިގު ދަތުރަކަށްފަހު މާލެއައި ގޮތަށް ތައްޔާރުވެގެން އެއައީ ޕާޓީއަށެވެ.

ކާއެއްޗިހި އަޅައިގެން އެނބުރުނު އައިރާ ސިހުނީ ކުރިމަތީގައި ހުރި ޔާޒް ފެނުމުންނެވެ. އޭނާއަށް ޔާޒް ހަމަލޮލަށް އެ ފެނުނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ޔާޒްއަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ކުރިއަށްވުރެ ހަށިގަނޑު ވަރުގަދަވެފައި ހަރުދަނާ ވައްތަރު ޖައްސައެވެ. އެއްވެސް ތަރުތީބެއް ނެތި އޮންނަ އިސްތަށިގަނޑު ވަނީ ރީތި ވަރަކަށް އެއްވަރުކޮށް ކޮށާލާފައެވެ. ތުނބުޅި ރީތިވަރަކަށް ވަނީ ދިގުކޮށްފައެވެ. ޔާޒް ވާހަކަ ދައްކަން އުޅުމުން އައިރާ ޔާޒްއަށް ދެލޯ އަޅާލިއެވެ. އެއަށްފަހު ޔާޒްއަށް އެއްޗެއް ބުނަން ފުރުސަތު ނުދީ އައިރާ ހިނގައިގަތެވެ. ޔާޒްވެސް އައިރާ ފަހަތުން ހިނގައިގަތެވެ. އެކަން އެނގިގެން އައިރާ ގޮސް އިށީނީ އިޝްމާއާއި އަކްމަލް އަދި މާނީއާއި އާރާޝް ތިބި މޭޒުގައި އިން ހުސްގޮނޑީގައެވެ. ޔާޒްއަށް އެތަނަށް ދާކަށް ނުކެރުނެވެ. އެހެން އަނބުރާލައިފައި ދިޔައީއެވެ.
އައިރާ ފެނުމުން އިޝްމާއާއި މާނީ ހީވީ އެހެންފަދަ ކަމެއް ވެގެން އުޅުނު ހެންނެވެ. އައިރާއަށް އެވަރަށް ތައުރީފުކުރިއެވެ. އެދުވަހަށް އައިރާ ރާއްޖެ އައިތީވެ އިޝްމާ ޝުކުރުވެސް އަދާކުރިއެވެ. “އަޅުގަނޑަށް ބައިވެރިވެވޭ ހާލަތެެއްގައި ހުރެ އަލްކޮ ވެޑިން މިސް ނުކުރާނެއްނު!” ޔާޒް ކޮންމެ ގޮތަކަށް އޭނާއާއި އަމަލު ކުރިނަމަވެސް ޔޫސުފްއާއި އަލައިކާއަކީ އަމިއްލަ ކޮއްކޮ ފަދައިން އޭނާ ލޯބިވާ ދެކުދިންނެވެ. އަލައިކާގެ ހަޔާތުގައި އަންނަ އެންމެ ބޮޑު ދުވަހު އެވަރަށް އަލައިކާ އެދުމުން ނައިސް އޭނާ ނުހުންނާނެއެވެ. ރާއްޖެ އަންނަ ވާހަކަ ކުރިން ނުބުނީ އަލައިކާއަށް ސަޕްރައިޒް ދިނުމުގެ އިތުރަށް އޭނާ އަންނަކަށް ކުރީބައިގައި ޔާޒްއަށް އަންގަން ބޭނުންނުވާތީއެވެ.

ޔޫސުފްއާއި ޔައިނާ ސަކަރާތް ޖަހައިފައި އުޅެމުން ދިޔަ ގޮތުން ނަވާރް ގާތަށް ރުޅި އަންނަ ގޮތްވިއެވެ. ޔައިނާއަށް ރަނގަޅު ލަނޑެއް ދޭނަމޭ ހިތައި ފޮނި އެއްޗިހި ތަށްޓަކަށް އަޅައިގެން ގޮސް ޔައިނާއާއި އަރާ ހަމަވެފައި ވެއްޓޭކަމަށް ހެދުމުން ޔައިނާ ހެދުމަށް އެތަށި އިން ގޮތަށް ވަރާލިއެވެ. “އޯ ޔަނާ އައި އޭމް ސޯ ސޮރީ.” “އިޓްސް އޯކޭ ނަވާ” ޔައިނާ ހިތްހެޔޮކަމާއެކު ބުނެލިއެވެ. ޔައިނާ ތެދުވެގެން ދިއުމުން ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލިއެވެ. “ދެން ޔޫސުފްއާ އެއްކޮަށް ނިކަން ސަކަރާތް ޖަހާބަަލަ” ނަވާރް ހިތާހިތުން ޔައިނާއަށް އެއްޗިހި ކިޔައިލިއެވެ.

ޔާޒް އައިސް ޔޫސުފްއާ ޖެހިގެން އިން ގޮނޑީ އިށީނެވެ. “ބްރޯ ހާދަ ކަޓާފަ؟” ޔާޒް މޫނަށްވެފައި ހުރި ގޮތް ފެނުމާއެކު ޔޫސުފް އަހާލިއެވެ. “އައިރާ އެބައުޅޭ” ޔޫސުފް އޯއޭ ބުނެފައި އިތުރު އެއްޗެކޭ ނުބުނީ ބުނާނެ އެއްޗެއް ނޭންގުމުންނެވެ. “ކޮބާ ޔަނާ؟” ޔައިނާ ފެންނަން ނެތުމުން ޔާޒް އެހިއެވެ. ޔައިނާ ހެދުން ދޮންނަން ގޮއްސިކަމަށް ޔޫސުފް ބުންޏެވެ.

ަައައިރާއަށް ސިއްރުން ޔާޒްއަށް ބަލާލެވުނެވެ. ޔޫސުފްއާ ކޮންމެސް ވާހަކައެއް ދައްކަން ހުއްޓެވެ. ޔާޒް އޭނާއަށް ބަލާލާން އުޅެން ހީވުމާއެކު އަވަހަށް ނަޒަރު ބަދައްލުކޮަށްލިއެވެ. ވަށްކަޅިން އޭނާ ޔާޒްއަށް ބަލާލިއިރު ޔާޒްވެސް ހުރީ އޭނާއަށް ބަލަންށެެވެ. އަައިރާ އަވަސް އަވަަހަށް އިސްޖަހައިލިއެވެ.

ޕާޓީ ނިމުމާއެކު ދެ އާއިލާއެކީ ފޮޓޯ ނެގިއެވެ. އަހުސްމްއާއި އިސްރާއަށް ހަފްލާގައި ބައިވެރިއެއް ނުވެވުނެވެ. އެދެމީހުންގެ ބަދަލުގައި އަންޖަލް ބައިވެރިވިއެވެ. އަހުސަމްމެން ފްރާންސަށް ބަދަލުވުމުން ގެފަޅުކޮށް ނުބަހައްޓަން އަންޖަލްއާއި އޭނާގެ މަންމައާއި ބައްޕަ މާލޭގައި މަޑުކުރީއެވެ.
“ހައި ތިއީ އަލައިކާގެ ދައްތަތަ؟” ފޮޓޯ ނަގައި ނިމިގެން އަންޖަލް ދުރުގައި މަޑުކޮށްލީ އައިރާ ނިމެންދެކަށެވެ. އެހެން ހުއްޓާ ނުވެސް ދަންނަ ފިރިހެނަކު އޭނާއާއި ވާހަކަ ދައްކަމުން އެމީހާއަށް އޭނާ ކަޅި އަޅާލިއެވެ. “އޫމް. ހައި އައި އޭމް ޝަރާހް އަލްޔަސްގެ އަންކަލް” އަންޖަލް އޭނާއަށް ދެލޯ އަޅާލުމާއެކު ޝަރާހް ރަކިވެެގެން އޭނާގެ އަމިއްލަ ތަޢާރަފެއް ދިނެވެ. “ތިހެންވެސް ބުނެވިދާނެ. އައި އޭމް އަންޖަލް” އަންޖަލް ވެސް ހިނިތުންވެލަމުން ތަޢާރަފުވެލިއެވެ.

“އައިރާ ކީއްވެތަ ބަބްލްސް ނުގެނައީ؟ ފޮޓޯ ނަގަން އެކަނި ނަމަވެސް ގެނައި ނަމައެއްނު!” އަލައިކާ ތުން ދަމާލަމުން ޝަކުވާކޮށްލިއެެވެ.

ޔާޒް ފުން ނަޒަރަކުން އައިރާއަށް ބަލާލިއެވެ. އެދެލޮލުންވެެސް ފެންނަމުން ދިޔައީ އެސުވާލުގެ ޖަވާބު ބޭނުންވެފައި ހުރިކަމެވެ. އައިރާ ވަކި ޖަވާބެއް ނުދީ ހިނިތުންވެލިއެވެ. އެއީ ކީއްވެކަން އެނގުމާއެކު އަލައިކާވެސް އިތުރަށް ސުވާލެއް ނުކުރެއެވެ. ނަމަވެސް އޭނާ ހުރީ ދެރަވެފައެވެ.

އިޝްމާއަށް ބާރުބާރަށް އަލައިކާ ގައިގައި ބައްދާލެވުނެވެ. އެދަރިފުޅު އޭނާއަށް ދުރަށްދާ ކަމުގެ އިހްސާސް ކުރެވުނެވެ. އަކްމަލްވެސް އަލައިކާ ގައިގައި ބައްދާލިއެވެ. އަލްޔަސް ގާތު އަލައިކާ ރަނގަޅަށް ބަލަން އެދުނެވެ. އަލްޔަސް ބޯޖަހާލަމުން އަލައިކާ ރަނގަޅަށް ބަލާނެ ކަމުގެ ޔަގީންކަން އަކްމަލްއަށް ދިނެވެ.

“ދެން އޮތީ ޔަނާއާއި ޔޫސޫފް ދޯ! ކޮން އިރަކުން ތިދެމީހުން ނިންމާލަނީ؟” ޔޫސުފް ކޮނޑަށް އަތް ވައްޓާލަމުން އަކްމަލް އެހިއެވެ. “ދެން ހަމަ ކުރަންވީ!” ޔޫސުފް ލޮލުގެ ހިމަކޮޅުން ނަވާރްއަށް ބަލާލިއެވެ. ނަވާރްގެ މޫނަށް އެރި ކުލަވަރު އޭނާއަށް ރީއްޗަށް ފެނުމާއެކު އެއް މިޔައަކިން ހީލެވުނެވެ.
ޔައިނާއާއި ޔޫސުފްގެ ވާހަކަ ދެކެވޭ ހިސާބެއްގައިވެސް އިންނާކަށް ނަވާރް ބޭނުމެއްނޫނެވެ. އޭނާއަށް ވެގެންވާ ނަމަ އެތާކު ނީނީސްއެވެ. އޭނާ ޕާޓީއަށް އައި ވެސް އަލައިކާގެ އެދުމުގެ މަތިންނެވެ. އައިރާވެސް ނެތުމާއެކު އަލައިކާ ބޭނުންވީ ނަވާރް ކައިވެނި ފެށިގެން ނިމެންދެން މަޑުކުރަންށެވެ. އެހެންނޫންނަމަ އޭނާ އެހާ ގިނައިރު މަޑު ނުކުރީހެވެ.

އަލައިކާއާއި އަލްޔަސް އެދެމީހުންނަށް ތައްޔާރުކޮށްފައި އޮތް ކާރުގައި ދިޔައީ އޭއައި ހޮޓެލަށެވެ. ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އަހުސަމް އެދެމީހުންނަށް އަހުސަމްގެ ހޮޓަލުން ކޮޓަރިއެއް ބުކްކޮށްދިނެވެ.

ތަނަވަސް ކޮޓަރި ތެރެ ވަނީ އެދެމީހުންނަށްޓަކައި އެންމެ ފުރިިހަމައަށް ތައްޔާރުކޮށްފައެވެ. ކޮޓަރިއަށް ވަން ގޮތަށް އަލްޔަސް ފަހަތުން އަލައިކާ ގައިގައި ބައްދާލިއެވެ. “އައި އޭމް ސޯ ހެޕީ ޓުޑޭ. އަހަރެން އަބަދުވެސް ބޭނުންވި ކަހަލަ ބައިވެރިއެއް މިއަދު މަށަށް ލިބިއްޖެ. ލައިއަކީ އަހަރެންގެ ހަޔާތުގައި ލެއްވި ނަސީބެއް. ލައި ފެނުނު ފުރަތަމަ ފަހަރުވެސް ތިއީ ސްޕެޝަލް ކުއްޖެއްކަން އެނގުނު އެހެންވެ އެރޭ ޑިނާރއަށް އިންވައިޓް ކުރީވެސް. ފުރަތަމަ ފެނިލުމުންވެސް ލައިގެ ޖާދުގަ ޖެއްސި. އޭރު އެކަން ރިއަލައިސް ނުވީ. އައި ލަވް ޔޫ ސޯ މަޗް އަލައިކާ” “ލަވް ޔޫ ޓޫ އަލްޔަސް” އަލްޔަސް އަލައިކާ ބުރުގާގައި ޖަހައިފައި ހުރި ޕިންތައް ނައްޓާ އަލައިކާގެ ބޮލުން ޝޯލް ވަކިކޮށްލިއެވެ. އަލައިކާގެ ފަން އިސްތަށިގަނޑު ރޫޅިގެން ދިޔައެވެ. އަލައިކާގެ ރީތިކަން ފެނި ކަޅިވެސް ޖަހާލަން ނޭންގިފައި އަލްޔަސްއަށް އިނދެވުނެވެ. އަލްޔަސް ކަޅިވެސް ޖަހާ ނުލައި އިން ގޮތުން އަލައިކާއަށް ލަދުން އިސްޖަހާލެވުނެވެ. އަލްޔަސް ކުރިއަށް ފިޔަވަޅެއް އަޅައި އަލައިކާ ދަތް ދޮލީގައި ހިފައި އުފުލާލިއެވެ. އަދި ނިއްކުރި މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއް ފަރާތްކޮށްލިއެވެ. އަލްޔަސްގެ ނޭވާ އޭނާގެ މޫނަށް އެޅުނާއެކު އަލައިކާއަށް ދެލޯ މަރާލެވުނެވެ. އަލްޔަސް ތުންފަތުގެ ބީހުން އިހްސާސް ކުރެވުމާއެކު އަލައިކާ މުޅި ގައިން ހީބިހި ނެގިއެވެ. ހީވީ އޭނާ ގައިގައި ކަރަންޓު ޝޮކެއް ޖެހުނު ހެންނެވެ.

ބާލިސް ދަށުގައި އޮތް ފޯނު އެލާމްވާ އަޑަށް އަލައިކާއަށް ހޭލެވުނުވެ. ލޯ ހުޅުވި ގޮތަށް އެންމެ ފުރަތަމަވެސް ފެނުނީ އަރާމުކޮށް ނިދާފައި އޮތް އަލްޔަސްއެވެ. ނިދާފައި އޮތްއިރު އެމޫނު މަތިން ފެންނަނީ މައޫސުމު ކަމެވެ. އަލައިކާ އަޑެއްވެސް އިއްވާނުލައި އެނދުން ތެދުވެ ފާޚާނާއަށް ދިޔައެވެ.

ދޮރުގެ ދަރުދާ ކުޑަކޮށް ދެމިފައި ހުރުމުން އިރުގެ އަލި ސީދާ އެޅުނީ އައިރާގެ މޫނަށެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލި އައިރާގެ ނިދިފިލައި ދިޔައީ އެނދުމަތީ އިށީންދެލައިގެން އަނގަޔަށް ކުޅޭ އެއްޗެއް ލައިގެން އިން ފުށްގަނޑެއްފަދަ ލޯބި ފިރިހެންކުއްޖާ ފެނުމުންނެވެ.

ނުނިމޭ

165

7 Comments

 1. Kiyara

  February 13, 2020 at 12:37 am

  Salam all. Here is the 36th part of rastha2. Mi part ga alhuganduge enmme furathama (dhigu) vaahaka “YAAIN” ge character eh introduce kohdhyfa ihannane. In Sha Allah e storyge sequel eh ves genesdheveytho masakkai kuraanan. Eyge ithurah mi baige mulhin aa character ehge kuda kuda intro eh ihnnane eii kon kuhjje kan mihaaru readers ah ingeyne hen hyvany. Eiii Airage faraathun hurihaa kudhinna vy suprise eh. Hurihaa kudhinnah ves mi bai kamudhiya kamah ummedhu kuran

 2. nash

  February 13, 2020 at 5:49 am

  me first dhw when next

 3. Samee

  February 13, 2020 at 7:16 am

  Kiyara… airaa ah baby eh libunee thaa… aley mi vaahaka so cute.. asluves varah reethi.. maasha allah

 4. Kairaa

  February 13, 2020 at 7:31 am

  Varah varah varah reethi mi part vx….whn nxt..waiting…

 5. stripling

  February 13, 2020 at 10:51 am

  the story is just going too fast. a bit unrealistic.

 6. Yanaa

  February 13, 2020 at 11:36 am

  Varah varah varah reethi💞💞💞
  maa sha Allah❤❤❤❤❤❤❤
  curiously waiting for the next part💕💕💕💕💕💕💕💕💕💕

 7. imkko

  February 13, 2020 at 5:34 pm

  wow!! v reethi inge story..will wait for the story…when story…avahah up koh dhehcheyy♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😗😗😗

Comments are closed.