ޔޫސުފްމެންނާ އެއްކޮށް ސަކަރާތް ޖަހަން އުޅެފައި އަލްޔަސް ކޮޓަރިއަށް ވަނީ ބާރަވެސް ޖެހިފަހުންނެވެ. އަލައިކާ ނިދި އައިއްސި ކަމަށްބުނެ ނުވައެއް ޖަހަނިކޮށް ކޮޓަރިއަށް ވަދެފިއެވެ. އަލްޔަސް ކޮޓަރިއަށް ވަން އިރުވެސް ހެވެމުން ދިޔައީ ޒެވިޔަން ކީ އެއްޗިހި ހަނދާންވުމުންނެވެ. ނަމަވެސް އޭނާ މޫނުގައިވި ހިނިތުންވުން އެކީ ފިލައިގެން ދިޔައީ އެނދުގައި އިށީންދެގެން ރޯން އިން އަލައިކާ ފެނިފައެވެ. ދުވެފައި އަލްޔަސް ގޮސް އަލައިކާ ގާތު އިށީނެވެ. އޭނާގެ މޫނު މަތީގައި އިންތީހާއި ދަރަޖައިގެ ކަންބޮޑުވުންވިއެވެ. އަލްޔަސްއަށް ސުވާލެއް […]
“ނަވާރް؟” ވައި އަޑުން ކަހަލަ ގޮތަށް ޔޫސުފްއަށް ނަވާރްގެ ނަން ކިޔައިލެވުނެވެ. ނަވާރް އޭނާއަށް ބަލައިލައިފައި ހިނިތުންވެލުމުންވެސް ހިނިތުންވާކަށް ޔޫސުފްއަކަށް ނޭންގުނެވެ. އޭނާ ހުރީ ފާޑަކަށް ޝޮކު ޖެހިފައެވެ. ނޫސްވެެރިޔާ އަތުން ނަވާރް މައިކު އަތުލިއެވެ. ނަވާރް ކުރަން އުޅޭ ކަމެއް ނޭންގިގެން ހައިރާންވެފައި ބަލަހައްޓައިގެން ޔޫސުފްއަށް ހުރެވުނެވެ. “ޔޫސުފް ހަސަން އާރާޝް. ވިލް ޔޫ މެރީ މީ؟” ލަމުން ދިޔަ ނޭވާއިވެސް ތާށިވިހެން ޔޫސުފްއަށް ހީވިއެވެ. ހިނދުކޮޅަކަށް އޭނާއަށް އެއުޅެވެނީ ހުވަފެނެއްގައިކަމަށް ހީކުރެވުނެވެ. ހުއްޓުން އަރައިފައި […]
ލިވަޕޫލްގެ ފަހަތަށް ކުޅޭ ކުޅުންތެރިޔާ މުޅިން ހުސްކޮށް ހުރި ޔޫސުފްއަށް ބޯޅަ ދިނެވެ. ޔޫސުފް ހަލުވަކަމާއެކު ބޯޅަ ހިފައިގެން ދެމިގަތެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގޯލާ ދިމާއަށް ބޯޅަ ފޮނުވާލަން އުޅުނު ވަގުތު ސަޕޯޓަރުން ތެރޭގައި ހުރި ނަވާރްފެނި ޔޫސުފް ގަނޑުވިއެވެ. ފެންނަމުން ދިޔައީ ހުވަފެނެއް ކަމަށް ހީކޮށް ޔޫސުފް އެސްފިޔަޖަހައިފައި ހުޅުވާލިއެވެ. އޭރުވެސް އެ އިން ގޮތަށް ނަވާރް އިނެވެ. ޔޫސުފް އެއިން ގޮތަށް އައިސް ފަހަތުން ދަތި އަޅުވާ އޭނާ ވައްޓާލިއެވެ. އެއާއެކު […]
ގެއަށް އައި މަގުމަތީގައިވެސް ގެއަށް އައި ފަހުންވެސް ދަހުލާންގެ ޚިޔާލުތަކުގައިވީ އާލިޔާއެވެ. އެ ހިނިތުންވުން ސިފަވާ ކޮންމެ ފަހަރަކު ދަހުލާން ހިތަށް ފިނިކަން ވެރިވެއެެެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުގައި އޮށޯވެ ދަހުލާންއަށް ވިސްނެމުން ދިޔައީ އާލިޔާއާއި މެދުގައެވެ. އެ އަންހެން ކުއްޖާ ރަނގަޅަށްވެސް އޭނާ ޖާދޫގައި ޖައްސައިފިއެވެ. ދަހުލާންއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. މަންމަގެ ކަންބޮޑުވެފައިވި މޫނު ފެނި ފުންމައިގެން ތެދުވެވުނެވެ. “ޑޭން މަންމަ ކިރިޔާއޭ ބިރުން ހަލާކު ނުވީ. ސްޓެފް ކާން އައިސް […]
ގެއަށް އައި މަގުމަތީގައިވެސް ގެއަށް ވަދެފައިވެސް އިވާން އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. ނަވާރްއަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ގެއަށް ވަން ގޮތަށް އިވާން ސޯފާގައި އިށީންދެ މޫނުގައި އޭނާގެ ދެއަށް އަޅައިލިއެވެ. މީހާ ހަމަޖެހިލުމަށްފަހު އަތުގެ އިޝާރާތުން އޭނާއާއި ގާތަށް އައުމަށް ނަވާރްއަށް އިޝާރަތްކުރިއެވެ. އެ ހުރިހާ އިރު ވީއިރުވެސް ގުޑިލަން ނޭންގިފައި އިން ނަވާރް އިވާން އަތުން އިޝާރާތް ކުރުމާއެކު ލަސް ލަހުން ހިނގައިފައި ދިޔައެވެ. އޭރު މުޅި ކުއްޖާ ބިރުން ތުރުތުރު […]
ހަމަބިމަށް އާދެވުމުން ނަވާރް އޭނާ ގައިމަތީ އޮތް ޔޫސުފް ކޮށްޕާލިއެވެ. “ސްޓޭ އަވޭ ފްރޮމް މީ” އިންޒާރެއް ދީފައި ނަވާރް އަވަހަށާ ތެދުވަން އުޅުނެވެ. ނަމަވެސް ޔޫސުފް ނަވާރް އަތުގައި ހިފައި ދަމައިގަތުމުން މި ފަހަރު ނަވާރް ވެއްޓުނީ ޔޫސުފް ގައިމައްޗަށެވެ. ނަވާރްގެ އުނގަނޑުގައި އަތް އަޅުވައި އޭނާގެ ދެއަތު ތެރޭ ނަވާރް ހައްޔަރުކޮށްލިއެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބު ނުދެނީސް ދޫކޮށެއް ނުލެވޭނެ! އަހަރެންދެކެ ލޯބިވޭތަ؟” އެވަގުތު ބިން ފަޅައިފައި އަޑިއަށް ދެވޭނެނަމައޭ ހިތަށް އެރިއެވެ. […]
ޔޫސުފްެގެ ކުޅުން އެއް ދުވަހަށް ވުރެ އަނެއް ދުވަސް ރަނގަޅު ވަމުން ދިޔައެވެ. ސީޒަންގެ މެދުތެރެއިން ލިވަޕޫލާއި ގުޅުނެއް ކަމަކު ޕްރިމިއާރ ލީގު ލަނޑު ލިސްޓުގެ އެއްވަނައަށް އެރިއެވެ. ޖެހިޖެހިގެން ޕްރިމިއާރ ލީގް ތިން މެޗުގައި ހެޓްރިކް ހަދައި ތާރީޚުގެ ތެރެއަށް ވަނެވެ. ޔޫސުފް ލިވަޕޫލަށް ބަދަލުވިފަހުން ކުޅުނު ހުރިހާ ޕްރިމިއާރ ލީގު މެޗަކުން މޮޅުވެ ލީގުގެ އެއްވަނައަށް އެރިއެވެ. އަނެއްކާވެސް އަހަރުތަކަކަށް ފަހު ލީގުތަަށްޓަށް ލިވަޕޫލުން ކުރަމުން ދިޔަ އުއްމީދު ބޮޑުވިއެވެ. އަނިޔާއަށް ފަހު އަލްޔަސްއަށް […]
މިސްޓިކް އިންޓަނޭޝަނަލް ހައި ސްކޫލްގެ ދޮރުމައްޗަށް ހުއްޓާލި ކާރުން ފޭބި ދެ ޒުވާނުންނަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ރީތިކަން ހުސްކޮށްގެން ތިބި އެދެޒުވާނުން ފެނި ސްކޫލް އެތެރޭގައި ތިބި އަންހެން ކުދިން އެނބުރުން އަރާ ގޮތްވިއެވެ. ފިރިހެން ކުދިންގެ ލޯތައް ހަސައިދައިގެ ބެލުމަކުން އެދެޒުވާނުންނަށް އަމާޒުވަމުން ދިޔައެވެ. އިސްކޮޅުން ދިގު ދެޒުވާނުންގެ ހަމުގެ ކުލަ އާދައިގެ ދިވެހިންނަށްވުރެ އައްޔެވެ. ކަޅުކުލައިގެ ދަބަސް އަޅުވައިގެން ކަޅު ގަމީހާއި ޖިންސްގައި ހުރި ޒުވާނާގެ އިސްތަށިގަނޑު ފަންވެފައި އޮތީ ކަނދުރާއާ ހަމައަށެވެ. […]
ރާއްޖެ އަދި ޖަޕާން މެޗުގެ ދެވަނަ ލެގު ކުޅެން ދެދުވަސްކޮށްފައި ޓީމު ދިޔައެވެ. ކުޅުންތެރިން އަދި ސަޕޯޓަރުންވެސް ތިބީ ވަރަށް އުއްމީދާ އެއްކޮށެވެ. ރާއްޖެއަށް ތަށި ލިބުނު ފަހުން ކުޅުނު ހުރިހާ ވޯލްޑްކަޕެއްގައި ރާއްޖެވަނީ ކުޅެފައެވެ. ނަމަވެެސް މުބާރާތުގެ ވަކި ހިސާބަކުން ކަޓަނީއެވެ. އެންމެ ފަހުން ކުޅުނު ފަހަރު ގަދަ ސޯޅައަށްވެސް ނުގޮސް ކެޓީއެވެ. ޖަޕާނުގައި ކުޅުނު ނަމަވެސް މެޗު ބަލަން އައިސް ތިބި ދިވެހި ސަޕޯޓަރުން މަދެއްނޫނެވެ. ރަތްކުލައިގެ ޖާޒީއާއި ހެދުން ލައިގެން ޓީމަށް ސަޕޯޓްކުރަން […]