Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 43

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 29, 2020 6 Mins Read
15 Comments

ޔޫސުފްެގެ ކުޅުން އެއް ދުވަހަށް ވުރެ އަނެއް ދުވަސް ރަނގަޅު ވަމުން ދިޔައެވެ. ސީޒަންގެ މެދުތެރެއިން ލިވަޕޫލާއި ގުޅުނެއް ކަމަކު ޕްރިމިއާރ ލީގު ލަނޑު ލިސްޓުގެ އެއްވަނައަށް އެރިއެވެ. ޖެހިޖެހިގެން ޕްރިމިއާރ ލީގް ތިން މެޗުގައި ހެޓްރިކް ހަދައި ތާރީޚުގެ ތެރެއަށް ވަނެވެ. ޔޫސުފް ލިވަޕޫލަށް ބަދަލުވިފަހުން ކުޅުނު ހުރިހާ ޕްރިމިއާރ ލީގު މެޗަކުން މޮޅުވެ ލީގުގެ އެއްވަނައަށް އެރިއެވެ. އަނެއްކާވެސް އަހަރުތަކަކަށް ފަހު ލީގުތަަށްޓަށް ލިވަޕޫލުން ކުރަމުން ދިޔަ އުއްމީދު ބޮޑުވިއެވެ.

އަނިޔާއަށް ފަހު އަލްޔަސްއަށް ކުޅުމުގެ ތެރެއަށް އާދެވޭވަރުވީ ދެމަސް ފަހުންނެވެ. އެނބުރި އައި މެޗުގައި ރަނގަޅު ކުޅުމެއް އޭނާއަށް ނުދެއްކި ފަހު ހާފްގައި ބަދަލު ކުރަން ޖެހުނީއެވެ. އެކަމުގެ ސަބަބުން އަލްޔަސް މާޔޫސްވިއެވެ. އޭނާގެ ފުޓުބޯޅަ ކެރިއަރު ނިމުނީކަމަށް ހީކުރިއެވެ.
“ހާދަ އަވަހަށް ތި ހިތްވަރު އެލުވާލީ. ތިހެން ހިތަށް އަރުވަންވެސް ނުވާނެ. އަނިޔާއަށް ފަހު ތިކަހަލަ ކުދިކުދި ކަންތައްތަކާ ދިމާވާނެ. ޖެހޭނީ ރަނގަޅު ފޯމަށް އަންނަން މަސައްކަތް ކުރަން. ކުޑަ ހިތްވަރެއްކޮށްލައިގެން ކުރިއަށްވުރެއްވެސް މޮޅަށް ކުޅުމުގެ ޤާބިލުކަން އަލްޔަސްގެ އެބަހުރި. އަދި ކުޑަކުޑަށް މަސަައްކަތްކޮށްލަން ޖެހޭނީ!” އެދުވަހުގެ މެޗަށް ފަހު ޗޭންޖިން ރޫމްގައި އަލްޔަސް މާ ދެރަވެފައި އިނުމުން އަކްމަލް ގޮސް އަލްޔަސްއަށް ހިއްވާރު ލައިދިނެވެ. ކާމިޔާބީއަކީ ގަދައަޅައި މަަަސައްކަތްކޮށް ބައެއް ކަހަލަ ގުރުބާނީތައް ވެގެން ލިބޭ އެއްޗެކެވެ. ހަމަ ހުރެފައިކާ އެއްވެސް މީހެއް ކާމިޔާބު މީހަކަށް ނުވާނެއެވެ.

ޔަޒަން ގޮވައިގެން އައިރާއާއި ޔާޒް ދުވަސްކޮޅަކަށް ލިވަޕޫލަށް ދިޔައެވެ. ބޭބެގެ ކުޑަ އާއިލާ އައުމުން ޔޫސުފްއަށް ވެސް އުފާވެރިކަން ލިބުނެވެ. ޕްރެކްޓިސް ނިންމާފައި ދެން އޮންނަ ވަގުތުތައް އޭނަ ހޭދަ ކުރަނީ ޔަޒަންއާއި އެކީގައެވެ. އާރާޝްގެ ބޮޑު އެގޭގައި އެމީހުން ފިޔަވާ އިތުރު ބަޔަކު ނުވެސް އުޅެއެވެ. ގޭގައި ބޮޑު ޖިމްއަކާއި ސްވިމިންޕޫލެއްވެސް އޮވެއެވެ. ކޮންމެ ދުވަހަކު ފަތިހު ފަތިސް ނަމާދުން ފައިބައިގެން ޔޫސުފްއާއި ޔާޒް ޖިމް ޖައްސައެވެ. ކުޑަކުދިންނަށް އެރޭ ކަހަލަ ސާމާނުވެސް ހުރުމާއެކު އެމީހުން ޔަޒަންވެސް އެއެއްޗިއްސަށް އަރުވައެވެ. ކުޑަކޮށް ހިނގޭތީވެ މުޅި ގޭތެރޭގައި އެކުއްޖާފުޅު ހިނގައެވެ. އަތްޖެހޭ ހިސާބު ހުންނަ އެއްޗިހި ނަގައި އުކައިވެސް ހަދައެވެ. ޔޫސުފްއަށް އެކަން ވަނީ މަޖާކަމަކަށެވެ. އައިރާމެން އެކޮޅު ތިއްބައި އަލްޔަސް އަދި އަލައިކާވެސް ލިވަޕޫލަށް ދިޔައެވެ. އެދެމީހުން އައީ ހަފްތާއަކަށެވެ. އެގޭގައި ހުރި ޖިމް ފެނިފައި އަލްޔަސް ތަލިން ކުޅު ހިކުނެވެ. “ކަލޭގެ ސިކްސް ޕެކްގެ އަސްލަކީ މިއީ ދޯ!” ޔޫސުފްއާއި ދިމާ ކޮށްލުމުގެ ގޮތުން އަލްޔަސް ބުންޏެވެ.

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ގޭގެ ގޯތިތެރޭގައި ހުރި ވިނަގަނޑުގައި ވަށްބުރެއްހެން އިށީންދެގެން އެންމެން ތިއްބެވެ. އެތައް ދުވަހަކަށް ފަހު އެ ގޮތަށް އެކީ ވަގުތު ކޮޅެއް ލިބުމުން ދިރިއުޅުން އޮތްގޮތް އެކަކު އަނެކަކާ ހިއްސާކުރަމުން ދިޔައެވެ.

އައިރާ ޔާޒް އަދި އަލައިކާ ޔައިނާއޭ ކިޔައިގެން ޔޫސުފްއާ ދިމާ ކުރިއެވެ. ޔައިނާއާއި އޭނާގެ އަސްލު ގުޅުން އެނގޭ ހަމައެކަނި މީހަކީ އަލްޔަސްއެވެ. އަލްޔަސް ހިމޭނުން އިނީ އެހެންވެއެވެ. “ދެން މިހާރު ޔަނާއާ ދެމީހުންގެ ކަންތައް ނިންމާލަންވީނު ދޯ! އޭރަށް ކިހާ ފަންވާނެ” އަލައިކާ އެންމެންނަށ ދޯދިނެވެ.
“ވެލް އެބައުޓް ދެޓް މަށާ ޔަނާ..” “އޯ ބްރޯ ދެމީހުން ބްރޭކްއަޕްވީތަ؟” ޔޫސުފް އަނގައިގައި އެއްބައި އޮއްވައި ދެލޯ ބޮޑުކޮށްފައި އައިރާ އެހިއެވެ. އައިރާއަށް ވީ ގޮތް ފެނި ޔޫސުފްއަށް ހެވުނެވެ. “އަސްލު އަހަރުން ދެ މީހުން ރަށްޓެއްސެއް ނުވަން. ދެމީހުންވެސް އެދުވަސްކޮޅު ތިބީ ހިތްހަލާކުވެފަ. ދެން އެހެންވެ ޝީ އަންްޑަސްޓޫޑް މީ ދޯ. ދެން އޭރުގަ ތިދެމީހުންގެ ޑްރާމާއާއި އަލައިކާމެންގެ ވެޑިންކަންތައް އޮތީމަ ތިމީހުން ގާތު ނުބުނީ. އައި އާސްކްޑް ނަވާރް އެންޑް ޝީ ސެއިޑް ނޯ!” ޔޫސުފް އޭނާއާއި ނަވާރްގެ ކަންތައް ކިޔައިދިނެވެ. އެއަޑުންވެސް ހިތްދަތިވެފައި ހުރިކަން އެނގެއެވެ. ޔާޒް އައިރާ އަދި އަލައިކާ ކޮއްކޮއަށް ހިތްވަރުދޭން ނުތިބެވުނީތީ ދެރަވިއެވެ. އެމީހުންނަށް ދިމާވި ކޮންމެ ކަމެއްގައި ޔޫސުފް އެހީވިއެވެ. އެހެންނަމަވެސް ޔޫސުފް އެންމެ ބޭނުންވި ދުވަހު ޔޫސުފްއަށް އެމީހުންނަށް އެހީ ނުވެވުނެވެ.
ޔޫސުފްއާއި ޔައިނާ ހަގީގަތުގައި ރަށްޓެއްސެއް ނުވެއެވެ. އެދެމީހުން އެކުގައި ބޭރު ތަންތަަނުންނާއި އިންސްޓަގްރާމް ޕޯސްޓަތަކުން މާގިނައިން ފެންނަފެށުމުން އެދެމީހުންގެ ސަޕޯޓަރުން އެހެން ކީއެވެ. މުޅި އިންސްޓަ އަދި ފޭސްބުކްގައި ހޭޝްޓެގް ޔުނާ ފެތުރީއެވެ. ނޫސްވެރިންނާއި ސަޕޯޓަރުންގެ ސުވާލުތަކަށް ދެމީހުން ކުރެ އެކަކުވެސް ވަކި ޖަވާބެއް ނުދެއެވެ. އާއިލާ މެންބަރުން ސުވާލު ކުރުމުންވެސް ވަކި ޖަވާބެއް ނުދެއެވެ. އެހެންވެ އެންމެން ނިންމައިގެން ތިބީ ޔޫސުފްއާއި ޔައިނާއާއި އުޅެނީ ރަށްޓެހިވެގެން ކަމަށެވެ. އާއިލާ މެންބަރުން އެ ގޮތަށް ވިސްނައިގެން ތިބުމަށް އެދެމީހުންވެސް ދޫކޮށްލީއެވެ.

ޔޫސުފްގެ މެސެޖަކަށް އިންތިޒާރު ކޮށްގެން އޮއްވައި ނަވާރްއަށް ނިދުނެވެ. ފޯނު އަތަށް ލައިގެން އޮވެ ނިދުނުއިރު އޭނާއަށް ނުވެސް އިނގުނެވެ. ހޭލެވުނީ ފަތިހު އަތިތެރޭގައި އޮތް ފޯނު އެލާމް ވުމުންނެވެ. ސިހިފައި ތެދުވެ ނަވާރް އެންމެ ފުރަތަމަވެސް ބަލާލީ ޔޫސުފްގެ މެސެޖެއް އިންތޯއެވެ. ނެތުމުން ޗޮކެއް ކަނޑާފައި ފޯނު އެނދުމައްޗަށް އެއްލާލިއެވެ.

ޔޫސުފްއާއި މެދު މާނީ ކަންބޮޑުވަމުން ދިޔައެވެ. ނުހަނު ގާތުން ނަވާރްގެ ހަރަކާތްތައް އޭނާ ބަލައިފިއެވެ. އެ އަންހެން ކުއްޖާގެ ކޮންމެ އަމަލުކުންވެސް ފެންނަނީ ޔޫސުފްއަށް ޓަކައި އެހިތުގައި ޚާއްސަ މަޤާމެއް ދެވިފައި ވާކަމެވެ.

އަންޖަލްއާއި ޝަރާހް އެންމެ ފަހުން ދެލޯބިވެރިންނަށް ވިއެވެ. އަންޖަލް އާދި ޝަރާހްވެސް ބޭނުންވީ ލަސްތަކެއް ނުކޮށް ކައިވެނި ކުރާށެވެ. ޝަރާހްއާއި މެދު އާލާ އަދި އައްމާރުވެސް ހިތްހަމަ ޖެހުނެވެ. ދެއާއިލާ ބައްދަލު ކުރުމަށްފަހު މަހެއްގެ ތެރޭގައި އަންޖަލް އަދި ޝަރާހްގެ ކައިވެނި ކުރަން ނިންމިއެވެ.
ހުރިހާ ކުދިން އެނބުރި ލިވަޕޫލުން ރާއްޖެ އައީ އަންޖަލްގެ ކައިވެންނަށެވެ. އައިރާއާއި އާލައިކާ ތިބީ އުފަލުން ފޮޅިފައެވެ. އައިރާ އަބަދުވެސް އޭނާގެ ބޮޑުދައިތަ ކައިވެނި ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. އެންމެ ފަހުން އެ ދުވަސްވެސް އައީއެވެ. ފިރިމީހާގެ އާއިލާ މެންބަރަކަށް އަންޖަލް ވާން އުޅޭތީ އަލައިކާ އުފާވިއެވެ. އޭނާގެ ބައްޕަ އަދި ބޮޑުދައިތަ ނަވްޔާ އެއް އާއިލާއެއްގެ ދެކުދިންނާ އިނދެގެން އުޅޭތީ އަލައިކާވެސް އޭނާގެ އާއިލާ މެންބަރަކާއި އެއް އާއިލާއަކަށް ކައިވެނި ކުރަން ބޭނުންވިއެވެ. މާ ބޮޑު ހަފްލާއެއް ނޫން ނަމަވެސް އެންމެ ގާތް މީހުން ބައިވެރިވެގެން ކުޑަ ހަފްލާއަކުން އަންޖަލް އަދި ޝަރާހްގެ ކައިވެނި އަންޖަލްމެން ގޭގައި ކުރެވުނެވެ. ދެދަރިންގެ ކައިވެނިވެސް އަމިއްލަ ގޭގައި ކުރެވުނީތީ އާލާ އަދި އައްމާރު އުފާކުރިއެވެ. ކައިވެނިކޮށް ނިމުމުން ހުރިހާ އެންމެން އަންޖަލް އަދި ޝަރާހްއަށް މަރުހަބާކިއެވެ. އެކުވެރިޔާގެ އުފަކުގައި ބައިވެރިވުމަށް އަޝްވާވެސް އައިސް ހުއްޓެވެ.

ކަރުހިއްކައި ގަނެގެން ނަވާރް ފެންތަށިތައް ބަހައްޓައިފައި ހުރި މޭޒު ކައިރިއަށް ދިޔައެވެ. އެވަގުތު އެންމެން ތިބީ އަންޖަލްއާއި ޝަރާހްއަށް މަރުހަބާ ކިޔަން ކަމުން އެކަކުވެސް އެހިސާބަކު ނެތެވެ. އެއް ފަހަރުން ފެންތަށި ދަމާލައިފައި އެނބުރނު ވަގުތު އޭނާ މީހެއް ގައިގައި ލައިގަތެވެ. އެނބުރެވުނީ ފުދޭވަރަކަށް ބާރަށް ކަމުން އެމީހެއްގެ މޭމަތީ އޭނާގެ ނިއްކުރި ޖެހި ތަދުވެސް ވިއެވެ.

ނިއްކުރީގައި އަތުން ފިރުމާލަމުން އެއީ ކާކުތޯ ނަވާރް ބަލާލިއެވެ. އެއް މިޔައަކުން ހިނިތުންވެގެން އޭނާއަަށް ބަލަން ހުރި ޔޫސުފް ފެނި ހިތުގެ ހިނގުން ހުއްޓުނުހެން ހީވިއެވެ. މުޅި ހަށިގަނޑުއެކީ ހުއްޓުމަކަށް އައެވެ. ކުރިއަށް ވުރެ ޔޫސުފް ރީތިވެފައި ހަރުދަނާހެން ހީވެއެވެ. ކަނދުރާއަށް ވުރެ ތިރިއަށް އޭނާގެ ފަން އިސްތަށިގަނޑު އޮތް އިރު ރީތި ވަރަކަށް ތުނބުޅިވެސް ބަހައްޓާފައި ހުއްޓެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ސްކިނީއެއް ލައިގެން ހުރިއިރު ގަމީހުގެ ކަރުގޮށް ހުރީ އަޅުވާފައެވެ. އެފަދަ ރީތިކަމެއް އެހެން ފިރިހިނެއްގެ ކިބައިންނެއް ނަވާރް ނުދެކެއެވެ. މަޑު މަޑުން ނަވާރްއަށް ހިންދިރުވާލެވުނެވެ. ތުންފަތުގައި ދަތްއަަޅައި ލެވުނީ ބޭއިޚްތިޔާރުގައެވެ. “ތިއުޅެނީ ތުންފަތުން ލޭގެންނަންތަ. މިހާރުވެސް ދަތްއަޅައިގެން އެއްކޮށް ރަތްވެފަ. ހަމަ ކިސްއެއް ދޭ ހިތްވަނީ!” ޔޫސުފްގެ ސަމާސައިން ނަވާރް ދެލޯ ބޮޑުވިއެވެ. ވަށައިގެން ނަޒަރު ހިންގާލެވުނީ އަޑުއިވޭ ހިސާބުގައި އިތުރު މީހެއް ހުރިތޯއެވެ. ނަސީބަކުން އެންމެންވެސް ތިބީ ވަރަށް ދުރުގައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްފައި ޔޫސުފްއަށް ނަވާރް ލޯ އަޅާލިއެވެ. “މިސްޓާރ މާ މޮޅެތި ވާހަކަތައް ނުދައްކާ ހުންނާނީ އިނގޭ. ތިހާ ދޭން ބޭނުމިއްޔާ ގޮސް ޔައިނާއަށް ދޭންވީނު” ނަވާރް ބުނި ގޮތުން ޔޫސުފްއަށް ބާރުބާރަށް ހެވުނެވެ. އެއާއެކު ދުރުގައި ތިބި އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓުނެވެ. ނަވާރް ދެލޯ ކުޑަކޮށްގެން ރުޅި މޫނުހަދާފައި ޔޫސުފްއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުއްޓެވެ. އެންމެން ބަލަން ފެށުމުން ރަކިވެފައި ނަވާރް އިނގިލި ތިރިކޮށްލިއެވެ. ޔޫސުފް އޭނާ ލަދުގަންނާވުލުމުން ޔޫސުފްދެކެ ރުޅިއައެވެ. ތުން އަބުރާލައިފައި އެތަނުން ދާން ހިނގައިގަތެވެ.

ނަވާރްގެ ހިތްބާރަށް ތެޅެމުން ދިޔައެވެ. ޔޫސުފް ކުރިމަތީ ހަރުކަށިވެގެން ހުއްޓަސް އޭނާ ހުރީ ތުރުތުރު އަޅައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ދެތިން ފަހަރު ފުންކޮށް ނަވާރް ނެވައިލިއެވެ. ހަމައަކަށް އެޅުމުން ފަހަތަށް އެނބުރި ބަލާލިއިރުވެސް ޔޫސުފް ހޭން އިނެވެ. ޔޫސުފްއާއި ދިމާއަށް ދޫ ނެރިލިއެވެ.

ނަވާރްގެ މައުސޫމްކަން ފެނި ޔޫސުފްގެ ހިތް ލޯބިން ފުރުނެވެ. އެހިތުގައި ނަވާރްއަށްވީ ލޯބި އިހުނަށްވުރެ އިތުރުވިއެވެ. ނަވާރް ދިޔަ ދިމާއަށް ގެއްލިފައި ހިނިތުންވެގެން ހުރެވުނެވެ. އެވަގުތު ޔޫސުފްއަށް ބަލާލި ކޮންމެ މީހަކަށްވެސް އޭނާ ނަވާރްދެކެ އިންތިހާއަށް ލޯބިވާކަން އެނގޭނެއެވެ.

“އެހެމް އެހެމް ދެންމެ ކިހިނެއްތަވީ؟” ޔޫސުފް ކޮނޑުގައި އަތް އަޅުވައިލަމުން ޔާޒް އައިސް ވީ ގޮތް އޮޅުންފިލުވިއެވެ. ޔޫސުފް ކުޑަ ގޮތަކަށް ކަންތައްވީ ގޮތް ކިޔައިދިނުމުން ޔާޒްވެސް ހޭށެވެ. “ބުނަން ބްރޯ. ދެންވެސް އެ މަންޖެ ނުތަޅުވާ ލޯބިވާ ވާހަކަ ބުނެބަ. ތިހެން އުޅެނިކޮށް ފެންނާނި ޔައިނާއާއި ދެމީހުން ހަނގުރާމަ ކުރާތަން ކަންނޭންގެ. ޝީ އިޒް ޖެލަސް!” އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތް ޔާޒް ކޮއްކޮއާ ހިއްސާ ކުރިއެވެ.

“ނަވާ ކީއްވެ މިތާ އެކަނި ތީނީ؟” އެންމެންނާ ދުރުގައި އިން ގޮނޑިއެއްގައި އިށީންދެގެން ނަވާރް އިނުމުން މާނީ ގޮސް އެހިއެވެ. މާނީއާ ކުރިމަތިލާން ޖެހުމުން ނަވާރް ހާސްވާގޮތްވިއެވެ. “އެއީ… ކަމެ..އް .. ނުވެ” ނަވާރްއަށް ވާހަކަވެސް ދެއްކުނީ އަޅައަޅައި ގަންނަމުންނެވެ. ހިތަށް އެކި އެއްޗިހި އަރައި ފައިބަމުން ދިޔައެވެ. އޭނާ ޔޫސުފްދެކެ ލޯބިވާކަން މާނީއަށް އެނގެނިއޭވެސް ހިތަށް އެރިއެވެ. އެހެންވެ މާނީ އޭނާދެކެ ހިތްހަމަ ނުޖެހެއޭވެސް ހިތަށް އެރިއެވެ. “އެހެންތަ. ނަވާ ކީއްވެތަ މިހާރު ދައްތަ ފެނުނީމަ ފިލަނީ؟” ފަހަކަށް އައިސް ނަވާރް މާނީ ފެންނައިރަށް ބިރެން ފެނިގެން ފިލާހެން ފިލަނީއެވެ. “ނުފިލަން. އެއީ ދައްތައަށް ހީވާ ގޮތް” ގަދަކަމުން ހިނިތުންވެލަމުން ނަވާރް ބުންޏެެވެ. އޭނާ ވާހަކަ ދެއްކުމުން ނަވާރްއަށް އުނދަގޫވާކަން އެނގުމާއެކު މާނީ ހިނިތުންވެލައިފައި އިސްރާމެން ތިބިތަނަށް ދިޔައެވެ. މާނީ ދިއުމުން ހަމަޖެހުމުގެ ނޭވައެއް ނަވާރް ދޫކޮށްލިއެވެ. “މަންމަދެކެ ހަމަަ އެހާ ބިރުގަނޭތަ؟” މި ފަހަރުވެސް ނަވާރް ސިއްސައިގެން ދިޔައީ އޭނާގެ ކަންފަތްދޮށުގައި ވައިއަޑުން ޔޫސުފް ވާހަކަ ދެއްކުމުންނެވެ. “ޕިސް ތިއީ ޖިންނިއެއްތަ؟ އެހެންޏާ ހަމަ ކުއްލިއަކަށް ހުރެފަ ވިއްޔާ ތިފާޅުވަނީ!” ހިތްތެޅެމުން ދިޔަލެއް ބާރުކަމުން ނަވާރްއަށް މޭގައި އަތްއަޅާލެވުނެވެ. ޔޫސުފް ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ނަވާރް އަތުގައި ހިފިއެވެ. އަދި މަޑުން ހުންނާށޭ ބުނާ ކަހަލަ ގޮތަކަށް ނަވާރްއަށް އިޝާރަތް ކުރަމުން ނަވާރް ގޮވައިގެން އައިރާ އުޅުނު ކޮޓަރިއަށް ދިޔައެވެ.
ސިއްރު ސިއްރުން ދޮރު ލައްޕައިފައި ޔޫސުފް ނަވާރްއާ ކުރިމަތިލިއެވެ. އޭރު ދެބުމަގޮށް ޖަހައިގެން ކިހިނެއްވަނީކަން ނޭންގިފައި ނަވާރް އިނެވެ.
ޔޫސުފް ލަސް ފިޔަވަޅުތަކެއްގައި އޭނާ ގާތަށް އަންނަން ފެށުމުން ނަވާރްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ނުބަލައި ފަހަތަށް ޖެހެވެމުން ފަހަތުގައި އިން އެނދުގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. އޭނާ ވެއްޓުމުގެ ކުރިން ވައިސޫރިއެއްހެން ޔޫސުފް އައިސް އޭނާގެ ބާރުގަދަ އަތް ނަވާރްގެ ހިމަ ހަށިގަނޑުގައި ވަށާލިއެވެ.

ހަތަރުކަޅި ބައްދަލުވީ ހިނދު ދެހިތަށްވެސް އާދާޔާ ޚިލާފު ގޮތެއް ވިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ލޯތެރެއަށް ގެއްލިފައި ތިބެވުނެވެ. އެހެން އެއްވެސް ކަމެއް ހަނދާނުގައި ނެތްފަދައެވެ.

ޕާޓީގައި ޔަޒަން ނިދުމުން އެކުއްޖާ ބާއްވަން ވެގެން އައިރާ އޭނާ ކޮޓަރިއަށް ދިޔައެވެ. އައިރާ ފަހަތުން ޔާޒްވެސް ދިޔައެވެ. އައިރާ އަތުގައި ޔަޒަން އޮތުމުން ޔާޒް ދޮރުހުޅުވައި ދިނެވެ. ދެމީހުންނަށްވެސް ހައިރާންކަންކަން ލިބުނީ އެކަކު އަނެކަކަށް ގެއްލިފައި ތިބި ނަވާރްއާއި ޔޫސުފް ފެނުމުންނެވެ.

ނަވާރްއާއި ޔޫސުފްއަށް ހަމަހޭވެރިކަންވީ ޔާޒް ކަރުކެހެލި އަޑަށެވެ. ސިހިފައި އަވަހަށް ދުރަށް ޖެހެން ހަދައިގެން ދެމީހުން އެއްކޮށް އެނދުމައްޗަށް ވެއްޓުނެވެ. ވެއްޓުނު ވަގުތު ޔޫސުފްގެ ތުންފަތް ނަވާރްގެ މަޑު ކޯތާފަތުގައި ބީހިގެން ދިޔައެވެ. އެއާއެކި ނަވާރް ގައިގައި ހުރިއްޔާ ހުރި ލެއެއް ކޯތާފަތަށް ޖަމާވެ މުޅި ގައިން ހީބިހި ނެގިއެވެ. ނޭންގޭ ޖަޒުބާތެއް ދެހިތުގައިވެސް އުފެދެމުން ދިޔައެވެ.

މަޑުމަޑުމް އެނދު ކައިރިއަށް އައިރާ ދިޔައެވެ. އަދި އެނދުގެ ހުސްކޮށް އޮތް ތަނުގައި ޔަޒަން ބާއްވާފައި ވަށައިގެން ބާލިސް ޖެއްސިއެވެ. “އެއީ ލަވްބާރޑްސް ތި ދެމީހުންނާ ބަބްލްސް ހަވާލު އިނގޭ!” ޔަޒަން ބަލަން ޔޫސުފްއާއި ނަވާރްއާ ހަވާލުކޮށްފައި އައިރާއާއި ޔާޒް ނިކުމެގެން ދިޔައެވެ. ދެމީހުން ދިޔައީވެސް ކޮޓަރީގެ ދޮރު ލައްޕާފައެވެ.

ހަމަބިމަށް އާދެވުމުން ނަވާރް އޭނާ ގައިމަތީ އޮތް ޔޫސުފް ކޮށްޕާލިއެވެ. “ސްޓޭ އަވޭ ފްރޮމް މީ” އިންޒާރެއް ދީފައި ނަވާރް އަވަހަށާ ތެދުވަން އުޅުނެވެ. ނަމަވެސް  ޔޫސުފް ނަވާރް އަތުގައި ހިފައި ދަމައިގަތުމުން މި ފަހަރު ނަވާރް ވެއްޓުނީ ޔޫސުފް ގައިމައްޗަށެވެ. ނަވާރްގެ އުނގަނޑުގައި އަތް އަޅުވައި އޭނާގެ ދެއަތު ތެރޭ ނަވާރް ހައްޔަރުކޮށްލިއެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބު ނުދެނީސް ދޫކޮށެއް ނުލެވޭނެ! އަހަރެންދެކެ ލޯބިވޭތަ؟”

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ޒަޚަމް 1

Next

ހިތުގެ ކޮންމެ ވިންދެއްގައި

Next
February 29, 2020

ހިތުގެ ކޮންމެ ވިންދެއްގައި

Previews
February 28, 2020

ޒަޚަމް 1

15 Comments!

  1. Kiyara says:
    February 29, 2020 at 11:48 am

    Salam. Here is the 43rd part of rastha2. Hope u all enjoy reading. Next episode on Tuesday or Wednesday

  2. Lol..... says:
    February 29, 2020 at 12:06 pm

    Varah salhi.ekam maakuree

  3. Navaar says:
    February 29, 2020 at 12:50 pm

    Yesss… varah loabi veyy. So much that words can’t even express???

  4. Yanaa says:
    February 29, 2020 at 2:13 pm

    Varah interesting kollaafa thi ninmaalee.?????????
    Mi part varah varah varah reethi.?????????????
    maa sha Allah❤❤❤❤❤❤❤❤
    curiously waiting waiting waiting ????????????

  5. Meekkomee says:
    February 29, 2020 at 5:00 pm

    Alhe yes bunaathi mi faharu …… Siss story is awsome ….varah varah reeethi… Waiting 4 the nxt part…..luv yeahhhh

  6. Chakus says:
    February 29, 2020 at 8:05 pm

    Alheyyyyyh.. Kn irakun thrrrr next part…?kiyaa hithun hurevenyky eh ves nuun ♥♥♥??????

  7. magnumm says:
    February 29, 2020 at 11:22 pm

    lahka furihama???m killing to read next part soon???ahaha….lav uuuu kiyaaa???

  8. Lavza says:
    March 1, 2020 at 8:55 am

    Varah loabi story eh mii can’t wait to see what happens next love you kiyaara….. When next❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Ahu_____shan says:
    March 1, 2020 at 11:33 am

    Ahslu varah Reethi story eh

  10. Kairaa says:
    March 1, 2020 at 1:24 pm

    Omg??????haadha reehchey mi part vx?????????….alhey varah varah kiyaalaa hithun mihury nxt part….avahah up kohla dhehchey dear….waiting…..

  11. eeeeeesh says:
    March 3, 2020 at 11:47 am

    next part up kohlanii kn irakun tha……….

  12. Yaal says:
    March 3, 2020 at 3:40 pm

    When next!!!!!!!

    1. Rugy says:
      March 3, 2020 at 3:53 pm

      Ethedheh whn next icant wait anymore

  13. Koroanaa says:
    March 3, 2020 at 3:55 pm

    Haadha lasvany keehve

  14. Tghh says:
    March 3, 2020 at 3:57 pm

    Kiyaaraaaaaaaaaaaaaa avas kohba pls pls pls pls pls

Comments are closed.


All Right Reserved!