Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 47

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 9, 2020 5 Mins Read
13 Comments

“ނަވާރް؟” ވައި އަޑުން ކަހަލަ ގޮތަށް ޔޫސުފްއަށް ނަވާރްގެ ނަން ކިޔައިލެވުނެވެ. ނަވާރް އޭނާއަށް ބަލައިލައިފައި ހިނިތުންވެލުމުންވެސް ހިނިތުންވާކަށް ޔޫސުފްއަކަށް ނޭންގުނެވެ. އޭނާ ހުރީ ފާޑަކަށް ޝޮކު ޖެހިފައެވެ. ނޫސްވެެރިޔާ އަތުން ނަވާރް މައިކު އަތުލިއެވެ. ނަވާރް ކުރަން އުޅޭ ކަމެއް ނޭންގިގެން ހައިރާންވެފައި ބަލަހައްޓައިގެން ޔޫސުފްއަށް ހުރެވުނެވެ.
“ޔޫސުފް ހަސަން އާރާޝް. ވިލް ޔޫ މެރީ މީ؟”

ލަމުން ދިޔަ ނޭވާއިވެސް ތާށިވިހެން ޔޫސުފްއަށް ހީވިއެވެ. ހިނދުކޮޅަކަށް އޭނާއަށް އެއުޅެވެނީ ހުވަފެނެއްގައިކަމަށް ހީކުރެވުނެވެ. ހުއްޓުން އަރައިފައި ޔޫސުފް ހުރުމުން ދެވަނަ ފަހަރަށްވެސް ނަވާރް އެ ސުވާލު ތަކުރާރުކޮށްލިއެވެ. ހުރިހާ ކެމެރާތަކެއްހެން ހުރީީ އެމީހުންނާ ދިމާއަށް އަމާޒުވެފައެވެ. ދެތިން ފަހަރަށް އެސްފިޔަ ޖަހައިލައިފައި ޔޫސުފް ލޯ ހުޅުވާލިއެވެ. އެއީ ހަޤީގަތެއްކަން ޤަބޫލު ކުރަން އަދިވެސް އޭނާއަށް ދަތިވަމުން ދިޔައެވެ. ގާތުގައި ހުރި އެކުވެރިޔާ އޭނާ ގައިގައި ވިކައިގަތުމުން ޔޫސުފް ސިހުނެވެ. އެކުވެރިޔާ ވިކިތަނުގައި އަތުން ފިރުމާލަމުން ބަލާލިއިރުވެސް ނަވާރް އިނެވެ. އެއީ ހުވަފެނެއް ނޫންކަން ޔަގީންވުމާއެކު ޔޫސުފްއަށް ހިނިތުންވެވުނެވެ. “ޔެސް ޔެސް!” އިތުރު ވިސްނުމަކާއި ނުލައި ޔޫސުފް ގޮސް ނަވާރް އެ މޭތެރޭގައި ފޮރުވާލިއެވެ. ބައްދައިގެން ހުރިލެއް ބާރުކަމުން ހީވަނީ ދެން ދުވަހަކުވެސް ނަވާރް ދޫ ނުކުރާނެހެންނެވެ. އެ ވަގުތު ޔޫސުފްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބަން ފެށިއެވެ.

އެ ވަގުތު ދަނޑުގައި ތިބި އެންމެން އަތްތިލަ ބަޑި ޖަހަން ފެށިއެވެ. ޗެމްޕިއަންސް ލީގު ފައިނަލެއްގައި އެ ކަހަލަ މަންޒަރެއް އެ ފެނުނީ އަލަށެވެ. ގޮނޑިތަކުގައި ތިބި މީހުންވެސް ތެދުވިއެވެ.

ލިވަޕޫލް ހުރިހާ ކުޅުންތެރިން ޔޫސުފްއާއި ނަވާރް ވަށައިލައިގެން ތިއްބެވެ. އެކުވެރިޔާއަށް ޓަކައި ހުރިހާ ކުޅުންތެރިންވެސް ތިބީ އުފާވެފައެވެ. އެރޭގެ އުފާ ޔޫސުފްއަށް ދެގުނަވިއެވެ.

ޔޫސުފް އޭނާ ގަޔާ ނަވާރް ދުރުށްލީ ދެތިން މިނެޓުކޮށްފައެވެ. ނަވާރް ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ވީ ނަމަވެސް އެރީތި ބޮޑު ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ލޮތްބާއެކު ނަވާރްގެ ކަރުނަތައް ޔޫސުފް ފުހެ ދިނެވެ. އޭނާ ދެފަރާތަށް ބޯ ހޫރަމުން ދިޔައީ ނުރޯށޭ ބުނާ ފަދަ ގޮތަކަށެވެ.

ތިބެވުނީ ކޮންތާކުކަން ދެމީހުންނަށް ހަނދާންވީ އެތަނުގައި އަޑުގަދަ ކުރަން ފެށުމުންނެވެ. ލިވަޕޫލް ކުޅުންތެރިން އައިސް ޔޫސުފް އުފުލާލިއެވެ. އާރާޝްމެންވެސް އެ ވަގުތު އެ ހިސާބަށް އައެވެ. އެ މީހުންނާއި އެއްކޮށް އިވާންވެސް ހުއްޓެވެ. އިވާންގެ މޫނު މަތީގައިވެސް ފުޅާ ހިނިތުންވުމެއް ވިއެވެ.

އަލައިކާއާއި އައިރާ ގޮސް ނަވާރް ގައިގައި ބައްދާލިއެވެ. “އަހަރުން ބުނީމެއްނު މީތި ވޯކް ކުރާނޭ. ޔޫސުފް ނަވާރްއަށް ނޫނެކޭ ނުބުނާނެ” ނަވާރްއަށް ކިރިޔާ އަޑުއިވޭ ވަރަށް އަލައިކާ ބުންޏެވެ. އަލައިކާއާއި އެއްބަސްވުމުގެ ގޮތުން ނަވާރް ބޯޖަހައިލިއެވެ.

******
ބިރުން ހުރެ ނަމަވެސް ޔޫސުފްދެކެ ލޯބިވާކަން ނަވާރް އިވާން ގާތު އެތައް ފަހަރެއްގެ މަތިން ބުންޏެވެ. ޔޫސުފްވެސް އޭނާދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ. އެހެނަސް އިވާންގެ ނުރުހުމުގައި ދުވަހަކުވެސް ޔޫސުފްއާއި ވާހަކަ ނުދައްކާނަން ކަމުގައިވެސް ބުންޏެވެ. އިވާން ނުރުހޭނަމަ އެދުވަހުން ދުވަހަށް ޔޫސުފްއާއި ހުރިހާ ގުޅުމެއް ކަނޑާލާނެކަމަށްވެސް ބުންޏެވެ. އެކަމަކު ޔޫސުފް މަތިން ހަނދާން ނައްތާލުމަކީ އުނދަގޫ ކަމަކަށް ވާނެކަންވެސް އިވާން ގާތު ނަވާރް ބުންޏެވެ. ނަވާރްގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަތައް ލޮތްބާއެކު އިވާން ފުހެ ދިނެވެ. ދަރިފުޅު ރޯތަން ބެލުމަކީ އެ ހިތަށް ކެއްވާނެ ކަމެއް ނޫނެވެ. “ނޫން ދަރިފުޅާ. ބައްޕަ ދުވަހަކުވެސް ދަރިފުޅުގެ އުފަލަށް ހުރަހެއް ނާޅާނަން. އެކަމަކު ބައްޕައަށް ވަރަށް ރަނގަޅު ދަރިފުޅު ކިޔަވައި ނިމެންދެން ތި ގުޅުން ކުރިއަށް ނުގެންދިޔައްޔާ. ދަރިފުޅުދެކެ ޔޫސުފްވަނީ ހަޤީޤީ ލޯބި ކަމަށްވަންޏާ އިންތިޒާރު ކުރާނެ” އިވާންގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ނަވާރް ބޯޖަހައިލިއެވެ. ބައްޕަގެ ބަސް އަހައިގެން ކިޔަވައިނުނިމެނީސް ޔޫސުފްއާއި ވާހަކަ ނުދައްކަން އޭނާ އަޒުމު ކަނޑައެޅިއެވެ. ހިތަށް ކިތަންމެ ތަދުވިނަމަވެސް ފަރުވާލެއް ނެތެވެ. އިންތިޒާރުގެ ނިމުން ފޮނިވާނޭ ބުނާތީ އޭނާވެސް އަޑުއަހައެވެ.

ޔޫސުފް އެނބުރި ލަންޑަނަށް ދިއުމުން އާރާޝް އަދި މާނީއާއި އިވާން ބައްދަލު ކުރިއެވެ. ޔޫސުފް އާއި ނަވާރްގެ ކައިވެންޏަށް އޭނާ އެދުނެވެ. އާރާޝްއާއި މާނީ އުފަލުން ޤަބޫލުކުރިއެވެ. ނަވާރްފަދަ އަންހެން ކުއްޖަކު ޔޫސުފްގެ ހަޔާތަށް އައުމަކީ ނަސީބު ކަމުގައި ބުންޏެވެ. ޔޫސުފް ގާތު ނުބުނެ އެމީހުން މަޑު ކުރީ ސީޒަން ނިންމައިފައި އެނބުރި އައުމުން ބުނަން ވެގެންނެވެ. ޔޫސުފްއަށް ގުޅައިގެން އެކަކުވެސް ނަވާރްގެ ވާހަކަ ނުދެއްކީ އެހެންނެވެ.

ނަވާރްގެ އެންމެ ފަހު ޓެސްޓުތައް ނިމުނީ ޗެމްޕިއަންސް ލީގު ފައިނަލު މެޗުގެ ހަފްތާއެއް ކުރިންނެވެ. އާއިލާއެކީ މެޗު ބަލަން ދާތީވެ ނަވާރް އަދި އިވާން ގާތުވެސް ދިއުމަށް އާރާޝް ބުންޏެވެ. އިވާން ވަގުތުން އެއްބަސްވިއެވެ.

ނަވާރްވެސް އެ މީހުންނާއެކު ދަތުރުގައި ބައިވެރިވާކަން އެނގުމާއެކު އަލައިކާއާއި އައިރާ ހީވީ އެހެން ކަމެއްހެންނެވެ. މެޗު ނިމުމުން ޔޫސުފް ގާތުން އިންނަން އަހަން ޚިޔާލުދިނީ އަލައިކާއެވެ. “ތެދައް ބުނަންޏާ މިއީ އަސްލު މަގޭ ޑްރީމް. އެކަމަކު ކީއްކުރާނީ މަގޭ ސޮރު އެއަށްވުރެ ކުޅަދާނަ ވިއްޔާ” ކުޑައިރުން ސުރެ އަލައިކާ ދެކުނު ހުވަފެން އެކުވެރިންނާ ހިއްސާ ކުރިއެވެ. އައިރާއަށް އެޚިޔާލު ކަމުދިޔައެވެ.

ޔޫސުފްގެ އާއިލާއާއި ދުރުގައި ނަވާރް އިނީވެސް ޔޫސުފްއަށް ސަޕްރައިޒެއް ދޭށެވެ. ދަނޑުމަތީގައި ހުއްޓައި ޔޫސުފްއަށް އޭނާއަށް އައި ބަދަލު ނަވާރްއަށް ފާހަގަވުމާއެކު ހިނިތުންވެވުނެވެ. ޔޫސުފް ބަލާލާ ކޮންމެ ފަހަރަކު ވައި އަޑުން ‘އައި ލަވް ޔޫ’އޭ ބުނެލައެވެ. ޔޫސުފްއަށް އޭނާ ބުނަނީ ކީކޭކަން ނޭންގޭނެކަންވެސް އެނގެއެވެ.

*****
ޔޫސުފްއާއި ދެންތިބި ލިވަޕޫލް ކުޅުންތެރިން އިންޓަވިއު ނެގުމައިގެން ކުރިއަށް ދިޔައެވެ. ޔޫސޫފްގެ ހަޔާތުގައި އެ ދުވަސްހާ އުފާވެރި ދުވަހެއް އަދި ނާދެއެވެ. ހަޔާތުގައި ކާމިޔާބު ކުރަން ބޭނުންވއފައި ހުރި ދެކަންތައް އެއް ފަހަރާ ހާސިލުވީއެވެ. ކަރުގައި ރަން މެޑަލް އެޅުނު ވަގުތު ތަފާތު ޝުޢޫރެއް ހިތުގައި ހިނގައިގަތެވެ.

ކެޕްޓަން ތަށި އުފުލާލުމާއެކު އަނެއްކާވެސް އަޑު ގަދަ ވެގެން ދިޔައެވެ. ކެޕްޓަންއާއި ތަށްޓާއެކީ އެންމއން ވެގެން އުފުލާލިއެވެ. ފަހަރަކު މީހަކު އެ ތަށީގައި އަތްލަމުން ދިޔައެވެ. ލޮތްބާއޮއެކުއެވެ. ފަހަރަކު ކުޅުންތެރިއަކު ތަށްޓާއެކު ފޮޓޯ ނަގަމުން ދިޔައެވެ. އެ މީހުންގެ އާއިލާވެސް ބައިވެރި ކޮށްގެންނެވެ.

ޔޫސުފް އޭނާ ކަރުގައި އޮތް މެޑަލް މާނީ ކަރުގައި އެޅުވިއެވެ. ތަށި ހިފައިގެން އޭނާގެ އާއިލާއާއި އެކު ފޮޓޯ ނެގިއެވެ. ޔޫސުފް އެފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމާއެކު ގިނަބައެއްގެ ތައުރީު ލިބުނެވެ. ބައެއް ޕޭޖްތަކުން އަހަރުތަކެއް ކުރިން އާރާޝް އާއި މާނީ ޔޫސުފް އެންމެ ތުއްތުއިރު ޗެމްޕިއަންސް ލީގު ތަށްޓާއެއްކޮށް ނަގާފައި އިން ފޮޓޮއާއި އެ ފޮޓޯ އެއްކޮށްލާފައި ‘ލައިކް ފާދާރ ލައިކް ސަން’ ޖަހައިފައި ހުއްޓެވެ. މުޅި ސޯޝަލް މީޑިއާގައު އެ ފޮޓޯ ދައުރުވަމުން ދިޔައެވެ. ނަވާރްއާއެއްކޮށް ވަކިންވެސް ޔޫސުފް ފޮޓޯ ނެގިއެވެ. އެ ފޮޓޯ ވެގެން ދިޔައީ ގިނަ އަންހެން ކުދިންގެ ހިތްތައް ކަތިލި ފޮޓޮއަކަށެވެ.

ޗެމްޕިއަންސް ލީގު ތަށްޓާއެކު ލިވަޕޫލް ކުޅުންތެރިން ލިވަޕޫލަށް އެނބުރި ދިއުމުން ސަޕޯޓަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔެވެ. ލިވަޕޫލްގެ މަގުތަށް ވަނީ ރަތްކުލައިން ފުރާލާފައެވެ. ކުޑަކުއްޖެއް ޒުވާނެއް އުމުރުން ދުވަސްމީހެއް ކިޔާނެ ކަމެއް ނެތެވެ. ކުދިބޮޑު އެންމެން މަގުތައް މައްޗަށް ނުކުމެ ތިއްބެވެ. ކުޅުންތެރިންގެ އާއިލާތަކަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައި އޮތެވެ. އެތަނުގައި ތިބޭ އިރުވެސް އާންމު ރައްޔިތުން ފެނެއެވެ. އެމީހުން އަމަލުތަކުންނާއި އަރާފައި ތިބި ފޯރިން ކުލަބުދެކެ ލޯބިވާވަރު ހާމަވެގެން ދެއެެވެ. އެމީހުންމެ މެދުގައި އެންމެ މަޤުބޫލު ކުޅުންތެރިއަކީ ޔޫސޫފްއެވެ. ޔޫސުފްގެ ޕޯސްޓަރުތަކުން މަގުތައް ވަނީ ފުރާލާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ޔޫސުފްގެ ޖާޒީ ލައިގެން ތިއްބެވެ.

“ވާއު ދިސް އިޒް ސޯ ކޫލް!” ހަޔާތުގައި ދުވަހަކުވެސް އެކަހަލަ ކަމެއް ހަމަ ލޮލަށް ނުފެންނަ ނަވާރް އާއި އަލްޔަސް ތިބީ އަޖައިބުވެ އަންތަރީސްވެފައެވެ. ވަށައިގެންވާ މާހައުލަށް ހައިރާންކަމާއެކު ބަލަމުން ދިޔައެވެ.
އަލައިކާ ޔާޒް އަދި އައިރާއަށް އެއީ އާ މަންޒެއް ނޫނެވެ. އެކުދިންނަށްވަނީ ލިވަޕޫލްގެ އިތުރަށް މެޑްރިޑްފަދަ ބޮޑެތި ކުލަބުތަކުގެ ސަޕޯޓަރުންވެސް ޗެމްޕިއަންސް ލީގުގެ ކާމިޔާބީ ފާހަގަ ކުރާތަން ފެނިފައެވެ.
“އަދި އެއް ދަވަހުން އަލްޔަސްވެސް އެތަނުގަ ހުންނާނެ އިންޝާﷲ” ލިވަޕޫލް ކުޅުންތެރި ތަށި ހިފައިގެން އުފާ ފާޅުކުރަމުން ދިޔަ ތަން ދައްކާލަމުން އަލައިކާ ބުންޏެވެ. އޭރު އޭނާގެ އަތްވަނީ އަލްޔަސްގެ އަތާއި މަހައިލެވިފައެވެ. “އިންޝާﷲ” އަލައިކާ ނިއްކުރީގައި ބޮސްދެމުން އަލްޔަސް ބުނެލިއެވެ. ފެންނަމުން ދިޔަ މަންޒަރުން އެ ކާމިޔާބީ ހާސިލު ކުރަން އަލްޔަސް އިތުރަށް ބޭނުންވިއެވެ. ފުޓުބޯޅަ ކުލަބަކަށް އަދި ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަޕޯޓަރުންނެވެ. ސަޕޯޓަރުން ނެތި ކިތަންމެ މޮޅު ކުޅުންތެރިން ތިއްބަސް ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

އުފާފާޅު ކުރުން ނިންމާލައިފައި ހަމަޖެހެވުނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެއާއެކު ދެކެވެން ފެށީ ޔޫސުފްއާއި ނަވާރް ކައިވެނީގެ ވާހަކައެވެ. ނަވާރް އަދި ޔޫސުފްވެސް އެހާ ބޮޑު ހަފްލާއެއް ބާއްވަން ބޭނުމެއް ނުވިއެވެ. މީޑިއާއަށް އެނގެންވެސް ޔޫސުފް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ހަމައެކަނި ގާތް ރަހްމަތްތެރިންނަށް ދައުވަތު ދީގެން ޕްރައިވެޓް ވެޑިންއެއް ބާއްވަންށެވެ. ޔޫސުފްއާއި ނަވާރްގެ ނިންމުމަށް އެކަކުވެސް ދެކޮޅެއް ނުހަދައެވެ. ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ދެކުދިންގެ ކައިވެނި ކުރަން ހަމަޖެއްސިއެވެ. ޔޫސުފްއަށް ހީވީ ދެޢީދު އެއްފަހަރާ ލައިގެންހެންނެވެ.

ޓްރާންސްފާރ މާކެޓް ހުޅުވުމާއެކު ލިވަޕޫލުން އަލްޔަސްގެ ސޮއެ ހޯދިއެވެ. އަލްޔަސްއާއި ޔޫސުފް އެއްކޮށް އެމީހުންގެ ކުރިއަށް ކުޅޭ ކުޅުންތެރިން އިތުރަށް ވަރުގަވާނެ ކަމަށް ކުލަބުން ޤަބޫލު ކުރިއެވެ. ކޯޗު ފިރްމިނޯގެ ތަޢުރީފު ފުރަތަމަ ދުވަހުވެސް އަލްޔަސްއަށް ލިބުނެވެ.

އެންމެ ފުރަތަމަ އޭނާ ކުޅުނި ޔޫރަޕުގެ ޓީމު ކަމަށްވާ އާސެނަލްއިން އަކްމަލްއަށް އެ ޓީމުގެ ކޯޗުކަން ހުށަހެޅިއެވެ. އެ ހުހަށަހެޅުން ލިބުމުން އެކަން ޤަބޫލު ކުރަން ފުރަތަމަ އޭނާއަށް ދަތިވިއެވެ. މިހާރުގެ ކުލަބާއި ވާހަކަ ދެއްކުމުން އެ މީހުން އެދުނީ އާސެނަލްގެ ހުށަހެޅުން ޤަބޫލު ކުރާށެވެ. އަކްމަލް އުފަލާއެކު އެ ހުށަހެޅުން ޤަބޫލު ކުރިއެވެ. އޭނާގެ ހިތުގައި އާސެނަލްއަށް ލޮތްބާއި ޤަދަރުވެއެވެ. އެ ކުލަބަކީ އޭނާގެ ހަނދާންތަކާއި ގުޅިފައިވި ކުލަބެކެވެ.

ޔޫސުފް އަދި ނަވާރްގެ ކައިވެނި ކުރަން އެދެކުދިންވެސް ބޭނުންވީ ލިވަޕޫލްގައެވެ. އެދެކުދިންގެ ކައިވެންޏާ އެއްކޮށް ޒެވިޔަންއާއި ދީނާގެ ކައިވެނި ކުރަންވެސް ހަމަޖެހުނެވެ. އެންމެ ގާތް އެކުވެރިޔާއާއި އެއްދުވަހެއްގައި ކައިވެނި ކުރުން އެއީ ނަވާރް އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ.

ޔޫސުފްމެންނާ އެއްކޮށް ސަކަރާތް ޖަހަން އުޅެފައި އަލްޔަސް ކޮޓަރިއަށް ވަނީ ބާރަވެސް ޖެހިފަހުންނެވެ. އަލައިކާ ނިދި އައިއްސި ކަމަށްބުނެ ނުވައެއް ޖަހަނިކޮށް ކޮޓަރިއަށް ވަދެފިއެވެ. އަލްޔަސް ކޮޓަރިއަށް ވަން އިރުވެސް ހެވެމުން ދިޔައީ ޒެވިޔަން ކީ އެއްޗިހި ހަނދާންވުމުންނެވެ. ނަމަވެސް އޭނާ މޫނުގައިވި ހިނިތުންވުން އެކީ ފިލައިގެން ދިޔައީ އެނދުގައި އިށީންދެގެން ރޯން އިން އަލައިކާ ފެނިފައެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 5 –

Next

ހަހުރަޔާ – ޓްރެއިލާ

Next
March 9, 2020

ހަހުރަޔާ – ޓްރެއިލާ

Previews
March 9, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 5 –

13 Comments!

  1. Kiyara says:
    March 9, 2020 at 4:24 pm

    Salam all here is the 47th episode of rastha2.

  2. Blackkk quween says:
    March 9, 2020 at 4:32 pm

    Hehe nice

  3. Meekkomee says:
    March 9, 2020 at 5:13 pm

    Alaika ah kihineh v?????? omg it’s awesome ??? i loved it?????????varah???salhi??whn is next …. curiously waiting the nxt ????luv yeahhhh ❤️❤️❤️❤️❤️??❤️❤️?????????? ttly ❤️❤️❤️❤️❤️✌️✌️✌️

  4. Guarl says:
    March 9, 2020 at 5:16 pm

    Ohhhh no……….what happened now??????….alaika??????….. Can’t wait to read next part

    1. alaika says:
      March 9, 2020 at 8:07 pm

      alko preg v ehenve birun rovunee

  5. Kairaa says:
    March 9, 2020 at 5:54 pm

    Kihineh anehkaa mihaaru e v alaika ah???varah reethi mi part vx…curiously waiting for the nxt….whn nxt…waiting waiting…

  6. Yanaa says:
    March 9, 2020 at 7:27 pm

    Finally Yoosuf nd Navaar gulhunii❤❤❤❤❤❤❤❤❤❤❤
    Mi part varah varah varah reethi?????????????
    maa sha Allah ???????
    curiously waiting for the next part❤❤❤❤❤❤❤❤❤❤❤❤

  7. LAZY_QUEENY says:
    March 9, 2020 at 9:04 pm

    Vvvv reethi mi part vs…. Whn is next part…. Curiously waiting for next part…??? Kaiiii thankolheh avahah up kohdhehchey next part…????

  8. LAZY_QUEENY says:
    March 9, 2020 at 9:05 pm

    Kiyaa*

  9. Faathun says:
    March 10, 2020 at 10:02 am

    Alaikaa preg vy dhw e n ey ufaaveevarun dhw e roveny Masha Allah whn s nxt prt cnt wait for nxt prt

  10. Navaaru says:
    March 10, 2020 at 11:09 am

    Alaika preg v ma ufalun e ronee Masha Allah ths prt s awsme whn s nxt prt cnt wait fr nxt prt

  11. Messi ⚽? says:
    March 10, 2020 at 10:35 pm

    ❤️❤️❤️❤️❤️❤️???MashaAllah Vaahaka Varah reethi keep it up Kiyaaaaaaaaaaara dhoony……… Varah molhu yoosuf ves alyash ves rangalhu ingeyyyyy.. Football kulhen ⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

  12. Anonymous says:
    March 12, 2020 at 1:13 pm

    Alhe kiya kn iraku vhk up Kurani

Comments are closed.


All Right Reserved!